ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/322 ޤަޟިއްޔާގެ ޙުކުމް
2009/HC-A/322
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 322/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރ.
* ދާއިމީ އެޑްރެސް:
640
އައިޑީ
މިހާރުގެ
އެޑްރެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޙަސަން ޒަރީރު
އައިޑީ ކާޑު ނަންބަރ، A205949
* ދާއިމީ އެޑްރެސް: ނ.ވެލިދޫ މޭވާގެ
މިހާރުގެ އެޑްރެސް: މއ.ސީގަލް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޛުލްޤއިދާ 1430
01 ނޮވެމްބަރ 2009
* ނިމުނު ތާރީޚް: 26 ޛުލްޙިއްޖާ 1432
22 ނޮވެމްބަރ 2011
t
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/JC/1253
• ނިންމެވި ފަރާތް: ޖިނާއީކޯޓު ( ކްރިމިނަލް ކޯޓު)
• ބާވަތް: ޢަމުރަށް ނުކިޔަމަންތެރިވުން.
• ހުށަހެޅި ތާރީޚް: 14 ޖުލައި 2008
މުނުތާރީޚް: 18 އޮގަސްޓް 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު އަޙުމަދު ޝަރީފު ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ފަނޑިޔާރު ޢައްބާސް ޝަރީފު
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ޤާވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2009/HC-A/322
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1253 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ނ.ވެލިދޫ 1 މޭވާގެ ޙަސަން ޒަރީރުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1253 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1253 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ
ޙަސަން ޒަރީރުގެ މައްޗަށް ތުޙުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން 25 ޖޫން
2008 ދުވަހުގެ 10:10 އެހައިކަންހައިއިރު، މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުޙުމަތުކުރެވިގެން މާލޭ
ކަސްޓޯޑިއަލްއަށް ޙާޟިރުކޮށް، ޙަސަން ޒަރީރުގެ ކުޑަކަމުދާތަކެތި ދޭން އެންގުމުން ކުޑަކަމުދާތަކެތި
ދިމުނަށް އިންކާރުކޮށް، ކުޑަކަމުދާތަކެތި ދީފައިނުވާތީ، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ
ދަށުން ޙަސަން ޒަރީރުގެ މައްޗަށް ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން
ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަމާއި އެޤަޟިއްޔާގެ ޙުކުމްގައިވަނީ،
ހެ، ނ.ވެލިދޫ1 މޭވާގެ ޙަސަން ޒަރީރުގެ މައްޗަށް ދައުލަތުން ކުޅަ ޢަމުޙަ
ނުކިޔަމަންތެރިވުމުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން،ޙަސަން ޒަރީރު ނުކިޔަމަންތެރިވި ޢަމުރަކީ
ކޮބައިކަމާއި، ކުޑަކަމުދާތަކެތި ނުދިނުމަކީ ކުށެއްކަން އަންގައިދޭ ޤާނޫނަކީ ނުވަތަ ޤަވާއިދަކީ ކޮބައިކަން
24
ހއ 01
ދެންފަހެ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
*
3
2009/HC-A/322
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިނގެން ނެތުމުން، ޢަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ނ.ވެލިދޫ މޭވާގެ ޙަސަން ޒަރީރުގެ މައްޗަށް
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، މިގޮތުގެ މަތިން ޙުކުމްކޮށް ޤަޟިއްޔާ ނިންމީއެވެ."
މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެންއޮވެއެވެ.
3. ޖިނާއީ ކޯޓުން އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން 03 ނުކުތާއެއް ހުށަހަޅައި އެއާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ ކުށްކުރާމީހުން ހިފާ ޙައްޔަރުކުރުމާއި ކުށް ސާބިތުކުރުމަށްޓަކައި
ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމާއި ހެއްކާއި ޤަރީނާ އެއްކުރުމާއި، މިފަދަ ތަކެތި
ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުމުގެ ޤާނޫނީ ބާރާއި އިޙްތިޔާރު ލިބިދީފައިވާ
އެއްފަރާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްކަމަށްވީހިނދު، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރާކަމަށް ތުޙުމަތުކުރެވޭ މީހަކު ހައްޔަރުކުރުމަށްފަހު ތަޙްޤީޤަށް އޭނާގެ ކުޑަކަމުދާތަކެތި
ތަޙްލީލުކުރުމަށް ބޭނުންވާތީ އާއި، ޤާނޫނު ނަންބަރު:17/77 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 18
ވަނަ މާއްދާގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ
މަސްތުވާ އެއްޗެއްކަން ސާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމީ ފާހާއި ތަޖްރިބާ ލިބިފައިވާ މީހަކު
ޝަރީޢަތުގެ މަޖިލީހުގައިއަދާކުރާ ހެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް
އޮންނައިރު، މިފަދަ މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތި ތަޙްލީލު ރިޕޯޓަކީ މުޙިއްމު
އެއްޗަކަށްވީއިރު، ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުގެ ނުވަތަ ޢަމުރުކުރުމުގެ ބާރު ތަޙްޤީގް ކުރާފަރާތަށް
ލިބިގެންނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/322
ވިފައިވެއެވެ.
ޔާ ނިމުނު ގޮތުގެ ރިޕޯޓް
• ދެވުނަ ނުކުތާއަކީ މިމައްސަލަ ޖިނާއީކޯޓުން ސާބިތުނުވާކަމަށް ނިންމާފައިވަނީ،
މިމައްސަލަ ހުށަހެޅިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އައު ޤާނޫނު އަސާސީ ތަޞްދީޤު ކުރެއްވުމުގެ
ކުރިންކަމަށާއި، އެޤާނޫނު އަސާސީގެ ދަށުން ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުގެ ޤާނޫނީ ސަރީޙަ
އަމުރަކީ ކޮބައިކަން ދަޢުވާކުރާފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާކަމަށް ބުނެ މައްސަލަ
ސާބިތުނުވާކަމަށް ނިންމާފައިވާއިރު، އައު ޤާނޫނު އަސާސީ ތަޞްދީޤު ކުރެވިފައިވަނީ 7 އޮގަސްޓް
2008 ދުވަހުކަމަށްވާއިރު، މިހާދިޘާ ހިނގާފައިވަނީ 25 ޖޫން 2008 ދުވަހުކަމަށްވުމުން،
މިމައްސަލައިގެ މައްޗަށް ހިނގާނީ ކުރީގެ ޤާނޫނު އަސާސީގެ ދަށުން ޢަމަލުކުރަމުން ގޮސްފައިވާ
އުޞޫލުތައް ކަމަށްވެފައި އެޤާނޫނު އަސާސީގެ 156 ވަނަ މާއްދާގައި ޤާނޫނު މާނަކޮށްފައިވާގޮތުން
ޤާނޫނުގެ މާނައިގެ ތެރޭގައި ރައީސުލްޖުމްހުރިއްޔާ ތަޞްދީޤްކުރައްވާ ޤާނޫނުތަކާއި، އޭގެ ދަށުން ހެދޭ
ޤަވާޢީދުތަކާއި ސަރުކާރުން ޢަމަލުކުރަމުން ގެންދާ އުޞޫލުތައް ހިމެނިފައިވާއިރު ކުރީގެ ޤާނޫނު އަސާސީގެ
ދަށުން އވ
މިފަދަ އެއް މައްސަލަތަކެއް ޖިނާއީކޯޓުން ސާބިތުވެފައިވާ ހިނދު، އެމައްސަލަތަކުގައި އެނޫން
ގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަދި ސުޕްރީމްކޯޓުންވެސް ގޮތެއް ނިންމާފައިނުވުމާއި އެކު،
މިމައްސަލައިގައި މިކަންތައްތަކަށް ނުބައްލަވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ،
• ތިންވަނަ ނުކުތާއަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅިނުކުތާ،
4. ޖިނާއީކޯޓުގެ ނަންބަރު 2008/JC/1253 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ޙަސަން ޒަރީރުގެ
ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
.
ހ 54
4
2
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009/HC-A/322
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ހ) ޙަސަން ޒަރީރުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ފަރާތުން ޖިނާއީ
ކޯޓުގައި ދަޢުވާކޮށްފައިވަނީ، ތަޙްޤީޤުކުރާ ފަރާތްތަކުން، ތަޙްޤީޤުކުރުމުގެ ބޭނުމުގައި ޙަސަން ޒަރީރުގެ
ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ޙަސަން ޒަރީރު އެކަމަށް އިންކާރުކޮށްފައިވާ ކަމަށްބުނެ،
ޤާނޫނުލްޢުޤޫބާތުގެ 88 ގެ (ހ) ގެ ދަށުން ޙަސަން ޒަރީރު ޢަމުރަށް ނުކިޔަމަންތެރިވީ ކަމުގައި
ބަލައިގެންކަން އެނގެން އޮންނަކަމާއި، ތަޙުޤީޤުކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު
އަދާކުރުމަށް އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތްތަކަށް ނުވަތަ
ނުބައިކަމަކަށްނުވާ ކޮންމެ ކަމެއްގައި އަދާކުރަންޖެހޭ ޒިންމާއެއްކަމާއި، ހެކި ނުފޮރުވުމަށާއި އަމިއްލަ
ނަފުސާ ދެކޮޅަށް ކަމުގައިވިޔަސް ހެކިބަސް ދިނުމަށާއި ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި އަންގަވާ
އަމުރުކުރެވިފައިވާކަމާއި، ޝަރުޢީގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު ދެވިފައިވާކަމާއި، ޝަރުޢީ ނުވަތަ ޤާނޫނީ
ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން ކަޑައަޅަނީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ
މާއްދާކަމާއި، އެމާއްދާގައި ކަނޑައެޅިފައިވާ މަފްހޫމަށް ބަދަލެއް އައިސްފައި ނުވާކަން އެނގެން އޮތުމުން
ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ނ) އަށް އެކަނި ނަޒަރުކޮށް ޢަމަލުތައް ތަޖުރީމު (ޕީނަލައިޒް)
ކުރުމުގެ ޤާއިދާއެއް އެކަށައެޅުމަކީ ޤާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އަރާނެކަމެއް ކަމާއި
ތަޖްރީމްކުރުމުގެ މަޞްދަރުތައް އޮޅިދާނެ ކަމެއްކަމަށް ބެލެވިގެން ހިނގާދާނެކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 113/HC
-
A/2009 ގައި ބަޔާންކޮށްފައިވާކަމާއި، މި ބާވަތުގެ މައްސަލަތަކުގައި
ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން.
(ނ) ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގައިވެސް މަނާ
ކަންތައްތަކެއްގެ ގޮތުގައިމެނުވީ،
އުޞޫލެއްގެގޮތުން ބެލެވޭނެ އެއްވެސް ހަމައެއްނެތްކަމަށާއި،
ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަށް ނަހަމަގޮތުގައި އަރައިގަނެވޭ ހިނދު، އެފަދަ ފަރާތްތަކުގެ
ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ޖިނާއީ ދަޢުވާ އުފުލަންޖެހިއްޖެ ޙާލަތެއްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009}HC-A/322
ޝެއަރ
ޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާ އުފުލުމާއި ޢުޤޫބާތް ކަނޑައެޅުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމްގެ ތެރެއިން
ފަހިކޮށްދެވިފައި އޮތުމަކީވެސް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 މާއްދާއިން ލާޒިމްވާކަމެއް
ކަމަށާއި، ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ނައްޞަކީ ވަކިކަމެއް
ކުރުމަށް ނުވަތަ ވަކިކަމަކުން އެއްކިބާވުމަށް އިސްލާމީ ޝަރީޢަތުގައި ޢަމުރުކުރެވިފައިވާ ކޮންމެކަމަކަށް
ނަހަމަގޮތުގައި އަރައިގަތުމަކީ ކުށުގެ ޢަމަލެއްކަން ކަނޑައަޅާ މާއްދާއަކަށްވެފައި، ޝަރުޢީގޮތުންނާއި
ޤާނޫނީގޮތުން ޢަމުރު ކުރުމާއި މަނާކުރުމުގެ ބާރު ލިބިގެންވާ ފަރާތަކުންކުރާ ޢަމުރަކަށް ނުކިޔަމަންތެރި
ވުމަކީވެސް ކުށްވެރި ޢަމަލެއްކަމަށާއި، އެފަދަ ކުށެއްކޮށްފި މީހެއްގެ މައްޗަށް ކަނޑައަޅަން ޖެހޭނޭ
ޢުޤޫބާތްވެސް އެމާއްދާގެ (ހ) (ހ) އަދި (ނ) ގައި ކަނޑައެޅި ބަޔާންވެފައި އޮތުމާއެކު، ޤާނޫނަކުން
ބާރުލިބިގެންކުރެވޭ ތައްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމާއި އެފަދަކަންކަމަށް ޙައްޤަކާނުލާ
ހުރަސްއެޅުމަކީވެސް ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއް ކަމަށް ބެލެވޭނެކަމެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން އެނގެން
4 22
04
tތ ވގތ
ގެނުއޭނާތަކުން
ތައްތަކުއެވެ
(ނ) މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް
މީހަކު
މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާއެއްޗެއްކަން
ސާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި
އަދާކުރާ ހެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތްއިރު، މަސްތުވާތަކެތީގެ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޙުލީލު ރިޕޯޓަކީ ވަރަށް މުހިއްމު އެއްޗެއްކަމުގައި
ބެލެވޭކަމާއި، މިފަދަ ރިޕޯޓެއް ހެދުމާއި ނުހެދުން ބިނާވެގެން ވަނީ ތުޙުމަތު ކުރެވޭ މީހާ ދޭ
ކުޑަކަމުދާތަކެތީގެ މައްޗަށް ބުރަވެހުރެކަން އެނގެން އޮންނާތީއާއި، ބޭނުންކޮށްފައިވާ މަސްތުވާއެއްޗެއްގެ
ބާވަތުން ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ތަފާތުތަކެއް ހުންނާތީއާއި، މަސްތުވާއެއްޗެއް
ވެރިކަމުގެ ތުޙުމަތު ކުރެވޭ މީހަކު ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ މަސްތުވާއެއްޗެއްކަން
ގޮނދކުރިކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2009/HC-A/322
ترور و سعر برم م م مرمرم
ދެނެގަނެވޭނެ ވަސީލަތަކީ ލެބޯޓްރީން ކުރާ ޓެސްޓު ކަމަށްވުމުން، ތަޙްޤީޤުގެ ބޭނުމަށްޓަކައި
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ނުދިނުމަކީ ތުޙުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި
އޮތްކަމެއްކަމުގައިވަނީނަމަ، އެކަމަކީ ޤާނޫނުގެ ބާރު ކަނޑުވާލައި، ޤާނޫނަކުން ބާރުލިބިގެންކުރެވޭ
ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމަށްޓަކައި ކުރެވޭ ޢަމަލެއްކަމުގައި ނޫނީ ބެލެވެންނެތްކަން.
3
(ޅ) ޤާނޫނަކާ ނުވަތަ ޤަވާއިދަކާވިޔަސް ޚިލާފުނުވާގޮތަށް ކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ
ސާމްޕަލްފަދަ ތަކެތި ނުދީ ހިފެހެއްޓުމަކީ ކުށެއްކަމަށް ޖިނާއީ ޤާނޫނެއްގައި ނައްސުން ކަނޑައެޅިފައި
ނެތަސް، އިސްލާމީ ޝަރީޢަތުގައި މަނާކަންތައްތަކެއް ކަމަށް ބެލެވެންޖެހޭ އެފަދަ އެންމެހާ ޢަމަލުތަކަކީ
ކުށުގެ ޢަމަލުތަކެއްކަމަށް ބެލުމަށް ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19
ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ ދަށުން ލާޒިމު ކުރާކަމަށާއި އަދި ޤާނޫނުގައި ނައްސުން ބަޔާންވެފައި
ނުވާ އެފަދަ ކަންކަން ޝަރީޢަތުގެ ފަރާތުން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއްގެ ޙުކުމް
އޮންނަ ގޮތެއްގެ މައްޗަށް ކޯޓުތަކުގެ ފަނޑިޔާރުން ރިޢާޔަތްކުރަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ 142
ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާތީއާއި މިފަދަ މައްސަލަ ތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން
ޢަމަލުކުރަންޖެހޭ އުޞޫލު އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާއާއި ނަންބަރު 113/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅި ނިމިފައިވާކަމާއި، އިސްވެ
ދެންނެވުނު ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގެ މައްޗަށް ބަލާ ރިޢާޔަތްކުރުމުން ތަޙްޤީޤަށް
ބޭނުންވާ ކުޑަކަމުދާތަކެތި ޤަސްދުގައި ނުދިނުމަކީ ޝަރުޢީގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވީ
ކަމުގައި ބެލެވެން އޮންނަކަން.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
$38
2009}HC-A/322
ވީމާ، 29 ޖޫން 2008 ދުވަހުގެ 10:10 އެހާކަންހާއިރު މަސްތުވާތަކެތީގެ މައްސަލައަކާއި
ގުޅިގެން، ނ.ވެލިދޫ / މޭވާގެ ޙަސަން ޒަރީރު މާލޭ ކަސްޓޯޑިއަލްއަށް ޙާޟިރުކޮށް ކުޑަކަމުދާތަކެތި
ދިނުމަށް އެންގުމުން ކުޑަކަމުދާތަކެތި ދީފައި ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާ
ކުރުމުން ބެލުނު ޖިނާއީކޯޓުގެ ނަންބަރު 2008/JC/1253 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
އެފަދަ ޢަމަލު ތަޖްރީމުކުރުމުގެ އިތުރަށް އެޢަމަލުތަކަށް ކަނޑައަޅާ ޢުޤޫބާތްވެސް ބަޔާންކުރެވިފައިވާ
ޤާނޫނުލްޢުޤޫބާތުގެ 80 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމަކާއިނުލާ އަދި ޤާނޫނު އަސާސީގެ 2 ވަނަ
މާއްދާއާއި 10 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ (ހ) އާއި 142 ވަނަ
މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ނުވާތީ، ޖިނާއީ ކޯޓުގެ
ނަންބަރު 2008/JC/1253 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލުކުރަންޖެހޭ ޙުކުމެއްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލިފަނޑިޔާރުންގެ މަޖިލީހަށް ފެނުނުހިނދު، ޖިނާއީ ކޯޓުގެ
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ދަޢުވާ
އަލުން ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 310/HC
-
A/2009 ޤަޟިއްޔާއާއި،
ހައިކޯޓުގެ ނަންބަރު: 113/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ އަލީގައި
ޖިނާއީ ކޯޓުން (ކްރިމިނަލް ކޯޓުން) އަލުން ބައްލަވައި، އެމައްސަލައިގެ މައުޟޫޢާމެދު ފައިސަލާކުރަނިވި
ޙުކުމެއް ކުރައްވަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
4402
ދިވެހިރާއްޖޭގެ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv