ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/31 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/31
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 31/HC-A/2016
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު އިބްރާހީމް ދީދީ
އައި.ޑީ.ކާޑު ނަންބަރު: A011414
އެޑްރެސް: މ.ވޭލާވިލާ/ ކ.މާލެ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން. އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އެޑްރެސް: ހ.އާއާގެ{ ކި.މާލެ
ރަޖިސްޓްރީ ނަންބަރު: 0678
/
2006-C
ތަދައްޚުލްވި ފަރާތް:
* ނަން: ލެޝަރ ފްރޮސްޓިއާރޒް ޕްރައިވެޓް ލިމިޓެޑް ދާއިމީ އެޑްރެސް: ހ.އޯކިޑްމާގެ/ ކ.މާލެ
* ރަޖިސްޓްރީ ނަންބަރު: 0495
/
2013-C
• ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ރަބީޢުލްއާޚިރު 1437 ނިމުނު ތާރީޚް: 01 ޛުލްޤަޢިދާ 1438
26 ޖެނުއަރީ 2016
24 ޖުލައި 2017
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv
-
C/175
ޤަޟިއްޔާގެ ބާވަތް: ކުންފުނީގެ އެންމެހައި އެސެޓްސްތައް ވިއްކާލުމަށް ކުންފުނީގެ މެޖޯރިޓީ ޙިއްޞާދާރުން ނިންމާފައިވާ
ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައިދިނުން އެދި
• ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 29 ޖެނުއަރީ 2014
ނިމުނު ތާރީޚް:15 ނޮވެމްބަރު 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސްގެ
ފަނޑިޔާރު އޖ.ޢަލީ ސަމީރު، ފަނޑިޔާރު އގ.ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އގ.ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/31
44
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/175 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި މ.ވޭޓާވިލާ މުޙައްމަދު
އިބްރާހީމް ދީދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. އަދި
މިމައްސަލައަށް ލެޝަރ ފްރޮންޓިއާރޒް ޕްރައިވެޓް ލިމިޓެޑް ވަނީ ތަދައްޚުލު ވެފައެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑެވެ.
އ ހއ
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/175 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑް
(ރަޖިސްޓްރޭޝަން ނަންބަރު 678
/
2006-C) ގެ އެންމެހާ އެސެޓްތަކާއި ކުންފުނިން ލ.އޮޅުވެލީގައި
ތަރައްޤީކޮށްފައިވާ ރިސޯޓުގެ ލީސް ހޯލްޓްސް ރައިޓްސް ވިއްކާލުމަށް ކުންފުނީގެ ބައެއް ޙިއްޞާދާރުން އަދި
ބޯޑުގައި ހިމެނޭ މެޖޯރިޓީ ޑިރެކްޓަރުން މަސައްކަތްކޮށް، ވިއްކާލުމުގެ މުޢާމަލާތް ކުރިއަށްގެންދަނީ
ކުންފުނީގެ ހިސާބު ހެދުމެއްނެތި އަދި މުދަލާ ދަރަނީގެ އެއްވެސް ވެލިއޭޝަނެއް ހެދުމެއްނެތިކަމަށްވާތީ،
އެކަމަކީ، ކުންފުނިން ނަގާފައިވާ ލޯނަކަށް ގެރެންޓީދީފައިވާ މީހެއްގެ ޙައިޘިއްޔަތުންނާއި އަދި
ޙިއްޞާދާރެއްގެ ޙައިޘިއްޔަތުން ދަޢުވާކުރާ ފަރާތުގެ ހައްޤަށް އުނިކަންލިބޭނެ ކަމެއް ކަމަށްވާތީވެ، ޤާނޫނު
ނަންބަރ 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 73 ވަނަ މާއްދާގެ (ށ) ގެ (1) އަދި
(2) ވަނަ ނަންބަރުގެ ދަށުން ކޯޓުއަމުރެއް ނެރެދިނުމަށްއެދި އޮޅުވެލި ލަމު ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް މ.ވޭލާވިލާ މާލެ އިބްރާހީމްދީދީ ދަޢުވާކުރުމުން ބެލެވުނު މައްސަލައެއްކަން
އެނގޭކަމާއި،
ދި 8
އެމައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އޮޅުވެލި
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު 678
/
2006-C) ގެ އެންމެހައި
އެސެޓްތަކާއި ކުންފުނިން ލ. އޮޅުވެލީގައި ތަރައްޤީކޮށްފައިވާ ރިސޯޓުގެ ލީސް ހޯލްޓްސް ރައިޓްސް
ވިއްކާލުމަށް ކުންފުނީގެ ބައެއް ޙިއްޞާދާރުން އަދި ބޯޑުގައި ހިމެނޭ މެޖޯރިޓީ ޑިރެކްޓަރުން މަސައްކަތްކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/31
ވިއްކާލުމުގެ މުޢާމަލާތް ކުރިއަށްގެންދަނީ ކުންފުނީގެ ހިސާބު ހެދުމެއްނެތި އަދި މުދަލާ ދަރަނީގެ އެއްވެސް
ވެލިއޭޝަނެއް ހެދުމެއްނެތިކަމަށްވާތީ، އެކަމަކީ، ކުންފުނިން ނަގާފައިވާ ލޯނަކަށް ގެރެންޓީދީފައިވާ މީހެއްގެ
ޙައިޘިއްޔަތުންނާއި އަދި ޙިއްޞާދާރެއްގެ ޙައިޘިއްޔަތުން ދަޢުވާކުރާ ފަރާތުގެ ޙައްޤަށް އުނިކަންލިބޭނެ ކަމެއް
ކަމަށްވާތީވެ، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު) ގެ 73 ވަނަ މާއްދާގެ
(ށ) ގެ (1) އަދި (2) ވަނަ ނަންބަރުގެ ދަށުން ކޯޓުއަމުރެއް ނެރެދިނުމަށްއެދި އޮޅުވެލި ލަމު
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މ.ވޭލާވިލާ މާލެ އިބްރާހީމްދީދީ ދަޢުވާއަ
ޝަރީޢަތުން ބެލިއިރު،
ކުޅަ
ޚި
މިދަޢުވާއަކީ ކުންފުންޏާއި ޙިއްޞާދާރަކާއި ދެމެދު އުފެދިފައިވާ ޚުޞޫމަތަކާއި ގުޅިގެން
ހުށަހެޅިފައިވާ ދައުވާއެއްކަމަށްވުމާއި، މިފަދައިން އުފެދޭ ޚުޞޫމަތްތަކާއި ގުޅިގެން އުފެދޭ ޚިލާފުތަކައި
ގުޅިގެން މައްސަލަ ހުށަހަޅަންޖެހެނީ އާބިޓްރޭޝަނަށްކަން ކުންފުނީގެ އަސާސީ ޤަވާއިދުގެ 81 ވަނަ
މާއްދާގައި ބަޔާންވެފައިވުމުން،
ދެފަރާތުގެ ދެމެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމުގައި ވަކިގޮތަކަށް ޢަމަލުކުރުމަށް
ކުންފުނީގެ އަސާސީ ޤަވާއިދުގައި ކަނޑައެޅިފައިވަނިކޮށް، އަސާސީ ޤަވާއިދުގައި ކަނޑައެޅިފައިވާ
އިޖުރާއާތުތައް ފުރިހަމަނުކޮށް ޝަރީޢަތަށް މައްސަލަ ހުށަހެޅުމަކީ މިފަދަ މުސްތަނަދުތަކުގައި ޢަމަލުކުރުމަށް
ކަނޑައެޅިފައިވާ އުޞޫލުތަކާއި، އޭގެ މަޤްޞަދުތަކާއި ޚިލާފުކަމެއްކަމުގައިވުމުން،
މައްސަލައެއް އުފެދިއްޖެނަމަ ޢަމަލުކުރުމަށް ކުންފުނީގެ އަސާސީ ޤަވާއިދުގައި ދެފަރާތުން
އެއްބަސްވެފައިވާ އިޖުރާޢަތްތައް ފުރިހަމަކުރުމަށްފަހު މި މައްސަލަ ހުށަހެޅުމުން މެނުވީ،
މައްސަލައިގައި ޝަރީޢަތުން ގޮތުން ކަނޑައެޅެންނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/175 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދި އެދި މ.ވޭޓާވިލާ މުޙައްމަދު
އިބްރާހީމް ދީދީ ގެ ފަރާތުން 3 (ތިނެއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
މ 4
2x3
3
4
ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) 15 ވަނަ
މައެދުއައި، "ސިވިލް ކޯޓުގެ ޝަރީޢަތުގެ އިޖްރާއީ ނުކުތާއާއި ބެހޭ ޤަވާއިދު" ގެ 2 ވަނަ މާއްދާ (ރ) އާ
ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟީއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/31
0
ދެވަނަ ނުކުތާއަކީ، "ސިވިލް ކޯޓުގެ ޝަރީޢަތުގެ އިޖުރާއީ ނުކުތާއާއި ބެހޭ ޤަވާއިދު" ގެ
2 އަދި 4 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
U COCOO
ތިންވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު)
ގެ 20 ވަނަ މާއްދާއާއި ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/175 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް
ގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި ތ.ވޭޓާވިލާ މުޙައްމަދު
އިބްރާހީމް ދީދީ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
އޮޅުވެލި
ފުރަތަމަކަމަކީ،
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/175 ޤަޟިއްޔާގައި މ.ވިލާވިލާ މުޙައްމަދު އިބްރާހިމްދީދީގެ ފަރާތުން އޮޅުވެލި ލާމް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގެ ސީޔާއަށް ބެލުމުން، މިއީ އޮޅު
ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކުންފުނީގެ ޙިއްސާދާރެއްކަމުގައިވާ މ.ވާލާވިލާ، މުޙައްމަދު
އިބްރާހިމްދީދީ އާއި ދެމެދު އޮތް ޚުޞޫމަތަކާއި ގުޅިގެން މުޙައްމަދު އިބްރާހިމްދީދީގެ ފަރާތުން އޮޅުވެލި
ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅި މައްސަލައެއްކަން އެނގެން އޮންނަކަމާއި،
މިމައްސަލައާއި ގުޅިގެން ވާހަކަދެކެވޭ މުޅި މައުޟޫޢުގެ މައްޗަށް ބަލާއިރު މިމައްސަލައިގެ ތެރެއަށް ލެޝަރ
ފްރޮންޓިއަރސް ޕްރައިވެޓް ލިމިޓެޑުން ތަދައްޚުލުވުމުގެ މަސްލަޙަތެއް އޮތްކަމަށް ބެލެވޭކަމާއި، މިހެންކަމުން
ދަށުކޯޓުގައި މިމައްސަލައަށް ތަދައްޚުލުވުމުގެ ފުރުސަތު ލެޝަރ ފްރޮންޓިއަރސް އަށް ދެވުނު ފަދައިން
އެފުރުސަތު ލެޝަރ ފްރޮންޓިއަރސްއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ދެވިފައިވާނޭކަމެވެ.
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު) ގެ
15 ވަނަ މާއްދާގެ (ށ) ގައި "ކުންފުނީގެ ހިންގާ ޤަވާޢިދާއި އަސާސީ ޤަވާޢިދު ރަޖިސްޓަރީވުމުން
އެޤަވާޢިދުތަކަށް ޢަމަލުކުރުމަކީ، އެޤަވާޢިދެއްގައި ސޮއިކުރާ މެންބަރުންގެ މައްޗަށާއި، އެކުންފުންޏެއްގެ
މައްޗަށާއި، އެކުންފުންޏެއްގެ ކޮންމެ މެންބަރެއްގެ މައްޗަށް ލާޒިމްވެގެންވާކަމެއްކަމުގައި ބަޔާންވެގެން
އޮންނަކަމާއި، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ހިންގާ ޤަވާޢިދުގައި އިއްސާދާރެއްގެ
ޙައިސިއްޔަތުން މުޙައްމަދު އިބްރާހިމްދީދީ ސޮއިކޮށްފައިވާކަން އެނގެން އޮންނައިރު، އެޤަވާޢިދުގެ 81 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/31
މާއްދާގައި، ކުންފުންޏާއި ކުންފުނީގެ ޙިއްސާދާރުންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެމައްސަލައެއް
ޙައްލުކުރަންޖެހޭނީ އާރބިޓްރޭޝަން މެދުވެރިކޮށްކަމުގައި ބަޔާންވެފައި އޮންނަކަމާއި، މިހެންކަމުން ހިންގާ
ޤަވާޢިދުގައިވާ މިއިޖުރާއަތާއި އެއްގޮތަށް ޢަމަލުކުރުމަކީ މުޙައްމަދު އިބްރާހިމްދީދީ އެގޮތައް ޢަމަލުކުރުމަށް
ރުހި އެއްބަސްވެފައިވާ ގޮތެއްކަން އެނގެން އޮތުމުން އަދި އެމާއްދާއަށް ޢަމަލުކުރުމަށް ކުންފުނިން ލުޔެއް
ދީފައިވާކަން އެނގެން
.ގެން ނެތު
ނެތުމުން އެ އިޖުރާއާތުތައް
ރާއާތުތައް ފުރިހަމަނުކޮށް މިމައްސަލަ ޝަރީޢަތަށް ހުށަހެޅި
ދާނެކަމަށް ބެލެވެންނެތްކަމެވެ.
COCOCCC
ޖެހެންޤައުމެއް ކަމުގައި
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަން ޤާނޫނު) އަށް ބަލާއިރު،
އެޤާނޫނުގެ 4 ވަނަ މާއްދާގައި، އެޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، އެ
ޤާނޫނުގައި ޔާންކޮށްފައިވާ އުސޫލުތައް ހިނގާނީ، އާބިޓްރޭޝަނުގެ އެއްބަސްވުމެއްގެ ދަށުން،
އާބިޓްރޭޝަން ހިންގާތަނަކީ، ދިވެހިރާއްޖޭ ކަމުގައި ކަނޑައަޅާފައިވާ ޙާލަތްތަކުގައިކަމަށާއި، އާބިޓްރޭޝަނުގެ
އެއްބަސްވުމުގެ ދަށުން، އާބިޓްރޭޝަން ހިންގާ ތަނަކީ، ދިވެހިރާއްޖޭ ނޫން
ކަނޑައަޅާފައިވާ ޙާލަތްތަކުގައި، އެޤާނޫނުގެ 15 ވަނަ މާއްދާއާއި 40 ވަނަ މާއްދާއާއި 43 ވަނަ
މާއްދާގައި ބަޔާންވެފައިވާ އުސޫލުތައް އެ އާބިޓްރޭޝަނާ ނުހިނގާނެކަން އެނގެން އޮންނަކަމާއި،
އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ހިންގާ ޤަވާޢިދުގައި އާބިޓްރޭޝަން ހިންގާތަނެއް
ކަނޑައަޅާފައިނެތްކަމާއި، މިހެންކަމުން މިއީ އާބިޓްރޭޝަން ޤާނޫނުގެ 15 ވަނަ މާއްދާގައިވާ އުސޫލުތައް
ތަޠުބީޤުކުރެވެން އޮތް ޙާލަތެއް ނޫންކަން އެނގޭކަމެވެ.
234
مر مر
(ތ) ހަތަރުވަނަކަމަކީ، ސިވިލް ކޯޓުގެ ޝަރީޢަތުގެ އިޖުރާއީ ނުކުތާއާއި ބެހޭ ޤަވާއިދުގެ 2
ވަނަ މާއްދާގެ (ރ) އަށް ބަލާއިރު، އެމާއްދާގައި ބުނާގޮތުން މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ނުވަތަ
އެއާއި ވިދިގެން އަންނަ އަޑުއެހުމުގައި އިޖުރާއީ ނުކުތާއެއް ނަގައިފައިނެތްނަމަވެސް ފަހުން އަންނަ އިޖުރާއީ
ކަމަކާއި ގުޅިގެން އެކަމަކާއިގުޅޭ ގޮތުން އިޖުރާއީ ނުކުތާއެއް ނެގިދާނެކަން އެނގޭކަމާއި، މިމައްސަލަ
ދަށުކޯޓުގައި ހިނގާދިޔައިރު ދަޢުވާލިބުނު ފަރާތުން، ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާއަކީ ފަހުން އައި
އިޖުރާއީ ކަމަކާއި ގުޅިގެން ނެގުނު ނުކުތާއެއްކަމަށާއި މިގޮތުން މިނުކުތާ ނަގައިފައިވަނީ ދަށުކޯޓުގެ
ޝަރީޢަތުން އިޖުރާއީގޮތުން އެ ޤަޟިއްޔާއިން ބެލޭނީ ހަމައެކަނި ޙިއްސާދާރުންގެ މެދުގައި އުފެދިފައިވާ
މައްސަލަކަމުގައި ކަނޑައެޅުއްވުމުންކަމަށް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ބުނާއިރު، އެކަން
ހިންދީ
ނޫންކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނެތުމުން
މިމައްސަލައިގައި އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދަށުކޯޓުގައި ފާހަގަކުރި އިޖުރާއީ
އެގެތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/31
ނުކުތާއަކީ ސިވިލް ކޯޓުގެ ޝަރީޢަތުގެ އިޖުރާއީ ނުކުތާއާއި ބެހޭ ޤަވާޢިދުގައި ބުނާ ގޮތާއި ޚިލާފަށް
ނަގާފައިވާ ނުކުތާއެއް ނޫންކަން އެނގޭކަމެވެ.
433 ގތ
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/175 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ފެންނަންނެތްކަމަށެވެ.
ޙުކުމް:
ނަންބަރ
ޗ
3 މތ އ ހ
ރަ
ކޯޓުން ކުރައްވާފައިވާ
އެޙުކުމަށް
ސަބަބެއް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
2014/Cv
-
C/175 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފަ
ހިއްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
ވިލާ މުޙައްމަދު އިބްރާހިމް ދީދީގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި
ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
.ތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އެކޯޓުން
ޙުކުމަށް ބަދަލެއް
ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފިމެވެ.
އއ
175/Cv-C/2014
ކުރައްފައިވާ
2
8 އ 8
4
6
در مرس
P1
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv