ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/156 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/156
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
ހއ 2 ހއ
ޤަޟިއްޔާ ނަންބަރު: 156/HC-A/2016
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޙުސައިން ޢަލީ
މިހާރުގެ އެޑްރެސް: ނަޝީ/ ޏ.ފުވައްމުލައް
އައި.ޑީ.ކާޑު ނަންބަރު: A003901 ދާއިމީ އެޑްރެސް: ނަޝީ|
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
* ރަޖިސްޓްރީ ނަންބަރު: 173
/
93-C
ދާއިމީ އެޑްރެސް: ފިޝަރީޒް ކޮމްޕެނީ ލޓޑ
.ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ޖުމާދަލްއާޚިރާ 1437
ނިމުނު ތާރީޚް: 14 މުޙައްރަމް 1439
04 އޮކްޓޯބަރު 2017
04
05
2016
0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv-C/894
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅުނު ތާރީޚް: 08 ޖޫން 2015
ނިމުނު ތާރީޚް: 29 ޑިސެމްބަރު 2015
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން،
އީމެއިލް Qappyshighcourt.gov.mv
މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/154
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/894 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ނަޝީ/ ޏ.ފުވައްމުލައް
ޙުސައިން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީއެވެ.
4 22
ފާހަގަކުރެވުނު ނުކުތާތައް
01- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/894 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، "މިރުޒާ މޯލްޑިވްސް" ގެ ނަމުގައި ޏ.ފުވައްމުލައް ނަޝީ،
މިސްކިތްމަގު ޙުސައިން ޢަލީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A003901} ރަޖިސްޓްރީ
ކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓަކުން ދީފައިވާ އޯޑަރަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) އިން ސަޕްލައިކޮށްފައިވާ 500 (ފަސްސަތޭކަ) މަސްކޭހަށް ދައްކަންޖެހި
ނުދައްކާވާ، -/428,770 (ހަތަރުލައްކަ އަށާވީސްހާސް ހަތްސަތޭކަ ހަތްދިހަ ރުފިޔާ) އާއި މިމައްސަލަ
ކޯޓަށް ހުށަހެޅުމަށް ހިނގާފައިވާ ޚަރަދަށްވާ -/25 ރ. (ފަސްސަވީސް ރުފިޔާ) ދެއްކުމަށް ޙުސައިން ޢަލީގެ
މައްޗަށް އަމުރު ކޮށްދިނުމަށްއެދި ޙުސައިން ޢަލީގެ މައްޗަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) އިން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
މިޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، "މިރުޒާ މޯލްޑިވްސް" ގެ
ނަމުގައި ޏ.ފުވައްމުލައް ނަޝީ، މިސްކިތްމަގު ޙުސައިން ޢަލީ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A003901) ރަޖިސްޓްރީ ކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓަކުން ދީފައިވާ އޯޑަރަށް މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ސަޕްލައިކޮށްފައިވާ 500 (ފަސްސަތޭކަ)
މަސްކޭހަށް ދައްކަންޖެހި ނުދައްކާވާ، -/428,770 (ހަތަރުލައްކަ އަށާވީސްހާސް ހަތްސަތޭކަ ހަތްދިހަ
ރުފިޔާ) އާއި މިމައްސަލަ ކޯޓަށް ހުށަހެޅުމަށް ހިނގާފައިވާ ޚަރަދަށްވާ -/25 ރ. (ފަސްސަވީސް ރުފިޔާ)
ދެއްކުމަށް ޙުސައިން ޢަލީގެ މައްޗަށް އަމުރު ކޮށްދިނުމަށްއެދި ޙުސައިން ޢަލީގެ މައްޗަށް މޯލްޑިވްސް
އިޤްހިރާއްޖޭގެ
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒު ހިނގުން،
ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: fighcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
އިޗެހީތައް ދިވެހިރާއްޖެ، ފޯން:3325029، ފެކްސް 3316471
3
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/156
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) ގެ ފަރާތުން ކުޅަ މިދަޢުވާއަށް ޝަރީޢަތުން
ބެލިއިރު،
ޙުސައިން ޢަލީ ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "މިރުޒާ މޯލްޑިވްސް" ކިޔާ ލޯކަލް
އިންވެސްޓްމަންޓަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) އިން
ސަޕްލައިކޮށްދީފައިވާ 500 (ފަސްސަތޭކަ) ކޭސް ދަޅުމަކަށް އަގުއަދާކުރުމުގެ ގޮތުން މިރުޒާ މޯލްޑިވްސް
ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި އޮންނަ ނަންބަރު 002-101247-7704 އެކައުންޓުން 2012
އޮގަސްޓް 13 ވަނަ ދުވަހާއި 2012 ސެޕްޓެމްބަރ 02 ވަނަ ދުވަހު ފައިސާ ނެގޭގޮތަށް ދޫކޮށްފައިވާ
ނަންބަރު 000287 ޗެކާއި 000293 ޗެކާއި މިދެޗެކުގައިވާ އަދަދަށް އެކައުންޓްގައި ފައިސާ ނެތިގެން،
އެޗެކްތައް ބޭންކުގެ ފަރާތުން އަނބުރާ ރައްދުކޮށްފައި ވާކަމާއި، ބުނެވިދިޔަ -/428,770ރ. (ހަތަރުލައްކަ
އަށާވީސްހާސް ހަތްސަތޭކަ ހަތްދިހަ ރުފިޔާ) އާއި މިމައްސަލަ ކޯޓަށް ހުށަހެޅުމަށް ހިނގާފައިވާ ޚަރަދަށް
-/25ރ. (ފަންސަވީސް) އާއި އެކު ޖުމްލަ -/
428,795ރ. (ހަތަރުލައްކަ އަށާވީސްހާސް ހަތްސަތޭކަ
ނުވަދިހަ ފަހެއް ރުފިޔާ) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުދައްކާހުރި
ފައިސާކަން ހުށަހެޅިފައިވާ މުސްތަނަދުތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
މިފައިސާ ދަޢުވާކުރާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) އަށް
ލިބިދިނުމުގެ ގޮތުން މިއަދު، 2015 ޑިސެމްބަރ 29 ވަނަ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ
ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) އަށް ދައްކާ -/428,795ރ.
(ހަތަރުލައްކަ އަށާވީސްހާސް ހަތްސަތޭކަ ނުވަދިހަ ފަހެއް ރުފިޔާ) އެއްކޮށް ޚަލާޞްކުރުމަށް ދަޢުވާލިބުނު
ޏ.ފުވައްމުލައް ނަޝީ މިސްކިތްމަގު ޙުސައިން ޢަލީ (މިރުޒާ މޯލްޑިވްސް) އަށް އަންގައި ޙުކުމް
ކޮށްފީމެވެ." މިފަދައިންނެވެ.
J
02- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/894 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ނަޝީ/ ޏ.ފުވައްމުލައް
ޙުސައިން ޢަލީގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅާ އެނުކުތާއާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؟
މިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރުގެ
އީމެއިލް: [email protected]
www.highcourt.gov.mv
4
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/156
0
"މިރުޒާ މޯލްޑިވްސް" އަށް 500 (ފައްސަތޭކަ) ކޭސް ދަޅުމަސް ކުރެޑިޓަށް ލިބުމަށް
މިފްކޯގައި އެދި ދަންނަވާފައި ވިޔަސް އެމުދައު ނުލިބޭތީއާއި، އަދި އެމުދައު އެގޮތުގައި ދޫކުރިކަން
މިފްކޯއިންވެސް ޘާބިތުކޮށް ދެވިފައިނުވާއިރު، މިޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޤާނޫނު ނަންބަރު
6/91 (މުދައު ވިއްކުމާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާއާއި، 15 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް
ބަލަންޖެހިފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/894 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ނަޝީ/ ޏ.ފުވައްމުލައް
ޙުސައިން ޢަލީގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
CCCC
4
2
4 އއ 22
پرسربروم
ހ ފުރަތަމަކަމަކީ، "މިރުޒާ މޯލްޑިވްސް" އަކީ ޏ.ފުވައްމުލައް { ނަޝީ ޙުސައިން ޢަލީގެ
ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ ލޯކަލް އިންވެސްޓެއްކަމާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ (މިފްކޯ) އިން މަސްގަތުމަށްޓަކައި މިރުޒާ މޯލްޑިވްސް ގެ ނަމުގައި ޗެކު ދޫކުރުމުން މަސްލިބޭނެ
ގޮތް ހަމަޖައްސައިދިނުމަށް އެދި ޢަލީ ޙުސައިންގެ ފަރާތުން 13 ޖޫން 2012 ގައި މިފްކޯ އަށް ސިޓީއެއް
ފޮނުވާފައިވާކަމާއި، މިސިޓީގައި ޢަލީ ޙުސައިންގެ ފަރާތުން އެދިފައިވާ ގޮތުގެ މަތީން މިރުޒާ މޯލްޑިވްސްގެ
ޗެކް ނެގުމަށްފަހު 13 އޮގަސްޓް 2012 ގައި 250 ކޭސް މަސްދަޅު އަދި 30 އޮގަސްޓް 2012 ގައި
250 ކޭސް މަސްދަޅު މިރުޒާ މޯލްޑިވްސް އަށް ވިއްކާފައިވާނޭކަމަށާއި،
މިރުޒާ
މޯލްޑިވްސްގެ ފަރާތުން ދީފައިވާ 02 ޗެކް ބޭންކަށް ހުށަހެޅުމުން، ޗެކުގައިވާ ޢަދަދަށް އެކައުންޓުގައި
ފައިސާ ނެތުމުން ޗެކްތައްވަނީ މިފްކޯއަށް ރައްދުވެފައިކަމަށާއި، މިފްކޯގެ ފަރާތުން މިރުޒާ މޯލްޑިވްސް ޢަލީ
ޙުސައިންގެ މައްޗަށް ދަށުކޯޓުގައި ދަޢުވާ އުފުލާފައިވަނީ މިފްކޯއިން މިރުޒާ މޯލްޑިވްސް އަށް
ސަޕްލައިކޮށްދީފައިވާކަމަށް
އިވާކަމަށް ބުނާ 500 މަސްކޭހަށް މިރުޒާ މޯލްޑިވްސް އިން ދޫކޮށްފައިވާ 02 ޗެކުގައިވާ
ފައިސާގެ ޢަދަދުކަމުގައިވާ -/
428,770ރ. (ހަތަރުލައްކަ އަށާވީސް ހާސް ހަތްސަތޭކަ ހަތްދިހަ ރުފިޔާ)
އާއި މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ޚަރަދުކުރަންޖެހުނު -/25ރ. (ފަންސަވީސްރުފިޔާ) ޙުސައިން
ޢަލީގެ އަތުން ހޯދުމަށް އެދިގެންކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުނައްގައި ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/156
2
(ށ) ދެވަނަކަމަކީ، މިމައްސަލައާއި އެކު ހުށަހެޅުނު ލިޔުންތަކުގެ މައްޗަށް ބަލާއިރު، މިރުޒާ
މޯލްޑިވްސް ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ އެކައުންޓަކުން 13 އޮގަސްޓް 2012
މިތާރީޚުގައި 214,385ރ. (ދެލައްކަ ސާދަހާސް ތިންސަތޭކަ އައްޑިހަ ފަސްރުފިޔާ) ނެގޭގޮތަށް މިފްކޯ އަށް
ނަންބަރު 000287 ޗެކު ދޫކޮށްފައިވާކަމާއި އަދި އޭގެ ފަހުން 02 ސެޕްޓެމްބަރ 2012 މިތާރީޚުގައި
214,385ރ. ( ދެލައްކަ ސާދަހާސް ތިންސަތޭކަ އައްޑިހަ ފަސްރުފިޔާ) ނެގޭގޮތަށް މިފްކޯއަށް ނަންބަރު
000293 ޗެކު ދޫކޮށްފައިވާކަމާއި އަދި މިޗެކުގައިވާ ޢަދަދަށް އެކައުންޓުގައި ފައިސާ ނެތުމުން
ޗެކުވެސް އަނބުރާ ރައްދުވެފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްއިރު، މިއީ މިރުޒާ
މޯލްޑިވްސް ގެ ޗެކުތަކެއްކަން އަދި މިޗެކުތައް އެގޮތުގައި މިފްކޯއަށް ދޫކުރެވިފައިވާކަން އަދި މި 2
ޗެކުގައިވާ ޢަދަދަށް ފައިސާ ނެތުމުން އެ 2 ޗެކު އަނބުރާ ރައްދުވެފައިވާކަމާއިމެދު ޙުސައިން ޢަލީގެ
ފަރާތުން އިންކާރު ނުކުރާކަމާއި، މިމައްސަލައިގައި ޙުސައިން ޢަލީގެ ފަރާތުން ބުނެފައިވަނީ، ޗެކުދޫކޮށްގެން
މަސްލިބޭނެގޮތް ހަމަޖައްސައިދިނުމަށް ޙުސައިން ޢަލީގެ ފަރާތުން މިފްކޯގައި ލިޔުމަކުން އެދުނު ނަމަވެސް
އަދި މިރުޒާ މޯލްޑިވްސް ގެ ނަމުގައި ބުނެވުނު ޗެކުތައް މިފްކޯއަށް ދޫކުރެވުނު ނަމަވެސް މިފްކޯ އިން
ޙުސައިން ޢަލީއަށް މަސްކޭސްތައް ފޯރުކޮށްދީފައިނުވާކަމަށާއި މިހެންކަމުން ބުނެވުނު ފައިސާއަކީ ޙުސައިން
ޢަލީގެ ފަރާތުން މިފްކޯއަށް ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނާ ބުނުންކަން އެނގެން އޮންނަކަމެވެ.
ދަ
ހށުހޅާފއިވާ
ce
0
ބޭންކު
އދއފައ
(ނ) ތިންވަނަކަމަކީ، މިރުޒާ މޯލްޑިވްސް އަށް މިފްކޯ އިން 500 ކޭސް މަސްދަޅު
ފޯރުކޮށްދީފައިނުވާކަމަށް ޙުސައިން ޢަލީގެ ފަރާތުން ބުނާތީ މިފްކޯގެ ދަޢުވާ ސާބިތުކުރުމަށް އެކުންފުނިން
ލިޔުންތަކަށް ބަލާއިރު، 13 ޖޫން 2012 ގައި މިރުޒާ މޯލްޑިވްސް ގެ ނަމުގައި ޗެކު
ދޫކުރުމުން މަސްލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި ލިޔުމަކާއި، މިރުޒާ މޯލްޑިވްސްގެ ނަމުގައި
އެކައުންޓަކުން ދީފައިވާ 2 ޗެކަކާއި އެދެޗެކުގައިވާ ޢަދަދަށް ފައިސާނެތިގެން އަނބުރާ
ފައިވާ ލިޔުންތައް މިފްކޯގެ ފަރާތުން ހުށަހަޅާފައިވާއިރު، ބުނެވުނު 2 ޗެކް މިފްކޯއަށް
ދޫކުރެވުނުކަމާއިމެދު ޙުސައިން ޢަލީގެ ފަރާތުން އިންކާރުކޮށްފައިނެތްކަމާއި އަދި އެޗެކަކީ މިރުޒާ
ވްސްއިން ދޫކުރި ޗެކުކަމަށް ޙުސައިން ޢަލީގެ ފަރާތުން އިޤުރާރުވާއިރު ބުނެވުނު 2 ޗެކު
ދޫކުރެވިފައިވާ ތާރީޚުތަކަށް ބެލުމުން މި 2 ޗެކު ދޫކުރެވިފައިވަނީ ދެތާރީޚެއްގައިކަމާއި، މިހެންކަމުން
ފުރަތަމަ ޗެކު ދޫކުރުމުން މިފްކޯއިން އެއްބަސްވިގޮތަށް މަސްކޭސްތައް ދޫނުކުރިނަމަ ދެވަނަ ޗެކެއް މިރުޒާ
މޯލްޑިވްސް އިން ދޫކުރާނެކަމީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވެންނެތް ސަބަބެއްކަމާއި، މީގެ
އިތުރުން ބުނެވުނު 2 ޗެކު މިރުޒާ މޯލްޑިވްސް އަށް ދޫކުރުމަށްފަހު މިފްކޯއިން ލިބެންޖެހޭ މުދަލެއް
02
Occc
ދިވެހިރާއްޖެ، ޕޯލް: 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 އަންވަރަށް
އީމެއިލް: [email protected]ވެ. ގެޔަމް
www.highcourt.gov.my
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/156
ނުލިބިގެން އެކަމުގެ ޝަކުވާއެއް މިފްކޯގައި މިރުޒާ މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާކަން ސާބިތުވާފަދަ
އެއްވެސް ޙުއްޖަތެއް ޙުސައިން ޢަލީ އަށް ދެއްކިފައިނެތްއިރު، މި 02 ޗެކަށް ފައިސާ ދޫކުރުން ހުއްޓުވަން
މީރުޒާ މޯލްޑިވްސްގެ ފަރާތުން ބޭންކުގައިވެސް އެދިފައިވާކަން ޙުސައިން ޢަލީ ބުނެދެވިފައިނެތްކަމާއި،
މިހެންކަމުން މިފްކޯގެ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ މިރުޒާ މޯލްޑިވްސް އަށް އެކުންފުނިން
ދޫކުރި މަސްކޭސްތަކުގެ ބަދަލުގައި ހޯދުމަށް އެދިފައިވާ ފައިސާކަން ބުނެވުނު ލިޔުންތަކަށް ބެލުމުން މަދަނީ
މިންގަނޑުން ސާބިތުވާން އޮންނަކަމާއި،
Occ
މީގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 29/SC-A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާ ފަދައިން ޤާނޫނުގައި ކަނޑައެޅިފައިވާ ޝަކުރިއްޔާތު ފުރިހަމަކޮށް، އެއްވެސް ފަރާތަކުން
ޗެކެއް ދޫކޮށްފިނަމަ، އެއްވެސް ޝަރުތަކާއި ނުލައި އެޗެކުގައި ބަޔާންވެފައިވާ ފައިސާގެ މިންވަރު، އެ ޗެކް
ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ހުރިހާ ޒިންމާއެއް އެޗެކް ދޫކުރި ފަރާތުން އުފުލަންޖެހޭކަން ޤާނޫނު
ނަންބަރު 16/95 ( ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) އަށް ބެލުމުން
އެނގެން އޮންނަކަމަށާއި މިގޮތުން ޤާނޫނީ ޝަކުރިއްޔާތު ފުރިހަމަކޮށް ދޫކުރެވޭ ޗެކަކީ، އެޗެކުގައިވާ
ފައިސާ، އެޗެކް ދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން ވާޤިއާއެއް ޤާނޫނީ ގޮތުން ލާޒިމުނުވާ
އެޗެކަކީ އޭގެ ޒާތުގައިވެސް ޗެކުގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ
ހަރުދަނާހެއްކެއްކަމަށް ކަނޑައަޅާ ބަޔާންކޮށްފައި އޮންނަކަމާއި، މިހެން މިރުޒާ މޯލްޑިވްސް ގެ
ފަރާތުން ދޫކުރެވިފައިވާ 2 ޗެކަކީ އެ 2 ޗެކުގައި ޤާނޫނީ ގޮތުން ބަޔާންކޮށްފައިވާ ޝަކުރިއްޔާތު
ފުރިހަމަވެފައިވާ 2 ޗެކުކަން އެނގެން އޮތުމުން މިއީ އެ 2 ޗެކުގައިވާ ފައިސާގެ ޢަދަދު މިރުޒާ
މޯލްޑިވްސް ޙުސައިން ޢަލީ ފަރާތުން މިފްކޯއަށް ދައްކަންޖެހޭކަން ދަލާލަތުކޮށްދޭ ހަރުދަނާ ހެއްކެއް
ކަމުގައި ބެލެވެން އޮތްކަމެވެ.
e3ނ
ދެންކޮމެން
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/894 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭނެ ސަބަބެއް ފެންނަންނެތްކަމުގައެވެ.
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
hig ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
ލިމުނު ގޮތުގެ ޚުލާޞާ
2016/HC-A/154
އއދވ
މައިސަށް
ބނާކޮށް
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/894 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމް އިސްތިއުނާފުކުރުމަށް ޏ.ފުވައްމުލައް ނަޝީ ޙުސައިން ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ
އެޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ އެޙުކުމަށް ބަދަލުގެންނަންޖެހޭ
މަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއް
ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި
އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ހައިކޯޓުގެ
894/Cv-C/2015
cc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv