ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/213 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2014/HC-A/213
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 213/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތްތައް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
* ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް * މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތްތައް:
• ނަން : މުޙައްމަދު ޒިޔާޖު
އައިޑީ ކާޑު ނަންބަރު: A000377
ދާއިމީ އެޑްރެސް: ދިނަށަ| ގދ.މަޑަވެލި
މިހާރުގެ އެޑްރެސް: ދިނަށަ ގދ.މަޑަވެލި
1438
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 11 ޝައްވާލު 1435
07 އޯގަސްޓް 2014
ނިމުނު ތާރީޚް:
13 ޞަފަރު
13 ނޮވެމްބަރ 2016
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv
-
C/20
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
• ހުށަހެޅުނު ތާރީޚް: 05 ޖެނުއަރީ 2014 • ނިމުނު ތާރީޚް: 27 އެޕްރީލް 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް
ފަނޑިޔާރު އޖ.ޢަލީ ސަމީރު، ފަނޑިޔާރު އޖ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އޖ.ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
އެންޑް ޚަޠީކް
2
ޤަޟިއްޔާ
4 23 22
2014/HC-A/213
ނިމުނު
امنيت ملي ی مری
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/20 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ދައުލަތް
(މޯލްޑިވްސް ކަސްޓަމްސް ސަރވިސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ގދ. މަޑަވެލި ! ދިނަށަ، މުޙައްމަދު
ޒިޔާޖު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A000377) އެވެ.
-1
ރެވުނު ނުކުތާތައް
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާ އަކީ ގެޒެޓްގައި ޢާއްމުކޮށްފައިވާ
"މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 2012" އާއި ފުށުއަރާގޮތަށް މަޤާމުތަކުގެ
ޝަރުތުތައް އެކުލަވާލައި،
ގެޒެޓްވެސް ނުކުރައްވާ، މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށްފަހު
މުވައްޒަފުންނަށް ޢާއްމުކޮށްފައިވާ "ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖްރަކުރުމުގެ ގޮތުން ޕްރޮމޯޝަން
ދިނުމުގައި ޢަމަލުކުރާނެ އުޞޫލު" ބާޠިލްކުރަން ގދ. މަޑަވެލި | ދިނަށަ މުޙައްމަދު ޒިޔާޖު، މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ މައްޗަށް ދައުވާކުރުމުން ބެލެވިފައިވާ ޟިއްޔާއެއްކަމާއި،
ޤަޟިއް
i
މިޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަ
ކުރެވުނު ނުކުތާއަށް އެފަދައިން ހުރުމުން، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް
ޤާނޫނު)ގެ 9ވަނަ މާއްދާ (ށ) ގައި ކަސްޓަމްސް އޮފިސަރުންނަށް ވަޒީފާ ދިނުމާއި، މަޤާމުގެ ކުރިއެރުން
ދިނުމާއި، މަޤާމު ދަށްކުރުމާއި، ވަޒީފާއިން ވަކިކުރުމާއި، މިކަންކަން ކުރާނީ މޯލްޑިވްސް ކަސްޓަމްސް
ސާރވިސްގެ މުވައްޒަ
ވައްޒަފުންގެ ޤަވާޢިދު 35-R/2012 ގައިވާ ގޮތުގެ މަތިން މިނިސްޓަރުކަމާއި، މިނިސްޓަރު
ކަސްޓަމްސް ޤާނޫނުގެ ދަށުން ހަދާފައިވާ މޯލްޑިވްސް ކަސްޓަމްސް
ސާރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 35-R/2012 ގޮތުގެމަތިން އެކަމަށްޓަކައި ކަސްޓަމްސްގައި
އެކުލަވާ ބޯޑުގެ ލަފަޔާއެކުކަން
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބޭނުންވާ
އުޞޫލުހެދުމަކީ ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު)ގެ 5 ވަނަ މާއްދާ
އެކަންކުރާނީ ދިވެހިރާ
ރި cޑ
روس کرتے کہ
4
22
24
کر رہی ہے
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/213
2013
ހއ ހ މ ގތ
حجم و سررسی
2x 2
(ނ)ގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިންގުމާއި ޙަވާލުވެހުންނަވާ މިނިސްޓަރަކަށް ލިބިގެންވާ
ބާރެއްކަމާއި، ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖްރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި ޢަމަ
ޢަމަލުކުރާނެ
އުޞޫލު ނަމުގައި އުޞޫލެއް ގައި ހަދައި އެއުޞޫލުގެ ދަށުން
ކުރިއެރުންދީފައިވާކަން ދެފަރާތުގެ ބަހުން ޘާބިތުވާކަމާއި،
ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖްރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި
ޢަމަލުކުރާނެ އުޞޫލުގައި ޕްރޮމޯޝަންދެވޭ މުވައްޒަފުންގެ ޝަރުޠުތައް ކަނޑައަޅަންޖެހޭނީ ޤާނޫނު ނަންބަރު
8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު)ގެ 9ވަނަ މާއްދާ (ށ) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 35-R/2012 ގެ ޖަދުވަލު 9 ގައި ބުނެފައިވާ
މަޤާމުތަކުގެ ޝަރުޠުތަކާއި އެއްގޮތަށް، އެމަޤާމުތަކުގެ ޝަރުތުތަކާއި ތަޢާރުޟު ނުވާގޮތަށްކަން ޤާނޫނު
ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
މުވައްޒަފުންގެ ޤަވާޢިދު 35-R/2012 ގެ ޖަދުވަލު 9 ގައި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން
މުވައްޒަފުންގެ މަޤާމުގެ ޝަރުޠުތަކަށް އުނިއިތުރެއް ގެނެވޭނީ އެޤަވާޢިދަށް ބަދަލުގެނެސްގެންކަމަށާއި،
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 35-R/2012 ގައިވާ
ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މަޤާމުގެ ޝަރުޠުތަކާއި "ކަސްޓަމްސްގެ އައު
އޮނިގަނޑަށް ހިޖްރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނެ އުޞޫލު" ގައިވާ ކަސްޓަމްސް
އޮފިސަރ ގްރޭޑް 1 އާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 އާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 3
އާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 އާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2
އާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 އާއި، ޗީފް ކަސްޓަމްސް އޮފިސަރ އާއި،
ސުޕްރިންޓެންޑެންޓް އާއި، ސީނިއަރ ސުޕްރިންޓެންޑެންޓް އާއި، ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އާއި،
ޗީފް ސުޕްރިންޓެންޑެންޓް އާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް މަޤާމުގެ ބައެއް
ޝަރުޠުތައް ތަޢާރުޟުވާކަމަށް ކަނޑައަޅައި،
ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖްރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި
ޢަމަލުކުރާނެ އުޞޫލު ގައިވާ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 އާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2
އާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 3 އާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 އާއި،
ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 އާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 3 އާއި،
ޗީފް ކަސްޓަމްސް އޮފިސަރ އާއި، ސުޕްރިންޓެންޑެންޓް އާއި، ސީނިއަރ ސުޕްރިންޓެންޑެންޓް އާއި،
ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓް އާއި، ޗީފް ސުޕްރިންޓެންޑެންޓް އާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
މީ =
, s:
4 ޤަޟިއްޔާ ނިމުނު
ދޮF
2014/HC-A/213
ކަސްޓަމްސް މަޤާމްތަކުގެ ޝަރުޠުތަކުގެ ތެރެއިން ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް
ޤާނޫނު)އިން ބާރުލިބިގެން، ހަދައި، ގެޒެޓްކޮށްފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ
ޤަވާޢިދު 35-R/2012 ގެ ޖަދުވަލު 9 ގައި ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ
މަޤާމުގެ ޝަރުޠުތައް ކަމަށް ބުނެފައިވާ ޝަރުޠުތަކާއި ތަޢާރުޟުވާ އަދި އެޤަވާޢިދުގައި ނުހިމެނޭ އެންމެހާ
ތިލްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންކަން އެނގެން އޮވެއެވެ.
002
2
0 ދ ތތ
ޝަރުޠުތައް ބާޠިލްކަ
-2
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާ އެކޯޓުން ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް އެދި ދައުލަތް (މޯލްޑިވްސް
ކަސްޓަމްސް ސަރވިސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 03 (ތިނެއް) ނުކުތާ
ހުށަހަޅައި އެނުކުތާތަކާއިބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އެނުކުތާތަކަކީ:
. ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވަނީ ދައުވާކުރި ފަރާތުން އެދިފައިނުވާ ކަންތައްތަކުގެ މައްޗަށްކަމަށްވާތީ، އެ ޙުކުމަކީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/IC
-
A:2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި
ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޝަރީޢަތުން
ކަނޑައަޅާ ނިޔާތަކަކީ ނުވަތަ އިއްވާ ޙުކުމްތަކަކީ އޮޅުން ފިލާގޮތަށް އިއްވާ ޙުކުމް ތަކަކަށް ވާންޖެހޭއިރު،
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ސްޕްރީމް ކޯޓުގެ
ނަންބަރު 01/SC-RU/2010 ރޫލިންގގައި ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ
ބުނެ ހުށަހެޅި ނުކުތާއެވެ.
22
2
0 ހތކ
04އކޯޗެށް
0
. ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 10 ވަނަ މާއްދާގެ
ދަށުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ކަސްޓަމްސްގެ އިދާރީ އޮނިގަނޑު އެކުލަވާލާ އެ
އޮނިގަނޑަށް ފެއްތުމަށްޓަކައި އެކުލަވާލެވުނު އުސޫލުކަމަށްވެފައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
މުވައްޒިފުންގެ ޤަވާޢިދު 2012 އަކީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން
ދިވެހިރާއްa
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ކާޑުތަކއް
5 ޤަޟިއްޔާ ނިމުނު 1
کی مرکی
2014/HC-A/213
ދެވެ
ހެދިފައިވާ ޤަވާޢިދަކަށްވާއިރު އަދި ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން
ދިނުމުގައި ޢަމަލުކުރާނެ އުޞޫލާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާއިދު 2012
އަކީ މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ކަސްޓަމްސް ޤާނޫނުގެ ވަކި ދެ މާއްދާއެއްގެ ދަށުން
ހެދިފައިވާ ވަކި ދެ ހާލަތަކަށް ޢަމަލުކުރުމަށް އެކުލަވާލި ތަފާތު ދެ ޑޮކިއުމަންޓްތަކަކަށްވާއިރު، ސިވިލް
ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި ކަސްޓަމްސްގެ އައު
އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނެ އުޞޫލަކީ މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ މުވައްޒިފުންގެ ޤަވާޢިދު 2012 ގެ ދަށުން ހަދާފައިވާ އުޞޫލެއްކަމަށް ބަލައި،
އެ އުޞޫލުގެ ބައެއް ޝަރުޠުތަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒިފުންގެ ޤަވާޢިދު 2012
ގައިވާ ކަސްޓަމްސް އޮފިސަރުންނާ އެހެނިހެން މުވައްޒަފުންގެ މަޤާމުގެ ޝަރުޠުތަކާ ތަޢާރުޟުވާކަމަށް
ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/20 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެ މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް)ގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފާހަގަކުރެވެއެ
00 00 0
ކަންތައް
.ވެއެވ
ހ 0
22
xތތ
کی کرم کرمی
ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލްކޯޓުގެ ނަންބަރު
2014/Cv
-
C/20 ޤަޟިއްޔާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްޗަށް
ގދ.މަޑަވެލި| ދިނަށަ މުޙައްމަދު ޒިޔާޖުގެ ފަރާތުން އުފުލާފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާއަކީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 2012 އާއި ފުށުއަރާގޮތަށް މަޤާމުތަކުގެ
އެކުލަވާލާ، ގެޒެޓްވެސް ނުކޮށް ޢާއްމުކޮށްފައިވާ "ކަސްޓަމްސްގެ އައު އޮނިގަނޑަށް
ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނެ އުސޫލު" އެއްކޮށް ބާތިލުކުރުމަށް މުޙައްމަދު
ޒިޔާޖުގެ ފަރާތުން ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮންނައިރު، މިމައްސަލައިގައި ސިވިލްކޯޓުން ޙުކުމް
ކުރައްވާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު ޖަދުވަލު 9 ގައި
ކަސްޓަމްސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ މަޤާމުގެ ޝަރުޠުތައް ކަމަށް ބުނެފައިވާ
ޝަރުތުތަކާއި ތަޢާރުޟުވާ އަދި އެޤަވާޢިދުގައި ނުހިމެނޭ އެންމެހާ ޝަރުޠުތައް ބާޠިލްކަމަށް ކަނޑައަޅައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު "
2014/HC-A/213
کی عمری
ދެވެ
އެފަދައިން ކަން އެނގެން އޮތުމުން، ސިވިލްކޯޓުން މިމައްސަލައިގައި ގޮތެއް ކަނޑައަޅާފައިވަނީ މުޙައްމަދު
ޒިޔާދު ހުށަހެޅި ދަޢުވާގެ ސީޝޯގައި އޭނާ އެދިފައިނުވާ ގޮތެއްގެ މައްޗަށްކަން އެނގެން އޮންނަކަމެވެ.
14
24 20 0 22
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 8/2011 ( ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) 11
މެއި 2011 ގައި ރައީސުލްޖުމުހޫރިއްޔާ ތަސްދީޤު ކުރެއްވުމާއި ގުޅިގެން، އެޤާނޫނުގެ 3 ވަނަ މާއްދާގެ
ދަށުން، ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތްދީ، ކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު
އަދާކުރުމަށްޓަކައި،" މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ގެ ނަމުގައި ޔުނީފޯމްއެޅި އޮފިސަރުން ހިމެނޭ
މުއައްސަސާއެއް އުފެދިފައިވާކަމާއި، އިޝާރާތްކުރެވުނު ޤާނޫނުގެ 05 ވަނަ މާއްދާގެ (ނ) ގައި،
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމުގެ ގޮތުންނާއި އެ
މުއައްސަސާ ޖަވާބުދާރީ ކުރުވުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހައި ޤަވާޢިދުތަކާއި އުސޫލުތަކާއި ނިޒާމުތައް
އެކުލަވާލުމާއި، އެކަންކަމާއި ގުޅޭގޮތުން ނެރެންޖެހޭ އެންމެހައި އަމުރުތައް ނެރުމާއި، އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ހިންގެވުމާއި ޙަވާލުވެ ހުންނެވި މިނިސްޓަރެއްގެ
މަސްއޫލިއްޔަތެއްކަމުގައި ބަޔާންވެގެން އޮންނައިރު، އެޤާނޫނުގެ 10 ވަނަ މާއްދާގައި، މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ ވަޒީފާގެ ގިންތިތަކާއި
މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑެއް މިނިސްޓަރު ކަނޑައަޅަންވާނެ
މިބަޔާންކުރެވުނު އޮނިގަނޑުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މަޤާމުތަކުގެ ޝަރުތުތަކާއި އެކި
ކަންކަމަށް މުވައްޒަފުން ތިބެންވާނެ ޢަދަދުތައް ކަނޑައަޅާފައި އޮންނަންވާނެކަމަށް ބަޔާންކުރެވިފައިވާކަން
އެނގެން އޮންނަކަމާއި،
.428ހހހ
.ވާނެކަމަށާއި،
26
މިމައްސަލަ އިސްތިއުނާފުރައްދުވި މުޙައްމަދު ޒިޔާޖުގެ ފަރާތުން އެއުސޫލެއް ބާތިލުކުރުމަށް އެދި
ސިވިލްކޯޓަށް ހުށަހެޅި "ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި
ޢަމަލުކުރާނޭ ގޮތުގެ އުސޫލު" އަކީ ބުނެވުނު ޤާނޫނުގެ 10 ވަނަ މާއްދާގައި
ބުނާގޮތުގެ މަތިން ކަސްޓަމްސް
ސަރވިސް އެވަގުތު ހިންގުމާއި ޙަވާލުވެ ހުންނެވި މިނިސްޓަރަށް އެމާއްދާގައި މަތިކޮށްފައިވާ މަސްއޫލިއްޔަތު
ތަކާއި ޒިންމާތައް އަދާކުރުމުގެ ގޮތުން ކަސްޓަމްސްގެ އިދާރީ އައު އޮނިގަނޑެއް އެކުލަވާލުމަށްފަހު
ކަސްޓަމްސްގެ އައު އޮނިގަނޑަށް، ކަސްޓަމްސް ޤާނޫނު އުފުދުމުގެ ކުރިން ތިބި މުވައްޒަފުން ޤާނޫނުގެ
ފަހުން އެކުލަވާލެވުނު އޮނިގަނޑަށް ގެނައުމުގެ ގޮތުން ތައްޔާރުކުރެވުނު އުސޫލެއްކަން އެނގެން
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ނިމުނު ގޮތު
2{014/HC-A/213
کی عمری
=32
އޮންނައިރު، މިއުސޫލު އެގޮތުގައި ތަޢާރަފުކުރުމުގައި މިނިސްޓަރުގެ ފަރާތުން ޢަމަލުކުރި އިޖުރާއަތެއްގައި
ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފުވުމެއްވެފައިވާކަން އެނގެންނެތްކަމެވެ.
04 0 2 04 4
ބައެއްކަންކަން
02 0
(ނ) ތިންވަނަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލްކޯޓުގެ ނަންބަރު 2014/Cv
-
C/20
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށާއި އެޙުކުމަށް ވާސިލުވުމަށް ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށް
ބެލުމުން "ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނޭ
ގޮތުގެ އުސޫލު" ގެ ބައެއް މާއްދާތަކަކީ ބާތިލު މާއްދާތަކެއް ކަމުގައި ބިނާކުރި މައިގަނޑު އަސާސަކީ، އެ
އުސޫލުގައިވާ
ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދުގައި ބަޔާންކުރާ
މުވައްޒަފުންގެ ޝަރުތުތަކާއި ފުށުއަރާކަމަށް ދެކިގެން އެސަބަބުގެ މައްޗަށްކަން އެނގެން އޮންނައިރު،
ކަސްޓަމްސްގެ މުވައް
ސްގެ މުވައްޒަފުންގެ ޤަވާޢިދަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރވިސްގެ ޤާނޫނުގެ 110 ވަނަ
މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ޤަވާޢިދެއްކަމުގައިވާއިރު، ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރވިސްގެ
ޤާނޫނުގެ 110 ވަނަ މާއްދާގެ (ހ) ބަޔާންކުރަނީ އެޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް
ބަޔާންކޮށްފައިނެތް ޤަވާޢިދުތައް ހެދުމުގެ ބާރު އެމާއްދާގެ ދަށުން ލިބިގެންވާކަމުގައިކަމާއި،
އެއާއި ޚިލާފަށް "ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި
ޢަމަލުކުރާނޭ ގޮތުގެ އުސޫލު" އަކީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން
އެޤާނޫނު ފާސްވުމަށްފަހު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނާއި އެހެނިހެން މުވައްޒަފުންގެ
ވަޒީފާގެ ގިންތިތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އިދާރީ އޮނިގަނޑެއް ކަސްޓަމްސްގެ ހިންގުމާއި
ޙަވާލުވެ ހުންނެވި މިނިސްޓަރު ކަނޑައަޅަންވާނެކަމަށް އޮންނާތީ އެ މާއްދާގެ ދަށުން މިނިސްޓަރަށް ލިބިދޭ
ބާރުގެ ދަށުން ކަސްޓަމްސްގެ އައު އޮނިގަނޑެއް ހަދައި މި އޮނިގަނޑަށް ކަސްޓަމްސްގެ އޮފިސަރުން
ފެއްތުމަށްޓަކާ އައު އޮނިގަނޑަށް ހިޖުރަކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރުމުގެ
ގޮތުން
ކުލަވާލެވުނު އުސޫލެއްކަމާއި އެ އުޞޫލުގެ ދަށުން އެއިރު ތިބި ކަސްޓަމްސްގެ މުވައްޒަފުން މިނިސްޓަރު
އެކުލަވާލެއްވި އައު އޮނިގަނޑަށް ފެއްތުމަށްފަހު އެ އުޞޫލު ނިމުމަކަށް އައިސްފައިވާކަން އެނގެން
އޮންނަކަމާއި އަދި މިއީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން މިނިސްޓަރު
އެކުލަވާލެއްވި އައު އޮނިގަނޑު ތަންފީޛުކުރުމުގެ ގޮތުން އެހިނދަށް އެކުލަވާލެވުނު ޚާއްސަ ޙާލަތަކަށްފެތޭ
ޚާއްސަ އުސޫލެއްކަމާއި،
އެހެންނަމަވެސް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 2012 އަކީ
ކަސްޓަމްސްގެ މުވައްޒަފުންނާއިމެދު ދާއިމީ ގޮތެއްގައި ބަލާނެ ކަންކަން ކަނޑައަޅައި ބަޔާންކޮށްފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
8 42
2{14/HC-A/213
ޤަޟިއްޔާ ނިމުނު
کی مرگی
ޤަވާޢިދެއްކަމާއި މިހެންކަމުން އެ ޤަވާޢިދަކީ ޢާންމު ޙާލަތެއްގައި ޢަމަލުކުރުމަށް ކުލަވާލެވުނު
ޤަވާޢިދެއްކަން އެނގޭކަމާއި، މިހެންކަމުން ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން
ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
މުވައްޒަފުންގެ ޤަވާޢިދު 2012 އަކީ ކަސްޓަމްސްގެ ޤާނޫނުގެ ވަކި ދެ މާއްދާއެއްގެ ދަށުން ހެދިފައިވާ ވަކި
ދެ ޙާލަތަކަށް ޢަމަލުކުރުމަށް އެކުލަވާލި ތަފާތު ދެ ލިޔުމެއްކަން އެނގެން އޮންނަކަމާއި މިހެންކަމުން
ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނެ އުސޫލު
ތަޢާރަޟްވޭތޯ ބަލަންޖެހޭނީ ކަސްޓަމްސްގެ އިދާރީ އޮނިގަނޑާއި ނުވަތަ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ
ޤާނޫނާއި ކަމާއި، ހަމަ އެހެންމެ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 2012
ވެސް ތަޢާރަޟްވޭތޯ ބަލަންޖެހޭނީ ޤާނޫނުއަސާސީ ނުވަތަ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާކަން
2cތ 44
އެނގޭކަމެވެ.
،
2x 0
ތަރުވަނަކަމަކީ، ތަފާތު ޙާލަތުތަކެއްގައި ޢަމަލުކުރުމަށް އޮންނަ ތަފާތު ދެ އުސޫލެއް އެކަތި
އަނެކެއްޗާއި ތަޢާރަޟްވޭތޯ ބެލިގެން ނުވާނެކަމާއި، މިމައްސަލައިގައި އެއުސޫލެއް ބާތިލުކުރުމަށް އެދި
މުޙައްމަދު ޒިޔާޖުގެ ފަރާތުން ހުށަހަޅާފައިވާ ކަސްޓަމްސްގެ އައު އޮނިގަނޑަށް ހިޖުރަކުރުމުގެ ގޮތުން
ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
މުވައްޒަފުންގެ ޤަވާޢިދު 2012 އަކީ ތަފާތު ދެޙާލަތެއްގައި ޢަމަލުކުރާ
ކުރާގޮތަށް އޮތް ތަފާތު ދެ އުސޫލެއްކަން
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަށާއި
ދެ ލިޔުމަށް ބެލުމުން އެނގެން އޮންނަކަމާ
،
މިހެންކަމުން މިދެލިޔުން އެކަތި އަނެކެއްޗާއި ތަޢާރަޟްވޭތޯ ބަލައި ކަސްޓަމްސްގެ އައު އޮނިގަނޑަށް
ހިޖުރަކުރުމުގެ ގޮތުން ޕްރޮމޯޝަން ދިނުމުގައި ޢަމަލުކުރާނެ އުސޫލުގައި މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ މުވައްޒަފުންގެ ޤަވާޢިދު 2012 އާއި ތަޢާރަޟުވާ ކަންކަން ބާތިލުކުރުމަށް ސިވިލް ކޯޓުން
ނިންމަވާފައިވަނީ ޤާނޫނީ ގޮތުން ސައްޙަ ޙުއްޖަތެއްގެ މައްޗަށް ބިނާކޮށްގެންކަމުގައި ބެލެވެންނެތްކަމެވެ.
04 22ވ
8ގ هރކުރަން
Puc o
ވީމާ، އިސްވެފާހަގަކުރެވުނު ކަންތައްތައް އެހެން ހުރުމާއެކު، މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާގައި އެ ކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު
2014/HC-A/213
کی مری
95
24 2 2 4 8
ހއ 2
2
22
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/20 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް، އެގޮތުގެ މަތިން މީޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv