ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/61 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/6]
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 61/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އިބްރާހީމް ޔޫސުފް
އައިޑީ ކާޑު ނަންބަރު: A025249
*
ދާއިމީ އެޑްރެސް: މއ. ސައިނާހިޔާ | ކ. މާލެ
، މިހާރުގެ އެޑްރެސް: މ. އާނޫރު | ކ.މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ނަޖީބާ މޫސާ
އައިޑީ ކާޑު ނަންބަރު: A070063
، ދާއިމީ އެޑްރެސް: މއ. ސަލްވީނިޔާ | ކ. މާލެ
* މިހާރުގެ އެޑްރެސް: މއ.
ސަލްވީނިޔާ | ކ. މާލެ
ރަޖިސްޓްރީ ތާރީޚް: 10 ޖުމާދަލްއޫލާ 1435
11 މާރޗް
ނިމުނު ތާރީޚް: 19 ރަޖަބު 1435
18 މެއި 2014
2014
..
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ގެ ނަންބަރު 2011/Cv-C/1934 ޤަޟިއްޔާ
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: މއ. ސައިނާހިޔާ އަލްމަރްޙޫމާ އާމިނަތު ސަމީނާގެ ތަރިކަ
ހުށަހެޅި ތާރީޚް: 28.09.2011
' ނިމުނު ތާރީޚް: 15.01.2013
ދިވެހިރާއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
2
2014/HC-A/6]
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1934 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ.މާލެ / މއ. ސައިނާހިޔާ އިބްރާހީމް ޔޫސުފްގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ކ. މާލެ / މއ. ސަލްވީނިޔާ ނަޖީބާ މޫސާ
އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
(1
އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1934 ޤަޟިއްޔާއަކީ،
ސައިނާހިޔާ އާމިނަތު ސަމީނާ 17 ޖުލައި 2011 ގައި ނިޔާވެފައިވާތީވެ، އެމަރްޙޫމާގެ ތަރިކަ ވާރިޘުންގެ
މެދުގައި ހަމަޖައްސަން ވާރިޘުންކުރެ، ފިރިމީހާ، މއ. ސައިނާހިޔާ އިބްރާހީމް ޔޫސުފް ހުށަހެޅުމުން އެކޯޓުން
ބެއްލެވި ތަރިކައިގެ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ
މައްޗަށް ރިޢާޔަތްކޮށް ބެލުމުން، މއ. ސައިނާހިޔާ | މާލެ އާމިނަތު ސަމީނާ 17 ޖުލައި 2011 ގައި
ނިޔާވެފައިވާކަމާއި، މަރުހޫމާ ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ
މަރުޙޫމާގެ ފިރިމީހާ
ސައިނާހިޔާ | މާލެ، އިބްރާހީމް ޔޫސުފް (A025249) އާއި، އެއްބަނޑު އަޚެއް ކަމުގައިވާ އޮށްޓަރު
| މާލެ، މުޙައްމަދު ނިޒާރު (A052171) އާއި، އެއްބަނޑު އުޚުތެއް ކަމަށްވާ މއ. ސަލްވީނިޔާ | މާލެ،
ނަޖީބާ މޫސާ (A070063) އާއި، އެކުޖުމްލަ 03 (ތިނެއް) ވާރިޘުންކަން ހެކިންނާއި ވާރިޘުން ގެބަހުން
ސާބިތުވާކަމާއި،
.42
ދިވެހިރާއްޖޭ
T}
y
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/6]
މަރުޙޫމާގެ ތަރިކައިގައި ހިމެނިގެން މި މައްސަލާގައި ވާރިޘުންގެ މެދުގައި ބަހައި ހަމަޖައްސަން
ހުށަހެޅިފައިވަނީ މަރުޙޫމާ ހިމެނިގެން ރަޖިސްޓްރީ ކޮށްފައިވާ މއ. ސައިނާހިޔާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ
ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން މަރުޙޫމާއަށް ލިބިގެންވާ ބައިކަމަށްވުމާއި، މި ބުނެވިދިޔަ
ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވާރިޘުންގެ މެދުގައި ބަހަން ވާރިޘުން ބޭނުންވަނީ ތަރިކައިގެ އުޞޫލުން
ކަމަށްވުމާއި، މިގޮތުން އިބްރާހީމް ޔޫސުފަށް ލިބެނީ 2/4 (ހަތަރު ބައިކުޅަ ދެބައި) ކަމާއި، މުޙައްމަދު ނިޒާރުއާއި
ނަޖީބާ މޫސާއާއި ދެމީހުންކުރެ ކޮންމެ މީހަކަށް ލިބެނީ 1/4 (ހަތަރުބައިކުޅަ އެއްބައި ކަމާއި، މި ބުނެވިދިޔަ
ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން ވާރިޘުންކުރެ މުޙައްމަދު ނިޒާރުއަށް ލިބޭވައި، ނަޖީބާ މޫސާއަށް
ހަދިޔާކޮށްފައިވުމާއި، އެ ހަދިޔާ ނަޖީބާ މޫސާ ޤަބޫލުކޮށްފައިވުމުން، ނަޖީބާ މޫސާއަށް ލިބިގެންވާ މިންވަރަކީ 2/4
(ހަތަރުބައިކުޅަ ދެބައި ކަމާއި، މިގޮތުން މި ބުނެވިދިޔަ ބިމާއި އެ ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ
ބެހިގެންވަނީ އިބްރާހީމް ޔޫސުފް އާއި ނަޖީބާ މޫސާއާއި ދެމީހުންނަށް ހަމަހަމަކޮށް ކަމަށްވުމުން،
މަރުޙޫމާ ހިމެނިގެން ރަޖިސްޓްރީ ކޮށްފައިވާ ސައިނާހިޔާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ
ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން މަރްޙޫމާއަށް ލިބިގެންވާ ބައިގެ ބިން، ވާރިޘުންކުރެ
އިބްރާހީމް ޔޫސުފްއާއި ނަޖީބާ މޫސާއާއި ދެމީހުންނަށް ހަމަހަމައަށް ލިބި، އެ ބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ
މުދާ، އިބްރާހީމް ޔޫސުފްއާއި ނަޖީބް މޫސާއާއި ދެމީހުންނަށް ހަމަހަމަކޮށް މިލްކުވެގެންވާ ކަމަށް ކަނޑައަޅައި،
ޙުކުމްކޮށް.." މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
CCCX
އއ.
{
2) ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1934 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ށ. މާލެ / މއ. ސައިނާހިޔާ އިބްރާހީމް ޔޫސުފްގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް
ޤާނޫނެއް ނެހެދޭނެކަމަށާއި، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި މިބާބުގައި
ހއ 2 «0 ހ
ބަޔާން ކިނފިކެޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/6]
و مرد
އެންމެހައި ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފު
މަތިންކަމަށް ބަޔާންކޮށްފައިވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
453
sޑ
ނމ 2އ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1934 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
42
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ކަންހިނގާދިޔަގޮތަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
ސައިނާހިޔާ އާމިނަތު ސަމީނާ 17 ޖުލައި 2011 ގައި ނިޔާވެފައިވާކަމާއި، އާމިނަތު
ސަމީނާ ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ މަރުޙޫމާގެ ފިރިމީހާ ކ. މާލެ / މއ. ސައިނާހިޔާ،
އިބްރާހީމް ޔޫސުފް (A025249) އާއި، އެއްބަނޑު އަޚެއް ކަމުގައިވާ ކ. މާލެ | ގ.އޮށްޓަރު، މުޙައްމަދު ނިޒާރު
(A052171) އާއި، އެއްބަނޑު އުޚްތެއް ކަމަށްވާ މާލެ / މއ.ސަލްވީނިޔާ، ނަޖީބާ މޫސާ (A070063)
އާއި، އެކު ޖުމްލަ 3 (ތިނެއް) ވާރިޘުންކަމަށާއި، އާމިނަތު ސަމީނާގެ ދަރިއަކު ނުހުންނަކަމަށާއި، އާމިނަތު
ސަމީނާގެ އެއްބަފާ މީހަކުވެސް ނުހުންނަކަން ސިވިލް ކޯޓަށް ހުށަހެޅުނު ހެކިންނާއި ވާރިޘުންގެ ބަހުން
ސާބިތުވާކަމަށާއި، އަދި އާމިނަތު ސަމީނާގެ މައްޗަށް ދަރަންޏެއް އަދި ވަޞިއްޔަތެއްވެސް އޮތްކަން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން އެނގެން ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1934 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާކަމާއި،
އިސްވެ ބުނެވުނު ޤަޟިއްޔާގައި ވާރިޘުންގެ މެދުގައި ބަހައި ހަމަޖައްސަން ހުށަހަޅާފައިވަނީ
އާމިނަތު ސަމީނާގެ ތަރިކައިގައި ހިމެނިގެން ރަޖިސްޓްރީކޮށްފައިވާ ސައިނާހިޔާ އެވެ ކިޔާ ބަންޑާރަ
497
ވެއެވެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
5
2014/HC-A/6]
497.
ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން އާމިނަތު ސަމީނާއަށް ލިބިގެންވާ ބައިކަމާއި،
އާމިނަތު ސަމީނާއަށް ސައިނާހިޔާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެގޯތީގައިވާ އެންމެހައި
ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން މަރުޙޫމާ އާމިނަތު ސަމީނާއަށް ލިބިގެންވާ ބައިގެ 4/5 (ފަސްބައި ކުޅަ ހަތަރު
ބައި) ހެކިންގެ ޙާޟިރުގައި މަރުޙޫމާ އާމިނަތު ސަމީނާ، އޭނާގެ ފިރިމީހާ، އިބްރާހީމް ޔޫސުފަށް ހިބައިން
ދީފައިވާކަމަށް އިބްރާހީމް ޔޫސުފް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
ހެންނަމަވެސް، މި ހިބައަކީ ކޯޓުން ބޭރުގައި ދީފައިވާ ހިބައެއްކަމުން، މިއީ ޝަރީޢަތަށް
ބަލައިގަނެވޭނެ ހިބައެއްނޫންކަމަށް ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާކަމެވެ.
1934/Cv-C/2011
(ށ) ދެވަނަ ކަމަކީ، ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ
އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގެ (ހ) ގައި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން
އިސްލާމްދީނުގެ އަޞްލަކާ
ޚިލާފު ނުވާނޭ
ގޮތުގެމަތިން ކޮންމެ މީހަކަށް ލިބިގެންވާކަމަށް
ކަށަވަރުކޮށްދީފައިވާކަމާއި، އަދި މިއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ޤާނޫނަކުން
ކަމުގައި ބަޔާންކުރެވިފައިވާކަމާއި،
ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން ދިރިއުޅުމަށް
ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް އެ މާއްދާގައި ބަޔާންކުރެވިފައިވާ
ގޮތުގެމަތިން ހިބައިން ނުވަތަ ވަޞިއްޔަތުން ދެވިދާނެކަމަށާއި، އެ މާއްދާގެ (ހ) ގައި ހިބައިން ނުވަތަ
ވަޞިއްޔަތުން ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ދެވިދާނެ ފަރާތްތަކުގެ ތެރޭގައި، ހިބައިން ނުވަތަ
ވަޞިއްޔަތުން ދޭ މީހާގެ ފިރިމީހާ ހިމެނިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އިސްވެ ބުނެވުނު 17 ވަނަ މާއްދާގެ
އެހެން އަކުރުތަކުގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން
6 0 0
ތިން ބައެޓެސްޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/6]
އެ
ހިބައިން ނުވަތަ ވަޞިއްޔަތުން ދެވިދާނެ ޙާލަތްތަކާއި ނުދެވޭނެ
ޙާލަތްތައް
އަކުރުތަކުގައި
ބަޔާންކުރެވިފައިވާކަމާއި،
ޤާނޫނު ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ "ހިބައިން
]
ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގައި ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް
ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ގޯއްޗަކުން
ބައެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވިދާނެ ގޮތްތަކުގެ ތަފްޞީލު ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، ޤާނޫނު
ނަންބަރު 1/2002 (ބިމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައިވެސް ބަޔާންކުރެވިފައިވާ ފަދައިން، ހިބައިގެ
ނުވަތަ ވަޞިއްޔަތުގެ މުޢާމަލާތަކާ ގުޅިގެން އިޢުތިރާޟުކުރެވޭނެ ފަރާތްތަކާއި، އަދި އެފަދަ ފަރާތްތަކުގެ
އިޢުތިރާޟު ޤާނޫނީ ގޮތުން ޞައްޙަވާނެ ޙާލަތްފަދަ ކަންކަން ބަޔާންކުރެ
ބަޔާންކުރެވިފައިވާކަމާއި،
"ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި ދިރިއުޅުމަށް
ދޫކުރެވިފައިވާ ބަންޑާރަ ގޯއްޗެ
ގޯއްޗެއްގައިވާ ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް، ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ
ޢިމާރާތެއް ނުވަތަ ޢިމާރާތުން ބައެއް، ނުވަތަ އަމިއްލަ ގޯއްޗެއް ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް
ހުށަހަޅާނީ ކަމާބެހޭ ޝަރުޢީ ކޯޓަށްކަމަށް އެ މާއްދާގައި ސާފުކޮށް ބަޔާންކުރެވިފައިވާކަމާއި، އަދި އެ ޤަވާއިދުގެ
10 ވަނަ މާއްދާގައި ހިބައިން ދިނުމުގެ މައްސަލަތަކުގައި، ޞައްޙަ ހިބައަކުން މުދާ ލިބިއްޖެކަމަށް ޝަރީޢަތުން
ޙުކުމް ކުރުމުން ހިބައިން ލިބުނު ފަރާތަށް ބިން ރަޖިސްޓްރީކޮށް ދެވޭނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި
އިސްވެ ބުނެވުނު މާއްދާގައިވާ ފަދައިން ބިން ރަޖިސްޓްރީކުރުމަށް ކަމާބެހޭ ފަރާތަށް ހުށަހަޅަންޖެހޭ
ލިޔުންތަކުގެ ތެރޭގައި މައްސަލައިގެ ޝަރުޢީ ރިޕޯޓު ހިމެނޭކަން އެ ޤަވާޢިދުގެ 13 ވަނަ މާއްދާއަށް ބެލުމުން
އެޤީނެ،
ފާހަގަކުރެވެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1934 ޤަޟިއްޔާ އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އިބްރާހީމް ޔޫސުފްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ށ) ގައި
ވެހިރައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
1
2014/HC-A/6]
ދިވެހިރާއްޖޭގައި ސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެކަމަށާއި، ޤާނޫނުއަސާސީގެ 16
ވަނަ މާއްދާގެ (ހ) ގައި މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން ހިފެހެއްޓޭނީ
އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތެއްގެ މަތިންކަމަށް ބަޔާންކޮށްފައިވާއިރު، އެކަމަށް ރިޢާޔަތް
ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލި ފަނޑިޔާރުން ނަޒަރުކުރިއިރު،
ހިބައިން ނުވަތަ ވަޞިއްޔަތުން ކޯޓުގައި ރަޖިސްޓްރީކޮށްފައި ނޫން ގޮތަކަށް ނުދެވޭގޮތަށް އޮތުމަކީ
އިސްލާމީ ޝަރީޢަތާއި ފުށުއަރާކަމެއްކަމަށާއި، މުދާ ދިނުމާއި މުދާ ލިބިގަތުމަކީ އިސްލާމީ ޝަރީޢަތުގައި
މުޠާލަޤުކޮށް ދީފައިވާ ޙައްޤެއްކަމުގައިވާއިރު، އެ ޙައްޤު ޤައިދުނުކުރެވޭނެކަމަށާއި، އާޔަތުލް މުދާޔަނާ (ބަޤަރާ
ސޫރަތުގެ 282 ވަނަ އާޔަތް) ގައި ދެ ހެކިންގެ ބުރަދަން ސާފުކޮށް ބަޔާންކުރެވިފައިވާއިރު، އަދި ނިސާސޫރަތުގެ
12 ވަނަ އާޔަތުގައި ވަޞިއްޔަތް ކުރިއަށްނެރެ އޭގެ ފަހުން މުދާބެހުން އަންނާނެކަމަށް ބަޔާންކުރެވިފައިވާއިރު،
ހުށަހެޅިފައިމިވާ މައްސަލައަކީ ހެކިންގެ ހެކިބަހުން ސާބިތުވާ މުޢާމަލާތެއްކަމަށާއި، އެހެންކަމުން،"ހިބައިން ނުވަތަ
ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގައި ހިބައިގެ ނުވަތަ ވަޞިއްޔަތެއްގެ މުޢާމަލާތް ޝަރުޢީ ކޯޓެއް މެދުވެރިކޮށް
ކުރަން ލާޒިމްކުރުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފުކަމެއްކަމަށް އިބްރާހީމް ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
އިސްވެ ފާހަގަކުރެވުނު ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން، ޤާނޫނު ނަންބަރު 1/2002
(ބިމާބެހޭ ޤާނޫނު) އާއި އޭގެ ދަށުން ހެދިފައިވާ "ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާއިދު" އަށް
ބެލުމުން، ހިބައިން ދިނުމާއި ވަޞިއްޔަތުން ދިނުން އެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުގައި
ހުއްދަކުރާކަން ފާހަގަކުރެވޭކަމާއި، އަދި ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތް
ތަފްޞީލުކޮށް ލިޔެވިފައިވާކަން ފާހަގަކުރެވޭކަމާއި،
މީސްމީހުންގެ މުދަލަކީ ޙުރުމަތްތެރިވެގެން އެއްޗެއްކަމުގައި ވީހިނދު، މުދަލުން ކުރާ
.މަލާތްތަކުގައި އޮޅުވާލައިގެން ނުވަތަ ގަސްދުގައި ނުޙައްޤުން ބައެއްގެ ޙައްޤުތަކެއް ނިގުޅިގެންދިއުމުގެ
ޑ ވ ދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
8
2014/HC-A/6]
އިޙްތިމާލު ކުޑަކުރުމުގެ
ގޮތުން، ހިބަ އާއި ވަޞިއްޔަތުން ދިނުން ފަދަ މުޢާމަލާތް
ލާތްތަކަކީ ލިޔެކިއުމުން
އެނގެންހުންނަ، އޭގެ ޞައްޙަކަން ކަށަވަރުކުރެވި، ރައްކާކުރެވިފައި ހުންނާނެ މުޢާމަލާތްތަކެއްކަމަށް ހެދުމަށްޓަކައި
ލިޔެވިފައިވާ އުޞޫލުތަކާއި، އިޖުރާޢަތުތަކެއްގެ ތެރެއިން ހިބަ އާއި ވަޞިއްޔަތުން ދިނުން ފަދަ މުޢާމަލާތްތައް
އިންތިޒާމްކުރުމަކީ މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތަށްޓަކައި
ކުރެވިދާނެކަމެއްކަމާއި، އަދި އެފަދަ މުޢާމަލާތްތައް ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކުރުމުގައި، އެފަދަ ކޯޓަކުން އެ
މުޢާމަލާތަކީ ޞައްޙަ
މުޢާމަލާތެއްކަމަށް ކަށަވަރުކުރުމަށްޓަކައި ޝަކުލީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ
ކަންތައްތަކެއް ފުރިހަމަކުރުމަށްފަހު، އެފަދަ މުޢާމަލާތަކީ ޞައްޙަ މުޢާމަލާތެއްކަމަށް ކަނޑައަޅައިފިނަމަ، އެ
ނިންމި ނިންމުމަކީ، މުސްތަޤުބަލުގައިވެސް އެ ނިންމުމުގައި ހިމެނޭ މުދަލަކާއިމެދު ދެބަސްވެއްޖެ ހިނދެއްގައި
ރިޢާޔަތްކުރުމަށް އޮތް ހަރުދަނާ ދަލީލެއްކަމާއި،
އިސްލާމީ ޝަރީޢަތުން ލިބިދޭ ހިބަކުރުމާއި ވަޞިއްޔަތްކުރުމުގެ ޙައްޤަށް، ހިބަ އާއި
ވަޞިއްޔަތުން ދިނުމުގައި ޢަމަލު ކުރާނޭ އުޞޫލުތަކާއި އިޖުރާޢަތުތައް ކަނޑައަޅައި، އިންތިޒާމްކޮށް، އެކަންކަން
ތަންޒީމު ކުރާނެގޮތެއް އޮތުމަކީ އިސްލާމީ ޝަރީޢަތުގައި ނަހީކޮށްފައިވާ ކަމެއްކަން އެނގޭނެ ފަދަ އެއްވެސް
ދަލީލެއް އިބްރާހީމް ޔޫސުފްގެ ފަރާތުން ހުށަހަޅާފައިނުވާއިރު، އަދި މިގޮތަށް އިންތިޒާމް ކުރެވިފައިވަނީ
މީސްތަކުންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި
ކަމުގައި ވީހިނދު، އިސްލާމީ ޝަރީޢަތުން ލިބިދޭ ޙައްޤުތަކަށް އުނިކަމެއް ނާންނަގޮތަކަށް
ލިބިދިނުމުގައި އުޞޫލުތަކެއް ކަނޑައެޅި އިންތިޒާމްކުރެވިދާނެކަމާއި،
"ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި ހިބައިން ނުވަތަ
ވަޞިއްޔަތުން ދިނުމަށް ހުށަހަޅާނީ ޝަރުޢީ ކޯޓަށްކަމަށް ބަޔާންކޮށްފައި އޮތުމަކީ، އިސްލާމީ
ޝަރީޢަތުގައި ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް ލިބިދީފައިވާ ޙައްޤު ހިފެހެއްޓިގެންދާ ނުވަތަ
ޤައިދުކުރެވޭކަމެއްނޫންކަ
ފެކަމާއި، އެހެނީ، ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހެޅުމަކީ ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމުގެކުރިއަށް ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލެއްކަމާއި، އަދި އެގޮތަށް ނިޒާމްކުރުމަކީ އިސްލާމީ
ކަމަ@އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2014/HC-A/6]
ޝަރީޢަތުގައި ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް ލިބިދީފައިވާ ޙައްޤަށް އުނިކަމެއް އަންނަފަދަ ނުވަތަ އެ
ޙައްޤު ބޭނުންކުރުމަށް ހުރަސްއެޅޭފަދަ ކަމެއްކަމަށް ބެލެވެންއޮތްކަމެއް ނޫންކަމާއި،
34
އެހެންކަމުން، "ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގައި
ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހަޅަންޖެހޭނެކަމަށް އޮތް އޮތުމަކީ،
އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުކަމެއް ކަމަށް ސާބިތުކޮށްދެވޭވަރުގެ
އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް އިބްރާހީމް ޔޫސުފަށް ދެއްކިފައިނުވާކަމެވެ.
"1934/Cv-C/2011
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މަރްޙޫމާ އާމިނަތު ސަމީނާ ހިމެނިގެން ރަޖިސްޓްރީކޮށްފައިވާ
މއ.ސައިނާހިޔާ އެވެ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުން
މަރްޙޫމާ އާމިނަތު ސަމީނާއަށް ލިބިގެންވާ ބައިން 4/5 (ފަސްބައި ކުޅަ ހަތަރު ބައި) ހެކިންގެ ޙާޟިރުގައި
މަރުޙޫމާ އާމިނަތު ސަމީނާގެ ފިރިމީހާ، އިބްރާހީމް ޔޫސުފަށް، ހިބައިން ދީފައިވަނީ ކޯޓުން ބޭރުގައިކަމަށްވާތީ،
"ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައި، އިސްވެ
ބުނެވުނު ހިބަހަކީ ޝަރީޢަތުން ބަލައިގަނެވޭނެ ކިބައެއް ނޫންކަމަށް އެ ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ
ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މި މައްސަލަބެލި ފަނޑިޔާރަކަށް ނުފެނުނެވެ.
cec
2 4 8 2
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2014/HC-A/6]
ޙުކުމް
10
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1934 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
މާލެ / މއ.
ސައިނާހިޔާ އިބްރާހީމް ޔޫސުފްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި
ނުކުތާގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެ
.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv