ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-K/01 ޤަޟިއްޔާގެ ޙުކުމް
1
2013/HC-I-K132
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހަރު
3ބއްޔާ ނިމުނުގޮތުގެ ޚުލާސާ
، ޤަޟިއްޔާ ނަންބަރ: 02/HC
-
I
-
K/2013
މައްސަލަ ހުށަހެޅި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރ:
*
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
*
*
*
• މައްސަލަ ރައްދުވި ފަރާތް:
* ނަން: އަޙްމަދު ޢާޠިފް
އައިޑީ ކާޑުނަންބަރު: A065319
ދާއިމީ އެޑްރެސް: މާވިނަ، ހދ.ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: މާވިނަ، ހދ.ކުޅުދުއްފުށި
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ސެޕްޓެމްބަރު 2013
ނިމުނު ތާރީޚް: 16 އޮކްޓޯބަރު 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
• ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-K{{U2
ދަޢުވާގެ ޚުލާޞާ
މިއީ ހދ. ކުޅުދުއްފުށި މާގިނަ އަޙްމަދު ޢާޠިފް، 07 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު
ރިޔާސީ އިންތިޚާބުގައި ވޯޓު ކަރުދާސް ހުންނާނެ ގޮތާމެދު އިސްތިހާރު ކުރަން އެޅެފައިވާކަމަށްބުނެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހދ. ކުޅުދުއްފުށި މާގިނަ އަޙްމަދު ޢާޠިފްގެ މައްޗަށް
ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ މައްސަލައެކެވެ.
މިމައްސަލަ ހުށަހަޅާ ސަބަބާއި އޭގެ ތަފްޞީލުގެ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވަނީ، ހދ.ކުޅުދުއްފުށި، މާގިނަ އަޙްމަދު އާޠިފު (އައިޑީ
ކާޑުނަންބަރު:A065319) 05 ސެޕްޓެމްބަރ 2013 ދުވަހު ހދ. ކުޅުދުއްފުށީގައި ހުންނަ އެމް. އޯ. ސީ
ޓްރޭޑިންއަށްގޮސް 07 ސެޕްޓެމްބަރ 2013 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސް ހުންނާނެ ކަމަށް
ބެލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުރި ވޯޓު ކަރުދާސްތަކެއް އިސްތިހާރު ކުރުމަށް ޕްރިންޓްކޮށް ލެމިނޭޓް
ކޮށްފައިވާތީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ)
ގެ 10 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، އަޙްމަދު ޢާޠިފުގެ މައްޗަށް އިންތިޚާބުގައި
ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިސްތިހާރު ކުރަން އުޅުމުގެ ކުށުގެ ދަޢުވާކުރާ ކަމަށެވެ.
OLC
ފާހަގަކުރެވުނު
ދެކޮތު:
-1
07 ސެޕްޓެމްބަރު 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުކަރުދާސް
ހުންނާނެ ކަމަށް ބެލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ވޯޓު ކަރުދާސްތަކެއް އިސްތިހާރު ކުރުމަށް ޕްރިންޓްކޮށް
ލެމިނޭޓްކޮށް ރިޔާސީ އިންޠިޚާބުގެ ވޯޓު ކަރުދާސް ހުންނާނެ ގޮތާމެދު އިސްތިހާރުކުރަން އުޅެފައިވާ ކަމަށްބުނެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ
74 ވަނަމާއްދާގެ (ހ) ގެ 10 ވަނަނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އަޙްމަދު ޢާޠިފުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-K2002
ދަޢުވާ ހުށަހަޅާފައިވާ ކަމާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަޙްމަދު ޢާޠިފްގެ މައްޗަށް ހުށަހެޅި
ދަޢުވާއަށް އޭނާގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވެއެވެ.
22 /
02- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ މިކޯޓުގައި ރަޖިސްޓްރީ ވެފައިވަނީ 2013 ސެޕްޓެމްބަރ
28 ވަނަ ދުވަހު ގައި ކަމާއި، އަދި މި ޤަޟިއްޔާއާއި ގުޅިގެން ބޭއްވިފައިވާ ދެ އަޑުއެހުން 2013 އޮކްޓޯބަރ
މަހުގެ 02، 03 ގައި ބާއްވާ އަޑުއެހުން ނިމިފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ
އެކޯޓުގެ ނަންބަރު: 42!SC
-
C/2013 ޤަޟިއްޔާ ނިންމަވާފައިވާކަމާއި، އެޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 09 ވަނަ ނަންބަރުގައި، "ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގެ (ހ) ގައި
ކޮންމެ އިންތިޚާބަކާއި ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަކާ ގުޅޭ ގޮތުން އިލެކްޝަންސް
ކޮމިޝަނުގެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބުގެ ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި
ޤަވާޢިދާ ޚިލާފަށް ހިނގާފައިވާކަމެއް ކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ
ޝަކުވާއާމެދު ގޮތެއް ނިންމައިދިނުން އެދި އެފަރާތަކުން ހުށަހަޅަންވާނީ ހައިކޯޓަށް ކަމާއި އެ މާއްދާގައި
ބަޔާންކޮށްފައިވާ ފަދަ ޝަކުވާތަކާމެދު ޢަމަލުކުރާނެ ގޮތް އިންތިޚާބާބެހޭ ޤާނޫނުގައި ކަނޑައަޅާފައި
އޮންނަންވާނެކަމަށް އެމާއްދާގެ (ށ) ގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން އެ މާއްދާގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން އިންތިޚާބީ ޝަކުވާތަކުގެ މައްސަލަތައް ބެލުމުގެ އަޞްލީ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންވާކަމަށް
އެނގެން އޮންނަކަމާ، ނަމަވެސް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ
ޖިނާއީ ކުށްތައް ކަމުގައި ވާއިރު، ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުހަލާގެ ކޯޓަކުން ބެލުމަކާނުލައި
ހައިކޯޓުގައި ބެލުމަކީ ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފް ޙައްޤު
ގެއްލިގެންދާނެ ކަމަކަށްވާތީއާއި، ޖިނާއީ ކުށުގެ މައްސަލަތައް ތަޙްޤީޤުކޮށް ޝަރީޢަތް ކުރަންވާނީ ޖިނާއީ
އިޖުރާއްތާ ގުޅޭގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޖިނާއީ އިޖުރާއަތާ ގުޅޭ ޤާނޫނާއި
ޤަވާއިދުތަކާ ޚިލާފުނުވާނޭ ގޮތަށް ޖިނާއީ އިޖްރާޢަތުގެ ތެރެއިން އަދި ކުށުގެ ދަޢުވާލިބޭ ހުރިހައި މުއްތަހަމުންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2013/HC-I-K2002
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޗު 3
22
22
ނުހެ88ށ@ހ
I 2
މައްޗަށް އެއް ހަމައެއް އަދި އެއް އުޞޫލެއް ހިންގޭ ގޮތަށްކަން އެނގޭތީ، މިއުޞޫލުގެ މަތިން އިންތިޚާބު
ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވާ ޖިނާއި ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ
އިޚްތިޞާޞް ލިބިގެންވަނީ ކްރިމިނަލް ކޯޓަށްކަން އެނގޭއިރު، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު 64 ވަނަ
މާއްދާގެ (ށ) ގައި، "މިޤާނޫނާއި ނުވަތަ މިޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ނުވަތަ އެއިންތިޚާބަކާބެހޭ ޚާއްޞަ
ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާ ޚިލާފަށް ޖިނާއި ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ
މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިގެންވަނީ އިލެކްޝަންސް
ކޮމިޝަނަށެވެ." އޮތް އޮތުމުން ޤާނޫނުއަސާސީގެ ބުނެވިދިޔަ އުޞޫލުތަކާ ކަނޑައެޅިގެން ތަޢާރަޟުވާކަން
ފާހަގަކުރެވިފައިވާތީ، މިކަމުގައި ދުސްތޫރީ އަދި ޤާނޫނީ ގޮތުން ޞައްޙަ އިޖްރާއާތަކަށްވާނީ މިޤާނޫނާއި ނުވަތަ
މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ
ޤަވާޢިދާ ޚިލާފަށް ޖިނާއީ ކުށެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގެ މައްސަލަ ޖިނާއި އިޖުރާއާތާ
ގޮތުގެމަތިން ޝަރީޢަތަށް ހުށަހެޅުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތުންކަން އެނގެއެވެ." މިފަދައިން
ބަޔާންކޮށްފައި އޮތުމުން، ޤާނޫނު ނަންބަރު:11/2008(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ މާއްދާގެ
(ށ) އިން ބާރު ލިބިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަމުން އައިސްފައިވާ އިންތިޚާބީ ކުށުގެ މައްސަލަތައް
ބެލުމުގެ އަޞްލީ އިޚްތިޞާޞް 2013 އޮކްޓޯބަރ 07 ވަނަ ދުވަހުގެ 23:30 އިން ފެށިގެން ހައިކޯޓަށް
4.341
0
<< O
ލިބިގެން ނުވާކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާގައި ބަޔާން ކުރެވުނު ސަބަބަށްޓަކައި މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުމުގެ އިޚްތިޞާޞް ގެއްލިފައިވާތީ، މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ
ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-K{{U2
• ޙުކުމް:
OL
07
22 2x
ދެންފަހެ، ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި
ހދ.ކުޅުދުއްފުށި މާގިނަ އަޙްމަދު ޢާޠިފް، ވޯޓު ކަރުދާސް ހުންނާނެ ގޮތާމެދު އިސްތިހާރު ކުރަން
އުޅެފައިވާކަމަށްބުނެ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ
މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން، އަޙްމަދު ޢާޠިފްގެ މައްޗަށް،
އިންތިޚާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިސްތިހާރު ކުރަން އުޅުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ހިންގާ އަޑުއެހުން
ނިމިފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 42/SC
-
C/2013 ޤަޟިއްޔާ އެކޯޓުން
ބައްލަވާ ނިންމަވާފައިވާ ގޮތުގެ ޚުލާޞާ ރިޕޯޓުގެ 09 ވަނަ ނަންބަރުގައި، އިންތިޚާބުތަކާބެހޭ ޢާންމު
ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތައް ކަމުގައި ވާއިރު، ޖިނާއީ ކުށުގެ
މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓަކުން ބެލުމަކާނުލައި ހައިކޯޓުގައި ބެލުމަކީ ޤާނޫނުއަސާސީގެ 56 ވަނަ
މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފް ޙައްޤު ގެއްލިގެންދާނެ ކަމަކަށްވާތީއާއި، ޖިނާއީ ކުށުގެ
މައްސަލަތައް ތަޙްޤީޤުކޮށް ޝަރީޢަތް ކުރަންވާނީ ޖިނާއީ އިޖުރާއަތާ ގުޅޭގޮތުން ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޖިނާއީ އިޖުރާއަތާ ގުޅޭ ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުނުވާނޭ ގޮތަށް ޖިނާއީ
އިޖްރާއާތުގެ ތެރެއިން އަދި ކުށުގެ ދަޢުވާލިބޭ ހުރިހައި މުއްތަހަމުންގެ މައްޗަށް އެއް ހަމައެއް އަދި އެއް
އުޞޫލެއް ހިންގޭ ގޮތަށްކަން އެނގޭތީ، މިއުޞޫލުގެ މަތިން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ
މާއްދާގައި ބުނެފައިވާ ޖިނާއި ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ
ކްރިމިނަލް ކޯޓަށްކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން އޮތުމާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
42/SC
-
C/2013 ޤަޟިއްޔާގެ ޙުކުމް ކުރެއްވި ހިނދުން (2013 އޮކްޓޯބަރ 07 ވަނަ ދުވަހުގެ
23:30) ފެށިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަމުން އައި އިންތިޚާބީ ކުށުގެ މައްސަލަތައް ބެލުމުގެ
<< O
<< O
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2013/HC-I-K2002
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަޞްލީ އިޚްތިޞާޞް މިހާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ގެއްލިފައިވާކަމަށް ބަލައި މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުން އިތުރަށް ކުރިއަށް ގެންދެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް
ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv