ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/374 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 374/HC-A/2015
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޙަސަން ފަރީދު * ދާއިމީ އެޑްރެސް: ކަރަންކާއާގެ، ހޯދަނޑު/ ޏ.ފުވައްމުލައް
އައި.ޑީ ނަންބަރު: A277363
* މިހާރުގެ އެޑްރެސް: ކަރަންކާއާގެ، ހޯދަނޑު / ޏ.ފުވައްމުލައް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
ޑީ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޞަފަރު 1439
17 ނޮވެމްބަރު 2015
•ނިމުނު ތާރީޚް: 18 ޛުލްޤަޢިދާ 1438
10 އޯގަސްޓް 2017
(1054/JC/2010)
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cr
-
C/1112
، ނިންމެވި ކޯޓު: ކުރިމިނަލް ކޯޓު
، މައްސަލައިގެ ބާވަތް: ޤަސްދުގައި މީހަކު މެރުން
• ހުށަހެޅުނު ތާރީޚް: 22 ޖޫން 2010
ނިމުނު ތާރީޚް: 13 މެއި 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އޗ.އަލީ ސަމީރު، ފަނޑިޔާރު އޖ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އގ.ޢަބްދުއްރައޫފު އިބްރާހީމް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ
އީމެއިލް [email protected]
މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އިޓް www.highcourt.gov.mv
2
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1112
/
Cr
-
C/1054) ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު
ކޮށްދިނުން އެދި ކަރަންކާއާގެ/ ޏ.ފުވައްމުލައް ޙަސަން ފަރީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކުރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1112
/
Cr
-
C/1054) ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޙަސަން ފަރީދު އިތުރު ބަޔަކާއިއެކު، 27
ޖެނުއަރީ 2010 ދުވަހުގެ 21:30 އެހައިކަށްހައިއިރު، ޏ.ފުވައްމުލައް ދޫޑިގަން ބޮޑުފަންނުމަގާއި
ބަހާރުމަގާ ގުޅޭ ހަތަރު އަގޮޅިއަށް ގޮސް ޏ.ފުވައްމުލައް ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅުގޭގެ
ފާރުބުރިމަތީގައި ތިބި މީހުންގެ ތެރެއިން ޏ.ފުވައްމުލައް ދޫޑިގަން، އާސްމާނުގެ ޢަބްދުﷲ ޝުހާދުގެ
މެއާއި ދިމާލުން ކަނާތު އަރިކަށްޓަށް މީނާގެ ކަނާތުގައި އޮތް ވަކި އެއްފަހަރު ހަރާލިތަން ދުށްކަމަށް
ގދ.ފަރެސްމާތޮޑާ، މާތޮޑާއަވަށް ހީނާމާގެ މުޙައްމަދު ޝަރީފްއާއި، ޏ.ފުވައްމުލައް ދޫޑިގަން،
މުޙައްމަދު ޝާދް ބުނާތީއާއި، މިޙަމަލާގެ ސަބަބުން ޢަބްދުﷲ ޝުހާދަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ
ކުރަމުން ދަނިކޮށް 28 ޖެނުއަރީ 2010 ދުވަހު ޢާބްދުﷲ ޝުހާދު ނިޔާވެފައިވާތީ، ޙަސަން ފަރީދުގެ
ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
01ދ8
މައްޗަށް
އެމައްސަލައިގައި ކުރިމިނަލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، 27 ޖެނުއަރީ 2010
ދުވަހުގެ 11:30 ހައިއިރު، ޏ.ފުވައްމުލައް ދޫޑިގަން ބޮޑުފަންނުމަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަގޮޅި އަށް
ޙަސަން ފަރީދު އިތުރު ބަޔަކާއިއެކު ގޮސް، ޏ.ފުވައްމުލައް،ކެއުފިނިގެ ކުރިމަތީގައި ހުންނަ ފަޅުގޭގެ
ފާރުބުރިމަތީގައި ތިބި މީހުންގެ ތެރެއިން ޏ.ފުވައްމުލައް | ދޫޑިގަން އާސްމާނުގެ ޢަބްދުﷲ ޝުހާދުގެ
36
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުރާ، ދީނަށް ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް igors ov.mv
ވެބް ސައިޓް www.highcourt.gov.mv
ji
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
4
2 ހ2ވ
މެއާއި ދިމާލުން ކަނާތު އަރިކަށްޓަށް ޙަސަން ފަރީދުގެ ކަނާތުގައި އޮތް ވަކި އެއްފަހަރު ހަރާލިތަން
ދުށްކަމަށް ގދ.ފަރެސްމާތޮޑާ، މާތޮޑާއަވަށް ހީނާމާގެ މުޙައްމަދު ޝަރީފްއާއި، ޏ.ފުވައްމުލައް | ދޫޑިގަން،
މުޙައްމަދު ޝާޛު ބުނާތީއާއި، މިޙަމަލާގެ ސަބަބުން ޢަބްދުﷲ ޝުހާދަށް ލިބުނު އަނިޔާއަށް
ސްފަރުވާ
ކުރަމުން ދަނިކޮށް 28 ޖެނުއަރީ 2010 ދުވަހު ޢަބްދުﷲ ޝުހާދު ނިޔާވެފައިވާތީ ކަމަށްބުނެ،
ޏ.ފުވައްމުލައް ކަރަންކާއާގެ ޙަސަން ފަރީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޤަޞްދުގައި މީހަކު
މަރާލުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ޙާދިސާ ހިނގިކަމަށް ބުނާ ރޭގެ 09:30 ހާއިރު
ޙާދިސާ ހިނގިކަމަށް ބުނާ ތަނަށް ގޮސްފައި ނުވާނެކަމަށާއި، ޙަސަން ފަރީދާއި ދެކޮޅަށް ހެކިބަސް ދީފައި
ތިބި މީހުންނަށް ޙަސަން ފަރީދު ފެނުނަސް ނޭނގޭނެކަމަށްބުނެ، ދައުލަތުންކޮށްފައިވާ ޤަސްދުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާއަށް ޙަސަން ފަރީދު އިންކާރުކުރާއިރު، ޙާދިސާ ހިނގިތަނަށް ޙަސަން ފަރީދު
ދިޔަކަމާއި، ޙަސަން ފަރީދަކީ ކާކުކަން އެނގޭކަމާއި، ޢަބްދުﷲ ޝުހާދުގެ ގަޔަށް
ޙަސަން ފަރީދު
ވަޅިޖެހިކަމާއި، ވަޅިޖެހި މަންޒަރު ފެނިފައިވާކަން، ދައުލަތުގެ ފަރާތުން ހުށަހެޅިހެކިންގެ ހެކިބަހުން
އެނގެން އޮތުމާއި، ޢަބްދުﷲ ޝުހާދަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 28 ޖެނުއަރީ
2010 ދުވަހު، ޢަބްދުﷲ ޝުހާދު ނިޔާވެފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ޢަބްދުﷲ ޝުހާދުގެ
މަރުފޯމުން އެނގެން އޮތުމުން، ޤަސްދުގައި މީހަކު މަރާލުމުގެ ކުށުން ޙަސަން ފަރީދު ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅާ، ޢަބްދުﷲ ޝުހާދުގެ ވާރުތަވެރިންކަމަށްވާ ޢަބްދުﷲ ޝުހާދުގެ ބައްޕަ (މުޙައްމަދު ޙުސައިން)
އާއި އޭނާގެ މަންމަ (ޚަދީޖާ މުޙައްމަދު) ބޭނުންވަނީ އެދެމަފިރިންގެ ދަރިފުޅު ޢަބްދުﷲ ޝުހާދުގެ
މަރާލިމީހާގެ ކިބައިން ޤިޞާޞް ހިފަންކަން، ޢަބްދުﷲ ޝުހާދުގެ ބައްޕަ (މުޙައްމަދު ޙުސައިން) އާއި
އޭނާގެ މަންމަ (ޚަދީޖާ މުޙައްމަދު) ގެ ބަޔާނަށް ބެލުމުން އެނގެން އޮތުމާއި، ޝަރުޢީ ނުވަތަ ޤާނޫނީ
ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވުމާއި، އެމާއްދާގެ (ރ) ގައި މިފަދަ ކުށުގެ ޢަމަލުގެ ސަބަބުން މީހަކު
މަރުވެއްޖެނަމަ، އެކުށްކުރި މީހެއްގެ އަދަބަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބެއްކަމަށް
ބުނެފައިވާތީ، ޤާނޫނުލް އުޤޫބާތުގެ 88 ވަނަ ވަނަ މާއްދާގެ (ރ) ގެ ދަށުން ޏ.ފުވައްމުލައް ކަރަންކާއާގެ
ޙަސަން ފަރީދު މެރުމަށް ޙުކުމްކޮށް މައްސަލަ ނިންމީމެވެ." މިފަދައިންނެވެ.
coc
4 22
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1112 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި ކަރަންކާއާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
; ޔޫ
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
ޏ.ފުވައްމުލައް ޙަސަން ފަރީދުގެ ފަރާތުން 5 (ފަހެއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާއި
ނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ!
• ފުރަތަމަ ނުކުތާއަކީ، ޝަރީޢަތުގެ މަޖިލީހުގައި ހެކިންގެ ހެކިބަސް އަޑުއެހުމެއްނެތި،
ހަމައެކަނި ތަޙްޤީޤަށް ދީފައިވާ ބަޔާން ސައްހަކަމަށް ބުނި ބުނުމުގެ މައްޗަށް އެކަނި ބައްލަވައި މައްސަލަ
ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއާއި،
ޤަޟިއްޔާއާއި، ނަންބަރު
ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2009/HC-A/335
2012/HC-A/122
2008/HC-A/171
ބަޔާން
• ދެވަނަ ނުކުތާއަކީ: ހެކިންގެ ބަޔާންތަކާ ގުޅޭގޮތުން ޙަސަން ފަރީދުގެ ފަރާތުން ހުށަހެޅި
ޝަރީޢަތުގެ މަޖިލީހުގައި އިއްވާފައި ވީނަމަވެސް، އެބަޔާނަށް ރިޢާޔަތްކުރައްވާފައި ނުވާކަމާއި،
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނުއްވާފައި ނުވާކަމާ ހުށަހެޅުނުކަންވެސް
ފާހަގަކޮށްފައި ނުވާކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
ޑ ދޗ 4
އެބަޔާން
ވާކަމާއި،
،
އެބަޔާން
• ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ބުނެފައިވާ އުޞޫލުން ޤާނޫނީ
ވަކީލެއްގެ ފުރުޞަތު ލިބިދީފައިނުވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
0
އޭނާގެ
ހަތަރުވަނަ ނުކުތާއަކީ: އަނިޔާލިބުނުފަރާތެއް ޙާޟިރުކޮށް، ހެކިބަހަށް
ރިޢާޔަތްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 28/HC
-
A/2014 ޤަޟިއްޔާއިން
ކަނޑައަޅުއްވާފައިވާ އުޞޫލާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 58/HC
-
A/2011 ޤަޟިއްޔާއާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 191/HC
-
A/2013 ޤަޟިއްޔާއާ ޚިލާފަށްކަށްބުނެ ހުށަހެޅި
ނުކުތާއެވެ.
4
2
cu o
• ފަސްވަނަ ނުކުތާއަކީ: ދިފާއީ ހެކިން ޙާޟިރުކުރުމެއްނެތި މައްސަލަ ނިންމަވާފައިވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 16/SC
-
A/2011 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ
އުޞޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ތައް
މުނު ގޮތުގެ ޚުލާޞާ
2015/HC-A/374
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1112 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ކަރަންކާއާގެ
ޏ.ފުވައްމުލައް ޙަސަން ފަރީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
އެނުކުތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެ
ގަކުރެވެއެވެ.
ން ކަނ،
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކުރިމިނަލް ކޯޓުގެ ނަންބަރު
2010/Cr-C/1112 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ބަޔާންކުރާ ޙާދިސާ ސިފަކޮށްދީފައިވާ ގޮތަށް
ބަލާއިރު، މިއީ ޏ.ފުވައްމުލަކުގެ ދެއަވަށެއްގެ ގުރޫޕެއްގެ ތެރޭގައި ހިނގާފައިވާ މާރާމާރީއެއްގައި ޙަސަން
ފަރީދު ބައިވެރިވެ ޙަސަން ފަރީދު ކުޑަ ޢަމަލެއްގެ ސަބަބުން އެރަށު ދޫޑިގަން، އާސްމާނުގެ ޢަބްދު
ޝިހާދުގެ ނިޔާވެފައިވާތީ ދައުލަތުގެ ފަރާތުން ކުރާ ދަޢުވާއެއްކަމާއި، މިމައްސަލައާއި ގުޅިގެން ފުލުހުންގެ
ފަރާތުން ތައްޔާރުކޮށްފައިވާ ތަޙުޤީޤު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މިމާރާމާރިއަކީ މިމައްސަލަ
އިސްތިއުނާފްކުރާ ޙަސަން ފަރީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ މުޙައްމަދު ޢަލީ، ދޫޑިގަން އަވަށުގެ
އެއްކައިރިން ލާފައި އެކަނި ސައިކަލުގައި ދަނިކޮށް ގްރޫޕެއްގެ ބަޔަކު އޭނާގައިގައި ތަޅާގަތުމު
އެވާހަކަ ގެއަށް އައިސް ޙަސަން ފަރީދަށް ކިޔައިދިނުމުން މީގެ ބަދަލުގައި ހިނގާފައިވާ ބަދަލުހިފުމެއްކަމަށް
ތަޙުޤީޤަށް ބެލެވޭކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރު، މިމައްސަލައާއި
30 ޖެނުއަރީ 2010 މިތާރީޚުގައި ޙަސަން ފަރީދުގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި އޭނާއަށް
ޢާއްމުކޮށް ވަނަމަކަށް ކިޔަނީ "ރިންޕޯ" ކަމަށާއި، މިމައްސަލައިގެ ތަޙްޤީޤުގައި ޙަސަން ފަރީދު ބޭނުންވަނީ
ހުންނަންކަމުގައި ބުނެ މިމައްސަލައާއި ގުޅިގެން އިތުރު އެއްވެސް ވާހަކައެއް ތަޙްޤީޤުގައި ދައްކާފައި
ނުވާކަން އެނގެން އޮންނަކަމެވެ.
ފިހރއއކ
4343
ޕީޕީން
ހަނު ހުން
(ނ) ދެވަނަކަމަކީ، މިމައްސަލަ ކުރިމިނަލް ކޯޓުގައި ހިނގާދިޔަ ގޮތުގެ މައްޗަށް ފެންނަންހުރި
ލިޔުންތަކުގެ އަލީގައި ބަލާއިރު، ޙަސަން ފަރީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅި ޤަސްދުގައި މީހަކު
މެރުމުގެ ކުށުގެ ދަޢުވާއާއި ގުޅިގެން ޖުމްލަ 5 އަޑުއެހުން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީޢަތް
ހިންގާފައިވާކަމާއި، މިގޮތުން ޙަސަން ފަރީދުގެ މައްޗަށް ޤަސްދުގައި މީހަކު މަރާލުމުގެ ކުށުގެ
ދައުލަތުގެ ފަރާތުން އުފުލާފައިވަނީ 18 ޖުލައި 2010 މިދުވަހުކަމާއި، މިދުވަހު ދައުލަތުގެ ފަރާތުން ދަޢުވާ
ހުށަހެޅުމުން ޙަސަން ފަރީދުގެ ފަރާތުން ބުނެފައިވަނީ ދަޢުވާ ސާފުވެއްޖެކަމަށާއި، ދަޢުވާއަށް
ދަޢުވާ
ހީރާ ޖެ، ފޯން: 3325329، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ފޮރު
އީމެއިލް [email protected]
www.highcourt-gov mv
6
متري پي
2015/HC-A/374
އިންކާރުކުރާކަމަށާއި މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއި
އެކުގައިކަމަށް ބުނެ އެފަދައިންކަމާއި، މައްސަލައިގެ ދެވަނަ އަޑު އެހުން ބޭއްވިފައިވަނީ 18 އޮގަސްޓް
2010 މިދުވަހުކަމާއި، މިދުވަހުވެސް ޙަސަން ފަރީދުގެ ފަރާތުން ބުނެފައިވަނީ މިދަޢުވާއަށް އޭނާ
އިންކާރުކުރާކަމުގައިކަމާއި، މައްސަލައިގެ ތިންވަނަ އަޑުއެހުން ބޭއްވިފައިވަނީ 07 އެޕްރީލް 2011
މިތާރީޚުގައިކަމާއި، މިދުވަހު ޙަސަން ފަރީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވަނީ މީނާގެ
މައްޗަށް ހުށަހެޅުނު ދަޢުވާގައި ކުރީގެ މަޖިލިސްތަކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމެއް ބޭނުންކަމަށް
ބުނިނަމަވެސް ސަރުކާރުގެ ފަރާތުންވެސް އަދި އަމިއްލަގޮތުންވެސް ވަކީލެއްގެ އެހީތެރިކަން ބޭނުންނުވާތީ
ވަކީލަކާއި ނުލައި މައްސަލަ ކުރިޔަށް ގެންގޮސްދިނުމަށާއި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖްލިހުގައި
މީނާގެ ފަރާތުން ވާހަކަ ދައްކާނީ އަމިއްލައަށްކަމަށްބުނެ އެފަދައިންކަމާއި، އަދި މިމައްސަލައިގައި ޙަސަން
ފަރީދުގެ ފަރާތުންވެސް ހެކި ހުށަހަޅަން ހުރިކަމަށް ބުނެ ނަންތަކެއް ހުށަހަޅާފައިވާކަމާއި، މިދުވަހުގެ
އަޑުއެހުމުގައި ދައުލަތުގެ ފަރާތުން މިދަޢުވާއާއި ގުޅިގެން ހުށަހަޅަން ޤަސްދުކުރާ ހެކިންނަކީ ކޮބައިކަން
ބަޔާންކޮށް އަދި ޤަރީނާގެ ގޮތުގައި ލިޔުންތައް ހުށަހަޅާފައިވާކަމާއި، މައްސަލައިގެ 4 ވަނަ އަޑުއެހުން
ބޭއްވިފައިވަނީ 18 ސެޕްޓެމްބަރ 2011 ގައި ކަމާއި، މިދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން
ހުށަހެޅި ހެކިންގެ ހެކިބަސްނެގުންކަމާއި، މިގޮތުން ހެކިންގެ ހެކިބަހާއި ގުޅިގެން ޙަސަން ފަރީދުއަށްވެސް
އެހެކިންނާއި ސުވާލުކުރުމުގެ ފުރުސަތު ދެވިފައިވާކަން އެނގޭކަމާއި، މައްސަލައިގެ ފަހު އަޑުއެހުން
ބޭއްވިފައިވަނީ 14 މާރިޗު 2013 ގައި މިދުވަހުގެ އަޑުއެހުމުގައި އޮތީ ދައުލަތާއި ޙަސަން ފަރީދުގެ
ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުންކަން އެނގޭކަމާއި، މިމައްސަލައިގައި ދަށު ކޯޓުން ޝަރީޢަތް
ހިންގާފައިވާ އިޝާރާތްކުރެވުނު އިޖުރާއާތުތަކުގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)، (ރ)، (ބ) ގައިވާ އެންމެހައި ޙައްޤުތަކެއް ޙަސަން ފަރީދަށް
ލިބިދީފައިވާކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގައި ބަޔާންކުރާ
އުސޫލުން ވަކީލެއް ހޯދުމަށް ޙަސަން ފަރީދަށް ލިބި އޮތް ޙައްޤު ޝަރީޢަތުން މަޙްރޫމް
ޙްރޫމް ކޮށްފައިނެތްކަމާއި،
އެފުރުސަތު ޙަސަން ފަރީދު އަމިއްލައަށް ދޫކޮށްލީކަން ޙަސަން ފަރީދުގެ ފަރާތުން ދަށުކޯޓަށް ދީފައިވާ
ބަޔާންތަކުން އެނގޭކަމެވެ.
mococ
cu o
(ނ) ތިންވަނަކަމަކީ، ޙަސަން ފަރީދުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ ޤަސްދުގައި
މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށް ޙަސަން ފަރީދު އިންކާރުކޮށްފައިވާތީ މިދަޢުވާ ސާބިތުކުރުމަށް
14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްޕް ނިންމު ގޮށި، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
މިއިން
ޓެ އޯޓް
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
32
ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގިފައިވަނީ ސިއްރު ހެކިންގެ ގޮތުގައި ކަމާއި، މިގޮތުން
މިމައްސަލައާއި ގުޅިގެން ޖުމްލަ 7 މީހަކު ހެކިބަސްދިފައިވާއިރު،
ހެކިވެރިޔާ 1 ދީފައިވާ ހެކިބަހުގައި މީނާ ޏ.ފުވައްމުލައް ދޫޑިގަން ހަތަރު އަނގޮޅި
ކަންމައްޗަށް މަޑުކޮށްލިތަނުން 2 ސައިކަލެއް އައިކަމަށާއި، އެމީހުންގެ ތެރޭގައި ޙަސަން ފަރީދު
ހުރިކަމަށާއި، އޭނާގެ ކަނާއަތުގައި ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 6 އިންޗި ހުންނަވަރުގެ ވަޅިއެއް
އޮއްވާ ދުށްކަމަށާއި، މީނާ ސައިކަލުން ފުންމާގެން ފޭބުމަށްފަހު ދުވެފައި މުޙައްމަދު ރަޒީން އާ ދިމާލަށް
ކަނާއަތުގައި އޮތް ވަކި މުޙައްމަދު ރަޒީންގެ ބަނޑަށް އެއްފަހަރު ހަރާލުމަށްފަހު މުޙައްމަދު ހާމްގެ މެޔަށް
އެއްފަހަރު ވަޅި ހަރާލިތަން ދުށްކަމަށާއި، އަދި ޢަބްދުﷲ ޝުހާދުގެ ބަނޑާއި ދިމާއަށް ވަޅިހެރުމުން ޝުހާދު
ހަޅޭއްލަވައިގަތުމަށްފަހު ދުއްވައިގަތްތަން ދުށްކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، މިކަން ހިނގާދިޔަ
ގޮތުގެ ތަފްސީލު ބަޔާނެއް ތަޙްޤީޤަށް ދީފައިވާކަން އެނގޭކަމާއި،
ހެކިވެރިޔާ 2 ދީފައިވާ ހެކިބަހުގައި މީނާ ޏ.ފުވައްމުލަކު ދޫޑިގަން ކެއުފިނިގެ ތެރޭގައި
ހުންނަ ޖޯލިފަތިމަތީގައި އިންދާ ޢަބްދުﷲ ޒާހިރުއާއި ޙަސަން ފަރީދު ސައިކަލެއްގައި ގޮސް ހަތަރުއަނގޮޅި
މަގުމަތީގައި މަޑުކޮށްގެން އިން ޝުހާދުގެގަޔަށް ވަޅި ހެރިތަން ދުށްކަމަށް ބުނެފައިވާކަން އެނގެން
އޮންނައިރު، މިކަން ހިނގާދިޔަ ގޮތުގެ ތަފްސީލު ބަޔާނެއް ތަޙްޤީޤަށް ދީފައިވާކަން އެނގޭކަމާއި،
3
ހެކިވެރިޔާ 3 ދީފައިވާ ހެކިބަހުގައި، މީނާވެސް ކެއުފިޝިގެ ފާރުމަތީގައި އިންދާ 4 މީހަކު
ސައިކަލުގައި އައިތަން ދުށްކަމަށާއި، ޝުހާދު ފާރުމަތީގައި ޙަސަން ފަރީދު ގޮސް ޝަހާދުގެޔަށާއި، ރަޒީންގެ
ގަޔަށާއި، ހާމްގެ ގަޔަށް ވަޅިހެރިތަން ދުށްކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، މިކަން ހިނގާދިޔަ
ގޮތުގެ ތަފްސީލު ބަޔާނެއް ތަޙްޤީޤަށް ދީފައިވާކަން އެނގޭކަމާއި،
ހެކިވެރިޔާ 4 ދީފައިވާ ހެކިބަހުގައި ޙަސަން ފަރީދު ޝުހާދުގެ ގަޔަށާއި، ރަޒީންގެ ގަޔަށާއި
ހާމްގެ ގަޔަށް ވަޅިހެރިތަން ދުށްކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، މިކަން ހިނގާދިޔަ ގޮތުގެ
ތަފްސީލު ބަޔާނެއް ތަޙްޤީޤަށް ދީފައިވާކަން އެނގޭކަމާއި،
5
ހެކިވެރިޔާ 5 ދީފައިވާ ހެކިބަހުގައި މީނާވެސް ކެއުފިނިގެ ޖޯލީގައި އިންދާ މިމަންޒަރު ވަރަށް
ގާތުން ފެނިފައިވާކަމަށް ބުނެފައިވާކަމާއި އަދި ޙަސަން ފަރީދު ޝުހާދުގެ ގަޔަށް ވަޅިޖެހިތަން ރީތިކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަ ގޮރާ
އީމެއިލް [email protected]
ޖެހިއްޖެ، ފޯން 3325029، ފެކްސް 3316471
www.highcourt.gov.mv
www-highcourt-gov.m.
8
2015/HC-A/374
ނިމުނު ގޮތުގެ ޚުލާޞާ
هއޔާ
ފެނުނުކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، މިކަން ހިނގާދިޔަ ގޮތުގެ ތަފްސީލު ބަޔާނެއް ތަޙްޤީޤަށް
ދިފައިވާކަން އެނގޭކަމާއި،
ހެކިވެރިޔާ 6 ދީފައިވާ ހެކިބަހުގައި ރަޒީނު ޝުހާދު އަދި ހާމްގެ ގަޔަށް ވަޅި ހެރިތަން
ދުށްކަމަށާއި މާރާމާރީ ހިންގި 4 މީހުންވެސް ވަޅި ގެނައިކަމަށާއި، އެއީ ވަޅި ފޮރުވައިގެންކަމަށާއި، އެންމެ
ފުރަތަމަ ހަމަލާދިނީ ރަޒީންގެ ގަޔަށްކަމަށާއި، ދެން ވަޅި ޖެހީ ޝުހާދުގެ ގަޔަށްކަމަށާއި ޙަސަން ފަރީދު
ވަޅިޖެހިތަން ދުށްކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، މިކަން ހިނގާދިޔަ ގޮތުގެ ތަފްސީލު ބަޔާނެއް
ތަޙްޤީޤަށް ދިފައިވާކަން އެނގޭކަމާއި،
ހެކިވެރިޔާ 7 ދީފައިވާ ހެކިބަހުގައި މީނާއަށްވެސް މިމާރާމާރީގެ މަންޒަރު ރަނގަޅަށް
ފެނުނުކަމަށާއި، ފުރަތަމަ ވަކިޖެހީ ރަޒީންގެ ގަޔަށްކަމަށާއި އެއަށްފަހު ޝަހާދުގެ ގަޔަށް ވަޅި ޖެހިކަމަށް
ބުނެފައިވާކަން އެނގެން އޮންނައިރު، މިކަން ހިނގާދިޔަ ގޮތުގެ ތަފްސީލު ބަޔާނެއް ތަޙްޤީޤަށް ދީފައިވާކަން
އެނގޭކަމާއި،
OCC
އިޝާރާތްކުރެވުނު ހެކިންގެ ހެކިބަސްތަކުގެ މައްޗަށް ބަލާއިރު، މިމައްސަލައިގައި ހެކިންދީފައިވާ
ހެކިބަސްތަކުން ޢަބްދުﷲ ޝުހާދުގެ ގަޔަށް ޙަސަން ފަރީދު ވަޅިހެރިތަން ވަރަށް ރީއްޗަށް ފެނުނުކަމަށް
ހުރިހާ ހެކިވެރިންވެސް ވަރަށް ޔަޤީންކަމާއިއެކު ބުނެފައިވާކަމާއި، އަދި ޙަސަން ފަރީދު އެބައެއްގެ ގަޔަށް
ވަޅިޖެހުމުން އަނިޔާވި މީހުންގެ ނަންތައްވެސް އެއްވެސް ޚިލާފެއްނެތި ހެކިން ބުނެފައިވާކަން އެނގެން
އޮންނައިރު، މިމާރާމާރީ ހިންގުމުގައި އެންމެ ގިނަ މީހުންގެ ގަޔަށް ވަޅިހެރީވެސް ޙަސަން ފަރީދުކަމަށް
އެމީހުންގެ ފަރާތުން ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައި އަދި ޝަރީޢަތަށް ދީފައިވާ ހެކިބަސްތަކުގައި
ބުނާކަން ފާހަގަކުރެވެން އޮންނައިރު، މިމައްސަލައާއި އެކު ހުށަހަޅާފައިވާ ޢަބްދުﷲ ޝުހާދުގެ މެޑިކޯލީގަލް
ރިކޯޑަށް ބެލުމުން ޢަބްދުﷲ ޝުހާދަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލުގައި ދިގުމިނުގައި ގާތްގަނޑަކަށް 5
އާއި ފުޅާމިނުގައި ގާތްގަނޑަކަށް 3 ސމ ތޫނު އެއްޗެއް ފުންކޮށް މޭގެ ކަނާއަތް ފަރާތަށް
ކިހިލިފަތާއި ދިމާލުން މޭކަށިގަނޑުގެ 5 ވަނަ ކަށިގަނޑާއި 6 ވަނަ ކަށިގަނޑާއި ދެމެދު)
ޒަޚަމްވެފައިވާކަމާއި މޭގެ މަސްގަނޑު ފޫއަޅުވައި ކަނާއަތު ފުއްޕާމެއާއި ޑައިގްރަމްއަށް އަނިޔާވެފައިވާކަމާއި،
މޭގެ ކަނާއަތް ފަރާތަށާއި ބަނޑުގެ ތެރެއަށް ވަރަށް ބައިވަރު ލޭޖަމާވެ ހަށިގަނޑަށް ގެއްލުމުގެ ސަބަބުން
މަރުވެފައިވާކަމަށް އެލިޔުމުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ރެއް ، ފޯން 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ގެޔާ
އީމެއިލް [email protected]
9
بسم ام بي
މުނު ގޮތުގެ ޚުލާޞާ
2015/HC-A/374
(ދ) ހަތަރުވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތައް
ކަމުގައިވާ ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރިކޯޑާއި އޭނާގެ މަރުސާބިތުކުރި ލިޔުމާއި މެދު ޙަސަން
ފަރީދުގެ ފަރާތުން ސުވާލެއް އުފައްދާފައިނެތްކަމާއި، މިމައްސަލައާއި ގުޅިގެން ހެކިބަސްދީފައިވާ ހެކިން
ދަށުކޯޓުގައި ހެކިބަސްދިނުމުން އެހެކިބަހާއި ގުޅިގެން ޙަސަން ފަރީދުގެ ފަރާތުން ހެކިވެރިންނާއި ޢާއްމުކޮށް
ކުރިމަތިކޮށްފައިވާ ސުވާލުތަކަކީ، ޙަސަން ފަރީދު ޙާދިސާ ހިނގިތަނަށް ދިޔައީ ސައިކަލެއްގައިތޯއާއި، އެއީ
ކޮންކުލައެއްގެ ކޮން ބްރޭންޑެއްގެ ސައިކަލެއްތޯއާއި، ވަކިޖެހީ ކޮން އަތަކުންތޯ އާއި
މި ސުވާލުތައްކަން
އެނގެން އޮންނައިރު، މިސުވާލުތަކުގެ ޖަވާބުގައި ބައެއްހެކިވެރިން އެކަން ހަނދާންނެތްކަމަށް އަދި
ހެކިވެރިން އެކަންކަން އެފަރާތްތަކުން ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ކިޔައިދީފައިވާނޭކަމަށް ބުނެފައި އޮންނަ
އޮތުމަކީ ޢަބްދުﷲ ޝުހާދަށް ޙަސަން ފަރީދު ވަޅިން ހަމަލާދިންތަން ދުށްކަމަށް އެހެކިވެރިން ދީފައި އޮތް
ހެކިބަސް ނަފީވެގެންދާވަރު
ނޫންކަމާއި، އަދި މިފަދައިން އެފަރާތްތަކުން ބުނެ ތަޙްޤީޤު
ލާދިނުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މީގެ ކުރިން ނިންމާފައިވާ ނަންބަރު
335/HC-A/2009 ފަދަ ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުން ބޭރުންދީފައިވާ ހެކިބަހެއްކަމުގައި
ހ8
ދ 4 ތތ ހ ތ
ކާނެ އެތަކެއް
cuo
ބަޔާނަށް
¢ ¢ ¢ ¢ ¢ 4 އ)
ބފަނނ0ކ9އ،
cuo
މިމައްސަލަ އިސްތިއުނާފުކުރަމުން ޙަސަން ފަރީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
ދައްކާފައިވާ ވާހަކަތަކުގައި ދަށުކޯޓުގައި ހެކިބަސްދިން ފަރާތްތަކުގެ ހެކިބަހާއިމެދު އުފައްދާފައިވާ
ސުވާލުތަކުގެ ތެރޭގައި ހެކިންވެރިންގެ ހެކިބަހުގައި ފުށުއެރުންތައް އެބަހުރިކަމަށާއި މިގޮތުން ހެކިވެރިންގެ
ތެރެއިން ބައެއް ފަރާތްތަކުން ޙަސަން ފަރީދު ޢަބްދުﷲ ޝުހާދުގެ ބަނޑަށް ވަޅި ޖެހިކަމަށް ބުނެފައިވާއިރު،
ބައެއް ހެކިވެރިން ބުނެފައިވަނީ ވަޅިދަމާލީކަމަށާއި ވަޅި ހެރީކަމަށް ބުނެފައިނުވާކަމަށާއި، އަދި ވަޅި
ހެރިގޮތުގެ ތަރުތީބު ކިޔައިދިނުމުގައިވެސް ހެކިވެރިންގެ ފުށުއެރުންތައް ހުރިކަމަށާއި، މީގެ އިތުރުން
މީހެއްގެ ކަނާތު އަރިކައްޓަށް ވަޅިއެއް ނުޖެހޭނެކަމަށް ބުނެ މިފަދަކަންތައްތަކެއްކަން އެނގެން
އޮންނައިރު، އިޝާރާތްކުރެވުނު ފަދައިން މިމައްސަލައިގައި ދަށު ކޯޓުގައި ހެކިބަސްދިން ހުރިހާ ފަރާތްތަކުން
އެފަރާތްތަކަށް ޙަސަން ފަރީދު ޢަބްދުﷲ ޝުހާދުގެ ގަޔަށް ވަޅި ހެރިތަން ދުށްކަމަށް ސާފުކޮށް ޔަޤީންކަމާއި
ބުނެފައިވާކަން އެނގެން އޮންނައިރު، ހެކިވެރިންގެ ހެކިބަހުގައި ހުރިކަމަށް ޙަސަން ފަރީދުގެ ފަރާތުން
އެބުނާ ޚިލާފުތަކަކީ މިމައްސަލައިގައި ޢަބްދުﷲ ޝުހާދުގެ ގަޔަށް ވަޅިހެރިކަމަށް އެފަރާތްތަކުން ދީފައިވާ
ހެކިބަސް ނަފީވާވަރުގެ ކަންކަމެއް ނޫންކަމާއި، މީގެ އިތުރުން ކަނާއަތުން މީހެއްގެ ކަނާއަތު އަރިކައްޓަށް
ގެނައިބާނޭ
3 & ·
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ
އީމެއިލް Righcourt.gov.mv
މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ވެބް ސައިޓް www.highcourt.gov.mv
10
2015/HC-A/374
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުހުރޭނެކަމަށް ޙަސަން ފަރީދު ބުނެފައިވީނަމަވެސް އެކަމަކީ ޙަސަން ފަރީދު ބުނާ ބުނުން ފިޔަވައި
އިތުރަށް އެކަމަކީ ނުވާނެކަމެއްކަން ސާބިތުކޮށްދެވިފައިވާ ޙުއްޖަތްތަކެއް ހުށަހަޅާފައިވާކަމެއް ނޫންކަމާއި،
ނފާނެކަމަށް
މިމައްސަލައިގައި ހެކިބަސްދިފައިވާ ފަރާތްތަކުގެ ތެރެއިން އެއްފަރާތަކީ އަނިޔާލިބުނު
ފަރާތެއްކަމަށާއި އަދި ހެކިންގެ ތެރެއިން އެއް ފަރާތަކީ ނިޔާވި ޢަބްދުﷲ ޝުހާދުގެ ތިމާގެ މީހެއްކަމަށާއި
މިހެންކަމުން މިފަރާތްތަކުގެ ހެކިބަހުގެ އަދުލުވެރިކަން ގެއްލިފައިވާތީ އެފަރާތްތަކުގެ ހެކިބަސް ސައްޙަ
ޙަސަން ފަރީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ފާހަގަކޮށްފައިވާއިރު، މިމައްސަލަ ސާބިތުވެފައިވަނީ ހަމައެކަނި އެދެފަރާތުން ބުނެފައިވާ ބުނުމުގެ މައްޗަށް
އެކަނި ނޫންކަމާއި، މިމައްސަލައިގައި ޖުމްލަ 7 މީހަކު ޙަސަން ފަރީދާއި ދެކޮޅަށް ހެކިބަސްދީފައިވާއިރު،
އެހެކިބަހާއި ގުޅޭ އިތުރު ޤަރީނާތައްވެސް ހުށަހެޅިފައިވާކަމާއި، މީގެ އިތުރުން މިފަރާތްތަކުން ދީފައިވާ
ހެކިބަހަކީ އެހެކިބަސް އެގޮތުގައި ދިނުމުން އެފަރާތްތަކަށް ލާބައެއް ލިބިދާނެކަމުގައި އުއްމީދުގައި އަދި
ގެއްލުމެއްވެދާނެކަމުގެ ބިރަށްޓަކައި ދީފައިވާ ހެކިބަހެއްކަމާއި މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބިދާނެތީ
ހެކިބަހެއްކަމާއިމެދު ޝައްކު އުފެދޭ ފަދަ ޙުއްޖަތްތަކެއް ޙަސަން ފަރީދަށް ދެއްކިފައި ނެތްއިރު
ހެކިބަސްދިން ހެކިވެރިންގެ ޢަދުލުވެރިކަމާއިމެދު ޝައްކު އުފެދެން އޮތްކަމެއް ބަޔާންކޮށްދެވިފައިނުވާކަން
#
4ހ c
އެނގޭކަމެވެ.
cc etc
cod
ބ) ފަސްވަނަކަމަކީ، އެކިއެކި މައްސަލަތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން
ހުށަހަޅާ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ކޯޓުން ފަހިކޮށްދިނުމަކީ
ކޯޓުތަކުން ކުރަންޖެހޭނެކަމެއްކަން އެނގެން އޮތްއިރު، ޖިނާއީ މައްސަލަތައް ނިންމުމުގައި، ހުށަހެޅޭ
ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ޤާނޫނީ ޤަރީނާ ފިޔަވައި، ވަކި ހެކިތަކަކަކަށް ނުވަތަ ދަލީލުތަކަކަށް
ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމް ނުވާކަމަށާއި، ހުށަހެޅޭ ދަލީލުތައް ތަޤްލީމުކޮށް ވަޒަންކުރުމަށްފަހު
ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި، އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖު ތަކުގެ މައްޗަށް ބުރަވެހުރެ،
ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި
ޙުކުމެއް ކޮށްގެންނުވާނެކަމީ އިސްތިޤްރާރުވެފައިވާ ޖިނާއީ މައްދައެއްކަން އެނގެން އޮންނަކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 23/SC
-
A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، ޖިނާއީ
މައްސަލައެއްގައި ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކުގެ ތެރެއިން މައްސަލައާއި ގުޅުންހުރީ
ކޮން
ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ ބޭނުމުގައިކަން މައްސަލަ ބައްލަވާ
އެރޭގެ ހާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނަން
އީމެއިލް: gplonighcourt.gov.mvއް
* * *
މާލެ ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
www.highcourt.gov.mv
11
تربت
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
cu O
8 342
مل کو میسری
ފަނޑިޔާރަކު ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި ބަލައިނުގަނެވޭނެ ހެކިތައް އަދި
ޝަރީޢަތަށް ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން
ކަނޑައެޅިދާނެކަމަށް ބަޔާންކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 192/HC
-
A/2011 ޤަޟިއްޔާގައި
ހެކި ބަލައިގަތުމާއި އެހެކިތައް ވަޒަންކުރުމާއި ގުޅޭގޮތުން އުސޫލެއް ޤާއިމުކުރައްވާފައިވާކަން އެނގޭކަމާއި،
އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ފާހަގަކުރައްވާފައިވާ
ކަންކަމަށާއި، ޝަރީޢަތަށް ހުށަހެޅޭ ހެކިބަސްތައް ބަލައިގަތުމާ ދިވެހިރާއްޖޭގެ ހައިކޯޓުން
ޤާއިމުކޮށްފައިވާ އުސޫލުތަކަށް ބެލުމުން، މައްސަލައެއް ސާބިތުކުރުމަށްޓަކައި ޝަރީޢަތަށް ހުށަހެޅޭ
ހެކިތަކުގެ ތެރެއިން ބަލައިގަނެވޭނެ ހެކިންނާއި ބަލައިނުގަނެވޭނެ ހެކިން ކަނޑައަޅާ، އެހެކިންގެ ހެކިބަސް
ޝަރީޢަތުން ޤަބޫލުކުރުމާއި ނުކުރުން އަދި ހެކިންގެ ތެރެއިން ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ހެކިންނާއި
ޙާޟިރުކުރަންނުޖެހޭ ހެކިންނާމެދު ގޮތެއް ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރުގެ ތަޤްދީނީ ބާރުގެ
ތެރެއިން ކަނޑައެޅޭ ކަންކަން ކަމަށްވެފައި އެނިންމުން ބިނާކުރި ސަބަބުތަކުގައި ޝަރުޢީ އަދި ޤާނޫނީ
މަތިން އެކަށީގެންވާ
އެކަމަކީ ޝަރުޢީ އަދި ޤާނޫނީ އަސްލަކާއި
ހިލާފުވުންކަމުގައި ނުބެލެވޭނެކަން އެނގޭކަމާއި،
cucco
OCX
ހަމަތަކުގެ
ސަބަބެއްވާނަމަ
* ( 4
ހހ4 3
2
ކަމަށްބުނޭ
މިދެންނެވުނު ޤާނޫނީ މަބްދައުގެ އަލީގައި އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަން
ހިނގާފައިވާގޮތަށް ބަލާއިރު، މިމައްސަލައިގައި ޙަވާލާދެވޭ ޙާދިސާ ހިނގި ވަގުތުގައި ޙަސަން ފަރީދު ހުރީ
ގޭގައި ކަމަށާއި ޙާދިސާ ހިނގިކަމަށް ބުނާތަނަށް ގޮސްފައިނުވާނެކަން ސާބިތުކޮށްދިނުމަށްޓަކައި
ހެކީންގެ ގޮތުގައި ޙާޟިރުކުރަން އެދޭ މީހުންގެ ނަންތަކެއް ޙަސަން ފަރީދުގެ ފަރާތުން
ދަށުކޯޓަށް ހުށަހެޅިކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް މައްސަލައާއި ގުޅިގެން ޙަސަން ފަރީދާއި
ދެކޮޅަށް ދައުލަތުގެ ފަރާތުން ހުށަހެޅި އެންމެހައި ހެކި ޤަރީނާތަކުން ޙާސިލުކުރެވުނު ނަތީޖާއަށް ބަލާއިރު
ޙަސަން ފަރީދު ޢަބްދުﷲ ޝުހާދަށް ވަޅިން ޙަމަލާދިންކަން ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި އޮތުމުން
އަދި ހެކިން ޙާޟިރުކޮށްގެން ޙަސަން ފަރީދުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް އެދި ހުށަހެޅި
ކަންކަމުގެ މައްޗަށް ބެލުމުން މިޙާލަތުގައި ޙަސަން ފަރީދުގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިން ކްރިމިނަލް
ކޯޓަށް ޙާޟިރުނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުމުގައި ޤާނޫނީ އަދި ޝަރުޢީ އަސްލަކާއި
ފުށުއެރުމެއްވާކަމުގައި ބެލެވެން ނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ދެރޯށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
بسم ام بي
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
(ޅ) ހަވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ޙަސަން ފަރީދާއި ދެކޮޅަށް ލިބިފައިވާ އެންމެހައި
ހެކި ޤަރީނާތަކާއި އެހެކިތަކުން ޙާސިލުވާ ނަތީޖާއަށް ބެލުމުން ޏ.ފުވައްމުލައް ދޫޑިގަން، އާސްމާނުގެ
ޢަބްދުﷲ ޝުހާދަށް ޙަމަލާދީ އޭނާ މަރާލުމަށް ޙަސަން ފަރީދު ޢަމަލީގޮތުން ބައިވެރިފައިވާކަން އަދި
މިޙަމަލާގެ ސަބަބުން ޢަބްދުﷲ ޝުހާދު މަރުވެފައިވާކަން، ޝަރީޢަތަށް ސާބިތުވުމަށް ފުދޭ ހެކި ދައުލަތުގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ 1205
ވަނަ މާއްދާގެ (ހ) އަށާއި މިޙާދިސާ ހިނގާދިޔަ ޢަމަލުކުރަމުންދިޔަ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ރ) އަށް ބެލުމުން، މަރުގެ ކުށަށް ކަނޑައަޅަންޖެހޭނީ އިސްލާމީ ޝަރީއަތުގައި މަރުގެ ކުށަށް
ކަނޑައެޅިފައިވާ އަދަބުކަން އެނގޭކަމާއި، މިގޮތުން ޙަސަން ފަރީދުގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލި
ދަޢުވާއަކީ ޤަސްދުގައި މީހަކު މަރާލުމުގެ ދަޢުވާކަމާއި، ޝަރުޢީ އިސްތިލާޙުގައި ގަސްދުމަރު ނުވަތަ هل
هلا އަކީ ޢާންމުކޮށް މީހަކު މަރުވެދާފަދަ ހަތިޔާރަކުން ނުވަތަ ހަތިޔާރެއްގެ ގޮތުގައި
އެއްޗަކުން މީހެއްގެ ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ޙަމަލާ ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއްފަދަ
ވަސީލަތެއް ބޭނުން ކޮށްގެން މީހެއްގެ މަރުވަޅަކަށް ހަމަލާ ދިނުމުގެ ސަބަބުން އެމީހާ މަރުވުން ކަމާއި،
COC
43 434
ނޭނކރދން.
COC
34
COX
4 *
coc
ޖަ: هلا (ޤަޞޫދު މަރު) ގައި 03 ރުކުނެއް ފުރިހަމަވުން އިސްލާމީ ޝަރީޢަތް
ލާޒިމްކުރާކަމާއި، އެއީ؛ (1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ
ހުއްދަކުރެވިފައިވާ ނުވާ) މީހެއްކަމުގައި ވުން. (2) އެމީހާ މަރުވީ ޤާތިލް (murderer) ކުރި ޢަމަލުގެ
ނަތީޖާއެއްގެ ގޮތުން ކަމަށްވުން. (3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ
ޢަމަލެއްކަމުގައިވުން. މިތިން ރުކުން ކަމާއި،
COC
ނިޔަތުގައި ކުޅަ
އެގޮތުން ބަލާއިރު، ޙަސަން ފަރީދު ޢަބްދުﷲ ޝުހާދަށް ޙަމަލާދިނުމާއި ހަމައަށް ޢަބްދު
ޝުހާދަކީ ދިރި ދުނިޔޭގައި ހުރި އިންސާނެއްކަމާއި މެދު ޝައްކެތްނެތްކަމާ
ޗެނެތްކަމާއި، އަދި އެހާތަނަށް ޢަބްދު
ޝުހާދަކީ ލޭގެ ޙުރުމަތް ކެނޑިފައިވާ މީހަކަށްނުވާތީ، Cz هلا (ޤަޞޫދު މަރު) ގައި ފުރިހަމަ ވާންޖެހޭ
ފުރަތަމަ ރުކުން (މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ
ހުއްދަކުރެވިފައިނުވާ އިންސާނެއްކަމުގައި ވުން) ފުރިހަމަވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުއީ ދޮނެޝްރު ޔާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް ka Miscourt.gov.mv ވެބް ސައިޓް www.highcourt.gov.mv
13
تمامي يمي
މުނު ގޮތުގެ ޚުލާޞާ
2015/HC-A/374
އަދި ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ، ޢަބްދުﷲ ޝުހާދުގެ މެއާއި ދިމާލުން ކަނާއަތު
އަރިކަށްޓަށް ވަޅިން ހަމަލާދިނުމުން އެހަމަލާގެ ސަބަބުން ފުއްޕާމެއާއި ޑައިގްރަމް އަށް ތޫނުއެއްޗެއް ހެރި
ޒަޚަމްވެ އަނިޔާވުމާއި މޭގެ ކަނާއަތް ފަރާތަށާއި ބަނޑުގެ ތެރެއަށް ވަރަށް ބައިވަރު ލޭޖަމާވެ ހަށިގަނޑަށް
ގެއްލުން ވުމުގެ ސަބަބުން ކަމަށް ޢަބްދުﷲ ޝުހާދުގެ މެޑިކޯ ލީގަލް ރެކޯޑުގައި ބަޔާންކޮށްފައިވުމުގެ
އިތުރުން ޝުހާދުގެ މަރު ސާބިތު ކުރުމުގެ ލިޔުމުގައި "މަރުބަލި ނުވަތަ ސަބަބު ތަފްސީލް ބަޔާންކުރާ
ބައިގައި ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ Deep penetrating injury of right lung by“
[sharp object (ތޫނު އެއްޗަކުން ކަނާއަތު ފުއްޕާމެއަށް އަނިޔާވުން) މިފަދައިން ބަޔާންވެފައިއޮތުމުން
ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ އޭނާގެ ހަށިގަނޑަށް ތޫނު އެއްޗަކުން ދިން ޙަމަލާތަކެއްގެ ސަބަބުން
ލިބުނު ޒަޚަމްތަކުގެ ސަބަބުން އެނގޭތީ، ޢަބްދުﷲ ޝުހާދު މަރުވެފައިވަނީ ޙަސަން ފަރީދު ޢަބްދު
ޝަހާދަށް ވަޅިން ހަމަލާ ދިނުމުގެ ނަތީޖާއެއްގެ ގޮތުންކަމާމެދަކުވެސް އެއްވެސް ޝައްކެތް
csل هلا (ޤަޞޫދު މަރު) ގައި ފުރިހަމަވާންޖެހޭ ދެވަނަ ރުކުންވެސް (އެމީހާ މަރުވީ ޤާތިލް
ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން) ފުރިހަމަވެފައި ވާކަމާއި،
COC
.ޑ ތ ލ ތ ދތ
9އހނ ކމއ
2
4
2 ހ43
1204
COC
dis هلا (ޤަދު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ކަމުގައިވާ، ޤާތިލް ކުޅަ
ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަޢަމަލެއްކަން ދެނެގަތުމަށް އިސްލާމީ ޝަރީޢަތުގައިވެސް އަދި
ޖިނާއީ ޤާނޫނުތަކުގައިވެސް ކަނޑައެޅިފައިވާގޮތަކީ އެމީހާ މަރާލުމަށް ބޭނުންކުރި ވަސީލަތާއި މަރާލުމަށް
ރޭވި ރޭވުމާއި، ޙަމަލާދީފައިވާ ތަނާއި، ޙަމަލާދީފައިވާ ގޮތަށް ބެލުން ކަމާއި،
4
43
42
2
4 އވ
ނނށ3ނކން
އެގޮތުން ޢަބްދުﷲ ޝުހާދަށް ޙަސަން ފަރީދު ޙަމަލާދީފައިވަނީ ، މީހަކު މަރާލެވިދާފަދަ ތޫނު
ހަތިޔާރެއް
އެނގޭކަމާއި، މިހެންކަމުން ޙަސަން ފަރީދުގެ ނިޔަތަކީ ޢަބްދުﷲ ޝުހާދު
މަރާލަންކަމާމެދަކުވެސް އެއްވެސް ޝައްކެތް އުފެދޭނެ ޖާގައެއް ނެތްކަމާއި، އެހެންކަމުން ÉÉا هلا
(ޤަޞޫދު މަރު) ގައި ފުރިހަމަވާންޖެހޭ ތިންވަނަ ރުކުން ވެސް (ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ
ނިޔަތުގައި ކުޅަ ޢަމަލެއްކަމުގައިވުން) ފުރިހަމަ ވެފައިވާކަން ފާހަގަކުރެވެއެވެ.
(ކ) ހަތްވަނަކަމަކީ، މިމައްސަލަ ކްރިމިނަލް ކޯޓުގައި ހިނގާދިޔައިރު ޢަބްދުﷲ ޝުހާދުގެ
ވާރިޘުންނަކީ ކޮބައިތޯ ބަލައި އެމީހުންގެ ބަސް ހޯދާފައިވާކަން އެނގެން އޮންނައިރު، ޢަބްދުﷲ ޝުހާދުގެ
ވާރިޘުންގެ ތެރެއިން އޭނާގެ ބައްޕަ ޏ.ފުވައްމުލައް(ރުޚާމުގެ މުޙައްމަދު ޙުސައިން އާއި މަންމަ
ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް [email protected]
g"
www-highcourt-gov-me*
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
ޏ.ފުވައްމުލައް އާސްމާނުގެ ޚަދީޖާ މުޙައްމަދު ބުނެފައިވަނީ އެދެމީހުންވެސް ބޭނުންވަނީ ޢަބްދުﷲ ޝުހާދުގެ
ޤާތިލުގެ ކިބައިން މަރަށްމަރު ހިފުންކަން އެނގެން އޮންނަކަމެވެ.
332 4 , ,
COC
ވީމާ، މަތީގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު އެންމެހައި ކަންތައްތަކަށް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ޙަސަން ފަރީދުގެ މައްޗަށް ދައުލަތުން
ފަރާތުން ދަޢުވާކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/JC
/
2010
)
1112
/
Cr
-
C/1054) ޤަޟިއްޔާއިން ބައްލަވައި މިދަޢުވާއަށް ޙަސަން ފަރީދު
އިންކާރުކުރިނަމަވެސް މި ޙާދިސާ ހިނގިތަނަށް ޙަސަން ފަރީދު ދިޔަކަމާއި، ޙަސަން ފަރީދަކީ ކާކުކަން
އެނގޭކަމާއި، ޢަބްދުﷲ ޝުހާދުގެ ގަޔަށް
ޙަސަން ފަރީދު ވަޅިޖެހިކަމާއި، ވަޅިޖެހި މަންޒަރު
ފެނިފައިވާކަން، ދައުލަތުގެ ފަރާތުން ހުށަހެޅިހެކިންގެ ހެކިބަހުން އެނގެން އޮތުމާއި، ޢަބްދުﷲ ޝުހާދަށް
ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް، 28 ޖެނުއަރީ 2010 ދުވަހު، ޢަބްދުﷲ ޝުހާދު
ނިޔާވެފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ޢަބްދުﷲ ޝުހާދުގެ މަރުފޯމުން އެނގެން އޮތުމުން، ޤަސްދުގައި
މީހަކު މަރާލުމުގެ ކުށުން ޙަސަން ފަރީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ، ޢަބްދުﷲ ޝުހާދުގެ
ވާރުތަވެރިންކަމަށްވާ ޢަބްދުﷲ ޝުހާދުގެ ބައްޕަ (މުޙައްމަދު ޙުސައިން) އާއި އޭނާގެ މަންމަ ޚަދީޖާ
މުޙައްމަދު) ބޭނުން
ނުންވަނީ އެދެމަފިރިންގެ ދަރިފުޅު ޢަބްދުﷲ ޝުހާދުގެ މަރާލިމީހާގެ ކިބައިން ޤިޞާޞް
ހިފަންކަން، ޢަބްދުﷲ ޝުހާދުގެ ބައްޕަ މުޙައްމަދު ޙުސައިން) އާއި އޭނާގެ މަންމަ (ޚަދީޖާ މުޙައްމަދު) ގެ
ބަޔާނަށް ބެލުމުން އެނގެން އޮތުމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ކޮށްފައިވާ އަމުރަކަށް
ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވުމާއި،
އެމާއްދާގެ (ރ) ގައި މިފަދަ ކުށުގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށްކުރި މީހެއްގެ އަދަބަކީ
އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބެއްކަމަށް ބުނެފައިވާތީ، ޤާނޫނުލް އުޤޫބާތުގެ 88 ވަނަ ވަނަ
މާއްދާގެ (ރ) ގެ ދަށުން ޏ.ފުވައްމުލައް ކަރަންކާއާގެ ޙަސަން ފަރީދު މެރުމަށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާގޮތުގެމަތިން ކުރައްވާފައިވާ
ޙުކުމެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ފަނޑިޔާރުންގެ މަޖިލީހުގެ ހުރިހާ
ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއްނެތި އިއްތިފާޤު ވެވިފައިވެއެވެ.
2
0 ދވ
މައިބޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
نتي
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/374
ޙަސަން ފަރީދު
4336/3
ހއ 2
3
3
3
ޖ9ކ ފ
ދެންފަހެ، ކުރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
1112
/
Cr
-
C/1054) ގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ޏ.ފުވައްމުލައް ކަރަންކާއާގެ
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
އެންމެހައި ކަންތައްތައް އެފަދައިން ހުރުމާއެކު، އެކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެމަތިން ރިޢާޔަތްކޮށްބަލާއިރު، ކުރިމިނަލް
ނަންބަރު
2010/JC
/
2010
)
1112
/
Cr
-
C/1054) ޤަޟިއްޔާގައި، ޏ.ފުވައްމުލައް ދޫޑިގަން އާސްމާނުގެ ޢަބްދު
ޝުހާދު ޤަޞްދުގައި މަރާލުމުގެކުށް ޙަސަން ފަރީދުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ
ޢުޤޫބާތެއްގެ ގޮތުން ޙަސަން ފަރީދު މެރުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އިން
ޖީކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv