ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/332 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/332
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بماندار
20
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 332/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މާރިއާ ގެބް ކުޕެންސްކާ ކާގެލް
- އައިޑެންޓިޓީ ކާޑު ނަންބަރު:L7CVOW7M7
* ދާއިމީ އެޑްރެސް:ގޫރިކެވެ 32، 48159
މިހާރުގެ އެޑްރެސް:.އޯކިޑްމާގެ، 2 ވަނަ ފަންގިފިލާ
201!މާލެ
މަންސް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އާރިފް ޢަލީ
* އައިޑެންޓިޓީ ކާޑު ނަންބަރު: A092042
ދާއިމީ އެޑްރެސް: ރަށްވެހިގެ(ހދ.ހަނިމާދޫ
*
މިހާރުގެ އެޑްރެސް: ރަށްވެހިގެ/ހދ.ހަނިމާދޫ
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 އޮގަސްޓް 2016 ނިމުނު ތާރީޚް: 15 މެއި 2017
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2015/Cv
-
C/2079
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 24 ނޮވެމްބަރު 2015
* ނިމުނު ތާރީޚް: 17 ޖޫން 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު އަބްދުﷲދީދީ، ފަނޑިޔާރު އަބްދުﷲ ޙަމީގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
'2
2016/HC-A/332
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/2079 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މާރިއާ ގެބް ކުޕެންސްކާ ކާއެލް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހދ.ހަނިމާދޫ/ރަށްވެހިގޭ މުޙައްމަދު ޢާރިފް ޢަލީ
އަށެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2079 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ މާރިއާ ގެބް ކުޕެންސްކާ ކާގެލް 22 އޮގަސްޓް 2013 ގައި
ހދ.ހަނިމާދޫ ރަށްވެހިގޭ މުޙައްމަދު ޢާރިފް ޢަލީ އަށް ލޯނެއްގެ ގޮތުގައި 66,000.00 ޔޫއެސް ޑޮލަރ
ދޫކުރުމަށްޓަކައި ހަދާފައިވާ އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާނުކޮށް އެއްބަސްވުމުގެ
މާއްދާތަކާ ކަނޑައެޅިގެން ޚިލާފުވުމުގެ ސަބަބުން މުޙައްމަދު ޢާރިފް ޢަލީ އަށް ދޫކޮށްފައިވާ ލޯނުގެ ދަށުން
އަނބުރާ ނުދައްކާ އޮތް 57,750.00 ޔޫއެސް ޑޮލަރ އާއި އިންޓަރެސްޓާއި ދަޢުވާކުރާ ފަރާތަށް ލިބިފައިވާ
ގެއްލުމުގެ ބަދަލާއެކުޖުމްލަ 82,818.00 ޔޫއެސް ޑޮލަރ އެއްފަހަރާ ހޯދުމަށްއެދި ދަޢުވާކުރުމުން ބެލެވިފައިވާ
ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ މި މައްސަލާގައި ދަޢުވާ ފޯމުގައި މުޙައްމަދު ޢާރިފް އަލްޙަމްދު ހައި
ދިރިއުޅޭ އެޑްރެހަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން އެއެޑްރެހުގައި މުޙައްމަދު ޢާރިފް ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/332
ސިވިލް ކޯޓަށް މަޢުލޫމާތު ލިބިފައިވާތީ، މުޙައްމަދު ޢާރިފް ޢަލީ މިހާރު ދިރިއުޅޭ އެޑްރެސް ސާފު ކުރުމަށްފަހު ،
07 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކޯޓަށް އެންގުމަށާއި އަދި އެމުއްދަތުގެ ތެރޭގައި މުޙައްމަދު ޢާރިފް ޢަލީ
މިހާރު ދިރިއުޅޭ އެޑްރެސް އެކޯޓަށް ނާންގައިފިނަމަ، ދަޢުވާ ފޯމު ބާޠިލް ކުރެވޭނެކަން
ކުރެވޭނެކަން ދަޢުވާކުރާ ފަރާތުން އެ
މައްސަލާގައި ކޯޓަށް ހާޒިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތަށް 24 މެއި 2016 ވަނަ ދުވަހު އެންގިފައިވާއިރު،
އެ އެންގުމާގުޅިގެން ސޫދު އެންޑް އަންވަރު އެލްއެލްޕީ އިން 25 މެއި 2016 ވަނަ ދުވަހު ފޮނުވާފައިވާ
ސިޓީގައި" ކޯޓަށް ހާޒިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” ގެ 10 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތް
ކޮށްދިނުމަށް އެދިފައިވާތީ، ކޯޓަށް މީހުން ހާޒިރު ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ 10 ވަނަ
މާއްދާގެ (ރ) އަކީ ހާޒިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއް
ނުވަތަ މިހާރު ދިރިއުޅޭ އެޑްރެސް ސާފުވުމަށްފަހު، އެއެޑްރެހަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު
ނުކުރެވުމުން ޢަމަލު ކުރުމަށް އޮންނަ އިޖްރާއާތުކަމާއި، އެމާއްދާއަކީ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރަންވީ
ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއް އެނގުމެއް ނެތި، ތަޠުބީޤު ކުރެވެން އޮތް މާއްދާއެއް
ކަމުގައިނުވާތީ، މި މައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ޢާރިފް ޢަލީ މިހާރު ދިރިއުޅޭ އެޑްރެސް މާރިއާ ގެބް
ކުޕެންސްކާ ކާއެލްއަށް ސާފުކޮށްދެވިފައިވާތީ، މި މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށް މައްސަލަ ނިންމީއެވެ.
މިފަދައިން ކަން އެނގެން އޮންނަކަމެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2079 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މާރިއާ ގެބް ކުޕެންސްކާ ކާގެލްގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެނުކުތާއާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާއަކީ:-
(ހ) ނުކުތާއަކީ: ކޯޓަށް މީހުން ހާޒިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 19 ވަނަ
މާއްދާގެ (ރ) އާއި 19 ވަނަ މާއްދާއަށް ތަޠްބީޤް ކުރެއްވުމެއް ނެތި ދަޢުވާ ރައްދުވާ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2016/HC-A/332
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4 22
ހާޒިރުވުމުގެ އަމުރު ރައްދުނުވީކަމަށް ނިންމަވައި ނިންމަވާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި
ތަކެeއވެ
3- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/2079 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މާރިއާ
ގެޓް ކުޕެންސްކާ ކާގެލްގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެ ނުކުތާއާ ގުޅޭ ގޮތުން މާރިއާ ބް ކުޕެންސްކާ
ކާލްގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ މުޙައްމަދު ޢާރިފް ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
މި
3 c 3:
(ހ) ފުރަތަމަ ކަމަކީ: ކޯޓަށް މީހުން ހާޒިރު ކުރުމުގައި ޢަމަލު ކުރާނޭ ގޮތުގެ ގަވާއިދުގެ 10
ވަނަ މާއްދާއަކީ ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރާނެ ގޮތް ބަޔާންކުރާ މާއްދާކަމާއި، އެގޮތުން ކޯޓަށް
ހާޒިރުވާންޖެހޭ ފަރާތަކަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވެން އޮތްނަމަ، ޙަވާލު ކުރަންވާނީ އެމީހާއަށް ކަމާއި،
އެ ފަރާތް ދިރިއުޅޭ ގޭގައި އުޅޭ ތަޞައްރަފު ފުދިފައިވާ މީހަކާ ނުވަތަ ކޯޓަށް ހާޒިރުވާންޖެހޭ ވަކީލާ، ނުވަތަ
ބަދަލުގެ ގޮތުގައި ހަމަޖައްސާފައިވާ މީހާއާ އަމުރު ޙަވާލު ކުރުމުން، ހާޒިރުވުމުގެ އަމުރު ރައްދުކުރެވުނީ ކަމަށް
ބެލެވޭނެ ކަމާއި އަދި މިގޮތަށް ޢަމަލުކުރަންވާނީ އެފަރާތް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް
ކުރުމަށްފަހުގައި ވެސް އެފަރާތެއް ނުފެނިއްޖެ ހިނދެއްގައި އަދި އެމީހަކީ ބަންދުގައި ހުރި މީހަކަށް ނުވާނަމަ،
ކަން އެމާއްދާގެ (ހ) އާއި (ނ) އަށް ބެލުމުން އެނގޭކަމާއި، އަދި އެގޮތަށް ޢަމަލު ކުރެވެން ނެތް
ޙާލަތެއްގައި، ހާޒިރުވުމުގެ އަމުރު ފޮނުވޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ގެއެއް ނުވަތަ ތަނެއްގެ ދޮރާށީގައި
ނުވަތަ އުޅަނދެއްގައި އަމުރު ހިއްޕަމުން ނުވަތަ އެއަމުރު ފަސޭހައިން ފެންނާނެ ގޮތަކަށް އެއިން ތަނެއްގައި
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/332
ބެހެއްޓުމުން، ހާޒިރުވުމުގެ އަމުރު ރައްދު ކުރެވުނީ ކަމަށް ބެލެވޭނެކަމަށް އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައި
ވާއިރު،
އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ދަޢުވާލިބޭ ހދ.ހަނިމާދޫ
ރަށްވެހިގޭ، މުޙައްމަދު ޢާރިފް ޢަލީގެ ދާއިމީ ރަޖިސްޓްރީ ވެފައިވާ އެޑްރެސް ކަމުގައި އަދި ދިރިއުޅޭ އެޑްރެސް
ކަމުގައި، މައްސަލަ ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވަނީ، "ހދ.ހަނިމާދޫ ރަށްވެހިގެ" ކަން އެނގޭކަމާއި، ދަށު
ކޯޓަށް މުޙައްމަދު ޢާރިފް ޢަލީ ހާޒިރު ކުރުމަށްޓަކައި އޭނާ ދިރިއުޅޭ އެޑްރެސް ކަމަށް މައްސަލަ ހުށަހެޅި
ފޯމުގައި ބަޔާންކޮށްފައިވާ އިސްވެ ބުނެވުނު އެޑްރެހަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން އެ އެޑްރެހުގައި
މުޙައްމަދު ޢާރިފް ޢަލީ ނޫޅޭ ކަމަށް އެ ކޯޓަށް މަޢުލޫމާތު ލިބުމުން، އޭނާ ދިރިއުޅޭ އެޑްރެސް ސާފުކޮށް ކޯޓަށް
ހުށަހެޅުމަށް މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައިވާކަން އެނގޭއިރު، އޭނާ ދިރިއުޅޭ އެޑްރެހަށް ފޮނުވުނު
ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިފައިނުވާތީ ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ
ގަވާއިދުގެ 10 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން މުޙައްމަދު ޢާރިފް ޢަލީ ކޯޓަށް ހާޒިރުކުރުމުގައި
ޢަމަލުކޮށް ދިނުމަށާއި އަދި މުޙައްމަދު ޢާރިފް ޢަލީ އެވަގުތު ދިރިއުޅެނީ ސްރީލަންކާގައި ކަމުގައި މަޢުލޫމާތު
ލިބިފައިވާކަމަށް ބަޔާންކޮށް އެގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެމަތިން ޢަމަލުކޮށް ދެއްވައި
މުޙައްމަދު ޢާރިފް ޢަލީ ހާޒިރުކުރުމުގެ ކަންތައް ކުރިއަށް ގެންގޮސް ދެއްވުމަށް މި މައްސަލަ ހުށަހެޅި ފަރާތުން
ދަށު ކޯޓުގައި އެދިފައިވާކަން އެނގެން އޮތްނަމަވެސް، އެއިން ގޮތަކަށް ޢަމަލު ނުކުރައްވައި މައްސަލަ ބާޠިލް
ކުރައްވާފައިވާ ކަން އެނގެން އޮންނަކަމެވެ.
4 2
(ނ) ދެވަނަ ކަމަކީ: ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ގަވާއިދުގެ 19
ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، އެ އަކުރުގައިވަނީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ދަޢުވާ ލިބޭ
ފަރާތަކީ ދިވެއް
ވެއްސެއްކަމަށްވެފައި އޭނާ ރާއްޖެއިން ބޭރުގައިވާނަމަ، އޭނާއަށް ކޯޓަށް ހާޒިރުވުމުގެ
ﷲ23
ދުކުރުމުގައި އެފަރާތެއް ރާއްޖެއިން ބޭރުގައި އުޅޭ އެޑްރެސް ނޭނގޭނަމަ، އެމީހަކު ހުރި ގައުމެއްގައި
43
މިދޫ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/332
ދިވެހި ސަރުކާރުގެ ކަމާބެހޭ އޮފީހެއް މެދުވެރިކޮށް އެމީހަކަށް އަމުރު ރައްދުކުރުން ނުވަތަ އެމީހަކު ހުރި
ގައުމެއްގެ ސަރުކާރުގެ ކަމާބެހޭ ފަރާތެއް ނުވަތަ ކޯޓު މެދުވެރިކޮށް، އެމީހަކަށް އެއަމުރު ރައްދުކުރުން ކަން
އެނގޭއިރު، މި މައްސަލާގައި އިސްތިއުނާފު ރައްދުވާ މުޙައްމަދު ޢާރިފް ޢަލީ އަކީ ސްރީލަންކާ ގައި ދިރިއުޅޭ
މީހެއްކަމަށް މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް އަންގާފައިވީނަމަވެސް ކޯޓަށް
ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން
ޢަމަލުކޮށްފައިނުވާކަން އެނގެން އޮންނަކަމެވެ.
4 22
(ނ) ތިންވަނަ ކަމަކީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގައި
ދަޢުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތަކީ ކޯޓުތަކުގެ އިދާރީ މަސައްކަތްތަކުގެ ތެރޭގައި ހަމަޖެހި
ކޯޓުތަކުގެ މުވައްޒަފުން ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތެއް މެދުވެރިކޮށް ކޯޓުތަކުން ކުރަމުން އަންނަ
ކަމެއްކަން އިސްވެ ބުނެވުނު ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދަށް ބެލުމުން
އެނގޭއިރު، މި މައްސަލާގައި ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހާއި އޭނާ ދިރިއުޅޭ އެޑްރެހަށް ފޮނުވުނު ކޯޓަށް
ހާޒިރުވުމުގެ އަމުރު ރައްދު ނުކުރެވުމުން އޭނާ ދިރިއުޅޭ އެޑްރެސް ސާފުކޮށް ދިނުމަށް އެ މައްސަލަ ހުށަހެޅި
ފަރާތަށް ސިވިލް ކޯޓުން އެންގިއެންގުމާ ގުޅިގެން، މުޙައްމަދު ޢާރިފް ޢަލީ ދިރިއުޅެނީ ސްރީލަންކާގައި ކަމަށާއި
ނަމަވެސް، އޭނާ ދިރިއުޅޭ އެޑްރެސް ނޭނގޭކަމަށް ދަށު ކޯޓަށް މައްސަލަ ހުށަހެޅި ފަރާތުން އެކޯޓަށް މަޢުލޫމާތު
ދީފައިވާކަން އެނގޭއިރު، ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތަކަށްވެފައި،
އެފަރާތް ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެޑްރެސް ނޭނގޭ ޙާލަތުގައި، އެފަރާތެއް ކޯޓަށް ހާޒިރު ކުރުމުގައި
ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަ
އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޢަމަލުކޮށްފައި ނުވާކަމާއި،
އޭގެ އިތުރުން ދަޢުވާ ލިބޭ ފަރާތް ދިރިއުޅޭނެ ކަމަށް ދީފައިވާ އެޑްރެހުގައި ނޫޅުމުގެ ސަބަބުން
އެފަރާތަށް ކޯޓަށް ހާޒިރުވުމަށް ފޮނުވުނު ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރެވިފައި ނުވާއިދު،ޑިފުރާ
ހ23 2 ހއ
2ކނކޮށް
eyނ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2016/HC-A/332
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހޯދުމަށް އެކަށީގެންވާ ގޮތެއްގައި ސިވިލް ކޯޓުން މަސައްކަތްކޮށްފައި ނުވާކަން މި މައްސަލާގައި ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
އެހެންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް
ކޯޓުގެ ނަންބަރު 2015/Cv-C/2079 ޤަޟިއްޔާގައި އެ މައްސަލައިގައި ދަޢުވާ ފޯމުގައި މުޙައްމަދު ޢާރިފް
ޢަލީ މިހާރު ދިރިއުޅޭ އެޑްރެހަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވުމުން އެއެޑްރެހުގައި މުޙައްމަދު ޢާރިފް ޢަލީ
ނޫޅޭކަމަށް ސިވިލް ކޯޓަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް އޭނާ ދިރިއުޅޭ އެޑްރެސް ސާފު
ކުރުމަށްފަހު، 07 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކޯޓަށް އެންގުމަށާއި އަދި އެމުއްދަތުގެ ތެރޭގައި މުޙައްމަދު
ޢާރިފް ޢަލީ ދިރިއުޅޭ އެޑްރެސް އެކޯޓަށް ނާންގައިފިނަމަ، ދަޢުވާ ފޯމު ބާޠިލް ކުރެވޭނެކަން ދަޢުވާކުރާ ފަރާތުން
އެ މައްސަލާގައި ކޯޓަށް ހާޒިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތަށް 24 މެއި 2016 ވަނަ ދުވަހު
އެންގިއެން ގުޅިގެން
އިގެން އެ މައްސަލައިގައި ދަޢުވާލިބޭ މުޙައްމަދު ޢާރިފް ޢަލީ ދިރިއުޅޭ އެޑްރެސް އެ މައްސަލަ
ހުށަހެޅީ މާރިއާ ގެބް ކުޕެންސްކާ ކާއެލްއަށް ސާފުކޮށްދެވިފައި ނުވާކަމަށް ނިންމަވައި، އެ މައްސަލައިގެ ދަޢުވާ
ބާޠިލްކުރައްވައި ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންޖެހޭ
ގޮތުގެ ގަވާއިދުގެ އިސްވެ ބުނެވުނު ޚިލާފަށްކަމުގައިވާތީ ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/2079 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު
ގެންނަންޖެހޭ ކަމަށް މި ޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް
އެއްބަސްވެވިފައި ވެއެވެ.
ޑ 2
3
4
3
އެން.23$$
އ އޗ
ހއދވ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/332
ޙުކުމް
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv-C/2079 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޑު
ވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv