ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/63 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/63
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
sa
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ. 63/HC
-
A/2008
ދަޢުވާކުރި ފަރާތް: އަޙްމަދު ޖަނާޙް
1- (ނަމާއި ޢާންމު ނަން) އަޙްމަދު ޖަނާޙް * ދާއިމީ އެޑްރެސް: ގ. ވަލުމައިޒާންދޮށުގެ(ހ.ސޯނަރީ)
* އައިޑީ ކާޑު ނަންބަރ: A041615 * މިހާރުގެ އެޑްރެސް: ވަލުމައިޒާންދޮށުގެ(ހ. ސޯނަރީ)
10
ދަޢުވާލިބުނު ފަރާތް: ޙަސަން ޢަލިމަނިކު
މިހާރުގެ އެޑްރެސް:
ކާމިނީޕޫލްގެ (ހ. ކިނޮޅަސް)
ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް: -
0
ހުށަހެޅުނު ތާރީޚް:
19 ޞަފަރު 1426
* ނިމުނު ތާރީޚް: 05 ރަބީއުލްއާޚިރު 1430
1 އޭޕްރިލް 2009
26 ފެބުރުއަރީ 2008
*
* ނިންމެވިކޯޓް: މަދަނީ ކޯޓް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:2007/MC/1217
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 2007-07-25
31-12-2007
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2008/HC-A/63
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޞަފްޙާ ނަންބަރ: 02
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
03-04 :
1Q
|
03- ޙުކުމް:
:
04- މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފުކުރި ފަރާތުގެ މަހުޝަރު ބަޔާންތައް:
އަޙްމަދު ޖަނާޙްގެ ފަރާތުން ދެއްކި ވާހަކަ:
މަޙުޝަރުނަންބަރ: 227ވަނަފޮތުގެ231 ވަނަ ޞ.އިން ފެށޭ
މަޙުޝަރު ނަންބަރ: 04-HC-A-63Mpg01-2008
މަޙުޝަރު ނަންބަރ: 13-HC-A-63Mpg07-2008
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
ޙަސަން ޢަލިމަނިކުގެ ފަރާތުން ދެއްކިވާހަކަ:
މަހު ޝަރުނަންބަރ: 223ވަނަފޮތުގެ272 ވަނަ ޞ.އިން ފެށޭ
މަޙުޝަރު ނަންބަރ: 07-HC
-
A
-
63Mpg04-2008
މަޙުޝަރު ނަންބަރ: 18-HC
-
A
-
63Mpg13-2008
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
1.
08 ފެބުރުއަރީ 2007 ދުވަހު ހ. ވަލުމައިޒާންދޮށުގެ / އަޙްމަދު ޖަނާއާއި
ޙަސަން ޢަލިމަނިކާއި ދެމެދު ސޮއިކޮށްފައިވާ އެގްރީމަންޓް | އަދި އޭގެ ތަރުޖަމާ.
ކާމިނީޕޫލްގެ
OO
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 43
ދަޢުވާގެ ޚުލާޞާ
މަދަނީ ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ
ނުޖެހިގެން، ހ.ވަލުމައިޒާންދޮށުގެ/ އަޙްމަދު ޖަނާޙުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/63
ފާހަގަކުރެވުނު ނުކުތާތައް:
01- މަދަނީ ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، ހ.ވަލުމައިޒާންދޮށުގެ/ އަޙްމަދު ޖަނާޙުގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފު ކުރުމުން ބެލިފައިވާ މައްސަލައެކެވެ.
02- މަދަނީ ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާ އަކީ، 08 ފެބްރުއަރީ 2007 ދުވަހު
ހ.ވަލުމައިޒާންދޮށުގެ އަޙްމަދު ޖަނާއާއި ހ.ކާމިނީޕޫލްގެ ޙަސަން ޢަލިމަނިކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ
ދަށުން ޙަސަން ޢަލިމަނިކު، އަޙްމަދު ޖަނާއަށް ދެއްކުމަށް އެއްބަސްވެފައިވާ ފައިސާ އަދާކުރުމަށް ދީފައިވާ
ޗެކްގައިވާ 000.00°100$US (އެއްލައްކަ ޔޫ.އެސް.ޑޮލަރ) ލިބިފައިވަނީ ޗެކުގައިވާ މުއްދަތަށްވުރެ 02
(ދެއެއް) މަސް ދުވަސް ފަހުންކަމަށްވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައިވާ
ގޮތުގެ މަތީން 000.00°30$US (ތިރީސް ހާސް ޔޫ.އެސް.ޑޮލަރ)، އަޙްމަދު ޖަނާއަށް ލިބެންޖެހޭކަމަށްބުނެ
ޙަސަން ޢަލިމަނިކުގެ މައްޗަށް އަޙްމަދު ޖަނާހް ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާ ،
އެޤަޟިއްޔާ ބައްލަވާ ނިންމަވާފައިވަނީ، ހ.ވަލުމައިޒާންދޮށުގެ/ އަޙްމަދު ޖަނާޒް، ހ.ކާމިނީޕޫލުގެ{
ޙަސަން ޢަލިމަނިކުގެ މައްޗަށް ކުޅު މިދަޢުވާގައިވާ ހޯދުމަށް ދަޢުވާ ކޮށްފައިވާ ފައިސާއަކީ އިންޓަރެސްޓް
ފައިސާކަމަށާއި، ޝަރުޢީ ހަމަތަކުގެ މަތިން ބަލާއިރު، ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މިފަދަ
މުޢާމަލާތްތަކުގައި ހިމެނޭ އިންޓަރެސްޓް ފައިސާއަކީ ޝަރީޢަތުން ނަގައިދެވެން އޮންނަ ފައިސާއެއްކަމުގައި
ޝަރީޢަތުން ނުދެކޭތީ، ހ.ވަލުމައިޒާންދޮށުގެ އަޙްމަދު ޖަނާޒް، ހ.ކާމިނީޕޫލުގެ ޙަސަން ޢަލިމަނިކުގެ މައްޗަށް
ކުޅަ މިދާޢުވާގައި ހޯދުމަށް އެދިފައިވާ އިންޓަރެސްޓް ފައިސާ ޝަރީޢަތުން ނަގައިދެވޭނެ ތަނެއް ނެތްކަމަށް
ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓިން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
03- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މަދަނީ ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާ
ގައި ޙުކުމް ކުރެއްވުމުން، އެ އުކުމާއި މެދު ހިތްހަމަ ނުޖެހިގެން އަޙްމަދު ޖަނާހް ގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/43
* ފުރަތަމަ ނުކުތާއަކީ: އަޙްމަދު ޖަނާޒް ހޯދުމަށް ދަޢުވާކުރި ފައިސާއަކީ ޙަސަން މަނިކާއެކު
ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޙަސަން ޢަލިމަނިކު ދިނުމަށް އެއްބަސްވެފައިވާ ފައިސާއަކަށްވާއިރު، އެކަމަށް
ޝަރީޢަތުން ބައްލަވާފައި ނުވުން.
* ދެވަނަ ނުކުތާއަކީ: މިމައްސަލަ ކޯޓުގައި ހިގަމުންދިޔައިރު މިފައިސާއަކީ ޙަސަން ޢަލިމަނިކު
ދޭންޖެހޭ ފައިސާއެއްކަމަށް އެއްބަސްވެ، މިފައިސާ ދައްކަންޖެހޭ ކަމަށް އިޤްރާރުވެ ޙަސަން ޢަލިމަނިކު ސިޓީއެއް
ފޮނުވާފައިވާއިރު، އެކަމަށް ބައްލަވާފައިނުވުން.
ތިންވަނަ ނުކުތާއަކީ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ނުބައްލަވާ މައްސަލަ
ނިންމެވުން.
04- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އަޙްމަދު ޖަނާޙްގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މަދަނީ ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
އަޙްމަދު ޖަލާޙް ފަރާތުން އަޤަޟިއްޔާގައި ދަޢުވާކުރުމަށްއެދި ހުށަހަޅާފައިވާ ދަޢުވާ ފޯމަށް ބަލާއިރު،
އެދަޢުވާއަކީ ހ.ވަލުމައިޒާންދޮށުގެ! އަޙްމަދު ޖަޙާއި، ހ.ކާމިނީޕޫލުގެ ޙަސަން ޢަލިމަނިކާއި ދެމެދު 08
ފެބްރުއަރީ 2007 ގައި ސޮއިކޮށްފައިވާ އެގްރީމެންޓެއްގެ ދަށުން އަޙްމަދު ޖަލާޙަށް، ޙަސަން ޢަލިމަނިކު
ދައްކަންޖެހޭ ފުރަތަމަ އިންސްޓޯލްމަންޓުގެ ފައިސާ ކަމަށްވާ 000.00°100$US (އެއްލައްކަ ޔޫ.އެސް.ޑޮލަރ)
ލިބިފައިވަނީ އެގްރީމެންޓުގެ ދަށުން އެފައިސާ ލިބެންޖެހޭ މުއްދަތަށްވުރެ 02 (ދެއެއް) މަސް ދުވަސް
ފަހުންކަމަށްވާތީ، އެ ދެމަސް ދުވަހަށް ދައްކަންޖެހޭ %15 އިންސަތައަށްވާ ފައިސާގެ ގޮތުގައި
US
$
30
°
000.00 (ތިރީސް ހާސް ޔޫ.އެސް.ޑޮލަރ)، އެގްރީމެންޓުގެ 10 ވަނަ މާއްދާގެ ދަށުން އަޙްމަދު
ޖަނާއަށް ލިބެންޖެހޭކަމަށްބުނެ،
ހޭކަމަށްބުނެ، އެފައިސާ ހޯދުމަށް ޙަސަން ޢަލިމަނިކުގެ މައްޗަށް އަޙްމަދު ޖަނާޙް ދަޢުވާ
ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަން އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓޯ: www.highcourt.gov.mv
5
ޤަޖއްޔާ ނިމުނު ގޮތުގެ ރިޕޯޓް
208/iC-A63
33%
(ހ) އަޙްމަދު ޖަނާޙްގެ ދަޢުވާގައި ބަޔާން ކޮށްފައިވާ އެގްރީމެންޓަކީ މަދަނީކޯޓުގައި ރަޖިސްޓްރީ
ކޮށްފައިވާ ނަންބަރ:
91
/
2007-MC
/
C އެގްރީމެންޓް ކަމާއި މެދު ދެފަރާތުންވެސް އެއްބަސްވާތީ،
އެއެގްރީމެންޓުގައިވާ ދަޢުވާއާއި ގުޅޭ މާއްދާތަކަށް ބެލިއިރު،
އެއެގްރީމެންޓަކީ އެޗް.އެމް.އެސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ދެ ޑިރެކްޓަރ އަދި ދެ
ހިއްސާދާރުން ކަމުގައިވާ އަޙްމަދު ޖަނާއާއި ޙަސަން ޢަލިމަނިކާއި ދެމީހުންގެ ދެމެދުގައި ކޮށްފައިވާ
އެގްރީމެންޓެއްކަމާއި، މި މުޢާމަލާތުގެ ކުރީން މިދެމީހުންކުރެ ކޮންމެ މީހަކަށްވެސް އެކުންފުނީގެ %33
އިންސައްތަ ހިއްސާ މިލްކްވެގެންވާކަން އެނގެން އޮންނަކަމާއި،
މިއެގްރީމެންޓް ކުރެވުމުގެ އެއްބޭނުމަކީ އެޗްއެމް.އެސް މޯލްޑިވްސް ޕވޓ.ލޓޑ ގައި އޮތް އަޙްމަދު
ޖަނާޙުގެ %33 އިންސައްތަ ހިއްސާ، ޙަސަން ޢަލިމަނިކަށް ވިއްކާލުންކަން އެނގެން އޮންނަކަމާއި، މި
އިންސައްތަ ހިއްސާ ވިއްކާލުމަށް މިދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ އަގަކީ 7007000.00$US(ހަތްލައްކަ
ޔޫ.އެސް.ޑޮލަރ) ކަމާއި، މިފައިސާ ޙަސަން ޢަލިމަނިކުގެ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވަނީ
އިންސްޓޯލްމަންޓް ތަކަކަށް ބަހައިލައިގެން ކަމާއި،
މިގޮތުން ފުރަތަމަ އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކަންޖެހެނީ 1007000.00$US(އެއްލައްކަ
ޔޫ.އެސް.ޑޮލަރ) ކަމާއި، އެފައިސާ އަޙްމަދު ޖަނާއަށް ލިބެންޖެހެނީ މިބަޔާން ކުރެވުނު އެގްރީމެންޓުގައި
ދެފަރާތުން ސޮއިކުރާތާ 01 މަސް ދުވަހުގެ ތެރޭގައިކަމާއި، އަދި އެގްރީމެންޓުގައި ސޮއިކުރާ ވަޤުތު، އޭގެ 01
މަސް ދުވަސް ފަހުން ފައިސާ ނެގޭގޮތަށް ޑޭޓެޑް ޗެކެއް އަޙްމަދު ޖަނާޙަށް ދޭންޖެހޭކަމާއި،
އަދި މިފައިސާ ދައްކާތާ 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ދެވަނަ އިންސްޓޯލްމަންޓަށްވާ ފައިސާ
ޙަސަން ޢަލިމަނިކުގެ ފަރާތުން އަޙްމަދު ޖަނާއަށް ދޭންޖެހޭކަމާއި، އެއީ USS2007000.00(ދެލައްކަ
ޔޫ.އެސް.ޑޮލަރ) ކަމާއި، މިފައިސާއަށްވާ ޑޭޓެޓް ޗެކްވެސް އެގްރީމެންޓްގައި ސޮއި ކުރާ ވަޤުތު ޙަސަން
ޢަލިމަނިކުގެ ފަރާތުން އަޙްމަދު ޖަނާއަށް ދޭންޖެހޭކަމާއި،
އަދި ބާކީ 000.00°400$US(ހަތަރު ލައްކަ ޔޫ.އެސް.ޑޮލަރ) އަދާކުރުމަށް އެއްބަސްވެފައިވަނީ ކުރިން
މިބަޔާން ކުރެވުނު 06 (ހައެއް) މަސް ދުވަހަށްފަހު ހިގާ ކޮންމެ މަހަކު 3500.00$US(ތިންހާސް ފަސްސަތޭކަ
ޔޫ.އެސް.ޑޮލަރ) ގެ މަގުން 10 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައިކަން އެއެގްރީމަންޓުގެ 08 ވަނަ މާއްދާއިން
އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނޒުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ބަޔާންކުފަ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2(8/HC-A/63
Oo
އަދި ފުރަތަމަ ދެ އިންސްޓޯލްމަންޓުގެ ފައިސާ ދެއްކުމަށް އެގްރީމެންޓުގެ 08 ވަނަ މާއްދާގައި
ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދެއްކިއްޖެނަމަ، ފައިސާ ނުދެއްކި އިތުރުވާ ކޮންމެ މަހަކަށް
އެއިންސްޓޯލްމަންޓެއްގެ %15 އިންސައްތައަށްވާ ފައިސާ އިތުރަށް ދައްކަންޖެހޭނޭކަމަށް އެގްރީމެންޓުގެ 10
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) އަޙްމަދު ޖަނާޒާއި ޙަސަން ޢަލިމަނިކާއި ދެމެދު ސޮއިކޮށްފައިވާ އިސްވެ
އެގްރީމެންޓްގެ ދަށުން ޙަސަން ޢަލިމަނިކު، އަޙްމަދު ޖަނާއަށް ދައްކަންޖެހޭ ފުރަތަމަ އިންސްޓޯލްމަންޓުގެ
ފައިސާ، އެގްރީމެންޓްގައި ސޮއިކުރި ވަޤުތުން ފެށިގެން 02 މަސް ދުވަސް ވީއިރުވެސް ދައްކާފައިނުވާކަމަށާއި،
ވީމާ މަދަނީ ކޯޓުގެ ނަންބަރު:2007/MC!1217 ޤަޟިއްޔާ ގައި ދަޢުވާ ކޮށްފައިވަނީ އެގްރީމެންޓުގެ 10 ވަނަ
މާއްދާގެ ދަށުން ޙަސަން ޢަލިމަނިކުގެ އަތުން އެ 000.00°100$US(އެއްލައްކަ ޔޫ.އެސް.ޑޮލަރ) ގެ ދެމަހުގެ
15
% އިންސައްތައަށްވާ 000.00°30$US(ތިރީސްހާސް ޔޫ.އެސް.ޑޮލަރ) ހޯދުމަށްކަމަށް އަޙްމަދު ޖަނާޙްގެ
ފަރާތުން ބުނެފައިވާއިރު،
އަޙްމަދު ޖަނާޙްގެ ދަޢުވާގައި ބުނެފައިވާ USS1007000.00(އެއްލައްކަ ޔޫ.އެސް.ޑޮލަރ) ގެ
އިންސްޓޯލްމަންޓް ފައިސާ ދެއްކުމަށް އެގްރީމެންޓުގެ 08 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފަދައިން،
އެގްރީމެންޓުގެ ސޮއިކުރިތާ 01 މަސް ދުވަހުގެ ތެރޭގައި ދެއްކިފައިނުވާކަމަށް ޙަސަން ޢަލިމަނިކު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައިވެއެވެ. އަދި އަޙްމަދު ޖަންޙުގެ ދަޢުވާގައި ބުނެފައިވާ ފަދައިން
އެގްރީމެންޓުގައި ސޮއިކުރިތާ 02 މަސް ދުވަސްވީއިރުވެސް އެ އިންސްޓޯލްމަންޓަށްވާ ފައިސާ އަޙްމަދު ޖަލާޙަށް
ދެވިފައިނުވާކަމަށް ޙަސަން ޢަލިމަނިކު އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) އިސްވެ ބަޔާން ކުރެވުނު 000.00°100$US(އެއްލައްކަ ޔޫ.އެސް.ޑޮލަރ) ގެ 2 މަހުގެ %15
އިންސައްތައަށްވާ
(އެއްލައްކަ ޔޫ.އެސް.ޑޮލަރ) ހޯދުމަށް
ނަންބަރު:2007/MC/1217 ޤަޟިއްޔާގައި އަޙްމަދު ޖަނާއް ދަޢުވާކުރުމުން، ދަޢުވާކުރާ އަޙްމަދު ޖަޔާޙް އާއި،
ދަޢުވާލިބޭ ޙަސަން ޢަލިމަނިކަކީ ދޭދޭ އަމިއްލަ ދެ ފަރުދުން ކަމުގައި ވީހިނދު، ދޭދޭ އަމިއްލަ ފަރުދުންގެ
މެދުގައި ކުރެވޭ މިފަދަ މުޢާމަލާތްތަކުގައި ދަރަންޏެއްގެ މައްޗަށް ކުރާ އިންޓަރެސްޓަކީ ޝަރުޢީ ހަމަތަކުގެ
ނަގައިދެވޭނެ އެއްޗެއް ނޫންކަން އެނގެއެވެ." މިފަދައިން އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03 ވަނަ
US$30'000.00
މަދަނީ ކޯޓުގެ
I
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highco.urt.gov.Iny
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{08/HC-A/63
t
ނަންބަރުގައި ފާހަގަކުރައްވައި، އެގޮތުގެ މަތީން ޙުކުމް ކުރައްވާފައިވާތީ، މިނުކުތާއަށް ބެލުމުގެ ގޮތުން
ހައިކޯޓުން ބެލިބެލުމުން،
ހ.ވަލުމައިޒާންދޮށުގެ އަޙްމަދު ޖަނާޙާއި، ހ.ކާމިނީޕޫލުގެ/ ޙަސަން ޢަލިމަނިކާއި ދެމީހުންގެ ދެމެދުގައި
08 ފެބްރުއަރީ 2007 ގައި ސޮއިކޮށްފައިވާ އެގްރީމެންޓަކީ އެކަކު އެނެއްކަކުގެ އަތުން ދަރަންޏަށް ފައިސާ
ނަގައި، އެފައިސާ އަނބުރާ ދައްކާނެ ގޮތަކާއިމެދު އެއްބަސްވާ އުޞޫލުތަކެއްގެ މައްޗަށް ކޮށްފައިވާ
އެގްރީމެންޓެއް ނޫންކަމާއި،
އެއެގްރީމެންޓަކީ އެކެއްގެ ކިބައިން އެނެއްކެއްގެ ކިބައަށް މިލްކިއްޔާތު ބަދަލު ކުރެވޭ މުދަލެއްގެ
ގޮތުގައި ދޭދޭ ފަރުދުންނާއި ޤާނޫނީ އަފްރާދުންގެ މެދުގައި ގަނެވިއްކާގޮތަށް މުޢާމަލާތް ކުރެވޭ ހިއްސާ،
ގަތުމަށްޓަކައި ކޮށްފައިވާ މުޢާމަލާތެއް ކަމާއި، މި މުޢާމަލާތް ކުރެވުނު އިރު، އަޙްމަދު ޖަނާޙާއި ޙަސަން
ޢަލިމަނިކާއި ދެމީހުންނަކީވެސް އެޗް.އެމް.އެސް މޯލްޑިވްސް ޕވޓ.ލޓޑ ގެ ދެ ޙިއްޞާދާރުންކަމާއި،
މިމުޢާމަލާތް ކުރުމަށްޓަކައި އެގްރީމެންޓް ކުރުމާއި ހަމައަށް މިއިން ކޮންމެ މީހަކަށްވެސް އެކުންފުނީގެ %33
އިންސައްތަ ހިއްސާ މިލްކުވެފައި އޮތްކަމާއި، އެގްރީމެންޓް ކުރެވުނީ މީގެ ތެރެއިން އަޙްމަދު ޖަލާޙަށް
އެކުންފުނީން މިލްކުވެފައިވާގޮތް %33 އިންސައްތަ ހިއްސާ، ޙަސަން ޢަލިމަނިކަށް ވިއްކާލުމާއި
ބެހޭގޮތުންކަމާއި، މި
33
% އިންސައްތަ ހިއްސާގެ އަގެއްކަމަށް ދެފަރާތުން އެއްބަސްވެފައިވާ އަގަކީ
US
$
700
°
000.00(ހަތްލައްކަ ޔޫ.އެސް.ޑޮލަރ) ކަމާއި، މިއަގު އަދާކުރުމަށް ދެފަރާތުން އެއްބަސްވެފައިވަނީ
އިންސްޓޯލްމަންޓްގެ އުޞޫލުން ފައިސާ ދައްކާ 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި އަގު ދައްކާ
ޚަލާޞް ކުރާގޮތަށްކަމާއި، މިކަންކަން ސާފުކޮށް އެނގެން އޮތްއިރު،
އެގްރީމެންޓްގައި ކަނޑައެޅިފައިވާ އެއްވެސް އިންސްޓޯލްމަންޓެއް، ދެފަރާތުން އެއްބަސްވެފައިވާ
މުއްދަތުގެ ތެރޭގައި ދައްކާ ޚަލާޞް ކޮށްފިނަމަ، އެ އިންސްޓޯލްމަންޓަކަށް ކަނޑައެޅިފައިވާ ޢަދަދަށްވުރެ އެންމެ
ލާރިއެއްވެސް އިތުރަށް ދައްކަން ޖެހޭނެ އުޞޫލެއް އެގްރީމެންޓްގައި ބަޔާންވެފައިނެތްކަމާއި، ނަމަވެސް
އިންސްޓޯލްމަންޓުގެ ތެރެއަށް ކަނޑައެޅި ބަޔާންވެގެންވާ މިންވަރެއް އިތުރު ވެގެން އަންނަނީ އޭގެ ތެރެއިން
އިންސްޓޯލްމަން، ދައްކަންޖެހޭ މުއްދަތުގައި ނުދެއްކި ކަނޑައެޅިފައިވާ މުއްދަތެއް ފަހަނައަޅާދާ
ޙާލަތެއްގައިކުމާއި،
ދ ޏ0 0
6 ، 8
eއ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.tv
8
2008/HC-/A163
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އަދި އަޙްމަދު ޖަނާހް ދަޢުވާ ކޮށްފައިވަނީ ދެފަރާތުން އެއްބަސްވި ގޮތަށް ޙަސަން ޢަލިމަނިކު ފުރަތަމަ
އިންސްޓޯލްމަންޓުގެ ފައިސާ ދައްކާފައިނުވާކަމަށްބުން، އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ވާގޮތުގެމަތީން އެ
އިންސްޓޯލްމަންޓްގެ ފައިސާ ނުދައްކާ އިތުރުވި 2 މަސް ދުވަހުންކުރެ ކޮންމެ މަހަކަށް އެއިންސްޓޯލްމަންޓްގެ
15
% އިންސައްތައަށްވާ ފައިސާ ހޯދުމަށްކަމާއި، މިފައިސާއަކީ އެގްރީމެންޓުގެ 10 ވަނަ މާއްދާގެ ދަށުން
ދިނުމަށް އެއްބަސްވެފައިވާ ފައިސާއެއްކަމާއި، އަދި މަދަނީކޯޓުގައި މައްސަލަ ހިގަމުން ދިޔައިރުވެސް
މިފައިސާއަކީ އަޙްމަދު ޖަޔާއަށް ދައްކަންޖެހޭ ފައިސާއެއްކަމަށްބުނެ ޙަސަން ޢަލިމަނިކު އަޙްމަދު ޖަނާއަށް
ސިޓީފޮނުވާފައިވާކަމާއި، އަދި މިއީ ދޭދޭ ފަރުދުންގެ މެދުގައި ދަރަންޏަށް ފައިސާ ދިނުމަށްފަހު އެފައިސާ
އަނބުރާ ދައްކާއިރު ދަރަންޏަށް ނެގިޢަދަދަށްވުރެ އިތުރަށް ދެއްކުންނޫންކަމާއި، މިފައިސާއަކީ މުދަލެއް
ވިއްކުމަށްފަހު އެމުދަލުގެ އަގު އިންސްޓޯލްމަންޓުގެ އުޞޫލުން އަދާކުރުމަށް ދެފަރާތުން އެއްބަސްވެފައިވާއިރު،
އެއެއްބަސްވި ގޮތަށް ފައިސާ ނުދެއްކިއްޖެ ޙާލަތުގައި، އެމުދަލުގެ އަގުބަދަލު ވެގެންދާ ގޮތުގެ މަތީން ނުވަތަ
ޖޫރިމަނާއެއްގެ ގޮތުގައި ނެގޭފައިސާއެއްކަން ފާހަގަކުރެވެއެވެ.
(ބ) ހިއްސާއަކީ ދޭދޭ ފަރުދުންގެ މެދުގައިއާއި ޤާނޫނީ އަފްރާދުންގެ މެދުގައި އެބައިމީހުން އެއްބަސްވާ
އުޞޫލުތަކެއްގެ މަތިން ގަނެވިއްކޭ މުދަލަކަށްވީހިނދު، މިގޮތަށް ހިއްސާ ގަތުމަށް ކުރެވޭ މުޢާމަލާތްތަކުގައި،
އެވިއްކާލެވޭ ހިއްސާއެއްގެ ނުވަތަ ހިއްސާތަކެއްގެ އަގު އަދާ ކުރާނީ އެއްފަހަރާ އަގުދައްކާ ޚަލާޞްކުރާ
ގޮތަށްތޯ، ނުވަތަ އެކިފަހަރު މަތީން އަގު ދައްކާ ޚަލާޞްކުރާ އުޞޫލުންތޯ، މިކަން ކަނޑައެޅުމަކީ
އެމުޢާމަލާތެއް ކުރާ ދެފަރާތަކަށް ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ފުރިހަމައަށް އިޚްތިޔާރު ލިބިގެންވާ
ކަމެއްކަމާއި،
04ހ#
އެއްޗެއް ގަންނައިރު، އެއެއްޗެއްގެ އަގު އެކިފަހަރު މަތީން ދައްކާ ޚަލާޞްކުރާނަމަ، އޭގެ އަޞްލު
އަގަށްވުރެ ބޮޑުވެގެން ދާކަން އެއީ އެއްވެސް މީހެއްގެ މެދުގައި ޚިލާފް އުފެދޭނެކަމެއް ނޫންކަމާއި،
ހަމައެފަދައިން އިންސްޓޯލްމަންޓަށް ނުވަތަ އެކިފަހަރު މަތިން އަގު ދައްކާ ޚަލާޞްކުރާ ގޮތަށް ތަކެތި
ގަނެވިއްކުމުގެ މުޢާމަލާތް ކުރުމަކީ މީގެ އެތަކެއް އަހަރު ކުރިން ރާއްޖެއަށްވެސް ތަޢާރަފްވެފައިވާ މީހުން
ބަލައިގަނެފައިވާ އިސްލާމީ ފިޤްހު ޢިލްމްވެރިން ހުއްދަކުރައްވާފައިވާ މުޢާމަލާތެއްކަމާއި، ހަމަ އެފަދައިން މިފަދަ
ކުރުމަށްފަހު، ދައްކަންޖެހޭ ފައިސާ އޭގެ މުއްދަތުގައި ނުދެއްކިއްޖެނަމަ، އެދަންޖެހޭ
މުޢާމަލާތު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: !?33164
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
28/HC-A!63
މިފަދައިން ކުރެވޭ
އިންސްޓޯލްމަންޓެއް ގެ ތެރެއަށް ކަނޑައެޅި ބަޔާންވެފައިވާ އިންސައްތައެއް
އިތުރުވެ އޭގެ އަގު މައްޗަށް
އުފުލޭކަލީ އެންމެންވެސް ދަންނަ ޙަޤީޤަތެއްކަމާއި،
ވިޔަފާރި މުޢާމަލާތް ތަކުގައި ދައްކަންޖެހޭ އިސްޓޯލްމަންޓަށް ކަނޑައެޅިފައިވާ
މުއްދަތުގައި ފައިސާ ނުދެއްކިގެން ނުވަތަ މަދަލެއްގެ އަގު އަދާ ކުރުމުގެ ގޮތުން ދައްކަންޖެހޭ ބިލެއްގެ ފައިސާ
ނުދެއްކި ވަކި މުއްދަތެއް ފާއިތުވެގެން އެއިންސްޓޯމަންޓުގެ ނުވަތަ އެބިލެއްގެ ޖުމްލަ އަދަދުގެ ކަނޑައެޅި
ބަޔާންވެގެންވާ ވަކި އިންސައްތައެއް އިތުރަށް ދައްކާގޮތަށް ދެފަރާތް އެއްބަސްވެ ކޮށްފައި ހުންނަ މުޢާމަލާތް
ތަކަކީ ޞައްޙަ މުޢާމަލާތްތަކެއްކަމަށް މީގެ ކުރީންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޙުކުމް
ކުރައްވާފައިވާކަމާއި، އޭގެތެރޭގައި މަދަނީކޯޓުގެ ނަންބަރ: 2002/MC/470 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމާއި، އެޤަޟިއްޔާގެ ޙުކުމަށް ތާއީދު ކުރައްވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ: 122/HC
-
A/2002
ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމް ފާހަގަކުރެވެއެވެ.
ވީމާ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު އެންމެހައި ކަންތައްތަކަށް ބަލާއިރު މަދަނީ
ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާގައި ހ.ވަލުމައިޒާންދޮށުގެ| އަޙްމަދު ޖަނާހް ގެ ފަރާތުން
ދ.ކާމިނީޕޫލްގެ ޙަސަން ޢަލީމަނިކު މައްޗަށް ކުޅު ދަޢުވާގައި، ހޯދުމަށް ދަޢުވާ ކޮށްފައިވާ
US
$
307000.00(އެއްލައްކަ ޔޫ.އެސް.ޑޮލަރ) އަކީ ދޭދޭ އަމިއްލަ ދެފަރުދެއްގެ މެދުގައި ކޮށްފައިވާ ދަރަނީގެ
މުޢާލާތަކަށް ނަގާފައިވާ އިންޓަރެސްޓެއް ކަމުގައި ބައްލަވައި، އެއަސާސްގެ މައްޗަށް ބިނާކުރައްވައި އެފައިސާ
ނަގައިދެވެން ނެތްކަމަށް ނިންމެވި ނިންމެވުން ރަގަޅު ނޫންކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް އިއްތިފާޤް ވެވިފައިވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނައުމަށް އިއްތިފާޤް
ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނޒުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/63
ޙުކުމް:
ox
ވީމާ، އިސްވެ ފާހަގުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް
ބަލާއިރު، 08 ފެބްރުއަރީ 2007 ދުވަހު ހ.ވަލުމައިޒާންދޮށުގެ އަޙްމަދު ޖަނާއާއި ހ.ކާމިނީޕޫލްގެ ޙަސަން
ޢަލިމަނިކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޙަސަން ޢަލިމަނިކު، އަޙްމަދު ޖަނާއަށް ދައްކަންޖެހޭ
ފުރަތަމަ އިސްސްޓޯލްމަންޓްގެ ފައިސާ އަދާކުރުމަށް ދީފައިވާ ޗެކްގައިވާ 1007000.00$US (އެއްލައްކަ
ޔޫ.އެސް.ޑޮލަރ) އަޙްމަދު ޖަނާޙަށް ލިބިފައިވާ ޗެކްގައިވާ މުއްދަތަށްވުރެ 02 (ދެއެއް) މަސް ދުވަސް
ފަހުންކަމަށް ޙަސަން ޢަލީ މަނިކު އެއްބަސްވާތީއާއި، އެއިންސްޓޯލްމަންޓްގެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި
ނުދެއްކި އިތުރުވާ ކޮންމެ މަހަކަށް %15 އިންސައްތަ އިތުރަށް ދެއްކުމަށް ޙަސަން ޢަލި މަނިކު އެއްބަސްވެ
ސޮއިކޮށްފައިވާތީއާއި، މިއީ ދޭދޭ އަމިއްލަ ދެފަރުދެއްގެ މެދުގައި ކޮށްފައިވާ ދަރަނީގެ މުޢާލާތަކަށް ނަގާފައިވާ
އިންޓަރެސްޓެއް ކަމުގައި ބެލެވެން ނެތަތީއާއި، މިފަދައިން ކުރެވޭ ވިޔަފާރި މުޢާމަލާތް ތަކުގައި ދައްކަންޖެހޭ
އިސްޓޯލްމަންޓަށް ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކިގެން ނުވަތަ
މުދަލެއްގެ އަގު އަދާ ކުރުމުގެ ގޮތުން ދައްކަންޖެހޭ ބިލެއްގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކިގެން
އެއިންސްޓޯމަންޓުގެ ނުވަތަ އެބިލެއްގެ ޖުމްލަ އަދަދުގެ ކަނޑައެޅި ބަޔާންވެގެންވާ ވަކި އިންސައްތައެއް އިތުރަށް
ދައްކާގޮތަށް ދެފަރާތް އެއްބަސްވެ ކޮށްފައި ހުންނަ ޖޫރިމަނާގެ މުޢާމަލާތް ތަކަކީ ޞައްޙަ މުޢާމަލާތްތަކެއްކަމަ
މީގެ ކުރީންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން ޙުކުމްކުރައްވައި، އެޙުކުމްތަކަށް ތާއީދު ކުރައްވާފައިވާތީ،
އަޙްމަދު ޖަނާއްގެ ދަޢުވާގައި ބަޔާން ކޮށްފައިވާ 000.00°30$US (ތިރީސް ހާސް ޔޫ.އެސް.ޑޮލަރ)، އަކީ
ޙަސަން ޢަލިމަނިކު، އަހްމަދު ޖަރާޙަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
މިފައިސާ އަޙްމަދު ޖަރާޙަށް ލިބިދިނުމަށްޓަކައި މިއަދު 01 އޭޕްރީލް 2009 ދުވަހުން ފެށިގެން 1 (އެކެއް )
މަސް ދުވަހުގެ ތެރޭގައި
US
$
30
°
000.00 (ތިރީސް ހާސް ޔޫ.އެސް.ޑޮލަރ) އެއްފަހަރާ މަދަނީކޯޓަށް ދައްކާ
ޚަލާޞް ކުރުމަށް ހ.ކާމިނީޕޫލުގެ| ޙަސަން ޢަލި މަނިކު (ދ.ރ.ކި ނަންބަރ:034407-A) އަށް އަންގާ ޙުކުމް
ކޮށްފީމެވެ.
މަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
208;HC-A3
މިޤަޟިއްޔާ މިގޮތަށް ނިމުމުން މަދަނީ ކޯޓުގެ ނަންބަރު:2007/MC/1217 ޤަޟިއްޔާގެ ޙުކުމް
ބާޠިލްވީއެވެ.
މިޤަޟިއްޔާ ބަލާ ހުކުމް ކުރީ
Dodatne
ޢަބްދުﷲ ޙަމީދު
ޢަބްދުލް ޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
(ފަނޑިޔާރު)
ޓައިޕްކުރީ: އައިޝަތު ޝިހާބު
ވިކްކުރީ. މަރިޔަމް މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: Www.highcourt.gov.mv