ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/246 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/246
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
1/2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 246/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ސަލީމާ ޢަލީ
އައިޑީ ކާޑު ނަންބަރު: A036816
* ދާއިމީ އެޑްރެސް: ހ.އިސްއެރި މާލެ
* މިހާރުގެ އެޑްރެސް: ހ.އިސްއެރި މާލެ
0
ފަރާތް:
އިސްތިއުނާފު ރައްދުވި
* ނަން: ޢަބްދުއްނާޞިރު އިސްމާޢީލް
ce
* ދާއިމީ އެޑްރެސް: ހަނދުވަރުދޭގެ/ ހއ.ބާރަށް
މިހާރުގެ އެޑްރެސް: ހ.އިސްއެރި މާލެ
އައިޑީ ކާޑު ނަންބަރު: A047641
1435
• ރަޖިސްޓްރީ ތާރީޚް: 09 ޛުލްޤައިދާ
04 ސެޕްޓެމްބަރ 2014
* ނިމުނު ތާރީޚް: 29 ރަބީޢުލްއައްވަލް 1436
20 ޖެނުއަރީ
2015
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
400
/
Cv
-
C/755)
•ނިންމެވި ކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އެގްރީމެންޓް ބާޠިލްކުރުމަށް އެދި
0
•މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/246
• ދަޢުވާގެ ޚުލާޞާ
OX OC
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
400
/
Cv
-
C/755) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަ
ވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން
އެދި ހ.އިސްއެރި/ ކ.މާލެ ސަލީމާ ބަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހަނދުވަރުދޭގެ ހއ.ބާރަށް ޢަބްދުއްނާޞިރު
އިސްމާޢީލްއެވެ.
ފާހަގަކުރެވުނު ނުކުތާތައް
01 ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
400
/
Cv
-
C/755) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހ.އިސްއެރި ސަލީމް ޢަލީގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ހ.އިސްއެރީގައި 04 ބުރީގެ ޢިމާރާތެއްކުރުމަށް
ހއ.ބާރަށް| ހަނދުވަރުދޭގެ
ޢަބްދުއްނާޞިރު އިސްމާޢީލް އެއްބަސްވެ ސަލީމާ ޢަލީ އާއިއެކު ކުޅަ އެގްރީމެންޓާއި ޢަބްދުއްނާޞިރު
އިސްމާޢީލް ޚިލާފުވެފައިވާތީ، އެގްރީމެންޓް ބާޠިލްކޮށްދިނުމަށާއި، އެގްރީމެންޓްގެ 2 ވަނަ މާއްދާގައި
ކުރަންޖެހެނީ 04 ބުރިއަށް ކަމަށް ބުނެފައިވަނިކޮށް ސަލްމާ އަލީގެ ހުއްދަނެތި އިތުރު ޝީޓެއް އަޅައި
އެޕާރޓްމެންޓެއް ހަދާފައިވާތީ އިތުރަށް ހަދާފައިވާ ބައި މިހިނދުން މިހިނދަށް ސަލީމާ ޢަލީއާއި ޙަވާލުކުރުމުގެ
ޙުކުމަކަށް އެދިގެންނާއި، ދެފަރާތުގެ ދެމެދު ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން ގްރައުންޑް ފްލޯރ ކުއްޔަށް
ދިނީ ދިރިއުޅެންކަމަށް ވެފައި އެކަން އެގްރީމެންޓްގެ 02 ވަނަ މާއްދާގައި ބަޔާންކޮށް ބުނެފައިވަނިކޮށް ސަލީމާ
ޢަލީގެ ހުއްދަނެތި އެފްލޯރގައި ވިޔަފާރިކުރަމުންދާތީ އެކަމަކީ ބިމާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާއާއި
ޚިލާފުކަމަކަށްވެފައި އެގްރީމެންޓްގެ 02 ވަނަ މާއްދާއާއި، 05 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ބިމާއިބެހޭ
ޢަބްދުއްނާޞިރު އިސްމާޢީލް ޚިލާފުވެފައިވާތީ، އެގްރީމެންޓްގެ 7 ވަނަ
co
ޤާނޫނުގެ
28 ވަނަ މާއްދާއާއި
ދިވެހިރާއްޖޭގެ
ހައިކޯ
2
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/246
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
މާއްދާއިން ލިބިފައިވާ ޢިމާރާތް އަތުލުމުގެ ޙައްޤުގެ ދަށުން ހުވަނދުމާގެ ޢަބްދުއްނާޞިރު އިސްމާޢީލްގެ މައްޗަށް
ހ.އިސްއެރި ސަލީމާ ޢަލީ ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކަށާއި
ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ހ.އިސްއެރި އެވެކިޔާ ބަންޑާރަގޯތީގެ
820 އަކަފޫޓުގެ ބިމުގައި 04 ބުރީގެ ޢިމާރާތެއ ހއ.ބާރަށް ހަނދުވަރުދޭގެ ޢަބްދުއްނާޞިރު އިސްމާޢީލްގެ
އަމިއްލަ ޚަރަދުގައި ހެދުމަށް އެއްބަސްވެ ދަޢުވާކުރާ ސަލީމާ ޢަލީ އާއި ދަޢުވާލިބޭ ހއ.ބާރަށް ހަނދުވަރުދޭގެ
ޢަބްދުއްނާޞިރު އިސްމާޢީލް އާއި ދެމެދު 06 ފެބުރުއަރީ 2005 ގައި އެއްބަސްވުމެއްގައި
ސޮއިކުރެވިފައިވާކަމާއި، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ 04 ބުރީގެ ޢިމާރާތުގެ ތިންވަނަ
ފްލޯރ ފިޔަވައި ޢިމާރާތުގެ އަނެއް 03 ފްލޯރ އަކީ ދަޢުވާލިބޭ ޢަބްދުއްނާޞިރު އިސްމާޢީލް ބޭނުންކުރަން
ލިބިފައިވާ 03 ފްލޯރކަން އެގްރީމެންޓުން އެނގެން އޮތުމާއިއެކު އެފްލޯރތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި،
ޤަވާޢިދާއި، އަދި އިސްލާމް ދީނާއި ޚިލާފުނުވާ ކޮންމެ މަސައްކަތެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރު
ޢަބްދުއްނާޞިރު އިސްމާއީލަށް ލިބިގެންވާ ހިނދު، އެޢިމާރާތުގެ ގްރައުންޑް ފްލޯރ ގައި ދިވެހިރާއްޖޭގެ
ޤާނޫނާއި، ޤަވާޢިދާއި، އަދި އިސްލާމްދީނާއި ޚިލާފު ޢަމަލެއް ކުރަމުން ގެންދާކަން ޝަރީޢަތަށް ސާބިތުވެފައި
ނުވާއިރު އެތަން ދިރިއުޅުން ނޫން އެހެން ބޭނުކަމަށް ޢަބްދުއްނާޞިރު އިސްމާޢީލް ބޭނުންކުރަމުން ދިޔުމަކީ
އެގްރީމެންޓާއި ޚިލާފް ޚިލާފް ވުންކަން ބެލެވޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަމުން ދަޢުވާކުރާ ފަރާތުން
އެދިފައިވާ ފަދައިން މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެގްރީމެންޓް ޝަރީޢަތުގެ ފަރާތުން ބާޠިލް
އަދި ނެތްކަމާއި، މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އިސްވެ އިޝާރާތް ކުރެވުނު
އެގްރީމެންޓްގެ ދަށުން ކުއްޔަށް ދީފައިވާ ތަނުގައި އެގްރީމެންޓްގެ ދަށުން ދަޢުވާލިބޭ ފަރާތުގެ އަމިއްލަ
ޚަރަދުގައި ހަދަންޖެހޭ 04 ބުރީގެ އިތުރަށް ދަޢުވާލިބޭ ފަރާތުން ހަދާފައިވާ އެޢިމާރާތުގެ 05 ވަނަ ބުރިއަކީ
ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ލިބެންޖެހޭ ފްލޯރއެއް ނޫންކަމުން
އެފްލޯރިއަކީ ދަޢުވާކުރާ ފަރާތުގެ ނުރުހުމުގައި މިންކޮށް އެޕްލޯއިން މަންފާ ޙާޞިލް ކުރުމުގެ ޙައްޤު
ދަޢުވާލިބޭ ފަރާތަށް ލިބިގެންވާ ފްލޯރއަކަށް ނުވާތީ ބަޔާންވެދިޔަ ފްލޯރ (ހ.އިސްއެރި އެވެ ކިޔާ ބަންޑާރަގޯތީގެ
820 އަކަފޫޓުގެ ބިމުގައި ހަދާފައިވާ ޢިމާރާތުގެ ފަސްވަނަ ބުރި) ގައި ދަޢުވާލިބޭ ޢަބްދުއްނާޞިރު
އިސްމާޢީލްގެ ފަރާތުން ބައިތިއްބާފައި ތިބިނަމަ ތިބިބަޔަކާއި ހުރިނަމަ ހުރި ތަކެއްޗާއި އެކު 29 އޭޕްރީލް
2014 މިދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެފްލޯރ ހުސްކޮށް ދަޢުވާކުރާ ސަލީމާ ޢަލީއާއި
އެފްލޯރ ޙަވާލުކުރުމަށް ހއ.ބާރަށް ހަނދުވަރުދޭގެ ޢަބްދުއްނާޞިރު އިސްމާޢީލް އަށް އަންގައި، މިދެފަރާޅުގެޖޭގެ ރަ
3 ދ ތ ދޑ 8
ކނeއ
4
46
ه4a83
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/246
ދެމެދު ސޮއިކުރެވިފައިވާ އެގްރީމެންޓްގެ ދަށުން ކުއްޔަށް ދީފައިވާ ތަނުގައި ދަޢުވާލިބޭ ފަރާތުގެ އަމިއްލަ
ޚަރަދުގައި ހަދަންޖެހޭ 04 ބުރީގެ އިތުރަށް ދަޢުވާލިބޭ ފަރާތުން ހަދާފައިވާ އެޢިމާރާތުގެ 05 ވަނަ ބުރިއަކީ
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތުން ހަދަންޖެހޭ ފްލޯރއެއްކަމުގައި
ނުވިއަސް އެފްލޯރއަކީ ދަޢުވާކުރާ ފަރާތުން މިތަނުގައި ޢިމާރާތް ކުރުމަށްޓަކައި ކުރަހާފައިވާ ކުރެހުމާއި،
ޢިމާރާތް ކުރުމަށް ހޯދާފައިވާ ހުއްދައާއި އެއްގޮތަށް، ދަޢުވާލިބޭ ފަރާތުގެ އަމިއްލަ ޚަރަދުގައި ޢިމާރާތް
ކޮށްފައިވާ ފްލޯރއެއްކަމުން ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ދަޢުވާކުރާ
ފަރާތުން އެފްލޯރ އަތުލާ ހިނދު، ބަޔާންވެދިޔަ ފްލޯރ ހެދުމަށްޓަކާ ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ ޚަރަދަކީ
ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަމަށާއި، މިގޮތުން ބަޔާންވެދިޔަ ފްލޯރ
ހެދުމަށްޓަކައި ދަޢުވާލިބޭ ފަރާތުން ކޮށްފައިވާ މަސައްކަތް ޝަރީޢަތުގެ ފަރާތުން އަގު ކުރުމުން އެފްލޯރގެ
އަގެއްކަމަށް އަގުކޮމިޓީން ކަނޑައަޅާފައި ވަނީ ޖުމްލަ 237,232
/
80ރ. (ދެލައްކަ ތިރީސް ހަތްހާސް
ދުއިސައްތަ ބައްތިރީސް ރުފިޔާ އަށްޑިހަލާރި) ކަމާއި މިއީބަޔާންވެދިޔަ ފްލޯރ ޢިމާރާތް ކުރުމަށް ހިނގި ޚަރަދުގެ
ގޮތުގައި ޝަރީޢަތުން ކަނޑައަޅާފައިވާ ޝަރުޢީ އަގުކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ". މިފަދައިންނެވެ.
4
02 ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
400
/
Cv
-
C/755) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި ހ.އިސްއެރި ސަލީމާ ޢަލީގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅިގެ
23=4
(ހ) ފުރަތަމަ ނުކުތާއަކީ، ސަލީމާ ޢަލީއަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާ ހ.އިސްއެރި އެވެ
ކިޔާ ބަންޑާރަގޯތީގައި 14 ބުރީގެ ޢިމާރާތެއް ހެދުމަށް ސަލީމާ ޢަލީއާއި ޢަބްދުއްނާޞިރު އިސްމާޢީލް އާދެމެދު
ކުޅަ އެއްބަސްވުމާއި ޚިލާފަށް 04 ވަނަ ފްލޯރގެ ސީޓްމަތީގައި 02 ކޮޓަރީގެ އެޕާރޓްމަންޓެއް ހަދާބޭނުން
ކުރަމުން އަންނާތީ، އެތަނުން ސަލީމާ ޢަލީއަށް ލިބޭ މަންފާ ނުލިބި ސަލީމާ ޢަލީގެ ތަނަކުން އެގްރީމެންޓާއި
ޚިލާފަށް ޢަބްދުއްނާޞިރު އިސްމާޢީލް މަންފާ ލިބިގަންނަމުން އަންނަ ހިނދުވެސް ޢަބްދުއްނާޞިރު އިސްމާޢީލް
ހަދާފައިވާ 05 ވަނަ ބުރިއަކީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާލިބޭ ފަރާތަށް ލިބެންޖެހޭ
ފްލޯރ އެއްނޫންކަމުން އެފްލޯރ އަކީ ދަޢުވާކުރާ ފަރާތުގެ (ސަލީމާ ޢަލީ) ގެ ނުރުހުމުގައި ބޭނުންކޮށް އެފްލޯރ
އިން މަންފާ ލިބިގަތުމުގެ ޙައްޤު ދަޢުވާލިބޭ ފަރާތަށް ލިބިގެންނުވާކަމަށް ޙުކުމުގައި ވިދާޅުވެމެ، އެފްލޯރ
4
ދިވެހިރާއްޖޭގެ
، ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ބޭނުންކުރަމުން
5
2014/HC-A/246
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
ހެދުމަށް ދިޔަ ޚަރަދަކީ ސަލީމާ ޢަލީ ޢަބްދުއްނާޞިރު އިސްމާޢީލަށް ދޭންޖެހޭ ފައިސާއެއްކަމަށް ޙުކުމުގައި
ވިދާޅުވެފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ، އެގްރީމެންޓާއި ޚިލާފަށް ޢަބްދުއްނާޞިރު އިސްމާޢީލް ހެދި އެފްލޯރ
ސަލީމާ ޢަލީގެ ނުރުހުމުގައި ބޭނުންކޮށް އެފްލޯރ އިން މަންފާ ލިބިގަތުމުގެ ޙައްޤު ޢަބްދުއްނާޞިރު
އިސްމާޢީލަށް ލިބިގެން ނުވާކަމަށް ޙުކުމުގައި ވިދާޅުވެ އެފްލޯރ 2014 އޭޕްރީލް 29 ދުވަހުން ފެށިގެން 15
ދުވަހުގެ ތެރޭގައި ހުސްކޮށް ސަލީމާ ޢަލީއާއި ޙަވާލުކުރުމަށް ޙުކުމުގައި ވިދާޅުވެފައިވާއިރު އެފްލޯރ
ޢަބްދުއްނާޞިރު އިސްމާޢީލް ބޭނުންކުރި ދުވަސްތަކާއި މެދު ޙުކުމުގައި ގޮތެއް ކަނޑައަޅުއްވާފައި ނުވުން ކަމަށް
ބުނެ ހުށަހެޅި ނުކުތާ.
Cccuco e
I ¢
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ
މާއްދާގެ (ހ) ގައި "ކޮންޓްރެކްޓެއްގެ ބައިވެރިއަކު އެކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ
އެއަމަލެއްކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރިމީހަކު ބަދަލު ދޭންޖެހޭނެއެވެ." މިހެން ބުނެފައިވާއިރު، އަދި
5 ވަނަ ފްލޯރ ހަދާ ކުއްޔަށް ހިފިފަރާތުން ބޭނުންކުރުމުގެ ސަބަބުން ސަލީމާ ޢަލީއަށް ލިބިފައިވާ ގެއްލުމަކީ
ސީދާގޮތުން ލިބިފައިވާ ގެއްލުމެއްކަމަށް ވާއިރު މިމާއްދާގެ (ށ) ގައި ބުނާގޮތުގެ މަތީން ސީދާގޮތުން ލިބޭ
ގެއްލުމުގެ ބަދަލަކީ ސަލީމާ ޢަލީއަށް ލިބެންޖެހޭ އެއްޗެއްކަމަށްވާއިރު ސަލީމާ ޢަލީ ކުރި ދަޢުވާއެއްގައި ސަލީމާ
ޢަލީއަށް ލިބެންވާ ޙައްޤު ސަލީމާ ޢަލީއަށް ނަގައިނުދެއްވައި އެގްރީމެންޓާއި ޚިލާފަށް ޢަބްދުއްނާޞިރު
އިސްމާޢީލް ހެދި ފްލޯރ ހެދުމަށް ދިޔަ ޚަރަދު ޝަރީޢަތުގެ ފަރާތުން ބައްލަވައި އެއަގު ދަޢުވާލިބޭ ފަރާތަށް
ސަލީމާ ޢަލީ ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައެޅުއްވުމުން، މައްސަލަ ބެއްލެވުމުގައި ޢަދުލުވެރިކަން ޤާއިމް
ކުރެވިފައިނެތުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ހަތަރުވަނަ ނުކުތާއަކީ، ސަލީމާ ޢަލީއާއި ޢަބްދުއްނާޞިރު އިސްމާޢީލް އާދެމެދު
ކޮށްފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި އިމާރާތުގެ 03 ވަނަ ބުރި ފިޔަވައި އަނެއް ތިންބުރި އަކީ
ކުއްޔަށް ހިފާ ފަރާތް ދިރިއުޅުމަށް ހަދާ ބައިބައިކަމަށް ބުނެފައިވަނިކޮށް ގްރައުންޑް ފްލޯރ ގައި ސަރުކާރުގެ
ހުއްދަ ނުހޯދާ ވިޔަފާރިކުރުމަކީ އެގްރީމެންޓާއި ޚިލާފުވުންކަމުގައިވާއިރު އަދި މިކަންކަމަކީ އެގްރީމެންޓްގެ 02
ވަނަ މާއްދާއާ 05 ވަނަ މާއްދާ އާ ބިމާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް ޢަބްދުއްނާޞިރު
އިސްމާޢީލް ކޮށްފައިވާ ކަމެއް ކަމަށްވާއިރުވެސް ގްރައުންޑް ފްލޯރ ޢަބްދުއްނާޞިރު އިސްމާޢީލް :
* 9 8 74
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ލްސް ރިޕޯޓް
2014/HC-A/246
ދިޔުމަކީ އެގްރީމެންޓާއި ޚިލާފުވުން ކަމަށް ބެލެވޭނެ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތްކަމަށް ޙުކުމުގައި
ވިދާޅުވެ އެގްރީމެންޓް ބާޠިލްކޮށްފައި ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
03 - މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު (2010/MC/755)
2010/Cv-C/400 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހ.އިސްއެރި ސަލީމާ
ޢަލީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހހހ62
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ ނަންބަރު (2010/MC/755)
2010/Cv-C/400 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަކާއި ހުށަހެޅުނު ލިޔެކިޔުންތަކުގެ މައްޗަށް
ބަލާއިރު، ސަލީމް ޢަލީ އާއި ޢަބްދުއްނާސިރު އިސްމާޢީލް އާއި ދެމެދު އުފެދިފައިވާ ޚިލާފު ބިނާވެފައިވަނީ
މިދެފަރާތުގެ ދެމެދު 06 ފެބުރުއަރީ 2005 ގައިވެފައިވާ އެއްބަސްވުމާއި ގުޅިގެންކަން އެނގޭކަމާއި، މިގޮތުން
މިދެފަރާތުގެ ދެމެދުގައިވެފައިވާ މިއެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުމަކީ ސަލީމާޢަލީގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ފ.އިސްއެރި އެވެ ކިޔާ (82 އަކަފޫޓުގެ ބަންޑާރަ ގޯތީގައި ޢަބްދުއްނާސިރު އިސްމާޢީލްގެ
އަމިއްލަ ޚަރަދުގައި 04 ބުރީގެ ޢިމާރާތެއް ކުރުމަށް މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމެއްކަން
އެނގޭއިރު، މިއެއްބަސްވުމުގެ ސައްޙަކަމުގެ މައްޗަށް މިއިން އެއްވެސް ފަރާތަކުން އިޢުތިރާޟް ނުކުރާކަމާ
މިއެއްބަސްވުމާއި ގުޅިގެން ސަލީމާ ޢަލީގެ ފަރާތުން ޢަބްދުއްނާސިރު އިސްމާޢީލްގެ މައްޗަށް ރައްދުވާގޮތަށް
ސިވިލްކޯޓުގައި އުފުލި ދަޢުވާއަކީ، މިއެއްބަސްވުމުގެ 2 ވަނަ މާއްދާގައި ޢިމާރާތްކުރަން ޖެހޭނީ 4 ބުރިއަށް
ކަމަށް އޮންނައިރު ، ސަލީމާ ޢަލީގެ ހުއްދަނެތި ޢަބްދުއްނާސިރު އިސްމާޢީލް އިތުރު ޝީޓެއް އަޅައި
އެޕާޓްމަންޓެއް ހަދާފައިވާތީ އިތުރަށް ހަދާފައިވާ ސަލީމާ ޢަލީއާއި ޙަވާލުކުރުމުގެ ޙުކުމަކަށް އެދިގެންނާއި، އަދި
މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން ގްރައުންޑް ފްލޯރ ދިރިއުޅެންކަމަށްވެފައި
އެކަން އެގްރީމެންޓްގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނިކޮށް، ސަލީމާ ޢަލީގެ ހުއްދަނެތި އެފްލޯރގައި
ވިޔަފާރިކުރަމުންދާތީ، މިދެކަމަކީވެސް ޢަބްދުއްނާސިރު އިސްމާޢީލް އެއްބަސްވުމާއި ޚިލާފަށްކުރި ޢަމަލެއްކަމުގައި
ކަނޑައަޅައި، އެއްބަސްވުމުގެ 7 ވަނަ މާއްދާއިން ލިބިފައިވާ ޢިމާރާތް އަތުލުމުގެ ޙައްޤުގެ ދަށުން އެއްބަސްވުން
ބާތިލުކޮށް، ޢިމާރާތް ސަލީމާޢަލީ ލިބިގަތުމަށް އެދި ހުށަހެޅި މައްސަލައެއްކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެ
ccel
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
>
ދިވެހިންގެ
2014/HC-A/246
(ށ) ދެވަނަކަމަކީ، ސަލީމް ޢަލީއާއި ޢަބްދުއްނާސިރު އިސްމާޢީލްއާއި ދެމެދު ވެވުނު
އިޝާރާތްކުރެވުނު އެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުމުގެ 2 ވަނަ މާއްދާގައި ވަނީ " މިގޯތީގައި ހަދާނީ
4 ބުރީގެ އިމާރާތެކެވެ.މީގެ ތެރެއިން 03 ވަނަ ބުރި ފިޔަވައި އަނެއް 03 ބުރި ( ގްރައުންޑް ފްލޯރ، ފަސްޓް
ފްލޯރ، އަދި ފޯރތު ފްލޯރ) އެއީ ޢިމާރާތް ކުއްޔަށް ހިފާފަރާތް ދިރިއުޅުމަށް ހަދާބައެވެ. 3 ވަނަ ބުރި
ކޮމްޕްލީޓް ކުރުމަށްފަހު އެބައި ޙަވާލުކުރާނީ ކުއްޔަށްދޭ ފަރާތް ދިރިއުޅުމަށެވެ. "މިފަދައިންކަމާއި،
މިއެއްބަސްވުމުގެ 7 ވަނަ މާއްދާގައި، ބަޔާންކޮށްފައިވަނީ" މިއެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު
މިއެއްބަސްވުމުގެ އެއްވެސް މާއްދާއަކާއި ޢިމާރާތް ހެދި ފަރާތުން ޚިލާފު ނުވާހާ ހިނދަކު އެފަރާތުން ޢިމާރާތް
އަތުލުމުގެ އެއްވެސް އިޚުތިޔާރެއް ގޯތީގެ ވެރިފަރާތަށް ލިބިގެންނުވެއެވެ." މިފަދައިންކަން އެނގެން އޮތް އިރު،
މިމައްސަލަ ނިންމެވުމުގައި ސިވިލްކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގެ މައްޗަށް ބެލުމުން ސަލީމާ ޢަލީ
އެދިފައިވާ ފަދައިން މިއެއްބަސްވުން ބާތިލުކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ، މިދެފަރާތުގެ
ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ 4 ބުރީގެ އިމާރާތުގެ ތިންވަނަ ފްލޯރ ފިޔަވައި އަނެއް 3
ފްލޯރއަކީ ޢަބްދުއްނާސިރު އިސްމާޢީލް ބޭނުންކުރަން ލިބިފައިވާ 3 ފްލޯރ ކަން އެގްރީމެންޓުން އެނގެން
އޮތުމާއި އެކު އެފްލޯރ ތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާއިދާއި،އަދި އިސްލާމްދީނާއި ޚިލާފުނުވާ ކޮންމެ
މަސައްކަތެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ޢަބްދުއްނާސިރު އިސްމާޢީލަށް ލިބިގެންވާ ހިނދު، އެޢިމާރާތުގެ
ފްލޯރގައި ދިވެހިރާއްޖޭގެ ޤާނޫނާއި،ޤަވާޢިދާއި އަދި އިސްލާމްދީނާއި ޚިލާފުޢަމަލެއް
ކުރަމުންގެންދާކަން ޝަރީޢަތަށް ސާބިތުވެފައިނުވާއިރު އެތަން ދިރިއުޅުން ނޫން އެހެން ބޭނުމަކަށް
ޢަބްދުއްނާސިރު އިސްމާޢީލް ބޭނުންކުރަމުން ގެންދިއުމަކީ އެގްރީމެންޓާއި ޚިލާފުވެފައިވާ ވުމެއްކަމުގައި
ނުބެލެވޭކަމަށާއި، މިދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އެގްރީމެންޓްގެ ދަށުން ކުއްޔަށް ހިފާފައިވާ ތަނުގައި
ދުއްނާސިރު އިސްމާޢީލްގެ އަމިއްލަ ޚަރަދުގައި ހަދަންޖެހޭ 04 ބުރީގެ އިތުރަށް ޢަބްދުއްނާސިރު
އިސްމާޢީލްގެ ފަރާތުން ހަދާފައިވާ 05 ވަނަ ބުރިއަކީ ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން
ދުއްނާސިރު އިސްމާޢީލް ހަދަންޖެހޭ ފްލޯރ އެއްކަމުގައި ނުވިޔަސް އެފްލޯރއަކީ އެތަނުގައި
ޢިމާރާތްކުރުމަށްޓަކައި ކުރަހާފައިވާ ކުރެހުމާއި، ޢިމާރާތްކުރުމަށް ހޯދާފައިވާ ހުއްދައާއި އެއްގޮތަށް،
ޢަބްދުއްނާސިރު އިސްމާޢީލްގެ ޚަރަދުގައި ޢިމާރާތްކޮށްފައިވާ ބައެއްކަމަށާއި، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ
06 ފެބުރުއަރީ 2005 ގައި ކަމުގައިވާއިރު، ސަލީމާ ޢަލީގެ ފަރާތުން މިދަޢުވާ ހުށަހަޅާފައިވަނީ 2010 ވަނަ
އަހަރުކަމުގައިވުމުން، އެގްރީމެންޓްގެ މުއްދަތުން 5 އަހަރު ވޭތުވެދިޔައިރުވެސް ސަލީމާ ޢަލީގެ ފަރާތުން
މިކަމާއި މެދު އެއްވެސް ޝަކުވާއެއްކޮށް މައްސަލަ ޖައްސާފައިނުވުމުން، މިޢިމާރާތް 5 ބުރިއަށް ހަދާފައީވާލްޖްގެ
ޕީރިއެޓް
ހ4 4
ހ2 23
4
4ބދި
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
މަސައް، ތކުން
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/246
ސަލީމާ ޢަލީގެ އެނގުމާއި ފެނުމުގެ ތެރެއިން ސަލީމާ ޢަލީގެ ރުހުން އޮވެގެންކަމަށް ބެލެވެން އޮންނަކަމުގައި
ފާހަގަކުރައްވާފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، ސަލީމާ ޢަލީ އާއި ޢަބްދުއްނާސިރު އިސްމާޢީލް އާއި ދެމެދު
ސޮއިކުރެވިފައިވާ އިޝާރާތްކުރެވުނު އެގްރީމެންޓްގެ ދަށުން ކުއްޔަށް ހިފާފައިވާ ތަނުގައި ޢަބްދުއްނާސިރު
އިސްމާޢީލްގެ އަމިއްލަ ޚަރަދުގައި ހަދަންޖެހޭ 04 ބުރީގެ އިތުރަށް ޢަބްދުއްނާސިރު އިސްމާޢީލްގެ ފަރާތުން
ހަދާފައިވާ 05 ވަނަ ބުރިއަކީ ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުއްނާސިރު އިސްމާޢީލް
ހަދަންޖެހޭ ފްލޯރ އެއްކަމުގައި ނުވިޔަސް މިފްލޯރ ހެދުމަށް ހިނގާފައިވާ ޚަރަދަކީ ސަލީމާ ޢަލީގެ ފަރާތުން
ޢަބްދުއްނާސިރު އިސްމާޢީލް އަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ސިވިލްކޯޓުން މިމައްސަލަ ނިންމެވުމުގައި
ކަނޑައަޅުއްވާފައިވަނީ، މިތަނަކީ ޢަބްދުއްނާސިރު އިސްމާޢީލްގެ އަމިއްލަ ޚަރަދުގައި، މިޢިމާރާތްކުރުމަށް ސަލީމް
ޢަލީ ހުށަހަޅާފައިވާ ކުރެހުމާއި އެއްގޮތަށް ހަދާފައިވާ ފްލޯރއަކަށްވެފައި، އެތަން ހެދިފައިވަނީ ސަލީމާ ޢަލީގެ
އެނގުމާއި ފެނުމުގެ ތެރެއިންކަމުގައި ޤަބޫލުކުރެވެން އޮތުމުންކަން އެނގޭއިރު، ސިވިލްކޯޓުންވެސް
ފާހަގަކޮށްފައިވާ ފަދައިން ޢިމާރާތުގެ ކުރެހުމަށާއި، މިޝަކުވާ ސަލީމާ ޢަލީގެ ފަރާތުން ކޮށްފައިވާ މުއްދަތުގެ
މައްޗަށް ބެލުމުން މިކަން ހިނގާ ގޮސްފައިވަނީ ސަލީމާ ޢަލީގެވެސް ރުހުމުގައި ކަމުގައި ޤަބޫލުކުރެވެން
އޮތުމުން، މިތަނަށް އެއްވެސް ބަދަލެއް ނުލިބޭ ގޮތަށް އެއްބަސްވުމުގެ މުއްދަތުގެ ކުރިން އެތަން ޙަވާލުކުރުމަކީ
އިންސާފުވެރި ނިންމުމެއްކަމުގައި ނުބެލެވޭނެކަމާއި، މިހެންކަމުން މިތަން ސަލީމާ ޢަލީއާއި ޙަވާލުކުރުމަށް
ޢަބްދުއްނާސިރު އިސްމާޢިލްއަށް އެންގުމާއި އެކު މިތަނަށް ޢަބްދުއްނާސިރު އިސްމާޢީލްގެ ފަރާތުން ކޮށްފައިވާ
ޚަރަދު ސަލީމާ ޢަލީގެ ފަރާތުން ޢަބްދުއްނާސިރު އިސްމާޢީލްއަށް ދޭން އެންގުމަކީ ޝަރުޢީ އަދި ޤާނޫނީ
އަސްލަކާއި ޚިލާފުވުމެއްކަމުގައި ބެލެވެން ނެތްއިރު، ޢަބްދުއްނާސިރު އިސްމާޢީލްގެ ފަރާތުން އެތަނަށް ކޮށްފައިވާ
ޚަރަދު ކަނޑައަޅާފައިވަނީ ޝަރުޢީ އަގުކޮމެޓީން ބެއްލެވުމަށްފަހު އެފަރާތުން ކަނޑައަޅާފައިވާ އަގުގެ މައްޗަށް
ޝަރީޢަތުގެ ފަރާތުން ރިޢާޔަތްކުރުމަށްފަހުގައި ކަން އެނގޭއިރު، ޝަރުޢީ އަގުކޮމެޓީން އަގުކޮށްފައިވަނީ
ހ.އިސްއެރިއެވެ ކިޔާގޯތީގައި ހަދާފައިވާ ޢިމާރާތުގެ 05 ވަނަ ބުރީގައި ޢަބްދުއްނާސިރު އިސްމާޢީލް ކޮށްފައިވާ
އެކޮމެޓީގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
cucc.
(ރ) ހަތަރުވަނަކަމަކީ، ހ.އިސްއެރިއެވެ ކިޔާ ގޯތީގައި ޢަބްދުއްނާސިރު އިސްމާޢީލްގެ
ފަރާތުން ހަދާފައިވާ 05 ވަނަ ބުރި 2014 އެޕްރީލް 29 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި
ހުސްކޮށް ސަލީމާ ޢަލީ އާއި ޙަވާލުކުރުމަށް ޙުކުމް ކުރެއްވިނަމަވެސް، އެޙުކުމުގައި ޢަބްދުއްނާސިރު އިސްމާޢީވެއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
މަސައްކުނއި
3 09-21
9
2014/HC-A/246
އެތަނުގެ މަންފާ ޙާސިލްކުރި ދުވަސްތަކާއި މެދު ގޮތެއް ކަނޑައަޅާފައިނުވާކަމަށް ސަލީމާ ޢަލީގެ ފަރާތުން
ފާހަގަކޮށްފައިވީ ނަމަވެސް، އެކަމަކީ ސަލީމާ ޢަލީގެ ފަރާތުން ހުށަހެޅި ސިވިލްކޯޓުގައި އުފުލި ދަޢުވާގައި
އޭނާގެ ފަރާތުން އެދިފައިވާ އެދުމެއްނޫންކަމާއި، ސިވިލްކޯޓުން މިމައްސަލަ ނިންމެވުމުގައި ޝަރީޢަތުން
ފާހަގަކުރި ނުކުތާތަކުގެ ނުވަވަނަކަމެއްގެ ގޮތުގައި، ޢަބްދުއްނާސިރު އިސްމާޢީލްގެ ފަރާތުން އެތަން
ބޭނުންކޮށްފައިވާ ދުވަސްތަކަކީ ކުލިދޭންޖެހޭ ދުވަސްތަކެއްކަމުގައި ފާހަގަކޮށްފައިވާކަމާއި، އަދި ސަލީމާޢަލީގެ
ފަރާތުން އެކަމުގެ މައްޗަށް ދަޢުވާކޮށްފި ހިނދެއްގައި މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައި ކުއްޔަށް
ދީފައިވާ ފްލޯރތަކަށް ކުލި ކަނޑައެޅިފައިވާ އުސޫލަށް ރިޢާޔަތްކޮށް، އެފްލޯރ ބޭނުންކޮށްފައިވާ ދުވަސްތަކަށް
މިސްލީ ކުއްޔެއް ކަނޑައެޅި ކުއްޔަށް ޢަބްދުއްނާސިރު އިސްމާޢީލްގެ ފަރާތުން ސަލީމާޢަލީ އަށް ކުލީގެ ފައިސާ
ލިބިދޭންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާކަމާއި، މިހެންކަމުން އެކަމުގެ މައްޗަށް ދަޢުވާ ކުރުމަކީ މިހާރުވެސް
ސަލީމާ ޢަލީ އަށް ލިބިއޮތް ޙައްޤެއްކަމަށް އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، ސަލީމާ ޢަލީގެ ފަރާތުން
އެދިފައިނުވާކަމެއްގެ މައްޗަށް އިސްތިއުނާފު މިކުރެވޭ މައްސަލަ ސިވިލްކޯޓުން ބެއްލެވިއިރު، ޙުކުމެއް
ކުރައްވާފައިނެތް ނެތުމަކީ އެކޯޓުން މިމައްސަލަގައި ނިންމި ނިންމުން ބާތިލުކުރަން ޖެހޭ ފަދަ ސަބަބެއްކަމުގައި
މ ¢ ¢
ނުބެލެވޭކަމެވެ.
(ބ) ފަސްވަނަކަމަކީ، ޢަބްދުއްނާސިރު އިސްމާޢީލްއާއި ސަލީމާ ޢަލީއާއި ދެމެދު 06
ފެބުރުއަރީ 2005 ގައިވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގައި، 03 ވަނަ ބުރި ފިޔަވައި އަނެއް 03 ބުރި
(ގްރައުންޑް ފްލޯރ، ފަސްޓް ފްލޯރ، އަދި ފޯރތު ފްލޯރ) އެއީ ޢިމާރާތް ކުއްޔަށް ހިފާފަރާތް ދިރިއުޅުމަށް
ހަދާބައިކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއެގްރީމެންޓްގެ 5 ވަނަ މާއްދާގައި ، ޢިމާރާތް ހަދާ ފަރާތުން
ބޭނުންކުރާބައި ތަކުގައި ދިވެހިރާއްޖޭގެ ޤާނޫނާއި، ޤަވާޢިދާއި އަދި އިސްލާމްދީނާއި ޚިލާފުނުވާ ކޮންމެ
ކުރުމުގެ ފުރިހަމަ އިޚުތިޔާރާއި، މިބައިބަޔަށް ބަދަލުގެނައުމާއި، ޢަބްދުއްނާސިރު އިސްމާޢީލް
ހިނދެއްގައި އެބައިތައް ދެވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ފުރިހަމަ ބާރާއި އިޚުތިޔާރު
ޢަބްދުއްނާސިރު އިސްމާޢީލަށް ލިބިގެންވާނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، މިހެންކަމުން އިޝާރާތްކުރެވުނު
5 ވަނަ މާއްދާއަށް ބެލުމުން މިޢިމާރާތުގެ ގްރައުންޑް ފްލޯރގައި ވިޔަފާރިކުރުމަކީ
ދުއްނާސިރު އިސްމާޢީލަށް އެއްބަސްވުމުގެ ދަށުން މަނާކޮށްފައިވާކަމެއް ނޫންކަން އެނގެން އޮންނަކަމާއި
އަދި މިކަން މިޢިމާރާތްކުރުމަށް ހެދިފައިވާ ކުރެހުމަށް ބެލުމުން އިތުރަށް ޔަޤީންވާން އޮތްއިރު، އެތަނުގައި
ޢަބްދުއްނާސިރު އިސްމާޢީލް ވިޔަފާރިއެއް ކުރަން ނިންމުމަކީ ޢަބްދުއްނާސިރު އިސްމާޢީލް އެއްބަސްވުމާއި
ޚިލާފުވެފައިވާ ވުމެއްކަމުގައި ބެލެވެންނެތްކަމެވެ.
4
3 ސ ޑ ވ ޑ
می نمی کے
ހ8 2
2
ވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯ
1)
2014/HC-A/246
ވީމާ، އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
400
/
Cv
-
C/755) ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހ.އިސްއެރި ސަލީމާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމުގައެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް ކޯޓުގެ
ނަންބަރު 2010/MC
/
2010
)
400
/
Cv
-
C/755) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް ސަލީމާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް
މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލްކޯޓުގެ ނަންބަރު
2010/MC
/
2010
)
400
/
Cv
-
C/755) ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ތަނެއް ނެތްކަމަށްކަނޑަ
ށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
s
8 އ ސ ސ ،
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv