ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/360 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/36[
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 360/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ސުހައިލު
: އައިޑީ ކާޑު ނަންބަރު: A065486
* ދާއިމީ އެޑްރެސް: މ. ގުލްކޯޒުގެ / ކ. މާލެ
، މިހާރުގެ އެޑްރެސް: ފަސްކަނި ! އއ. ރަސްދޫ
*
0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާދަމް ޢީސާ
ކާޑު ނަންބަރު: A010121
މާލެ
* ދާއިމީ އެޑްރެސް: މ. ގުލްކޯޒުގެ | ކ.
މިހާރުގެ އެޑްރެސް: ވ. ފަސްކަނި | ކ. މާލެ
އައިޑީ
* ނަން: ޙައްވާ އާދަމް
ދާއިމީ އެޑްރެސް: މ. ގުލްކޯޒުގެ | ކ. މާލެ
މިހާރުގެ އެޑްރެސް: ވ. ފަސްކަނި | ކ. މާލެ
އައިޑީ ކާޑު ނަންބަރު: A215632
ރަޖިސްޓްރީ ތާރީޚް: 18 ޞަފަރު 1434
31 ޑިސެމްބަރ 2012
ނިމުނު ތާރީޚް: 14 ޝައްވާލު 1434
21 އޯގަސްޓް 2013
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤާޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ބެލުން ޝަރުޠު ފުރިހަމަކުރިކަން ސާބިތުކުރުމަށް އެދި
ހުށަހެޅި ތާރީޚް: 24.05.2012
* ނިމުނު ތާރީޚް: 02.09.2012
އިއްގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ވާފަ
2
2012/HC-A/360
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ މ. ގުލްކޯޓުގެ އަޙްމަދު ސުހައިލްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ކ.މާލެ ގުލްކޯޒުގެ އާދަމް ޢީސާ އާއި
ކ. މާލެ / މ. ގުލްކޯޒުގެ ޙައްވާ އާދަމްއެވެ.
10:
FP
Ox
.
ouc
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާގައި،
ކ. މާލެ / މ. ގުލްކޯޒުގެ ޢީސާފުޅުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ގުލްކޯޒުގެ އެވެ ކިޔާ ބަންޑާރަ
ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ކ. މާލެ / މ. ގުލްކޯޒުގެ ޢީސާފުޅު ބެލުން ޝަރުތުކޮށް
ޢީސާފުޅުގެ އަނބިމީހާ ކަމުގައިވާ ކ. މާލެ ގެ މ. ގުލްކޯޓުގެ ޙައްވާ އާދަމް އާއި، ޢީސާފުޅުގެ ފިރިހެން ދަރި
ކ. މާލެ / މ. ގުލްކޯޒްގެ އާދަމް ޢީސާ އަށް ދިނުމަށް 31 ޖުލައި 1978 ގައި އެއްބަސްވެ މިނިސްޓްރީ އޮފް
ޖަސްޓިސްގެ މަރކެންޓައިލް ޑިވިޝަންގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ ނަންބަރު 78
/
78.MD
/
C
އެގްރީމެންޓްގައިވާ ޝަރުޠުތަކާއި އެއްގޮތަށް ބަލައި 18 އޭޕްރިލް 2012 ގައި ޢީސާފުޅު ނިޔާވުމުން
ވަޅުލާހަދާފައިވާތީ ބެލުން ޝަރުތުކޮށް ދިން ދިނުމުގެ ޝަރުޠު ފުރިހަމަކޮށްފައިވާކަން ޝަރީޢަތަށް ސާބިތުކުރުމަށް
. މާލެ | މ. ގުލްކޯޒުގެ ޙައްވާ އާދަމް އާއި އާދަމް ޢީސާ ހުށަހެޅުމުން ބެލެވުނު ބެލުން ޝަރުތު
ފުރިހަމަކުރިކަން ސާބިތުކުރުމުގެ މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "... ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކަށާއި
ހުށަހެޅިފައިވާ ބަޔާންތަކަށާއި ލިޔުންތަކުގެ މައްޗަށް ބެލުމަށްފަހު މ. ގުލްކޯޒުގެ ޢީސާފުޅުގެ ނަމުގައި ރަޖިސްޓްރީ
ކޮށްފައިވާ މ. ގުލްކޯޒްގެ ކިޔާ ބަންޑާރަގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭމުދާ މަރުދުވަހަށް ދަންދެން
ޢީސާފުޅު ބެލުމަށް މ. ގުލްކޯޒުގެ ޙައްވާ އާދަމާއި، އާދަމް ޢީސާ އަށް ދިނުމަށް، ޢީސާފުޅާއި،
ޙައްވާ އާދަމާއި، އާދަމް ޢީސާ އާއި ދެމެދުގައި 31 ޖުލައި 1978 އެއްބަސްވެ މިނިސްޓްރީ އޮފް ޖަސްޓިސްގެ
މަރކެންޓައިލް ޑިވިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު 78
/
78.MD
/
C (31 ޖުލައި16829 އެތި
22 22 22
މ. ގުލްކޯޒުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/36[
x + 4
އެގްރީމެންޓު ގައިވާ ޝަރުޠު ތަކާއި އެއްގޮތަށް ޢީސާފުޅު ދުނިޔޭގައި ހުރި ދުވަހު ކާންދީ އަންނައުނުދީ ބަލިވީމާ
ބަލައި ބޭސްފަރުވާ ކޮށްދީ އެ ޢީސާފުޅު 18 އޭޕްރީލް 2012 ގައި ނިޔާވުމުން ވަޅުލުމާއި ޖަނާޒާގެކަންތައް
ކޮށްދީފައިވަނީ ޙައްވާ އާދަމާއި، އާދަމް ޢީސާ ގެ ފަރާތުން ކަމުގައި ވ. ނަޞްރުއުފާ މުޙައްމަދު ވަޙީދު އާއި
ދަފްތަރު ރސ ނަންބަރު 4934 ޢަބްދުﷲ ޝަފީޤްއާއި ދެމީހުން ޝަރީޢަތުގެ މަޖިލީސްގައި އަދާކޮށްފައިވާ
ހެކިބަހުން އެނގެން އޮންނާތީ، ޢީސާފުޅުބެލުމަށް ޙައްވާ އާދަމްއާއި، އާދަމް ޢީސާ އަށް ކޮށްފައިވާ
ޝަރުތުތައްވަނީ ޙައްވާ އާދަމާއި، އާދަމް ޢީސާގެ ފަރާތުން ފުރިހަމަ ކޮށްފައިކަން ޝަރީޢަތަށް ޘާބިތުވެއްޖެ ކަމަށް
ކަނޑައަޅާ..." ޙުކުމްކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
0
2) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ ގުލްކޯޓުގެ އަޙްމަދު ސުހައިލްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 06 (ހައެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
އޭނާގެ ދަރިފުޅު،
ފުރަތަމަ ނުކުތާއަކީ، 31 ޖުލައި 1978 ގައި އެއްބަސްވެ މިނިސްޓްރީ އޮފް ޖަސްޓިސްގެ
މަރކެންޓައިލް ޑިވިޝަންގައި ރަޖިސްޓަރީކޮށްފައިވާ ރަޖިސްޓަރީ ނަންބަރު 78
/
78.MD
/
C އެގްރީމެންޓް
ކުރުމަށްފަހު، ކ. މާލެ / މ. ގުލްކޯޒުގެ އަލްމަރްޙޫމް ޢީސާފުޅު ވަނީ ކުރީގެ ކޯޓު ނަންބަރު 4 ގެ ނަންބަރު
4
/
93-JC/355 ޤަޟިއްޔާއިން ގުލްކޯޒުގެ އެވެ ކިޔާ ބަންޑާރަ ގޯތި،
ކ. މާލެ / މ. ގުލްކޯޓުގެ އަޙްމަދު ސުހައިލު (އިސްތިއުނާފު ކުރާ ފަރާތް) އާއި އީސާފުޅުގެ ކާފަ ދަރި،
މުޙައްމަދު ޝާމް (އިސްތިއުނާފު ރައްދުވާ ފުރަތަމަ ފަރާތުގެ ދަރިފުޅު) އަށް ހިބައިން ދިންކަން އެނގެން
އޮތުމުން، އިސްވެ ބުނެވުނު އެގްރީމެންޓް ބާޠިލުވާނެކަން އެނގޭކަމަށާއި، އެހެނީ އެއެގްރީމެންޓަކީ ޤާނޫނު
ނަންބަރު 4/91 (ކޮން
ކޮންޓްރެކްޓާބެހޭ ޤާނޫނު)
22 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރުވެސް،
ޢަމަލުކުރެވޭނެ އެގްރީމެންޓަކަށް ނުވާތީ ("ފްރަސްޓްރޭޓް" ވެފައިވާ އެގްރީމެންޓެއް ކަމަށްވާތީ) އެޤަޟިއްޔާއަށް
ނެތި، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930
4
ޙުކުމްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުޗާ.
0 0
103//12/
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/36[
• ދެވަނަ ނުކުތާއަކީ، ކުރީގެ ކޯޓު ނަންބަރު 4 ގެ ނަންބަރު 4
/
93-JC/355 ޤަޟިއްޔާއިން
މ. ގުލްކޯޒުގެ އެވެ ކިޔާ ބަންޑާރަ ގޯތި، އަޙްމަދު ސުހައިލު އާއި މުޙައްމަދު ޝާމްއަށް ހިބައިން ދިން ދިނުން
އަނބުރައި ގެނެސްފައި ވީނަމަވެސް، އިސްވެ ބުނެވުނު އެގްރީމެންޓް
އިސްވެ ބުނެވުނު އެގްރީމެންޓް އިޢާދަނުވާނެކަމާއި، އަދި
ޢީސާފުޅު ބެލުން ޝަރުތުކޮށް އައު އެގްރީމެންޓެއް ކޮށްފައި ނެތްކަން އެނގެން އޮތް ހިނދު، އިސްތިއުނާފު
މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/930 ޤަޟިއްޔާގެ ޙުކުމްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/930 ޤަޟިއްޔާއިން
ބެއްލެވި މައްސަލައިގެ ތެރެއިން، އަލްމަރްޙޫމް ޢީސާފުޅުގެ ވާރިސަކު ހުރިތޯ ސާފުކުރަން ސިވިލް ކޯޓުން 03
ދުވަސް ވަންދެން ދުވާލަކު އެއްފަހަރު ރޭޑިއޯއިން ބްރޯޑްކާސްޓްކުރެއްވުމަށް އިޢުލާންކުރެއްވިނަމަވެސް،
ދިވެހިރާއްޖޭގެ ޙާލަތު ބަދަލުވެފައިވާ މިންވަރުގެ ސަބަބުން، އެމިންވަރަކީ ވާރިސަކު ހޯދުމަށް އިޢުލާންކުރުމަށް
އެކަށީގެންވާ މިންވަރެއް ނޫންކަން އެނގޭ ހިނދު، އެއިޢުލާނަށް ބިނާކޮށް މަރްޙޫމް ޢީސާފުޅުގެ އިތުރު ވާރިސަކު
ނެތްކަމަށް އެޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އެއްބަފާ
ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާއިން
ބެއްލެވި މައްސަލައިގައި، އިސްވެ ބުނެވުނު އެގްރީމެންޓަށް ޙަވާލާދީ ބެލުން ޝަރުޠު ފުރިހަމަކުރިކަމަށް
ސާބިތުކުރި ދެމީހުންނަކީ އަޙްމަދު ސުހައިލްގެ މަންމަ އާއި އަޙްމަދު ސުހައިލްގެ އެއްބަނޑު
ބޭބެކަމަށްވެފައި، އެޤަޟިއްޔާގައި މަރްޙޫމް ޢީސާފުޅުގެ އިތުރު ވާރިސަކު ނެތްކަމަށް ކަނޑައަޅުއްވަނީ، އަޙްމަދު
ސުހައިލްގެ މަންމަ އާއި ބޭބެގެ ބަހެއް އޮވެގެންކަމަށްވާނަމަ، އެފަރާތްތަކުން ޝަރީޢަތަށް އޮޅުވާލާފައިވާކަމަށް
ޤަބޫލުކުރެވޭކަމަ
ދެ ހުށަހެޅި ނުކުތާ
ބެން
ފަސްވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/930 ޤަޟިއްޔާއިން
ބެއްލެވި މައްސަލައިގެ ތެރެއިން، އަލްމަރްޙޫމް ޢީސާފުޅުގެ އިތުރު ވާރިސަކު ނެތްކަމަށް ކަނޑައަޅުއްވާފައި
ވީނަމަވެސް، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ މ. ގުލްކޯޓުގެ އެވެ ކިޔާ ބަންޑާރަ
ގޯތީގެ ރަޖިސްޓަރީގައި ހިބަކޮށް، މަރްޙޫމް ޢީސާފުޅުގެ ދަރި އަޙްމަދު ސުހައިލު އާއި ކާފަ ދަރި މުޙައްމަދު
ގުލްކޯޒުގެ އެވެ ކިޔާ ބަންޑާރަ ގޯތި ހިބަކޮށް، ހިބަ އަތުލާފައިވާ ވާހަކަ ބަޔާންކޮށްފައިވުމެވެ
0x0
ޝާމްއަށް މ.
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/360
އެޤަޟިއްޔާގައި ހުށަހެޅުނު މައްސަލަ ނިންމަވާފައިވަނީ ބައްލަވަންވާ ވަރަށް ނުބައްލަވައިކަމަށް ބުނެ ހުށަހެޅި
ނުކުތާ.
• ހަވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގައި ޙުކުމްކުރެއްވިއިރު، މަރްޙޫމް ޢީސާފުޅުގެ ތަރިކައިގެ މައްސަލަ ނިންމަވާފައި ނެތްކަން ސާފުވެފައި
ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މިމައްސަލާގައި ކަން ހިނގާދިޔަ ގޮތަށް
ބެލިއިރު، ކ. މާލެ / މ. ގުލްކޯޒުގެ މަރްޙޫމް ޢީސާފުޅުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މ. ގުލްކޯޒުގެ އެވެ
ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދާ، މަރްޙޫމް ޢީސާފުޅުގެ އަނބިމީހާ
ކ. މާލެ / މ. ގުލްކޯޒުގެ ޙައްވާ އާދަމް އާއި މަރްޙޫމް ޢީސާފުޅުގެ ފިރިހެން ދަރި ކ. މާލެ / މ. ގުލްކޯޒުގެ
އާދަމް ޢީސާއަށް ބެލުން ޝަރުތުކޮށް ދީފައިވާކަމާއި، މިކަން މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކެންޓައިލް
ޑިވިޝަންގެ ނަންބަރު 78
/
78.MD
/
C (31-07-1978) ޝަރުޠު މެދުވެރިކޮށް ދިނުމާބެހޭ އެގްރީމެންޓްއިން
އެނގެން އޮންނަކަމާއި، އަދި މިއެގްރީމެންޓަކީ މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކެންޓައިލް ޑިވިޝަންގެ
ނަންބަރު 78/MD/202 ޤަޟިއްޔާއިން ރަޖިސްޓަރީކޮށްފައިވާ އެގްރީމެންޓެއްކަން އެނގެން އޮންނަކަމާއި،
މިފަދައިން އެގްރީމެންޓް ކޮށްފައިވަނިކޮށް 12 ސެޕްޓެމްބަރ 1993 ގައި މ. ގުލްކޯޒުގެ އެވެ
ކިޔާ ގޯތީގައިވާ މަރްޙޫމް ޢިސާފުޅުގެ މިލްކު އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އޭނާގެ މިލްކުން
ކަނޑައި އޭނާގެ އުފަން ދަރި އަޙްމަދު ސުހައިލު އާއި ކާފަ ދަރި މުޙައްމަދު ޝާމްއަށް ހިބައިން ދީފައިވާކަން
މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 4 ގެ ނަންބަރު JC4
/
93/355 ޤަޟިއްޔާއިން އެނގެން
އޮންނަކަމާއި، އަދި އެއާ ގުޅިގެން މިދެ ފަރާތުގެ ނަމުގައި ގުލްކޯޓުގެ ރަޖިސްޓަރީކޮށް
އި
ޖަހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{12/HC-A/360
2
13655
ގުލްކޯޒުގެ އެވެ ކިޔާ ގޯތީގެ ނަންބަރު ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއަށް ބެލުމުން
އެނގޭކަމާއި،
އެހެންނަމަވެސް، މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަންބަރު
4
/
93-JC/663 ޤަޟިއްޔާއިން މަރްޙޫމް ޢީސާފުޅު މިހިބަ އަނބުރާ އަތުލާފައިވާކަން އެނގޭކަމާއި، އަދި އިސްވެ
އިޝާރާތްކުރެވުނު ޤާޟިއްޔާ ނިމުނު ތާރީޚަކީ 23 ޖެނުއަރީ 1994 ކަން ފާހަގަކުރެވޭކަމާއި،
އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ ސިވިލް ކޯޓުގެ
ޤަޟިއްޔާއަކީ މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކެންޓައިލް ޑިވިޝަންގެ ނަންބަރު 78
/
78.MD
/
C
އެގްރީމެންޓްގައިވާ ޝަރުޠުތަކާއި ބެލުން ޝަރުޠު ފުރިހަމަކުރިކަން ސާބިތުކުރުމަށް އެދި
ކ. މާލެ / މ. ގުލްކޯޒުގެ ޙައްވާ އާދަމް އާއި މާލެ / މ. ގުލްކޯޒުގެ އާދަމް ޢީސާ ހުށަހެޅުމުން ބެއްލެވި
މައްސަލައެއްކަމާއި، އެޤާ ޟިއްޔާ ނިންމަވާފައިވަނީ އިސްވެ ބުނެވުނު އެގްރީމެންޓްގައިވާ ޝަރުޠުތައް ޙައްވާ
އާދަމްއާއި އާދަމް ޢީސާ ފުރިހަމަކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިކަން އެނގެން
930/Cv-C/2012
xހ2
ہے کہ مری
އަންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކެންޓައިލް ޑިވިޝަންގެ ނަންބަރު
78
/
78.MD
!
C އެގްރީމެންޓް ރަޖިސްޓަރީކުރުމަށްފަހު އޭގެ ފަހުގެ ތާރީޚެއްގައި މަރްޙޫމް ޢީސާފުޅު
މ. ގުލްކޯޒުގެ އެވެ ކިޔާ ގޯތީގައިވާ މަރްޙޫމް ޢީސާފުޅުގެ މިލްކު އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ހިބައިން ދިންކަން އެނގެން އޮތުމުން، އިސްވެ އިޝާރާތްކުރެވުނު އެގްރީމެންޓަކީ ޤާނޫނު ނަންބަރު 4191
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު ބާޠިލުވެފައިވާ، އެގްރީމެންޓެއްކަމަށް
ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައި
ބައިވެރިން ހީނުކުރާފަދަ ޙާލަތެއް މެދުވެރިވެގެން ނުވަތަ ޤާނޫނެއް ހިންގުމުގެ ސަބަބުން އެފަދަ
ންޓްރެކްޓަކުން އޭގެ ބައިވެރިންގެ މައްޗަށް ލާޒިމްކުރާކަމެއް
ކުރުމަކީ ވެވެން ނެތް ކަމަކަށް ވެއްޖެ ހިނދެއްގައި
ބެލޭނީ އެކޮންޓްރެކްޓް ނިމުމަކަށް ދިޔައީކަމަށާއި،
4 04 04 0 0
ملمسرم راع ہے کہ
3x
0
0
02
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/360
22 22 22
22 / 2
22
ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، މަރްޙޫމް ޢީސާފުޅު އޭނާގެ އަނބިމީހާ ޙައްވާ އާދަމްއާއި
އަދި ފިރިހެން ދަރި އާދަމް ޢީސާއާއެކު ބެލުން ޝަރުޠުކުރުމާބެހޭ އެގްރީމެންޓުގައި ސޮއިކޮށް، ޝަރީޢަތް
މެދުވެރިކޮށް އެއެގްރީމެންޓް ރަޖިސްޓަރީކޮށްފައިވަނީ 31 ޖުލައި 1978 ގައިކަން އެނގޭކަމާއި،
އެހެންނަމަވެސް، 12 ސެޕްޓެމްބަރ 1993 ގައި މަރްޙޫމް ޢީސާފުޅުގެ އެހެން ފިރިހެން
ދަރިއެއްކަމުގައިވާ އަޙްމަދު ސުހައިލު އާއި ޢީސާފުޅުގެ ކާފަ ދަރި މުޙައްމަދު ޝާމްއަށް މ. ގުލްކޯޒުގެ ހިބައިން
ދިންކަމާއި، އަދި މުޙައްމަދު ޝާމްއަކީ އާދަމް ޢީސާގެ ދަރިއެއްކަން އެނގޭކަމާއި، މިމުޢާމަލާތް ހިނގިއިރު،
މުޙައްމަދު ޝާމްއަކީ ތަޞައްރުފު ނުފުދޭ ކުއްޖެއްކަމުން، އެހިބާ މުޙައްމަދު ޝާމްގެ ފަރާތުން ޝަރީޢަތުގެ
މަޖިލިހުގައި ޤަބޫލުކޮށްފައިވަނީ މުޙައްމަދު ޝާމް ގެ ބައްޕަ، އާދަމް ޢީސާކަން ފާހަގަކުރެވޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު ހިބައިގެ މުޢާމަލާތަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ
ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ކޮންޓްރެކްޓުގެ ބައިވެރިންނަށް މެދުވެރިވި ހީނުކުރާފަދަ
ޙާލަތެއް ކަމަށް ބެލެވެން އޮތްކަމެއް ނޫންކަމާއި، އެހެނީ، މަރްޙޫމް ޢީސާފުޅު އެގޯތި ހިބައިން ދީފައިވަނީ ޝަރީޢަތް
މެދުވެރިކޮށް، ބުއްދި ސަލާމަތުން ހުރެ، ހިތުން ރުހުމުން، އަމިއްލަ އިޚްތިޔާރުންކަމާއި، 31 ޖުލައި 1978 ގެ
ބެލުން ޝަރުޠުކުރުމުގެ އެގްރީމެންޓުގެ ބައިވެރިންނަށް ބަލާއިރު، އެއެގްރީމެންޓްގައި ސޮއިކުރި
އެއް ފަރާތްކަމުގައިވާ އާދަމް ޢީސާ ހިބައިގެ މުޢާމަލާތް ހިނގިއިރު ޝަރީޢަތަށް ޙާޟިރުވެ، އޭނާގެ ފިރިހެން ދަރި
މުޙައްމަދު ޝާމްގެ ފަރާތުން އެހިބަ ޤަބޫލުކޮށްފައިވާއިރު، އަޙްމަދު ސުހައިލުއަކީވެސް ޙައްވާ
ދަރިއެއްކަން އެނގޭކަމާއި،
އެހެންނަމަވެސް، މުޅި މުޢާމަލާތަށް ބަލާއިރު، 31 ޖުލައި 1978 ގައި ޝަރީޢަތް މެދުވެރިކޮށް
ބެލުން ޝަރުތުކުރުމުގެ އެގްރީމެންޓެއްގައި މަރްޙޫމް ޢީސާފުޅު އާއި ޙައްވާ އާދަމް އާއި އަދި އާދަމް ޢީސާ
ސޮއިކޮށްފައި ވީނަމަވެސް، އޭގެ ފަހުން ޝަރީޢަތް މެދުވެރިކޮށް އެގޯތީގެ މިލްކުވެރިކަން މުޙައްމަދު
ސުހައިލުއަށާއި އަޙްމަދު ޝާމްއަށް ބަދަލުކޮށްފައި އޮތުމުން، 31 ޖުލައި 1978 ގައި ޝަރީޢަތް މެދުވެރިކޮށް
ވެވުނު ބެލުން ޝަރުޠުކުރުމުގެ އެގްރީމެންޓާ އެއްގޮތަށް ޢަމަލުނުކުރުމަށް މަރްޙޫމް ޢީސާފުޅު ނިންމާފައިވާކަން
އެނގޭކަމާއި، އެހެންކަމުން، 12 ސެޕްޓެމްބަރ 1993 އިން ފެށިގެން، މަރްޙޫމް ޢީސާފުޅުއާއި ޙައްވާ އާދަމްއާއި
އަދި އާދަމް ޢީސާއާ މިތިން ފަރާތުގެ މެދުގައި 31 ޖުލައި 1979 ގައި ސޮއިކުރެވުނު ބެލުން ޝަރުތުކުރުމުގެ
އެގްރީމެންޓަކީ (އެއެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުނުކުރުމަށް އެއްބަސްވުމުގެ އެއް ބަ
کر کے
2 20
9E-
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
2{12/HC-A/360
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނިންމުމާ ގުޅިގެން) ރެޕިއުޑިއޭޝަންގެ ސަބަބުން އެއަށް ޢަމަލުކުރެވެން ނެތް، ބާޠިލު އެގްރީމެންޓެއްކަމަށް
މިމައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ފަދައިން، މ. ގުލްކޯޒްގެ އެވެ ކިޔާ ގޯތީގެ
މިލްކުވެރިކަން އަޙްމަދު ސުހައިލުއަށާއި މުޙައްމަދު ޝާމްއަށް ބަދަލުވި ފަހުން، މަރްޙޫމް ޢީސާފުޅު އިސްވެ.
ބުނެވުނު ދެފަރާތަށް ދިން ހިބަ އަނބުރާ އަތުލާފައިވާކަން އެނގޭކަމާއި، އަދި ހިބަ އަނބުރާ އަތުލަންޖެހުނު
ސަބަބަކީ އަޙްމަދު ސުހައިލުގެ ޢަމަލުތައް ހުރިގޮތުން، އަޙްމަދު ސުހައިލްގެ މަންމައާއި ބައްޕަ، ޙައްވާ އާދަމް އާއި
ޢީސާފުޅަށް، އެގޭގައި އުޅެވެން ނެތުމުންކަމަށާއި އަދި ދިރިއުޅޭނެ އެހެން ތަނެއް ހަމަޖެހިފައި ނެތުމުންކަމަށް
ޢީސާފުޅު މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަންބަރު JC4
/
93/663 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާ ނިމުނު
ތާރީޚަކީ 23 ޖެނުއަރީ 1994 ކަމާއި،
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، މިނިސްޓްރީ އޮފް ޖަސްޓިސްގެ ނަންބަރު 4193-JC/355
ޤަޟިއްޔާއިން އަޙްމަދު ސުހައިލު އާއި މުޙައްމަދު ޝާމްއަށް މ. ގުލްކޯޒްގެ އެވެ ކިޔާ ގޯތީގެ މިލްކުވެރިކަން
ބަދަލުކުރުމުން، 31 ޖުލައި 1978 ގައި ޢީސާފުޅުއާއި ޙައްވާ އާދަމްއާއި އަދި އާދަމް ޢީސާއާ މިތިން މީހުން
ސޮއިކުރި ބެލުން ޝަރުޠުކުރުމުގެ އެގްރީމެންޓް ބާޠިލުވާނޭކަމާއި، އަދި އެހިބަ އޭގެ ފަހުން އަނބުރާ
ގެންދިޔަނަމަވެސް އިސްވެ އިޝާރާތްކުރެވުނު އެގްރީމެންޓް އޭގެ އަޞްލަށް ރުޖޫޢަނުވާނޭކަމާއި، އެހެނީ،
ބާޠިލުވެފައިވާ އެގްރީމެންޓެއްގައިވާ ކަންކަމާބެހޭ މުޢާމަލާތް އަލުން ނުކުރާހާ ހިނދަކު، އެހެން ތަޞައްރުފެއްގެ
ސަބަބުން އެއެގްރީމެންޓްގައިވާ ކަންކަމަށް ޢަމަލުކުރެވޭނެ ގޮތް ފަހުން މަގުފަހިވިޔަސް، ކުރިން ބާޠިލުވެފައިވާ
އެގްރީމެންޓެއް އަލުން ޞައްޙަކަމަށް ބެލެވޭނެ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ހަމައެއް ނެތްކަމާއި، ބެލުން
ޝަރުޠުކުރުމުގެ ޙާލަތު ޢީސާފުޅިއާއި ޙައްވާ އާދަމްއާއި އަދި އާދަމް ޢީސާ ރުޖޫޢަކުރަން ބޭނުންވިނަމަ، އެތިން
ފަރާތުން އަލުން ބެލުން ޝަރުތުކުރުމުގެ އެގްރީމެންޓެއްގައި ސޮއިކުރަންޖެހޭނެކަމާއި، އެހެންނަމަވެސް، އެފަދަ
އެއްވެސް އެގްރީމެންޓެއް 23 ޖެނުއަރީ 1994 ގެ ފަހުން މިތިން ފަރާތުގެ މެދުގައި ކުރެވުނުކަން އެނގެން
ނެތްކަން ފާހަގަކުރެވެން އޮންނަކަމެވެ.
ދިވެހިޠާއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/36[
(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގެ ތެރެއިން، އަލްމަރްޙޫމް ޢީސާފުޅުގެ ވާރިސަކު ހުރިތޯ ސާފުކުރަން ސިވިލް ކޯޓުން 03 ދުވަސް
ވަންދެން ދުވާލަކު އެއްފަހަރު ރޭޑިއޯއިން އިޢުލާންކުރެއްވިނަމަވެސް، ދިވެހިރާއްޖޭގެ ޙާލަތު ބަދަލުވެފައިވާ
މިންވަރުގެ ސަބަބުން، އެމިންވަރަކީ ވާރިސަކު ހޯދުމަށް އިޢުލާންކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން އެނގޭ
ހިނދު، އެއިޢުލާނަށް ބިނާކޮށް މަރްޙޫމް ޢީސާފުޅުގެ އިތުރު ވާރިސަކު ނެތްކަމަށް އެޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރާއިރު،
ދިވެހިރާއްޖޭގައި ކޯޓުތަކުން މައްސަލައަކާ ގުޅިގެން ވާރިސުން ހޯދުމަށް ޢާންމުކޮށް ޢަމަލުކުރާ
ގޮތަކީ ވަކި މުއްދަތެއް ކަނޑައަޅައި، ވާރިސަކު ހުރިނަމަ އެމުއްދަތުގެ ތެރޭގައި ކޯޓަށް އެންގުމަށް
އިޢުލާންކުރުންކަމާއި، ހުށަހެޅިފައިމިވާ މައްސަލާގައި، ސިވިލް ކޯޓުން އިޢުލާންކުރެއްވި މުއްދަތަކީ ވާރިސަކު
ހޯދުމަށް އެކަށީގެންވާ މުއްދަތެއްކަމުގައި ބެލިނަމަވެސް، މިމައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު
ލިޔެކިއުންތަކުގެ ތެރޭގައި މ. ގުލްކޯޒުގެ އެވެ ކިޔާ ގޯތީގެ ނަންބަރު ބ. 13655 ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ
ހިމެނުނުކަން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ހިމެނިފައިވާ ލިޔެކިއުންތަކަށް ބެލުމުން އެނގޭކަމާއި،
އިސްވެ ފާހަގަކުރެވުނު ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ 5 ވަނަ ޞަފްޙާގައި
އެވެ ކިޔާ ބަންޑާރަ ގޯއްޗަކީ 24 އޮކްޓޯބަރ 1993 ގައި ޢީސާފުޅުގެ ދަރި އަޙްމަދު ސުހައިލު އާއި ކާފަ ދަރި
މުޙައްމަދު ޝާމްއަށް ރަޖިސްޓަރީކޮށްދީފައިވާ ގޯއްޗެއްކަމަށާއި، އަދި މިގޯތި ޢީސާފުޅަށް
ރަޖިސްޓަރީކޮށްދީފައިވަނިކޮށް، ޢީސާފުޅު ކުޅު ހިބައަކުން މިތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ޢީސާފުޅުގެ ދަރި އަޙްމަދު ސުހައިލް އާއި ކާފަ ދަރި މުޙައްމަދު ޝާމްއަށް ހަމަހަމައަށް މިލްކުވެގެންވާކަން 12
ސެޕްޓެމްބަރ 1993 ގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ކޯޓު ނަންބަރު 4 ގެ ނަންބަރު 4
/
93-JC/355
ޤަޟިއްޔާއިން ސާބިތުވުމާ ގުޅިގެން، އެގޯތި އަޙްމަދު ސުހައިލު އާއި މުޙައްމަދު ޝާމްއަށް
ރަޖިސްޓަރީކޮށްދެވުނުކަމަށާއި، އަދި މިގޯތި އިސްވެ ބުނެވުނު ދެފަރާތަށް ރަޖިސްޓަރީކޮށްދީފައިވަނިކޮށް، ޢީސާފުޅު
ދިން ހިބަ އަނބުރާ އަތުލުމުން، ގުލްކޯޒުގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަން ޢީސާފުޅަށް މިލްކުވެގެންވާކަމަށް 23 ޖެނުއަރީ 1994 ގައި މިނިސްޓްރީ އޮފް ޖަސްޓިސް
އެންޑް އިސްލާމިކް އެފެއާރޒްގެ ނަންބަރު JC4
/
93/663 ޤަޟިއްޔާއިން އެނގެން އޮންނާތީ
202c
މ. ގުލްކޯޒުގެ
19
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/36[
4 22
އެވެ ކިޔާ ގޯތީގެ ރަޖިސްޓަރީ އަނބުރާ ޢީސާފުޅުގެ ނަމަށް ބަދަލުކުރީކަމަށް އެރަޖިސްޓަރީގައި
ބަޔާންކުރެވިފައިވާކަން ފާހަގަކުރެވެން އޮތުމުން،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/930 ޤަޟިއްޔާގެ ޝަރީޢަތަށް ހުށަހެޅުނު
ލިޔެކިއުންތަކުގެ ތެރެއިން، ޢީސާފުޅުގެ އެހެން ވާރިސަކަށް އިޝާރާތްކުރެވިފައި އޮތުމުގެ އިތުރުން، 31 ޖުލައި
1978 ގައި ވެވުނު ބެލުން ޝަރުޠުކުރުމުގެ އެގްރީމެންޓްގެ ފަހުން، ޝަރީޢަތް މެދުވެރިކޮށް، ގުލްކޯޒުގެ އެވެ
ކިޔާ ބަންޑާރަ ގޯތީގެ މިލްކުވެރިކަން ބަދަލުވެފައިވާކަން އެނގެން އޮންނަކަމާއި، އަދި އެހެންކަމުން، އެގޯތި ފަހުން
އަނބުރާ އީސާފުޅުގެ ނަމުގައި ރަޖިސްޓަރީކުރެވިފައި ވީނަމަވެސް، އެގޯއްޗާއި ގުޅިގެން މިލްކުވެރިކަން ބަދަލުވުމުގެ
މުޢާމަލާތެއް ހިނގާފައި އޮތުމުން، އެމުޢާމަލާތް ހިނގި ތާރީޚުން ފެށިގެން، 31 ޖުލައި 1978 ގައި ވެވެނު
ބެލުން ޝަރުތުކުރު އެގްރީމެންޓް ބާތިލުވާނެކަމަށް އެނގެން އޮންނަކަމެވެ.
ސވާޤ
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި، މިނިސްޓްރީ އޮފް ޖަސްޓިސްގެ މަރކެންޓައިލް
ޑިވިޝަންގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު 78
/
78.MD
/
C (31 ޖުލައި 1978) އެގްރީމެންޓްގައިވާ
ޝަރުޠުތަކާއި އެއްގޮތަށް ޢީސާފުޅު ބެލުމަށް ޙައްވާ އާދަމް އާއި އާދަމް ޢީސާއަށް ކޮށްފައިވާ ޝަރުޠުތައް، ޙައްވާ
އާދަމް އާއި އާދަމް ޢީސާގެ ފަރާތުން ފުރިހަމަކޮށްފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/930 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނީ، ބާޠިލުވެފައިވާ އެގްރީމެންޓެއްގެ
ވައިގެ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެވުނެވެ.
މައްޗަށް
ވ ތތ ހ 04 ހ 02
ނހރއޅއގނހމުން،
:74
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ޤާނޫނީ އަދި ޝަރުޢީ ސަބަބުތައް އެހެން ހުރުމާއެކު،
ކ. މާލެ / މ. ގުލްކޯޓުގެ އަޙްމަދު ސުހައިލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/930 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލުވެފައިވާ އެގްރީމެންޓެއްގެ
މައްޗަށް ބިނާކުރައްވައި ނިންމަވާފައިވާ ނިންމެވުމެއްކަމުން، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބާޠިލު
ޙުކުމެއްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެރީވެއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv