ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/22 ޤަޟިއްޔާގެ ޙުކުމް
1
20j3/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 22/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙުމަދު އާރިފް
އެޑްރެސް: މއ.އެވަރގްލޯރީ|މާލެ
މިހާރުގެ އެޑްރެސް: މއ.މެރަނާމާލެ
އައިޑީ ކާޑު ނަންބަރ: A050150
*
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: އަޙުމަދު ނާޞިރު
ކާޑު ނަންބަރު: A042222
ދާއިމީ އެޑްރެސް: މ.މީދުއްފަރު!މާލެ
މިހާރުގެ އެޑްރެސް: ފ.ކޯލްފީލްޑް (މާލެ
T.
6
*
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޖެނުއަރީ 2013 ނިމުނު ތާރީޚް: 16 ޖެނުއަރީ 2014
11 ރަބީއުލްއައްވަލް 1434
15 ރަބީއުލްއައްވަލް 1435
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv
-
C/1371
ނިންމެވިކޯޓް: ސިވިލްކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 2012-08-13 * ނިމުނު ތާރީޚް: 2012-10-17
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު: 2012/Cv
-
C/1371 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، މއ.އެވަރގްލޯރީ އަޙުމަދު ޢާރިފް
(ދ. ރ.ކާޑް ނަންބަރު:A050150) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާ
އެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ މ.މީދުއްފަރު އަޙުމަދު ނާޞިރު (ދ.ރ.ކާޑް
ނަންބަރު:A042222) އެވެ.
22,
ol އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު: 2012/Cv
-
C/1371 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އަޙުމަދު ނާޞިރަށް %25 (ފަންސަވީސް އިން
ސައްތަ ޙިއްސާ މިލްކުވާގޮތަށް އުފައްދާފައިވާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ވަކިވުމަށް
އަޙުމަދު ނާޞިރު ބޭނުންވިހިނދު، އަޙުމަދު ނާޞިރު ކުންފުނިން ވަކިކުރުމަށް ކުންފުނިން ނިންމައި އަޙުމަދު
ނާޞިރަށް އެކަން އެންގުމުން، އަޙުމަދު ނާޞިރުގެ ޙިއްސާ ޤާނޫނީ ހަމަތަކުގެމަތިން މއ.އެވަރގްލޯރީ އަޙުމަދު
ޢާރިފުގެ ނަމަށް ބަދަލު ކުރުމުގައި އެ އިއްސާތަކުގެ އަގަށް އަޙުމަދު ނާޞިރަށް ދޭންޖެހޭ 1,907,978
/
75ރ.
(އެއްމިލިއަން ނުވަލައްކަ ހަތްހާސް ނުވަސަތޭކަ ހަތްދިހަ އަށް ރުފިޔާ ހަތްދިހަ ފަސްލާރި) ގެ ތެރެއިން
މިހާތަނަށް -/
1,393,336ރ. (އެއްމިލިއަން ތިންލައްކަ ނުވަދިހަ ތިންހާސް ތިންސަތޭކަ ތިރީސް ހަރުފިޔާ)
ނުވާކަމަށްބުނެ، އެފައިސާއާއި، އެފައިސާ ނުލިބުމުގެ ސަބަބުން އަޙުމަދު ނާޞިރަށް ލިބިފައިވާ
ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މ.މީދުއްޕަރު/ އަޙުމަދު ނާޞިރު (ދ.ރ.ކާޑް A042222) ގެ ފަރާތުން
މއ.އެވަރގްލޯރީ އަޙުމަދު ޢާރިފް (ދ.ރ.ކާޑް A050150) ގެ މައްޗަށް ދަޢުވާ ކުރުމުން ބަލާފައިގެ ހައި
ޤަޟިއްޔާއެއްކަމާއި،
ލިބިފައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
އެމައްސަލަ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކާއި، މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުމުގެ މައްޗަށް ބަލައި، އަޙުމަދު ނާޞިރަށް %25
ފަންސަވީސް އިން ސައްތަ ޙިއްސާ މިލްކުވާ ގޮތަށް އުފައްދާފައިވާ އެވޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން ވަކިވުމަށް އަޙުމަދު ނާޞިރު ބޭނުންވިހިނދު، އަޙުމަދު ނާޞިރު ކުންފުނިން ވަކިކުރުމަށް ކުންފުނިން
ނިންމައި އަޙުމަދު ނާޞިރަށް އެކަން އެންގުމުން، އަޙުމަދު ނާޞިރުގެ ހިއްސާ ޤާނޫނީ ހަމަތަކުގެ މަތިން
އަޙުމަދު ޢާރިފް ގަތުމުގައި އެ އިއްސާތަކުގެ އަގަށް އަޙުމަދު ނާޞިރަށް އަޙުމަދު އާރިފް ދޭންޖެހޭ ފައިސާގެ
ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާހޯދުމަށް އއ.އެވަރގްލޯރީ އަޙުމަދު ޢާރިފް (ދ.ރ.ކާޑް: A050150
މައްޗަށް މ.މީދުއްޕަރު1ހ.ކޯޑްފީލްޑް އަޙުމަދު ނާޞިރު (ދ.ރ.ކާޑް: A042222) ކުގަ މިދަޢުވާއަށް
ޝަރީޢަތުގެ ހަމަތަކުގެ މަތިން ނަޒަރުކުރިއިރު،
އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އަޙުމަދު ނާޞިރުގެ 375
(ތިންސަތޭކަ ހަތްދިހަ ފަހެއް) ހިއްސާ ބަދަލުކުރެވިފައިވަނީ އަޙުމަދު އާރިފަށް ކަން އަޙުމަދު ޢާރިފްގެ އަމިއްލަ
ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން އެނގެން އޮތުމުން، މިޙިއްސާ ބަދަލުކުރުމުގެ މުޢާމަލާތުގެ
މަންފާ ލިބިފައިވަނީ އަޙުމަދު އަރީފަށްކަން އެނގޭހިނދުގައާއި، އިތުރު ފަރާތެއްގެ މަސްލަހަތެއް އަދި
ބައިވެރިވުމެއް މިމުޢާމަލާތުގައި އޮތްކަމަށް ބަލަންޖެހޭ ސަބަބެއް އެނގެން ނެތަތީ، މި މުޢާމަލާތުގައި އަގު
އަޙުމަދު ނާޞިރަށް ދައްކަންޖެހޭ ފަރާތަކީ އަޙުމަދު ޢާރިފް ކަމާއި، މިއަގު އަޙުމަދު ނާޞިރަށް ދެއްކުމުގެ
ގޮތުން އަޙުމަދު ޢާރިފް ދީފައިވަނީ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޗެކްތަކެއް ނަމަވެސް،
އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޗެކްތަކެއް އަޙުމަދު ނާޞިރަށް އަޙުމަދު އާރިފް ދިފައި އޮތް
އޮތުމުން، އަޙުމަދު ނާޞިރާއި އަޙުމަދު ޢާރިފާއި ދެމެދު ކުރެވިފައިވާ މި މުޢާމަލާތުގެ އަގު ދެއްކުމަށް އަޙުމަދު
ޢާރިފްގެ މައްޗަށް އޮތް ޒިންމާ ކެނޑިގެންނުދާހިނދު، އެ ޗެކްތަކަށް ހަމައަށް ފައިސާ ލިބިފައިނުވާނަމަ،
ނުލިބިވާ ފައިސާ އަޙުމަދު ނާޞިރަށް ލިބިދިނުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އަޙުމަދު އާރިފް ކަމަށްވާތީކެއްޖޭގެ މައިޖީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2013/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އަޙުމަދު ނާޞިރުގެ 375
(ތިންސަތޭކަ ހަތްދިހަ ފަހެއް) ޙިއްސާ އަޙުމަދު އާރިފަށް ބަދަލުކުރުމަށް ދެފަރާތް ދެމެދު ކުރެވިފައިވާ
މުޢާމަލާތުގެ އަގުގެ ގޮތުގައި އަޙުމަދު ނާޞިރަށް ނުލިބިވާ -/
1,393,336ރ. (އެއްމިލިއަން ތިންލައްކަ
ނުވަދިހަ ތިންހާސް ތިންސަތޭކަ ތިރީސް ހަރުފިޔާ) އަކީ އަޙުމަދު ޢާރިފްގެ ފަރާތުން އަޙުމަދު ނާޞިރަށް
ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅައި، މިފައިސާ އަޙުމަދު ނާޞިރަށް ލިބިދިނުމުގެ ގޮތުން މިއަދު 2012
އޮކްޓޯބަރ 17 ވަނަ ދުވަހުން ފެށިގެން 02 (ދޭއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ
މަހަކަށްޖެހޭ
ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލްކޯޓަށް ދައްކަމުން ގޮސް، މިމުއްދަތުގެ ތެރޭގައި މިފައިސާ އެއްކޮށް
ދައްކާ ޚަލާސްކުރުމަށް ދަޢުވާ ލިބުނު މއ.އެވަރގްޔޯރީ އަޙުމަދު ޢާރިފް (ދ.ރ.ކާޑް A050150) އަށް
އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
އެމަ
އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު:2012/Cv
-
C/1371
ޤަޟިއްޔާގެ ޙުކުމް ކުރުމާ ގުޅިގެން މއ.އެވަރގްލޯރީ އަޙުމަދު ޢާރިފް ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާ އާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ucou
* އެ ނުކުތާއަކީ: އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އަޙުމަދު ނާޞިރު
ވަކިވުމަށް ބޭނުންވެގެން އަޙުމަދު ނާޞިރުގެ ނަމުގައިވާ ޙިއްސާ އަޙުމަދު އާރިފް ގެ ނަމަށް ބަދަލުކުރުމަށް
އެއްބަސްވެ، އެކަމުގެ މުޤާބިލެއްގެ ގޮތުން އަޙުމަދު ނާޞިރަށް ދޭންޖެހޭ 1,907,978
/
75ރ. (އެއްމިލިއަން
ނުވަލައްކަ ހަތްހާސް ނުވަސަތޭކަ ހަތްދިހަ އަށް ރުފިޔާ ހަތްދިހަ ފަސްލާރި) ދިނުމުގެ ގޮތުން އެޕޯލޯ ސްޕީޑް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ 16 ޗެކް އަޙްމަދު ނާޞިރުއާއި ޙަވާލުކުރުމުން، އެ 16 ޗެކްގެ ތެރެއިން
ބައެއް ޗެކްތަކަށް އަޙްމަދު ނާޞިރު ފައިސާ ނަގާފައިވުމުން، އަޙްމަދު ޢާރިފުގެ ނަމަށް ބަދަލު ކު
ނާޞިރު ގެ 375 ޙިއްޞާ ގެ އަގު އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
1371/Cv-C/2012
ނި 1
އެއްބަސްވެވުނުކަން ދެފަރާތުން ޢަމަލު ކޮށްފައިވާ ގޮތުން އެނގެން އޮންނައިރު، ސިވިލް ކޯޓުގެ ނަންބަރު:
ޤަޟިއްޔާ ނިންމެވުމުގައި އެކަމަށް ރިޢާޔަތް ކުރައްވާފައި
ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާ އެވެ.
03– ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1371 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ނާޞިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށާއި،
އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، މައްސަލައާއި ގުޅޭ ޤާނޫނީ އުޞޫލުތަކަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރިޢާޔަތްކޮށް ބަލާއިރު،
މިޤަޟިއްޔާ ނިންމުމުގައި މިޤަޟިއްޔާ ބެވި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވާކަމާއި، އެގޮތުން
އަޤައްލިއްޔާ ރައުޔަކީ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްގެ ރައުޔު ކަމާއި، އަޣްލަބިއްޔަތު ރައުޔަކީ
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުއާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔުކަން ފާހަގަކުރެވެއެވެ.
OCCO
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމުގެ ރައުޔު:
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރ 2012/Cv
-
C/1371
ޤަޟިއްޔާގައި، ހއ.އެވަރގްލޯރީ އަޙްމަދު ޢާރިފްގެ މައްޗަށް މ.މީދުއްފަރު ހ.ކޯލްފީލްޑް އަޙްމަދު ނާޞިރު
ކޮށްފައިވާ ދަޢުވާއަކީ، އަޙްމަދު ނާޞިރަށް %25 ފަންސަވީސް އިން ސައްތަ) ޙިއްޞާ މިލްކުވާ ގޮތަށް
އުފައްދާފައިވާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ވަކިވުމަށް އަޙްމަދު ނާޞިރު ބޭނުންވެގެން،
އަޙްމަދު ނާޞިރު ވަކިކުރުމަށް އެކުންފުނިން ނިންމައި، އަޙްމަދު ނާޞިރަށް އެކަން އެންގުމާ ގުޅިގެން،
އަޙްމަދު ނާޞިރުގެ ޙިއްޞާތައް ޤާނޫނީ ހަމަތަކުގެ މަތިން އަޙްމަދު އާރިފް ގަތުމުގައި އެޙިއްޞާތަކުގެ އަގަށް
އަޙްމަދު ޢާރިފް، އަޙްމަދު ނާޞިރަށް ދޭންޖެހޭ 1,907,978
/
75ރ (އެއްމިލިއަން ނުވަލައްކަ ހަތްހާސް
ނުވަސަތޭކަ ހަތްދިހައަށް ރުފިޔާ ހަތްދިހަފަސްލާރި) ތެރެއިން މިހާތަނަށް ނުލިބިވާ
-/
1393336ރ. (އެއްމިލިއަން ތިންލައްކަ ނުވަދިހަތިންހާސް ތިންސަތޭކަ ތިރީސްހަރުފިޔާ)
ގެ
އާއ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
ލިމިޓެޑުގެ ޗެކްތަކަކުންކަމަށް
ނުދީ ހިފެހެއްޓުމުގެ ސަބަބުން އަޙްމަދު ނާޞިރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކޮށްފައިވާ
ދަޢުވާއެއްކަން އެނގޭއިރު، އެދަޢުވާއާ ގުޅިގެން އަޙްމަދު ޢާރިފްގެ ފަރާތުން ބުނެފައިވަނީ، އެހިއްސާތަކުގެ
އަގުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އަޙްމަދު ނާޞިރަށް ދައްކާނީ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް
ޗެކްތަކަކުންކަމަށް އަޙްމަދު ނާޞިރު އެއްބަސްވެ ޤަބޫލުކޮށްފައިވުމުން، އެކުންފުނިން
ޗެކްތަކެއް ދީފައިވާކަމަށާއި، އެކުންފުނިން އަޙްމަދު ނާޞިރަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާކަން
އެނގެނީ އެކުންފުނީގެ ޗެކްތަކެއް އަޙްމަދު ނާޞިރުގެ އަތުގައި ހުރުމުންނާއި އަދި އެތަނުން ތިން ޗެކަކަށް
ފައިސާ ނަގާފައިވުމުން ކަމަށާއި، އެޗެކްތަކަށް ފައިސާ ނުލިބުމުން އެފައިސާ ހޯދުމުގެ ދަޢުވާ ކުރަންޖެހޭނީ
އެކުންފުނީގެ މައްޗަށް ކަމަށާއި، އެހިއްސާތަކުގެ އަގުގެ ގޮތުގައި އަޙްމަދު އާރިފަށް އެއްވެސް ފައިސާއެއް
ދެވެންނެތުމުންނާއި، އަދި ދޭން އެއްބަސްވެފައިވެސް ނުވާނެކަމަށްކަން އެނގެން އޮނަންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: މިމައްސަލާގައި ހިމެނޭ ވިޔަފާރީގެ މުޢާމަލާތަކީ އެޕޯލޯ ސްޕީޑް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގައި އޮތް މ.މީދުއްފަރު ހ.ކޯލްފީލްޑް އަޙްމަދު ނާޞިރުގެ 375 ޙިއްސާ
ގަނެވިއްކުމުގެ މުޢާމަލާތެއްކަމަށާއި، އެމުޢާމަލާތް ކުރެވިފައިވަނީ އަޙްމަދު ނާޞިރާއި މއ.އެވަރގްލޯރީ އަޙްމަދު
ޢާރިފާ ދެމެދުގައިކަމަށާއި އަދި އެމުޢާމަލާތުގައި އަޙްމަދު ނާޞިރުގެ 375 ޙިއްޞާ ގަނެފައިވަނީ އަޙްމަދު
ޢާރިފް ކަމަށާއި، އެޙިއްޞާތަކުގެ އަގު އަޙްމަދު ނާޞިރަށް ދެއްކުމުގެ ގޮތުން އެޕޯލޯ ސްޕީޑް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުގެ ޗެކްތަކެއް އަޙްމަދު ނާޞިރަށް ދީފައިވަނީ އަޙްމަދު ޢާރިފް ކަމަށާއި، އެޙިއްސާތަކުގެ އަގު
އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އަޙްމަދު ނާޞިރަށް ދައްކާ ގޮތަށް އެކުންފުންޏާއެކު
އަޙްމަދު ނާޞިރު އެއްވެސް އެއްބަސްވުމެއް ވެވިފައިނުވާނެކަމަށާއި، އަޙްމަދު ޢާރިފް ގަތް ޙިއްޞާތަކުގެ އަގު
ދެއްކުމުގެ ގޮތުން އަޙްމަދު ނާޞިރަށް، އަޙްމަދު ޢާރިފް ދީފައިވާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުގެ ޗެކްތަކުގެ ތެރެއިން 3 ޗެކަކަށް އަޙްމަދު ނާޞިރަށް ފައިސާ ލިބިފައިވީނަމަވެސް، އެޗެކްތަކަށް
އަޙްމަދު ނާޞިރު ފައިސާ ނަގާފައިވަނީ، އެފައިސާއަކީ އެކުންފުނިން އަޙްމަދު ނާޞިރަށް ދައްކަމުޖްގެ ހައި
ފައިސާކަމަށް ޤަބޫލުކުރާތީނޫންކަމަށާއި، އަދި އަޙްމަދު ޢާރިފް، އަޙްމަދު ނާޞިރަށް ދައްކަންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އގެން ކު5އ
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
އެކެ85
ޒިންމާ އެކުންފުނިން އުފުލާގޮތަށް އެއްވެސް އެއްބަސްވުމެއް ވެވިފައިނެތް ކަމަށާއި، އެޙިއްޞާގެ އަގު އަޙްމަދު
ނާޞިރަށް ދައްކައި ޚަލާޞްކުރުމަކީ އަޙްމަދު ޢާރިފްގެ މައްޗަށް ލާޒިމްކަމެއްކަމަށާއި، އަޙްމަދު ނާޞިރަށް
ނުމާބެހޭ ގޮތުން އެޗެކްތައް ދިން އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި އަޙްމަދު
ޢާރިފާ ދެމެދު ވަކިގޮތަކަށް އެއްބަސްވެފައިވާނަމަ، އެގޮތަކަށް ޢަމަލުކުރުމަކީ އެދެފަރާތުގެ ކަމެއްކަމަށް އަޙްމަދު
ނާޞިރުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
އި&ކeއ
އއމެދު
2 * ޑ ވ 2
2
4 هހ2
(ނ) ތިންވަނަ ކަމަކީ: އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގައި އޮތް އަޙްމަދު
ނާޞިރުގެ 375 (ތިންސަތޭކަ ހަތްދިހަފަހެއް) ޙިއްސާ ބަދަލުކޮށްފައިވަނީ އަޙްމަދު އާރިފްގެ ނަމުގެ މައްޗަށްކަން
ޢާރިފް އިއުތިރާފުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނައިރު، މި މުޢާމަލާތުގެ އަގު
އަދާކުރުމުގެ ގޮތުން އަޙްމަދު ނާޞިރަށް އަޙްމަދު ޢާރިފް ދީފައިވާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުގެ ޗެކްތަކުގެ ތެރެއިން ބައެއް ޗެކްތަކަށް ފައިސާ ނުލިބުމުން، އެޙިއްޞާތަކުގެ އަގު ދެއްކުމުގެ
ޒިންމާއިން އަޙްމަދު ޢާރިފް ބަރީއަވެ، އެކުންފުނީގެ މައްޗަށް އެޒިންމާ ފުރޮޅިގެންދާންޖެހޭކަން ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެމަތިން އަޙްމަދު ޢާރިފަށް ސާބިތުކޮށް ދެވިފައިނުވާކަމާއި، އަޙްމަދު ނާޞިރަށް ދިން ޗެކްތައް
ބަލައިގަނެ އެޗެކްތަކުގެ ތެރެއިން ބައެއް ޗެކްތަކަށް ފައިސާ ނެގިނެގުމަކީ އަދި އެޗެކްތައް އަޙްމަދު ނާޞިރުގެ
އަތުގައި ހުރި ހުރުމަކީ، އަޙްމަދު ނާޞިރުގެ އަތުން އަޙްމަދު ޢާރިފް ގަތް ޙިއްސާތަކުގެ އަގު އެޕޯލޯ ސްޕީޑް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދެއްކުމަށް އަޙްމަދު ނާޞިރު އެއްބަސްވީކަމަށް ބެލެވޭނެ
އަދި އެޙިއްސާތަކުގެ އަގު އެކުންފުނިން އަޙްމަދު ނާޞިރަށް ދައްކާ ގޮތަށް
އެއްބަސްވެފައިނުވާނެކަމަށް ބުނެ އަޙްމަދު ނާޞިރު އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މިމުޢާމަލާތުގެ އަގު ދެއްކުމުގެ ގޮތުން އަޙްމަދު ޢާރިފް އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ
ޗެކްތަކެއް ދީފައިއޮތްއޮތުމުން، އަޙްމަދު ޢާރިފްގެ މައްޗަށް އޮތް ޒިންމާ ކެނޑިގެންނުދާކަމާއި، އެޗެކްތަކަށް
ފައިސާ ހަމައަށް ލިބިފައި ނުވާނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އަޙްމަދު ޢާރިފްކަމަށް ބަލަންޖެހޭތީ، ޙާއްމަ
ޢާރިފްގެ ނަމުގެ މައްޗަށް ބަދަލުކުރެވިފައިވާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2013/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނާޞިރުގެ 375 ޙިއްސާގެ އަގު އަޙްމަދު ނާޞިރަށް ދެއްކުމުގެ ޒިންމާއިން، އަޙްމަދު ނާޞިރުގެ ނުރުހުމުގައި،
އަޙްމަދު ޢާރިފް ބަރީއަކޮށް، އެޒިންމާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އުފުލަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް ޤަބޫލެއްނުކުރެވެއެވެ.
އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1371 ޤަޟިއްޔާގައި، އެކޯޓުން
ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށް ކަނޑައަޅައި، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރަން ފެނެއެވެ.
، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުއާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު:
(ހ) ފުރަތަމަ ކަމަކީ: އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަކީ
މ.މީދުއްޕަރު އަޙްމަދު ނާޞިރުއާއި މ.ރޯވެލި އަޒްހަރިއްޔާ މުޙައްމަދު އާއި، ބ.އޭދަފުށި ދިގަލި، މުޙައްމަދު
ވަޙީދު އާއި، ދ.ކުޑަހުވަދޫ!ޕެލްމޭރާ ޠާހިރާ ޙުސައިން އާއި، މއ.އެވަރގްލޯރީޚައިބްރާހީމް ޒައިނަލް ޢާރިފް އާއި
05 ޙިއްސާ ދާރުންގެ މައްޗަށް އުފެދިފައިވާ ކުންފުންޏެއްކަމާއި، މިހެން މިކަން ވެފައިވަނިކޮށް، މީގެ
ތެރެއިން އަޙްމަދު ނާޞިރު ކޮންޓްރޯލްކުރާ ޙިއްސާ (އަޙްމަދު ނާޞިރުގެ ޙިއްޞާ އާއި އަޒްހަރިއްޔާ
މުޙައްމަދުގެ ޙިއްޞާ) ބަދަލުކޮށް، އެކުންފުނީން އެދެމީހުން ވަކިވާން ބޭނުންވި ހިނދު، އަދި އޭރު
އެކުންފުނީގައި ބާކީތިބި އަނެއް ތިން ޙިއްޞާ ދާރުންވެސް، އަޙްމަދު ނާޞިރު އާއި އަޒްހަރިއްޔާ މުޙައްމަދު
އެކުންފުނީގެ ޙިއްޞާ ދާރު ކަމުން ވަކިވުމަށް ބޭނުންވި ހިނދު، އެދެމީހުންގެ ޙިއްޞާ، އެޙިއްޞާ ތަކުގެ
މުޤާބިލާއެކު މއ.އެވަރގްލޯރީ| އަޙްމަދު ޢާރިފަށް ބަދަލުކުރުމަށް ހުށަހެޅުނު ކަމާއި، އެގޮތުން ބަދަލުކުރުމަށް
އެއްބަސްވެވުނު ޙިއްޞާތަކުގެ އަގަކީ 119071978/75 ރ.(އެއްމިލިއަން ނުވަލައްކަ ހަތްހާސް ނުވަސަތޭކަ
ހަތްދިހަ އަށް ރުފިޔާ ހަތްދިހަ ފަސްލާރި) ކަމަށް މިފަރާތްތަކުގެ މެދުގައި އެއްބަސްވެ، 16 ޕޭމަންޓަކަށް އެ
ޢަދަދު ބަހައިފައިވާކަން ހުށަހެޅިފައިވާ ލިޔެކިއުންތަކުންނާއި ދެފަރާތުގެ
ބަހުން އެނގެން
0 x
އވެ
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
22,
ލިމިޓެޑް
(ނ) ދެވަނަ ކަމަކީ: އަޙްމަދު ނާޞިރު ކޮންޓްރޯލްކުރާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް
އިސްވެ ބަޔާންކުރެވުނު ޙިއްޞާތައް އަޙްމަދު ޢާރިފުގެ ނަމަށް ބަދަލުކުރުމަށް އެއްބަސްވެ ކަމާބެހޭ
ރަސްމީ އިދާރާއަށް ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރެވި، ބަދަލު ކުރުމަށް އެއްބަސްވި ޙިއްޞާތަކުގެ އަގު
ދިނުމުގެ ގޮތުން އަޙްމަދު ނާޞިރުއަށް ދޫކޮށްފައިވާ 16 ޗެކަކީ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުގެ 16 ޗެކް ކަން އަޙްމަދު ނާޞިރަށް އެނގޭކަމާއި، އަދި އެ 16 ޗެކް ގެ ތެރެއިން ބައެއް ޗެކްތަކަށް
އަޙްމަދު ނާޞިރު ފައިސާ ނަގާފައިވާކަމާއި، ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1371 ޤަޟިއްޔާގައި
އަޙްމަދު ނާޞިރުގެ ފަރާތުން އަޙްމަދު ޢާރިފުގެ މައްޗަށް ކުރި ދަޢުވާ ކުރަންޖެހުނު ސަބަބަކީ، އެ 16 ޗެކްގެ
ތެރެއިން ބައެއް ޗެކްތަކަށް ފައިސާ ލިބިފައިނުވާތީ، އެ ނުލިބިވާ ޗެކްތަކުގެ ފައިސާ ހޯދުމަށް ކަމާއި، އަޙްމަދު
ޢާފުގެ ފަރާތުން ސިވިލް ކޯޓުގައިވެސް ނަގާފައިވާ ދިފާޢު އަކީ، އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑް ގައި އަޙްމަދު ނާޞިރު ކޮންޓްރޯލް ކުރަމުން ދިޔަ ޙިއްޞާ (އަޙްމަދު ނާޞިރުގެ ނަމުގައިހުރި
ޙިއްޞާތަކާއި، އަޒްހަރިއްޔާ މުޙައްމަދުގެ ނަމުގައި ހުރި ޙިއްޞާ) ތައް، އަޙްމަދު ޢާރިފުގެ ނަމަށް
ބަދަލުކުރުމުގެ މުޤާބިލު ދިނުމަށް އެއްބަސްވެފައިވަނީ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ކަމާއި، އެގޮތުން އެކުންފުނީގެ 16 ޗެކް އަޙްމަދު ނާޞިރަށް ދެވުނު ކަމާއި، އެޗެކްތަކާއި އަޙްމަދު ނާޞިރުގެ
ފަރާތުން ޙަވާލުވެ އެޗެކްތަކަށް ފައިސާ ނަގަމުން އައިސްފައިވުމަކީ އެކުންފުނީން އޭގެ އަގު އަދާކުރުމަށް
ދެފަރާތުން ރުހި، ދެފަރާތުން އެގޮތަށް އެއްބަސްވެފައިވާ ކަމުގެ ދަލީލެއް ކަމަށާއި، އެހެން ކަމުން އޭގެ ތެރެއިން
ޗެކަކަށް ފައިސާ ލިބިފައިނުވާނަމަ، އެޗެކެއްގެ ފައިސާ ހޯދުމަށް ދަޢުވާކުރަންޖެހޭނީވެސް އެކުންފުނީގެ މައްޗަށް
ކަމަށް ބުނެ ނަގާފައިވާ ދިފާޢުކަން ފާހަގަކުރެވެއެވެ.
(ނ) ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު:4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އަށް ބަލާއިރު،
ކޮންޓްރެކްޓަކީ ދެމީހެއްގެ ދެމެދުގައި ފަތަ އެއަށްވުރެ ގިނަ ބައެއްގެ މެދުގައި އެއްބަސްވެވޭ އެއްބަސްވުމެއް
ކަމަށާއި، އަދި އެ އެއްބަސްވުމަކީ ޤާނޫނު ޤަބޫލުކުރާ، ނުވަތަ ޤާނޫނު ބާރުދޭ އެއްބަސްވުމަކަށްވެ.
ކަމަށް އެޤާނޫނުގެ 02 ވަނަ މާއްދާގައި ބުނެފައިވާއިރު، ޤާނޫނެއްގައި ވަކިގޮތަށް ކަނޑަނާޅާގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫންކަން އެޤާނޫނުގެ 04 ވަނަ މާއްދާއިން އެނގެން
އޮންނަކަމާއި، ހުށަހެޅުން ރައްދުވާ ފަރާތަށް ހުށަހެޅުން އެންގުމުން، އެ ހުށަހެޅުން ފުރިހަމަވީ ކަމަށް 17 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ހުށަހެޅުމެއް ޤަބޫލުކުރާކަން ކަނޑައަޅާ ބުނެވިދާނެކަމަށާއި، ނުވަތަ
ޢަމަލުކުރާ ގޮތަކުން ޤަބޫލުކުރާކަން އެންގުންކަމަށް ބެލިދާނެކަމަށް، 08 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ގައި އަޙްމަދު ނާޞިރު ކޮންޓްރޯލް
ކުރަމުންދިޔަ ޙިއްޞާތައް، އަޙްމަދު ޢާރިފްގެ ނަމަށް ބަދަލުކުރުމަށް އެއްބަސްވެ އެކަމުގެ މުޤާބިލުގެ ގޮތުގައި
އަޙްމަދު ނާޞިރަށް ދޫކޮށްފައިވަނީ އެކުންފުނީ 16 ޗެކްކަން އެނގެން އޮތުމުން، އަގު އަދާކުރުމަށް އަޙްމަދު
ޢާރިފުގެ ފަރާތުން ހުށަހެޅި ގޮތަކީ އެކުންފުނީން އެއަގު އަދާކުރުންކަމަށް ބެލެވޭ ހިނދު، އަދި އެޗެކްތައް
އެފަދައިން ދޫކުރުމުން އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އިން ވެސް އެފަދައިން
އެއްބަސްވެފައިވާކަން އެނގޭ ހިނދު، އެޗެކްތައް އަޙްމަދު ނާޞިރު ބަލައިގަނެ، އޭގެ ތެރެއިން ބައެއް ޗެކްތަކަށް
ފައިސާ ނަގާފައިވުމަކީ، ބަޔާންކުރެވުނު ޙިއްޞާ ތަކުގެ އަގު އެކުންފުނީން އަދާކުރުމަށް އަޙްމަދު ޢާރިފުގެ
ފަރާތުން ހުށެހެޅި ހުށަހެޅުން ޝިމްނީ ގޮތުން އަޙްމަދު ނާޞިރު ޤަބޫލުކޮށްފައިވުން ކަމަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ބެލެވެން އޮންނަކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1371 ޤަޟިއްޔާ ބައްލަވައި، އެޕޯލޯ ސްޕީޑް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އަޙުމަދު ނާޞިރުގެ 375 (ތިންސަތޭކަ ހަތްދިހަ ފަހެއް) ޙިއްސާ
އަޙުމަދު ޢާރިފަށް ބަދަލުކުރުމަށް ދެފަރާތް ދެމެދު ކުރެވިފައިވާ މުޢާމަލާތުގެ އަގުގެ ގޮތުގައި އަޙްމަދު ނާޞިރަށް
ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ -/
1,393,336ރ. (އެއްމިލިއަން ތިންލައްކަ ނުވަދިހަ ތިންހާސް
ތިންސަތޭކަ ތިރީސް ހަރުފިޔާ) އަކީ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އިން ދޫކޮށްފައިވާ 198 ގައި
ޗެކްތަކެއް ބައުންސްވެފައިވުމުން ނުލިބިފައިވާ ފައިސާއެއް ކަމުގައިވާތީ، އެޗެކްތަކުގެ ފައިސާ ހޯދުމަށް
282
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
ދަޢުވާކުރަންޖެހޭނީ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށްކަމާއި، އެކުންފުނީން އެފައިސާ
ދެއްކުމުގެ ޒިންމާ ނުއުފުލުމުން މެނުވީ އަޙްމަދު ޢާރިފުގެ މައްޗަށް އެފައިސާ ހޯދުމަށް ސީދާގޮތުގައި ދަޢުވާ
ކުރެވިދާނެކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދަށާއި ފަނޑިޔާރު
ޢަބްދުﷲ ޙަމީދަށް ނުފެނުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1371 ޤަޟިއްޔާ ބައްލަވައި
އެއީ އަޙުމަދު ޢާރިފްގެ ފަރާތުން އަޙުމަދު ނާޞިރަށް ދައްކަންޖެހޭ ފައިސާކަމުގައި ކަނޑައަޅާފައިވާ
ގެންނަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް
އިއްތިފާޤު ވެވިފައި ވެއެވެ
ކަނޑައެޅުމަކީ
ޙުކުމް:
ދެންފަހެ، އަޙުމަދު ނާޞިރަށް %25 (ފަންސަވީސް އިން ސައްތަ) ޙިއްސާ މިލްކުވާގޮތަށް
އުފައްދާފައިވާ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ވަކިވުމަށް އަޙުމަދު ނާޞިރު
ބޭނުންވިހިނދު، އަޙުމަދު ނާޞިރު ކުންފުނިން ވަކިކުރުމަށް ކުންފުނިން ނިންމައި އަޙުމަދު ނާޞިރަށް އެކަން
އެންގުމުން، އަޙުމަދު ނާޞިރުގެ ޙިއްސާ ޤާނޫނީ ހަމަތަކުގެމަތިން މއ.އެވަރގްލޯރީ އަޙުމަދު ޢާރިފުގެ ނަމަށް
ބަދަލު ކުރުމުގައި އެ ޙިއްސާތަކުގެ އަގަށް އަޙުމަދު ނާޞިރަށް ދޭންޖެހޭ 1,907,978
/
75ރ. (އެއްމިލިއަން
ނުވަލައްކަ ހަތްހާސް ނުވަސަތޭކަ ހަތްދިހަ އަށް ރުފިޔާ ހަތްދިހަ ފަސްލާރި) ދިނުމުގެ ގޮތުން ދޫކޮށްފައިވާ
އެންމެހައި ޗެކްތައް ދޫކޮށްފައިވަނީ އެޕޯލޯ ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުންކަމާއި،
ޤަބޫލުކޮށް އޭގެ ތެރެއިން ބައެއް ޗެކްތަކަށް އަޙްމަދު ނާޞިރު ފައިސާ ނަގާފައިވާކަން އިސްތިއުނާފްގެ
އެގޮތް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/22
ސިވިލް ކޯޓުގެ ނަންބަރު: 2012/Cv
-
C/1371 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން
އެނގެން އޮންނަކަމަށްޓަކައި، ފައިސާ ނުލިބިވާ ޗެކްތަކުގެ ފައިސާ ހޯދުމަށް ފުރަތަމަ ދަޢުވާކުރަންޖެހޭނީ އެޕޯލޯ
ސްޕީޑް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް މައްޗަށްކަމަށާއި، އެކުންފުނީން އެފައިސާ ދެއްކުމުގެ ޒިންމާ
ނުއުފުލުމުން މެނުވީ އެ ފައިސާ ހޯދުމަށް އަޙްމަދު ޢާރިފުގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި،
ސިވިލް ކޯޓުގެ ނަންބަރު: 2012/Cv-C/1371 ޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv