ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015-HC-A/285 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2f315/HC-A/285
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 285/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
އައިޑީކާޑް ނަންބަރު:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީކާޑު ނަންބަރު:
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
.
ރަޖިސްޓްރީ ތާރީޚް: 20 ޝައްވާލް 1436
05 އޮގަސްޓް 2015
ތާރީޚް: 25 ޝަޢުބާން 1440
30 އެޕްރީލު 2019
C
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2014/Jv
-
C/39
• ނިންމެވި ކޯޓު: ޖުވެނައިލް ކޯޓު
މައްސަލައިގެ ބާވަތް: ޤަޞްދުގައި މީހަކު މަރާލުން
ހުށަހެޅި ތާރީޚް: 19/05/2014
ނިމުނު ތާރީޚް: 11/05/2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ފަނޑިޔާރު ޙުސައިން ޝަހީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓު ގެ ނަންބަރު 2014/Jv
-
C/39 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ،
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
..
.....
"4e0
01- އިސްތިއުނާފު މިކުރެވޭ ޖުވެނައިލް ކޯޓުގެ ނަންބަރު 2014/Jv
-
C/39 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ
އިތުރު ބަޔަކާއެކު 24 ޑިސެމްބަރު 2013 ވަނަ ދުވަހުގެ
22:30 އެހައިކަށްހައިއިރު، މއ.ޢާއިޝާ ގޭގެ ކައިރީގައި އެގޭ ޙުސައިން ވަޙީދު ހުއްޓާ މި މީހުން އެތަނަށް
ގޮސް
އަތުގައި އޮތް 8 (އަށެއް) އިންޗީގެ ދިގުމިނުގެ ވަޅި ޙުސައިން ވަޙީދުގެ
އެއަށް ހަރާލާފައިވާތީއާއި، މިޢަމަލުގެ ސަބަބުން ޙުސައިން ވަޙީދުއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން
ދަނިކޮށް އެރޭ 23:10 އެހައިކަށްހައިއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޙުސައިން ވަޙީދު
ނިޔާވެފައިވާތީއާއި،
ޙުސައިން ވަޙީދުއަށް ހަމަލާދިނުމަށްފަހު ދުވެފައި ގޮސް
އިން ސައިކަލުގެ ފަހަތަށް އެރުމުން،
ސައިކަލުގައި އެތަނުން ގޮސްފައިވާތީ،
މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ
ކުށުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާ ޙަވާލާދީ
މައްޗަށް
ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްa
ހައިކޯވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
ހއ.6
ވާން
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ،
އިތުރު ބަޔަކާއެކު، 24 ޑިސެމްބަރު 2013 ދުވަހު
22:30 އެހައިކަށްހައިއިރު، މއ.ޢާއިޝާ ގޭގެ ކައިރީގައި އެގޭ ޙުސައިން ވަޙީދު ހުއްޓާ މިމީހުން އެތަނަށް ގޮސް
އަތުގައި އޮތް 8 (އަށެއް) އިންޗީގެ ދިގުމިނުގެ ވަޅި ޙުސައިން ވަޙީދުގެ މެއަށް
ހަރާވާފައިވާތީއާއި، މިޙަމަލާގެ ސަބަބުން ޙުސައިން ވަޙީދުއަށް ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް
އެރޭ 23:10 އެހައިކަށްހައިއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޙުސައިން ވަޙީދު ނިޔާވެފައިވާތީއާއި،
ޙުސައިން ވަހީދުއަށް ހަމަލާދިނުމަށްފަހު ދުވެފައި ގޮސް
ސައިކަލުގެ ފަހަތަށް އެރުމުން،
ގޮވައިގެން
ސައިކަލުގައި އެތަނުން
ގޮސްފައިވާތީ،
މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއާއި،
ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއާއި 13 ވަނަ މާއްދާއާ ޙަވާ
ޤަޞްދުގައި
މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާކަމާއި
ދަޢުވާލިބޭ
މައްޗަށް ދައުލަތުން ދަޢުވާކޮށްފައިވާ ޤަޞްދުގައި
މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއަށާއި އަދި
މައްޗަށް ދައުލަތުން ކޮށްފައިވާ ޤަޞްދުގައި މީހަކު
މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއަށް އެ ދެފަރާތުން ޝަރީޢަތުގައި އިންކާރުކޮށްފައިވީނަމަވެސް،
މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ސާބިތުކުރުމަށް
ދައުލަތުން ހުށަހެޅި ޝަފަހީ ހެކީންގެ ތެރެއިން، 05 (ފަހެއް) ހެއްކަކު، ހިނގައިދިޔަ ޙާދިސާގައި ލ.ޢާއިޝާ|
މާލެ ޙުސައިން ވަޙީދުގެ މެޔަށް ވަޅިހެރީ ދަޢުވާލިބުނު
މާތްﷲ ގަންދީ ހުވާކޮށް ހެކިބަސް އަދާކޮށްފައިވާތީއާއި، އަދި
މައްޗަށް ދައުލަތުން ހުށަހެޅި
ޝަފަހީ ހެކީގެ ތެރެއިން 3 (ތިނެއް) ހެކީންގެ ބަހުން، މިޙާދިސާ ހިނގިވަޤުތު އެ ސަރަޙައްދުން އެރޭ
ފެނިފައިވާކަމަށާއި އެގޮތުން ސައިކަލު މަތީގައި ޙުސައިން ވަޙީދާ މެދު މާރާމާރީ ހިންގި ގުރޫޕާ ދިމާއަށް
އެނބުރިގެން 10 (ދިހައެއް) ވަރަކަށް ފޫޓް ދުރުގައި އިންކަމާއި އަދި
ކަމަށް ބުނެ ޝަރީޢަތުގައި
ޙުސައިން
ދިވެހި
ބާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
ވަޙީދުގެ މެޔަށް ވަޅި ހެރުމަށްފަހު
ދުއްވަން އިން ސައިކަލުގެ ފަހަތަށް އަރައިގެން ދިޔަކަމަށްބުނެ
މާތްﷲ ގަންދީ ހުވާކޮށް ހެކިބަސް އަދާކޮށްފައިވާތީއާއި،
މައްސަލާގައި ޝަރީއަތަށް ހުށަހެޅިފައިވާ ޚިތާބީ ހެކިތަކާއި ޤަރީނާތަކަށް ބަލާއިރު،
24 ޑިސެމްބަރު 2013 ވަނަ ދުވަހުގެރޭ ދަޢުވާލިބުނު
.މިކަމުގައި
ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އިތުރުބައަކާއެކު، މއ.ކިސްމިރީގޭ ކައިރީގައި ވާހަކަ ދައްކަން ތިބިކަން އެނގޭކަމާއި
އަދި އެތަނުގައި ވާހަކަ ދައްކަން ތިބުމަށްފަހު، ސައިކަލުތަކުގައި މިމީހުން ބުރުޒުމަގުގައި ހުންނަ ކޮފީ ކޯނަރ
ކައިރިއަށް ދިޔަކަމާއި، އެތަނުގައި މާރާމާރީ ހިންގިކަން އެނގެން އޮތްކަމާއި އަދި މި މާރާމާރީ ހިންގުމަށްފަހު
މިމައްސަލާގައި ދަޢުވާލިބޭ
ފިލައިގެން އުޅުނުކަން މީ މައްސަލަ
ތަޙްޤީޤުކުރި ފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގެން އޮތްކަމާއި، އަދި ދައުލަތުން ހުށަހަޅާފައިވާ ސީން
އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި، ފޮޓޯ ރިޕޯޓަށް ބެލުމުންވެސް މި މާރާމާރީ ހިންގި ސީން އޮތްގޮތާއި ސީނުން
ފެނުނު ތަކެއްޗާއި، މާރާމާރީ ހިންގުމަށްފަހު މިކަމުގައި ބައިވެރިވި މީހުން ގޮސްތިބީ ތަންތަނާއި އެމީހުން ޢަމަލުކުރި
ގޮތް އެނގެން އޮތްކަމާއި އަދި މި މާރާމާރީގައި ޙުސައިން ވަޙީދުގެ މެއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށްބެލެވޭ
މަންޒަރު ފޮޓޯތަކުން ފެންނަން ހުރިކަމާއި،
ޝަރީޢަތަށް ހުށަހެޅިފައިވާ މެޑިކޯ ލީގަލް ރިކޯޑާއި އޭގެ ތަރުޖަމާއަށް ބަލާއިރު، މި މާރާމާރީގައި
ޙުސައިން ވަޙީދުގެ ވާތްފަރާތުގެ ކަށިގަނޑު ޖެހޭ ހިސާބަށް ތޫނު އެއްޗަކުން ދިގުމިނުގައި 2.5 އިންޗީގެ ޒަޚަމެއް
ލިބިފައިވާކަން ފާހަގަކޮށްފައިވާއިރު، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންވެސް ޙުސައިން ވަޙީދަށް
ވަޅިއަކުން ދިން ޙަމަލާ އަމާޒުވެފައިވަނީ އޭނާގެ މެޔަށްކަމަށް ބުނެފައިވާތީއާއި، ވެޑިކޯ ލީގަލް
ރިކޯޑުގައި ޙުސައިން ވަޙީދަށް ލިބުނު ޒަޚަމްކަމަށް ބުނެފައިވާ ޒަޚަމާއި
މިޢަމަލާއި
ދިމާވާކަމާއި، މީގެ އިތުރުން ޙުސައިން ވަޙީދުގެ މަރު ސާބިތުކުރި ލިއުމާއި އޭގެ ތަރުޖަމާއަށާއި، ޑެތި ސަމަރީއަށް
ބަލާއިރު، ޙުސައިން ވަޙީދު މަރުވުމަށް ދިމާވި ސަބަބަކީ، ހިތުގެ ފަށަލައަށް ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްގެ
ސަބަބުން އެތެރެއަށް ލޭ ހޮޅިތައް ފަޅައިގެން ދިއުމުން ހިތް މަސައްކަތް ކުރާ ވަރަށް މަސައްކަތް ނުކުރުމުގެ
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
ސަބަބުން، ސިކުނޑިއަށް ލޭ ދައުރުކުރުމަށް ބޭނުންވާ މި އޮކްސިޖަން އެކުލެވިގެންވާ ލޭ (އޮކްސިޑެންޓެޑް ލޭ) ދައުރުނުވެ
ހޭވެރިކަން ދިއުމުގެ ސަބަބުން އާދަޔާ ޚިލާފަށް ނޭވާލާން އުނދަގޫވެ، ނޭވާހުއްޓިގެންކަން އެނގެން އޮތްކަމާއި އަދި
ޙުސައިން ވަޙީދަށް ފަރުވާދިން ފަރާތްކަމަށްވާ ޑޮކްޓަރު ޙައްމާދު އާދަމް ވެސް ޙުސައިން ވަޙީދު ހޮސްޕިޓަލަށް
ގެންދެވުނުއިރު އޭނާގެ މެއަށް ތޫނު އެއްޗަކުން ލިބިފައިވާ ޒަޚަމަކުން ހޯސްލާފައި ލޭފައިބަމުން ދިޔަކަމަށާއި
އެހެންކަމުން ޙުސައިން ވަޙީދު ނިޔާވެފައިވަނީ، އޭނާގެ ހަށިގަނޑުން ފައިބަމުން ދިޔަ ލޭ ކޮންޓްރޯލް ނުކުރެވި އޭނާގެ
ފުރާނަ ސަލާމަތް ނުކުރެވިގެންކަމަށް ޝަރީޢަތުގައި ބުނެފައިވާތީ،
މިއަމަލު (މަރުގެ
ފިއުލް) އާއި މިޢަމަލުން ނުކުތް ނަތީޖާ ސަބަބުގެ ގޮތުން ގުޅިފައިވާކަމާއި،
މިމައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވާ
މއ.ޢާއިޝާމާލެ
ޙުސައިން ވަޙީދު މަރާލުމުގައި ބައިވެރިވެ، ޙުސައިން ވަޙީދުގެ މެޔަށް ވަޅި ހެރިތަން ދުށްކަމަށް ބުނެ 04
(ފިރިހެނުން) ހެކިންގެ ޢަދުލުވެރިކަން ނަފީކުރާފަދަ ސަބަބެއް ނެތް ޙާލަތެއްގައި ހެކިބަސް އަދާކޮށްފައިވުމުންނާއި
ޙުސައިން ވަޙީދުގެ މެޔަށް ވަޅި ހެރުމަށްފަހު ދަޢުވާލިބުނު
ސައިކަލު ފަހަތަށް އަރައިގެން ދިޔަތަން ދުށްކަމަށްބުނެ 3 (ފިރިހެނުން) ހެކިންގެ އަދުލުވެރިކަން
ނަފީކުރާފަދަ ސަބަބެއް ނެތް ޙާލަތެއްގައި ހެކިބަސް އަދާކޮށްފައި ވުމުންނާއި،
މިޢަމަލަކީ
ޤާނޫނުލްޢުޤޫބާތުގެ 12 އަދި 13 ވަނަ މާއްދާގައި ބުނާ ބަކުނެއްގައި ބައިވެރިވުން" ނުވަތަ "ކުށެއްކުރުމަށް
އެހީތެރިވުން" ކަން މައްސަލާގައި ހުށަހެޅިފައިވާ ކިތާބީ ހެކިތަކާއި ޤަރީނާތަކުން އެނގޭތީއާއި އަދި ޤާނޫނުލްޢުޤޫބާތުގެ
14 ވަނަ މާއްދާގައި، "ކުށްކުރިއިރު އޭނާ ޙާޟިރުގައި ހުރެ އެކުށްކުރުމުގެ ޢަމަލެއްގައި ބައިވެރިވެ ނުވަތަ ކުށްކުރި
ބަޔަކު ސަލާމަތްވުމަށް އެވަގުތު ފަސޭހަވާފަދަ އެއްވެސް ޢަމަލެއް ކުރިނަމަ އޭނާ އެކަންކުރީ ކަމުގައިވާނެއެވެ."
މިހެން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކުރުމުންނާއި،
ކުށުގެ މާއްދީ ރުކުން ފުރިހަމަވުމަކީ، ތުހުމަތުކުރެވޭ މީހާ ކުރިކަމަށް ސާބިތުވާ ޢަމަލާއި ނުކުމެފައިވާ
ނަތީޖާއާއި ސަބަބުގެ ގޮތުން ގުޅިފައި އޮތުން ކަމަށްވާއިރު، ދައުވާލިބޭ
ކުރިކަމަށް ސާބިތުވާ ޢަމަލަކީ، އެހެންބަޔަކާއި ބައިވެރިވެގެން ޙުސައިން ވަޙީދަށް ވަޅިން ހަމަލާދިނުމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
އެކަމުގައި ބައިވެރިވުންކަމަށްވުމާއި، އެ ޢަމަލުން ނުކުމެފައިވާ ނަތީޖާއަކީ، ޙުސައިން ވަޙީދު މަރުވުން ކަމަށްވުމާއި،
ޙުސައިން ވަޙީދު މަރުވެފައިވަނީ،
އެހެންބަޔަކާއި ބައިވެރިވެގެން
ވަޅިން ދިން ހަމަލާތަކެއްގެ ސަބަބުން ކަން ޝަރީޢަތަށް ސާބިތުވެފައިވުމުން، މި ދެމީހުން ކުރިކަމަށް ސާބިތުވާ
ޢަމަލާއި، ނުކުމެފައިވާ ނަތީޖާއާއި ސަބަބުގެ ގޮތުން ގުޅިފައި އޮތުމުން ކުނުގެ މާއްދީ ރުކުން ފުރިހަމަވެފައިވާތީއާއި،
ކުށުގެ މައުނަވީ ރުކުނަށް ބެލިއިރު،
މުޅި ދަޢުވާގެ އަޞްލަށް
އިންކާރު ކޮށްފައިވުމުންނާއި، މިޙާލަތުގައި ނިޔަތަކީ ފޮރުވިފައިވާ އެއްޗަކަށްވުމާއި، ނިޔަތް ދެނެގަނެވޭނީ، ބޭރުފުށުން
ފެންނަ ކަންތައްތަކުން ކަމަށްވާއިރު، މި ޙާދިސާ ހިނގިރޭ މި ދެމީހުންނާ އިތުރު ބަޔަކު މއ.ކިމިރީގޭ ކައިރީގައި
ވާހަކަ ދައްކަން ތިބިކަމާއި އަދި އެތަނުގައި ވާހަކަ ދައްކަން ތިބުމަށްފަހު، ސައިކަލުތަކުގައި މިމީހުން ބުރުޒުމަގުގައި
ހުންނަ ކޮފީ ކޯނަރ ކައިރިއަށް ދިޔަކަމާއި، އެތަނުގައި މާރާމާރީ ހިންގިކަން އެނގެން އޮތްކަމާއި އަދި މި މާރާމާރީ
ހިންގުމަށްފަހު މި މައްސަލާގައި ދަޢުވާލިބޭ
މި މާރާމާރީގައި
ބައިވެރިވި އެހެން މީހުންނާއެކު ފިލައިގެން އުޅުނުކަން އެނގެން އޮތުމުންނާއި، ޙުސައިން ވަޙީދަށް ހަމަލާދިނުމަށް
ބޭނުންކުރި އެއްޗަކީ، ތޫނު ހަތިޔާރަކަށްވެފައި އަދި މީހަކު މަރާލެވިދާފަދަ ހަތިޔާރަކުން މީހަކަށް ހަމަލާ ދީފައިވާނަމަ،
އެ ހަތިޔާރަކީ ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ ސިފަކަމަށް ޢިލްމުވެރިން ބުނެފައިވުމާއި، އެ ޙާލަތުގައި
އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އެކަމުގައި މަރުވުމުގެ ޤަޞްދު އޮތްކަމަށް ބަލަންޖެހޭތީއާއި،
އެހެން ބަޔަކާއި ބައިވެރިވެގެން މއ.ޢާއިޝާ)މާލެ ޙުސައިން ވަޙީދަށް
ޙަމަލާދީފައިވަނީ، ބަދަލުހިފުމުގެ ރޫޙު އޮވެގެންކަން ޝަރީޢަތަށް ޙާޟިރުކުރެވުނު ފަރާތްތަކުގެ ބަހުންނާއި
ލިޔެކިޔުންތަކުން އެނގެން އޮތުމުން، މިއީ ރުޅިވެރިކަމެއް އޮވެގެން ޙަމަލާދިނުމަށް ރާވައިގެން ހިންގާފައިވާ ޢަމަލެއް
ކަމަށް ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިތަކުންނާއި، ޤްރީނާތަކުން އެނގޭތީއާއި،
އެހެންބަޔަކާ ބައިވެރިވެގެން މއ.ޢާއިޝާ/މާލެ ޙުސައިން ވަޙީދަށް ޙަމަލާދީ އޭނާ މަރާލާފައިވަނީ
މި ދެމީހުން ބާލިޣުވެ ބުއްދިސަލާމަތުން ވާހާލު އެއްވެސް ފަރާތެއްގެ މަޖުބޫރެއްނެތި ޤަޞްދު އޮވެގެންކަން ޝަރުޢީ
މިންގަނޑުން ސާބިތުވާތީ، ޞަންޢާގެ ޙާދިސާ އެބަހީ: (އަލްޤަތުލުއްތަމާލުއް) ގެ ޙާދިސާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
ޤާއިމުކުރެވިފައިވާ އުޞޫލުގެ މައްޗަށްވެސް ރިޢާޔަތްކޮށް، ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން
މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ
ދަޢުވާއާއި އަދި
މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާއާއި 13
ވަނަ މާއްދާއާ ޙަވާލާދީ ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ މި ދަޢުވާ، ހެކިންގެ
ހެކިބަހުންނާއި، ޝަރީޢަތަށް ހުށަހެޅުނު ކިތާބީ ހެކިތަކުންނާއި، ގުޅިފައިވާ (އަލްސުލް) ޤަރީނާތައް ތަޤްއީމްކޮށް
ވަޒަންކުރުމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ ޝައްކެއްނެތް
މިންވަރަށް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
ތޫނު ހަތިޔާރުން މީހުންނަށް ޙަމަލާދިނުމަކީ އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ
އަނިޔާވެރި ޢަމަލެއްކަމާއި އަދި އެއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކުށުގެ
އަމަލެއްކަމަށްވުމާއި އަދި ހަމަ އެހެންމެ، ޝަރުޢީ އަމުރަކަށް ނުކިޔަމަންތެރިވުމަކީ، ކުށެއްކަމަށް ޤާނޫނުލްޢުޤޫބާތުގެ
88 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވުމާއި، މިފަދަ ކުށުގެ ޢަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ،
އެކުށްކުރި މީހެއްގެ އަދަބަކީ، އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބުކަމަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ
(ރ) ގައި ބަޔާންވެގެންވާތީ، އިސްލާމީ ޝަރީޢަތުގައި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ، މަރުވިމީހާގެ
ވާރިޘުން އެދޭނަމަ، ޤާތިލުގެ ކިބައިން ޤިޞާޞް ހިފުން، އެބަހީ: (މަރަށްމަރުހިފުން) ކަމާއި، މއ.ޢާއިޝާ1މާވެ
ޙުސައިން ވަހީދުގެ ވާރިޘުންގެ ގޮތުގައި ހިމެނޭ 09 (ނުވައެއް) ވާރިޘުންވެސް ބޭނުންވަނީ، ޙުސައިން ވަޙީދުގެ
ޤާތިލުންގެ ކިބައިން މަރަށްމަރު ހިފުމަށްކަމަށް އެމީހުން ޝަރީޢަތުގައި ބުނެފައިވުމާއެކު، އިސްލާމީ
ޝަރީޢަތުގައިވާގޮތުގެ މަތީން،
ދޭންޖެހޭ އަދަބަކީ،
މަރުގެ އަދަބުކަމަށްވުމުން،
މެރުމަށް ޙުކުމްކޮށް،
މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
އްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
02- އިސްވެ
ހ2 0
2
24
ބަޔަކ
މިންކުރެވުނު ގޮތުގެ މަތީން ޖުވެނައިލް ކޯޓުގެ ނަންބަރު 2014/Jv
-
C/39
ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ގުޅިގެން
ފަރާތުން އެ
04 0 ,
ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން އަންނަނިވި ނުކުތާތައް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުލަތުން ހެކި ދެއްކިފައި
ނުވުމާއި އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނަން ހުއްޓައި އެކަންކަމަށް ރިޢާޔަތްނުކުރައް
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ޚިލާފަށް މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް
ކުށް ސާބިތުވާކަމަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ، މައްސަލައިގައި ދަޢުވާލިބޭ ފަރާތް ކުރުން ދިފާޢުވުމަށްޓަކައި ކޯޓުން
ފޯރުކޮށްދޭންޖެހޭ މައްސަލައިގެ ލިޔުންތައް އެއްވެސް ޤައިދެއް ނެތި ޝަރީޢަތް ނިމެންދެން ހިފަހައްޓާފައިވުމާއި،
އެކަމަކީ ތަބީޢީ ޤާނޫނުން ތުހުމަތުކުރެވޭ ފަރާތަށް ލިބެންޖެހޭ ޙައްޤުން މަޙްރޫމް ކުރުންކަމަށްވެފަ
ޢަމަލަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ)އާ ޚިލާފު ކަމަކަށްވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ، ދައުލަތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންނަކީ
ކޮބައިކަން އަންގާފައި ނުވުމާއި، އަދި އެފަރާތްތަކުގެ އުމުރު އަދި ޖިންސު ވެސް އަންގާފައި ނުވުމާއި،
އެފަރާތްތަކާބެހޭ
ތިތަކާބެހޭ ގޮތުން ދިރާސާކުރުމަށް އެއްވެސް ފުރުޞަތެއް ދެއްވާފައި ނުވުމަކީ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކީންނާ ސުވާލުކުރުމަށް އޮތް
ޙައްޤާ ތަޢާރުޟުވާ ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ، މައްސަލައިގައި ދަޢުވާލިބޭ ފަރާތުގެ ތަޙްޤީޤަކީ ކުޑަކުދިން ކުރާ ކުށުގެ
މައްސަލަތައް ބަލައި، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 9 ވަނަ މާއްދާއާ
ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ތައްޤީޤެއްކަމާ، އެހެންކަމުން މައްސަލައިގެ ދަޢުވާ އުފުލުނުއިރުވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2f315/HC-A/285
ކޯރވނ
މައްސަލައިގައި ތުހުމަތުކު ފަރާތުގެ ތަޙްޤީޤަކީ ޤާނޫނާ ޚިލާފަށް ހިންގިފައިވާ ތަޙްޤީޤަކަށްވުމުން، ދަޢުވާ
އުފަންވިއިރުވެސް ބާޠިލު ކަމެއްގެ މައްޗަށް ބިނާކޮށް، ޙުކުމްކުރައްވާފައިވުމާއި، ބާޠިލުކަމެއްގެ މައްޗަށް ކުރެވޭ
ކޮންމެ ކަމެއްގެ ނަތީޖާއަކީ ބާޠިލް ނަތީޖާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 211/HC
-
A/2013
ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 01/HC
-
I
-
SH/2011 ޤަޟިއްޔާއަށް ބެލުމުން އެނގޭއިރު، މިކަމަކީ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުޙަލާގެ ކޯޓު ތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ
ދަށު ކޯޓުތަކުން ތަބަޢަވާންވާނެކަމަށް ބަޔާންކޮށްފައިވާ އުސޫލާ ޚިލާފު ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ޖުވެނައިލް ކޯޓު ގެ ނަންބަރު 2014/Jv
-
C/39 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތާއި، އިސްތިއުނާފް ރައްދުވާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލުމުން އަންނަނިވި
ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައި މިވާ ޖުވެނައިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ދައުލަތުގެ ފަރާތުން
މައްޗަށް ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަމާއި، އޭނާގެ މައްޗަށް އެ ދަޢުވާ ކޮށްފައިވަނީ،
ބަޔަކާއެކު، 24 ޑިސެމްބަރު 2013 ދުވަހުގެ 23:30 އެހައިކަށްހައިއިރު، މއ.ޢާއިޝާގޭގެ ކައިރީގައި
އެގޭ ޙުސައިން ވަޙީދު ހުއްޓާ މިމީހުން އެތަނަށްގޮސް،
އަތުގައި އޮތް 8 (އަށެއް)
އިންޗީގެ ދިގުމިނުގެ ވަޅި، ޙުސައިން ވަޙީދުގެ މެޔަށް ހަރާލާފައިވާތީއާއި މިޙަމަލާގެ ސަބަބުން ޙުސައިން ވަޙީދަށް
ލިބުނު އަނިޔާއަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް އެރޭގެ 23:10 އެހައިކަށްހައިއިރު، އިންދިރާގާންދީ މެމޯރިއަލް
ހޮސްޕިޓަލުގައި ޙުސައިން ވަޙީދު ނިޔާވެފައިވާތީއާއި،
ޙުސައިން ވަޙީދަށް ހަމަލާ
ދިނުމަށްފަހު، ދުވެފައިގޮސް
ދުއްވަންއިން ސައިކަލުގެ ފަހަތަށް
02c
އިތުރު ބަޔަކާއެވެ
ދިވެހިރާއްޖޭގެ ކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
=5
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
އެރުމުން، އޭނާ ގޮވައިގެން
ސައިކަލުގައި އެތަނުން ގޮސްފައިވާތީ، މިކަމަކީ
މައްޗަށް ކުރެވުނު ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
3.2- ދެވަނަ ކަމަކީ: މިމައްސަލައިގެ ޙާދިޘާ ހިނގިއިރު،
ގޮތުން 17 (ސަތާރަ އަހަރު ފުރިފައިވާ ކުއްޖެއް ކަމާއި، ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން ބޮޑު މީހެއްކަމުގައި ބަލާ
އުމުރަކީ މީލާދީ ގޮތުން 18 (އަށާރަ) އަހަރުވުންކަމާއި، 18 (އަށާރަ) އަހަރު ނުވާ މީހުންނަކީ ކުޑަކުދިން ކަމުގައި
ބެލެވޭނެކަމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުން އެކުލަވާލާފައިވާ، ކުޑަކުދިންގެ
ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/91)ގެ 29ވަނަ މާއްދާގައި، ޤާނޫނުގެ ދަށުން
ކުޑަކުއްޖެއް ކަމުގައި ބެލެވޭ ކުއްޖަކު، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ
ކަމެއް ކޮށް ފިހިނދެއްގައި، އޭނާއަކީ މުކައްލަފަކަށްވާނަމަ، އެކަމެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ މަސްއޫލިއްޔަތު
އުފުލުން އޭނާގެ މައްޗަށް ލާޒިމްވާނެކަމާއި، ބުނެވިދިޔަ އުޞޫލުގެ ދަށުން ޝަރުޢީ ނުވަތަ ޤާނޫނީ މަސްއޫލިއްޔަތު
އުފުލަންޖެހޭ ކުދިންގެ މައްސަލަތައް ބަލައި، ތަޙްޤީޤުކޮށް، އިންސާފުކޮށް، އަދަބު ދޭންޖެހޭ ކަންކަމުގައި އަދަބު
ދޭނީ، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ޤާއިމްކުރެވޭ ނިޒާމުގެ ތެރެއިންކަމަށް ބަޔާންކޮށްފައިވާއިރު، ބޮޑެތި
މީހުންނާ ޚިލާފަށް ކުޑަކުދިންނަކީ އެކުދިން ކުރާ ޖިނާއީ ކުށްތަކުގައި ޖިނާއީ ޢަދުލުގެ ޚާއްޞަ ނިޒާމެއްގެ ދަށުން
އަދަބުދެވޭ ބައެއްކަމާއި، މިގޮތުން "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަޙްޤީޤުކޮށް، އިންޞާފުކޮށް އަދަބު
ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" މިނަމުގައި އެކުލަވާލާފައިވާ ޤަވާއިދުގައި ކުޑަކުދިން ކުރާ ޖިނާއީ
ކުށްތަކުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވާއިރު،
އެ ޤަވާއިދަށް ޢަމަލު ކުރުމުގައި ކުޑަކުދިންނަކީ މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިފައި ނުވާ
ކުދިންކަމަށް އެ ޤަވާއިދުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ
އުމުރާއި ކުށްތަކާއި އެކުށްތަކަށް އަދަބު ކަނޑައަޅާނެ ގޮތްތައް ބަޔާންކޮށްފައި
އުފައިވާއިރު، އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ
(ނ) ގައި، ކުއްޖާގެ ޢުމުރުން 10 (ދިހައެއް) އަހަރު ފުރުނީއްސުރެ 15 (ފަނަރަ) އަހަރު ފުރިހަމަވުމާ ހަމައަށް،
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{15/HC-A/285
30
ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރޭގައި، ޤަޞްދުގައި މީހުން މެރުމާއި،
މަރާބެހޭ އެހެނިހެން މައްސަލަތަކާއި، މިފަދަކަމެއްގައި ބައިވެރިވުމުގެ ކުށް، ހިމެނިފައިވާކަން އެނގޭކަމާއި،
މި މައްސަލައިގެ ޙާދިޘާ ހިނގިއިރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 6 ވަނަ މާއްދާ އަދި 7 ވަނަ މާއްދާއަށް ޖުމްލަގޮތެއްގައި ބަލާއިރު، އެ ޤާނޫނުގައިވާ
ގޮތުގެމަތިން، ކުށްވެރިވެއްޖެ، އުމުރުން 10 އަހަރުން ދަށުގެ މީހަކަށް އެ ޤާނޫނުގެ ފުރިހަމަ އަދަބު ދީގެންނުވާނެ
ކަމަށާއި، އަދި އެކުރަކީ ވެވުނު ވަރަކުން ކުށެއް ކަމުގައި ނުބެލުން ޙައްޤުކަން ބޮޑު ކަމަށާއި، ކުށްވެރިވާ އުމުރުން
16 އަހަރުން ދަށުގެ މީހެއްގެ އަދަބަށް ލުޔެއް ދިނުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިދީފައިވަނީ އިސްލާމް ދީނީ ކުށާ
އަދި މަރުގެ ކުށް ފިޔަވައި، އެހެން ކުށްތަކުގައިކަން އެނގޭއިރު،
އިސްލާމީ ޝަރީޢަތުގައި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ވަކި އުމުރެއް
ޤަތުއީ ނައްޞަކުން ކަނޑައެޅިފައި ނެތް ނަމަވެސް، ކުޑަކުއްޖަކު ބާލިޣުވެ، ހަމަބުއްދި (ރުޝާދު ލިބިފައިވާނަމަ،
އެކުއްޖާއަކީ އެކުއްޖަކު ކުރާ ޖިނާއީ ކުށުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކުއްޖެއްކަމާމެދު އިސްލާމީ
ފިޤްހު ޢިލްމުވެރިން އިއްތިފާޤުވެފައިވާއިރު، ކުޑަކުއްޖަކު ބާލިޣުވެފައިވާ ކަމަށް ބެލެވޭނެ އުމުރެއް ކަނޑައެޅުމުގައި
ފިޤްހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާކަން އެނގޭކަމާއި، ކުޑަކުއްޖަކު ބާލިޣުވުމަކީ އެކުއްޖާގެ ހަމަބުއްދި
ހުރިކަމަށް ދަލާލަތު ކޮށްދޭ ޢަލާމާތެއް ކަމާއި، އިސްލާމީ ޝަރީޢަތުގައި ކުޑަކުދިން ބާލިޣުވާ އުމުރު ކަނޑައެޅުމުގައާއި
އަދި ބާލިޣު ނުވެ ބޮޑުވަމުންދާ ކުއްޖާ، އެކުއްޖާ ކުރާ ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު
ކަނޑައެޅުމުގައި އަޙްލުއްސުއްނަތި ވަލް ޖަމާޢަތުގެ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާކަން އެނގޭކަމާއި
އެގޮތުން، ކުޑަކުއްޖަކު ބާލިޣު ނުވެހުރެ، އޭނާގެ އުމުރުން 15 (ފަނަރަ) އަހަރު ފުރިއްޖެނަމަ އެކުއްޖަކީ ބާލިޣުވެފައިވާ
ކުއްޖެއްކަމުގައި ޝަރުޢީ ގޮތުން ބެލެވޭނެ ކަމާއި، އަދި އެއަށްފަހު އެކުއްޖާ ކުރާ ޖިނާއީ ކުށުގެ ފުރިހަމަ
މަސްއޫލިއްޔަތު އުފުލަންޖެހޭނެކަމަށް އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބުގެ
ޢިލްމުވެރިން ވިދާޅުވާކަމާއި އަދި މިއީ މިކަމުގައި ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔު ވެސް އޮތް ގޮތްކަން އެނގޭއިރު،
2 20
4 22
2 22 22 22
OX
ޑިހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
)
02 2x
ہر فرد
އޭނާކުރާ ޖިނާއީ
މައްސަލަ އިސްތިއުނާފުކުރާ
އުފަންވެފައިވަނީ 08 ޖުލައި 1996 ވަނަ ދުވަހުގައި ކަމާއި، މި މައްސަލައިގެ ޙާދިސާ ހިނގީ 24 ޑިސެމްބަރު
2013 ވަނަ ދުވަހުގައި ކަމަށް ވުމުން، މި މައްސަލައިގެ ޙާދިސާ ހިނގިއިރު،
މީލާދީ ގޮތުން ޢުމުރުން 17 (ސަތާރަ) އަހަރާއި 05 (ފަހެއް) މަހާއި 7 (ހަތެއް) ދުވަސް ވެފައިވާ ކުއްޖެއް ކަމާއި
އަދި އޭނާއަކީ ބާލިޣުވެފައިވާ ކުއްޖެއްކަން ދަށު ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
ބާލިޣުވެފައިވާ ހަމަބުއްދިހުރި ކުއްޖެއްކަމުގައި ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމުން
އަކީ
ކުށުގެ މަސްއޫލިއްޔަތު
ޝަރުޢީ އަދި ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުއްޖެއްކަން އެނގެން އޮންނަކަމެވެ.
3.3- ތިންވަނަ ކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުގެ ތެރޭގައި ތިމާއަކީ ކާކުކަން
އަންގައިދިނުން ފިޔަވައި، އިތުރު މަޢުލޫމާތު ނުދީ ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަން ޤާނޫނުއަސާސީގެ 48 ވަނަ
މާއްދާގެ (ނ) އަށް ބެލުމުން އެނގޭއިރު، މި މައްސަލައިގެ ތަޙްޤީޤުގައި
ހަނުހުރުމުގެ
ޙައްޤު ބޭނުންކޮށްފައިވާކަން
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
04 ފެބްރުއަރީ 2014 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ބެލުމުން އެނގޭކަމާއި އަދި އެ ބަޔާން ނަގާފައިވަނީ
"ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކޮށް ބަލައި، އިންޞާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު"
ގައި ބަޔާންކޮށްފައިވާ ފަދައިން
ބެލެނިވެރިއެއް
ގެ ޙާޟިރުގައިކަންވެސް އެބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި،
މި މައްސަލައިގެ ޝަރީޢަތް ޖުވެނައިލް ކޯޓުގައި ހިނގިއިރު،
މައްޗަށް ހުށަހެޅިފައިވާ ދަޢުވާއިން ދިފާޢުވުމަށްޓަކައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާފައިވާކަމާއި، އެގޮތުން
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކަންޖެހޭ ވާހަކަތައް ދައްކާފައިވަނީ
ޤާނޫނީ ވަކީލުކަން އެނގެން އޮންނަކަމެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{15/HC-A/285
3.4- ހަތަރުވަނަ ކަމަކީ:
މައްޗަށް ދައުލަތުގެ
ފަރާތުން ހުށަހެޅި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި
އިންކާރު ކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން 8 (އަށެއް) ޝަފަހީ ހެކި
ހުށަހަޅައި އެ ހެކީންގެ ތެރެއިން 6 (ހައެއް) ފަރާތެއް ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް ނެގިފައިވާކަމާއި، އަދި
ޤާރީނާގެ ގޮތުގައި ސީން އޮފް ކްރައިމް ރިޕޯޓާއި، ފޮޓޯ ރިޕޯޓާއި، ޙުސައިން ވަޙީދުގެ މެކޯ ލީގަލް ރިޕޯޓާއި މަރު
ސާބިތުކުރި ލިޔުން ހުށަހެޅިނަމަވެސް، ދިފާޢީ ހެކި ހުށަހަޅަން ބޭނުން ނުވާކަމަށް
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައިބުނެ ދިފާޢީ ހެކި ހުށަހަޅާފައިނުވާކަން އެނގޭކަމާއި،
މިމައްސަލައިގައި ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހެޅި
ސިއްރު ހެކިން ( ދަށުކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފޯލިއޯ ނަންބަރު 200، ފޯލިއޯ
ނަންބަރު 202، ފޯލިއޯ ނަންބަރު 196، ފޯލިއޯ ނަންބަރު 198، އަދި ފޯލިއޯ ނަންބަރު 197،ގެ ގޮތުގައި
ފާހަގަކޮށްފައިވާ ސިއްރުހެކިން) ޝަރީޢަތުގެ މަޖިލީހުގައި އަދާކޮށްފައިވާ ހެކިބަހުގެ މައްޗަށް ބަލާއިރު،
އިތުރު ބަޔަކާއެކު، މއ.ޢާއިޝާ ގޭގެ ކައިރީގައި ޙުސައިން ވަޙީދު
ހުއްޓާ އެތަނަށް ގޮސް
އަތުގައި އޮތް ވަޅި ޙުސައިން ވަޙީދުގެ މެއަށް ހެރިތަން
ފެނިފައިވާކަމަށް އެ ހެކިން ހެކިބަސް އަދާކުރަމުން ބުނެފައިވާކަމާއި، އަދި ފޯލިއޯ ނަންބަރު 199 ހެކިވެރިޔާ
ޝަރީޢަތު މަޖިލީހުގައި އަދާކޮށްފައިވާ ހެކިބަހުން،
ޙާދިސާ ހިނގި ސަރަހައްދުން
ފެނިފައިވާކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
3.5- ފަސްވަނަ ކަމަކީ: މި މައްސަލައިގެ ހާދިސާގައި ޙުސައިން ވަޙީދަށް ލިބުނު އަނިޔާއަށް
ބޭސްފަރުވާ ކުރުމަށްޓަކައި ޙުސައިން ވަޙީދު އައި.ޖީ.އެމް. ހޮސްޕިޓަލުގެ އެމަޖެންސީ ރޫމަށް ގެންދެވުނީ
24 ޑިސެމްބަރ 2013 ވަނަ ދުވަހުގެ ރޭގަނޑު 10:40 ގައި ކަމާއި، ޙުސައިން ވަޙީދަށް ލިބިފައިވާ އަނިޔާތަކުގެ
ތެރޭގައި އޭނާގެ އުރަމަތީ ކަށިގަނޑުގެ ވާއަތްފަރާތު ކޮޅަށް 6 ވަނަ އިންޓަކޮސްޓަލް ޖާގައަށް ވަޅި ހަރައިގެން
ކަނޑައިގެން ގޮސް 2.5-3cm ގެ ޒަޚަމެއް ވެފައިވާކަމާއި އެތަނުން ހުއްޓުމެއްނެތި ކަޅުރަތްކުލައިގެ ލޭ ވަރަށް
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
ގިނަ އަދަދަކަށް އައިސްފައިހުރިކަމާއި، މީގެ އިތުރުން ވައަތްފަރާތު ބުމައިގެ އެއްތަނުން 3cm ފާރުގަނޑެއް
ވީދައިގެން ގޮސްފައިވުމާއި، ވާއަތު ފައި މަށައިގެން ގޮސްފައިހުރިކަމާއި، އެޒަޚަމްތަކަކީ ގްރޫޕްތަކުން ޙުސައިން
ވަޙީދަށް ހަމަލާދިނުމުގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކެއްކަމަށް އޭނާ ހޮސްޕިޓަލަށް ގެނައި މީހުން މަޢުލޫމާތު
ދީފައިވާކަމާއި، ޙުސައިން ވަޙީދަށް ލިބިފައިހުރި ޒަޚަމްތަކަށް ފަރުވާކުރަމުން ދަނިކޮށް، އެރޭގެ 11:00 ގައި
ޙުސައިން ވަޙީދު ނިޔާވެފައިވާ ކަމާއި، އޭނާ ނިޔައުވި ސަބަބަކީ، ޙުސައިން ވަޙީދުގެ ހިތުގެ މަސްތަކުގެ ފަށަލައަށް
ވަޅިއެއް ހެރުމުގެ ސަބަބުން އެތެރެއަށް ލޭހޮޅިތައް ފަޅައިގެން ދިއުމުގެ ސަބަބުން ހިތް މަސައްކަތްކުރަންވާ ވަރަށް
މަސައްކަތް ނުކުރުމުގެ ސަބަބުން ސިކުޑިއަށް ލޭ ދައުރުކުރުމަށް ބޭނުންވާ އޮކްސިޖަން އެކުލެވިގެންވާ ލޭ ދައުރުނުވެ
ހޭވެރިކަން ދިއުމުގެ ސަބަބުން އާދަޔާ ޚިލާފަށް ނޭވާލާން އުނދަގޫވެ ނޭވާލުން ހުއްޓުމުންކަން ޙުސައިން ވަޙީދުގެ
މެޑިކޯ ލީގަލް ރިޕޯޓަށް ބެލުމުން އެނގޭއިރު، އެރިޕޯޓް ތައްޔާރުކުރި ފަރާތް ޖުވެނައިލް ކޯޓަށް ޙާޟިރުވެ ދީފައިވާ
ހެކިބަހަށް ބަލާއިރު، އިސްވެ ބަޔާންކުރެވުނު ރިޕޯޓުގައިވާ ފަދައިން ހެކިބަސް އަދާކޮށްފައިވާ ކަމާއި އަދި ޙުސައިން
ވަޙީދުގެ މަރު ސާބިތުކުރިކަމުގެ ލިޔުމަށް ބަލާއިރުވެސް ޙުސައިން ވަޙީދު މަރުވެފައިވަނީ އޭނާގެ ގެޔާ ދިމާލަށް
ވަޅިއެއް ހެރުމުގެ ސަބަބުން އެތެރެއަށް ލޭހޮޅިތައް ފަޅައިގެން ދިއުމުގެ ސަބަބުން ހިތް މަސައްކަތް ކުރަންވާ ވަރަށް
މަސައް
ސައްކަތްނުކުރުމުގެ ސަބަބުން ނޭވާލާން އުނދަގޫވެ ނޭވާލުން ހުއްޓުމުންކަމަށް
ބަޔާންކޮށްފައިވާކަން އެނގެން
xތ ﷲތ24
އޮންނަކަމެވެ.
3.6- ހަވަނަ ކަމަކީ: މި މައްސަލައިގެ ހާދިސާގައި އަނިޔާ ލިބުނު މއ.ޢާއިޝާ ޙުސައިން ވަޙީދަށް
ލިބިފައިވާ އަނިޔާއަކީ 24 ޑިސެމްބަރ 2013 ދުވަހުގެ 23:30 އެހައިކަށްހައިއިރު، މއ.ޢާއިޝާގޭގެ ދޮރުމަތީގައި
ޙުސައިން ވަޙީދު ހުއްޓައި
އަދި އިތުރު ބަޔަކު އެތަނަށް
ގޮސް ޙުސައިން ވަޙީދަށް ހަމަލާދިނުމުގެ ސަބަބުން ލިބިފައިވާ އަނިޔާކަމާއި، ޙުސައިން ވަޙީދު ނިޔާވެފައިވަނީ
އެމާރާމާރީގައި އޭނާގެ މެޔަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން އޭނާއަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުންކަން
އޭނާއަށް އައި.ޖީ.އެމް.ހޮސްޕިޓަލުގައި ފަރުވާކުރި ގޮތުގެ ލިޔުންތަކުންނާއި އޭނާ ބެލި ޑރ.ގެ ބަހުންނާއި ޙުސައިން
ވަޙީދުގެ މަރު ސާބިތުކުރި ގޮތުގެ ލިޔުމަށް ބެލުމުން އެނގެން އޮތުމުން މިމައްސަލައިގައި ނިޔާވި ޙުސައިން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{15/HC-A/285
/ ތތ
ވަޙީދުގެ މަރާއި
އިސްވެ
ހ 0
2
24
3
19ކޗވަން
މާރާމާރީގައި ލިބުނު ޒަޚަމްތައް ނުވަތަ އަނިޔާއާ ގުޅިފައިވާކަން
އެނގެން އޮންނަކަމެވެ.
3.7 ހަތްވަނަ ކަމަކީ: ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިމައްސަލަ އިސްތިއުނާފުކުރާ
ފަރާތުން އޭނާގެ ދިފާޢުގައި ޤާނޫނީ ވަކީލު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް
ބަލާއިރު، އެމައްސަލައިގައި ޝަރީޢަތަށް ހުށަހެޅިފައިވާ ހެކިންގެ ބަޔާންތައް ލިބިފައިނުވާތީ އެމައްސަލައިގައި
ދިފާޢު ތައްޔާރުކުރުމަށް ދަތިތަކެއް މެދުވެރިވާކަމަށް ބުނެ އެމައްސަލައިގައި ދައުލަތުގެ
ފަރާތުން ހުށަހަޅާފައިވާ ހެކިތައް ލިބުމަށް އެދިފައިވާއިރު، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ
ހެކިތަކަކީ ސިއްރު ހެކިކަމުގައިވާތީ އެހެކިންގެ ބަޔާންތައް
ދޫކޮށްފިނަމަ، ހެކިންނަށް
ބިރުދައްކައި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ދެކިގެން އެހެކިންގެ ހެކިބަޔާން
ދީފައިނުވާކަމާއި، ނަމަވެސް، އެމީހުން ސިއްރު ހެކިންގެ ގޮތުގައި ޝަރީޢަތަށް ޙާޟިރުކޮށް ހެކިބަސް
ނެގިއިރު، އެހެކިންނާ ސުވާލުކުރުމުގެ ފުރުޞަތު
ދީފައިވާ ކަމާއި އަދި އެގޮތުން
އެހެކިންނާ ކުރަން ބޭނުންވި ސުވާލުތައް ކޮށްފައިވާކަން އެމީހުން ދަށު ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކަށް ލިބިދޭންޖެހޭ ޙައްޤު
އަޙްމަދު އަޖުމަލްއަށް ލިބިދީފައިވާކަން އެނގޭކަމާއި،
މީގެއިތުރުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ކުށުން ބަރީޢަވުމަށް މަސައްކަތް
ކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަޞީލަތްތައް ލިބެންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، މި
މައްސަލައިގައި ދައުލަތުގެ ފަރާތުން
މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުކުރުމަށްޓަކައި
ކޯޓަށް ހުށަހެޅި ހެކިތަކުގެ ތެރެއިން
އަށް ދީފައިވަނީ އޭނާގެ ބަޔާނާއި މިމައްސަލައިގައި
ނިޔާވި ޙުސައިން ވަޙީދުގެ ލެޑިކޯ ލީގަލް ރިޕޯޓު ކަމަށްވާއިރު، މިމައްސަލައިގައި ކޯޓަށް ހުށަހެޅިފައިވާ އެހެން
ލިބިނުދިނުމަކީ، ދިފާޢު ތައްޔާރުކުރުމަށް އެކަށީގެންވާ ވަޞީލަތްތައް
ހެކިތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
4
2
2 4ދ ގތ
ހ2ށ ބަލިވެންނަކަމަށް
ލިބިނުދިނުންކަމަށް
ފަރާތުން ބުނެފައިވާ ނުކުތާއަށް ބަލާއިރު، ޖިނާއީ
ދަޢުވާއެއް ސާބިތުކުރުމަށް ހުށަހެޅޭ ހެކިތަކުގެ ތެރެއިން ޝަރީޢަތުން ސިއްރު ކުރުމަށް ދައުލަތުގެ ފަރާތުން އެދޭ
ހެކި ސިއްރުކުރުމާގުޅޭ ގޮތުން ޢަމަލުކުރަންޖެހޭ އުޞޫލު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 163/HC
-
A/2013
ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމާއި އެގޮތުން، ".. ޢާންމު އުޞޫލެއްގެ ގޮތުން ދިފާއު ބިނާކުރުމަށްޓަކައި
އެކަށީގެންވާ ވަޞީލަތްތައް ލިބިދިނުމުގެ ތެރޭގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި ޝަފަވީ އަދި
ކިތާބީ ހެކިތައް ދެނެގަނެ އެހެކިތަކާގުޅޭ ގޮތުން ސުވާލުކުރެވި، ހެކި ޠަޢުނުކުރުމުގެ މަގު ތަނަވަސްވެފައި އޮންނަން
ވާނެކަމާއި، ޝަރީޢަތުން ކަމެއް ނިންމަންވާނީ ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހައި ހެކިތަކާއި ޤަރީނާތަކުގެ
މައްޗަށް ކަމަށްވާއިރު، މައްސަލައަކާ ގުޅިގެން ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ
ބިނާކުރުމަށް މުހިންމު އެއްޗެއްކަމުގައިވީނަމަވެސް ޝަރީޢަތުގައި ހެކީގެ ގޮތުގައި ބެލޭނީ ހެކިން ޝަރީޢަތުގެ
މަޖިލީހުގައި ދޭ ހެކިބަސް ކަމާއި، އެހެންކަމުން ހެކިން ތަޙްޤީޤަށް ދީފައިވާ ބަޔާންތައް އޭގެ ޒާތުން ދަޢުވާލިބޭ
ފަރާތަށް ނުލިބުނު ކަމުގައިވީނަމަވެސް ހެކިންގެ ހެކިބަސް ޠަޢުނު ކުރުމުގެ ފުރުޞަތު ގެއްލިގެންދާނެ ކަމަށް ބެލެވެން
ނެތްކަމާއި، ޓެރަރިޒަމްގެ ކުށުގެ އެފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ދަޢުވާކުރެވޭ މައްސަލަތަކުގައި ހެކިން
ތަޙްޤީޤަށް ދީފައިވާ ބަޔާންތައް ދަޢުވާލިބޭ ފަރާތަށް ނުދިނުމަކީ ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި
އެކަށީގެންވާ ވަޞީލަތްތައް ލިބިނުދިނުންކަމަށް ބެލެވެން ނެތްކަމަށް ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން މިމައްސަލައަކީ މަރުގެ މައްސަލައެއްކަމަށްވެފައި މިމައްސަލައިގެ ދަޢުވާއާއެކު ހުށަހެޅި
ސިއްރު ހެކިތައް
އޭގެ ޒާތުން ލިބިނުދިނުކަމަކީ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ދަޢުވާއިރޯ ދިފާއުވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ
ވަޞީލަތްތައް ލިބިނުދިނުންކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމެވެ.
3.8- އަށްވަނަ ކަމަކީ: ޖިނާއީ މައްސަލަތަކުގެ ތެރެއިން ހައްދާއި ޤިޞާޞް ކަނޑައެޅިފައިވާ
މައްސަލަތައް އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެގެން ނޫނީ މީހެއްގެ މައްޗަށް ކުށް
ސާބިތުވާކަމަށް ޝަރީޢަތުން ކަނޑަނޭޅޭނެކަމާއި، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި
ދިވެހިރާއްޖޭގެ 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
ނވެ.
4
ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްލީމް (evaluation) ކޮށް ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަށް
ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި، އެހެކިތަކާއި ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ
ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެންނޫނީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން
ނުވާނެކަމަށާއި، ޖިނާއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވޭ ދަލީލުތަކުގެ ތެރެއިން ހެކިންގެ ހެކިބަސް ޝަރުޢީ
އަދި ޤާނޫނީ ގޮތުން ޞައްޙަ ހެކިބަހަކަށް ވާންޖެހޭއިރު، ހެކިބަސް ދޭ ހެކިވެރިޔާގައި ޝަރުޢީ ގޮތުންނާއި ޤާނޫނީ
ގޮތުން ހުރުން ލާޒިމްވާ ޝަރުޠުތަކާއި ސިފަތައް ފުރިހަމަވެގެން މެނުވީ އެހެކިވެރިޔާގެ ހެކިބަހަކީ ޤާނޫނީ ގޮތުން
ޞައްޙަ ދަލީލެއް ކަމުގައި ނުބެލެވޭނެ ކަމަށާއި، ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭ ހެކިވެރި
ހެކިވެރިޔާގައި ހުންނަންޖެހޭ
ޢާންމު ޝަރުޠުތަކުގެތެރޭގައި، އެ ހެކިވެރިޔާއަކީ ތަންދޮރު ވަކިވާ މީހަކަށްވުމާއި، ބުއްދި ސަލާމަތުން ހުރި މީހަކަށް
ވުމާއި، އަމިއްލަ އިޚްތިޔާރު ލިބިގެންވާ މީހަކަށްވުން ހިމެނޭކަމާއި، އަދި މީގެއިތުރުން އެހެކިވެރިޔާއަކީ ހެކިބަސް
ދިނުން މަނާވާ ފަދަ ސަބަބެއް ނެތް މީހަކު ކަމުގައިވުން ލާޒިމްވާނެކަމާއި،
އިސްވެ ބުނެވިދިޔަ ޝަރުޠުތަކުގެ އިތުރުން ހެކިބަސް ޞައްޙަ ވުމަށްޓަކައި ފުރިހަމަވާންޖެހޭ އެއް
ޝަރުތަކީ "ޢަދްލު" ވެރިކަމުގެ ސިފަ ހެކިވެރިޔާގެ ގައިގާ ހުރުންކަމާއި، މިގޮތުން އިސްލާމީ ފިޤްހުގައި
ހެކިވެރިއެއްގައި ޢަދުލުވެރިކަމުގެ ސިފަ ހުރިކަމުގައި ބެލެވޭނީ އެ މީހަކީ ބޮޑެތި ފާފަތަކަށް އަރައިނުގަންނަ އަދި
ކުދި ފާފަ ކުރުމުގައި ދެމި ނުހުންނަ މީހެއް ކަމުގައިވާނަމަކަން އެނގެން އޮންނަކަމާއި، އެހެންކަމުން ފާސިޤުއްގެ
ހެކިބަސް އިސްލާމީ ޤަޟާއީ ނިޒާމުގައި ޤަބޫލު ނުކުރެވޭނެކަމަށާއި އެހެނީ ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުންނަކީ
ފާސިޤުންކަމުގައި ސިފަ ކުރެވިގެންވާކަން އިސްލާމީ ޝަރީޢަތުގެ ތަފާތު ނައްޞުތަކުން އެނގޭކަމަށާއި އަދި އިސްލާމީ
ޖިނާއީ ނިޒާމުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި، ޤަޞްދުގައި މީހުން މެރުމާއި، ވައްކަން ކުރުމާއި، ޒިނޭ ކުރުމާއި،
ޤަޛުފު ކުރުމާއި، ބަނގުރާ ބުއިންފަދަ ބޮޑެތި ޖަރީމާތައް ޝާމިލްވެގެންވާކަން އެނގޭކަމާއި، އަދި ފާސިޤުކު ގެންނަ
ޚަބަރަކީ ޞައްޙަ ޚަބަރެއްތޯ ސާބިތުކުރުމަށް މުއުމިނުންގެ މައްޗަށް ކީރިތި ޤުރުއާނުގެ އަލް ޙުޖުރާތު ސޫރަތުގެ 6
ވަނަ އާޔަތުގައި މާތްﷲ އަންގަވާފައިވާކަމާއި، އަދި ފާސިޤުކު ގެނެސްދޭ ޚަބަރުގެ ތެދު ދޮގު ސާބިތުކުރުމަކީ
ވާޖިބެއްކަމާއި އަދި އެފަދަ މީހެއްގެ ޚަބަރުގެ ޞައްޙަކަން އެނގިގެން މެނުވީ އެޚަބަރެއް ޤަބޫލުކުރުމަކީ ނަހީވެގެންވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
ކަމެއްކަން އިސްވެ ބުނެވުނު އާޔަތުގެ ތަފްސީރުން އިސްތިޚްލާޞްވާން އޮންނައިރު، ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅޭ
މައްސަލަތަކުގައި ހެކިބަސްދޭ މީހާއަކީ ފާސިޤާކަށް ވެގެންނުވާނެކަމާ މެދު އިސްލާމީ ފިޤްހުގެ ޢިލްމުވެރިންގެ މެދުގައި
ޚިލާފެއްނުވާކަމާއި، އެހެންކަމުން އެފަދަ ހެކިވެރިއެއްގެ ހެކިބަހަކީ، އެއިން އެކަނި ދަޢުވާ ސާބިތުކުރުމަށް ކާފި
ދަލީލެއް ނޫންކަން އިސްލާމީ ޤަޟާއީ ނިޒާމުގައި ދަޢުވާ ސާބިތުކުރުމުގެ އުޞޫލުތަކަށް ބެލުމުން އެނގެން
އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2012 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން
އެނގެން އޮންނައިރު،
މި މައެ
މައްސަލާގައި ދައުލަތުގެ ފަރާތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހެޅި ސިއްރު ހެކިންނަކީ،
ތަންދޮރު ވަކިވެ، ބުއްދި ސަލާމަތުން ތިބި ބައެއްކަމާއި އަދި އެހެކިން ހެކިބަސް ދީފައިވަނީ އެއްވެސް ފަރާތެއްގެ
މަޖްބޫރުކަމެއް ނެތި އެމީހުންގެ އަމިއްލަ އިޚްތިޔާރުގައިކަން އެނގެން އޮންނައިރު، އެހެކިންގެ ތެރޭގައި ފޯލިއޯ
ނަންބަރު 198 ގައިވާ ފަރާތަކީ ވައްކަމާއި، މަސްތުވާތަކެއްޗާއި، މާރާމާރީ ހިންގުންފަދަ ކުށްތައް ސާބިތުވެފައިވާ
ފަރާތެއްކަން އޭނާގެ
އޭނާގެ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި ސިއްރު ހެކިބަސް ދިން ފޯލިއޯ ނަންބަރު
197 ގައިވާ ފަރާތަކީ ވައްކަމާއި، މަސްތުވާތަކެއްޗާއި، ދޮގު މައުލޫމާތު ދިނުމުގެ ކުށްތަކުގައި ކުށް ސާބިތުވެފައިވާ
ފަރާތެއްކަން އޭނަގެ ކުށުގެ ރިކޯޑަށް ބެލުމުން އެނގެން އޮތުމުން މިމައްސަލަ ސާބިތުކުރުމުގައި އެ ދެފަރާތުގެ
ހެކިބަހަށް ރިޢާޔަތްނުކުރިނަމަވެސް، މި މައްސަލާގައި ހުށަހެޅިފައިވާ ޝަފަހީ އެހެނިހެން ހެކިވެރިންގެ ބަހުން
ޙުސައިން ވަޙީދަށް ވަޅިން ހަމަލާ ދިންކަން ސާބިތުވާ ވަރަށް ހެކި ލިބިފައިވާކަން އެނގޭއިރު، އެހެކިންގެ ކިބައިގައި
ޢަދްލު" ވެރިކަމުގެ ސިފަ ހުރިތޯ ޝަރީޢަތުން ބެލިބެލުމުން، އެހެކިން މި މައްސަލާގައި ދަށު ކޯޓަށް ހެކިބަސް
ދިންއިރު، އެހެކިންގެ ޢަދުލުވެރި ކަމާމެދު ސުވާލެއް އުފެދޭފަދަ ކަމެއް ނެތްކަން އެނގެން އޮންނާތީ، އެ އެހެކިންގެ
ހެކިބަސް ޝަރީޢަތުން ޤަބޫލުކުރުމުގައި ޤާނޫނީ އަދި ޝަރުޢީ ހުރަހެއް ނެތްކަން އެނގެން އޮންނަކަމެވެ.
3.9- ނުވަވަނަ ކަމަކީ: ޤަޞްދުގައި މީހަކު މެރުމަކީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން
އަދަބު ކަނޑައެޅޭ ކުށެއްކަމާއި، މި މައްސަލައިގެ ޙާދިސާ ހިނގިއިރު ޢަމަލުކުރެވެމުން ދިޔަ ޤާނޫނުލްޢުޤޫބާތުގެ 88
ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ މާއްދާގެ (ރ) އަށް ބަލާއިރު، ޝަރުޢީ އަދި ޤާނޫނީ ގޮތުން ކުރާ
42 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
އަމުރަކަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ޢަމަލުގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރި މީހެއްގެ އަދަބަކީ
އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއްކަން އެނގޭއިރު،
މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމާއި، ތޫނު ހަތިޔާރުން މީހުންނަށް
ބިރުދެއްކުން ފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތަކަކީ އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ
ކުށްތައްކަމާއި، ޤަޞްދުގައި މީހުން މެރުމަކީ މީސްތަކުންގެ މެދުގައި ޢަދާވަތްތެރިކަމާއި ލޭ އޮހޮރުވުން ފެތުރި،
މުޖުތަމަޢުގައި ބިރުވެރިކަން ފެތުރިގެން ހިނގައިދާނެކަމެއްކަމާއި،
މާތްﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފުސެއް ޙައްޤަކާ ނުލައި މަރައިފި މީހެއްގެ މައްޗަށް
ދުނިޔެމަތީގައި ކަނޑައެޅިފައިވާ ޢުޤޫބާތް ބަޔާންކުރައްވަމުން ކީ، ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވަނީ:
يا أيها الذين آمنوا كتب عليكم القصاص في القتلى من الحر بالحر والعبد بالعبد والأنثى بالأنثی من
في له من أخيه شيء فاتباع بالمعروف وأداء إليه بإحسان كل تخفيف من ربكم ور فمن
.
رحمة
تدى
1
هل 5ޑ ޕަ للا لޑ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞް
ތ 2
4
02
އަންހެ
ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟު ކުރައްވައިފިއެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅަކެވެ.
އިންހެނެކެވެ. ފަހެ، އެމީހާގެ (މަރުވި) އަޚާގެ ފަރާތުން ޤިޞާޞްގެ ބައެއް މާފުކުރެވުނު މީހާ
(ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން ހެޔޮގޮތުގައި މަރުގެ ދިޔައަށް (ވާރުތަވެރިޔާ) އެދުން ހުއްޓެވެ. އަދި
އިޙްސާންތެރިކަމާއެކު މާފުކުރި ފަރާތަށް (މާފުކުރެވުނުމީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ
ވެރިރަސްކަލާނގެ ޙަޟްރަތުން (ތިޔަބައިމީހުންނަށް) ދެއްވި ލުޔެކެވެ. އަދި ރަޙްމަތެކެވެ. އެއަށްފަހު، ދެކޮޅުވެރިވެ
ޢަދާވާތްތެރިވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެމީހާއަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ." މިފަދައިންކަމާއި، އަދި ކީރިތި
ޤުރުއާނުގެ އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައިވަނީ: (ޑީللا ދީ ﷲދﷲ ;yل .للللل
couc
ޕްރިއްއްޖޭގެ
1 هލ ޕީޓާ للهޖް ގެ 178 ވަނަ لللا
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
2
ﷲهل) މާނައީ: "އަދި ޤިޞާޞް ހިފުމުގައި ތިޔަބައިމީހުންނަށް (ވަރަށްބޮޑު ދިރުމެއްވެއެވެ. އޭ ބުއްދީގެ
އަހުލުވެރިންނޭވެ! (އެއީ) ތިޔަބައި މީހުން ތަޤްވާވެރިވުމަށްޓަކައެވެ." މިފަދައިން ކަމާއި،
ޙައްޤަކާއި ނުލައި މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް (އިންސާނެއް) ނުމެރުމަށާއި
އަނިޔާވެރިގޮތުގައި މަރާލެވިފައިވާ މީހާގެ ވާރުތަވެރިންނަށް މާތްﷲ ބާރުވެރިކަމެއް ދެއްވާފައިވާކަން ބަޔާންކުރައްވާ
ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ: (ވި ތ لގ ނދޫ لا ل لل:3. لل ދﷲ
ޤަޤު ލޔ ل لل لا للޕޖު ﷲ ގަﷲ އފ؛ ) 3 މާނައީ: "އަދި ތިޔަބައިމީހުން،
3-
ހ 2
2
2x
2
3/9188
ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާ ލައިގެން މެނުވީ ނުމަރާށެވެ! އަދި އަނިޔާގެ ގޮތުގައި މަރާލެވޭ މީހާ
(ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާގެ ވަލީވެރިޔާއަށް، ތިމަންރަސްކަލާނގެ ބާރެއް ދެއްވީމެވެ. ފަހެ،
ޤަތުލުކުރުމުގައި އޭނާ އިސްރާފު ނުކުރާހުށި ކަމެވެ! ހަމަކަށަވަރުން، އެ ވަލީވެރިޔާއަކީ، ނަޞްރު ލިބިގެންވާ މީހެއް
ކަމުގައިވިއެވެ." މިފަދައިން ކަމާއި،
އިސްވެ ބަޔާންކުރެވުނު
ޤުރުއާނުގެ އާޔަތްތަކުން ސާފުކޮށް އެނގޭގޮތުގައި ރިގޮތުގައި
ޤަތުލުކުރެވުނު މީހާގެ ވާރިޘުން ޤިޞާޞް ހިފުމަށް ބޭނުންވާ ނަމަ އެކަން އެމަގުން ތަންފީޒު ކުރެވެންޖެހޭނެކަން
އެނގޭކަމާއި، މި އާޔަތްތަކުގައި މާތްﷲ ވަޙީކުރައްވާފައިވާ ބާރުވެރި ކަމަކީ، ޤާތިލުގެ ކިބައިން ޤިޞާޞް ހިފުމާއި،
ނުވަތަ ޤާތިލުގެ ކިބައިން ދިޔަ އަތުލުމަށް ފަހު ޞުލްޙަވެރިވުމާއި، ނުވަތަ ޤާތިލަށް ޢަފޫކުރުމުގެ ބާރު މަރާލެވުނު
މީހާގެ ވާރުތަވެރިންނަށް ލިބިދީފައިވުންކަން އެނގޭކަމެވެ.
3.10- ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލް ނިޒާމުގައި ޙައްޤަކާ ނުލައި ޤަޞްދުގައި
މީހަކު މެރުމުގެ ކުށުގެ އަދަބަކީ، އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބެއްކަން މި ހާދިސާ ހިނގިއިރު އަދި މި
މައްސަލާގައި ދަޢުވާކުރެވުނުއިރު، ޢަމަލުކު
.މަލުކުރެވެމު ދިޔަ ޤާނޫނު ނަންބަރު 1166 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގެ 88 ވަނަ މާއްދާގެ (ހ) އާއި (ރ) އަށާއި، އަދި މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނު ނަންބަރު 9/2014
އިމް
2 للލ ޕީޓާ لللهބޯ ގެ 179 ވަނަ އާޔަތް
3 هله1{ هلا ގެ 33 ވަނަ އާޔަތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{15/HC-A/285
03 2 3
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދެވަނަ ބައިގެ 110 ވަނަ މާއްދާގެ (ހ) އާއި، އެ ޤާނޫނުގެ ތިންވަނަ ބައިގެ
1205 ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގޭއިރު،
"އިސްލާމީ ޝަރީޢަތް" ކަމަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 274 ވަނަ
މާއްދާގައި ބުނެފައިވަނީ، ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލް
އަޙުވާލުއްޝަޙުޞިއްޔާ އާއި، މިނޫން ވެސް ކަންތައްތަކާ ގުޅިފައިވާ އަހުލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން
ބުރަވެ ވަޑައިގަންނަވާ ގޮތަށްކަން އެނގޭކަމާއި،
އެހެންކަމުން އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތުގެ މައްޗަށް ފަނޑިޔާރު
ރިޢާޔަތް ކުރުމުގައި ބަލަންޖެހޭނީ އަހުލުއްސުއްނަތި ވަލްޖަމާޢަތުގެ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތަށް
ކަމަށްވުމުން، މިފަދަ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭނީ އެ ޢިލްމުވެރިން ކުރެ ޖުމްހޫރު ޢިލްމުވެރިން ބުރަވެ
ވަޑައިގަންނަވާ ރައުޔުގެ މައްޗަށްކަމާއި،
ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މަރުގެ ވައްތަރުތައް 03 (ތިނެއް) ބަޔަކަށް ބެހިގެންވާ
2 20
ކަމާއި،
(1)ޤަތުލް ޢަމްދު هل للهلا (ޤަޞްދު މަރު)،
(2)ޤަތުލް ޝިބްހު ޢަމްދު للޏާ ޏާهلا لهދ (ޤަޞްދު މަރާ ވައްތަރު ޤަތުލު)،
(3)ޤަތުލު ޚަޠައު هل للهلا (ކުށަކުން، އޮޅިގެން މީހަކު މަރުވުން) ކަން އެނގޭއިރު، ބުނެވިދިޔަ
މަރުގެ ވައްތަރުތަކުގެ ތެރެއިން 2 އާއި 3 ގައި ބަޔާންކޮށްފައިވާ މަރުގެ ވައްތަރުތަކުގެ އަދަބެއްގެ ގޮތުން ޤިޞާޞް
ނުހިފޭނެކަމާއި، އިސްވެ ބުނެވިދިޔަ މަރުގެ ވައްތަރުތަކުގެ ތެރެއިން ހަމައެކަނި ޤިޞާޞް ޙައްޤުވަނީ، (1) ގައި
ބަޔާންކޮށްފައިވާ ޖޫ، للލهلا (ޤަޞްދު މަރު) ގައި ކަމާއި، އެފަދަ މަރުގެ މައްސަލަތަކުގައި ވެސް ޤިޞާޞް ހިފޭނީ
އެފަދަ މަރުގެ މައްސަލަތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް ފުރިހަމަވުމާއެކު، ޤިޞާޞް ހިފުމަށް މަޤްތޫލުގެ
ހުރިހާ ވާރިޘުން އޮޅުމެއްނެތި ޞަރީހަކޮށް އެދޭނަމަ ކަމަށް ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެފައިވާކަން އެނގެން
OX
* 2 ހތ4
އިންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
87
3.11- އެގާރަވަނަ ކަމަކީ: ޝަރުޢީ އިސްތިލާޙުގައި ޤަޞްދު މަރު ނުވަތަ هلا هلا އަކީ ޢާންމުކޮށް
މީހަކު މަރުވެދާ ފަދަ ހަތިޔާރަކުން ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗަކުން މީހެއްގެ ހަށިގަނޑަށް
ނުވަތަ ގުނަވަނަކަށް ހަމަލާ ދިނުމުގެ ސަބަބުން ނުވަތަ ކުޑަ ކައްޓެއް ފަދަ ވަޞީލަތެއް ބޭނުން ކޮށްގެން މީހެއްގެ
މަރުވަޅަކަށް ހަމަލާ ދިނުމުގެ ސަބަބުން އެމީހާ މަރުވުންކަން އެނގޭއިރު،
މި މައްސަލާގައި ދައުލަތުގެ ފަރާތުން
މައްޗަށް ދަޢުވާކޮށްފައިވަނީ
ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާކަމާއި، "هل ޅ" (ޤަޞްދު މަރު) ގައި 03 ރުކުނެއް ފުރިހަމަވުން
އިސްލާމީ ޝަރީޢަތް ލާޒިމްކުރާކަމާއި، އެއީ؟
(1) މަރާލެވުނު މީހާއަކީ، ދިރިހުރި އަދި ލޭ އޮހޮރުވުން މަނާކުރެވިފައިވާ (ލޭ ހުއްދަކުރެވިފައިވާ
ނުވާ) މީހެއް ކަމުގައިވުން.
(2) އެމީހާ މަރުވީ ޤާތިލް (murderer) ކުރި ޢަމަލުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވުން.
(3) ޤާތިލް ކުޅަ ޢަމަލަކީ އެމީހާ މަރާލުމުގެ ނިޔަތުގައި ކުޅަ ޢަމަލެއްކަމުގައިވުން، މިތިން
ރުކުންކަމާއި، މި މައްސަލާގައި މި ތިން ރުކުން ފުރިހަމަވޭތޯ ބަލާއިރު،
24 ޑިސެމްބަރ 2013 ދުވަހުގެ ރޭގެ 23:30 އެހައިކަށްހައިއިރު، މއ.ޢާއިޝާ، ޙުސައިން ވަޙީދު
އެގޭ ދޮރުމަތީގައި ހުއްޓައި މިމައްސަލަ އިސްތިއުނާފުކުރާ
އިތުރު ބަޔަކު އެތަނަށް
ގޮސް ޙުސައިން ވަޙީދާމެދު މާރާމާރީ ހިންގައި އޭނާއަށް
ވަޅިން ހަމަލާދިން އިރު
ޙުސައިން ވަޙީދަކީ ދިރި ދުނިޔޭގައި ހުރި މީހެއް ކަމާއި، އަދި އޭނާއަކީ އެއްވެސް ގޮތަކުން ލޭގެ ޙުރުމަތް ކެޑިފައިވާ
މީހެއް ނޫންކަމާއި،
ޙުސައިން ވަޙީދު މަރުވެފައި ވަނީ ސައިކަލްތަކެއްގައި އައި ބަޔަކާއިއެކު
އޭނާގެ މެޔަށް ވަޅިން ހަމަލާދިނުމުން އެހަމަލާގައި އޭނާގެ ހަށިގަނޑަށް ލިބުނު ޒަޚަމްތަކުގެ ސަބަބުންކަން
އައި.ޖީ.އެމް. ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރ ދީފައިވާ ލިޔުމާއި އޭނާގެ މަރު ސާބިތުކުރި ގޮތުގެ ލިޔުމަށް ބެލުމުން
އެނގޭތީ، ޙުސައިން ވަޙީދު މަރުވި ސަބަބާއި އޭނާއަށް ދެވުނު ހަމަލާއާ ގުޅިފައިވާކަން އެނގޭކަމާއި،
2 22 22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
2 22 22
އަދި ޙުސައިން ވަޙީދަށް
ހަމަލާދިނީ އޭނާ މަރާލުމުގެ ނިޔަތުގައިތޯ
ބަލާއިރު، މި މައްސަލައިގެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، މިމައްސަލަ އިސްތިއުނާފުކުރާ
24 ޑިސެމްބަރ 2013 ދުވަހުގެ ރޭގެ 23:30 އެހައިކަށްހައިއިރު، ޙުސައިން ވަޙީދަށް
ހަމަލާދިނުމަށް ދެސައިކަލްގައި އައިމީހުންގެ ތެރޭގައި ހިމެނޭ މީހެއްކަމަށްވެފައި،
ޙުސައިން ވަޙީދުގެ މެޔަށް ވަޅިން ހަމަލާދިން ދިނުމަކީ، ޙުސައިން ވަޙީދު މަރާލުމަށް
ދިން ހަމަލާއެއްކަމަށް ބެލެވޭއިރު، މިމައްސަލައިގައި
މައްޗަށް ދައުލަތުން ހުށަހެޅި
ދަޢުވާއަށް އިންކާރުކޮށްފައިވުމުން،
ނިޔަތް ދެނެގަތުމަށްޓަކައި އިސްލާމީ
ޝަރީޢަތުގައި ވެސް އަދި ޖިނާއީ ޤާނޫނުތަކުގައި ވެސް ކަނޑައެޅިފައިވާ ގޮތަކީ އެމީހާ މަރާލުމަށް ބޭނުންކުރި
ވަސީލަތާއި މަރާލުމަށް ރޭވި ރޭވުމާއި، ހަށިގަނޑުގައި ހަމަލާދީފައިވާ ތަނާއި، ހަމަލާ ދީފައިވާ ގޮތަށް ބެލުންކަން
އެނގޭއިރު،
މި މައްސަލައިގެ ޙާދިސާގައި އަނިޔާ ލިބުނު ޙުސައިން ވަޙީދު ނިޔާވެފައިވަނީ
24 ޑިސެމްބަރ 2013 ދުވަހުގެ ރޭގެ 23:30 އެހައިކަށްހައިއިރު، މއ.ޢާއިޝާގޭގެ ކުރިމަތީގައި ޙުސައިން ވަޙީދު
ހުއްޓައި ދެސައިކަލްގައި 4 (ހަތަރެއް) މީހުން ގޮސް ޙުސައިން ވަޙީދާމެދު މާރާމާރީ ހިންގައި
ޙުސައިން ވަޙީދުގެ މެޔަށް ވަޅިން ދިން ހަމަލާގެ ސަބަބުން އޭނާގެ ހަށިގަނޑަށް ލިބުނު ޒަޚަމްތަކުގެ
ސަބަބުންކަން އެނގޭކަމާއި، ޙުސައިން ވަޙީދަށް ޙަމަލާދިނުމަށް
ބޭނުންކޮށްފައިވާ
ވަސީލަތަކީ ތޫނު ވަޅިއެއް ކަމާއި، މީހަކަށް ހަމަލާދިނުމަށް އެފަދަ ހަތިޔާރެއް ބޭނުންކޮށްފިނަމަ އެހަތިޔާރަކީ މީހަކު
މަރާލެވިދާނެ ވަސީލަތެއް ކަމާއި، އަދި އެޙަމަލާ ދިނުމުގައި ޖަރީމާ ހިންގި މީހުން ޢަމަލުކޮށްފައިވާ ގޮތަށާއި ޙުސައިން
ވަޙީދުގެ ހަށިގަނޑުގައި އަމަލާދީފައިވާ ތަންތަނަށާއި މިންވަރަށް ބަލާއިރު، އެއީ ޙުސައިން ވަޙީދު މަރާލުމުގެ
ނިޔަތުގައި ދީފައިވާ ޙަމަލާއެއްކަން ބުނެވިދިޔަ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ބެލިބެލުމުން އެނގެން
އޮންނާތީ، ލޮهل هلا (ޤަޞްދު މަރު) ގައި ފުރިހަމަވާންޖެހޭ އިސްވެ ބަޔާންކޮށްފައިވާ ތިން ރުކުން ވެސް މި
މައްސަލާގައި ފުރިހަމަވާކަން އެނގެން އޮންނަކަމެ
ކަމެވެ. މިހިރާއްޖޭގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
24 0
/
<
އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަން ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއިން
ސާފުކޮށް އެނގެން އޮންނައިރު، ފަނޑިޔާރުން މައްސަލަތައް ނިންމުމުގައި ޢަމަލު ކުރަންޖެހޭ ގޮތް
ދެއަސާސީގެ
142 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ
(ހ) ގައި ބަޔާންވެފައިވާ ކަމާއި، އެގޮތުން، ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ
ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން
ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑާއަޅާފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެކަމަށް
ބަޔާންކޮށްފައި އޮތުމުން، ޤާނޫނުއަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައި ނުވާކަންކަމުގައި ގޮތެއް ނިންމުމަށްޓަކައި
ފަނޑިޔާރުން ބަލަންޖެހޭނީ އިސްލާމީ ޝަރީޢަތުގައި އެކަމެއް އޮތް ގޮތުގެ މައްޗަށްކަން އެނގޭކަމާއި، "އިސްލާމީ
ޝަރީޢަތް" އަކީ ދިވެހިރާއްޖޭގެ ޤާނޫނީ އަދި ޝަރުޢީ ނިޒާމުގައި މުހިއްމު އެއް މަޞްދަރުކަން އެނގެން
އޮންނަކަމާއި، އިސްލާމީ ޝަރީޢަތުގައި އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ވެސް ޤަޞްދުގައި މީހަކު މެރުމުގެ
ކުށްސާބިތުވާ މީހެއްގެ ކިބައިން ޤިޞާޞް ހިފުމަށް މަރުވި މީހާގެ ހުރިހާ ވާރިސުން އެދޭ ޙާލަތުގައި އެކުށް ސާބިތުވި
މީހެއްގެ މައްޗަށް ޤިޞާޞް (މަރަށް މަރު) ގެ ޙުކުމް އިއްވޭނެ ކަމާއި އަދި މިއީ ދިވެހިރާއްޖޭގެ ޤަޟާއީ ނިޒާމުގައި
އިސްތިޤްރާރުވެ، ޢަމަލުކުރަމުންދާ ގޮތްކަން ވެސް އެނގެން އޮންނަކަމެވެ.
3.13- ތޭރަވަނަ ކަމަކީ: ދިރިހުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން
ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަން އެނގެން އޮންނައިރު، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި
މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް
އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާތީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ކޯޓުތަކުން ރިޢާޔަތްކޮށް އެ
އުޞޫލުތައް ނަގަހައްޓަންވާނެ ކަމަށާއި އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތް
ކުރަންވާނެ ކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށް
ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
Cultural Rights)
Economic and
on
ހުޅުވިފައިވާ ދިމިޤްރާތީ މުޖްތަމަޢުތަކުގައާއި އަދި އެހެން މުޖްތަމަޢުތަކުގައި ޖިނާއީ ބޮޑެތި ކުށްތަކުގެ
އަދަބެއްގެ ގޮތުން "މަރު" ގެ އަދަބު މިހާރުވެސް ދެމުންދާކަމާއި،
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައްކަމަށްވާ، އައިސީސީޕީއާރު
(International Covenant on Civil and Political Rights) އާއި އާއިސީއީއެސްސީއާރު
International Covenant) އާއި ސީއާރުސީ
(Convention on the Rights of the Child) ފަދަ މުއާހަދާތަކުގައި އިސްލާމީ ޝަރީޢަތުގައި
ކަނޑައެޅިފައިވާ ހުދޫދު އަދި ޤިޞާޞްގެ އަދަބު ދިނުން ނުވަތަ އިސްލާމީ ޝަރީޢަތާއި ޚިލާފު ގޮތަކަށް
ޢަމަލުކުރަންޖެހޭ ގޮތަށް ހުރި މާއްދާތައް ދިވެހިރާއްޖެއިން ރިޒަވޭޝަން ހަދާފައިވާކަން އެނގެން އޮންނަކަމާއި،
ބައިނަލް އަޤްވާމީ މުޢާހަދާއެއްގައި ޤައުމަކުން ބައިވެރިވުމުގައި އެ މުޢާހަދާއެއްގައި ހިމެނޭ ވަކި މާއްދާއަކަށް
ރިޒަވޭޝަން ހަދާފައިވުމަކީ އެ މުޢާހަދާއަށް އެ ޤައުމުން ޢަމަލުކުރުމުގައި އެ މާއްދާއެއް އިސްތިސްނާކޮށްފައިވުންކަން
އެނގޭކަމާއި، މީގެ އިތުރުން މަރުގެ އަދަބު ދިނުން މަނާކުރާ ބައިނަލް އަޤްވާމީ މުޢާހަދާކަމުގައިވާ ސީސީޕީއާރުގެ
ސެކަންޑް އޮޕްޝަނަލް ޕްރޮޓޮކޯލް (އެބޮލިޝަން އޮފް ޑެތް ޕެނަލްޓީ) Second Optional Protocol to)
the International Covenant on Civil and Political Rights aiming at the abolition
(of the death penalty ގައި ރާއްޖެއިން ބައިވެރިވެފައިނުވާކަން އެނގެން އޮތުމާއި އަދި އިސްވެ ބުނެވުނު
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި މަރުގެ އަދަބު ދިނުން މަނާކުރާގޮތަށް ހުރި މާއްދާތަކަށް
ދިވެހިރާއްޖެއިން ހަދާފައިވާ ރިޒަވޭޝަން ދޫކޮށް ނުލައި އެގޮތުގައި ދަމަހައްޓަމުންދާކަން އެނގެން އޮތުމުން،
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުން ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލް ނިޒާމުގެ ދަށުން
ޤަޞްދުގައި މީހުން މެރުމުގެ ކުށްސާބިތުވާ މީހެއްގެ މައްޗަށް އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން ޤިޞާޞް
ހިފުމަށް ނުވަތަ މަރުގެ އަދަބު ދިނުމަށް ހުރަސްއެޅޭ ފަދަ ސަބަބެއް ފެންނަން ނެތްކަމެވެ.
3.14- ސާދަވަނަ ކަމަކީ: އަނިޔާވެރި ގޮތުގައި ޤަޞްދުގައި މީހަކު މަރާލި ޤާތިލުގެ ކިބައިން
ޤިޞާޞް ހިފުމާއި ނުވަތަ ޤާތިލްގެ ކިބައިން ދިޔަ އަތުލުމަށްފަހު ޞުލްޙަވެރިވުމާއި ނުވަތަ ޤާތިލަށް ޢަފޫކުރުމުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{015/HC-A/285
ބާރު، މަރާލެވުނު މީހާގެ ވަލީވެރިޔާއަށް ލިބިދީފައިވާކަން ކީރިތި ޤުރުއާނުގެ ޞަރީޙަ ނައްޞުން (އަލް އިސްރާ
ސޫރަތުގެ 33 ވަނަ އާޔަތުން، ދަލީލު ލިބެން އޮންނައިރު، ޤި މައްސަލައިގެ ޙާދިސާގައި ނިޔާވި މއ.ޢާއިޝާ،
ޙުސައިން ވަޙީދުގެ ވާރިޘުން ޖުވެނައިލް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ޙާޟިރުކޮށް ޙުސައިން ވަޙީދު، މަރާލި
ޤާތިލުންނާމެދު ޢަމަލުކުރަން ބޭނުންވާ ގޮތް ސާފުކުރުމުގެ ގޮތުން އިސްތިއުނާފުކުރެވިފައި މިވާ ޖުވެނައިލް ކޯޓުގެ
ޤަޟިއްޔާގައި ޙުސައިން ވަޙީދުގެ ވާރިޘުންނަކީ ކޮބައިތޯ ބަލައި އެމީހުންގެ ބަސް ހޯދާފައިވާކަމާއި، މިގޮތުން
ޙުސައިން ވަޙީދު މަރުވިއިރު، އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބި ހުރިހާ ވާރިޘުން ވެސް ބޭނުންވަނީ
ޙުސައިން ވަޙީދުގެ ޤާތިލު ނުވަތަ ޤާތިލުންގެ ކިބައިން މަރަށް މަރު (ޤިޞާޞް) ހިފުމަށްކަން މި މައްސަލައިގެ
ޝަރީޢަތުގެ މަޖިލީހަށް އެމީހުން ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
3.15- ފަނަރަވަނަ ކަމަކީ: ޙައްޤަކާ ނުލައި ޤަސްދުގައި މީހަކު މެރުމުގެ އަދަބަކީ އިސްލާމީ
ޝަރީޢަތުގައާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން އަދަބު ދެވޭ ކުށެއްކަމާއި، ޤަޞްދުގައި މީހަކު މެރުމުގެ
ކުށް މީހެއްގެ މައްޗަށް ސާބިތުވާހިނދު، އެމީހެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި މަރުވިމީހާގެ ވާރިޘުން
(ވަލީވެރިން) ބޭނުންވާ ގޮތެއް ބަލަންޖެހޭކަމާއި، އެގޮތުން ބަލައި، މަރުވި މީހާގެ ވާރިޘުން ޤާތިލުގެ ކިބައިން
ޤިޞާޞް ހިފުމަށް އެދޭ ޙާލަތުގައި އެގޮތުގެމަތިން ޝަރީޢަތުން ޙުކުމްކުރަންޖެހޭކަން އެނގޭއިރު، ކުށުގެ ޢަމަލު
ހިންގި މީހާއަކީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން އެކުށުގެ ޖިނާއީ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭ
މީހެއްކަމަށް ކަނޑައެޅުމަށްޓަކައި އޭނާއަކީ ކުށްކުރި މުކައްލަފަކު ކަމުގައިވާންޖެހޭނެ ކަމާއި، އިސްލާމީ ޝަރީޢަތުގައި
މުކައްލަފުންނަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހުންކަމާއި، މި ޝަރުޠު ފުރިހަމަވާ ކޮންމެ މީހަކީ އެމީހަކު
ކުރާ ޢަމަލުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނެ މީހެއްކަން އެނގޭއިރު،
މި މައްސަލަ އިސްތިއުނާފުކުރާ
އުފަންވެފައިވަނީ 08 ޖުލައި 1996 ވަނަ ދުވަހުގައި ކަމާއި، މި މައްސަލައިގެ ޙާދިޘާ ހިނގީ
24 ޑިސެމްބަރު 2013 ވަނަ ދުވަހުގައި ކަމަށް ވުމުން، މި މައްސަލައިގެ ޙާދިޘާ ހިނގިއިރު،
އަކީ މީލާދީ ގޮތުން ޢުމުރުން 17 (ސަތާރަ) އަހަރާއި 05 (ފަހެއް) މަހާއި 7 (ހަތެއް) ދުވަސް
ފ.ދީ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
ތަ24 ހއ
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{15/HC-A/285
2 4 2 2
ގތ ކތ ދ
22 /
22 0
ވެފައިވާ ކުއްޖެއް ކަމާއި އަދި އޭނާއަކީ ބާލިޣުވެފައިވާ ކުއްޖެއްކަން އެނގޭކަމާއި، ބާލިޣުވެ ހަމަބުއްދި ލިބިފައިވާ
ކުދިންނަކީ އެކުދިންކުރާ ޖިނާއީ ކުށުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއްކަމާއި،
ކުޑަކުއްޖެއްގެ އުމުރުން 15 އަހަރު ފުރުމަކީ އެ ކުއްޖަކު ބާލިޣުވެފައިވާކަމަށް ބެލެވޭނެ
ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށާއި ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް
ބަލާއިރުވެސް، ޢުމުރުން 15 އަހަރު ފުރިފައިވާ ކުދިން އެކުދިން ކުރާ ޖިނާއީ ކުށްތަކުގެ މަސްއޫލިއްޔަތު
އުފުލަންޖެހޭކަމާއި، ޖިނާއީ ކުށްތަކުގެ ތެރެއިން މަރުގެ މައްސަލަތަކާއި އެފަދަ މައްސަލަތަކުގައި ބައިވެރިވުމުގެ
ކުށުގެ މައްސަލަތަކުގެ ފުރިހަމަ މަސްއޫލިއްޔަތު އެ އުމުރުގެ ކުދިން އުފުލަންޖެހޭކަން އެނގޭއިރު،
24 ޑިސެމްބަރ 2013 ދުވަހުގެ ރޭގެ 22:30 އެހައިކަށްހައިއިރު، މއ.ޢާއިޝާގޭގެ ކުރިމަތީގައި
އެގޭ ޙުސައިން ވަޙީދު ހުއްޓައި ދެސައިކަލްގައި 4 (ހަތަރެއް، މީހުން އެތަނަށް ގޮސް ޙުސައިން ވަޙީދާމެދު މާރާމާރީ
ހިންގައި ވަޅިއަކުން އޭނާގެ މެޔަށް ހަމަލާދިނީ
ޙުސައިން ވަޙީދަށް ހަމަލާ ދިނުމުގައި ތޫނު ވަޅި ބޭނުންކޮށްފައިވާކަމާއި އެފަދަ ހަތިޔާރަކީ އޭގެ ބޭނުންކޮށްފިނަމަ
މީހަކު މަރާލެވިދާނެ ހަތިޔާރެއްކަން އެނގޭއިރު، އެ ޙަމަލާދިނުމުގައާއި އަދި އޭގެ ފަހުން އެ ޙަމަލާގެ ބައިވެރިން
ޢަމަލުކޮށްފައިވާ ގޮތުން އެއީ މީހަކު މަރާލުމުގެ ޤަޞްދުގައި ދީފައިވާ ޙަމަލާއެއްކަން ދައުލަތުގެ ފަރާތުން ހުށަހެޅި
ހެއްކާއި ޤަރީނާތަކުން އެނގެން އޮތުމުން، 24 ޑިސެމްބަރ 2013 ދުވަހުގެ ރޭގެ 23:30 އެހައިކަށްހައިއިރު،
މއ.ޢާއިޝާ، ޙުސައިން ވަޙީދު އެގޭ ދޮރުމަތީގައި ހުއްޓައި މިމައްސަލަ އިސްތިއުނާފުކުރާ
އިތުރު ބަޔަކު އެތަނަށް ގޮސް
ޙުސައިން ވަޙީދުގެ މެޔަށް ވަޅިއަކުން
ޙަމަލާދީފައިވަނީ އޭނާ މަރާލުމުގެ ޤަޞްދުގައިކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ޘާބިތުވާ ކަމާއި
އަދި އެ ޙާދިޘާގައި އަނިޔާ ލިބުނު މއ.ޢާއިޝާ، ޙުސައިން ވަޙީދު ނިޔާވެފައިވަނީ އިސްވެ ބުނެވިދިޔަ ޙާދިޘާގައި
އޭނާގެ މެޔަށް ލިބުނު ޒަޚަމްތަކުގެ ސަބަބުންކަން އައިޖީއެމް ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރުން ތައްޔާރުކޮށް
ލިޔުމުންނާއި ޙުސައިން ވަޙީދުގެ މަރު ސާބިތުކުރި ލިޔުމުން އެނގެން އޮތުމުން، ޙުސައިން ވަޙީދަށް ދެވުނު ޙަމަލާއާއި
ކމއ
22 4 224
ފިކޮށްފައިވާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/285
އޭނާ މަރުވި ސަބަބާ ގުޅިފައިވާކަން އެނގޭއިރު، ޙުސައިން ވަޙީދު ނިޔާވިއިރު، އޭނާގެ ވާރިޘުންގެ ގޮތުގައި ދުނިޔޭގައި
ތިބި ހުރިހާ ވާރިޘުން ވެސް ބޭނުންވަނީ ޙުސައިން ވަޙީދުގެ ޤާތިލުގެ ކިބައިން އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެމަތިން
ޤިޞާޞް (މަރަށް މަރު ހިފުމަށް ކަމަށް އެމީހުން ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
3.16- ސޯޅަވަނަ ކަމަކީ: ގަޞްދުގައި މީހަކު މެރުމުގެ ކުށް ތަޙުޤީޤުކުރުމުގައާއި އެކުށުގެ އަދަބު
ތަންފީޛުކުރުމުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގައި މަރުގެ ޙުކުމް ތަންފީޛުކުރުން ފަސްކުރެވޭނެ ޙާލަތްތަކެއް އެ
ޤަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން ކުށްސާބިތުވެފައިވާ ކުއްޖަކީ އުމުރުން
18 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވާނަމަ، އެ ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން މަރުގެ ޙުކުމް ތަންފީޛު
ކުރުން ފަސްކުރެވޭނެކަން އެނގޭއިރު، މި މައްސަލަ އިސްތިއުނާފުކުރާ
ކުށްކުރިއިރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްކަމުގައިވީނަމަވެސް މި މައްސަލައިގެ ޝަރީޢަތް
ޖުވެނައިލް ކޯޓުގައި ހިންގުނުއިރު، އޭނާގެ އުމުރުން 18 އަހަރު ފުރިހަމަވެފައިވާކަން އެނގެން އޮންނަކަމެވެ.
ހެންކަމު
ފަރާތުން އިސްތިއުނާފުކުރި
ޖުވެނައިލް ކޯޓުގެ ނަންބަރު 2014/Jv
-
C/39 ޤާޟިއްޔާގައި އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް
ބިނާކޮށް، ޖުވެނައިލް ކޯޓުގެ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން އިއްތިފާޤުވެފައިވެއެވެ.
2 ތ ގ 2
4
އަހންތމނ
OX
##
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ޖުވެނައިލް ކޯޓުގެ ނަންބަރު 2014/Jv
-
C/39 ޤާޟިއްޔާ
ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހެޅި
މައްޗަށް ބިނާކޮށް، އެ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
سرس مرمر کی
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{15/HC-A/285
ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info
@
highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv