ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/225 ޤަޟިއްޔާގެ ޙުކުމް
ރާއްޖޭގެ
1
2012/HC-A/225
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
A
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 225/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
ނަން: ގދ. ގައްދޫ ކައުންސިލް އިދާރާ
* އައިޑީ ކާޑު ނަންބަރު:
*
* ދާއިމީ އެޑްރެސް: ގދ. ގައްދޫ
މިހާރުގެ އެޑްރެސް: ގދ. ގައްދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މަރިޔަމް ސާބިރާ
އައިޑީ ކާޑުނަންބަރު: A132379
ދާއިމީ އެޑްރެސް: ތިބްރޯޒުގެ | ގދ. ގައްދޫ
މިހާރުގެ އެޑްރެސް: ބްލޫޕާލް
ގދ. ގައްދޫ
• ރަޖިސްޓްރީ ތާރީޚް: 17 ރަމަޝާން 1433
05 އޯގަސްޓް 2012
ނިމުނު ތާރީޚް: 10 ޛުލްޤަޢިދާ 1433
26 ސެޕްޓެމްބަރ 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު:ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު: 2011/Q4MC/83
ނިންމެވި ފަރާތް: ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ބަދަލުހޯދުން
ހުށަހެޅި ތާރީޚް: 26.09.2011
' ނިމުނު ތާރީޚް: 29.12.2011
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު އަޙްމަދު ޝަރީފު
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2012/HC-A/225
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83
ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ ގދ. ގައްދޫ ކައުންސިލް
އިދާރާގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ. ގައްދޫ ތިބްރޯޒުގެ މަރިޔަމް ސާބިރާ
އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފު ކުރެވޭ ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/Q4MC/83 ޤަޟިއްޔާގައި، ގދ. ގައްދޫ ތިބްރޯޒުގެމަރިޔަމް ސާބިރާ ގައްދޫ ކައުންސިލް އިދާރާގެ
މައްޗަށް ގައްދޫ ބްލޫޕާލް ގޯތީގެ ހުޅަނގު ފަރާތު އަތިރިމަތީ ބްލޫޕާލް ގޯއްޗާއި އިންވެ އިންދާ ހައްދާފައިވާ 08
ރުކާއި 01 ބަނބުކެޔޮގަހުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެދި ހުށަހަޅާގެން ބެލެވެމުންދާ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "..ގދ. ގައްދޫ ތިބުރޯޒުގެ މަރިޔަމް ސާބިރު ގައްދޫ
ކައުންސިލް އިދާރާގެ މައްޗަށް ގައްދޫ ބްލޫޕާލް ގޯތީގެ ހުޅަނގު ފަރާތު އަތިރިމަތީ ބްލޫޕާލް ގޯއްޗާއި އިންވެ
އިންދާ ހައްދާފައިވާ 08 ރުކާއި 01 ބަނބުކެޔޮގަހުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެދި ހުށަހެޅުމުން އެ 08
ރުކާއި 01 ބަނބުކެޔޮގަހަކީ މަރިޔަމް ސާބިރާގެ އަމިއްލަ މަސައްކަތުން އިންދާ ހައްދާފައިވާ އަމިއްލަ
މިލްކު ރުއްގަސްކަން މިމައްސަލައަށް ހެކިބަސްދީފައިވާ ހެކީންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީއާއި
އެރުއްގަސްތައް ސާފުކޮށް ބެލެހެއްޓުމާއި އެރުއްގަސްތަކުން އަޅައި ކެއުމުގެ އެއްމެހާ ބާރެއް ލިބިގެންވަނީ މަރިޔަމް
ސާބިރާއަށް ކަމަށާއި ނަމަވެސް މިރުއްތައް ހުރިބިން ސަރުކާރުގެ ބޭނުމަކަށް ނުވަތަ އަމިއްލަ ފަރާތެއް
ދިރިއުޅުމަށް ދޫކޮށްފިނަމަ އެއްވެސް ބަދަލެއްނެތި މިރުއްތައް ކަނޑާލުމުގެ ބާރު އެފަރާތްތަކަށް ލިބިގެންވާކަމަށް
ކަނޑައަޅައި.." ޙުކުމްކޮށްކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
6 24
ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83
ޤަޟިއްޔާ،
ސިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގދ. ގައްދޫ ކައުންސިލް
އިދާރާގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ފާހަގަކުރި މައިގަނޑު ނުކުތާއަކީ،
2 22,
ޙުކުމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/225
ކުރެއްވުމުގައި ޤާނޫނު ނަމްބަރު 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ،
3 ވަނަ މާއްދާގެ (ހ) އަދި (ށ)، 4 ވަނަ މާއްދާ، 5 ވަނަ މާއްދާގެ (ހ)، (ނ)، (ނ)، އަދި 6 ވަނަ
މާއްދާއަށް ފުރިހަމައަށް ރިޢާޔަތް ނުކުރައްވާކަމަށް ބުނެ ހުށަހެޅި
ންކުeއވެ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، މަރިޔަމް ސާބިރާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގައްދޫ، ބްލޫޕާލް
ގޯތީގެ ހުޅަނގު ފަރާތުގައި އަތިރިމަތީގައި ދެބަރިއަކަށް 08 ރުކާއި 01 ބަނބުކެޔޮގަސް އިންދާ ހައްދާފައިވަނީ
މަރިޔަމް ސާބިރާކަމަށް މަރިޔަމް ސާއިރާ ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/Q4MC/83 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އަދި އިސްވެ
ބުނެވުނު ތަނުގައި މަރިޔަމް ސާބި އެ ރުއްގަސްތައް އިންދި ބްލޫޕާލް ގޯއްޗަކީ މަރިޔަމް ސާބިރާއަށް ކުރިން
ލިބުނު ގޯތީގެ ބަދަލުގައި ލިބިފައިވާ ގޯއްޗެއްކަމުން، ބްލޫޕީލް ގޯއްޗަކީ ކުރިން ލިބުނު ގޯތީގެ މިނާއި އެއްވަރުގެ
ގޯއްޗެއްކަމަށް ދެކިގެންކަމަށް މަރިޔަމް ސާއިރާ ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާގައި، މަރިޔަމް ސާބިރާ ރުއްގަސްތައް
އިންދާ ހައްދާފައިވަނީ 1992 ގެ ފަހުން ކަމަށާއި، އަދި އެ ރުއްގަސްތަކަކީ އެއްވެސް އޮފީހެއްގެ ހުއްދަ
ހޯދައިގެން އިންދި ރުއްގަސްތަކެއް ނޫންކަމަށް މަރިޔަމް ސާއިރާ ބުނެފައިވާކަން ފާހަގަކުރައްވާފައިވާކަމާއި،
އިސްވެ ބުނެވުނު ގަސްތަކުގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކައި މަރިޔަމް ސާބިރާގެ ފަރާތުން
ހުށަހެޅި ދެހެކިންގެ ތެރެއިން ގދ. ގައްދޫ ޗިޗަންޑާގެ މުޙައްމަދު މުޚްތާރު 29 ޑިސެމްބަރ 2011 ގައި
ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި އެ ރުއްގަސްތައް އިންދިތާ 4 ނުވަތަ 5 ވަރަކަށް އަހަރު ވެދާނެކަމަށް
ބުނެފައިވާކަން ފާހަގަކުރެވޭ
ރފާކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2012/HC-A/225
04 793
ورک تر
8
ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 21/98 (މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު)
އައުމުގެ ކުރިން ޢަމަލުކުރަމުން ދިޔައީ ޤާނޫނު ނަންބަރު 5/92 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ
ރަށްރަށުގައި ރުއްގަސް އިންދުމުގެ ޤާނޫނު) އަށްކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު 5/92 ގެ 1 ވަނަ މާއްދާގައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި
ދިރިއުޅުމަށްޓަކައި ދޭ ގޯތި ފިޔަވައި އެހެން ތަންތާގައި ރުއްގަސް އިންދަންވާނީ، މިނިސްޓްރީ އޮފް އެޓޮލްސް
އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާ ގޮތެއްގެ މަތިން ރަށު އޮފީހުން ލިޔުމަކުން ހުއްދަ ހޯދުމަށްފަހު އެ އޮފީހުން
ކަނޑައަޅައި ދައްކާ ތަނެއްގައިކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ ބުނެވުނު ޤާނޫނަށް ފަހު އަމަލުކުރަމުން އައި ޤާނޫނު ނަންބަރު 21/98 އަށް ރިޢާޔަތް
ކުރާއިރުގައިވެސް، ބުނެވުނު ޤާނޫނުގެ 2 ވަނަ މާއްދާގައި ދިރިއުޅުމަށް ދޫކުރާ ގޯތި ގޯއްޗާއި، ވަޤުފު ބިންތަކާއި،
އެކިއެކި ބޭނުމަށް އެކި ފަރާތްފަރާތާ ޙަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް އިންދަންވާނީ
މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާ ގޮތެއްގެ މަތިން ރަށު އޮފީހުގެ ހުއްދަ
ހޯދުމަށްފަހު، އެ އޮފީހުން ކަނޑައަޅައި ދައްކާ ތަނެއްގައިކަމަށް ބަޔާންކުރެވިފައިވާކަމާއި،
ޤާނޫނު ނަންބަރު 21/98 އަށް ޢަމަލުކުރަން ފަށާއިރު، މީހުންއުޅޭ ރަށްރަށުގައި އެރަށެއްގެ
ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ހުންނަ ރުއްގަހާއި، އެޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މިނިސްޓްރީ އޮފް
އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެމަތިން އެއަތޮޅެއްގެ އަތޮޅު އޮފީހުން ހަމަޖައްސާ
ތަންތާނގައި، އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި އިންދާ ހައްދާ ރުއްގަހާއި، އެރަށެއްގައި ހުންނަ
މީސްމީހުންގެ އަމިއްލަ ރުއްގަސް ފިޔަވައި އެރަށެއްގައި ހެދޭ އެންމެހާ ރުއްގަހަކީ، އެރަށެއްގެ ރައްޔިތުންގެ
ރުއްގަސްކަމަށް ޤާނޫނު ނަންބަރު 21/9 ގެ 3 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާކަމާއި،
އަދި، އިސްވެ ބަޔާންކުރެވުނު 3 ވަނަ މާއްދާގެ (ށ) ގެ ތެރޭގައި ހިމެނޭނީ ހަމައެކަނި،
މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ
ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތަނުގައާއި، މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނަށް ޢަމަލުކުރަން
ފެށުމަށްފަހު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެމަތިން އެއަތޮޅެއްގެ އަތޮޅު
އޮފީހުން ހަމަޖައްސާ ތަންތާނގައި، އެއްވެސް މީހެއްގެ މަސައްކަތަކާ ނުލާ އޭގެ އަމިއްލަ ޒާތުގައި ހެދި ބޮޑުވާ
ރުއްގަސް އެކަނި ނޫންކަމާއި، އެފަދަ ތަންތާނގައި އެކިފަރާތްތަކުން އިންދާ ހައްދާ ރުއްގަސްވެސް އެމާއްދާގެ
ހިމެނޭނެކަމަށް މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
8.
4ވ
2012/HC-A/227
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
5
2012/HC-A/225
ތ 8
އެރަށް އެގެ
ޤަޟިއްޔާގައިވެސް ވަނީ ކަނޑައަޅުއްވާފައިކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން އެފަދަ ރުއްގަސްވެސް ވާނީ
ރައްޔިތުންގެ ރުއްގަހަށްކަން އެނގޭކަމާއި،
މިގޮތުން ބަލާއިރު، އިސްވެ ފާހަގަކުރެވުނު ފަދައިން، ގދ. ގައްދޫ ބްލޫޕާލް ގޯތީގެ ހުޅަނގު
ފަރާތުގައި އަތިރިމަތީގައި ދެބަރިއަކަށް 08 ރުކާއި 01 ބަނބުކެޔޮގަސް އިންދާ ހައްދާފައިވަނީ މަރިޔަމް
ސާބިރާއަށް ދޫކުރެވިފައިވާ ގޯތީގެ އިމުގެ ބޭރުންކަމަށްވީ ހިނދު، އަދި އެ ރުއްގަސްތައް އިންދީ 1994
ގައިކަމަށް މަރިޔަމް ސާބިރާ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް، އިސްވެ ބުނެވުނު ރުއްގަސްތައް 1994 ގައި
ޢަމަލުކުރަމުން ދިޔަ ޤާނޫނު ނަންބަރު 5/92 ގެ ދަށުންވެސް، އަދި އޭގެ ފަހުން ޢަމަލުކުރަން ފެށި ޤާނޫނު
ނަންބަރު 21/98 ގެ ދަށުންވެސް، އެ ރުއްގަސްތަކަކީ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން
ކަނޑައަޅާ ގޮތެއްގެމަތިން އެއަތޮޅެއްގެ އަތޮޅު އޮފީހުން ހަމަޖައްސާފައިވާ ތަނެއްގައި އެފަރާތުގެ ހުއްދައާއެކު
މަރިޔަމް ޞާބިރާ އިންދާ ހައްދާފައިވާ ރުއްގަސްކަމަށް ނުވާއިރު، އެ ރުއްގަސްތަކުގެ މިލްކުވެރިއަކީ މަރިޔަމް
ސާބިރާކަމަށް ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލިހަށް ޤަބޫލުކުރެވެއެވެ.
ދެންފަހެ، އިސްފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ކުރެވުނު ކަންކަން ބަޔާންކުރެވުނު
ޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83 ޤަޟިއްޔާގައި
ގދ. ގައްދޫ ތިބުރޯޒުގެ މަރިޔަމް ޞާބިރާ ގައްދޫ ބްލޫޕާލް ގޯތީގެ ހުޅަނގު ފަރާތު އަތިރިމަތީ ބްލޫޕާލް ގޯއްޗާއި
އިންވެ އިންދާ ހައްދާފައިވާ 08 ރުކާއި 01 ބަނބުކެޔޮގަހަކީ މަރިޔަމް ސާބިރާގެ އަމިއްލަ މަސައްކަތުން އިންދާ
ހައްދާފައިވާ އޭނާގެ އަމިއްލަ މިލްކު ރުއްގަސްކަން މިމައްސަލައަށް ހެކިބަސްދީފައިވާ ހެކީންގެ ހެކިބަހުން
ޝަރީޢަތަށް ސާބިތުވާކަމަށް ވިދާޅުވެ، އެރުއްގަސްތައް ސާފުކޮށް ބެލެހެއްޓުމާއި އެރުއްގަސްތަކުން އަޅައި ކެއުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
،ދިވެހިރާއްޖެ
6
2012/HC-A/225
އެންމެހާ ބާރެއް ލިބިގެންވަނީ މަރިޔަމް ސާބިރާއަށްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް
މި މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/83 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް ބާޠިލުކޮށް، މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv