ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/370 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/370
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 370/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޚަދީޖާ މުޙައްމަދު
އައިޑީ ކާޑު ނަންބަރު:A042781
ދާއިމީ އެޑްރެސް: ތުނޑީގެ/ އދ. މާމިގިލި
މިހާރުގެ އެޑްރެސް: ގ.ޝޭޑީގްރައުންޑް/ މާލެ
0
• އިސްތިއުނާފު ރައްދުވި ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 15 ނޮވެންބަރު 2015
ނިމުނު ތާރީޚް: 09 މެއި 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:2013/I
-
10
-
C/21
ނިންމެވިކޯޓް: އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓް
ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
ފެނުތާރީޚް: 13 މެއި 2013
ނިމުނު ތާރީޚް: 20 އޮގަސްޓް 2015
0
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ޤަ228 26
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/370
ދަޢުވާގެ ޚުލާޞާ
މިއީ، އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2013/I-10-C/21 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އދ. މާމިގިލި ތުނޑީގެ ޚަދީޖާ
މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި
މިޤަޟިއްޔާގައި މިއިސްތިއުނާފީ ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ
އޮފީސް) އެވެ.
0
-0l
ފާހަގަކުރެވުނު ނުކުތާތައް:
ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު
2013/I-10-C/21 ޤަޟިއްޔާ އަކީ، އދ. މާމިގިލި ތުނޑީގެ ކިޔާ ގޯތީގައިވާ ޢިމާރާތް، މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ކުއްޔަށް ދިނުމަށް އދ. މާމިގިލި ތުނޑީގެ ޚަދީޖާ މުޙައްމަދު (A042781) އާއި މޯލްޑިވްސް
ޕޮލިސް ސަރވިސްއާއި ދެމެދު 01 އޮގަސްޓް 2007 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު 01 އޮގަސްޓް
2012 ގައި ހަމަވުމުން، މިއެއްބަސްވުމުގައިވާ ގޮތުގެ މަތީން ޢިމާރާތް ޙަވާލުކޮށްފައި ނުވާތީ، އދ. މާމިގިލި
ތުނޑީގެ މަރާމާތުކުރުމަށް ޚަރަދުވާނެ -/500000ރ. (ފަސްލައްކަރުފިޔާ) އާއި، އެގެއަށް ލިބެމުން އައި،
ހުރިހާ އާމްދަނީއެއް ލިބުން ހުއްޓިފައިވާތީ، އެ ޢިމާރާތް ޚަދީޖާ މުޙައްމަދު އާ ޙަވާލުކުރާ ދުވަހާ ހަމައަށް އދ.
މާމިގިލި ތުނޑީގޯތީގައި ހުރި ރުއްގަހުން ލިބެންޖެހޭ -/
60000ރ. (ފަސްދޮޅަސްހާސްރުފިޔާ) އާއި، 01
އޮގަސްޓް 2012 އިން ފެށިގެން މައްސަލަ ކޯޓަށް ހުށަހެޅި ދުވަސްކަމުގައިވާ 28 އެޕްރީލް 2013 އާ ހަމައަށް
ހިނގާދިޔަ 271 ދުވަހަށް، ގޭގެ ކޮޓަރި ކުއްޔަށްދީގެން ލިބޭނެ -/
677500ރ. (ހަލައްކަ ހަތްދިހަހަތްހާސް
ފަސްސަތޭކަރުފިޔާ) އާއި މިޤަޟިއްޔާ ނިންމާ ދުވަހާ ހަމައަށް ގޭގެ ކޮޓަރި ކުއްޔަށް ދީގެން ލިބޭނެ ފައިސާ
އާއި، ވަކީލަށް ދައްކަންޖެހުން -/15000ރ. ފަނަހާސްރުފިޔާ) އާއި މައްސަލައިގެ އަޑުއެހުންތަކަށް ވަކީލު
ގެންނަށް ޚަރަދު ކުރަންޖެހޭ ދަތުރު ޓިކެޓާއި ހުރުމާއި ކޮއްތު ޚަރަދަށް ޖެހޭ ފައިސާއާއި، މިޤަޟިއްޔާ
ޝަރީޢަތުން ނިމޭ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢިމާރާތް ޚަދީޖާ މުޙައްމަދުއާ
ޙަވާލުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް 5 ކޮޓަރީގެ ކުއްޔަށް ރެއަކާއި ދުވާލަކަށް ޖެހޭ -/2500 ރ.
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/370
OXO.
މި
(ދެހާސްފަސްސަތޭކަ ރުފިޔާ) ގެ މަގުން މަހަކަށް ޖެހޭ ވަރު ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ޚަދީޖާ
މުޙައްމަދު އަށް ދެއްކުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގަވައި އެގޮތުގެ މަތިން ޙުކުމްކޮށް އެދި
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޚަދީޖާ މުޙައްމަދު ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ: "ދެންފަހެ، މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ދެ
ފަރާތުން ދީފައިވާ ބަޔާންތަކަށާއި، ހުށަހެޅިފައިވާ ލިއުންތަކަށާއި، ޤާނޫނީ ނައްޞުތަކަށާއި ފާހަގަ ކުރެވިދިޔަ
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އދ.މާމިގިލި ތުނޑީގެ ކިޔާ ގޯތީގައިވާ ޢިމާރާތް، މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ކުއްޔަށް ދިނުމަށް، އދ. މާމިގިލި ތުނޑީގެ ޚަދީޖާ މުޙައްމަދު (A042781) އާއި،
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ދެމެދު 01 އޮގަސްޓް 2007 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު 01
އޮގަސްޓް 2012 ގައި ހަމަވުމުން، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢިމާރާތް މަރާމާތުކޮށް ފަރުނީޗަރާ
ހިފާ ގެންގުޅޭ ތަކެތި ކުއްޔަށް ދިންއިރު ހުރި ފެންވަރަށް އާކޮށް، ޢިމާރާތް ޚަދީޖާ މުޙައްމަދު އާއި ޙަވާލުކޮށްފައި
ނުވާތީ، އދ.މާމިގިލި/ތުނޑީގެ މަރާމާތުކުރުމަށް ޚަރަދުވާ -/
500000ރ. (ފަސްލައްކަ ރުފިޔާ) އާއި އެ ގެއަށް
ލިބެމުން އައި، ހުރިހާ އާމްދަނީ ލިބުން ހުއްޓިފައިވާތީ، އެ ޢިމާރާތް ޚަދީޖާ މުޙައްމަދު އާއި ޙަވާލުކުރާ
ހަމައަށް، އދ.މާމިގިލި ތުނޑީގޯތީގައި ހުރި ރުއްގަހުން
ލިބެންޖެހޭ
(ފަސްދޮޅަސްހާސްރުފިޔާ) އާއި، 01 އޮގަސްޓް 2012 އިން ފެށިގެން މިމައްސަލަ ކޯޓަށް ހުށަހެޅި ދުވަސް
ކަމަށްވާ 28 އެޕްރީލް 2013 އާއި ހަމައަށް ހިނގާދިޔަ 271 ދުވަހަށް، ގޭގެ ކޮޓަރި ކުއްޔަށް ދީގެން ލިބޭނެ
-/677500ރ. (ހަ ލައްކަ ސަތުހަތްތަރި ހާސް ފަސްސަތޭކަ ރުފިޔާ) އާއި، މި ޤަޟިއްޔާ ނިންމާ ދުވަހާއި
ހަމައަށް ގޭގެ ކޮޓަރި ކުއްޔަށް ދީގެން ލިބޭނެ ފައިސާއާއި، ވަކީލަށް ދައްކަން ޖެހުން -/15000 ރ.
(ފަނަރަހާސް ރުފިޔާ) އާއި މައްސަލައިގެ އަޑުއެހުން ތަކަށް ވަކީލު ގެންނަން ކުރަންޖެހޭ ދަތުރު ޓިކެޓާއި،
ހުރުމާއި ކޮއްތު ޚަރަދަށް ޖެހޭ ފައިސާއާއި، މި ޤަޟިއްޔާ ޝަރީޢަތުން ނިމޭދުވަހުން ފެށިގެން މޯލްޑިވްސް
ޕޮލިސް ސަރވިސް އިން ޢިމާރާތް މީނާއާއި ޙަވާލުކުރަންދެން ހިނގާ ކޮންމެ ދުވަހަކަށް، 5 ކޮޓަރީގެ ކުއްޔަށް
ރެއަކާއި ދުވާލަކަށް ޖެހޭ -/2500 ރ. (ދެ ހާސް ފަސްސަތޭކަ ރުފިޔާ) ގެ މަގުން، މަހަކަށް ޖެހޭ ވަރު، އެ
މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން މީނާއަށް ދެއްކުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަންގަވައި
-/60000ރ
R
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
އެއްބަސްވުން
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37)
ޚި
އެގޮތުގެ މަތިން ޙުކުމް ކޮށްދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް މައްޗަށް ޚަދީޖާ މުޙައްމަދު
ހުށަހަޅާފައިވާ ދަޢުވާއަށް ޝަރީޢަތުން ބެލިއިރު،
އދ.މާމިގިލި ތުނޑީގެ ކިޔާ ގޯތީގައިވާ ޢިމާރާތްތައް 05 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް
ދިނުމަށްޓަކައި، ޚަދީޖާ މުޙައްމަދު އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ދެމެދު 01 އޮގަސްޓް 2007
ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު 01 އޮގަސްޓް 2012 ގައި ހަމަވުމުން، އެއްބަސްވުން
ނިމިފައިވާކަމާއި، މި އެއްބަސްވުމުގެ 06 ވަނަ މާއްދާގައި "ކުއްޔަށް ހިފިފަރާތުން ޢިމާރާތް ދޫކޮށްލާއިރު
ޢިމާރާތް ހުންނަންވާނީ، ޤުދުރަތީ ގޮތުން ލިބޭ ގެއްލުންތައް ފިޔަވައި، ޢިމާރާތް ހުރި ފެންވަރުގައި" ކަމަށް
ބަޔާންކޮށްފައި އޮތުމަކީ، ޢިމާރާތާއި ތަކެތި ކުއްޔަށް ދިންއިރު ހުރި ޙާލަތެއްގައި ނެތް ހިދެއްގައި، މުއްދަތު
ހަމަވެފައިވާ މި އެއްބަސްވުން އަލުން ދިރުން ލިބިދޭ ސަބަބެއް ނޫންކަމާއި، މިޙާލަތުގައި މުއްދަތު ހަމަވެފައިވާ
އެއްބަސްވުން އެއްވެސް މުއްދަތެއްނެތި، ދާއިމީ ސިފައެއްގައި ވަކި ޙާލަތެއް މެދުވެރި ވަންދެން ދެމި
އޮންނަންވީ ސަބަބެއް ނޫންކަމާއި، މި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ޢިމާރާތާއި ތަކެތި ކުއްޔަށް ދިންއިރު
ހުރި ޙާލަތުގައި ނެތް ކަމަށް ބުނެ، ޚަދީޖާ މުޙައްމަދުގެ ނުރުހުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް
ދާއިމީ ސިފައެއްގައި އެ ޢިމާރާތުގައި ހުރުމުގެ ޙައްޤު ނުލިބޭ ފަދައިން، ނިމިފައިވާ މި އެއްބަސްވުން ޚަދީޖާ
މުޙައްމަދު އަށް ކުރިޔަށް ނުގެންދެވޭނެ ކަމާއި މި އެއްބަސްވުމުގެ 06 ވަނަ މާއްދާ އާއި 09 ވަނަ މާއްދާ
ގައިވާ ޙާލަތުގައި ޢިމާރާތާ، ފަރުނީޗަރު ނެތްނަމަ އެތަންތަނާއި ތަކެތި އެޙާލަތަށް ގެނައުމަށް ހިނގާ ޚަރަދު
ޚަދީޖާ މުޙައްމަދަށް ޙައްޤުވާނެ ކަމާއި، ދެ ފަރާތު ދެމެދުގައި ވެފައިވާ މި ނިމުމަކަށް ގެނައުމަށް
ޢިމާރާތާއި ވެރިފަރާތުން ޙަވާލުވުމަށްފަހު، ޢިމާރާތާއި ފަރުނީޗަރަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުން
މާތުކުރުމަށް ދެފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން ޙައްލު ނުވެއްޖެ-
އެޖެނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް
އްކަތް ކުރުމުގެ ޙައްޤު ޚަދީޖާ މުޙައްމަދު އަށް ލިބިގެންވާކަމާއި،
ޚަދީޖާ މުޙައްމަދު އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ދެމެދު ވަކި މުއްދަތެއް ކަނޑައަޅައި
އެއްބަސްވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުމުގައި ކުއްޔަށް ދީފައިވާ އދ.މާމިގިލި/ތުނޑީގޭ
ޢިމާރާތާއި ފަރުނީޗަރަށް ގެއްލުމެއް ލިބި މަރާމާތެއް ކުރަން ޖެހިފައިވާނަމަ އެކަން ދެނެގަންނާނެ ގޮތަކާއި އިރެއް
ކަނޑައެޅިގެން އެއްބަސް
އެއްބަސްވުމުގައި ބަޔާންކޮށްފައި ނުވާތީ، އެ ކަންކަން ދެނެގަނެވޭނީ، ޢިމާރާތް ކުއްޔަށް ދިން
މަރާމާމު
މަސައްކަތް
ecco cc
z
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37)
މުއްދަތު ހަމަވުމުން ޚަދީޖާ މުޙައްމަދު ޢިމާރާތާއި ޙަވާލުވެ، އެ ގެއްލުންތައް އިންޞާފުވެރި ގޮތަކަށް ހިސާބު
ކުރެވިގެން ކަމަށްވެފައި، ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޚަދީޖާ މުޙައްމަދު ހޯދަން ހުށަހަޅާފައިވާ -
/500000ރ. (ފަސްލައްކަ ރުފިޔާ) އަކީ، ކުއްޔަށް ދިން ޢިމާރާތުގެ މުއްދަތު ހަމަވިއިރު އެ ޢިމާރާތާ
ފަރުނީޗަރަށް ލިބިފައިވާ ކޮންކޮން ގެއްލުންތަކެއްގެ ބަދަލުކަން ބަޔާންކޮށް އެސްޓިމޭޓެއް ނުވަތަ ހިސާބެއް ވެސް
ހުށަހަޅާފައި ނެތުމުން، މިބަދަލަކީ ކުއްޔަށް ހިފާ ފަރާތުން ނަގައިދެވޭނެ ބަދަލެއް ނޫންކަމާއި، މި އެއްބަސްވުން
31 ޖުލައި 2012 ގައި ނިމި ދިއުމުން، އެ ޢިމާރާތް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކޮށްލާފައިވުމާއި،
އެ ތާރީޚުގެ ކުރިން ޚަދީޖާ މުޙައްމަދު އެ ޢިމާރާތާ ޙަވާލުވާން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތުމާއި،
އަދި އެ ޢިމާރާތުގައި ކުރަންޖެހޭ މަރާމާތެއް ހުރި ނަމަ އެ މަރާމާތުތައް ފުރިހަމަ ކުރުމުން މެނުވީ ޚަދީޖާ
މުޙައްމަދު އެ ޢިމާރާތާ ޙަވާލުވުމަށް އިންކާރުކޮށްފައިވާތީ، އެ ޢިމާރާތާ ޙަވާލުވެފައި ނުވަނީ ޚަދީޖާ މުޙައްމަދު
ކަން ޚަދީޖާ މުޙައްމަދު ހުށަހަޅާފައިވާ މި ދަޢުވާގައި ވެފައިވާ އިޢްތިރާފުން އެނގެން އޮންނަ ހިނދު،
މި ޤަޟިއްޔާގެ ދަޢުވާލިބޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކިބައިން، ޚަދީޖާ މުޙައްމަދު ގެ
ގޭގައިވާ ޢިމާރާތް ކުއްޔަށްދީ މުއްދަތު ހަމަވިއިރު ވެސް ޙަވާލު ނުކުރާކަމަށް ބުނެ، ޢިމާރާތް ޙަވާލުނުކުރުމުން
ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް އެދިފައިވާ، އދ. މާމިގިލި ތުނޑީގޯތީގައި ހުރި
ރުއްގަހުން ލިބެންޖެހޭ -/60000ރ. (ފަސްދޮޅަސް ހާސް ރުފިޔާ) އާއި،01 އޮގަސްޓް 2012 އިން ފެށިގެން
މިމައްސަލަ ކޯޓަށް ހުށަހެޅި ދުވަސް ކަމަށްވާ 28 އެޕްރީލް 2013 އާއި ހަމައަށް ހިނގާދިޔަ 271 ދުވަހަށް
ގޭގެ ކޮޓަރި ކުއްޔަށް ދީގެން ލިބޭނެ -/
677500ރ. (ހަ ލައްކަ ސަތުހަތްތަރި ހާސް ފަސްސަތޭކަ ރުފިޔާ)
އާއި، މި ޤަޟިއްޔާ ނިންމާ ދުވަހާއި ހަމައަށް ގޭގެ ކޮޓަރި ކުއްޔަށް ދީގެން ލިބޭނެ ފައިސާއާއި، ވަކީލަށް
ދައްކަން ޖެހުން -/
15000ރ. (ފަނަރަހާސް ރުފިޔާ) އާއި މައްސަލައިގެ އަޑުއެހުން ތަކަށް ވަކީލު ގެންނަން
ކުރަންޖެހޭ ދަތުރު ޓިކެޓާއި ހުރުމާއި ކޮއްތު ޚަރަދަށް ޖެހޭ ފައިސާއާއި، މި ޤަޟިއްޔާ ޝަރީޢަތުން
ނިމޭދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޢިމާރާތް މީނާއާއި ޙަވާލުކުރަންދެން ހިނގާ ކޮންމެ
ދުވަހަކަށް، 5 ކޮޓަރީގެ ކުއްޔަށް ރެއަކާއި ދުވާލަކަށް ޖެހޭ -/2500ރ. ދެ ހާސް ފަސްސަތޭކަ ރުފިޔާ) އާއި
މަދަނީ އެހެނިހެން މަންފާތައް ނަގައި ދިނުމަށް އެދިފައިވީ ނަމަވެސް ޚަދީޖާ މުޙައްމަދު އާއި މޯލްޑިވްސް ޕޮލިސް
ސަރވިސް އާއި ދެމެދު އދ.މާމިގިލި ތުނޑީގެ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، އިސްވެ
RE
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/370
އިޝާރާތް ކުރެވުނު މަންފާތައް ޚަދީޖާ މުޙައްމަދު އަށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް
ތަނެއް ނެތްކަމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ. މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
ދ 8
4
2
އނާގެ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓްގެ
ނަންބަރު 2013/I-10-C/21 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޚަދީޖާ މުޙައްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ހ)
އާއި (ށ) އާ ޚިލާފަށް ޙުކުމްކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ޚަދީޒާ މުޙައްމަދު އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ވެފައިވާ
އެއްބަސްވުމުގެ 06 ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވުމާއި، ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ 22 ވަނަ މާއްދާއާ ޚިލާފަށް ޙުކުމްކުރައްވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2013/I-10-C/21
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޚަދީޖާ މުޙައްމަދުގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
މާމިގިލީ ތުނޑީގެ އެވެ ކިޔާ ގެއާއި އެގޭގައި ހަދާފައިވާ 05 (ފަހެއް) ކޮޓަރިއާއި،
05 (ފަހެއް) ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގެއާއި، މެސްރޫމާއި، ގުދަނާއި، ލޯންޑް ރީއެއް ހިމެނޭގޮތަށް
ccc
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37)
4 4
ގިފިއްޔެއް އެކުލެވޭ ޢިމާރާތް ކުއްޔަށް ދިނުމާ ގުޅޭގޮތުން ޚަދީޖާ މުޙައްމަދު އާއި، މޯލްޑިވްސް ޕޮލިސް
ސަރވިސް އާ ދެމެދު 01 އޯގަސްޓް 2007 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތް
މޯލްޑިވްސް ޕޮލިސްސަރވިސްއަށް ކުއްޔަށް ދިނުމަށްފަހު، ކުއްޔަށްދިން މުއްދަތު 01 އޯގަސްޓް 2012 ވަނަ
ދުވަހު ހަމަވުމާއެކު، އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ކުއްޔަށް ހިފާ ފަރާތުން
ޢިމާރާތް ދޫކޮށްލާއިރު، ޢިމާރާތް ހުންނަންވާނީ، ޤުދުރަތީގޮތުން ލިބޭ ގެއްލުންތައް ފިޔަވާ ޢިމާރާތް ކުއްޔަށް
ހިފިއިރު ހުރި ފެންވަރުގައި ކަމަށް އެއްބަސްވުމުގައި އޮންނަހިނދު، މައްސަލަ ހުށަހެޅި ދުވަހާ ހަމައަށް
އައިއިރުވެސް ތަނުގައި އެއްވެސް މަރާމާތެއް ކޮށްފައިނުވާކަމަށާއި، ތަން އަދިވެސް ޚަދީޖާ މުޙައްމަދުއާ
ހަވާލުކޮށްފައިނުވާ ކަމަށްބުނެ، އެކަމުގެ ސަބަބުން ތުނޑީގޭގައިހުރި ރުއްގަހުގައި އަޅާ ތަކެތި ވިއްކައިގެން
ޚަދީޖާ މުޙައްމަދު ހޯދަމުންގެންދިޔަ އާމްދަނީ ލިބުން ހުއްޓިފައިވާކަމަށާއި، ތަކެތި ވިއްކައިގެން އާމްދަނީ ހޯދުމަށް
އޮތް ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެ، އޭގެ ބަދަލު ހޯދުމަށާއި، ޢިމާރާތް ކުއްޔަށްދީގެން ހޯދަމުންއައި
އާމްދަނީ ލިބުން ހުއްޓިފައިވާ ކަމަށާއި، އާމްދަނީ ހޯދުމަށް އޮތް ފުރުސަތު ގެއްލިފައިވާ ކަމަށާއި، 01 އޯގަސްޓް
2012 ވަނަ ދުވަހުން ފެށިގެން 28 އޭޕްރީލް 2013 ވަނަ ދުވަހާ ހަމައަށް ހިނގާދިޔަ 271 (ދުއިސައްތަ
ހަތްދިހަ އެކެއް) ދުވަހަށްވާ ޖުމްލަ -/
677550ރ. (ހަލައްކަ ހަތްދިހަ ހަތްހާސް ފަސްސަތޭކަ ފަންސާސް
ރުފިޔާ) އާއި ޢިމާރާތް ޙަވާލުކުރަންދެން ކޮޓަރި ކުއްޔަށްދީގެން އާމްދަނީގެ ގޮތުގައި ދުވާލަކަށް ލިބޭނޭ ކަމަށް
ޚަދީޖާ މުޙައްމަދުގެ ފަރާތުން ދެކޭ -/
2500ރ. (ދެހާސް ފަސްސަތޭކަ ރުފިޔާ) އާއި ޢިމާރާތް މަރާމާތު
ކުރަންދާނެ ޚަރަދުގެ ގޮތުގައި -/500000ރ (ފަސްލައްކަ ރުފިޔާ) އާއި، ވަކީލުގެ ފީއާއި، ވަކީލު ޝަރީޢަތުގެ
ކޮންމެ އަޑުއެހުމަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ދަތުރު ޚަރަދާއި، ހުރުމާއި ކެއިންބުއިމުގެ ޚަރަދު ނަގައި
ދިނުމަށް އެދި، ޚަދީޖާ މުޙައްމަދު ދަޢުވާކޮށްފައިވާއިރު،
ކުއްޔަށް ދިން ޢިމާރާތުގެ މުއްދަތު ހަމަވިއިރު އެ ޢިމާރާތާ ފަރުނީޗަރަށް ލިބިފައިވާ ކޮންކޮން
ގެއްލުންތަކެއްކަން ބަޔާންކޮށް އެސްޓިމޭޓެއް ނުވަތަ ހިސާބެއް ހުށަހަޅާފައިނުވާތީ އެބަދަލަކީ ނަގައިދެވޭނެ
ނެދަލެއް ނޫންކަމަށާއި، އެއްބަސްވުން 31 ޖުލައި 2012 ގައި ނިމި ދިއުމުން، އެ ޢިމާރާތް މޯލްޑިވްސް
ޕޮލިސް ސަރވިސް އިން ދޫކޮށްލާފައިވުމާއި، އެ ތާރީޚުގެ ކުރިން ޚަދީޖާ މުޙައްމަދު އެ ޢިމާރާތާ ޙަވާލުވާން
މަސައްކަތް ކޮށްފައިވާކަން އެނގެން ނެތުމުންނާއި، ޢިމާރާތާ ޙަވާލުވެފައި ނުވަނީ ޚަދީޖާ މުޙައްމަދުކަން ޚަދީޖާ
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{015/HC-A/370
މުޙައްމަދު ވެފައިވާ އިޢްތިރާފުން އެނގެން އޮންނާތީ، ޢިމާރާތް ޙަވާލުނުކުރުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ
ގޮތުގައި ނަގައި ދިނުމަށް އެދިފައިވާ ފައިސާއާއި ވަކީލު ފީ އާއި މައްސަލައިގެ އަޑުއެހުން ތަކަށް ވަކީލު
ގެންނަން ކުރަންޖެހޭ ދަތުރު ޓިކެޓާއި ހުރުމާއި ކޮއްތު ޚަރަދަށް ޖެހޭ ފައިސާ ޚަދީޖާ މުޙައްމަދު އަށް ދިނުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގާނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި އަރިއަތޮޅު ދެކުނުބުރީ
މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/I-10-C/21 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަން އެނގެން
8
އި
4
ކުއްޔަށް ފި
(ނ) އދ. މާމިގިލީ ތުނޑީގޭ ގޯތީގައިވާ ޢިމާރާތް 05 އަހަރު ދުވަހު މުއްދަތަށް ކުއްޔަށް
ދިނުމަށް އދ. މާމިގިލީ ތުނޑީގެ ޚަދީޖާ މުޙައްމަދާއި މޯލްޑިވްސް ޕޮލިސްސަރވިސް ދެމެދު 01 އޮގަސްޓް
2007 ގައި އެއްބަސްވުމެއް ވެފައިވާކަމާއި، އެއެއްބަސްވުމުގެ މުއްދަތު 31 ޖުލައި 2012 ގައި
ހަމަވެފައިވާކަމާމެދު ދެފަރާތުގެ މެދުގައި ޚިލާފެއް ނެތްކަމާއި،
އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ 06 ވަނަ މާއްދާގައި، ކުއްޔަށް ހިފާ ފަރާތުން ޢިމާރާތް
ދޫކޮށްލާއިރު، ޢިމާރާތް ހުންނަންވާނީ، ޤުދުރަތީގޮތުން ލިބޭ ގެއްލުންތައް ފިޔަވައި ޢިމާރާތް ކުއްޔަށް ހިފިއިރު
ހުރި ފެންވަރުގައި ކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި ސްވުމުގެ 09 ވަނަ މާއްދާގައި ގުދުރަތީ ގޮތުން
ގެއްލުންތައް ފިޔަވައި، ޢިމާރާތަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް
ގެއްލުންތައް މަރާމާތުކޮށް ބަލަހައްޓަންވާނީ ފަރާތުން
ށްފައިވާކަމާއި،
އެހެންކަމުން، އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ މުއްދަތުގައި ގުދުރަތީ ޢިމާރާތަށް
ލިބިފައިވާ ގެއްލުމެއް ފިޔަވައި ޢިމާރާތަށް ލިބިފައިވާ އެންމެހައި ގެއްލުންތަކެއް ކުއްޔަށް ފަރާތްކަމުގައިވާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މަރާތުކޮށްދެންޖެހޭނެކަން އެނގެއެވެ.
(ނ) ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތް މޯލްޑިވްސް
ޕޮލިސްސަރވިސް އިން ކުއްޔަށް ހިފި މުއްދަތުގައި އެއްބަސްވުމުގައި ވާގޮތުގެ މަތިން، ޤުދްރަތީގޮތުން ލިބޭ
ގެއްލުންތައް ފިޔަވައި ޢިމާރާތް ކުއްޔަށް ހިފިއިރު ހުރި ފެންވަރަށް ޢިމާރާތް މަރާމާތުކޮށްދިނުމަކީ މޯލްޑިވްސް
ޕޮލިސްސަރވިސްގެ ޒިންމާއެއްކަމާމެދު އެފަރާތުން އިންކާރު ނުކުރާކަމާއި،
އދ8
ހ2 0
0 ދ
ބަޔާންކޮށްފައި
22
ހަފި
ދިވެހިރާއްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37(
އިJބނޑު
ޓ ޓ 0
20
4
އެހެންކު2
ކުއްޔަށް
މޯލްޑިވްސް ޕޮލިސްސަރވިސްގެ އިން ކުއްޔަށްހިފި ޢިމާރާތް މަރާމާތު ކުރުމަށް
ޤާނޫނުގައިވާ ގޮތުގެ މަތިން އިޢުލާނެއް ކުރެވި،
22 ނޮވެމްބަރު 2012 ގައި ކުރި އިޢުލާނަށް އިޖާބަދީ
ހުށަހަޅާފައިވާ ބީލަންތަކުގެ ޑޮކިއުމަންޓް ފުރިހަމަ ނުވާތީވެ، 22 ނޮވެމްބަރު 2012 ގައި ކުރި އިޢުލާން
ބާޠިލްކޮށް، 10 ޑިސެމްބަރު 2012 ގައި ދެވަނަ ފަހަރަށް އެ ޢިމާރާތް މަރާމާތު ކުރުމަށް އިޢުލާނެއް ކުރެވި،
10 ޑިސެމްބަރު 2012 ގައި ކުރެވުނު އިޢުލާނަށްވެސް އެކަށޭނަ އިޖާބައެއް ނުލިބުމުން 3 ވަނަ ފަހަރަށް، 28
ޖަނަވަރީ 2013 ގައި އިޢުލާނެއްކުރެވު
ދެވުނުކަމާއި، އެހެންނަމަވެސް، އިޢުލާނަށްވެސް އެކަށީގެންވާ އިޖާބައެއް
ލިބިފައި ނުވާކަމާއި،
ކަމުން އެއްބަސްވުމުގައިވާ ގޮތަށް ޤުދުރަތީ ގޮތުން ލިބޭ ގެއްލުންތައް ފިޔަވާ ޢިމާރާތް
ހިފިއިރު ހުރި ފެންވަރަށް ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް
ޕޮލިސްސަރވިސްއިން އެކަށީގެންވާ މަސައްކަތް ކޮށްފައިވާކަން އެނގެން އޮތުމުން، އެޢިމާރާތައް މަރާތުކުރަންޖެހޭ
ފަދަ ގެއްލުންތަކެއް ލިބިފައިވާކަން މޯލްޑިވްސް ޕޮލިސްސަރވިސްއިން ވެސް ޤަބޫލުކުރާކަން އެނގޭކަމާއި؛
އެއްބަސްވުމުގައިވާ ގޮތުގެ މަތީން ޢިމާރާތް ޙަވާލުކޮށްފައި ނުވާތީ، އދ. މާމިގިލި ތުނޑީގެ
ޚަރަދުވާނެކަމަށް ބުނެ ޚަދީޖާ މުޙައްމަދުގެ ފަރާތުން ހޯދުމަށް އެދިފައިވާ -/
500000ރ.
(ފަސްލައްކަރުފިޔާ) އަށް ނަޒަރުކުރާއިރު، މަރާމާތުކުރުމަށް ހިނގާފައިސާއަކީ ދައްކަންޖެހޭނެ ފައިސާއެއް ކަމަށް
މޯލްޑިވްސް ޕޮލިސްސަރވިސްގެ ފަރާތުން ޤަބޫލުކުރި ނަމަވެސް ހޯދުމަށް އެދިފައިވާ -/500000ރ.
(ފަސްލައްކަރުފިޔާ) އަކީ މޯލްޑިވްސް ޕޮލިސްސަރވިސްއިން ޤަބޫލުކުރާ ޢަދަދެއް ނޫންކަން އެނގެން އޮތުމުގެ
އިތުރުން، މަރާމާތައް ހިނގާނެ ކަމަށް ބުނެ ހުށަހަޅާފައިވާ -/
500000ރ. (ފަސްލައްކަރުފިޔާ) އަކީ ކިހިނެއް
ކޮން ގޮތަކަށް ހަދާފައިވާ ހިސާބެއްކަމެއް ޝަރީޢަތަށް ސާފުވާނެ ގޮތެއްގެ މަތީން ހުށަހަޅާފައިވާކަން އެނގެން
ނެތިފައި ޢިމާރާތަށް ލިބިފައިވާ ގެއްލުން މިންކޮށްފައިވާ ގޮތެއް ބަޔާންކުރާ ލިޔުމެއް ހުށަހަޅާފައި ނެތުމުން،
މަރާމާތައް ހިނގާނެ ކަމަށް ބުނެ ހުށަހަޅާފައިވާ -/500000ރ. (ފަސްލައްކަރުފިޔާ)ގެ މިންވަރަކީ ބަދަލުގެ
ގޮތުގައި ނަގައިދެވޭނެ މިންވަރެއް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ދ
99344ދ8
22 00ރ2ށ
cec
¢ ¢ ¢ ¢
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
އެކަ85
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/370
އިޢުލާން ކުރުމުންވެސް
(ށ) ދެފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފު ޢިމާރާތް މަރާމާތު ކުރުމަށް
މޯލްޑިވްސް ޕޮލިސްސަރވިސްގެ ފަރާތުން ތަކުރާރުކޮށް
އެކަށީގެންވާ އިޖާބައެއް
ލިބިފައިނުވާކަން އެނގެން އޮންނައިރު، ކުއްޔަށްދިންތަނާ ޙަވާލުވާނީ ތަން މަރާމާތުކުރުމުން ކަމަށްބުނެ ތަނުގެ
ވެރިފަރާތާ ތަނާ ޙަވާލުވުމަށް އިންކާރުކޮށްފައިވާކަން އެނގެން އޮވެފައި، ކުއްޔަށްދިން ތަނާ ތަނުގެ ވެރިފަރާތުން
ޙަވާލުނުވުމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާވާންޖެހޭނީ އެ ފަރާތުންކަމާއި، ތަނުގެ ވެރިފަރާތުން އެ ފަރާތަށް
ލިބޭ ގެއްލުން ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތްކަމުން ކުއްޔަށްދީފައިވާ
ގޭގައިހުރި ރުއްގަހުގައި އަޅާ ތަކެތި ވިއްކައިގެން ޚަދީޖާ މުޙައްމަދު ހޯދަމުންގެންދިޔަ އާމްދަނީ ލިބުން
ހުއްޓިފައިވާކަމަށާއި، ތަކެތި ވިއްކައިގެން އާމްދަނީ ހޯދުމަށް އޮތް ފުރުސަތު ގެއްލިފައިވާ ކަމަށް ބުނެ، ބަދަލުގެ
ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާއާއި ތަން ކުއްޔަށްދީގެން ލިބޭނެ ކަމަށް ބުނެފައިވާ ފައިސާއަކީ ޝަރީޢަތުން
ނަގައިދެވޭނެ ފައިސާއެއް ނޫންކަމަށް ކަނޑައަޅުއްވާފައިވަނީ ރަގަޅަން ނޫން ކަމަށް ބެލެވެން ނެތްކަން
etc
CCC
އެނގެއެވެ.
(ނ) ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތް މޯލްޑިވްސް
ޕޮލިސްސަރވިސް އިން ކުއްޔަށް ހިފި މުއްދަތުގައި އެއްބަސްވުމުގައި ވާގޮތުގެ މަތިން، ޤުދްރަތީގޮތުން ލިބޭ
ގެއްލުންތައް ފިޔަވައި ޢިމާރާތް ކުއްޔަށް ހިފިއިރު ހުރި ފެންވަރަށް ޢިމާރާތް މަރާމާތުކޮށްދިނުމަކީ މޯލްޑިވްސް
ޕޮލިސްސަރވިސްގެ ޒިންމާއެއްކަމާމެދު އެފަރާތުން އިންކާރު ނުކުރާއިރު އަދި ކުއްޔަށްދިން ޢިމާރާތުގައި
މަލާތުކުރަންޖެހޭ ކަންތައްތަކެއް
ހުރިކަން މޯލްޑިވްސް ޕޮލިސްސަރވިސްއިން ޢަމަލުކޮށްފައިވާ ގޮތުން އެނގެން
އޮވެފައިވާ، އެތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އެކަށީގެން މަސައްކަތެއް ކުރެވިފައިވާކަން އެނގެން
އޮތުމާއެކު، މިޙާލަތުގައި އެންމެ އިންޞާފުވެރިގޮތަކީ ކޯޓުގެ ފަރާތުން ޝަރުޢީ އަގުކޮމިޓީ މެދުވެރިކޮށް ތަން
ބެލުމަށްފަހު ކުރަންޖެހިފައިވާ
ބަލައި މިންކުރުމަށްފަހު ހޭދަވާނެ މިންވަރެއް
ކަނޑައެޅުންކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ އަރިއަތޮޅު ދެކުނުބުރި މާމިގިލި
މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2013/I-10-C/21 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
/944ދވ
މަރާމާތުތައް
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/37)
ގެންނަންޖެހޭކަމަށާއި، މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ތަނަށް
ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ހޭދަވާނެ މިންވަރެއް ކަނޑައެޅުމަށްޓަކައި ދަށުކޯޓަށް ތަޙްވީލުކުރަންޖެހޭ
ކަމަށެވެ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
އަރިއަތޮޅު ދެކުނުބުރި މާމިގިލި މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2013/I-10-C/21 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމް މިޤަޟިއްޔާގެ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ބާތިލްކޮށް މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި މޯލްޑިވްސް ޕޮލިސް
ސަރވިސް އާއި އދ. މާމިގިލި ތުނޑީގޭ ޚަދީޖާ މުޙައްމަދު އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުއްޔަށް ހިފާފައިވާ އދ. މާމިގިލީ ތުނޑީގެ އެވެކިޔާ ގެ އަށް
ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށް ހޭދަވާނެ މިންވަރެއް ކަނޑައެޅުމަށްޓަކައި އަރިއަތޮޅު ދެކުނުބުރި
މާމިގިލި މެޖިސްޓްރޭޓް ކޯޓަށް މި ޤަޟިއްޔާގެ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ތަޙްވީލްކޮށްފީމެވެ.
08
ދިވެހި2
K
s
+ ;ވެ. ﷲ
އެއް)
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ