ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/405 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2016/HC-A/405
ی هر متر مربع
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 405/HC
-
A/2016
އިސްތިއުނާފް ކުރިފަރާތް:
* ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ * މިހާރުގެ އެޑްރެސް:އެސް.ޓީއޯ ހެޑްއޮފީސް / ކ.މާލެ
ރަޖިސްޓްރީ ނަންބަރު:
-186
/
2001-C * ދާއިމީ އެޑްރެސް: އެސް.ޓީ.އޯ ހެޑްއޮފީސް / ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑް
* އައި.ޑީ.ކާޑު ނަންބަރު:-
މިހާރުގެ އެޑްރެސް: ހ. ހާލި | ކ.މާލެ
ދާއިމީ އެޑްރެސް: . ހާލި | ކ.މާލެ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 04 ޛުލްޙިއްޖާ 1437
06 ސެޕްޓެމްބަރ 2016
ނިމުނު ތާރީޚް: 29 ޛުލްޤަޢިދާ 1440
01 އޯގަސްޓް 2019
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/1355
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅުނު ތާރީޚް: 23 ޖޫން 2014
ނިމުނު ތާރީޚް: 30 ޖޫން 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު މުޙައްމަދު ފައިޞަލް ފަނޑިޔާރު ޢަލީ ސަމީރު
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްން 6411
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{16/HC-A/435
• ދައުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1355 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
2 0
ޤައްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑްއެވެ.
1.3ފގ
ފާހަގަކުރެވުނު
-01
0 0 2
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1355 ޤަޟިއްޔާއަށް ބަލާއިރު، އެ
ޤަޟިއްޔާއަކީ މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑްގެ ޕީޕަލް ޗޮއިސް ލުބްރިކަންޓްސްއިން ކުރެޑިޓަށް މުދާ ދޫކުރުމާބެހޭ ގޮތުން 31 މާރޗް
2010 ވަނަ ދުވަހު ވެވިފައިވާ ނަންބަރު 2010
/
119/CRD
/
CON-60 އެއްބަސްވުމުގެ ދަށުން
ނަގާފައިވާ ތެލުގެ ބާވަތްތަކުގެ އަގަށް ދައްކަންޖެހޭ
18,949,473.40ރ. (އަށާރަ މިލިއަން ނުވަ ލައްކަ
ސާޅީސްނުވަހާސް ހަތަރު ސަތޭކަ ހަތްދިހަ ތިން ރުފިޔާ ސާޅީސް ލާރި) އާއި އެއްބަސްވުމުގެ 9.1 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން 01 ޑިސެމްބަރ 2010 ގެ
ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ
384,198.80ރ. (ތިންލައްކަ އަށްޑިހަ ހަތަރުހާސް އެއްސަތޭކަ
ނުވަދިހަ އަށް ރުފިޔާ އަށްޑިހަ ލާރި) އާއި އެކު ޖުމްލަ 19,333,672.20ރ. (ނަވާރަ މިލިއަން ތިން
ލައްކަ ތިރީސް ތިންހާސް ހަސަތޭކަ ހަތްދިހަ ދެރުފިޔާ ވިހިލާރި) ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕަބްލިކް ލިމިޓެޑަށް ދައްކާފައިނުވާތީ، މި ފައިސާ ހޯދުމަށް އެދި މެރީޑިއަމް ސާރވިސަސް ޕްރައިވެޓް
ޙައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް:147$a\
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު
4)
32
2016/HC-A/435
کی مرگی
ލިމިޓެޑްގެ
މައްޗަށް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު
މައްސަލައެއްކަމާއި،
އެމައްސަލާގައި ނިންމަވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި
ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް ބެލިއިރުގައި، މި ދަޢުވާގައި
ބަޔާންވެގެންވާ ތެލުގެ ބާވަތްތައް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާކަން މި
މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ލިބިފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުނުވާތީ،
ބަޔާންވެގެންވާ މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕަލކ އިން ހޯދުމަށް އެދިފައިވާ ފައިސާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން
ނަގާދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
މި ދަޢުވާގައި ބަޔާން
.
OLO
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1355 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން 09 (ނުވައެއް) ނުކުތާއެއް ހުށަހަޅާ
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ޕީޕަލް
ޗޮއިސް ފިއުލް އެންޑް ލުބްރިކަންޓްސް އިން މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް 31 މާރޗް
2010 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ކްރެޑިޓަށް ތެޔޮ ދޫކުރުމަށްފަހު، ފައިސާ
ނުދައްކައިގެން ދެ ފަހަރެއްގެ މަތިން މީގެ ކުރިން ދަޢުވާކުރުމަށްޓަކައި ސިވިލް ކޯޓަށް ހުށަހެޅުނު
މައްސަލަތައް ޤަޟިއްޔާ ނަންބަރު 2010/Cv
-
C/1649 އަދި ޤަޟިއްޔާ ނަންބަރު 2012/Cv-C/881
އެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 41
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{016/HC-A/4605
ام بي سي ته مه ی هر متر مربع
ގައި ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ޕަރޗޭސް އޯޑަރ، ޑެލިވަރީ ނޯޓު އަދި އިންވޮއިސްތަކުގެ
ކޮޕީތަކާއި، މިމައްސަލާގައި އެސް.ޓީ.އޯގެ ފަރާތުން ދަޢުވާ ޘާބިތުކުރުމަށް ހުށަހެޅުނު ޑޮކިއުމަންޓްސްތަކުގައި
ތަފާތު ހުރިނަމަވެސް، އަދި ތަފާތު ހުރިކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައި ވީނަމަވެސް، ކުރިން
ހުށަހެޅިފައިވާ މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކާއި، މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކަކީ
މުޅިން އެކައްޗެއް ކަމަށް ބަލައިގެން މައްސަލަ ނިންމަވާފައިވަނީ ކަމުގެ ޙަޤީޤަތް މިންވަރަށް
ނުބައްލަވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތތ ހ 0 ه2
9އޅުންޖހ
4 22
• ދެވަނަ ނުކުތާއަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްތަކުގެ ތެރެއިން ޕަރޗޭސް އޯޑަރ، ޑެލިވަރީ ނޯޓު އަދި
އިންވޮއިސްތަކުގެ ކޮޕީތަކުގެ ޞައްޙަކަމާމެދު ދަޢުވާލިބޭ ފަރާތުން ކުރިން ހުށަހެޅިފައިވާ ދެ މައްސަލާގައި،
ޤަޟިއްޔާ ނަންބަރު 2010/Cv
-
C/1649 އަދި ޤަޟިއްޔާ ނަންބަރު 2012/Cv
-
C/881 ގައި ޝައްކު
އުފައްދާފައިވުމުގެ ސަބަބުން، އެތަކެތީގެ އަޞްލު ޝަރީޢަތަށް ހުށަހަޅައި ދިނުމަށް ޝަރީޢަތުން ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްއަށް އަންގަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
• ތިންވަނަ ނުކުތާއަކީ، ދަޢުވާލިބޭ ފަރާތަށް ތެޔޮ ކްރެޑިޓަށް ދޫކުރުމުގެ މުޢާމަލާތް
ހިންގުމުގައި ތައްޔާރުކުރެވިފައިވާ ކަމާބެހޭ ލިޔެކިޔުންތައް ގެއްލުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން 27 އޮކްޓޯބަރ 2011
ގައި މައްސަލަ ހުށަހަޅައިގެން މައްސަލަ ބެއްލެވިއިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑްގެ ފަރާތުން ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ މުސްތަނަދުތަކުގެ ތެރެއިން ޕަރޗޭސް
އޯޑަރު، ޑެލިވަރީ ނޯޓު އަދި އިންވޮއިސްތަކުގެ އަޞްލު ގެއްލިފައިވާކަން އެސް.ޓީ.އޯ އިން ބުނާ ބުނުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3256329،
ދެ336499
އީމެއިލް [email protected] ވެބް ސައިޓް:
ww.lhighcourt.gov.mv//
ފރިވެރީން
5 ޤަޟިއްޔާ ނިމުނު 1
2016/HC-A/405
کی عمر ميمبر
ފިޔަވައި ހަމަ އަޞްލުގައި ވެސް އެތަކެތި ގެއްލިފައިވާކަން ނުވަތަ ވުޖޫދުން ނެތިގޮސްފައިވާކަން
ޝަރީޢަތަށް ޤަބޫލުކުރެވޭ ފަދަ މަޤްބޫލު ސަބަބެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑްއަށް ދެއްކިފައި ނުވާކަމަށް ނިންމެވި ނިންމެވުމަކީ ކަމުގެ ޙަޤީޤަތާއި ޚިލާފް ނިންމެވުމެއްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
ހުށަހެޅި މުސްތަނަދުތަކުގެ ތެރެއިން ޕަރޗޭސް އޯޑަރ، ޑެލިވަރީ ނޯޓު އަދި އިންވޮއިސްތަކުގެ އަޞްލު
ހުށަހެޅެން ނެތުމުން އެމުސްތަނަދުތަކުގެ އަޞްލު ހުށަހެޅުމުގެ ބަދަލުގައި، އެލިޔުންތަކުގެ ޞައްޙަކަން
ކަށަވަރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ހެއްކެއްގެ ގޮތުގައި
ޙާޟިރުކޮށްފައިވާ އާމިނަތު ޝަމްރަތު ޝަރީޢަތުގެ އަޑުއެހުމުގައި ދިން ބަޔާނުގައި އޭނާއަކީ ދެންނެވުނު
ލިޔުންތައް މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި އެތަކެތީގެ އޮރިޖިނަލުން ފޮޓޯ ކޮޕީ ނެގި އެއް ފަރާތް
ކަމަށާއި، އެހެންނަމަވެސް، އޭނާ ލިޔުންތަކުގެ ފޮޓޯ ކޮޕީ ނެގީ ހަނދާންވާ ގޮތުން 2011 ގެ ނޮވެމްބަރު
ނުވަތަ ޑިސެމްބަރު މަހުގައި ކަމަށް ބުނުމަކީ އެލިޔުންތައް ގެއްލިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕަބްލިކް ލިމިޓެޑްގެ ފަރާތުން އޮކްޓޯބަރު 2010 ގައި މައްސަލަ ފުލުހުންނަށް ހުށަހެޅި ފަހުންކަމަށްވާތީއާއި،
އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ސިވިލް ކޯޓަށް މައްސަލަ އެންމެ ފުރަތަމަ
ހުށަހަޅާފައިވަނީ 2010 ގައި ކަމުން، ލިޔުންތަކުގެ އޮރިޖިނަލުން 2011 ގެ މޯބަރު ނުވަތަ
ޑިސެމްބަރު މަހުގައި ފޮޓޯކޮޕީ ނެގުމަކީ މުސްތަހީލް ކަމެއް ކަމަށް ނިންމަވާ، އޭނާ ދިން ބަޔާނަށް
ބުރަދަނެއް ދެވެން ނެތްކަމަށް ނިންމަވާފައިވާއިރު، އާމިނަތު ޝަމްރަތު ޝަރީޢަތުގައި ދީފައިވާ ބަޔާނުގައި
އޭނާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގައި ވަޒީފާ އަދާކުރަން ފެއްޓީ 2010 ވަނަ
އަހަރުގެ ޖޫން މަހުގައި ކަމަށާއި، އޭނާ ފޮޓޯ ކޮޕީ ހެއްދީ އެ އަހަރުގެ ފަހުކޮޅުގައި ކަމަށް ކަނޑައެޅިގެން
ބުނެފައިވާއިރު، ފޮޓޯކޮޕީ ހެދި ތާރީޚް ކަނޑައެޅިގެން ބުނުމުގައި އޮޅުންއެރި ނަމަވެސް، ލިޔުންތަކުގެ
*ތ ހ 3
ނޮވެމްބަ.
ދިވެހިރާއްa
ޢަޠީކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް:( as
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2016/HC-A/405
ޤަޟިއްޔާ ނިމުނު
سي سي یری
=32
އޮރިޖިނަލުން އޭނާ ފޮޓޯ ކޮޕީ ހެދިކަމަށް ބުނެ ހެކިބަސް ދީފައިވާއިރު، މިކަމަށް ޝަރީޢަތުން ބައްލަވާފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
&
• ފަސްވަނަ ނުކުތާއަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ
ފަރާތުން ދަޢުވާލިބޭ ފަރާތަށް ތެޔޮ ދޫކުރުމަށްފަހު އެކަން ނޯޓުކުރުމަށް ބޭނުންކުރެވޭ ފިއުލް ޑިސްޗާޖު
ރަޖިސްޓަރީގެ ކޮޕީ ޝަރީޢަތަށް ހެކީގެ ގޮތުގައި ހުށަހެޅިފައިވާއިރު، އަދި ހަމައެކަނި 2010 ވަނަ އަހަރުގެ
އޮގަސްޓް ފަހުކޮޅުން ފަށައިގެން އެއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދޫކުރެވުނު ތެލަށް ފައިސާ
ދިނުމަށް ދަޢުވާލިބޭ ފަރާތުން އިންކާރު ކުރިނަމަވެސް، ފިއުލް ޑިސްޗާޖް ރަޖިސްޓަރީގެ ޞައްޙަކަމާމެދު
ދަޢުވާލިބޭ ފަރާތުން އިންކާރުނުކުރާއިރު އަދި ފިއުލް ޑިސްޗާޖް ރަޖިސްޓަރީގައި ހިމެނިފައިވާ، ތެލާއި
ޙަވާލުވި ދަޢުވާލިބޭ ފަރާތުގެ މުވައްޒަފުންގެ ތަފްޞީލަށް ވެސް (އެފަރާތްތަކުގެ ނަމާއި އަދި ސޮއި
ހިމެނިފައިވާ) އިންކާރުނުކުރާއިރު، ދަޢުވާލިބޭ ފަރާތުން ތެޔޮ އެޅުމަށްޓަކައި ފޮނުވާ އެފަރާތުގެ އުޅަނދުގެ
ނަމާއި ތެލާއި ޙަވާލުވި ފަރާތުގެ ސޮއި އަދި ނަން ހިމެނިފައިވާއިރު، އެމަޢުލޫމާތުތަކަކީ ޞައްޙަ މަޢުލޫމާތު
ނޫންކަމަށް ދަޢުވާކުރާ ފަރާތުން ޘާބިތުނުކޮށްދެވޭ އިރުވެސް، ފިއުލް ޑިސްޗާޖް ރަޖިސްޓަރީއަކީ ދަޢުވާލިބޭ
ފަރާތަށް ތެޔޮ ރައްދުވެފައިވާ ކަމަށް ޝަރީޢަތަށް ކަނޑައެޅޭފަދަ ކާފީ ހެއްކެއް ކަމަށް ބެލެވެން ނެތްކަމަށް
ކަނޑައަޅާފައިވަނީ ޤާނޫނީ ހަމަތަކުން ވަޒަންކުރަންޖެހޭ މިންގަނޑަށް މިލިޔުންތަކަށް ރިޢާޔަތްނުކުރެވި
ނިންމަވާފައިވާ ޤާނޫނާއި ޚިލާފު ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
04 04
• ހަވަނަ ނުކުތާއަކީ، ދަޢުވާލިބޭ ފަރާތަށް ތެޔޮ ދޫކުރުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ގެ ފިއުލް ޑީސީ (ފުނަދޫ) ގައި މަސައްކަތްކުރާ 04
މުވައްޒަފެއްގެ ހެކިބަސް ޝަރީޢަތަށް ދީފައިވާއިރު، އެފަރާތްތަކުން ދިން ހެކިބަހަށް ވާގިދީފައިނުވާ
ނުވުމާއި، ހެކިން ޝަރީޢަތަށް ޙާޟިރުކުރެވުނު ބޭނުން ޝަރީޢަތުން އޮޅުވާލާފައިވުމުގެ އިތުރުން މި 04
ދިވެހިރާއްaގެ
ޢަޢީކްa
lg
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029،
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.mv/
7
2016/HC-A/435
ޤަޟިއްޔާ ނިމުނު "
ދެލި
ހެކިންގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ނިންމަވާފައިވަނީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ހ.
ހަތްވަނަ ނުކުތާއަކީ،
ކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
ހެއްކެއްގެ ގޮތުގައި ހުށަހެޅި ނަވާގަން! އިސްމާޢީލް ޢަލީ ޖަލީލް ޝަރީޢަތުގެ މަޖިލީހުގައި ދިން
ހެކިބަހުންނާއި އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އިންވޮއިސް
ޑެލިވަރީ ނޯޓުތަކުން މެރީޑިއަމްގެ ފަރާތަށް ދަޢުވާގައި ޙަވާލާދީފައިވާ ތެޔޮ ދޫކުރުމަށްފަހު، އެތެލަށް ފައިސާ
ދައްކަން އަންގާ އެފަރާތަށް ޙަޤީޤަތުގައި ވެސް ރައްދުކުރެވިފައިވާ އިންވޮއިސްތަކެއްކަން ޘާބިތުވާއިރު، އަދި
މި އިންވޮއިސްތައް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް ނުލިބޭކަމަށް ބުނެފައިނުވާއިރު،
އިންވޮއިސްތައް ރައްދުކުރެވި އަދި އިންވޮއިސްތަކާމެދު ދެކޮޅުހަދާފައި ނުވާއިރު، އެ އިންވޮއިސްތަކުގައި
ތަފްޞީލްކުރެވިފައިވާ ތެލަކީ މެރީޑިއަމް ފަރާތުން ޙަވާލުވެފައިވާ ތެޔޮކަން މަދަނީ މިންގަނޑުންނާއި
(on balance of probability) އަދި އެ ދެ ފަރާތް ދޭތެރޭ އެހާތަނަށް މުޢާމަލާތްކުރެވިފައިވާ ގޮތަށް
ބެލުމުން ޘާބިތުވާކަމެއް ނަމަވެސް، މިކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
.
OLO
eco
އަށްވަނަ ނުކުތާއަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެއްކާއި ޝަފަވީ ހެކިންގެ ހެކިބަސް ވަޒަންކުރުމުގައި އަދި
ތަޠުބީޤް ކުރުމުގައި ޖުމްލަ ގޮތެއްގައި ޝަރީޢަތުން ގެންގުޅުއްވާފައިވަނީ މަދަނީ މައްސަލަތައް ބައްލަވަންޖެހޭ
މިންގަނޑު ކަމުގައިވާ 'ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް' (on balance of probabilities)
މިންގަނޑު ނޫންކަމާއި، އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑާއި ދަޢުވާލިބޭ ފަރާތާ
ދެމެދު ތެޔޮ ދޫކުރުމުގެ މުޢާމަލާތްކުރަން ފައްޓާފައިވަނީ 31 މާރޗް 2010 ގައި ކަމާއި، އެގޮތުން ދެ
ފަރާތް ދޭތެރޭ މައްސަލަ އުފެދިގެން އުޅޭ ތެލުގެ ޢަދަދުގެ އިތުރުން ވެސް އޭގެ ކުރިން، ހަމަ އެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެބް-4
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv)
ކަމތ ބ
8
ޤަޟިއްޔާ ނިމުނު
443
F3)
2016/HC-A/435
پر مسرت کمری
އުޞޫލެއްގެ ދަށުން، އެތަކެއް މިލިއަން ރުފިޔާއެއްގެ ތެޔޮ ދޫކުރެވިފައިވާއިރު، މުޢާމަލާތް ކުރިއަށް
ގެންދެވިފައިވާ ގޮތަށް ބައްލަވާ މިފަދަ ވިޔަފާރީކުރެވޭ ގޮތުގެ ޢުރުފަށް ޝަރީޢަތުން އެއްވެސް ގޮތަކަށް
ބައްލަވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
OL
ނުވަވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 05 ވަނަ
މާއްދާއާ އަދި 06 ވަނަ މާއްދާގައި މިމައްސަލައިގެ ދަފްޢު ތަޠްބީޤްކުރުމުގައި ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތައް ވަޒަންނުކުރުމުގެ އިތުރުން
މިބާވަތުގެ މައްސަލަތައް ބެލުމުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އެކަމެއް ހިނގާފައިވާ ކަމަށް
ބުލުކުރެވޭވަރުގެ ހެއްކާއި ޤަރީނާ ހުށަހެޅުމުން ވެސް އަދި މިފަދަ މުޢާމަލާތްތައް ހިންގޭ
ގޮތުގެ ޢުރުފަށް ބެލުމެއް ނެތި ޝަރީޢަތުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ޝަރީޢަތަށް ޤަބޫލުކު
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1355 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ފާހަގަކުރެވެއެވެ.
20
(ހ) ފުރަތަމަ ކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭ ނަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/1355 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ މި ދެފަރާތު ދެމެދު ކުރެޑިޓަށް މޫދާ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 1،33256329
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު 1
2016/HC-A/435
ي يمر
ދެލި
2ޤ2 23
24
ކުރިމަ20
ގޮތުން
31
2010
4 20 02
60-CRD/CON/2010/119
އަގަށް
މާރޗް
ވަނަ ދުވަހު ވެވިފައިވާ ނަންބަރު
އެއްބަސްވުމުގެ ދަށުން ނަގާފައިވާ ތެލުގެ ބާވަތްތަކުގެ
ދައްކަންޖެހޭ 18,949,473.40ރ. (އަށާރަ މިލިއަން ނުވަ ލައްކަ ސާޅީސްނުހާސް ހަތަރު ސަތޭކަ
ހަތްދިހަ ތިން ރުފިޔާ ސާޅީސް ލާރި) އާއި އެއްބަސްވުމުގެ 9.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
ގަވާއިދުން ފައިސާ ނުދެއްކުމުގެ ސަބަބުން 01 ޑިސެމްބަރ 2010 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ
ފައިސާ ހޯދުމަށްކަން އެނގެންއޮންނައިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ބުނާ
ތެލުގެ ބާވަތްތައް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާކަން ހުށަހެޅިފައިވާ
ލިޔުންތަކުންނާއި ހެކީންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުނުވާކަމަށް ބުނެ ދަޢުވާގައި ބަޔާން
މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ހޯދުމަށް
އެދިފައިވާ ފައިސާ ނަގައިދެވެން ނެތްކަމަށް އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވާކަން އެނގެންއޮވެއެވެ.
02
19ނވގނޅު
02c
eco
24 23 22 / 2
2ތ ﷲ 0
2
0
1
މުދަދުކުރުމާބެހޭ
(ނ) ދެވަނަކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑާއި މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 31 މާރޗް 2010 ގައި ރެފަރެންސް ނަންބަރު
2010
/
119/CRD
/
CON-60 "ކްރެޑިޓަށް
މިބަސްވުން" ވެފައިވާކަމާއި، ބުނެވުނު
އެއްވަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ 1.1 ގައި މި އެއްބަސްވުމުގެ ދަށުން މުދާ ކްރެޑިޓަށް ދޫކުރުމަށް
ހަމަޖެހިފައިވާ މުއްދަތަކީ 31 މާރޗް 2010 ދުވަހުން ފެށިގެން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ
މުއްދަތަށް ކަމަށާއި، ކްރެޑިޓަށް މުދާ ދޫކުރެވޭ މިންވަރަކީ -/20,000,000ރ. (ވިހި މިލިއަން ރުފިޔާ) ގެ
މިންވަރަށްވާ މުދާކަމަށް އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މި އެއްބަސްވުމުގެ
ދަށުން ހެދޭ ކްރެޑިޓް ބިލްތަކަށް، އެ ކްރެޑިޓް ބިލެއް ހެދޭ ތާރީޚުން ފެށިގެން ލަސްވެގެން 40 (ސާޅީސް)
ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެކަމަށް އެއްބަސްވުމުގެ 8.1 ގައި ބަޔާންކޮށްފައިވާއިރު، ކްރެޑިޓް
ބިލްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދައްކައިފިނަމަ، އެ ކްރެޑިޓް ބިލެއްގައިވާ ފައިސާ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329 ޕެކްh
1
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{16/HC-A/405
10 ޤަޟިއްޔާ ނިމުނު "
می کرک معلمي *
ބަލައިގަނެވޭނީ މުއްދަތަށް ވުރެ އިތުރުވާ ކޮންމެ ދުވަހަކަށް ކްރެޑިޓް ބިލަށް ދައްކަންޖެހޭ ފައިސާގެ
0.05
% ޖޫރިމަނާގެ ގޮތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ދެއްކުމުންކަމަށް
އެއްބަސްވުމުގެ 9.1 ގައި ބަޔާންކޮށްފައިވާކަމާއި، އަދި މި އެއްބަސްވުމުގެ ދަށުން މެރީޑިއަމް ސާރވިސަސް
ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވޭ މުދަލުގެ ބަދަލުގައި މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން
ހުށަހަޅާފައިވާ ރެޖިސްޓްރީ ނަންބަރު T-10
04-C8561A "އަތަ 5"، ރެޖިސްޓްރީ ނަންބަރު
03-C7615A ބަނޑު (ކަލަމިދި ރެޖިސްޓްރީ ނަންބަރު 03-C-7496A ބަނޑު (ރިޔާ 11) މޯގޭޖް
ކުރެވިފައިވާކަމަށާއި، މި އެއްބަސްވުމުގެ ދަށުން މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް
ދޫކޮށްފައިވާ މުދަލުގެ އަގަށްވާ ފައިސާ މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން ނުދެއްކުމުގެ
ސަބަބުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ލިބެންވާ ފައިސާ ހޯދުމަށްޓަކައި
މޯގޭޖްގެ ގޮތުގައި ބާއްވާފައިވާ އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ރެޖިސްޓްރީ ނަންބަރު C8561A
-
04 10
-
T "އަތަ 5"، ރެޖިސްޓްރީ ނަންބަރު
03-C7615A ބަނޑު (ކަލަމިދި) ރެޖިސްޓްރީ ނަންބަރު 03-C-7496A ބަނޑު (ރިޔާ 11) ކޯޓު
މެދުވެރިކޮށް ނީލަމުގައި ވިއްކާލުމަށްފަހު، ނުލިބިވާ ފައިސާ ހޯދުމުދެ އިޚްތިޔާރު ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ލިބިގެންވާކަން ބުނެވުނު އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ބެލުމުން
0734
އެނގެންއޮންނަކަމެވެ.
ނ) ތިންވަނަ ކަމަކީ، ދެފަރާތު ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެކިފަހަރުމަތިން ފައިސާ ދޫކުރެވުނުކަމަށް މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންވެސް އިންކާރުނުކުރާކަމާއި، ނަމަވެސް، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން އިންކާރުކުރަނީ ހަމައެކަނި 23 އޮގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010 އާ
ހަމައަށް ކުރެވުނު މުޢާމަލާތްތަކަށް ކަން އެނގޭކަމާ
އަނގ، ކމއ،
ދިވެހިރާއްޖެ
33 6471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާރީ، މާލެ، ދިވެހިރާއްޖެ، ފޯން: 0391029
އީމެއިލް [email protected] ވެބް ސައިޓް: ww.highcourt.gov.mv
2016/HC-A/435
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މި ދަޢުވާ ސާބިތުކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1335 ޤަޟިއްޔާގައި ހުށަހަޅާފައިވަނީ
މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް
ފޮނުވާފައިވާ ޕާޗޭސް އޯޑަރތަކާއި، ބުނެވުނު ޕްރޮޗެސް އޯޑަރތަކާއި ގުޅޭ ގޮތުން ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ދޫކޮށްފައިވާ ތެލުގެ ޑެލިވަރީ ނޯޓްތަކާއި، ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދެއްކުމަށް
ފޮނުވާފައިވާ އިންވޮއިސްތަކުގެ ކޮޕީކަމާއި، މީގެ އިތުރުން މި ދެފަރާތްދެމެދު ކުރިން ފޮނުވިފައިވާ ޑެލިވަރީ
ނޯޓާއި އިންވޮއިސްތަކުގެ ކޮޕީއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފިއުލް ޑީ.ސީ
(ކ. ފުނަދޫ) އިން ތެޔޮ ދޫކުރުމަށްފަހު ނޯޓްކުރާ ފިއުލް ޑިސްޗާރޖް ރެޖިސްޓްރީއާއި، މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ފޮނުވާފައިވާ
އިންވޮއިސްތަކާއި ޙަވާލުވެ ސޮއިކޮށްފައިވާ "އިންވޮއިސް ޑެލިވަރީ ޝީޓް" އާއި، ޝަފަވީ ހެކިންގެ ގޮތުގައި
ދަޢުވާގައި ބަޔާންކޮށްފައިވާ މުޢާމަލާތްތައް ހިނގި ދުވަސްވަރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑްގެ ފިއުލް ޑީ.ސީ (ކ. ފުނަދޫ) ގައި މަސައްކަތްކުރި މުވައްޒަފުންކަމަށްވާ ކ.މާލެ / ހ. ނަވާގަން
އިސްމާޢީލް ޢަލީ ޖަލީލްއާއި، ހދ. ނޮޅިވަރަމް ; ރަތްކަނދޮޅުގެ، ޙުސައިން ޒިޔާދުއާއި،
ކެޔޮގެ، ހުސައިން ނިސްފާޢުއާއި، ހއ.ކެލާ : ފަރިވާ ގާސިމް ލަޠީފްއާއި، ހދ. ނޮޅިވަރަމް ; ސިތާރާގެ،
މުޙައްމަދު ރަޝީދުއާއި، މި މުޢާމަލާތް ހިނގިއިރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ
"ކޯޕަރޭޓް އެންޑް ލީގަލް އެފެއާރޒް" ގައި މަސައްކަތްކުރި ގދ. ގައްދޫ | ބަށިމާގެ، އައިމިނަތު ޝަމްރަތު
ހުށަހަޅާފައިވާކަމާއި،
ހއ. ކެލާ
2 0
oeco
eco
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް
ހުށަހަޅާފައިވާ ޑެލިވަރީ ނޯޓްތަކާއި، ޕާރޗެސް އޯޑަރތަކާއި އަދި އިންވޮއިސްތަކުގެ ކޮޕީތަކާއި "ފިއުލް
ޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 13252029 ފެކް3364
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv"
4 3
=2
2016/HC-A/435
12 ޤަޟިއްޔާ ނިމުނު "
ޑިސްޗާޖިންގ ރެޖިސްޓާރ" އަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އިންކާރުކޮށްފައިވާކަމެވެ.
2 0
(ރ) ހަތަރުވަނަ ކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ޑެލިވަރީ ނޯޓްތަކާއި، ޕާރޗެސް އޯޑަރތަކާއި އަދި އިންވޮއިސްތަކުގެ
އަޞްލު ހުށަހެޅިފައިނުވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގައި ހިނގާދިޔަ
ވައްކަމުގެ ހާދިސާއެއްގައި އެ މުއްދަތުގައި ހިނގާފައިވާ މުޢާމަލާތްތަކުގެ އަޞްލު ގެއްލިފައިވާތީކަމަށް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ބުނާކަމާއި، އެގޮތުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ތެޔޮ ދޫކުރުމުގެ މުޢާމަލާތް ހިންގުމުގައި ތައްޔާރުކުރެވިފައިވާ ކަމާބެހޭ
ލިޔުންތައް ގެއްލުމާއި ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން އެ
މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 27 އޮކްޓޯބަރ 2011 ގައި ހުށަހެޅުނުކަން
ހު
މައްސަލާގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅުނު ލިޔެކިޔުންތަކުން އެނގެންއޮންނައިރު، މިކަން
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
ނަންބަރު 2014/Cv-C/1355 ޤަޟިއްޔާގެ ޝަރީޢަތަށް
ރިޕޯޓްގައިވެސް ފާހަގަކޮށްފައިވާކަމާއި، ނަމަވެސް މި ލިޔުންތައް ހަމަ އަޞްލުގައިވެސް ގެއްލިފައިވާކަން
ނުވަތަ ވުޖޫދުން ނެތިގޮސްފައިވާކަމަށް ޤަބޫލުކުރެވޭފަދަ މަޤުބޫލު ސަބަބެއް ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ދެއްކިފައިނުވާކަމަށް އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/1355 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ މައްސަލާގައި ހުށަހެޅުނު ލިޔުންތަކަށާއި
ކަންހިނގާ ގޮސްފައިވާގޮތުގެ މައްޗަށް އެކަށީގެންވާ މިންވަރަކަށް ބެއްލެވިގެން ނޫންކަން
އެނގެންއޮންނަކަމާއި،
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2016/HC-A/405
کی عمر مترمربع
4 22
OLO
eco
13 ޤަޟިއްޔާ ނިމުނު 1
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރާ ދަޢުވާއަކީ އެފަރާތުން ދީފައިވާ ޚިދުމަތަށް ނުލިބިވާ ފައިސާ ހޯދުންކަން
އެނގޭއިރު، މި މުޢާމަލާތުން ގެއްލުން ލިބެން އޮތީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް
ކަމަށްވެފައި، އަދި ޙަވާލާދެވޭ ލިޔުންތަކުގެ އަޞްލު ހުށަނާޅާއޮތުމަކުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕަބްލިކް ލިމިޓެޑްގެ މަޞްލަޙަތެއް ނުވަތަ އެކުންފުންޏަށް ލިބޭނެ މަންފާއެއް ނެތްއިރު، މި ލިޔުން
ހުށަހަޅާފައިނުވަނީ ޤަބޫލުކުރެވޭ ފަދަ ޢުޛުރަކުންކަމަށް ބަލަންޖެހޭކަމާއި، ޤާނޫނު ނަންބަރު 24/76
(ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއަށް ބަލާއިރު، ލިޔުމެއްގެ އަޞްލު ގެއްލިއްޖެނަމަ ނުވަތަ
ނެތިގޮސްފައިވާނަމަ، އެ ލިޔުމެއް ނެތުނީ ގަބޫލުކުރެވޭ ފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް ސާބިތު
ބަދަލުގައި އެހެން ހެކި ގަބޫލުކުރެވިދާނެކަން އެނގެންއޮ ހުށަހެޅިފައިމިވާ މައްސަލާގައި
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓްތަކާއި،
ޕާރޗެސް އޯޑަރތަކާއި އަދި އިންވޮއިސްތަކުގެ ކޮޕީތަކަށް ރިޢާޔަތްކުރެވިދާނެކަން އެނގޭކަމާއި، އަދި
އެފަދައިން ރިޢާޔަތްކުރުން މަނާކުރާ ސަބަބެއް ފެންނަންނެތްކަމެވެ
.
22
ވާނަމަ އޭގެ
ނައްތާމުނޭ،
މައްޗަށް
22
(ބ) ފަސްވަނަ ކަމަކީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ހެކިންގެ ހެކިބަހުގެ
ބިނާކޮށް ޝަރީޢަތުން މައްސަލަ ނިންމުމުގައި، ހެކިވެރިޔާގައި ހުރުން ލާޒިމްވެގެންވާ އަސާސީ އެއް
ޝަރުތަކީ ހެކިވެރިޔާގެ ކިބައިގައި "ޢަދްލު" ވެރިކަމުގެ ސިފަ ހުރުންކަން އިސްލާމީ ޝަރީޢަތުގެ
ނައްޞުތަކުން ސާފުކޮށް އެނގޭކަމާއި، ހެކިބަސްދޭ ފަރާތަކީ އިސްލާމީ ޝަރީޢަތުގައި ހެކިބަސްދޭ މީހާގައި
ހުންނަންޖެހޭ އަސާސީ އެއް ޝަރުތެއްކަމަށްވާ ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ ފަރާތެއްތޯ
ކަނޑައެޅުމުގައި، އިސްލާމީ އެންމެހައި މަޒްހަބުތަކުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނުވާ މިންގަނޑަކީ
ހެކިބަސްދޭފަރާތަކީ ބޮޑު ފާފައެއް ކޮށްފައިވާ މީހެއްކަމުގައިވާނަމަ އެއީ ޢަދްލުވެރިކަމުގެ ސިފަ ފުރިހަމަނުވާ
ފާސިޤުއްކަމުގައި ބެލުންކަން އެނގެން އޮންނައިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް (87
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު
2016/HC-A/405
کمر متي مو
LO
ފަރާތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ މި މައްސަލާގައި މުޢާމަ
.ޢާމަލާތްތައް ހިނގި ދުވަސްވަރު ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފިއުލް ޑީ.ސީ (ކ. ފުނަދޫ) ގައި މަސައްކަތްކުރި މި
ފަރާތްތަކަކީ، އެފަރާތްތަކުގެ ޢަދުލުވެރިކަން ގެއްލިފައިވާތީ އެފަރާތްތަކުގެ ހެކިބަސް ޝަރުޢީ އަދި ޤާނޫނީ
ގޮތުން ޤަބޫލު ނުކުރެވޭ ޙާލަތުގައި ތިބި ފަރާތްތަކެއްކަން އެނގެން ނެތްކަމާއި،
މި މައްސަލައިގައި ކަން ހިނގާގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މިމައްސަލައަކީ ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފިއުލް ޑީ.ސީ (ކ. ފުނަދޫ) އިން މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑަށް ތެޔޮ ދޫކުރުމަށްފަހު އެތެލަށްވާ ފައިސާ ހޯދުމަށް ކޮށްފައިވާ ދައުވާއެއްކަން
އެނގެންއޮންނައިރު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ މި ފަރާތްތަކަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފިއުލް ޑީ.ސީ (ކ.
ފުނަދޫ) ގައި ތެޔޮދޫކުރުމުގައި ޢަމަލީގޮތުން ބައިވެރިވި ފަރާތްތައްކަމަށް ވެފައި، މި މުޢާމަލާތްތައް ހިނގާ
ދިޔަގޮތުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނޭ ބަޔަކަށް ތިބޭނީ ފަރާތްތައް ކަމީ، އެކަމާމެދު
ދެބަސްވެވެންނެތް ޙަޤީޤަތެއްކަން ޤަބޫލުކުރަންޖެހޭކަމާއި، އަދި މި ފަރާތްތަކުގެ ބަސް މިފަދަ ހާލަތުގައި
ޤަބޫލުނުކުރެވިއްޖެނަމަ، އިންޞާފު ޤާއިމްކުރުމަށް ހުރަސްއެޅިދާނެކަން އެނގެންއޮންނާތީ، މި ފަރާތްތަކުގެ
ހެކިބަސް ޤަބޫލުކުރުމީ މި ޙާލަތުގައި އެންމެ އިންސާފުވެރިގޮތްކަމަށް މި މައްސަލަ ބެލި
ފަނޑިޔާރުންނަށްވެސް ޤަބޫލުކުރެވޭކަމާއި، އަދި މި ފަރާތްތަކަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން
ޕަބްލިކް ލިމިޓެޑްގައި މަސައްކަތްކުރާ މުވައްޒަފުންކަމަށްވީތީ، ހަމައެކަނި އެ ސަބަބަށްޓަކައި މި ފަރާތްތަކުގެ
uc ec
ހެކިބަސް ރައްދުކުރެވެންޖެހޭނެ ކަމަކަށް ނުފެންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ، އާމިނަތު ޝަމްރަތު 05 ޖޫން 2016 ވަނަ ދުވަހު ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، 2010 ޖޫން މަހުން ފެށިގެން މަސައްކަތް ކުރަނީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ހެޑް އޮފީހުގައި ފައިނޭންސް ޑިޕާޓްމަންޓްގައި
ކަމަށާއި، މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނުދައްކައިގެން ކޯޓަށް ލާން އުޅޭކަން
02 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/435
(
2x
އޮތީ އެނގިފައިކަމަށާއި، އާމިނަތު ޝަމްރަތު ޝާމިލްވީ ހަމައެކަނި ކޯޓަށް ހުށަހެޅި ޑޮކިއުމަންޓްތައް ފޮޓޯ
ކޮޕީ ނެގުމުގަކަމަށާއި، އެއީ އިންވޮއިސްއާއި، ޑެލިވަރީ ނޯޓްއާއި ޕަރޗެސް އޯޑަރކަމަށާއި، ފޮޓޯ ކޮޕީ ނެގީ
އޮރިޖިނަލްއިންކަމަށާއި، ޝަރީޢަތުގެ މަޖިލިހުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ
ވަކީލު ދެއްކި ޑޮކިއުމަންޓްތަކަކީ އާމިނަތު ޝަމްރަތު ފޮޓޯ ކޮޕީ ނެގި ޑޮކިއުމަންޓްތައްކަމަށާއި، ފޮޓޯ ކޮޕީ
ނެގީ 2011 ވަނަ އަހަރުގެ ފަހުކޮޅުގައި ނޮވެމްބަރ ނުވަތަ ޑިސެމްބަރުގައި ކަމަށް ބުނެފައިވާކަން
ފާހަގަކުރެވެންއޮންނަކަމެވެ.
2394
ޅުމުގެ
(ކ) ހަތްވަނަ ކަމަކީ، މި މައްސަލާގައި ބުނާ މުޢާމަލާތްތައް ހިނގިއިރު ކ. ފުނަދޫ ގައި ތެޔޮ
މަސައްކަތުގައި އުޅުނު އިސްމާޢީލް ޢަލީ ޖަލީލްއާއި، ޙުސައިން ޒިޔާދުއާއި، ހުސައިން
ނިސްފާޙުއާއި، ގާސިމް ލަޠީފްއާއި، މުޙައްމަދު ރަޝީދުގެ ހެކިބަހަށް ޖުމްލަ ގޮތެއްގައި ބަލާއިރު، 2010
ވަނަ އަހަރުގެ އޯގަސްޓް، ސެޕްޓެމްބަރ، އޮކްޓޯބަރ ހިސާބުގައި މި ފަރާތްތައް މަސައްކަތްކުރަމުން ދިޔައީ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފުނަދޫ ފިއުލްގައިކަމަށާއި، ކޮންމެ ދުވަހަކު ކަހަލަ
ގޮތަކަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުތައް ތެޔޮއަޅަން އަންނަކަމަށާއި، އޮފީހުން ހަދާ
ޑެލިވަރީ ނޯޓް ސްލިޕްގައި އަޅަނީ ކޮން ދޯންޏެއްކަމާއި، އަޅަނީ ކޮންކަހަލަ ތެލެއްކަމާއި، ކިހާވަރެއްކަން
ހުރިހާ މަޢުލޫމާތެއް ހުންނާނެކަމަށާއި، ތެޔޮ އެޅުމުގެ ކަންތަކާއި އެންމެ އިސްކޮށް ޙަވާލުވެ ހުންނަނީ ބޯޓުގެ
ކައްޕިކަމަށާއި، ތެޔޮ އެޅުމަށްފަހު ޑިސްޗާރޖުން ޝީޓުގައި ތެޔޮ އެޅި ގަޑިއާއި މާސްޓާރ ރީޑިންގ މީޓަރުގެ
މާސްޓަރ ރީޑިންގ ނޯޓުކޮށް ތެޔޮ އެޅީ ކާކުކަމާއި ސޮޔާއި ބޯޓުން ހަވާލުވާ ފަރާތުގެ ނަމާއި ސޮއި
ހުންނާނެކަމަށާއި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ތެޔޮ އެޅުމަށް ރިޔާގެ އެކި އުޅަނދުތައް
އަންނަކަމަށް ބަޔާންކޮށްފައިވާއިރު، ރިޔާ 2 ރިޔާ 11، ރިޔާ 7، ރިޔާ 10، އަދި ރިޔާ 8
އަންނަކަމަށާއި، ކައްޕިންގެ ތެރެއިން އިލްޔާސް، ސައްތާރު، މާޖިދު، އާމިރު، އިބްރާހީމް އިސްމާޢީލް އަދި
ފައިސަލް އަންނަކަމަށާއި، އޭގެ އިތުރުން އެހެން ކައްޕިންވެސް އަންނަކަމަށާއި ތެޔޮ އަޅަނީ ފުނަދޫ އޮފީހުން
ދިވެހިރާއްޖެ
t 33
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، 3
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2016/HC-A/435
مع مي کمک مالی محب
Oxoc
16 ޤަޟިއްޔާ ނިމުނު
ފޮނުވާ ސްލިޕްތަކަށް ބަލައިގެންކަން އެނގެންއޮންނައިރު، އިސްމާޢީލް ޢަލީ ޖަލީލްގެ ހެކިބަހުގައި ތެޔޮ
ދޫކުރުމުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އޭރު އިސްވެރިއަކަށް ހުންނެވި ރިޔާޒް
ރަޝީދު ކޮންޓެކްޓް ކުރައްވާކަމަށާއި، 2010 ވަނަ އަހަރުގައި ފިއުލް ސަޕްލައި ކުރެވުނު މި މުއާމަލާތްތަކާ
ގުޅިގެން ބިލް ފޮނުވައިގެން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ވަރަކަށް
ލިޔުމުންވިޔަސް، ފޯނުންވިޔަސް އަދި ވާބަލީ ވިޔަސް އެއްވެސް ގޮތަކަށް އިންކާރުކޮށްފައިނުވާކަމަށް
ބުނެފައިވާކަން އެނގެންއޮވެއެވެ.
(އ) އަށްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ހުށަހެޅުނު ޕަރޗޭސް އޯޑަރތަކަށް ބަލާއިރު،
މި ޕާރޗެސް އޯޑަރތަކުގައި ވަނީ މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ލެޓަރ ހެޑްކަމާއި، އަދި
މި ޕާރޗެސް އޯޑަރ ތަކުގައި މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ސްޓޭމްޕް ޖަހާފައިވާކަން
އެނގޭކަމާއި، އަދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނަންޖަހާ ސޮއިކޮށްފައިވަނީ
އަތުންކަން ފާހަގަކުރެވެންއޮންނައިރު، 23 އޯގަސްޓް 2010 ގެ ކުރިން މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ފޯނުވާފައިވާ ޕަރޗޭސް
އޯޑަރތަކާއި މި މައްސަލާގައި ޚުޞޫމަތް އުފެދިފައިވާ ޕަރޗޭސް އޯޑަރތަކުގައި ވެސް ޖަހާފައިވަނީ އެއް
ސްޓޭމްޕެއްކަމާއި އަދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނަންޖަހާ ސޮއިކޮށްފައިވަނީ
އަތުންކަން އެނގެންއޮންނައިރު، ޚުޞޫމަތް އުފެދިފައިވާ މި ޕަރޗޭސް އޯޑަރތަކަކީ ކުރިން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ފޮނުވާފައިވާ
ޕަރޗޭސް އޯޑަރތަކާއި ތަފާތު ޕަރޗޭސް އޯޑަރތަކެއްކަމަށް ބެލެވޭނެ ފަރަޤެއް މި ޕާރޗޭސް އޯޑަރތަކުގައި
ހުރިކަމަކަށް ފާހަގަވާންނެތްކަމާއި،
އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ޑެލިވަރީ
ނޯޓްތަކަށް ބަލާއިރު، ޑެލިވަރ ކުރާ އުޅަނދުގެ ނަމާއި، އިނީޝިއަލް ރީޑިން އަދި އިޝޫކުރާ ފަރާތުގެ
02
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329 ލެސްdia
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.mv/
2016/HC-A/4:05
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސޮޔާ ތާރީޚް އަދި ލިބިގަންނަ ފަރާތުގެ ސޮޔާއި ތާރީޚް ޖަހާފައިވަނީ އަތުންކަމާއި، އަދި މީގެ ކުރިން
މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ދައްކާފައިވާ ބިލްތަކާއި ގުޅިގެން ހަދާފައިވާ
ޑެލިވަރީ ނޯޓްތައްވެސް ފިލްކޮށްފައިވަނީ މިގޮތަށްކަމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑްގެ ކުރީގެ ޑެލިވަރީ ނޯޓްތަކާއި މިހާރު ޚުޞޫމަތް އުފެދިފައިވާ ޑެލިވަރީ ނޯޓްތަކުގެ ފޯމެޓްގައި
ތަފާތުހުރި އެއްވެސް ފަރަޤެއްއޮތްކަމަށް ފާހަގަކުރެވެންނެތް .
(ވ) ނުވަވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ހުށަހެޅުނު ޕާރޗެސް އޯޑަރތަކާއި، އެ
ޕާރޗޭސް އޯޑަރއާ ގުޅޭ ޑެލިވަރީ ނޯޓްތަކާއި، އިންވޮއިސްތަކާއި، އަދި ތެޔޮ ދޫކުރެވުނުކަން
ރެކޯޑްކުރެވިފައިވާ ކ. ފުނަދޫ ފިއުލް އެންޑް ލުބްރިކަންޓްސްގެ "ފިއުލް ޑިސްޗާޖިންގ ރެޖިސްޓާރ" އަށް
ބަލާއިރު،
މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ހުރިހާ ޕާރޗެސް އޯޑަރ ތަކެއްގައި މުދަލުގެ
މިންވަރު ބަޔާންކޮށްފައިވާއިރު، ޕާރޗެސް އޯޑަރތަކުގައި މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސޮއިކޮށް، އެ ކުންފުނީގެ ތައްގަނޑު ޖަހާފައިވާކަމާއި، އަދި ޕަރޗޭސް އޯޑަރއާ ގުޅިގެން
ތައްޔާރުކުރެވޭ ޑެލިވަރީ ނޯޓްގައިވެސް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުދާ
ލިބުނުކަމަށް ސޮއިކޮށްފައިވާކަމާއި، އަދި ޑެލިވަރީ ނޯޓްގައިވާ އުޅަނދުގެ ނަމާއި "ފިއުލް ޑިސްޗާޖިންގ
ރެޖިސްޓާރ" ގައި މުދާ އިޟޫކުރެވުނުކަމަށް ބުނާ މުދާ ދޫކުރެވިފައިވާ އުޅަނދުގެ ނަން ދިމާވާއިރު،
ޑެލިވަރީ ނޯޓްގައި ބުނާ ޢަދަދު ލިބުނުކަމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ސޮއިކޮށްފައިވާކަން "ފިއުލް ޑިސްޗާޖިންގ ރެޖިސޯޓާރ" އަށް ބެލުމުން އެނގެންއޮންނަކަމާއި، އަދި
ޕާރޗެސް އޯޑަރތަކާއި ގުޅިގެން ތައްޔާރުކުރެވޭ އިންވޮއިސްގައި މުދާ ދޫކުރެވުނު އަދަދާއި އެދަދަށް ފައިސާ
ދައްކަންޖެހޭ މިންވަރު ބަޔާންކޮށްފައިވާއިރު، 23 އޯގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010
ނިޔަލަށް ހުށަހަޅާފައިވާ މި މައްސަލާގައި ޚުޞޫމަތް އުފެދިފައިވާ ޕާރޗެސް އޯޑަރތަކާއި، އެ ޕާރޗޭސް
ސާޖިޓޯ"
Gu 64sce
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3/252029، ފެކް
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދީޘްއެއް
42
2{16/HC-A/405
کم عمری
18 ޤަޟިއްޔާ ނިމުނު 1
އޯޑަރތަކާ ގުޅޭ ޑެލިވަރީ ނޯޓްތަކާއި، އިންވޮއިސްތަކާއި، އަދި "ފިއުލް ޑިސްޗާޖިންގ ރެޖިސްޓާރ" ގައި
ދޫކުރެވުނު މުދަލާއި، އެ މުދަލުގެ މިންވަރާއި، މުދާ ދޫކުރެވުނު ތާރީޚާއި މުދަލާއި ޙަވާލުވި ފަރާތާއި
މުދަލުގެ އަގާއި މުދަލަށް ދައްކަންޖެހޭ ޖުމްލަ އަދަދާއި މިހުރިހާ ތަފްޞީލެއް ހިމެނިފައިވާއިރު، މި
ލިޔުންތަކުގައި އެއްވެސް ފުށުއެރުމެއްވާކަން ފާހަގަނުކުރެވޭކަމާއި،
އަދި މި މައްސަލާގައި ހުށަހެޅުނު އިންވޮއިސްތައް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކުރެވުނުކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން ހުށަހެޅި
"އިންވޮއިސް ޑެލިވަރީ ނޯޓް" އަށް ބެލުމުން އެނގެންއޮންނަކަމާއި، އަދި މި އިންވޮއިސްތައް މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަމާމެދު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
އިންކާރުނުކުރާކަމާއި،
މި މުޢާމަލާތްތަކާ ގުޅިގެން ފޮނުވާފައިވާ އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް އަންގާ ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ނަންބަރު 2010
/
1000/FIN
/
MIS-60 (24 އޮކްޓޯބަރ
2010) ސިޓީއާއި ނަންބަރު 2010
/
1098/CLA
/
MIS-60 (22 ނޮވެމްބަރ 2010) ފަދަ ސިޓީތަކުން
ތަކުރާރުކޮށް އަންގާފައިވީނަމަވެސް، މިއިން އެއްވެސް ލިޔުމަކަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް
ލިމިޓެޑުން ޖަވާބުދީފައިނުވާކަމާއި، އަދި މި މުޢާމަލާތްތަކަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑާއި މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ކުރެވިފައިނުވާ މުޢާމަލާތްތަކެއްނަމަ، މި
އިންވޮއިސްތަކަށް ފައިސާ ދެއްކުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް
ހު
އިންވޮއިސްތަކަށް އިންކާރުނުކޮށް ހުރި ހުރުމާމެދު ސުވާލުއުފެދޭކަމާއި، މެރީޑިއަމް ސާރވިސަސް ޕްރައިވެޓް
ލިމިޓެޑުން މި އިންވޮއިސްތައް ބަލައިގަނެ، އިންވޮއިސްތަކާ ގުޅިގެން ފައިސާ ދެއްކުމަށް ތަކުރާރުކޮށް
އެންގުމުންވެސް މިއިންވޮއިސްތަކަށް އިންކާރުނުކޮށް ހުރި ހުރުމަކީ އޭގެ ޒާތުގައި، މުޢާމަލާތްތަކަކީ
OLC
0 2 0 2 2 2
އެދޭގެންނެވެ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްރ
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{16/HC-A/405
گمرکی
3)
19 ޤަޟިއްޔާ ނިމުނު "
ދެފަރާތު ދެމެދު ހިނގާފައިވާ މުޢާމަލާތްތަކެއްކަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ
ޢަމަލުތަކުން ދައްކުވައިދޭ ހަރުދަނާ ދަލީލަކަށް ފުދޭކަމެއްކަން އެނގެންއޮންނަ އޮތުމެވެ.
0x0
(މ) ދިހަވަނަ ކަމަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ
ترک ہے
"ހަގީގަތެއް ސާބިތު ވެއްޖެކަމަށް ޝަރީއަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް
ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް
ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި
މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެމައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް
އެކަމެއް ހިނގާފައިވާކަމަށް ޝަރީއަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޙާއްޞަ
ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް
ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ.”
މިފަދައިން ބަޔާންކޮށްފައިވާކަމާއި، ހުށަހެޅިފައިވާ މި މައްސަލާގައި ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅި
އާމިނަތު ޝަމްރަތުގެ ހެކިބަހަށް ބަލާއިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ފައިސާ
ނުދައްކައިގެން ކޯޓަށް މައްސަލަ ހުށަހަޅަން އުޅުނުއިރު އިންވޮއިސްތަކާއި، ޑެލިވަރީ ނޯޓްތަކާއި، އަދި
ޕަރޗޭސް އޯޑަރތަކުގެ އޮރިޖިނަލް ޑޮކިއުމަންޓްސް އިން ފޮޓޯ ކޮޕީ ނެގީ އާމިނަތު ޝަމްރަތުކަމަށް
ބުނެފައިވާކަން އެނގެންއޮންނައިރު، ފޮޓޯ ކޮޕީ ނެގީ 2011 ވަނަ އަހަރުގައިކަމަށް އާމިނަތު ޝަމްރަތުގެ
ހެކިބަހުގައި ބުނެފައިވީ ނަމަވެސް، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނުދައްކައިގެން
ކޯޓަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ 2010 ވަނަ އަހަރުގައިކަން އެނގެންއޮތުމާއި، މި މައްސަލާގައި
ފޮޓޯ ކޮޕީ ނެގިކަމަށް އާމިނަތު ޝަމްރަތު ބުނި ޑޮކިއުމަންޓްސްތަކަކީ 2010 ވަނަ އަހަރުގެ ޑޮކިއުމަންޓްސް
ޑޮކިއުމަންޓްތަކަށް ބެލުމުން އެނގެންއޮންނަ އޮތުމަށް ބަލާއިރު، ފޮޓޯ ކޮޕީ ނެގި މުއްދަތު
ބުނުމުގައި އާމިނަތު ޝަމްރަތުގެ ހެކިބަހުގައި ފުށުއެރުމެއްހުރި ނަމަވެސް، މި މައްސަލާގައި ހުށަހެޅުނު ހެކި
ޤާރީނާއަށް އެކުއެކީގައި ބަލައިލުމުން، އާމިނަތު ޝަމްރަތު ފޮޓޯ ކޮޕީ ނަގާފައިވާކަމަށް ބުނާ މި
020 ތ 0
ތަކެއްކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެސް
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20 ޤަޟިއްޔާ
2016HC-A/4405
کی مرک ملي مب*
I
ވެބް ސައިޓް: lighcourt.gov.mv * ދިވެހީމް
ނިމުނު 1
ޑޮކިއުމަންޓްސްތަކަކީ ޖީ މައްސަލާގައި ހުށަހެޅިފައިވާ މި ޑޮކިއުމަންޓްތައް ކަމަށް ޝަރީޢަތަށް
ބުރަވެވޭކަމާއި،
މީގެ އިތުރުން، މި މައްސަލާގައި ޝަފަވީ ހެކިންގެ ގޮތުގައި ހުށަހެޅީ ޚުޞޫމަތް އުފެދިފައިވާ
މުޢާމަލާތްތައް ހިނގިއިރު، ފުނަދޫ ގައި ތެޔޮ އެޅުމުގެ މަސައްކަތުގައި އުޅުނު ފަރާތްތަކުގެ
ހެކިބަހުން، 2010 ވަނަ އަހަރުގެ އޯގަސްޓް، ސެޕްޓެމްބަރ، އޮކްޓޯބަރ ހިސާބުގައިވެސް މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުތައް ތެޔޮއަޅަމުން ގެންދިޔަކަމާއި، މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުން ތެޔޮ އެޅުމަށް ރިޔާގެ އެކި އުޅަނދުތައް އަންނަކަމަށް ބުނެފައިވާއިރު، ކައްޕިންގެ
ގޮތުގައި އިލްޔާސް، ސައްތާރު، މާޖިދު، އާމިރު، އިބްރާހީމް އިސްމާޢީލް އަދި ފައިސަލް އައިކަމަށް
ބުނެފައިވާކަން އެނގެންއޮތުމާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ "ފިއުލް
ޑިސްޗާޖިންގ ރެޖިސްޓާރ" ގައި ތެޔޮ ލިބުނުކަމަށް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ސޮއިކޮށްފައިވުމާއި، ތެޔޮ ލިބުނުކަމަށް ސޮއިކޮށްފައިވާ ފަރާތްތަކަކީ މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތެޔޮ ބަލާ އަންނަ ކައްޕިންކަމަށް މި މައްސަލާގައި ހުށަހެޅުނު ހެކިންގެ
ހެކިބަހުން އެނގެންއޮތުމާއި، އަދި މި މައްސަލައާ ގުޅިގެން ހުށަހެޅުނު ޑެލިވަރީ ނޯޓްތަކުގައިވެސް
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި ފަރާތްތައް ސޮއިކޮށްފައިވާކަން
އެނގެންއޮތުމާއި، ތެޔޮ ލިބުނުކަމަށް ބުނާ ޢަދަދުކަމަށް "ފިއުލް ޑިސްޗާޖިންގ ރެޖިސްޓާރ" ގައި ބުނާ
ޢަދަދާއި، ތެލާ ހަވާލުވާން އައި ދޯންޏާއި، ޑެލިވަރީ ނޯޓްތަކުގައި ބުނެފައިވާ މައުލޫމާތުތަކާއި ދިމާވާކަން
އެނގެންއޮތުމުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ޕަރޗޭސް
އޯޑަރތަކާއި، ޑެލިވަރީ ނޯޓްތަކާއި، އަދި އިންވޮއިސްތަކުގެ ކޮޕީތަކަކީ މި މައްސަލާގައި ހުށަހެޅި ހެކީންގެ
ހެކިބަހުންނާއި ޤާރީނާއިން ފުރިހަމަވެގެންދާ ދަލީލުތަކެއްކަން އެނގެންއޮންނަކަމާއި، އަދި ބުނެވުނު
ލިޔުންތަކަށާއި، މައްސަލާގައި ހުށަހެޅުނު ހެކީންގެ ހެކިބަހަށާއި، ފުނަދޫ ފިއުލް އެންޑް
ލުބްރިކަންޓްސްގެ "ފިއުލް ޑިސްޗާޖިންގ ރެޖިސްޓާރ" އަށާއި އަދި މި އިންވޮއިސްތައް މެރީޑިއަމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުށީ، މާލެ، ދިވެހިރާއްޖެ، ފޯން: 32529
33164
އީމެއިލް [email protected]
04 0 0
ދިވެހިރާއްޤީ
21 ޤަޟިއްޔާ ނިމުނު ގޮ
2{016/HC-A/4f35
و مری
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމުން، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، މި މައްސަލާގައި ފައިސާ ހޯދުމަށް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މުޢާމަލާތްތަކަކީ، އެ މުޢާމަލާތްތައް
އެ ގޮތުގައި ހިނގާފައިވާކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވާ މުޢާމަލާތްތަކެއްކަމަށް ޝަރީޢަތަށް
ބުރަވެވޭކަމާއި، އެހެންކަމުން، މިމައްސަލާގައި ޚުޞޫމަތް އުފެދިފައިވާ މުޢާމަލާތްތައް ހިނގާފައިވާ މުއްދަތު
23 އޯގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010 ނިޔަލަށް ހުށަހަޅާފައިވާ
އިންވޮއިސްތަކުގައިވާ އަދަދުތަކާއި، އިންވޮއިސްތަކުގައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން
އަރާފައިވާ ޖޫރިމަނާ ފައިސާއަކީ މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަން އެނގޭކަމެވެ.
ކަމަށްވާ
(ށ އެގާރަވަނަ ކަމަކީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ 23 އޯގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010 ނިޔަލަށް ހުށަހަޅާފައިވާ
183 (ސަތޭކަ އަށްޑިހަ ތިނެއް) އިންވޮއިސްގައިވާ ޖުމްލަ އަދަދަކީ 18,949,473.40ރ. (އަށާރަ
މިލިއަން ނުވަ ލައްކަ ސާޅީސްނުވަހާސް ހަތަރު ސަތޭކަ ހަތްދިހަ ތިން ރުފިޔާ ސާޅީސް ލާރި) ކަމާއި،
ބުނެވުނު އިންވޮއިސްތަކަށް އެއްބަސްވުމުގެ 9.1 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގަވާއިދުން ފައިސާ
ނުދެއްކުމުގެ ސަބަބުން 01 ޑިސެމްބަރ 2010 ގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 384,198.80ރ.
(ތިންލައްކަ އަށްޑިހަ ހަތަރުހާސް އެއްސަތޭކަ ނުވަދިހަ އަށް ރުފިޔާ އަށްޑިހަ ލާރި) އަރާފައިވާކަން
އެނގެންއޮންނަކަމާއި، އެހެންކަމުން، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ޖޫރިމަނާއާއެކު ޖުމްލަ 19,333,672.20ރ (ނަވާރަ
މިލިއަން ތިން ލައްކަ ތިރީސް ތިންހާސް ހަސަތޭކަ ހަތްދިހަ ދެރުފިޔާ ވިހިލާރި) ދައްކަންޖެހޭކަން
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 7
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
22 ޤަޟިއްޔާ ނިމުނު 1
2016/HC-A/435
کی مرگی
,3
04 ތ 0
2
3
4
އެއްބަސްވެއްޖެ
ހު
< oec
ސްވު ދަށުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ
މުދަލުގެ އަގަށްވާ ފައިސާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ނުދައްކާނަމަ، އެފައިސާ
ހޯދުމަށްޓަކައި މޯގޭޖްގެ ގޮތުގައި ބާއްވާފައިވާ އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ރެޖިސްޓްރީ ނަންބަރު C8561A
-
04 10
-
T "އަތަ 5"، ރެޖިސްޓްރީ ނަންބަރު
03-C7615A ބަނޑު (ކަލަމިދި) ރެޖިސްޓްރީ ނަންބަރު 03-C-7496A ބަނޑު (ރިޔާ 11) ކޯޓު
މެދުވެރިކޮށް ނީލަމުގައި ވިއްކާލުމަށްފަހު، ނުލިބިވާ ފައިސާ ހޯދުމުގެ އިޚްތިޔާރު ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ލިބިގެންވާކަން މި ދެފަރާތް ދެމެދު ދެމެދު 31 މާރޗް 2010 ގައި
ވެފައިވާ ނަންބަރު 2010
/
119/CRD
/
CON-60 "ކްރެޑިޓަށް މުދާދުކުރުމާބެހޭ އެއްބަސްވުން" ގެ 4
ވަނަ މާއްދާއަށް ބެލުމުން އެނގެންއޮންނަކަމެވެ
ވީމާ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ހު
މައްސަލަ ބެލި
ފަނޑިޔާރުން ދެކެނީ އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014;Cv
-
C!1355ޤަޟިއްޔާގައި
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް
23 އޯގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010 ނިޔަލަށް ކްރެޑިޓަށް ދޫކޮށްފައިވާކަމަށް
ބުނެފައިވާ ތެލުގެ ބާވަތްތައް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާކަން މި
މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ލިބިފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް
ސާބިތުނުވާކަމަށް ކަނޑައަޅައި، ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{16/HC-A/435
ouc
OX
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2014/Cv
-
C/1355 ޤަޟިއްޔާގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް 23 އޯގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010
ނިޔަލަށް ކްރެޑިޓަށް ދޫކޮށްފައިވާކަމަށް ބުނެފައިވާ ތެލުގެ ބާވަތްތައް މެރީޑިއަމް ސާރވިސަސް ޕްރައިވެޓް
ލިމިޓެޑަށް ރައްދުވެފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ލިބިފައިވާ ހެކިންގެ
ހެކިބަހުން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާ މި މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ހޯދުމަށް އެދިފައިވާ ފައިސާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑްގެ ކިބައިން ނަގާދެވެން ނެތްކަމަށް ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކަނޑައަޅައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް
ލިމިޓެޑުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް 23 އޯގަސްޓް 2010 ން ފެށިގެން 28
ސެޕްޓެމްބަރު 2010 ނިޔަލަށް ކްރެޑިޓަށް ދޫކޮށްފައިވާކަމަށް މި މައްސަލާގައި ބުނެފައިވާ ތެލުގެ
ބާވަތްތަކަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ރައްދުވެފައިވާ ތެލުގެ ބާވަތްތަކެއްކަމަށް މި
މައްސަލާގައި ހުށަހެޅުނު ހެކީންގެ ހެކިބަހަށާއި، ގުޅިފައިވާ ޤާރީނާތަކަށް ބެލުމުން މަދަނީ މިންގަނޑުން
ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި މުޢާމަލާތްތަކާއި ގުޅިގެން ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑުން މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ 183
(ސަތޭކަ އަށްޑިހަ ތިނެއް) އިންވޮއިސްތަކުގެ ޖުމްލަ އަދަދުކަމަށްވާ 18,949,473.40ރ. (އަށާރަ މިލިއަން
ނުވަ ލައްކަ ސާޅީސްނުވަހާސް ހަތަރު ސަތޭކަ ހަތްދިހަ ތިން ރުފިޔާ ސާޅީސް ލާރި) އާއި، މި ފައިސާ
އިންވޮއިސްތަކުގައިވާ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން 01 ޑިސެމްބަރ 2010 ގެ ނިޔަލަށް ޖޫރިމަނާގެ
ގޮތުގައި އަރާފައިވާ 384,198.80ރ. (ތިންލައްކަ އަށްޑިހަ ހަތަރުހާސް އެއްސަތޭކަ ނުވަދިހަ އަށް ރުފިޔާ
އަށްޑިހަ ލާރި) އާއެކު ޖުމްލަ 19,333,672.20ރ. (ނަވާރަ މިލިއަން ތިން ލައްކަ ތިރީސް ތިންހާސް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 4861
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2016/HC-A/4f35
1993.
24 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހަސަތޭކަ ހަތްދިހަ ދެރުފިޔާ ވިހިލާރި) އަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި، މި ފައިސާ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ލިބިދިނުމުގެ ގޮތުން މިއަދު (01 އޯގަސްޓް
2019 ވަނަ ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ އެމީހަކަށްޖެހޭ
ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުން ގޮސް މިފައިސާ އެއްކޮށް ދައްކާ
ޚަލާޞްކުރުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި،
ބުނެވުނު ފައިސާ މި މުއްދަތުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން
ނުދައްކައިފިނަމަ، އެފައިސާ ހޯދުމަށްޓަކައި މި ދެފަރާތު ދެމެދު 31 މާރޗް 2010 ގައި ވެވުނު ނަންބަރު
2010
/
119/CRD
/
CON-60 "ކްރެޑިޓަށް މުދާދުކުރުމާބެހޭ އެއްބަސްވުން" ގެ 4 ވަނަ މާއްދާގެ
ދަށުން، މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑުން މޯގޭޖްގެ ގޮތުގައި ބާއްވާފައިވާ އަތަމާ
އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ރެޖިސްޓްރީ ނަންބަރު
C8561A
-
04 10
-
T "އަތަ 5"، ރެޖިސްޓްރީ ނަންބަރު 03-C7615A ބަނޑު (ކަލަމިދި) ރެޖިސްޓްރީ
ނަންބަރު 03-7496A- ބަނޑު (ރިޔާ 11) ކޯޓު މެދުވެރިކޮށް ނީލަމުގައި ވިއްކާލުމަށްފަހު، ނުލިބިވާ
ފައިސާ ހޯދުމުގެ އިޚްތިޔާރު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑަށް ލިބިގެންވާކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފިމެވެ.
<< OF
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv