ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/182 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/182
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 182/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
T.
* ނަން: އަޙްމަދު ލަޠީފް
| ދާއިމީ އެޑްރެސް: މ. ގުލްޝަނީގެ/ މާލެ
މިހާރުގެ އެޑްރެސް: މ. ގުލްޝަނީގެ/ މާލެ
:
އައިޑީ ކާޑު ނަންބަރު: A146674
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
ރަޖިސްޓަރީކުރެވުނު ތާރީޚް: 06 ޖުލައި 2014
ނިމުނު ތާރީޚް: 14 އެޕްރީލް 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr-C/766
• ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުން
ހުށަހެޅުނުތާރީޚް: 26 މެއި 2011
ނިމުނު ތާރީޚް: 25 ފެބްރުއަރީ 2014
I
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/182
ދަޢުވާގެ ޚުލާޞާ;
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މާލެ/ މ. ގުލްޝަނީގެ އަޙްމަދު ލަޠީފްގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/766 ޤަޟިއްޔާއަކީ، ގުލްޝަނީގެ/ ކ. މާލެ
އަޙްމަދު ލަޠީފު 01 ނޮވެމްބަރ 2010 ދުވަހު 13:15 އެހާކަންހާއިރު، މ. މުލީގައި މަސްތުވާތަކެތި ގެންގުޅޭ
ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، އަޙްމަދު ލަޠީފު މުލި މެޖިސްޓްރޭޓް ކޯޓު ކުރިމަތީގައި ހުރި
ޖޯލިފައްޗެއްގައި އޮއްވައި، ފުލުހުން އެތަނަށް އައިސް، އަޙްމަދު ލަޠީފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް،
އަޙްމަދު ލަޠީފު މ. މުލި ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އަޙްމަދު ލަޠީފުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު،
އަޙްމަދު ލަޠީފު ލައިގެންހުރި ސޯޓުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ފެނުނު ލަކްސް (LUX) ބްރޭންޑްގެ
ސައިބޯނި އުރައެއްގެ ތެރޭގައި އޮތް 01 (އެކެއް) ފިލްމް ހުސްކުރި ދަޅުގައި 15.7724 ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 9.1999 ގްރާމް ކެނަބިނޯލް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު
ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ރ)
ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ
އަޙްމަދު ލަޠީފުގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރުމުން ކްރިމިނަލް ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ދައުލަތުން މާލެ / މ. ގުލްޝަނީގެ އަޙްމަދު
ލަޠީފްގެ މައްޗަށް ކުޅެ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން އަޙްމަދު ލަޠީފް 01 ނޮވެމްބަރ 2010 ދުވަހުގެ 13:15
އެހައިކަންހައިއިރު، މ.މުލީގައި މަސްތުވާ ތަކެތި ގެންގުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން އަޙްމަދު
ލަޠީފް މ.މުލި މެޖިސްޓްރޭޓް ކޯޓު ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި އޮއްވައި، ފުލުހުން އެތަނަށް ގޮސް،
ޖާދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/182
އަޙްމަދު ލަޠީފް ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް އަޙްމަދު ލަޠީފް މ. މުލި ޕޮލިސްސްޓޭޝަނަށް ޙާޟިރުކޮށް
އަޙްމަދު ލަޠީފުގެ ހަށިގަޑު ބަލާ ފާސްކުރިއިރު އަޙްމަދު ލަޠީފު ލައިގެން ހުރި ސޯޓުގެ ޖީބުން ފެނުނު
ލަކްސް (LUX) ބްރޭންޑްގެ ސައިބޯނި އުރައެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ
އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފުލުހުން ނެގިނަމަވެސް، އެދަޅަކީ އަޙްމަދު ލަޠީފްގެ އެއްޗެއް ނޫންކަމަށް
އަޙްމަދު ލަޠީފް ޝަރީޢަތުގެ މަޖިލީހުގައި އިންކާރު ކޮށްފައިވާތީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން
ބުނެވިދިޔަ ދަޅު އަޙްމަދު ލަޠީފުގެ ސޯޓުގެ ޖީބުން ފެނިފައިވާކަން އެނގެން އޮންނާތީއާއި، ބުނެވިދިޔަ ދަޅަކީ
އެއްޗެއްކަން އަޙްމަދު ލަޠީފަށް ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީއާއި، ބުނެވިދިޔަ ދަޅުގައި
ހުރިތަކެތި ތަޙުލީލުކުރިއިރު، އެތަކެތީގެ ބަރުދަނުގައި 24.9723 ގްރާމް ކެނެބިސް ހުރިކަން އެތަކެތީގެ ތަޙްލީލް
ރިޕޯޓުން އެނގެން އޮންނާތީ، އަޙްމަދު ލަޠީފްގެ އިޢުތިރާފުންނާއި، ހެކިންގެ ހެކިބަހުންނާއި، ގުޅިފައިވާ
ގަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ
މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުން އަޙްމަދު ލަޠީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެގޮތުން ބުނެވިދިޔަ
މާއްދާގެ (ރ) ގެ ދަށުން އަޙްމަދު ލަޠީފުގެ ޣައިރު ޙާޟިރުގައި، އަޙްމަދު ލަޠީފް ޢުމުރަށް ޖަލަށްލުމަށް
މިޤަޟިއްޔާ ނިންމީއެވެ.] މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން
ހުކުމްކޮށް
CCCX
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ކަމަށް ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން އިސްތިއުނާފު ކުރުމަށް 05 (ފަހެއް) ނުކުތާއެއް ފާހަގަކޮށް
އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ކުށް
ސާބިތުވެއްޖެކަމަށް ކަނޑައަޅަން އޮންނަ މިންވަރާއި ހަމަތަކާއި ޚިލާފަށް އަޙްމަދު ލަޠީފްގެ މައްޗަށް ކުށް
ސާބިތުވާކަމަށް ނިންމާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/182
0
COC
• ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގައި ޢަދުލުވެރި ހެކިންގެ
ހެކިބަސް ބަލައިގަންނަން އޮންނަ މިންވަރަށް ދިފާޢީ ހެކިންގެ ހެކިބަސް ބަލައިގަނެ ބުރަދަން ދީފައި ނުވުން އަދި
ކަމެއްގެ ޙަޤީޤަތް ސާބިތުވެއްޖެކަމަށް ބަލަން އޮންނަ މިންގަޑުން ދިފާޢީ ހެކީންގެ ހެކިބަހަށް ރިޢާޔަތް ކޮށްފައި
ނުވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: މީހެއްގެ މާއްދީ ކޮންޓްރޯލްގެ ދަށުން ފެނުނު އެއްޗެއްގެ ޒިންމާ އެމީހަކު
އުފުލަން ނުޖެހޭފަދަ ޙާލަތެއްގައި، އެ ޒިންމާ އެފަރާތުން އުފުލަންޖެހޭކަމަށް ނިންމާފައިވުން ކަމަށް ބުނެ ފާހަގަ
ކުރި ނުކުތާއެވެ.
• ހަތަރު ވަނަ ނުކުތާއަކީ: މި މައްސަލާގައި ފެނިފައިވަނީ މަސްތުވާތަކެތި ކަމާއި މަސްތުވާތަކެތީގެ ކޮން
ބާވަތެއްކަން އަދި ކިހާ މިންވަރެއްކަން ޤާނޫނީ ހަމަތަކުގެ މަތީން ޝަރީޢަތުން ކަށަވަރުކޮށްފައި ނުވުން ކަމަށް
ބުނެ ފާހަގަ ކުރި ނުކުތާއެ
• ފަސް ވަނަ ނުކުތާއަކީ: ޙުކުމަށް ވާޞިލުވި ސަބަބުތައް ނުވަތަ ނުކުތާތައް ބަޔާން ކުރިއިރު
19،18،1761615 ވަނަ ނުކުތާގައި ތަފާތު 13 ތަނެއްގައި އެހެން މީހެއްގެ ވާހަކަ ބަޔާންކޮށް، އެ
ސަބަބުތަކުގެ މައްޗަށް
ބިނާކޮށް
ކުށް އަޙްމަދު ލަޠީފް ކުށްވެރި ވާކަމަށް ކަނޑައަޅާފައިވުން ކަމަށް ބުނެ ފާހަގަ ކުރި
އވެ
ނގ 44.
ތާތަކަށާއި،
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/766 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އަޙްމަދު ލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް
އެނުތާތަކާއި ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) 01 ނޮވެމްބަރ 2010 ދުވަހު 13:15 އެހާކަންހާއިރު، އަޙްމަދު ލަޠީފު މުލީގައި
މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން، އަޙްމަދު ލަޠީފު މ. މުލި މެޖިސްޓްރޭޓް ކޯޓު
ކުރިމަތީގައި ހުރި ޖޯލިފައްޗެއްގައި އޮއްވައި، އަޙްމަދު ލަޠީފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް،
ލަޠީފު މ. މުލި ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް އަޙްމަދު ލަޠީފުގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، އަޙްމަދު
ލަޠީފު ލައިގެންހުރި ސޯޓުގެ ވައަތްފަރާތު ކުރިމަތީ ޖީބުން ފެނުނު ލަކްސް (LUX) ބްރޭންޑްގެ ސައިބޯނި
ގެންގޮސް، އަޙްމަދު
RE
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
މަ_މޝާއެޗޭ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/182
.އެއްގެ
އޮތް
01
4
ތެރޭގައި
(އެކެއް) ފިލްމް ހުސްކުރި ދަޅުގައި 15.7724
ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 9.1999 ގްރާމް ކެނަބިނޯލް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު
ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ރ)
ގެ ދަށުން އަޙްމަދު ލަޠީފުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766 ޤަޟިއްޔާގައި
ކޮށްފައިވާއިރު، އެދަޢުވާއަށް އަޙްމަދު ލަޠީފް އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/77
(މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ މަނާކުރެވިފައިވާ
އެޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އަޙްމަދު ލަޠީފު ކުށްވެރިވެއްޖެކަމަށް
ކަނޑައަޅުއްވައި އެކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ
2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އަޙްމަދު ލަޠީފް އުމުރަށް ޖަލަށްލުމަށް
އަޙްމަދު ލަޠީފްގެ ޣައިރު ޙާޟިރުގައި ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/766 ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވާކަން އެނގެންއޮވެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ކުށް ސާބިބު
ކަނޑައަޅަން އޮންނަ މިންވަރާއި ހަމަތަކާއި ޚިލާފަށް އަޙްމަދު ލަޠީފްގެ މައްޗަށް ކުށް ސާބިތުވާކަމަށް
ނިންމާފައިވާކަމަށް ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް
ޝަރީޢަތުން ނަޒަރުކުރިއިރުގެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ކުށް ސާބިތު
ކަނޑައަޅަން އޮންނަ މިންވަރާއި ހަމަތަކާ ޚިލާފަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766
ސ ޑ ދދވ
می میره که ما
2
2
4
2
4 އ ދވ
و میمہ کے مطح
ދިވެހިރާއްޖެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
244,2202
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/182
ޤަޟިއްޔާގައި އަޙްމަދު ލަޠީފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ އަޙްމަދު
ލަޠީފުގެ ފަރާތުން ފާހަގަކޮށްފައިވަނީ މައިގަނޑު ދެ ސަބަބެއްކަމާއި
އެއީ، އަޙްމަދު ލަޠީފަކީ އޭގެކުރިން ކުށުގެ ރެކޯޑެއްއޮތް މީހަކަށްނުވުމާއި، އަޙްމަދު ލަޠީފްގެ
ކުޑަކަމުދާއެއްޗެހި މަސްތުވާ އެއްވެސް އެއްޗެކަށް ޕޮޒިޓިވްވެފައި ނުވުމާއި އަދި އަޙްމަދު ލަޠީފްގެ އަތުން
ފެނުނުކަމަށް ބުނާ މަސްތުވާތަކެތި އަޅާފައިވާ ދަޅަކީ، މީހަކު އަޙްމަދު ލަޠީފްގެ އަތަށް ދިން ނުވަތަ އަޙްމަދު
ލަތީފްއާއި ޙަވާލުކުރި ދަޅެއްކަން އަޙްމަދު ލަޠީފްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން
އޮތްކަމަށް އަޙްމަދު ލަޠީފްގެ ފަރާތުން ދެކޭތީކަން، އިސްތިއުނާފް ނުކުތާގެ ތަފްޞީލުގައި އަޙްމަދު ލަޠީފުގެ
ފަރާތުން ދައްކާފައިވާ ވާހަކަ ތަކުން އެނގެން އޮތްއިރުގެ
ކުރިން އެއްވެސް ކުށެއް ކޮށްފައިނުވާ ފަރާތެއްވެސް ކުށުގެ ޢަމަލެއް ހިންގައި އަދި އެފަދަ ޢަމަލެއްގައި
ބައިވެރިވެދާނެކަމީ ސަލާމަތްބުއްދިއަށްވެސް ޤަބޫލުކުރެވޭ ކަމެއްކަމަށްވާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރާ
ހުރިހާ ފަރާތްތަކަކީ، އެފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކެއްނޫންކަމާއި، ތުހުމަތުކުރެވިފައިވާ މީހާގެ ކުށުގެ
ރެކޯޑެއްނެތުމާއި، އެމީހެއްގެ ކުޑަކަމުދާ އެއްޗެހި މަސްތުވާ އެއްވެސް އެއްޗަކަށް ޕޮޒިޓިވްވެފައިނުވުމަކީ، މީހެއްގެ
ފެންނަ މަނާކުރެވިފައިވާ ކާމެދު އެމީހަކު ޒިންމާ އުފުލަންނުޖެހޭ ފަދަ ޤާނޫނީ
ޙުއްޖަތެއްނޫންކަމާއި؛
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ކާފީ
ޤާނޫނީ ޤަރީނާއެއްކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ)
އާއި، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން އޮންނައިރު،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި "މުޠުލަޤު މަސްއޫލިއްޔަތު“
ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެއްކަމަށާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/182
ހ 8
6 4ހ4
އފލުން.ހކަމާއި،
މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ ”ޤާނޫނީ ޤަރީނާ، އެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
08/SC-A/2008 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި؛
އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް ނުދެއްކޭނަމަ
އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ
ފެނުނު މީހާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC-A/2010 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 212/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާ ފައިވާކަން އެނގެން އޮންނައިރު، މި
މައްސަލައިގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތި ފެނިފައިވަނީ، އަޙްމަދު ލަޠީފް ލައިގެންހުރި ފަޓުލޫނުގެ
ކަނާއަތް ފަރާތު ކުރިމަތީ ޖީބުތެރޭގައި އޮތް ފިލްމް ހުސްކުރި ދަޅަކުންކަމާއި، އަދި އެކަމާމެދު އަޙްމަދު ލަޠީފް
އިންކާރުކޮށްފައިނުވާކަން އެނގެން އޮންނަކަމާއި؛
ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766 ޤަޟިއްޔާގައި، އަޙްމަދު ލަޠީފުގެ މައްޗަށް
ހުށަހެޅުނު ދަޢުވާއަކީ ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ
ދަށުން، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާކަމާއި،
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) ގައި މަނާކުރެވިފައިވާ
މަސްތުވާ އެއްވެސް ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާ އަތުގައި ބެހެއްޓުމަކީ
ކުށެއްކަމަށް
ބަޔާންކޮށްފައިވާކަމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެއްގުރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި
ހުރެއްޖެނަމަ ބެލޭނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް އެމާއްދާގެ (ށ) ގައި
ންކުރެވިފައިވާކަމާއި، އެކުށުގެ އަދަބަކީ ޢުމުރަށް ޖަލަށްލުންކަން ޤާނޫނު ނަންބަރު 17/17 (މަސްތުވާ
ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ރ) އިން އެނގޭކަމާއި،
އެއްޗެއް
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/182
މިމައްސަލައިގައި ފެނުނު މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި ކެނެބިނޯލް އަކީ ކެނަބިސްކަމާއި، އެތަކެތީގެ ޖުމްލަ ބަރުދަނުގައި 24.9723ގްރާމް
ހުރިކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެން އޮންނަކަމާއި، ކެނަބިސްއަކީ މަނާކުރެވިފައިވާ
މަސްތުވާއެއްޗެއްކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ މަނާކުރެވިފައިވާ
މަސްތުވާތަކެތީގެ ތާވަލުން އެނގެން އޮންނަކަމާއި؛
CCCX
މިމައްސަލައިގައި އަޙްމަދު ލަޠީފްގެ މައްޗަށް ޙުކުމް ކުރައްވާފައިވަނީ ހެކިންގެ ހެކިބަހުންނާއި
ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ބިނާކުރައްވައިގެންކަން މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ނ) ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގައި ޢަދުލުވެރި ހެކިންގެ ހެކިބަސް
ބަލައިގަންނަން އޮންނަ މިންވަރަށް ދިފާޢީ ހެކިންގެ ހެކިބަސް ބަލައިގަނެ ބުރަދަން ދީފައި ނުވާކަމަށާއި، ކަމެއްގެ
ޙަޤީޤަތް ސާބިތުވެއްޖެކަމަށް ބަލަން އޮންނަ މިންގަނޑުން ދިފާޢީ ހެކީންގެ ހެކިބަހަށް ރިޢާޔަތްކޮށްފައި
ނުވާކަމަށްބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
ކްރިމިނަލް ކޯޓުގެ ނަންބަރ 2011/Cr-C/766 ޤަޟިއްޔާއާއި ގުޅިގެން އަޙްމަދު ލަޠީފްގެ ފަރާތުން
ދިފާޢީ ހެކިންގެ ގޮތުގައި ޏ. ފުވައްމުލައް ޝުހުރަތުގެ މުޙައްމަދު މުރުޝިދުއާއި، މ. ހައިލޯ/ މާލެ މުޙައްމަދު
ޝިހާންއާއި، ކިނބިދޫ ވައިލެޓްހައުސް އަޙްމަދު ޒާހިރުއާއި މިތިން މީހުން ހުށަހަޅާފައިވާކަމާއި،
އެފަރާތްތަކުގެ ހެކިބަސް ޝަރީޢަތުން ނަންގަވާފައިވާކަން އެނގެން އޮންނަކަމާއި،
އެގޮތުން، އަޙްމަދު ޒާހިރު 11 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އަޙްމަދު ޒާހިރަކީ، އަޙްމަދު ލަޠީފް އަތޮޅަށް ދަތުރުކުރި ފެރީ
ލޯންޗުގެ ކެޕްޓަންކަމަށާއި، ލޯންޗު ދަތުރަށް ނައްޓާލަން ކުޑަތަންވެފައި ހުއްޓާ އަޙްމަދު ލަޠީފް ލޯންޗުގެ
ދިރުބާކޮޅަށް ނިކުތުމުން ބޭރު ޖެޓީ މަތިން އާދައިގެ ޒުވާން ވަރުގެ ކުއްޖެއް އަޙްމަދު ލަޠީފް އަތަށް އެއްޗެއް
.e
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/182
ޙަވާލުކުރިތަން ދެކުނުކަމަށާއި، އެއީ، ކޮންއެއްޗެއްކަން ނޭނގޭކަމަށާއި، ކަޅު ކުލައިގެ ގާތް ގަނޑަކަށް
ސައިބޯނި ވަރުގެ އެއްޗަށް
އެޗަށްކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
4 4
އަދި މުޙައްމަދު ޝިހާން 11 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، މުޙައްމަދު ޝިހާނަކީ މާލެ ދެކުނު ފަރާތުގައި އޮތް ތ. އަތޮޅު
ފެރީއަށް އަޙްމަދު ލަޠީފް ފުރަންވެގެން ސައިކަލުގައި ގެންގޮސް ދިން ފަރާތްކަމަށާއި، ފެރީ ލޯންޗެއްގައި
ބ.އަތޮޅަށް އަޙްމަދު ލަޠީފް ދިއުމަށްޓަކައި ގޮސް ހުއްޓާ ކާކުކަން ނޭނގޭ މީހަކު އައިސް އަޙްމަދު ލަޠީފް އަތަށް
އަތްތިލަވަރުގެ ކުޑަ ކަޅު ކުލައިގައި ޕެކްކޮށްފައި އިން އެއްޗެއް ދިންކަމަށް ބުނެފައިވާކަން އެނގެން
އޮންނަކަމާއިގެ
އަދި މުޙައްމަދު މުރުޝިދު 06 އޮކްޓޯބަރު 2013 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، ފެރީ ލޯންޗެއްގައި ބ. އަތޮޅަށް އަޙްމަދު ލަޠީފް ދިއުމަށްޓަކައި ގޮސް
ލޯންޗުގައި ހުއްޓާ މުޙައްމަދު މުރުޝިދު، އަޙްމަދު ލަޠީފްގެ އަތަށް އެއްޗެއް ދީފައިވާނެކަމަށާއި، އެއީ، ސައިބޯނި
ފޮއްޓެއްކަމަށާއި، އޮފޮށީގައި ހުންނާނީ ހަމައެކަނި ސައިބޯޓެއް ނޫންކަމަށާއި، އެފޮށީގައި ތެޔޮދަޅަކާއި ޝޭމްޕޫ
އަދި ލޯޝަން ފުޅިއެއްވެސް އިންނާނެކަމަށް، ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
މިމައްސަލައިގެ ތަޙްޤީޤަށް 2010 ނޮވެމްބަރު 04 ވަނަ ދުވަހު އަޙްމަދު ލަޠީފް ދީފައިވާ ބަޔާނަށް
ބަލާއިރު، 2010 ނޮވެމްބަރު 01 ވަނަ ދުވަހު އަޙްމަދު ލަޠީފްގެ ހަށިގަނޑު ބަލާ ފާސްކުރުމުން އަޙްމަދު
ލަޠީފް ލައިގެން ހުރި ސޯޓްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނު މައްސަލާގައި
އަޙްމަދު ލަޠީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އެމައްސަލާގައި ޤާނޫނުއަސާސީގެ ދަށުން
ލިބިފައިވާ ހަނުހުރުމުގެ ޙައްޤު އަޙްމަދު ލަޠީފް ލިބިގަންނަކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، އަޙްމަދު
ލަޠީފްގެ އަތުން ފެނިފައިވާ މަސްތުވާތަކެއްޗަކީ އަޙްމަދު އަޙްމަދު ލަޠީފްގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާ ފަދައިން ނުވަތަ އަޙްމަދު ލަޠީފްގެ ފަރާތުން ދިފާޢުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރި
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/182
OCX
ފުވައްމުލައް ޝުހުރަތުގެ މުޙައްމަދު މުރުޝިދު އަޙްމަދު ލަޠީފްގެ އަތަށް ދިން އެއްޗެއްކަމަށް ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު، މިވާހަކަތައް މިމައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
އަޙްމަދު ލަޠީފް ބަލާ ފާސްކުރިއިރު އަދި ތަޙްޤީޤުގެ މަރުޙަލާގައިވެސް އެއްވެސް ވަރަކަށް ފާހަގަކޮށްފައިނުވާއިރު
އެކަން އެގޮތަށް ފާހަގަނުކުރި އެކަށީގެންވާ ސަބަބެއްވެސް ޝަރީޢަތަށް އަޙްމަދު ލަޠީފްގެ ފަރާތުން
ހާމަކޮށްފައިނުވާއިރު ތަޙްޤީޤު މަރުޙަލާގައި އަޙްމަދު ލަޠީފްގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތެއް
ބަޔާންކުރުމަކާ ނުލައި ޝަރީޢަތުގެ މަޖިލީހުގައި އެތަކެތި ލިބުނު ގޮތް ކިޔައިދީ އެތަކެތީގެ ޒިންމާ އުފުލާނެ
މީހަކު ދެއްކުމަކީ، ހެކި އުފައްދައިގެން ޝަރީޢަތަށް ހުށަހެޅުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށްވުމުން އަޙްމަދު
ލަޠީފްގެ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވާ ހެކިންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ މިމައްސަލައިގައި
ޝަރީޢަތުން ރިޢާޔަތްކޮށް އެމައްޗަށް އިޢްތިބާރެއް ދެވޭނެ ވާހަކަތަކެއް ކަމަށް ނުބެ
ނުބެލެވެއެވެ.
(ރ) މި މައްސަލައިގައި ފެނިފައިވަނީ މަސްތުވާތަކެތިކަމާއި، މަސްތުވާތަކެތީގެ ކޮން ބާވަތެއްކަމާއި،
ކިހާ މިންވަރެއްކަން ޤާނޫނީ ހަމަތަކުގެ މަތީން ޝަރީޢަތުން ކަށަވަރުކޮށްފައިނުވާ ކަމަށް ބުނެ އަޙްމަދު ލަޠީފްގެ
ފަރާތުން ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؟
އަޙްމަދު ލަޠީފްގެ
މައްޗަށް ތުހުމަތު ކުރެވުނު މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި
ރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށާ ގުޅިގެން އަޙްމަދު ލަޠީފްގެ ހަށިގަނޑު ބަލައި ފާސްކުރުމުގައި
އަޙްމަދު ލަޠީފު ލައިގެންހުރި ފަޓްލޫނުގެ ކަނާއަތް ފަރާތު ޖީބުން ފެނުނު ފިލްމް ހުސްކުރި ދަޅުގައި ހުރި
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި ކެނެބިނޯލް އަކީ ކެނަބިސްކަމާއި، އެތަކެތީގެ ޖުމްލަ ބަރުދަނުގައި 24.9723ގްރާމް
ހުރިކަން ދައުލަތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
2010
/
1473/FSD
(
D
)
-DR ”ލެބޯޓްރީ ތަޙްލީލް ރިޕޯރޓް، އެނގެން އޮންނައިރު އެރިޕޯޓުގެ ޞައްޙަކަމާމެދު
ނުވަތަ އެރިޕޯޓް ތައްޔާރުކުރި ފަރާތަކާބެހޭ ގޮތުން ނުވަތަ އެތަކެތި ތަޙްލީލުކުރި ފަރާތުގެ ޢިލްމީ ޤާބިލްކަމާއި
ތަޖްރިބާއާބެހޭ ގޮތުން އެއްވެސް ސުވާލެއް ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުންދިޔައިރު އުފައްދާފައިވާކަން،
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/182
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން ނެތްކަމާއި، އެކަންކަން ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤާއި ފުރުޞަތު އޮވެމެ، އެޙައްޤުގެ
ބޭނުން އަޙްމަދު ލަޠީފްގެ ފަރާތުން ނުކޮށް ދޫކޮށްލާފައިވުމުން، އިސްވެ އިޝާރާތްކުރެވުނު ތަޙްލީލު ރިޕޯޓުގައި
ހިމެނިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކުރައްވާ ކްރިމިނަލް ކޯޓުން ޙުކުމް ކުރެއްވުމަކީ ޝަރުޢީ ޤާނޫނީ
ހަމަތަކާ ޚިލާފުކަމެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ބ) ޙުކުމަށް ވާޞިލުވި ސަބަބުތައް ނުވަތަ ނުކުތާތައް ބަޔާންކުރިއިރު 15,16,17.18،19 ވަނަ
ނުކުތާގައި ތަފާތު 13 ތަނެއްގައި އެހެން މީހެއްގެ ވާހަކަ ބަޔާންކޮށް، އެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް
އަޙްމަދު ލަޠީފް ކުށްވެރި ވާކަމަށް ކަނޑައަޅާފައިވާ ކަމަށް ބުނެ އަޙްމަދު ލަޠީފްގެ ފަރާތުން ފާހަގަކުރި
ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކު ތެރެއިން 15،16،17،18،19 ވަނަ ނުކުތާގެ ތަފާތު 13 ތަނެއްގައި އަޙްމަދު
ލަޠީފުގެ ބަދަލުގައި "މުޙައްމަދު ލަޠީފު މިފަދައިން ލިޔެވިފައިވާކަމަށް، އިޝާރާތްކުރެވުނު އިސްތިއުނާފީ
ތާގެ ތަފްޞީލުގައި އަޙްމަދު ލަޠީފުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނައިރު؟
ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766 ޤަޟިއްޔާގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން އުފުލާފައިވަނީ، މ.ގުލްޝަނީގެ/ މާލެ
އަޙްމަދު ލަޠީފްގެ މައްޗަށްކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު
2011/Cr
-
C/766 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކު ތެރެއިން 15،16،17،18،19 ވަނަ ނުކުތާތަކުގައި އަޙްމަދު ލަޠީފުގެ ބަދަލުގައި
”މުޙައްމަދު ލަޠީފު“ މިފަދައިން ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް
އެނގޭކަމާއި، މިމައްސަލައިގައި ދަޢުވާކުރެވިފައިވަނީ ހަމައެކަނި އަޙްމަދު ލަޠީފްގެ މައްޗަށް ކަމަށްވުމާއެކު
ނުކުތާގެ
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/182
27 ހއ
އެކަމަށް
އަޙްމަދުގެ ބަދަލުގައި މުޙައްމަދު ލިޔެވިފައިވުމަކީ، މުޅި މައްސަލައިގެ ވާޤިޖާއަށް ބަދަލު އަންނާނެ ކަމެއް
ނޫންކަމާއި، އަދި އެއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/766 ޤަޟިއްޔާގައި ކުރައްވާފައިވާ
ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ކަމަކަށް ނުބެލެވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ
ނަންބަރު 2011/Cr-C/766 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ ޤާނޫނީ
ސަބަބެއް އޮތްކަމަކަށް ނުފެނުނެވެ.
0
ޙަރާމް:
ދ 2
ބޮންކް
ދެންފަހެ، އިސްވެ
ންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2011/Cr-C/766 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް އަޙްމަދު ލަޠީފްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެ ޤަޟިއްޔާގައި އަޙްމަދު ލަޠީފްގެ އިޢުތިރާފުންނާއި،
ހެކިންގެ ހެކިބަހުންނާއި، ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/77 (މަސްތުވާ
ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ޙަވާލާދީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން އަޙްމަދު ލަޠީފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅުއްވައި
އެކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ރ) ގެ ދަށުން އަޙްމަދު ލަޠީފް ޢުމުރަށް ޖަލަށްލުމަށް
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
ދިވެހި9
Y
T:
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ