ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/44 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 44/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް: ދައުލަތް ( އެޓަރނީ ޖެނެރަލްގެ އޮފީސް)
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އަޙްމަދު އަލްޠާފް
* ދާއިމީ އެޑްރެސް:
ރިވަރނައިލް ކ. މާލެ
އައިޑެންޓިޓީ ކާޑް ނަންބަރު: A040863 * މިހާރުގެ އެޑްރެސް: ފ.ރިވަރނައިލް ކ. މާލެ
**
ހުށަހެޅުނު ތާރީޚް: 23 ފެބުރުއަރީ 2014
ތާރީޚް: 25
ސްޓް 2016
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1907
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ބާޠިލުކޮށްދިނުން އެދި
ހުށަހެޅުނުތާރީޚް: 15 ނޮވެމްބަރު
މެބަރު 2012
ނިމުނު ތާރީޚް: 30 ސެޕްޓެމްބަރު 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އްޖޭގެ
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
00ހ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/44
598
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު:2012/Cv
-
C/1907 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ދައުލަތް (އެޓަރނީ ޖެނެރަލްގެއޮފީސް) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާ އެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާޕީ ދަޢުވާ ރައްދުވަނީ ކ. މާލެ/ ގ. ރިވަރނައިލް އަޙްމަދު އަލްޠާފުއަށެވެ.
:415ވ
43
ނެޝަނަލް ޑިފެންސް ފޯސްގެ ވަޒީފާގައި 1997 އިން ފެށިގެން ޚިދުމަތްކުރަމުން އަންނަނިކޮށް ވަޒީފާއިން
ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއްނެތި ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، އަޙްމަދު އަލްޠާފް
ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާޠިލްކޮށް ދިނުމަށާއި، ވަޒީފާ އަލުން ލިބިގަތުމަށް އެދި މިނިސްޓްރީ
އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ރިވަރނައިލް
އަޙްމަދު އަލްޠާފް (ދ.ރ.ކާޑް: A040863) ގެ
ފަރާތުން
ދަޢުވާކޮށް
ހުށަހެޅުމުން ބައްލަވާއިފާ
ޤަޟިއްޔާއެއްކަން އެނގޭކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް
ރިޢާޔަތްކޮށް، އަޙްމަދު އަލްޠާފް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ވަޒީފާގައި 1997 އިން ފެށިގެން
ޚިދުމަތްކުރަމުން އަންނަނިކޮށް ވަޒީފާއިން ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއްނެތި ޤާނޫނާ ޚިލާފަށް ވަޒީފާއިން
2011 ނޮވެމްބަރ 17 ވަނަ ދުވަހު ވަކިކޮށްފައިވާތީ، އަޙްމަދު އަލްޠާފް ވަޒީފާއިން ވަކިކުރަން ނިންމި
ނިންމުން ބާޠިލްކޮށްދިނުމަށާއި، ވަޒީފާ އަލުން ލިބިގަތުމަށްއެދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް
ސެކިއުރިޓީއަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ގ. ރިވަރނައިލް އަޙްމަދު އަލްޠާފް (ދ.ރ.ކާޑް:
A040863) ހުށަހެޅި މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރެވިފައިވަނީ އެފަރާތަކީ ސިފައިންގެ ކޮމިޝަން އޮފިސަރަކަށްވެހުރެ
އޭނާއަށްވުރެ އެތައް ރޭންކެއް ދަށް ސިފައިންގެ މީހެއް ގާތު ކަމަކު އެދިފައިވާތީ، އެކަމަކީ ސިފައިންގެ ވެރިންގެ
ދިވެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
COCOU
26
އި
COOX
އެންޑް
އިތުބާރާއި ޤަދަރާއި ޢިއްޒަތް ސިފައިންގެ ޖޫނިއަރ ރޭންކްތަކުގެ ސިފައިންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓި
ވެރިން ކުރާ އަމުރުތަކަށް ޖޫނިއަރ ސިފައިން ކިޔަމަންތެރިކަން އަދާކުރުން ފަސްޖެހިގެންދިއުން އެކަށީގެންވާފަދަ
ކަމެއް ކަމުގައިވާތީކަމަށް ދައުލަތުން ބުނިނަމަވެސް، ދަޢުވާކުރާ ފަރާތުން އޭނާއަށްވުރެ ދަށް ރޭންކެއްގެ
ސިފައިންގެ މީހެއް ގާތު އެދުނުކަމަށް ދައުލަތުން ބުނާ ކަމަކީ އަދި އޭގެ ފަހުން ހިނގާފައިވާކަމަށް ދައުލަތުން
ބަޔާންކޮށްފައިވާ ކަންކަމުގެ ނަތީޖާއަކަށްވެގެންދަނީ ކޯސްޓްގާޑް ޑައިވިންގ ސެލްވޭޖް އެންޑް އެންވަޔަރަމެންޓަލް
ޕްރޮޓެކްޝަން ޔުނިޓްގެ މެރިނަރ 320 ކޮމްޕްރެސަރ ފައިނަލް ސްޓޭޖް ވޭލްވް ގެއްލުންކަމާއި، އަދި އެ ވޭލްވް
ގެއްލުމުގެ ކުރިން އެ ވޭލްވް ދަޢުވާކުރާ ފަރާތުގެ އަތުގައި އޮތް ބައު ވޭލްމް އަކާއި ބަދަލުކޮށްދިނުމަށް
ދަޢުވާކުރާ ފަރާތުން އެހެން ސިފައިންގެ މީހެއް ގާތު އެދިފައިވުމާއި، އޭގެ ފަހުން އެ ވޭލްޑް ކައިރީގައި
ބަދަލުކުރުމަށް ބޭނުންވާނެ ސާމާނާއެކު
ސާމާނާއެކު ދަޢުވާކުރާ ފަރާތް ރޭގަނޑު ގަޑިއެއްގައި ފެނިފައިވުމާއި، އޭގެ ފަހުން
އެ ކޮމްޕްރެސަރގައި އަޅުވާފައި އިން ވޭލްވް ކުރިއަށްވުރެ ބައު އެއްޗެއްގެ ގޮތުގައި ފާހަގަވެފައިވާކަމަށް
ދައުލަތުން ބުނާއިރު، މިހުރިހާ ކަންކަމެއް އަމާޒުވަނީ ކޯސްޓްގާޑް ޑައިވިންގ ސެލްވޭޖް
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން ޔުނިޓްގެ މެރިނަރ 320 ކޮމްޕްރެސަރ ފައިނަލް ސްޓޭޖް ވޭލްވް ދަޢުވާކުރާ
ފަރާތުން ވަގަށް ނަގާފައިވާކަމުގެ މައްޗަށް އުފެދުނު ތުހުމަތެއްގެ މައްޗަށްކަމުގައިވާއިރު، މޯލްޑިވްސް ނޭޝަނަލް
ޑިފެންސް ފޯސް އިން ތަޙްޤީޤްކޮށްފައިވަނީވެސް މިމޭރުމުން މިމައްސަލަކަން ހުށަހެޅިފައިވާ ލިޔެކިޔުމަށް ބެލުމުން
އެނގެން އޮންނައިރު، ދަޢުވާކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނީ ޖިނާއީ ކުށުގެ ތުހުމަތެއްކަން އެނގެން
އޮންނަހިނދު،
އަޙްމަދު އަލްޠާފް ހުށަހަޅާފައިވާ މިމައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ކުރިޔަށްދަނިކޮށް، އަޙްމަދު
އަލްޠާފު ހުށަހަޅާފައިމިވާ ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރުމާގުޅޭގޮތުން މުހިންމު އުޞޫލުތަކެއް
އެކަށައަޅާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:35/SC
-
C/2012 ޤަޟިއްޔާގައި އެކޯޓުން ނިންމެވި
ނިންމުން ވުޖޫދުވެފައިވުމުން، އެނިންމުމުގައި ބުނާ ކަންކަމަކީ އަޙްމަދު އަލްޠާފްގެ މައްސަލައިގައި ތަޠުބީޤް
ރެވެންޖެހޭ ކަންކަންތޯ ޝަރީޢަތުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:35/SC
-
C/2012
ޤަޟިއްޔާގައި އެކޯޓުން ޤާއިމުކުރައްވާފައިވާ އުޞޫލުތައް އެބަޔެއްގެ
މައްޗަށް ތަޠްބީޤްކުރުން
އިސްތިސްނާވާނޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 124/HC
-
A/2011 ޤަޟިއްޔާގައި ކަނޑައެޅުނު
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
ފަރާތްތަކުގެ ތެރޭގައި އަޙްމަދު އަލްޠާފްގެ ޙާލަތުގައި ހުރި ފަރާތްތައް ނުހިމެނޭކަން އެނގެންއޮތުމުން،
އެނިންމުން މިމައްސަލައަށް ތަޠްބީޤްކުރާއިރު،
އަޙްމަދު އަލްޠާފް މޯލްޑިވްސް ނޭޝަލް ޑިފެންސް ފޯސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އަޙްމަދު
އަލްޠާފްގެ މައްޗަށް ތުހުމަތުކުރެވުނު ޖިނާއީ ތުހުމަތުގެ ޢަމަލާއި ގުޅިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން
ތަޙްޤީޤްކުރުމާއި ކަންކަން ކުރިއަށްގޮސް އެމަރުޙަލާތައް ނިމި ގޮތެއް ކަނޑައެޅުމުގެ ކުރިންކަން އެނގެން
އޮވެފައި، އަޙްމަދު އަލްޠާފްގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ޖިނާއީ ތުހުމަތަކަށްވެފައި، އެޢަމަލުގެ މައްޗަށް
މޯލްޑިވްސް ނޭޝަލް ޑިފެންސް ފޯސްއިން ތަޙްޤީޤްކުރި ހިނދު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން
ފުރިހަމަވާންޖެހޭ މަރުޙަލާތައް ފުރިހަމަވުމުގެ ކުރިން އަޙްމަދު އަލްޠާފް އަދާކުރަމުންދިޔަ މޯލްޑިވްސް ނޭޝަނަލް
ޑިފެންސް ފޯސްގެ ވަޒީފާއިން އޭނަ ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:-SC/2012
35/Cޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ފަދައިން ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކަށް ނިސްބަތްކުރެވޭ ކުށުގެ
ޢަމަލު ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ބަލައި ތަޙްޤީޤްކުރުމާއި ޖިނާއީ ކުށް ޘާބިތުކުރާ
އުޞޫލުތަކާއި މިންގަނޑުތައްނޫން އެހެން މިންގަނޑަކުން ޘާބިތުކުރުންކަމުގައި ވާނޭކަމާއި، އަދި އެގޮތުން އެއީ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 50 ވަނަ މާއްދާއާއި 51 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ
ޙައްޤުތައްފަދަ އިންޞާފުވެރި ޝަރީޢަތެއްގެ ގެރެންޓީތަކާ ޚިލާފުވާނެ ކަންތައްތަކެއްކަމުގައި ވެގެންދާނެކަމާއި،
އަދި ހަމައެހެންމެ މުއްތަހަމުގެ މައްޗަށް އެއްވެސް ބާވަތެއްގެ އަދަބަކަށް ވާނޭ ފިޔަވަޅެއް ޖިނާއީ ނިޒާމުންނޫން
ނިޒާމެއްގެ ތެރެއިން ނަމަވެސް ދެވިއްޖެނަމަ އެމުއްތަހަމުގެ މައްޗަށް ހަމަ އެޢަމަލާގުޅިގެން
ޝަރީޢަތްކުރުމާއި އަދަބުދިނުން ހުއްދަ ނުވާނޭކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު:
35/SC
-
C/2012 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާއިރު، އަޙްމަދު އަލްޠާފްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލާއި ގުޅުވައިގެން ޖިނާއީ ޢަދުލުގެ ނިޒާމުގެ ބޭރުން މޯލްޑިވްސް ނޭޝަލް
ޑިފެންސް ފޯސްގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުން ޑަބަލް ޖެޕަޑީގެ
މަފްޙޫމުގެ ތެރެއަށް ވަދެގެންދާނޭ ކަމެއްކަމުގައި ބަލަންޖެހޭހިނދު، އަޙްމަދު އަލްޠާފްގެ މައްޗަށް ތުހުމަތު
ކުރެވިފައިވާ ކުށުގެ ޢަމަލު މަދަނީ މިންގަނޑުން ޘާބިތުވާކަމަށް ކަނޑައަޅައި، އެޢަމަލުގެ މައްޗަށްދެވޭ
A0
ދިވެހިރާއްޖޭގެ
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/44
4 2
އަދަބަކަށްވާގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަޙްމަދު އަލްޠާފް ހުރި ވަޒީފާއިން
ވަކިކުރުމަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން
ކަނޑައަޅުއްވާފައިވާ ފަދައިން މުއްތަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ އިޖުރާއާތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ
ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި އެހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާއީ ތަޙްޤީޤްކުރުމާއި
ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަކަށް ބުރޫއަރާނެކަމާއި ތައުދީބީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ
ތެރެއިން ހަމަ އެ ޢަމަލު އެމުއްތަހަމުގެ މައްޗަށް ތަޙްޤީޤްކޮށް އެ ޢަމަލު ހިންގާފައިވާކަމަށް ކަނޑައެޅުމަށްޓަކައި
ޘާބިތުކުރުމުގެ މިންގަނޑެއް ކަނޑައެޅުންފަދަ އިޖުރާއާތުތަކަކީ ޤާނޫނުއަސާސީގައި ޖިނާއީ ތަޙްޤީޤްކުރުމާއި
ޖިނާއީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާއި ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ
މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާ ތަޢާރުޟްވާ ކަންތައްތަކެއްކަމުގައި ވެގެންދާނޭ ކަމެއްކަމުގައި ބަލަންޖެހޭތީ،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ނިންމަވައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއުޞޫލުތައް މިމައްސަލައަށް ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާއާއި
ބަޔާންވެދިޔަ އެންމެހާ ކަންކަން އެގޮތުގައި ހުރުމުން އަޙްމަދު އަލްޠާފް މޯލްޑިވްސް ނޭޝަނަލް ޑިފެންސް
ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމަކީ ބާޠިލް ވަކިކުރުމެއްކަމުގައި ކަނޑައަޅައި،
2011 ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އަޙްމަދު އަލްޠާފް ވަޒީފާއިން ވަކިވެފައިވާކަމަށް
ނުބެލުމަށާއި، މިއަދު 2013 ސެޕްޓެމްބަރު 30 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި
އަޙްމަދު އަލްޠާފް މޯލްޑިވްސް ނޭޝަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާއާއި އެއްވަރެއްގެ ވަޒީފާއެއް
އަޙްމަދު އަލްފަށް ދިނުމަށާއި، 2011 ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އަޙްމަދު އަލްޠާފްގެ ވަޒީފާ
އަނބުރާ ދިނުމާ ހަމައަށް އަޙްމަދު އަލްޠާފަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް މިއަދު، 2013 ސެޕްޓެމްބަރ
30 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އަޙްމަދު އަލްޠާފަށް ރައްދުކުރުމަށާއި، ޚިދުމަތް
މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތު ތެރޭގައި ގުނުމަށާއި މަޤާމުގެ ކުރިއެރުން ލިބުމުގައި
ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް
ސެކިއުރިޓީއަށް އަންގައި، ޙުކުމްކޮށްފީމެވެ. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/44
02- ސިވިލް ކޯޓުގެ ނަންބަރު: 2012/Cv
-
C/1907 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފުވާ ކަމަށްބުނެ، ދައުލަތުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
05 (ފަހެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެތެރެއިން:
ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގައި އަޙްމަދު އަލްޠާފުގެ ފަރާތުން އެދިފައި ނެތް ކަންތައްތަކަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
47/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1907 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު
124/HC
-
A/2011 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުޞޫލުގެ ދަށުން އަޙްމަދު އަލްޠާފްއަކީ ވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
124/HC
-
A/2011 ޤަޟިއްޔާގައި ބުނާ އިސްތިސްނާ ޙާލަތުގައިވާ މީހެއްކަން އެންގެން އޮތް ހިނދު،
އެކަމަށް ރިޢާޔަތް ނުކުރައްވައި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާ އިން ބެއްލެވި
މައްސަލައިގެ ޙުކުމް ކުރެއްވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއިން
ބެއްލެވި މައްސަލައާއި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގެ
ހުރި ތަފާތަކީ ކޮބައިކަން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1907 ޤަޟިއްޔާގައި .ކުރެއްވިއިރު،
މައްސަލަ ބެއްލެވި ޤާޟީ ރިޢާޔަތްކުރައްވާފައިނެތް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ޖިނާއީ ކުށުގެ ތުހުމަތުކުރެވޭ މުވައްޒަފަކު، އެމުވައްޒަފަކު ތަބާވާންޖެހޭ ވަޒީފާގެ
އުޞޫލުތަކަކާ ޚިލާފުވެގެން، އެޚިލާފުވާ ކަމަކާ ގުޅިގެން އިދާރީ ފިޔަވަޅެއް އެޅުމަކީ، އެއީ އެއްކުށަކަށް
ދެފަހަރަށް އަދަބު ދިނުން ނުވަތަ ”ޑަބަލް ޖެޕަރޑީ“ އެއް ނޫން ކަމަށްވީ ނަމަވެސް، ދައުލަތުން ފާހަގަކޮށްފައިވާ
ކަންކަމަށް ރިޢާޔަތްކުރުމެއްނެތި ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާއިން ބެއްލެވި
މައްސަލައިގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއިން
cu o
ޙުކުމްކުރި
20
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
ކަނޑައަޅުއްވާފައިވާ
އުޞޫލުތައް ތަޠުބީޤް ކުރެއްވި ނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1907 ޤަޟިއްޔާގައި ޙުކުމް ކުރެއްވިއިރު، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު
35/SC-C/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ގޮތަށް ”ޖުޑީޝަލް ރިވިއު“ އެއްގެ ގޮތުގައި ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާއިން ބެއްލެވި މައްސަލަ ބައްލަވާފައި ނެތުން ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
03- މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1907 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު،
މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފ.ރިވަރނައިލް އަޙްމަދު އަލްޠާފުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު
2012/Cv
-
C/1907 ޤަޟިއްޔާގެ ދަށުން ބައްލަވާފައިވާ މައްސަލައަކީ، އަޙްމަދު އަލްޠާފް މޯލްޑިވްސް
ނެޝަނަލް ޑިފެންސް ފޯސްގެ ވަޒީފާގައި 1997 އިން ފެށިގެން ޚިދުމަތްކުރަމުން އަންނަނިކޮށް ވަޒީފާއިން
ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއްނެތި ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާކަމަށް ބުނެ، އަޙްމަދު
އަލްޠާފް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާޠިލްކޮށްދިނުމަށާއި، ވަޒީފާ އަލުން ލިބިގަތުމަށް އެދި
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް
ދަޢުވާކޮށްފައިވާއިރު؟
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައި ވަޒީފާއަށް ފިލައިގެން
ނުވަތަ އަޚްލާޤީ މައްސަލައެއް ދިމާވެގެން ނުވަތަ ކުށެއް ކޮށްގެން ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ
ޚިލާފުވެގެން އެމީހަކު ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވާކަމަށާއި،
އަޙްމަދު އަލްޠާފް ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެފަރާތަކީ، ސިފައިންގެ ކޮމިޝަން
އޮފިސަރަކަށްވެހުރެ އޭނާއަށްވުރެ އެތައް ރޭންކެއް ސިފައިންގެ މީހެއްކަމަށްވާ ލާންސް ކޯޕްރަލް އަޙްމަދު
OCC
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-A/44
404
ޢަބްދުﷲ ގާތުގައި ކޯސްޓްގާޑްގެ ޑައިވިންގ ޔުނިޓްގައިހުރި ކޮމްޕްރެސަރގެ ވޭލްވަކާއި އަޙްމަދު އަލްޠާފްގެ
އަތުގައިއޮތް އަމިއްލަ ބައު ވޭލްޑް ބަދަލުކޮށްދިނުމަށް އެދިފައިވާކަމަށް އަޙްމަދު ޢަބްދުﷲގެ ބަޔާނުންނާއި
އަޙްމަދު އަލްޠާފްގެ އަމިއްލަ އިޢުތިރާފުން އެކަން ކޮށްދިނުމަށް އެދުނުކަން ޘާބިތުވާން އޮތުމާއި، ރޭގަނޑު
ދަންގަޑީގައި ޑައިވިންގ ޔުނިޓުގައި ޑައިވިންގ މެރިނަރ 320 ކޮމްޕްރެސަރ ކައިރީގައި ރެންޗަކާއި އެލަންކީ
ސެޓެއް ހިފައިގެން އަޙްމަދު އަލްޠާފް ޙަރަކާތްތެރިވެފައިވާކަން އަޙްމަދު ޢަބްދުﷲގެ ބަޔާނުން އެނގެން
އޮތަތީއާއި، އަޙްމަދު އަލްޠާފްގެ މައްޗަށް ކުރެވުނު ތުހުމަތުން ބަރީއަވުމަށް އެވޭލްވްގެ އަގުގެ ބަދަލު ދިނުމަށް
އަޙްމަދު އަލްޠާފް އެއްބަސްވުމުން އެއީވެސް އަޙްމަދު އަލްޠާފްއާ ދެކޮޅަށް ލިބިފައިވާ ޤަރީނާއެއް ކަމުގައިވާތީވެ
އެކަމުގެ ސަބަބުން އަޙްމަދު އަލްޠާފްގެ އެޢަމަލަކީ ސިފައިންގެ ވެރިންގެ އިތުބާރާއި ޤަދަރާއި ޢިއްޒަތް
ސިފައިންގެ ޖޫނިއަރ ރޭންކްތަކުގެ
ރޭންކްތަކުގެ ސިފައިންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓި ވެރިންކުރާ އަމުރުތަކަށް
ޖޫނިއަރ ސިފައިން ކިޔަމަންތެރިކަން އަދާކުރުން ފަސްޖެހިގެންދިޔުން އެކަށީގެންވާފަދަ އަދި އެއީ، ޤާނޫނު
ނަންބަރު 1/2003 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާއި ސިފައިންގެ ޢާންމު ޤަވާއިދުގެ 2
ވަނަ ބާބުގެ (1) ވަނަ މާއްދާގެ (ބ) އާއި ޚިލާފު ޢަމަލެއްކަމުގައި ވާތީވެ ޤާނޫނު ނަންބަރު 1/2008
(ސިފައިންގެ ޤާނޫނު) ގެ
31 ވަނަ މާއްދާގެ ދަށުން އަޙްމަދު އަލްޠާފް ސިފައިންގެ ވަޒީފާއިން
ވަކިކޮށްފައިވާކަމަށް، ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1907 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ މުޅި
އަސާސް ބިނާވެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC
-
A/2011 ޤަޟިއްޔާއާ ޙަވާލާދީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާގެ މައްޗަށްކަން އިޝާރާތް ކުރެވުނު
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން
އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު،
އެޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ)
ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ
2{012/SC-C/35
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
ރއދުވާގޮތަށް
ދެބަރެއްކަމަށްވާ ގ. ކޮއްކިރި/ މާލެ، މުޙައްމަދު ފަހުމީ ޙަސަން، އެކޮމިޝަނުގެ މެންބަރުކަމުން، ރައްޔިތުންގެ
މަޖިލީހުގެ ޖަލްސާއަކުން ވަކިކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް، ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ
ދުސްތޫރީ މަޞްދަރުތަކާއި އުސޫލުތަކުގެ ބޭރުންކަމަށްބުނެ މުޙައްމަދު ފަހުމީ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން ބައްލަވާ ޙުކުމްކުރައްވާފައިވާ
މައްސަލައެއްކަން އެނގެންއޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/210 މައްސަލައިގެ ނިންމުން އިސްތިއުނާފު ކޮށްދިނުން
އެދި ކ. ގުރައިދޫ/ މިނިވަންއައްސޭރި މުޙައްމަދު ޙަސަންގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލުނު
ޤަޟިއްޔާއެއްކަމާއިގެ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/210 މައްސަލައަށް ބަލާއިރު، އެ މައްސަލައަކީ
މުޙައްމަދު ޙަސަން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި 2004 ސެޕްޓެމްބަރު 16 ވަނަ
ދުވަހުން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް 20 ސެޕްޓެމްބަރު 2010 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ
މުޙައްމަދު ޙަސަން އަދާކުރަމުން ގެންދިޔަ ވަޒީފާ އަލުން އަނބުރާ ހޯދައި ދިނުމަށާއި، ވަޒީފާއިން ވަކިކުރި
ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖެހޭ ދުވަހާ ހަމަޔަށް ލިބެންޖެހޭ މުސާރައާއި އެލަވަންސްތައް އެކީ
އެއްފަހަރާ ހޯދުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މުޙައްމަދު ޙަސަންގެ
ފަރާތުން ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއިގެ
އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011 ޤަޟިއްޔާގެ
އަޣުލަބިއްޔަތު ރައުޔަށް ބަލާއިރު، އެ ޤަޟިއްޔާގެ ޚިލާފުވި ރައުޔުގައި ޙަވާލާދެއް
ލާދެއްވާފައިވާ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 35/SC-C/2012 ޤަޟިއްޔާއަކީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކޯޓުން
ބައްލަވާ
ކަމަށްވާއިރު، އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
24 2 4 2 20
33 ދވތ ހ
ޙުކުމްކުރިއެވެ
ހިއްވާފައިވާ
މައްސަލައެއްކަމަށް
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
ހުށަހަޅާފައިވާ ފަރާތަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ތަރަހައިގެ ތެރޭގައި ހިމެނޭ
ފަރާތެއް ނޫންކަން އެނގެން އޮތުމުގެ އިތުރުން، އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވައި
ޙުކުމްކުރެއްވުމުގައި، ވަޒީފާއާބެހޭ ޤާނޫނަށް ރިޢާޔަތްކުރައްވާފައިނުވާކަން އެނގެން އޮންނަކަމާއިގެ
އެއާޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC
-
A/2011 ޤަޟިއްޔާއިން ބެލިފައިވާ
މައްސަލައަކީ، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުސޫލުތައް ކަނޑައަޅާ އެކުލަވާލެވިފައިވާ ޢާންމު
ޤާނޫނުކަމަށްވާ، ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ފަރާތްތަކެއް އެކުލެވޭ، އަދި އެމައްސަލާގައި
ހިމެނޭ ވަޒީފާދޭ ފަރާތުން ވަޒީފާއާބެހޭ ޤާނޫނާ ޙަވާލާދީ އަޅާފައިވާ ފިޔަވަޅަކާމެދު ޚިލާފު އުފެދިގެން، އެބާވަތުގެ
މައްސަލަތަކުގައި ޝަކުވާ އުފުލުމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ޢާންމު އުސޫލާ އެއްގޮތްވާ
ގޮތުގެމަތިން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއަށް ވަދެފައިވާ މައްސަލައެއްކަން އެނގެން އޮތުމުން،
އެމައްސަލައަކީ އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން އެކޯޓުން
ނިންމަވާފައިވާ މައްސަލައާ ތަފާތު މައްސަލައެއްކަން އެނގޭކަމާއި؟
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
ޤަޟިއްޔާގައި
އެކޯޓުން
ޤާއިމުކުރައްވާފައިވާ އުޞޫލުތައް އެބަޔެއްގެ މައްޗަށް ތަޠުބީޤުކުރުން އިސްތިސްނާވާނޭކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު: 124/HC-A/2011 ޤަޟިއްޔާގައި ކަނޑައެޅުނު ފަރާތްތަކުގެ ތެރޭގައި އަޙްމަދު
އަލްޠާފުގެ ޙާލަތުގައި ހުރި ފަރާތްތައް ނުހިމެނޭކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC-A/2011
ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކުރެވިފައިވާކަން އެނގެން ނެތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ބުނެވިދިޔަ
ޤަޟިއްޔާގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއާގުޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު: 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ޤާއިމުކުރައްވާފައިވާ އުޞޫލުތައް
އެބަޔެއްގެ މައްޗަށް ތަޠްބީޤްކުރެވޭނެ ފަރާތްތަކާއި އަދި ތަޠުބީޤުކުރުން އިސްތިސްނާވާނޭ ފަރާތްތަކެއް
ކަނޑައަޅައި ބަޔާންކޮށްފައިނުވާކަމާއިގެ
2012/SC-C/35
CUO
ce O
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
އެއާޚިލާފަށް އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 124/HC
-
A/2011
ޤަޟިއްޔާގެ އަޣްލަބިއްޔަތު ރައުޔުގައި ފާހަގަކުރައްވާފައިވަނީ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ވަޒީފާއާ
ގުޅިގެން އެބައެއްގެ މައްޗަށް ތަޠްބީޤްކުރެވޭނެ ވަކި ޚާއްޞަ ޤާނޫނެއް އޮތްނަމަ، އެބަޔެއްގެ މައްޗަށް
ތަޠުބީޤުކޮށް ޢަމަލުކުރެވޭނީ އެ ޤާނޫނެއްކަމާއި، އަދި އެފަދަ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ
ނަންބަރު 35/SC-C/2012 ޤަޟިއްޔާގައި އެކޯޓުން ޤާއިމުކުރައްވާފައިވާ އުޞޫލުތައް
ތަޠުބީޤްނުކުރެވޭނެކަން އެނގެންއޮ
CCCXO
(ނ) ސިފައިންގެ ވަޒީފާއަކީ، ”ޗެއިން އޮފް ކޮމާންޑް“ އަށް ތަބާވެ އެ އަސާސްގެ ދަށުން
މަސައްކަތްކުރަންޖެހޭ، ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާއި
އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ތަފާތު ބައެއްކަމާއި، އެގޮތުން، ސިފައިންނަކީ، ޤައުމުގެ އަމަން އަމާންކަމާއި
ޞުލްޙަމަސަލަސްކަމާއި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ޒިންމާ ޤާނޫނުން މަތިކުރެވިފައިވާ
ބައެއްކަމުގައި ވީހިނދު، އެފަރާތްތަކުގެ ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދި ވަޒީފާގެ ސުލޫކީ
މިންގަނޑާއި އެހެނިހެން މުހިންމު އަސާސްތައް، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އާއި އެ
ޤާނޫނުގެ ދަށުން ހެދިފައިވާ ސިފައިންގެ ޢާންމު ޤަވާއިދުގައި ވިފައިވާކަން އެނގެން އޮވެއެވެ.
10ނކީ ދިފާ4
(ރ) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާއަކީ، އަޙްމަދު
އަލްޠާފް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުން ދިޔަ ވަޒާއިން އެފަރާތް ވަކިކޮށްފައިވާތީ،
ވަޒީފާ އަލުން އަނބުރާ ހޯދުމަށް އަޙްމަދު އަލްޠާފްގެ ފަރާތުން ހުށަހެޅުމުން ބެލުނު މައްސަލައަކަށްވާއިރު،
އިސްވެ ބަޔާންކުރި ފަދައިން ސިފައިންގެ ވަޒީފާއަކީ، ވަކި ޤާނޫނެއްގައި އެފަރާތްތަކުގެ ވަޒީފާގެ
މަސްއޫލިއްޔަތާއި ޒިންމާތައް އަދި ވަޒީފާގެ ސުލޫކީ މިންގަނޑާއި އެހެނިހެން މުހިންމު އަސާސްތައް ކަނޑައެޅި
މިންކުރެވިފައިވާ ވަޒީފާއެއްކަމާއި، އެގޮތުން ސިފައިންގެ ވަޒީފާއާ ގުޅޭގޮތުން އެފަރާތްތަކުގެ މައްޗަށް ތަޠްބީޤް
ކުރެވެމުންދަނީ، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އާއި އަދި އެ ޤާނޫނުގެ ދަށުން ހެދިފައިވާ
ސިފައިންގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވާ އުޞޫލުތައް ކަމުގައި އެނގެން އޮތުމުން،
ސިވިލް ކޯޓުގެ
co
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
ނަންބަރު 2012/Cv-C/1907 ޤަޟިއްޔާއަކީ، އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 35/SC-C/2012 ޤަޟިއްޔާއާ ތަފާތު މައްސަލައެއްކަން އެނގެއެވެ
ގެއެވެ.
(ބ) އަޙްމަދު އަލްޠާފް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޮމިޝަން އޮފިސަރެއްގެ ވަޒީފާއިން
ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާއި
ސިފައިންގެ ޢާންމު ޤަވާއިދުގެ 2 ވަނަ ބާބުގެ (1) ވަނަ މާއްދާގެ (ބ) އާއި ޚިލާފު ޢަމަލެއްކޮށްފައިވާތީ،
ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާއިދުގެ ބާބު 2 ގެ 3 ވަނަ މާއްދާގެ (15) ވަނަ
ނަންބަރާއި ޙަވާލާދީ، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާގެ ދަށުންކަން
އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާއަކީ، ސިފައިންގެ ވާޖިބުތައް
ބަޔާންކޮށްފައިވާ މާއްދާއެއްކަމާއި، އެ މާއްދާގެ (ހ) އިން (ޅ) އަށް ސިފައިންގެ މައިގަނޑު ވާޖިބުތައް
ބަޔާންކޮށްފައިވާކަމާއި، އެގޮތުން 8 ވަނަ މާއްދާގެ (ރ) ގައި ސިފައިންގެ ޢިއްޒަތާއި ކަރާމާތް ހިފެހެއްޓުމުގެ
ގޮތުން ގެންގުޅޭ އެންމެހާ ރިވެތި އާދަކާދަތަކާއި އުސޫލުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަކީ މައިގަނޑު
ވާޖިބެއްގެ ގޮތުގައި ހިމެނިފައިވާ ކަމާއި؟
ސިފައިންގެ ޢާންމު ޤަވާއިދުގެ 2 ވަނަ ބާބުގެ (1) ވަނަ މާއްދާގައި ސިފައިންގެ އަޚްލާޤާއި ސުލޫކު
ންކުރެވިފައިވާގޮތް ބަޔާންކޮށް
ކުށްފައިވާކަމާއި، އެގޮތުން އެމާއްދާގެ (ބ) ގައި ސިފައިންގެ ކޮންމެ މީހަކު
އެމީހެއްގެ ޢިއްޒަތާއި ޤަދަރު ހިފަހައްޓަންޖެހޭނެ ކަށާއި، ސިފައިންގެ ޢިއްޒަތާއި ޤަދަރާއި ކަރާމާތް ގެއްލޭފަދަ
އެއްވެސް ޢަމަލެއް ކޮށްގެންނުވާނެ ކަމަށް ބަޔާންކޮށްފައިވާކަމާއިގެ
ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާއިދުގެ ބާބު 2 ގައި ޢާންމު ކުށްތައް ބަޔާންކޮށް
އެކުށްތަކަށް ކަނޑައެޅިފައިވާ އަދަބު ބަޔާންކޮށްފައިވާއިރު، އެ ޤަވާއިދުގެ ބާބު 2 ގެ 3 ވަނަ ނަންބަރުގައި،
ސިފައިންގެ ޤަވާއިދުގައިބުނާ ”ސިފައިންގެ އަޚްލާޤާއި ސުލޫކު” މި ސުރުޚީގެ ދަށުގައިވާ މާއްދާތަކުން މާއްދާއަކާ
ޚިލާފުވެއްޖެ މީހަކަށް ނުވަތަ ބަޔަކަށް ކަމުގެ ކުޑަބޮޑުމިނަށް ބަލައި ދެވޭނެ އަދަބުތައް ބަޔާންކޮށްފައިވާކަމާއި؛
7 4 2 /
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
އެގޮތުން ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާއިދުގެ ބާބު 2 ގެ 3 ވަނަ މާއްދާގެ
(5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ”ވަޒީފާއިން ވަކިކޮށް މައްސަލަ ޝަރީއަތަށް ފޮނުވުން“
މިފަދައިންކަން އެނގެން އޮންނަކަމާއި، އިސްވެ ހަވާލާދެވުނު ޤާނޫނީ މާއްދާތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއް ނުވަތަ މާއްދާތަކެއްކަމަށް މިހާތަނަށް ޝަރުޢީއެއްވެސް ކޯޓަކުން
ކަނޑައަޅާފައިނުވާއިރު، އެމާއްދާތަކަކީ އޭގެ ޞައްޙަކަންމަތީ ޤާނޫނީ ބާރުވެރިކަމާއެކު ދެމިއޮތް
މާއްދާތަކެއްކަމާއި؛
އަޙްމަދު އަލްޠާފް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޮމިޝަން އޮފިސަރެއްގެ ވަޒީފާއިން
ވަކިކުރި ކުރުމަށް ބަލާއިރު، އަޙްމަދު އަލްޠާފް ވަޒީފާއިން ވަކިކޮށްފައިވަނީ، އަޙްމަދު އަލްޠާފް ސިފައިންގެ
ކޮމިޝަން އޮފިސަރަކަށްވެހުރެ އަޙްމަދު އަލްޠާފުއަށްވުރެ އެތައް ރޭންކެއް ދަށް ސިފައިންގެ މީހެއްކަމަށްވާ
ލާންސް ކޯޕްރަލް އަޙްމަދު ޢަބްދުﷲ ގާތުގައި ކޯސްޓްގާޑްގެ ޑައިވިންގ ޔުނިޓްގައިހުރި ކޮމްޕްރެސަރގެ
ވޭލްވަކާއި އަޙްމަދު އަލްޠާފްގެ އަތުގައިއޮތް އަމިއްލަ ބައު ވޭލްޑް ބަދަލުކޮށްދިނުމަށް އެދިފައިވާކަމަށް ލާންސް
ކޯޕްރަލް އަޙްމަދު ޢަބްދުﷲ، 15 ސެޕްޓެމްބަރ 2011 ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް
ދީފައިވާ ބަޔާނުންނާއި، އަޙްމަދު އަލްޠާފްގެ އަމިއްލަ އިޢުތިރާފުން 2011 ސެޕްޓެމްބަރ 30ވަނަ ދުވަހު
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ދީފައިވާ ބަޔާނުން އެކަން ކޮށްދިނުމަށް އެދުނުކަން ޘާބިތުވާން
އޮތުމާއި، އަދި ރޭގަނޑު ދަންގަޑީގައި ޑައިވިންގ ޔުނިޓުގައި ޑައިވިންގ މެރިނަރ 320 ކޮމްޕްރެސަރ
ކައިރީގައި ރެންޗަކާއި އެލަންކީ ސެޓެއް ހިފައިގެން އަޙްމަދު އަލްޠާފް ޙަރަކާތްތެރިވެފައިވާކަން އިސްވެ
އިޝާރާތްކުރެވުނު އަޙްމަދު ޢަބްދުﷲގެ ބަޔާނުން އެނގެން އޮންނާތީ އާއި، އަޙްމަދު އަލްޠާފްގެ މައްޗަށް
ކުރެވުނު ތުހުމަތުން ބަރީއަވުމަށް އެވޭލްވްގެ އަގުގެ ބަދަލު ދިނުމަށް އަޙްމަދު އަލްޠާފް އެއްބަސްވުމުން
އެއީވެސް އަޙްމަދު އަލްޠާފްއާ ދެކޮޅަށް ލިބިފައިވާ ޤަރީނާއެއް ކަމުގައިވެފައި، މިކަމުގެ ސަބަބުން އަޙްމަދު
އަލްޠާފްގެ ޢަމަލަކީ ސިފައިންގެ ވެރިންގެ އިތުބާރާއި ޤަދަރާއި ޢިއްޒަތް ސިފައިންގެ ޖޫނިއަރ ރޭން
ރޭންކްތަކުގެ
ސިފައިންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓި ވެރިންކުރާ އަމުރުތަކަށް ޖޫނިއަރ ސިފައިން ކިޔަމަންތެރިކަން
އަދާކުރުން ފަސްޖެހިގެންދިޔުން އެކަށީގެންވާފަދަ އަދި ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 8
Couc
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
އ ހ ޑއ ދމއ 99
ވަނަ މާއްދާގެ (ރ) އާއި ސިފައިންގެ ޢާންމު ޤަވާއިދުގެ 2 ވަނަ ބާބުގެ (1) ވަނަ މާއްދާގެ (ބ) އާއި ޚިލާފު
ލެއްކަމުގައިވުމުން ކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1907 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
0
Ocou
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ނަޒަރުކުރުމުން،
އަޙްމަދު އަލްޠާފް ސިފައިންގެ ކޮމިޝަން އޮފިސަރަކަށްވެހުރެ އޭނާއަށް ވުރެ އެތައް ރޭންކެއް ދަށް ސިފައިންގެ
މީހެއްކަމަށްވާ ލާންސް ކޯޕްރަލް އަޙްމަދު ޢަބްދުﷲ ގާތުގައި ކޯސްޓްގާޑްގެ ޑައިވިންގ ޔުނިޓްގައިހުރި
ކޮމްޕްރެސަރގެ ވޭލްވަކާއި އަޙްމަދު އަލްޠާފްގެ އަތުގައިއޮތް އަމިއްލަ ބައު ވޭލްޑް ބަދަލުކޮށްދިނުމަށް
އެދިފައިވާކަމަށް އަޙްމަދު ޢަބްދުﷲގެ ބަޔާނުންނާއި އަޙްމަދު އަލްޠާފްގެ އަމިއްލަ އިޢުތިރާފުން އެކަން
ކޮށްދިނުމަށް އެދުނުކަން އެނގެން އޮންނާތީއާއި، ރޭގަނޑު ދަންގަޑީގައި ޑައިވިންގ ޔުނިޓުގައި ޑައިވިންގ
މެރިނަރ 320 ކޮމްޕްރެސަރ ކައިރީގައި ރެންޗަކާއި އެލަންކީ ސެޓެއް ހިފައިގެން އަޙްމަދު އަލްޠާފް
ޙަރަކާތްތެރިވެފައިވާކަން މިމައްސަލައާ ގުޅިގެން ބަޔާންދީފައިވާ އަޙްމަދު ޢަބްދުﷲގެ ބަޔާނުން އެނގެން އޮންނާތީ
އާއި، އަޙްމަދު އަލްޠާފްގެ މައްޗަށް ކުރެވުނު ތުހުމަތުން ބަރީޢަވުމަށް އެވޭލްވްގެ އަގުގެ ބަދަލު ދިނުމަށް
އަޙްމަދު އަލްޠާފް އެއްބަސްވެފައިވާކަން އެނގެން އޮންނައިރު، އެކަމަކީ އަޙްމަދު އަލްޠާފްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ޢަމަލުގެ މައްޗަށް ބާރު ލިބިދޭ ޤަރީނާއެއް ކަމުގައިވާތީއާއި، އަޙްމަދު އަލްޠާފްގެ މިޢަމަލުގެ
ސަބަބުން ސިފައިންގެ ވެރިންގެ އިތުބާރާއި ޤަދަރާއި ޢިއްޒަތް ސިފައިންގެ ޖޫނިއަރ ރޭންކްތަކުގެ ސިފައިންގެ
ކުރިމަތީގައި ވެއްޓި، ވެރިންކުރާ އަމުރުތަކަށް ޖޫނިއަރ ސިފައިން ކިޔަމަންތެރިކަން އަދާކުރުމަށް ފަސްޖެހުމަށް
މަގުފަހިވެގެންދާނެ ކަމަކަށްވާތީ އާއި، އަޙްމަދު އަލްޠާފްގެ އެ ޢަމަލަކީ، ޤާނޫނު ނަންބަރު 1/2008
ސިފައިންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ރ) އާއި ސިފައިންގެ ޢާންމު ޤަވާއިދުގެ 2 ވަނަ ބާބުގެ (1)
ވަނަ މާއްދާގެ (ބ) އާއި ޚިލާފު ޢަމަލެއްކަން އެނގެން އޮންނާތީ، އަޙްމަދު އަލްޠާފް މޯލްޑިވްސް ނޭޝަނަލް
ދިވެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/44
OCOCCC
ޑިފެންސް ފޯސްގެ ވަޒީފާއިން 17 ނޮވެމްބަރު 2011 ގައި ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް
ލެވެންނެ ކަމަށްޓަކައި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1907 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ބާޠިލްކޮށްފީމެވެ.
+
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ