ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/402 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/42
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
· · 4
s
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 402/HC
-
A/2015
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:
، ދާއިމީ އެޑްރެސް:
ދާޔާގެ / ކ. މާލެ
މިހާރުގެ އެޑްރެސް:ހ. ދާޔާގެ ! ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް * ދާއިމީ އެޑްރެސް: ލަކްސް މޯލްޑިވްސް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:
* މިހާރުގެ އެޑްރެސް: ލަކްސް މޯލްޑިވްސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ރަބީޢުލްއައްވަލް 1437
17 ޑިސެމްބަރު 2015
ނިމުނު ތާރީޚް: 11 ޞަފަރު 1439
31 އޮކްޓޯބަރ 2017
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv
-
C/1564
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 24 ޖުލައި 2014
ޤަޟިއްޔާ ނިމުނު ތާރީޚް: 30 ޖުލައި 2015
ކައިޓް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އިސްފަނޑިޔާރު ޢަބްދު
ރިޔާސަތު)
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/402
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1564 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ގްލޯބަލް
ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް
ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
.
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1564 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ، ނ. އޮއިވަރުގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްއިން ރިސޯޓެއް
ތަރައްޤީކުރުމަށްފަހު އެތަނުގެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގުމަށް އީސްޓް ވިންޑް ވޯޓަރސްޕޯޓްސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމާއި ބެހޭގޮތުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އީސްޓް ވިންޑް
ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 25 ފެބްރުއަރީ 2012 ވަނަ ދުވަހު ސޮއިކުރެވިފައިވާ
އެއްބަސްވުން ނިމުމަކަށް ގެނެސް އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ދީފައިވާ ފައިސާ އެކީ
އެއްފަހަރާ ހޯދުމަށް އެދި އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
އެނގެންއޮތުމާއިއެކު
3
2015/HC-A/402
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22x 0 2
· 4
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި
ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ނ. އޮރިވަރުގައި ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑްއިން ރިސޯޓެއް ތަރައްޤީކުރުމަށްފަހު އެ ތަނުގެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގުމަށް
އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމަށްޓަކައި ގްލޯބަލް ވިންގްސް ޕްރައިވެޓް
ލިމިޓެޑާއި އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 25 ފެބްރުއަރީ 2012 ވަނަ ދުވަހު
ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރަންޖެހޭ އެޑްވާންސް ފައިސާ އާއި ދަޢުވާލިބޭ ފަރާތުން
ޙަވާލުވުމަށްފަހު އެގްރީމަންޓްގެ ދަށުން ޙަވާލުކުރަންޖެހޭ ވޯޓަރ ސްޕޯޓްސް ސެންޓަރު ނިންމާ މިހާތަނަށްވެސް
ދަޢުވާކުރާ ފަރާތާއި ޙަވާލުކޮށްފައިނުވާކަން ދަޢުވާލިބޭ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން
ދަޢުވާލިބޭ ފަރާތުން ޚިލާފުވެފައިވާކަން ޝަރީޢަތަށް ސާބިތުވާތީ، މި ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ
ބަޔާންވެދިޔަ އެއްބަސްވުން ބާޠިލްވެއްޖެކަމަށް ކަނޑައަޅައި ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އެޑްވާންސް
ފައިސާގެގޮތުގައި އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ 125,000.00$US (އެއްލައްކަ ފަންސަވީސް ހާސް އެމެރިކާ ޑޮލަރު)
އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން 30 ޖުލައި 2015 މި
ދުވަހުން
ފެށިގެން މިލާދީ 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މި ފައިސާ 125,000.00$US (އެއްލައްކަ
ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާޞްކުރުމަށް ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮންނަކަމެވެ.
:ކާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2015/HC-A/432
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.2
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1564 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ
ޤަޟިއްޔާ އިސްތިއުނާފުކުރަމުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެ ނުކުތާތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑުން ކަނޑައެޅިގެން ޚިލާފުވެފައިވާކަމަށް ޝަރީޢަތުން ކަނޑައެޅިނަމަވެސް، ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑުން ޚިލާފުވެފައިވަނީ އެއްބަސްވުމުގެ ކޮން މާއްދާއަކާއިކަން ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުން
ގެންނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 44 0 2 0 0
ދެވަނަ ނުކުތާއަކީ، އަމިއްލަ ބާރު ނުހިނގާ ކަމަކާހެދި މަސައްކަތް ނުފެށި
ލަސްވަމުންދާ ދިއުމަކީ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑް އެކަމަށް
އެއްބަސްވުމުގެ 42 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮ
ންއޮތްހިނދު އެކަމަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ
ޖީންމާވާންޖެހޭނެ
ﷲ 04
92
0 ތތ
ކަމެއްނޫންކަން
ހުށަހެޅި ނުކުތާ.
ތިންވަނަ ކަމަކީ، އެއްބަސްވުން ބާތިލްކުރުމަށް އީސްޓް ވިންޑް ވޯޓަރސްޕޯޓްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅީ އެއްބަސްވު
އެއްބަސްވުމުގެ 28 ވަނަ މާއްދާއާ 29 ވަނަ
މާއްދާގައި ބަޔާންވެފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަކާނުލާ އެ މާއްދާތަކާއި ޚިލާފަށްކަމުގައިވީ ހިނދު، އެ
އިޖުރައާތުތައް ފުރިހަމަކޮށްފައިވޭތޯ ޝަރީއަތުން ސާފުކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޝެއަރޑް ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް ސެންޓަރެއް ހެދުމުގެ އެއްބަސްވުމެއް 25 ފެބްރުއަރީ 2012 ގައި
5
2015/HC-A/402
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަތަރުވަނަ ނުކުތާއަކީ، ސަރުކާރުން ކަނޑައަޅާ ސަރުކާރުގެ ވަކި ޕްރޮޖެކްޓްތަކަކަށް
އެހީވުމަށް ޝަރުޠުކޮށް ނ. އޮރިވަރު ގައި ރިޒޯޓެއް ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑާއި ދެމެދު 01 ޑިސެމްބަރު 2011 ގައި އެކުލަވާލާފައިވާ އެއްބަސްވުން މިހާތަނަށް
އުވާލާފައި ނެތްހިނދު، ނ. އޮރިވަރުގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ރިޒޯޓެއް ތަރައްޤީ
ކުރުމަށްފަހު، އެ ތަނުގެ ވޯޓަރ ސްޕޯޓްސް ސެންޓަރު ހިންގުމަށް އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކުރުމަށްޓަކައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އީސްޓް ވިންޑް ވޯޓަރސްޕޯޓްސް
ޕްރައިވެޓް ލިމިޓެޑާއި ދެމެދު 25 ފެބްރުއަރީ 2012 ގައި އެކުލަވާފައިވާ އެއްބަސްވުމަކީ ތާރޑް ޕާޓީ
ކޮންޓްރެކްޓެއްކަމަށްވާތީ މި
ބްކޮންޓްރެކްޓަށް
އޮންނާނީ މައި
އެއްބަސްވެފައިވާގޮތަށް ރިޒޯޓް ހެދުމުގެ ހުއްދަ ސަރުކާރުން ދިނުމުންކަމަށްވާއިރު މައިކޮންޓްރެކްޓަށް ބެލުމަކާނުލާ
މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
04
xތ 0
2
0
2 ހ
مما سریع تر ع کر
.3
މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1564 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް
އެއްގޮތްނުވާކަމަށް ބުނެ، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
<<
(ހ) ފުރަތަމަ ކަމަކީ، ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އީސްޓް ވިންޑް
ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ނ. އޮރިވަރު އައިލެންޑް ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް ގައި
ވެފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/432
ބުނެވުނު އެއްބަސްވުމުގެ 2 ވަނަ މާއްދާއަށް ބެލުމުން ގްލޯބަލް ވިންގްސް ޕްރައިވެޓް
ލިމިޓެޑުގެ މަޤްޞަދަކީ އަދި މަސައްކަތްކުރަނީ އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން
ޖޮއިންޓް ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރެއް ރިޒޯޓްގައި ޤާއިމުކުރުންކަން
އެނގެންއޮންނައިރު، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި އެއްބަސްވުމުގެ ދާއިރާއަކީ ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑާއި އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑު އެކުގައި ތަން ވަގުތީގޮތުން
ހުޅުވުމަށް ކަނޑައެޅި ތާރީޚުކަމުގައިވާ 1 ނޮވެމްބަރު 2013 ގެ
03 މަސް ކުރިން،
ވަޞީލަތްތައް
ފުރިހަމައަށް ރިޒޯޓުގައި ފަށާ ފުރިހަމައަށް ޤާއިމްކުރުންކަމަށް ބަޔާންކޮށްފައިވީ ނަމަވެސް،
ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޖޮއިންޓް
ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރ ޤާއިމްކޮށްފައިނުވާކަން އެ ފަރާތުން
އެއްބަސްވާކަމާއި، އަދި މިއީ އެއްބަސްވުމުގެ ދާއިރާ ބަޔާންކޮށްފައިވާ އެއްބަސްވުމުގެ 6 ވަނަ މައްދާއާ
ޚިލާފުވުން ކަމުގައި ނޫނީ ބެލެވެންނެތްއިރު، ޖޮއިންޓް ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް
ޑައިވް ސެންޓަރު ނިންމާ އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިނުވާކަން
އެނގެންއޮންނާތީ، ދެފަރާތު ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1564
ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާއިރު، އެއްބަސްވުމުގެ ވަކި މާއްދާއަކާ ޙަވާލާދީފައިނުވުމަކީ ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކުރީކަމުގައި ބެލެވޭނެ ސަބަބެއްނޫންކަމެވެ.
2ތ ﷲ 0
2
04
xތ
ہو کر می
(ށ) ދެވަނަ ކަމަކީ، ދެފަރާތު ދެމެދު އެއްބަސްވުމާ އެއްގޮތަ
ގޮތަށް މަސައްކަތްކުރެވިފައިނުވަނީ
ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުލިބިގެންކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބުނެފައިވާއިރު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{015/HC-A/4:32
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
ދެފަރާތު ދެމެދު 25 ފެބްރުއަރީ 2012 ގައި ވެވުނު އެއްބަސްވުމަށް 17 ޖެނުއަރީ 2013
ގައި
އެޖެންޑަމްއެއް ގެނެވިފައިވާކަމާއި، ބުނެވުނު އެޑެންޑަމްގައި 3 ވަނަ އެޑްވާންސް ފައިސާ ލިބޭތާ 3 މަސް
ދުވަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ޖަވާބެއް ނުލިބިއްޖެނަމަ، އެ ފައިސާއާއެކު އެހާތަނަށް ދައްކާފައިވާ
އެންމެހާ ފައިސާ" 30 ދުވަހުގެ ތެރޭގައި އަނބުރާދޭންވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެންއޮތުމުން،
އެއްބަސްވުމުގެ ދަށުން އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ އެންމެހާ ފައިސާ
އަނބުރާ އެ ފަރާތާއި ޙަވާލުކުރަންޖެހޭނެކަން އެނގޭކަމާއި،
އަމިއްލަ ބާރު ނުހިނގާކަމަކާ ހެދި މަސައްކަތް ލަސްވަމުން ދިއުމަކީ ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑުން އެކަމުގެ ޒިންމާނަގަންޖެހޭ ސަބަބެއްނޫންކަމަށް އެއްބަސްވުމުގެ 42 ވަނަ މާއްދާއަށް
ލުމުން އެނގެންއޮންނަކަމަށް ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާއިރު، ސަރުކާރުން ދެންޖެހޭ
އެއްބާރުލުން ދީފައިނުވުމީ ނުވަތަ ސަރުކާރުން ނިންމަންޖެހޭ ކަންކަން ނިމިފައިނުވުމީ ދެފަރާތު ދެމެދު ވެވުނު
42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއްނޫންކަން
މާއްދާއަށް ބެލުމުން
އެނގޭކަމާއި،
މި މައްސަލާގައި ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން މައިގަނޑު ގޮތެއްގައި
ފާހަގަކޮށްފައިވަނީ، އެއްބަސްވުމުގައި ބަޔާންކުރާ ބިންކަމުގައިވާ ނ. އޮރިވަރު ގްލޯބަލް ވިންގްސް ޕްރައިވެޓް
ލިމިޓެޑާއި ސަރުކާރުން ޙަވާލުކޮށްފައިނުވާތީ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްބާރުލުން ނުލިބި ނުވަތަ
ސަރުކާރުން ނިންމަންޖެހޭ މަސައް
ސައްކަތްނުނިމިގެން މަސައްކަތް ލަސްވެފައިވުމީ ގްލޯބަލް ވިންގްސް ޕްރައިވެޓް
ލިމިޓެޑުން އެކަމަށް ޒިންމާކުރެވޭނެކަމެއްނޫންކަމުގައި ކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ޚުޞޫމަތް އުފެދިފައިވަނީ ސަރުކާރާއި ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މައްޗަށް ނޫންކަން އެނގޭކަމާއި، އަދި ޚުޞޫމަތް
އުފެދިފައިވަނީ ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދު ވެފައިވާ އެއްބަސްވުމުގެ
އެއްބަސްވުމުގެ މައްޗަށް ކަމުގައިވީ ހިނދު، އަދި ދެފަރާތު ދެމެދު ވެވުނު
އެއްބަސްވެމުގެ
RA
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/432
04 0 0
03
ދަށުން ޖޮއިންޓް ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރެއް ޤާއިމްކުރުމީ
ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއްކަން އެ އެއްބަސްވުމުގެ 25 ވަނަ މާއްދާއަށް ބެލުމުން
އެނގެންއޮތުމުން، އެއްބަސްވުމުގައިވާ ޖޮއިންޓް ވެންޗަރ ނުވަތަ ޝެއަރޑް ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް
ސެންޓަރު ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްކޮށް ނަގަންޖެހޭ ހުއްދަތައް ނެގުމަކީ ގްލޯބަލް
ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއްކަމާއި، އަދި އެއްބަސްވުމުގައިވާ ފަދައިން މަސައްކަތްކޮށްފައިނުވުމީ
ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން ޒިންމާވާންޖެހޭކަމެއްކަމާއި،
ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ 27 ވަނަ މާއްދާގައި "އެކްސްކްލޫސިވިޓީ ޕީރިއަޑް" ގެ
ކުރިން އެކަށީގެންވާ ސަބަބެއް މެދުވެރިވެއްޖެ ޙާލަތެއްގައި، އެއްބަސްވުން ބާޠިލްކުރުމުގެ ކުރިން 90
(ނުވަދިހަ) ދުވަހުގެ ނޯޓިސްއެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އީސްޓް ވިންޑް ވޯޓަރސްޕޯޓްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުން ބާޠިލްކުރުމަށް ނޯޓިސް ދީފައިނުވާކަމަށް ގްލޯބަލް ވިންގްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާއިރު،
ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުން
ޤާއިމްކުރަންޖެހޭ މަސައްކަތް ކޮށްފައިނުވާކަން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ބަހުން
އެނގެންއޮންނައިރު، އީސްޓް ވިންޑް ވޯޓަރސްޕޯޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނޯޓިސް ދިނުމާއި ނުލައި
އެއްބަސްވުން ބާޠިލްކުރުމުން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށް
ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވީނަމަވެސް، އެ ފަރާތުގެ ޙައްޤަށް އުނިކަން
ލިބިފައިވަނީ ކިހިނަކުންކަން ގްލޯބަލް ވިންގްސް ޕްރައިވެޓް ލިމިޓެޑަށް ބުނެދެވިފައިނުވާކަމެވެ.
0 0 0
ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/1564 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް މި
މައްސަލަ ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ރާއްޖޭގެ
އި#
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{15/HC-A/402
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެ ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/1564 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
ބެލެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471
331
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv