ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/279 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/279
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 279/HC-A/2016
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަލީ ޢަބްދު
އައިޑީ ކާޑު ނަންބަރު: A127309
* ދާއިމީ އެޑްރެސް: ޕިންކްފްލާވަރ ވ.ފެލިދޫ
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
*
ދާއިމީ އެޑްރެސް:.
މިހާރުގެ އެޑްރެސް:.
އައިޑީ ކާޑު ނަންބަރު
ބޯތައް. -
ރަޖިސްޓްރީ ނަންބަރު: 16 ޝައްވާލް 1437
ނިމުނު ތާރީޚް: 11 ޛުލްޤަޢިދާ 1437
14 އޮގަސްޓް 2016
11 ޖުލައި
'2016
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2016/J3C/13
• ނިންމެވި ކޯޓު: ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: މާރާމާރީ ހިންގުން
* ހުށަހެޅުނު ތާރީޚް: 15 މެއި 2016
ނިމުނު ތާރީޚް:01 ޖޫން 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އޖ.ޢަލީ ސަމީރު، ފަނޑިޔާރު އިޒް.ޢަބްދުﷲ ޙަމީދު އިސްފަނޑިޔާރު އގ.ޢަބްދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/279
ދަޢުވާގެ ޚުލާޞާ
މިއީ، ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރު 2016/J3C/13 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި ޕިންކްފްލާވަރށ ވ.ފެލިދޫ ޢަލީ ޢަބްދުﷲ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރު 2016/J3C/13 ޤަޟިއްޔާ ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޕިންކްފްލާވަރށ ވ.ފެލިދޫ ޢަލީ ޢަބްދުﷲ 07 ނޮވެމްބަރ
2014 ދުވަހު 10:00 އެހައިކަންހާއިރު ވ.ފެލިދޫ ބަނދަރު ސަރަހަށްދުގައި އޮތް ޑިންގީއެއްގައި ވ.ފެލިދޫ
| ކަނީރުހައުސް އަޙްމަދު ޔާސިރު ހުއްޓާ ޢަލީ ޢަބްދުﷲ އާއި އަޙްމަދު ޔާސިރު އާއި ދެމީހުން ހިނގި
ދެބަސްވުމެއްގައި ދިގުމިނުގައި 06 ފޫޓް ހުންނަވަރުގެ ލަކުޑި ފަތިގަނޑަކުން ޢަލީ ޢަބްދުﷲ، އަޙްމަދު
ޔާސިރުގެ ބުރަކަށީގައި ޖަހައި މާރާމާރީ ހިންގާފައިވާތީ ދައުލަތުގެ ފަރާތުން ޢަލީ ޢަބްދުﷲގެ މައްޗަށް
މާރާމާރީ ހިންގުމުގެ
މުގެ ކުށުގެ ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލައިގައި ޙުކުމްކޮށްފައިވަނީ "އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް
ބަލާއިރު ވ.ފެލިދޫ ޕިންކްފްލާވަރ ޢަލީ ޢަބްދުﷲ 07 ނޮވެމްބަރ 2014 ދުވަހު 10:00 އެހައިކަންހާއިރު
ވ.ފެލިދޫ ބަނދަރު ސަރަހަށްދުގައި އޮތް ޑިންގީއެއްގައި ވ.ފެލިދޫ ކަނީރުހައުސް އަޙްމަދު ޔާސިރު ހުއްޓާ
ޢަލީ ޢަބްދުﷲ އާއި އަޙްމަދު ޔާސިރު އާއި ދެމީހުން ހިގި ދެބަސްވުމެއްގައި ދިގުމިނުގައި 06 ފޫޓް
ހުންނަވަރުގެ ލަކުޑި ފަތިގަނޑަކުން ޢަލީ ޢަބްދުﷲ، އަޙްމަދު ޔާސިރުގެ ބުރަކަށީގައި ޖަހައި މާރާމާރީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/279
ހިންގާފައިވާތީ ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޢަލީ ޢަބްދުﷲ ގެ މައްޗަށް ކުރާ މާރާމާރީ
ހިންގުމުގެ ކުށުގެ ދަޢުވާ މިކޯޓުން ބެލިބެލުމުން ޢަލީ ޢަބްދުﷲ ދައުވާއަށް އިންކާރުކޮށްފައި ވީނަމަވެސް
މިމައްސަލައަށް ހުށަހެޅިފައިވާ ހެކި ޤަރީނާއިން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ގޮތުގެ
މަތިން އެއްވެސް ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާވަރަށް ހެކި ޤަރީނާ ލިބިފައިވާތީ ޤާނޫނު
ނަންބަރ 10/68 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 126 ވަނަ މާއްދާގެ ދަށުން
ޢަލީ ޢަބްދުﷲ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ވ.ފެލިދޫ ޕިންކްފްލާވަރ
ޢަލީ ޢަބްދުﷲ 04 (ހަތަރެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ."
މިފަދައިންނެވެ.
02- ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓް ނަންބަރު 2016/J3C/13 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި ޕިންކްފްލާވަރށ ވ.ފެލިދޫ ޢަލީ ޢަބްދު ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅާ އެނުކުތާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ހުށަހަޅާފައިވާ؟
ބެހޭގޮތުން
ޑ3
4
އެގޮތުން
4 e
• ފުރަތަމަ ނުކުތާއަކީ، ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާއިބެހޭ ޤަވާއިދާއި
އުޞޫލުތަކާއި ޚިލާފަށް ޝަރީޢަތް ހިންގަވައި ކުށް ސާބިތުވާކަމަށް ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި
33 ޅ ކ ވ
ނަކު 8އ.
• ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް
ހެކިވެރިންނާ ސުވާލުކުރުމުގެ ފުރުޞަތު އިސްތިއުނާފުކުރާ ފަރާތަށް ނުދެއްވައި މައްސަލަ ހިންގަވައި ކުށް
ސާބިތުވާކަމަށް ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި
ދެކުލައެވެ.
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008
ޤަޟިއްޔާއާއި، ނަންބަރު 276/HC-A/2013 ޤަޟިއްޔާއާއި ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި
އަދި ހެއްކާބެހޭ ޤާނޫނުގައިވާ ފަދައިން ޝަރީޢަތަށް ހެކިބަސް ލިބިފައިނުވާހިނދު ކުށް ސާބިތުވާކަމަށް
ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/279
0
ހަތަރުވަނަ
ނުކުތާއަކީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު
31/SC-A/2011 ޤަޟިއްޔާގައި ވާފަދައިން އަނިޔާ ސާބިތުކުރުމަށް ޚަބަރު (މެޑިކަލް ކޮޑްޓަރު)
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެއްވުމަކާއި ނުލައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
104/HC-A/2015 ޤަޟިއްޔާގައި ވާފަދައިން ޚަބަރުގެ ރިޕޯޓަށް ދިފާއުވުމުގެ ފުރުޞަތު ނުދެއްވައި އެ
ރިޕޯޓަށް ޝަރީޢަތުން ބުރަދަންދެއްވައި ކުށް ސާބިތުވާކަމަށް ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ވާފަދައިން،
އެ މިންވަރަށް ދައުލަތުން ދަޢުވާގައިވާ ކުށުގެ އުންސުރުތަކާއި ދަޢުވާ ސާބިތުކޮށްދީފައި ނުވާހިނދު، އެ
މިންވަރަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި ކުށް ސާބިތުވާކަމަށް ނިންމަވާފައިވުންކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
403 މިމައްސަލައާއި ގުޅިގެން ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2016/J3C/13 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޕިންސްޕްލާވަރ{
ވ.ފެލިދޫ ޢަލީ ޢަބްދުﷲ ގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަ
ފުކުތާތަކާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2016/J3C/13 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، ވ.ފެލިދޫ
ޕިންޓްފްލާވަރ ޢަލީ ޢަބްދުﷲ ގެ މައްޗަށް ދައުލަތުގެ ފަރާތުން އުފުލާފައިވާ މާރާމާރީ ހިންގުމުގެ ދަޢުވާއަށް
ޢަލީ ޢަބްދުﷲ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާއިރު، ޢަލީ ޢަބްދުﷲގެ މައްޗަށް ތުހުމަތުކުރެވުނު
މިމައްސަލައިގައި ތަޙްޤީޤަށް ދިފައިވާ ބަޔާނުގައިވެސް މިކުށްކުރިކަމުގެ މައްޗަށް އިންކާރުކުރާކަން
އެނގެން އޮންނަކަމެވެ
ކަމެވެ.
ވިއްޖޭގެ 99
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/279
8
(ށ) ދެވަނަކަމަކީ، ޢަލީ ޢަބްދުﷲގެ މައްޗަށް އުފުލުނު މިދަޢުވާއަކީ، ޢަލީ ޢަބްދު
އިންކާރުކޮށްފައިވާތީ، މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ
މ.ސިލްވަރބީޗް އަރީޝް އިބްރާހީމްއާއި، ވ.ފެލިދޫ މޫންލައިޓް ޢަލީ ވިޝާން އާއި، މައްސަލަ ތަޙްޤީޤުކުރި
ފަރާތުގެ ބަޔާނާއި، ވ.އަތޮޅު ހޮސްޕިޓަލްގެ މެޑިކޯ ލީގަލް ރެކޯޑާއި، އެރިޕޯޓު ތައްޔާރުކުރި ޑރ.ކަމާލް އެމް
އެން ނަޖާރުކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، ހެކީގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުކުރެވިފައިވަނީ ޢަލީ ވިޝާންއާއި، ވ.ފެލިދޫ ކަނީރުހައުސް އަޙުމަދު ޔާސިރު އާއި ދެމީހުންކަން
އެނގޭކަމާއި، މިމައްސަލައިގައި ހެކިބަސްދީފައިވާ ދެފަރާތުންވެސް ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް
ދީފައިވާ ހެކިބަހުގައި ވަނީ ހަމައެކަނި އެފަރާތްތަކުން ތަޙްޤީޤަށް ބަޔާނެއް ދިންކަމަށްބުނާ ބުނުންކަމާއި،
ކޯޓަށްދޭ ހެކިބަހުގައި ތަޙްޤީޤު ބަޔާނަށް ރިފަރކޮށް ހެކިބަސްދީފައިވާ ގޮތަކީ ޝަރީޢަތަށް ކަމެއް
ސާބިތުކުރުމަށް ޝަރީޢަތުގެ މަޖިލީހުގައި
ދެކުނުގޮތަށް އެކަން ކުރި ބައެއް އެކަން
ސިފަކޮށް ބަޔާންކޮށްދޭންޖެހޭ އުޞޫލުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ މަޤްޞަދު
ޙާސިލުވާގޮތަށް ދޭހެކިބަހެއް ނޫންކަމާއި، ހެކިބަހަކީ އެއާއިމެދު ޝަރީޢަތުގައި ސުވާލުކުރެވި ސާފުކޮށް
ޝަރީޢަތަށް ކަންވެފައިވާގޮތް ހާމަކުރެވެންޖެހޭ، ޝަރީޢަތުގައި ދެވޭ ހެކިބަހަކަށް ވާންޖެހޭނެކަމަށް މީގެ
ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާއާއި، ނަންބަރު
276/HC-A/2013 ޤަޟިއްޔާތަކުގައި ކަނޑައަޅައިފައިވާކަން އެނގެން އޮންނަކަމާއި، މިއުޞޫލުން
މިމައްސަލައިގައި ހެކިބަސްނެގި ދެމީހުންގެ ހެކިބަސް ޝަރީޢަތަށް ނެގިފައިނުވާކަން އެނގެން އޮންނަކަމެވެ.
އެކަމެއްކުރަނިކޮށް
UCU OXO
CC OX
(ނ) ތިންވަނަކަމަކީ، ކުށެއްކުރިކަމަށް ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ކުށުން
ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަޞީލަތްތައް ލިބުމަކީ،
އަދުލުވެރިކަމާއި އެކު ޝަރީޢަތް ހިންގުމުގެ މުހިއްމު އެއް އަސާސްކަމުގައިވާއިރު، އާއްމު އުޞޫލެއްގެ
ގޮތުން ދިފާޢު ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަޞީލަތް ލިބުމުގެ ތެރޭގައި އެމީހެއްގެ މައްޗަށް
ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި، ޝަފަހީ އަދި ކިތާބީ ހެކިތައް ދެނެގަނެ އެހެކިތަކާއި ގުޅޭ ގޮތުން
ސުވާލުކުރެވި، ހެކިބަސް ތަޢުނުކުރުމުގެ ފުރުޞަތު ތަނަސްވެފައި އޮތުން ހިމެނޭކަމާއި، ޢަލީ ޢަބްދުﷲ ގެ
މިމައްސަލަ ދަށުކޯޓުގައި ހިނގަމުންދިޔައިރު، މައްސަލައިގައި ޖަވާބުދާރީވުމަށްޓަކައި ކޯޓަށް
ހުށަހެޅިފައިވާ ލިޔުންތައް ހޯދުމަށް އެދުނު ނަމަވެސް އެލިޔުންތައް ލިބިފައިނެތްކަމަށް ޢަލީ ޢަބްދުﷲ ގެ
ހ8.2
މެއެޗުށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/279
ފަރާތުން ބުނާކަމާއި، އަދި ދަށުކޯޓަށް ހެކިން ދީފައިވާ ހެކިބަހާއި މެދު ސުވާލުކޮށް ހެދުމުގެ ފުރުސަތު ޢަލީ
ޢަބްދުﷲ އަށް ނުދޭކަމަށް އޭނާ ބުނާކަމާއި، ޢަލީ ޢަބްދުﷲ ގެ މައްޗަށް ތުހުމަތު ކުރެވުނު ކުށާއި ގުޅިގެން
ދައުލަތުން ހުށަހެޅި މައްސަލަ ދަށުކޯޓުން ޝަރީޢަތަށް ސާބިތުވާކަމަށް ނިންމަވާފައިވަނީ ހެކިންގެ ހެކިބަހުގެ
މައްޗަށާއި، މައްސަލައާއި އެކު ހުށަހެޅުނު މެޑިކޯލީގަލް ރިޕޯޓުގެ މައްޗަށް ބިނާކުރައްވައިގެންކަން ދަށުކޯޓުގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނައިރު، ޢަލީ ޢަބްދުﷲ އާއި ދެކޮޅަށް ހުށަހެޅުނު ރިޕޯޓާއި
އަދި ދެކޮޅަށް ހުށަހެޅުނު ހެކިބަހާއި މެދު ވާހަކަދައްކާ ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތު ދަށުކޯޓުން
ޢަލީ ޢަބްދުﷲ އަށް ދެއްވާފައިވާކަން އެނގޭ އެއްވެސް ބަޔާނެއް ނެތްކަން ދަށުކޯޓުގެ މައްސަލައިގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
44
(ރ) ހަތަރުވަނަކަމަކީ، ތިމާއާއި ދެކޮޅަށް ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި ގުޅޭ ގޮތުން
ސުވާލުކުރެވި، ހެކިބަސް ތަޢުނުކުރުމުގެ ފުރުޞަތު ދިނުމަކީ ޝަރީޢަތް ހިންގުމުގެ އަސާސްގެ
އިތުރަށް، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ އަބަދުވެސް
ޤާނޫނީ ގޮތުން ސައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން އޮންނައިރު، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލުކަމުގައިވާ ހެކިންގެ ހެކިބަސް
ޝަރުޢީ އަދި ޤާނޫނީ ގޮތުން ސައްޙަ ހެކިބަހަކަށްވެގެން މެނުވީ އެހެކި ބަހަކީ ޤާނޫނީ ގޮތުން ސައްޙަ
ދަލީލެއްކަމުގައި ނުބެލެވޭނެކަމާއި، މިމައްސަލައިގައި ފެންނަން ހުރި ކަންކަމުގެ މައްޗަށް ބަލާއިރު،
މިމައްސަލައިގައި ހިމެނޭ ހެކިންނާއި ސުވާލުކުރުމުގެ ފުރުޞަތު ޢަލީ ޢަބްދުﷲ އަށް ލިބިދީފައިވާކަން
އެނގެން ނެތްއިރު، މިމައްސަލައިގައި ހެކިބަސް ނެގިފައިވަނީ މީގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުގޮތަކަށްކަން އެނގެން އޮތުމުން މިއީ ޤާނޫނީ ގޮތުން ސައްޙަ
ދަލީލެއްކަމުގައި
މިޑީޑީކޭނެކަން އެނގެން އޮންނަކަމެވެ.
3 3 34
09ނPނ
ވީމާ، އިސްވެފާހަގަކުރެ ނުކުތާތަކުގައި
ކަންކަން އެގޮތުގެ މަތިން
ހުރުމުން ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/J3C/13 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަ
އިންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/279
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވިދިޔަ ގޮތަށް
ގޮތަށް ހުރުމާއިއެކު
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2016/J3C/13 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް
މަތީން ޙުކުމް ކޮށްފީމެވެ.
29
އަފޭންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv