ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/95 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 95/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ޝާން
އައިޑީ ކާޑު ނަންބަރު: A117405
ދާއިމީ އެޑްރެސް: އިރާކުގެ / ގއ. ވިލިނގިލި
މިހާރުގެ އެޑްރެސް: ފ.
މައިޝާ | ކ. ވިލިމާލެ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ސިވިލް ސާރވިސް ކޮމިޝަން)
ރަޖިސްޓްރީކުރެވުނު ތާރީޚް: 08 މާރިޗް 2015
ނިމުނު ތާރީޚް: 28 ފެބުރުވަރީ 2017
0
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2014/VTR/102
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 03 އޮގަސްޓް 2014
ނިމުނު ތާރީޚް: 21 ޖަނަވަރީ 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/95
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/102 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ،
ފިލިންފެލި | އިރާކުގެ އަޙްމަދު ޝާންގެ
ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިޢުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެއެވެ.
CCCO
0
UcOc
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/102 މައްސަލައަކީ، ގއ.ވިލިނގިލި
އިރާކުގެ އަޙްމަދު ޝާން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: 117405) މުޙްޔިއްދީން ސްކޫލްގެ
ޓްރެއިންޑް ޓީޗަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 2014 ވަނަ އަހަރުގެ މެއި މަހުގެ 07 ވަނަ
ދުވަހު އޭނާ އެ މަޤާމުން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ޒާތީ
ތަޢައްޞުބެއްގެ ތެރެއިން ބައެއްގެ ނުފޫޒުން ކަމަށް ބުނެ، އަޙްމަދު ޝާންގެ ގެއްލިފައިވާ ވަޒީފާ އަނބުރާ
ލިބިދިނުމަށާއި، ވަޒީފާ އަނބުރާ ލިބޭ ދުވަހާއި ހަމައަށް މުސާރައާއި، އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ
ހޯދައި ދިނުމަށް އެދި، ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 03 އޮގަސްޓް 2014 ގައި އަޙްމަދު
ޝާން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއިގެ
އެމައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، މި މައްސަލައާ ގުޅިގެން މައްސަލަ ހުށަހެޅި
ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްބަލާއިރު، މައްސަލަ ހުށަހެޅި ގއ.ވިލިނގިލި/ އިރާކުގެ އަޙްމަދު
ޝާން، މުޙްޔިއްދީން ސްކޫލްގެ ޓްރައިންޑް ޓީޗަރގެ މަޤާމުން 2014 ވަނަ އަހަރުގެ މެއި މަހުގެ 07 ވަނަ
ދުވަހު ވަކިކޮށްފައިވަނީ، އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ، މައްސަލަ ރައްދުވި ފަރާތުގެ
ޒިންމާއަކަށްވީ ހިނދު، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ނ) ގެ 17 ވަނަ
ނަންބަރާއި، 217 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު: 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫން) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން އަޙްމަދު ޝާން ވަޒީފާއިން
ވަކިކޮށްފައިވާކަމަށް ބުނެ މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ކަންކަން އެފަރާތުން ސާބިތުކޮށްދީފައިވާތީ،
ދިވެހިރާއް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
އަޙްމަދު ޝާން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު: 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި، ޤާނޫނު
ނަންބަރު: 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫން) އާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މައްސަލަ ބެލި
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މި މައްސަލަ ނިންމައިފީމެވެ.“ މިފަދައިންކަން އެމައްސަލައިގެ މައްސަލަ
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
CCCX
މ 4
2
2
4
2
3
ބަޔާނެކެރެފެން
0
02- އިސްވެ
ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/102 މައްސަލަގައި ޙުކުމް ކުރެއްވުމުން، އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުސޫލާ ޚިލާފަށް ކަމަށް ބުނެ އަޙްމަދު ޝާންގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް 06 (ހައެއް)
ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު
05/2007 ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސަރވިސް ޤަވާއިދުގެ 215 ވަނަ މާއްދާގެ
(ނ) ގެ 17 ވަނަ ނަންބަރާ
މިބަރާއި 217 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް ސިވިލްސަރވިސް ޤާނޫނުގެ 47
ވަނަ މާއްދާއަށް ރިއާޔަމް
އާޔަތްކޮށް 03 ވަނަ ނަންބަރުގެ ދަށުން ކަމަށް ސިވިލްސަރވިސް ކޮމިޝަނުން ބުނާއިރު
އަޙްމަދު ޝާންގެ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވާ އެއްވެސްކަމަކަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ
ނިންމުމުގައި ރިއާޔަތް ކޮށްފައި ނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، އަޙްމަދު ޝާންގެ ފަރާތުން ތަނަށް ޚިދުމަތް ލިބިފައިވާކަން އެޓެންޑެންސް
ޝީޓާއި އެޕްރައިސަލް އަށް ބެލުމުން އެނގެން އޮތްއިރު މިދެންނެވި ކަންކަން ބަލަންވީ ވަރަށް ނުބައްލަވާ
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ވަނަ ޤަޟިއްޔާއާއި
ހައިކޯޓުގެ ނަންބަރު 134/HC-A/2011 ވަނަ ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލްތަކާ ޚިލާފަށް
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
OXO
4 0
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
• ފަސްވަނަ ނުކުތާއަކީ: ސިވިލް ސަރވިސް ޤާނޫނު އައުމުގެ ކުރިން ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި
ތިބި ފަރާތްތަކާމެދު ޢަމަލްކުރަންޖެހޭ
ޢަމަލްކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ ސިވިލް ސަރވިސް ޤާނޫނުގެ 73 ވަނަ މާއްދާގެ
(ނ) ގައި މި ޤާނޫނަށް ޢަމަލްކުރަން ފެށުމާއެކު މި ޤާނޫނަށް ޢަމަލްކުރަން ފެށުމުގެ ކުރިން ސަރުކާރު
މުވައްޒަފުންގެ ގޮތުގައި ތިބި
ނަމަވެސް ޤާނޫނުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ނުވާ ހުރިހާ
ފަރާތްތަކަށް އޮންނަ ޚިދުމަތުގެ ގުޅުމަށް ނިމުން ގެންނަންވާނެކަމާއި، މިގޮތުން ކޮމިޝަނުގެ ލިޔުމުން ފޮނުވާ
ނޯޓިހަކުން މިކަން ރައްދުވާ ފަރާތަށް އަންގަންވާނެކަމާއި 06 ޖޫން 2006 ފެށިގެން 06 މެއި 2014 ވަނަ
ދުވަހާ ހަމައަށް މުޙިއްދީން ސްކޫލްގައި މެދުނުކެނޑި މަސައްކަތްކޮށްފައިވާއިރު 06 ޖޫން 2006 ފެށިގެން
2011 ވަނަ އަހަރުގެ ޖެނުވަރީ މަހުގެ 03 ވަނަ ދުވަހާ ހަމައަށް ވަޒީފާ ނުގުޅުވާ ބަހައްޓާފައިވާކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވާހަކަ ދައްކަވާފައިވާއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: އިސްލާހީ ފިޔަވަޅު އެޅުވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން އަޙްމަދު
ޝާންއާމެދު ކަނޑައެޅިގެން ސިވިލް ސަރވިސް ކޮމިޝަނުގެ އެހެން މުވައްޒަފުންނާ ތަފާތު ކޮށްފައިވާކަން
ބަޔާންކޮށް އަޙްމަދު ޝާންގެ ފަރާތުން ހުށަހެޅިފައިވާ ހެކިތަކާއި ލިޔުންތަކަށާއި ދައްކާފައިވާ ވާހަކަތަކަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެއްވެސް މިންވަރަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި
ތަކެeއވެ
4
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/102 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް އަޙްމަދު ޝާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2011
/
688/CSC(1) (06 ޖޫން 2011) ”ވަޒީފާ
ދެއްވި ޗިޓް، ން މުޙްޔިއްދީން ސްކޫލްގެ ޓްރެއިންޑް ޓީޗަރ (ޤުރުއާން) ގެ މަޤާމުގެ ވަޒީފާ، ގއ.ވިލިނގިލި
އިރާކުގެ އަޙްމަދު ޝާން އަދާކުރަން ފަށާފައިވާކަން އެނގެން އޮންނަކަމާއި، ސިވިލް ސަރވިސް ކޮމިޝަނުގެ
ނަންބަރު 2014
/
709/CSC(2) (07 މެއި 2014) ”ވަޒީފާ ވަކިކުރެއްވި ޗިޓް” އިން، މުޙްޔިއްދީން
RE
248
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
ސްކޫލްގައި އަޙްމަދު ޝާން އަދާކުރަމުން ދިޔަ ވަޒީފާއިން 07 މެއި 2014 ވަނަ ދުވަހު ވަކިކޮށްފައިވާކަން
އެނގެން އޮވެއެވެ.
0 0 8 2
އެއެeyވާ
ވިލިނގިލި/ އިރާކުގެ އަޙްމަދު ޝާން (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:
117405) މުޙްޔިއްދީން ސްކޫލްގެ ޓްރެއިންޑް ޗިޓަރގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 2014 ވަނަ
އަހަރުގެ މެއި މަހުގެ 07 ވަނަ ދުވަހު އޭނާ އެ މަޤާމުން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު: 5/2007
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާ ގޮތުގެ މަތިންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2014/VTR/102 މައްސަލައިގައި އެޓްރައިބިއުނަލްއިން ނިންމާފައިވާކަން އެނގެން އޮވެއެވެ.
(ނ) މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު
އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ
ގުޅިފައިވާ އޭނާގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ
މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެކަން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)
21 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި، ސިވިލް ސަރވިސްގެ މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި، ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ
ޚިލާފުވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާ ޙާލަތެއްގައިކަން، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުން އެނގެން އޮވެއެވެ.
(ރ) މުޙްޔިއްދީން ސްކޫލްގައި އަޙްމަދު ޝާން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހި
ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 215 ވަނަ މާއްދާގެ (ހ) ގެ (1) (3) އަދި (5)، (ށ) ގެ (2)
އަދި (4)، (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކޮށްފައިވާތީ، އެކުށްތައް އިޞްލާޙުނުވެ
ތަކުރާރުކޮށްފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ނ) ގެ 17 ވަނަ
ގެ
CCCX
29 ހއ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
ނަންބަރާއި 217 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ
މާއްދާގެ (ނ) ގެ 03 ވަނަ ނަންބަރުގެ ދަށުންކަން އެނގެން އޮންނަކަމާއިގެ
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ބަލާއިރު،
އެއަކުރުގައިވަނީ، ”ހަވާލުކޮށްފައިވާ މަސައްކަތަށް ފަރުވާ ކުޑަކުރުމާއި ވަޒީފާގެ ޒިންމާ ނުއުފުލުން. ހަވާލުކުރެވޭ
މަސައްކަތްތައް އެ މަސައްކަތެއް ނިންމަންޖެހޭ އަވަސްމިނުގައި ޒިންމާދާރު ކަމާއެކު ނުކުރުން.” މިފަދައިން
ކަމާއިގެ
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށް ބަލާއިރު،
އެއަކުރުގައިވަނީ، ”މަސައްކަތު ދާއިރާގައި މުވައްޒަފުން ދޭންޖެހޭ އެއްބާރުލުމާއި އަމުރަށާއި އެންގުންތަކަށް
ކިޔަމަންތެރިކަން ކުޑަވުން.“ މިފަދައިން ކަމާއި؟
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރަށް ބަލާއިރު،
އެ ނަންބަރުގައިވަނީ، ބަލިނުވެ ސަލާމުގެ ޗުއްޓީ ނެގުމާއި، ބަލިވެގެންވެސް އޮފީހަށް ނާންގައި ސަލާމުގެ
ޗުއްޓީގައި ހުރުމާއި، އެކިއެކި ޗުއްޓީ ނެގުމުގައި މަކަރު ހެދުމާއި، އޮޅުވާލުމާއި، ޗުއްޓީގެ ފުރުޞަތު ނުވަތަ
ޢިނާޔަތް ނަހަމަ ގޮތުގައި ބޭނުންކުރުން، ނުވަތަ އެއިން ކަމެއް ކުރަން އުޅުން.“ މިފަދައިން ކަމާއި، އިސްވެ
ދިޔަ ނަންބަރު ތަކުގައި ބަޔާން ކުރެވިފައިވާ ކުށްކުށަކީ، ވަޒީފާގެ ކުށުގެ ދަރަޖަ 1 (އެކެއް) ގައި ހިމެނޭ
ކުށްކުށް ކަމާއި، މި ކުށްކުށަކީ، ނަސޭޙަތްދީގެންނާއި އެނޫންވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅު އަޅައިގެން
މުވައްޒަފުންނަށް އިސްލާހުވުމަށް ފުރުޞަތު ދޭންވާނެ ފަދަ ކުށްކުށްކަން، ދިވެހި ސިވިލް ސަރވިސްގެ
ގަވާއިދުގެ 215 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއިގެ
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ބަލާއިރު،
އެ ނަންބަރުގައިވަނީ، ”ޤާނޫނާ ގަވާއިދާ އެއްގޮތްވާ
މުވައްޒަފުގެ އިސްކޮށް ހުންނަ ވެރިޔަކު ދޭ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
އިރުޝާދަކާ އެއްގޮތްވާ ގޮތުގެ މަތީން މަސައްކަތް ގަސްތުގައި ނުކުރުން، ނުވަތަ ކުރުމުގައި އިހްމާލުވުން.“
މިފަދައިން ކަމާއި؛
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ބަލާއިރު،
އެ ނަންބަރުގައިވަނީ، ”އެއްބަސްވެފައިވާ ގޮތުގެ މަތީން މަސައްކަތު ގަޑީގެ އިތުރުން އިތުރު ގަޑީގައި
ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އެންގުމުން އެކަމަށް އިންކާރުކުރުން.” މިފަދައިން ކަމާއި، އިސްވެ ދިޔަ
ނަންބަރު ތަކުގައި ބަޔާން ކުރެވިފައިވާ ކުށްކުށަކީ، ވަޒީފާގެ ކުށުގެ ދަރަޖަ 2 (ދޭއް) ގައި ހިމެނޭ
ކުށްތަކެއްކަމާއި މިކުށްތަކަކީ އިސްލާހުވުމަށް ފުރުޞަތުދީ ތަކުރާރުވާނަމަ، ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެ
ކުށްތަކެއްކަން، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ށ) އިން އެނގެން
އޮންނަކަމާއި؛
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރަށް ބަލާއިރު،
އެ ނަންބަރުގައިވަނީ، ”ސަރުކާރުގެ ލިޔެކިޔުމެއް ނުވަތަ އޮފީހުގެ ލިޔެކިޔުމެއްގެ އަސްލު އޮޅުވާލައި،
ބަދަލުކުރުން...] މިފަދައިން ކަމާއި، މިކުށަކީ، ވަޒީފާ ކުށުގެ ދަރަޖަ 3 (ތިނެއް) ގައި ހިމެނޭ ކުށެއްކަމާއި،
މި ކުށަކީ އެންމެ ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރުމަށް ހުށަހެޅިދާނެ ކުށެއްކަން ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދުގެ 215 ވަނަ މާއްދާގެ (ނ) އިން އެނގެން އޮވެއެވެ.
(ބ) އަޙްމަދު ޝާން ވަޒީފާއިން ވަކިކުރެވިފައިވަނީ، އިސްވެ ބަޔާންވެދިޔަ ވަޒީފާގެ ކުށުގެ ދަރަޖަ 1
(އެކެއް)، 2 (ދޭއް) އަދި 3 (ތިނެއް) ހިމެނޭ ކުށްތައްކޮށް، އެކުށްތައް ތަކުރާރުކޮށްފައިވާތީ ނަސޭހަތްދެވި
އިންޒާރު ދިނުމަށްފަހުގައިކަން، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި، އެގޮތުން؟
ވަޒީފާގެ ކުށުގެ ދަރަޖަ 1 (އެކެއް) ގައި ހިމެނޭ ކުށެއް ކުރެވިފައިވާތީ، އެފަދަ ކުށެއް ތަކުރާރު
ނުކުރުމަށް ނަސޭހަތް ދީފައިވާކަން މުޙްޔިއްދީން ސްކޫލްގެ ނަންބަރު 2012
/
1021/MUH
-
01
/
INDIV
(29 މާރިޗް 2012) ”ލިޔުމުން ދޭ ނަސޭހަތް މިލިޔުމުންނާއި، ނަންބަރު 2012
/
1/MUH
-
01
/
ADN
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ކުeވ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
15)
(2012
އޭޕްރީލު
އަނގަބަހުން
ނަސޭހަތް“ މިލިޔުމުންނާއި، ނަންބަރު
2012
/
1225/MUH
-
01
/
INDIV (17 އޮކްޓޫބަރު 2012) ”އަނގަބަހުން ދޭ ނަސޭހަތް“ މިލިޔުމުންނާއި،
ނަންބަރު 2013
/
23/MUH
-
01
/
INDIV (23 ޖެނުއަރީ 2013) ”ލިޔުމުން ދޭ ނަސޭހަތް،“
ލިޔުންތަކުން އެނގެން އޮންނަ ކަމާއި؛
ވަޒީފާގެ ކުށުގެ ދަރަޖަ 2 (ދޭއް) ގައި ހިމެނޭ ކުށެއް ކުރެވިފައިވާތީ، އެފަދަ ކުށެއް ނުކުރުމަށް
ނަސޭހަތް ދީފައިވާކަން މުޙްޔިއްދީން ސްކޫލްގެ ނަންބަރު 2013
/
2/MUH
-
01
/
ADN (01 ޖުލައި 2013)
[އަނގަބަހުން ދެވޭ ނަޞޭހަތް، މި ލިޔުމުންނާއި، ނަންބަރު 2013
/
179/MUH
-
01
/
INDIV (25 ޖުލައި
2013} މި ދެލިޔުމުން އެނގެން އޮންނަ ކަމާއި؛
ވަޒީފާގެ ކުށުގެ ދަރަޖަ 3 (ތިނެއް) ގައި ހިމެނޭ ކުށެއް ކުރެވިފައިވާތީ، އިންޒާރު ދީފައިވާކަން
މުޙްޔިއްދީން ސްކޫލުގެ ނަންބަރު 2013
/
02/MUH
-
01
/
LDI (26 އޯގަސްޓް 2013) ”އިންޒާރު، މި
ލިޔުމުން
އެނގެން އޮންނަ ކަމާއި، މިފަދަ ކުށްތަކަކީ، އެންމެ ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރުމަށް
ހުށަހެޅިދާނެ ކުށްތަކެއްކަން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010 ގެ ޗެޕްޓަރ 24 ގެ 215 ވަނަ
މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
އަޙްމަދު ޝާންގެ ފަރާތުން އިސްވެ ބަޔާންވެދިޔަ
ތަކުރާރުވެފައިވާތީ، އަޙްމަދު ޝާނަށް
ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ނަސޭހަތާއި އިންޒާރު ދީފައިވާކަމާމެދު އިންކާރު ކޮށްފައިނުވާކަމާއި،
އަޙްމަދު ޝާނާމެދު އަޅާފައިވާ އިޞްލާހީ ފިޔަވަޅުތަކަކީ، އެކަށީގެންނުވާ ނުވަތަ ޤާނޫނީ އިމުގެ ބޭރުން
އަޅާފައިވާ ފިޔަވަޅުތަކެއްކަމުގައި، އަޙްމަދު ޝާންގެ ފަރާތުން ޤަބޫލު ކުރިނަމަވެސް، އެކަމުގެ ޝަކުވާ
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ޙައްޤު އޮވެމެ، އެޙައްޤުގެ ބޭނުން ހިފާފައިނުވުމުން، އަޙްމަދު
ޝާންއާމެދު އަޅާފައިވާ އިޞްލާހީ ފިޔަވަޅުތަކަކީ، ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސާރވިސްގެ ޤާނޫނާއި
ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަޅާފައިވާ އިޞްލާހީ ފިޔަވަޅުތަކެއްކަމުގައި ބެލެވެން އޮތުމާއެކު، އަޙްމަދު
RE
ކައި
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/95
ޝާން އަދާކުރަމުންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނާއި ދިވެހި
40* 8
އއ 3
ސިވިލް ސަރވިސްގެ ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ ގޮތުގެމަތިންކަން އެނގެއެވެ.
ވީމާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/102 މައްސަލައިގައި ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/102 މައްސަލައިގައި، ނިންމަވާފައިވާ ނިންމެވުމަށް
ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއްވިޔަސް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
CU O
އައިކޯޓް
k
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ