ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/281 ޤަޟިއްޔާގެ ޙުކުމް
1
2009}HC-A/281
ޤަޟިއްޔާ ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 281/HC
-
A/2009
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޢަބްދުﷲ ޙުސައިން
ނަންބަރު: A053998
* ދާއިމީ
އެޑްރެސް: ކަރަންކާގެ{ގއ. ދާންދޫ
0
ސްޓްރީކުރެވުނު ތާރީޚް: 23 ރަމަޟާން 1430
13 ސެޕްޓެމްބަރ 2009
ނިމުނު ތާރީޚް: 03 މުޙައްރަމް 1433
28 ނޮވެމްބަރު 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2005/JC/734
ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
• ނިންމެވި ކޯޓް: ޖިނާއީ ކޯޓު
* ހުށަހެޅުނު ތާރީޚް: 4 ސެޕްޓެމްބަރ 2005
ނިމުނު ތާރީޚް: 8 ޖޫން 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާ
ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2009}HC-A/281
کی عمر
އުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޢަބްދުﷲ ޙުސައިން،
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A053998) އެވެ.
ދާންދޫކަރަންކުގެ
ފާހަގަކުރެވުނު ނުކުތާތައް
.1
2
2
އިސްތިއުނާފުކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ގއ. ދާންދޫ/ކަރަންކާގެ ޢަބްދުﷲ ޙުސައިނާއި،
ގދ. ގައްދޫ(މާނޅެގެ
މުޙައްމަދު ޙުސައިން، ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެންކުދިންނާއި ހިލޭ ފިރިހެނުން ޖާމިނުކުރުވައިގެން
ފައިސާ ހޯދާފައިނުވާނޭކަމަށް ބުނެ އިންކާރުކުރިނަމަވެސް، ޢަބްދުﷲ ޙުސައިން އަންހެންކުދިން ލައްވާ ހިލޭ
ފިރިހެނުންނާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުވައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެންކުދިންނަށް
ފިރިހެނުން ހޯދައިދީގެން އެމީސްމީހުންގެ އަތުން ފައިސާ ހޯދިކަމަށް މ. ބްރައިޓް ފްލާވަރ ތޮއްޔިބާ
އަޙްމަދާއި، ފޭޒް އާމިނަތު ސަލީމް ބުނާތީއާއި، މުޙައްމަދު ޙުސައިން އަންހެންކުދިން ލައްވާ ހިލޭ
ފިރިހެނުންނާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގުވައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެންކުދިންނަށް
ފިރިހެނުން ހޯދައިދީގެން އެމީސްމީހުންގެ އަތުން ފައިސާ ހޯދިކަމަށް ގދ. ތިނަދޫކަރަންފޫމާގޭ އަޙްމަދު
ޢަލީ އާއި ތަލްވާރުގޭ ވަސީމާ ޙަސަނާއި، ބްރައިޓް ފްލާވަރ ތޮއްޔިބާ އަޙްމަދާއި،
ކަޅަގާރިމާގޭ އާމިނަތު ސިދާއާއި، މ. ފޭޒް އާމިނަތު ސަލީމްއާއި، ހ. ރީފްވިއު ޝިފާނާ ޢަބްދުއްސައްތާރު
ބުނާތީއާއި، މީނާ އަންހެންކުދިން ލައްވާ ހިލޭ ފިރިހެނުންނާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގައިގެން ފައިސާ
ހޯދާފައިވާކަމަށް މުރައިދޫ ފަތަނގުމާގޭ
ގާތުގައި މީނާބުނިކަމަށް ޢަބްދުލްމަންނާނު
ބުނާތީއާއި، މުޙައްމަދު ޙުސައިން މ. ދޮންއުމަރުގޭގައި އަންހެންކުދިންނަށް ހިލޭ ފިރިހެނުން ހޯދައިދީ،
އެމީހުންލައްވައި ޒިނޭކުރުވައިގެން ފައިސާ ހޯދާކަން އެނގޭކަމަށް ރީފްވިއު ޝިފާނާ ޢަބްދުއްސައްތާރު
ބުނާތީ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތުގެ ފަރާތުން މުޙައްމަދު
8
&
ހއ
ތޗ 03 ދ ތ 2
3
4
08ދލިމާނީންގެ
ހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
44 35 23
2{{39}HC-A/281
3 ޤަޟިއްޔާ ނިމުނު
ޙުސައިން އާއި ޢަބްދުﷲ ޙުސައިންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާކުރުމުން ޖިނާއީ
ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ފައިސާ ހޯދުމުގެ ބޭނުމުގައި
އަންހެނުންނާއި، ފިރިހެނުން ޖާމިނުކުރުވައިގެން ޢަބްދުﷲ ޙުސައިން ފައިސާ ހޯދިކަން ޝަރީޢަތަށް
ސާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ، އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް، ޢަބްދުﷲ ޙުސައިންގެ މައްޗަށް
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި، އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
33 މ ގތ
2. ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޢަބްދުﷲ ޙުސައިންގެ މައްޗަށް ކުށް ސާބިތުކުރުމަ
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788
(މ. ބްރައިޓް ފްލާވަރ) ތޮއްޔިބާ އަޙްމަދު އާއި . ރީފްވިއު ޝިފާނާ ޢަބްދުއްސައްތާރުގެ ބަޔާނުގައިވާ
ފަދައިން ޢަބްދުﷲ ޙުސައިން ފިރިހެނުން ހޯދައިދީ، މިދެމީހުންގެ ގާތަށް ގެންނަކަމަށާއި، އަދި މިކަމުން
ލިބޭ ފައިސާގެ ތެރެއިން އެއްބައި ޢަބްދުﷲ ޙުސައިން ނަގާކަމަށް ޝަރީއަތުގެ މަޖިލީހުގައި މިދެމީހުން
ބުނެފައިވާއިރު، މިހެކިބަސްތަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޢަބްދުﷲ ޙުސައިން އަންހެންކުދިންނާއި ފިރިހެނުން
ޖާނިމުކުރުވައިގެން ފައިސާ ހޯދާފައިވާކަން ނޭނގޭކަމަށާއި، ނަމަވެސް ޢަބްދުﷲ ޙުސައިން އަންހެނުންނާއި
ފިރިހެނުން ޖާމިނުކުރުވައިގެން އެއްފަހަރު އޭނާގެ އަތުން ފައިސާ ނަގާފައިވާކަމަށް ށ. ފޭޒް އާމިނަތު
ސަލީމް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، މިހެކިބަހަށް ނުބައްލަވައި މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
މީހެއްޖޭގެ އި"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
43
2{{39}HC-A/281
و مری
.3
24ތ
ޤަޟިއްޔާ ނިމުނު "
މި މައްސަލައާ ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ ޢަބްދުﷲ ޙުސައިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގައި
ހިމެނޭ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، މިމައްސަލައިގައި 5 (ފަހެއް) މީހުންގެ
ހެކިބަސް ޝަރީޢަތަށް ނަގައިފާވާކަން އެނގޭކަމާއި، އޭގެތެރޭގައި މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
788 (މ. ބްރައިޓް ފްލާވަރ) ތޮއްޔިބާ އަޙްމަދު އާއި ހ. ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު އާއި
ފޭޒް، އާމިނަތު ސަލީމް ހިމެނޭކަމާއި،
މިގޮތުން، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788 (މ. ބްރައިޓް ފްލާވަރ)
ތޮއްޔިބާ އަޙްމަދު 17 ނޮވެމްބަރ 2005 ގައި ޖިނާއީ ކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު،
މިމައްސަލައިގައި ދަޢުވާ ރައްދުވާ ޢަބްދުﷲ ޙުސައިންއަކީ އޭނާ ދަންނަ މީހެއްކަމަށާއި، ޢަބްދު
ޙުސައިން އޭނާ ދަންނަނީ މ. ދޮންއުމަރުގެއިން ކަމަށާއި، ޢަބްދުﷲ ޙުސައިންއަކީ ތޮއްޔިބާ އަޙްމަދުމެންގެ
ހަށިވިއްކުމުގައި އެހީވެދޭ މީހެއްކަމަށާއި، ޢަބްދުﷲ ޙުސައިން ވަރަށް ގިނަފަހަރު ތޮއްޔިބާ އަޙްމަދުމެންނަށް
އެގޮތަށް މީހުން ހޯދައިދީފައިވާކަމަށާއި، ތޮއްޔިބާ އަޙްމަދުމެން ހަށިވިއްކުމުގެ ކަންތައްކުރަނީ އެކަން
ކޮށްގެން ލިބޭ ފައިސާއިން ޢަބްދުﷲ ޙުސައިނަށްވެސް ބައެއްވާގޮތަށްކަމަށް ތޮއްޔިބާ އަޙްމަދު
ބުނެފައިވާކަން އެނގޭކަމާއި، އަދި
ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު 12 ޑިސެމްބަރ 2005 ގައި ޖިނާއީ ކޯޓަށް
ދީފައިވާ ބަޔާނަށް ބަލާއިރު، މިމައްސަލައިގައި ދަޢުވާ ރައްދުވާ ޢަބްދުﷲ ޙުސައިންއަކީ އޭނާ ދަންނަ
މީހެއްކަމަށާއި، ޢަބްދުﷲ ޙުސައިން އޭނާ ދަންނަނީ
މ. ދޮންއުމަރުގެއަށް
އަށް ދާ ދިޔުމުގައި ކަމަށާއި،
ޢަބްދުﷲ ޙުސައިނަކީ ޝިފާނާ ޢަބްދުއްސައްތާރު ހަށިވިއްކުމައްޓަކައި ފިރިހެނުން ގެނެސްދޭ
މީހެއްކަމަށާއި، ޢަބްދުﷲ ޙުސައިން ފިރިހެނުން ގެނެސްދިނުމުން އެމީހުންދޭ ފައިސާއިން ޢަބްދު
ޙުސައިނަށް ޝިފާނާ ޢަބްދުއްސައްތާރު ފައިސާދޭކަމަށާއި، ޢަބްދުﷲ ޙުސައިން ޝިފާނާ ޢަބްދުއްސައްތާރު
ގާތަށް ފިރިހެނުން ފޮނުވަނީ ނޫންކަމަށާއި އޭނާ އަންނައިރު ޝިފާނާ ޢަބްދުއްސައްތާރު ގާތަށް ފިރިހެނުން
ގެންނަނީކަމަށްވެސް ޝިފާނާ ޢަބްދުއްސައްތާރު ބުނެފައިވާކަން އެނގޭކާއި، އަދި
22
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
¢ 3
2{{39/HC-A/281
کی مرکی
ބަނަށް
2c
2 / ތތ
އޭނައަށް
02
5 ޤަޟިއްޔާ ނިމުނު ގޮ
.. ފޭޒް، އާމިނަތު ސަލީމް 25 މާޗް 2008 ގައި ޖިނާއީ ކޯޓަށް ދީފައިވާ
ބަލާއިރު، މިމައްސަލައިގައި ދަޢުވާ ރައްދުވާ ޢަބްދުﷲ ޙުސައިންއަކީ އޭނާ ދަންނަ މީހެއްކަމަށާއި،
ޢަބްދުﷲ ޙުސައިން ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެންކުދިންނާއި ހިލޭ ފިރިހެނުން ޖާމިނުކުރުވައިގެން
ފައިސާ ހޯދާފައިވާކަން އޭނާއަށް އެނގޭކަމަށާއި، އެކަން
އެނގެނީ އެކަން
ދެކެފައިވާތީކަމާއި، ޢަބްދުﷲ ޙުސައިން އަންހެނުންނާ ފިރިހެނުން ޖާމިނުކުރުވައިގެން އެއްފަހަރު އޭނާގެ
އަތުން ފައިސާ ނަގާފައިވާކަމަށާއި، ނަމަވެސް އެއީ ވަރަށް ކުރީގައިކަމަށް އައިމިނަތު ސަލީމް
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އޭގެމައްޗަށް މިމައްސަލައިގެ
އިސްތިޢުނާފުބިނާކޮށްފައިވާހެކިބަސް ދީފައިވާ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788 (މ.
ބްރައިޓް ފްލާވަރ) ތޮއްޔިބާ އަޙްމަދު އާއި ހ. ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު އާއި
އާމިނަތު ސަލީމްއަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ
ހަށިވިއްކުމުގައި އުޅެފައިވާ ބައެއްކަމަށް
އިޢުތިރާފުވެފައިވާ ބައެއްކަމުން، މިތިންމީހުންގެ ހެކިބަހަކީ،
ޝަރުޢީގޮތުން ބަލާއިރު ޢަދުލުވެރި ހެކިބަހެއްކަމަށް ނުބެލޭނޭކަމަށާއި، މިސަބަބަށްޓަކައި އެމީހުންގެ
ހެކިބަހަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނޭ ހެކިބަހެއް ނޫންކަމަށް ދަޢުވާ ރައްދުވާ ޢަބްދުﷲ ޙުސައިންގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާ ބުނުމަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް
ޝަރީޢަތުން މައްސަލަ ނިންމުމުގައި، ހެކިބަސް ދީފައިވާ މީހަކީ އިސްލާމީ ޝަރީޢަތުގައި އެމީހެއްގެ
ހެކިބަސް ޝަރީޢަތައް ބަލައިގަނެވޭނެ މީހެއްތޯ ޝަރީޢަތުން ބަލަންޖެހޭކަމާއި، މިގޮތުން ބަލާއިރު އާންމު
އުސޫލެއްގެ ގޮތުން އެބައެއްގެ ހެކިބަސް ޝަރީޢަތަށް ޤަބޫލުނުކުރެވޭނެކަމަށް އިސްލާމީ ޝަރީޢަތުގައި
ކަނޑައަޅާފައިވާ މީހުންގެ ތެރޭގައި އެފަރާތެއްގެ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތްތައް ހިމެނޭކަމާއި،
ނަމަވެސް ހެކިބަސްދޭފަރާތަކީ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތެއްތޯ ކަނޑައެޅުމުގައި ބަލާނެ މިންގަޑުތަކާ
މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފްއުފެދިފައިވާކަން އެނގެންއޮންނަކަމާއި، އަދި ބައެއް ޢިލްމުވެރިންގެ
ނަޒަރުގައި ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތެއް ތައުބާ ވެއްޖެނަމަ އެމީހެއްގެ ހެކި ބަސް ޤަބޫލުކުރެވޭނެ
ކަމުގައިވެސް އޮންނަކަމާއި، މީގެ އިތުރުން، ކުށުގެ ވެށީގެ ތެރޭގައި ތިބީ މުޅިންވެސް ޢަދުލުވެރިކަން
ގެއްލިފައިވާ ފާސިޤުންކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކަމުގައިވެފައި އެނޫން ބަޔަކު އެފަދަތަނެއްގައި
ނެތްޙާލަތްތަކުގައި އަދި، ހެކިބަހުން ނޫންގޮތަކަށް ޝަރީއަތަށް އެމައްސަލައެއް ސާބިތު
ނުކުރެވޭނެ ޙާލަތުގައި، ޢަދުލުވެރިކަން ގެއްލިފައިވާކަމަށް
ފަރާތްތަކުގެ ހެކިބަސް
3
5491
24 224 22
هހމަތުކުރެވޭ
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 |
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
އެވެ.
6
##
ޤަޟިއްޔާ ނިމުނު ގޮ
2{{39}HC-A/281
کی مری
ދެވެ
ޝަރީޢަތުން ޤަބޫލު ކުރުމަކީ މުޅި މުޖުތަމަޢުގެ މަސްލަޙަތަށްޓަކައި އިސްތިސްނާ ގޮތެއްގައި
ހުއްދަވެގެންވާކަމެއްކަމުގައި އިސްލާމީ ޢިލްމުވެރިން އެއްބަސްވާކަމާއި،
އެހެންކަމުން، މިމައްސަލައިގައި ޖިނާއީ ކޯޓަށް ހެކިބަސްދީފައިވާ ފަރާތްތަކުގެ
ތެރެއިން، އެފަރާތްތަކެއްގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްނުކުރާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން
ހުށަހަޅާފައިވާ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788 (މ. ބްރައިޓް ފްލާވަރ) ތޮއްޔިބާ އަޙްމަދު
އާއި ހ. ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު އާއި ށ. ފޭޒް، އާމިނަތު ސަލީމްގެ ބަޔާންތަކަށް ބަލާއިރު،
މިތިން މީހުންނަކީވެސް، އިސްލާމް ދީނުގައި ބޮޑެތި ފާފަކަމަށް ކަނޑައެޅިފައިވާ ކަންތަކުގެ ތެރޭގައި
ހިމެނޭ ހަށިވިއްކުމުގައި ގިނަދުވަސްތަކެއް ހޭދަކުރަމުންދާ ބައެއްކަމަށް އެމީހުންގެ އަމިއްލަ އިޢުތިރާފުން
އެނގެން އޮތްކަމުގައިވީނަމަވެސް، މިމައްސަލައިގެ ބާވަތުން މިމީހުން ނުވަތަ މިމީހުންނާ ބައިވެރިވެފައިވާ
އެހެންބައެއްގެ ހެކިބަހުން ނޫންގޮތަކަށް މިމައްސަލަ ޝަރީޢަތަށް ސާބިތުކުރުމަކީ މުސްތަޙީލްކަމަކަށް
ވުމާއި، މިތިންމީހުންގެ ހެކިބަސް ބަލިކުރުމަށްޓަކައި، އެމީހުންނަކީ ޢަދުލުވެރިންނޫކަމަށް ބުނާބުނުން
ފިޔަވައި އެހެންއެއްވެސް ހެއްކެއް އަދި ޤަރީނާއެއްވިޔަސް ޢަބްދުﷲ ޙުސައިން އެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިނުވުމާއެކު، ޢަބްދުﷲ ޙުސައިންއާ ދެކޮޅަށް އެމީހުން
ދީފައިވާ ހެކިބަހަކީ ޝަރީޢަތަށް ޤަބުލުކުރެވޭނެ. ހެކިބަހެއްކަމެވެ.
(ނ) ތިންވަނަ ކަމަކީ، މިމައްސަލައިގައި ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި
ހެކިބަސްނަގާފައިވާ 5 (ފަހެއް) މީހުންގެ ތެރެއިން، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788
(މ. ބްރައިޓް ފްލާވަރ) ތޮއްޔިބާ އަޙްމަދު އާއި ހ. ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު އާއި ސ. ފޭޒް،
އާމިނަތު ސަލީމްގެ ހެކިބަހަށް ބަލާއިރު، މިތިމީންހުން ޖާމިނުވުމަށްޓަކައި ފިރިހެނުން ހޯދައިދީގެން
ސާބިތުވާކަމާއި،
މިމައްސަލައިގައި ހެކިބަސް ނަގާފައިވާ ކުޅަގާރިމާގެ، އާމިނަތު ސުދާގެ
ހެކިބަހުގައި، ހަށިވިއްކައިގެން ފައިސާ ހޯދުމުގެ ބޭނުމުގައި އާމިނަތު ސުދާގެ ގާތަށް ޢަބްދުﷲ ޙުސައިން
ފިރިހެނުން ގެންގޮސް ނުދޭކަމަށް ބުނެފައިވުމާއި، އަޙްމަދު ނަސީމްގެ ރައްޓެހިކަމުގައި ޢަބްދުﷲ ޙުސައިން
ދޮންއުމަރުގެއަށް ނުދާކަމަށާއި، އަންހެންކުދިން ލައްވައި ހަށިވިއްކާކަށްވެސް ޢަބްދުﷲ ޙުސައިން
ރީނދޫމާގެ، އަޙްމަދު ނަސީމު ދީފައިވާ ހެކިބަހަކީ، ތޮއްޔިބާ އަޙްމަދު އާއި
ޝިފާނާ ޢަބްދުއްސައްތާރު އާއި، އާމިނަތު ސަލީމް ޖާމިނުވުމަށްޓަކައި ފިރިހެނުން ހޯދައިދީގެން ޢަބްދު
22 ފ ދ ތ ބ
04 4 0
OX
2c22 4ދ ދޖ 2
4
ނޫޅޭނެކަމަށްބުނެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2{{39/HC-A281
ޤަޟިއްޔާ ނިމުނު "
کی عمری
=32
<< O
ޙުސައިން ފައިސާ ހޯދާފައިވާކަން ސާބިތުނުވާވަރުގެ ނުވަތަ އެތިންމީހުންގެ ވާހަކައަކީ ޙަޤީޤަތާ ދުރު
ވާހަކައެއްކަމަށް ސާބިތުކޮށްދޭ ހެކިބަސްތަކެއް ނޫންކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ކުށެއްކުރިއިރު އެކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު
އަދަބެއް އެކުށްކުރި މީހަކަށް ދީގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފަށް ހުށަހެޅިފައިވާ މިމައްސަލައަކީ 2005
ގައި ހިނގާފައިވާ މައްސަލައެއްކަން މައްސަލައިގެ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އެހެންކަމުން، މިމައްސަލައިގައި އަދަބު ކަނޑައަޅަންޖެހޭނީ މިބާވަތުގެ މައްސަލަތަކުގައި 2005 ވަނަ
އަހަރު އަދަބު ކަނޑައަޅާފައިވާ ޤާނޫނުގެ ދަށުންކަމާއި، އޭރު މިބާވަތުގެ މައްސަލަތަކުގައި
އަދަބުކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމާއި،
މިމައްސަލައިގައި އެންމެ ފުރަތަމަ (އޭރު ޖިނާއީމައްސަލަތަކުގައި ދަޢުވާކުރާފަރާތްކަމުގައިވާ) އެޓާރނީ
ޖެނެރަލްގެ ފަރާތުން ދަޢުވާކޮށްފައިވަނީވެސް ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ)
ދަށުން އަމުރަށް ނުކިޔަމަންތެރިވުމުގެ ދަޢުވާކަން އެނގެން އޮންނަކަމެވެ.
ވީމާ،
އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ފައިސާ ހޯދުމުގެ
ބޭނުމުގައި އަންހެނުންނާއި ފިރިހެނުން ޖާމިނުކުރުވައިގެން ޢަބްދުﷲ ޙުސައިން ފައިސާ ހޯދިކަން
ޝަރީއަތަށް ސާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޢަބްދު
ޙުސައިންގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވައި ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/743
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
099
974
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ ނަންބަރު 2005/JC/734 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މި މައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ޖިނާއީ ކޯޓުގެ
ނަންބަރު 2005/JC/734 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 788
(މ. ބްރައިޓް ފްލާވަރ) ތޮއްޔިބާ އަޙްމަދު އާއި ހ. ރީފްވިއު، ޝިފާނާ ޢަބްދުއްސައްތާރު އާއި
OLC
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
133 *
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮ
=32
2{{39}HC-A/281
އާމިނަތު ސަލީމް ޖިނާއީ ކޯޓަށް ދީފައިވާ ހެކިބަހުން، ފައިސާ ހޯދުމުގެ ބޭނުމުގައި އަންހެނުންނާއި
ފިރިހެނުން ޖާމިނުކުރުވައިގެން ޢަބްދުﷲ ޙުސައިން ފައިސާ ހޯދިކަން ޝަރީއަތަށް ސާބިތުވާވަރުގެ ހެކި
ލިބިފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ދަށުން، އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށް ގއ. ދާންދޫކަރަންކާގެ ޢަބްދުﷲ ޙުސައިންގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅައި، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެދަށުން، މިއަދު 28
ނޮވެމްބަރ 2011 އިން ފެށިގެން 4 (ހަތަރެއް) މަސްދުވަހަށް ގއ.
ދާންދޫ ކަރަންކާގެ ޢަބްދު
ޙުސައިން ޖަލަށްލުމަށް އަންގައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
oxo
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
،ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv