ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/530 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/53
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 530/HC
-
A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު މަލްދާން ޢަލީ
ދާއިމީ
އެޑްރެސް:
ސީވޭވް/ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A167472 މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު:
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 ޞަފަރު 1438
13 ނޮވެމްބަރ 2016
ނިމުނު ތާރީޚް: 21 ޞަފަރު 1438
21 ނޮވެމްބަރ 2016
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
7654/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (އެކްސިޑެންޓް (ފަރުވާކުޑަ ޢަމަލަކުން މީހަކު މަރުވުން)
• އަމުރު ނެރުއްވި ތާރީޚް: 06 ނޮވެމްބަރ 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދުﷲދީދީ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/53
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7654/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ގ. ސީވޭވް މާލެ އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
*
ރެވުނު
-1
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7654/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ގ. ސީވޭވް/ މާލެ އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2 ހ8 9
8
އެއެގެތެށެނޫން ކަމަށް ބުނޭ
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7654/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
އަޙްމަދު މަލްދާން ޢަލީގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެކްސިޑެންޓް (ފަރުވާކުޑަ ޢަމަލަކުން މީހަކު މަރުވުން)
މައްސަލައިގައި މުޖުތަމަޢުގެ ސަލާމަތަށްޓަކައި 2016 ނޮވެމްބަރ 06 ވަނަ ދުވަހުގެ 14:48 އިން ފެށިގެން
2016 ނޮވެމްބަރ 21 ވަނަ ދުވަހުގެ 14:47 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ
ތަނެއްގައި އަޙްމަދު މަލްދާން ޢަލީ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/5 30
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7654/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ ސީވޭވް! މާލެ އަޙްމަދު މަލްދާން
ޢަލީގެ ފަރާތުން އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ހުށަހަޅާފައިވާ!
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7654/J
/
MD-145 ކޯޓު
އަމުރުގައި ކްރިމިނަލް ކޯޓުން އަޙްމަދު މަލްދާން ޢަލީ ގެ ބަންދުގެ މުއްދަތު އިތުރުކުރުމުގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާގެ ރޫހާއި ޚިލާފަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
3
2 ޑ ޒ
ންބައެވެ.
• ދެވަނަ ނުކުތާއަކީ، މިމައްސަލާގައި އަޙްމަދު މަލްދާން ޢަލީގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ
އެކްސިޑެންޓް (ޓްރެފިކް ވައިލެންސް، މައްސަލައެއްކަމުގައިވީނަމަވެސް މިމައްސަލަ ޖިނާއީ މައްސަލައެއްގެ
ގޮތުގައި މާނަކުރައްވައި ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7654/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ކީވޭވް/ މާލެ އަޙްމަދު މަލްދާން ޢަލީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެ އެކް8C ހދ 0
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/530
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
7654/J
/
MD-145 ކޯޓު އަމުރުގައި 06 ނޮވެމްބަރ 2016 ވަނަ ދުވަހުގެ 14:48 އިން ފެށިގެން
15 ދުވަހުގެ މުއްދަތަށް އަޙްމަދު މަލްދާން ޢަލީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާތަނެއްގައި
ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައިވާކަމާއި، އިސްވެ ބުނެވުނު އަމުރުގައި ޙަވާލާދެއްވާފައިވާ ނަންބަރު
151874/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި އަޙްމަދު މަލްދާން ޢަލީ ބަންދުކުރި
ނުވަތަ ހައްޔަރުކުރި މައްސަލައަކީ، 2016 ސެޕްޓެމްބަރ 03 ވަނަ ދުވަހުގެ 23:35 ހާއިރު އަޙްމަދު
މަލްދާން ޢަލީ ދުއްވަމުން ދިޔަ ކާރެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލާގައި ސައިކަލުގެ
ފަހަތުގައި އިންފަރާތް ނިޔާވެފައިވާތީ އާއި ސައިކަލުދުއްވަން އިންފަރާތްވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ
މައްސަލަކަމާއި، އެމައްސަލައާ ގުޅިގެން އަޙްމަދު މަލްދާން ޢަލީއާ ދެކޮޅަށް ލިބިފައިވާ ހެކި ޤަރީނާ އެ ފޯމުގައި
ބަޔާންކޮށްފައިވާކަމާއި، އަޙްމަދު މަލްދާން ޢަލީ އިތުރަށް ބަންދުގައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއިން އެދިފައިވަނީ، މީނާ ދޫކޮށްލައިފިނަމަ ހެކި ނައްތާލާ ހެއްކާއި ކުޅެ މައްސަލައިގެ އަސްލު
ގެއްލުވާލަން މަސައްކަތްކޮށްފާނެތީ އާއި މުޖުތަމަޢުގެ ސަލާމަތަށްޓަކައިކަން އެފޯމަށް ބެލުމުން
ފާހަގަކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން
ޤާނޫނުއަސާސީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/530
ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށް
ރށްކުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް
ލިބިގެންވާކަން އެނގެން އޮންނަކަމެވެ.
އެއްގޮތަށް
6328 ه
އއސކރ
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 49
ވަނަ މާއްދާއާ
މީހަކު
ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް،
ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ
ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ
ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި، އަދި ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/530
ކުށެއްގެ
މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދުގެ މައްސަލަތަކުގައި ކޯޓަށް ހެކި
ހުށަހަޅަންޖެހޭނީ ކުށެއްކުރިކަމަށް ސާބިތުވާ މިންވަރުގެ ހެކިޤަރީނާ ނޫންކަމާއި، އެފަދަ މައްސަލަތަކުގައި ހެކީގެ
ގޮތުގައި ބަލައިގަންނަންޖެހޭނީ ކުށެއްކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ޤަރީނާކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 263/HC
-
A/2012 ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، އަޙްމަދު މަލްދާން ޢަލީގެ ފަރުވާކުޑަ ޢަމަލަކުން
އެކްސިޑެންޓްވެ
މީހަކު މަރުވުމުގެ ތުހުމަތާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކޮށްފައިވާ ތަޙުޤީޤުގައި
އަޙްމަދު މަލްދާން ޢަލީގެ މައްޗަށް އެތުހުމަތު ކުރުމަށް ފުދޭ މިންވަރުގެ ހެކި ޤަރީނާ ލިބިފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި މިމައްސަލައަކީ މަރުގެ މައްސަލައަކަށްވާއިރު، މިބާވަތުގެ މައްސަލަތަކަކީ ކުށުގެ
ދަރަޖައިން ބަލާނަމަ ބޮޑެތި އަދި ނުރައްކާތެރި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްކަމުން، އަޙްމަދު މަލްދާން ޢަލީ
ބަންދުން
ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަ ދަށު ކޯޓުގައި މައްސަލަ ބެއްލެވި
ފަނޑިޔާރަށް ފެނިގެން، އަޙްމަދު މަލްދާން ޢަލީގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރައްވާފައިވަނީ
ރަނގަޅަށް ނޫންކަމަށް މިމައްސަލަ މިކޯޓުގައި ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
4 s
ހހ4
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7654/J
/
MD-145 ކޯޓު އަމުރަކީ ޝަރުއީ
ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް ނެތްކަމުގައެވެ.
ދިވެހިރާއްޖޭގެ
/
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2016/HC-A/530
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
7654/J
/
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ
އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv