ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/148 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ
2012/HC-A/148
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 148/HC
-
A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން: ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެޓަރނީ ޖެނެރަލްގެ އޮފީސް)
ވަކީލުން: އުސްތާޛާ. ޔުދްރާ ޢަބްދުއްލަޠީފް
އުސްތާޛު އިބްރާހީމް ފަޔާޝް
* ދާއިމީ އެޑްރެސް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އިބްރާހީމް
* އައިޑީ ކާޑު ނަންބަރު: A040240
* ދާއިމީ އެޑްރެސް: ޖަހާމުގުރިގެ/ ގއ. ދާންދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް
01 ރަޖަބު 1433
20 މެއި 2012
ނިމުނު ތާރީޚް: 21 ޒުލްޙިއްޖާ 1433
06 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
577
/
Cv
-
C/1287)
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުނު ތާރީޚް: 15 މެއި 2010
ނިމުނު ތާރީޚް: 25 ޑިސެމްބަރު 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2012/HC-A/148
ޤަޟިއްޔާ ނިމުނު ގޮ
مل من *
ދަޢުވާގެ ޚުލާޞާ
OX
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287)
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެޓަރނީ ޖެނެރަލްގެ އޮފީސް)
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ މުޙައްމަދު އިބްރާހީމް، ޖަހާމުގުރިގެ!ގއ. ދާންދޫ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A040240) އެވެ.
<
ފާހަގަކުރެވުނު ނުކުތާތަ
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/577
(2010/MC/1287) ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ގއ. ދާންދޫޖަހާމުގުރިގެ މުޙައްމަދު
އިބްރާހީމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވަ ޕާޓް އެކްސްޗޭންޖް އޭކިއާ ފިހާރާގެ ފަރާތުން، ނަމްބަރު
MSCUBK098255 ބިލް އޮފް ލޭޑީންގ (ބީ.އެލް) ދަށުން ގެނެސްފައިވާ ސައިކަލް ޝިޕްމަންޓްގެ
އަގު ފާސްކުރުމަށް ނަންބަރު 008/2010 (05 ފެބުރުއަރީ 2010) އިންވޮއިސް، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ހުށަހެޅުމުން، އެ އިންވޮއިސްގައި ބަޔާންކޮށްފައިނުވާ އަދި އެތެރެކޮށްފައިވެސްނުވާ، އަދި
އެތެރެކުރެވިފައިވާ މޮޑެލްގެ މުދަލާއި ފިޒިކަލީ ދިމާނުވާ މޮޑެލްތަކެއްގެ މުދާތަކެއް ލިޔެފައިވާ ބެލެންސް
ނޯޓެއްގައިވާ އަގުތަކުގެ މައްޗަށް ބަލައި އިސްވެދެންނެވުނު އިންވޮއިސްގައިވާ އަގަކީ އެމުދާތަކުގެ
ހަމައަގަށްވުރެ ދަށްއަގެއްކަމަށް ސާބިތުވާކަމަށްބުނެ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން
214,511
/
58ރ. (ދެލައްކަ ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ ފަންސާސްއަށްލާރި) އިން ޕާޓް
އެކްސްޗޭންޖް ޖޫރިމަނާކޮށްފައިވާތީ، އިސްވެދެންނެވުނު ބެލެންސް ނޯޓުގައިވާ މޮޑެލްގެ މުދަލަކީ ޕާޓް
އެކްސްޗޭންޖްގެ ފަރާތުން ހުށަހެޅި އިންވޮއިސްގައިވާ މޮޑެލްތަކުގެ މުދަލާ ފިޒިކަލީ ދިމާނުވާ
މޮޑެލްތަކަށްވާތީއާއި، އަދި އެތެރެކޮށްފައިވާ މުދަލާވެސް ފިޒިކަލީ ދިމާނުވާ އަދި އެތެރެކޮށްފައިވެސްނުވާ
މޮޑެލްތަކެއްގެ މުދާތަކަށްވާތީ އެ ބެލެންސް ނޯޓުގައިވާ އަގުތަކުގެ މައްޗަށް ބަލައި، ޕާޓް އެކްސްޗޭންޖްގެ
ފަރާތުން އަގު ފާސްކުރުމަށް ހުށަހެޅި އިންވޮއި
ވޮއިސްއަކީ އެމުދަލުގެ އަގު ދަށްކުރުމަށްފަހު ހުށަހަޅާފައިވާ
ލިޔުމެއްކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދެއްވައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
443
=32
2012/HC-A/148
3 ޤަޟިއްޔާ ނިމުނު "
އިސްވެދެންނެވުނު ނިން
ނިންމުމުގެ ދަށުން ޕާޓް އެކްސްޗޭންޖް ޖޫރިމަނާކޮށްގެން ކަސްޓަމްސް އަށް ނަގާފައިވާ
214,511
/
58ރ. (ދެލައްކަ ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ ފަންސާސްއަށްލާރި) އާއި،
އިންވޮއިސްގައިވާ މުދަލުގެ އަގު ބޮޑު ކުރުމަށްފަހު އިތުރަށް ކަސްޓަމްސް އަށް ނަގާފައިވާ ޑިއުޓީގެ ގޮތުގައި
583,425
/
35ރ. (ފަސްލައްކަ އަށްޑިހަ ތިންހާސް ހަތަރުސަތޭކަ ފަންސަވީސް ރުފިޔާ ތިރީސް ފަސްލާރި)
އާއި، އަދި މިނިންމުމުގެ ސަބަބުން ޕާޓް އެކްސްޗޭންޖްގެ ފަރާތުން މިމައްސަލަ ކޯޓަށް ހުށަހަޅައި
މިކަމުގައި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަކީލަކަށް ޚަރަދުކުރަންޖެހުނު -/40,000
(ސާޅިސްހާސްރުފިޔާ) އާއިއެކު ޖުމްލަ 837,936
/
93ރ. (އަށްލައްކަ ތިރީސް ހަތްހާސް ނުވަސަތޭކަ
ތިރީސް ހަރުފިޔާ ނުވަދިހަ ތިންލާރި) އެކީ އެއްފަހަރާ ހޯދުމަށް އެދި މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ މައްޗަށް މުޙައްމަދު އިބްރާހީމްގެ ފަރާތުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ނަންބަރު MSCUBK098255 ގެ
ބިލް އޮފް ލޭޑިންގ (ބީ. އެލް) ގެ ދަށުން ރާއްޖެ އެތެރެކުރި ސައިކަލް ޝިޕްމަންޓާ ގުޅުންހުރިކަމަށް
ތުހުމަތު ކުރެވޭ ބެލެންސް ނޯޓަކީ، އެލިޔުމާމެދު މުޙައްމަދު އިބްރާހިމް އިންކާރުކޮށްކޮށް ހުއްޓައި،
ހަމައެކަނި އެލިޔުމުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 31:79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ
ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ބ)ގެ ދަށުން މުޙައްމަދު އިބްރާހީމާމެދު ފިޔަވަޅެއް އެޅުމަށްޓަކައި ފުދޭ
ލިޔުމެއްކަމުގައި ބެލެވެން ނެތުތީ، ޤާނޫނު ނަންބަރު 31:79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ
ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ބ)ގެ ދަށުން ކުރެވުނު ޖޫރިމަނާއާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ދާންދޫ ! ޖަހާމުގުރިގޭ މުޙައްމަދު އިބްރާހިމް ދައްކާފައިވާ 214,511
/
58ރ.
(ދެލައްކަ ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ | ފަންސާސް އަށްލާރި) އާއި، މިމައްސަލާގައި ޤާނޫނީ
ވަކީލު ފީގެ ގޮތުގައި ނަގައިދެވޭ -/1,800ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) އަކީ ގއ. ދާންދޫ
ޖަހާމުގުރިގޭ މުޙައްމަދު އިބްރާހީމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދައްކަންޖެހޭ
ފައިސާއެއްކަމަށް ކަނޑައަޅައި،
އަދިހަމަ އެހެންމެ، ނަންބަރު MSCUBK098255 ބިލް އޮފް ލޭޑިން
(ބީ.އެލް) ގެ ދަށުން ރާއްޖެ އެތެރެކުރި ސައިކަލް ޝިޕްމަންޓާ ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ ބެލެންސް
ނޯޓުގައިވާ އަގުތަކުން އިމްޕޯޓް ޑިއުޓީ ދެއްކުމަށް ނިންމި ނިންމުމަކީ ރަގަޅު ނިންމުމެއްކަމުގައި ބެލެވޭނެ
ތަނެއް ނެތްކަން އެނގެން އޮންނާތީ، ނަންބަރު MSCUBK098255 ގެ ބިލް އޮފް ލޭޑިންގ (ބީ.އެލް)
0
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
ޤަޟިއްޔާ ނިމުނު
2012/HC-A/148
کی عمری
2 20
ދަށުން ރާއްޖެ އެތެރެކުރި ސައިކަލް ޝިޕްމަންޓްގެ އިމްޕޯޓް ޑިއުޓީގެ މައްސަލައަކީ އެ ޝިޕްމަންޓާ
ގުޅުންހުރިކަމަށް ތުހުމަތު ކުރެވޭ ބެލެންސް ނޯޓަށް ރިޢާޔަތްކުރުމަކާ ނުލާ ދެންހުރި ލިޔެކިއުންތަކުގެ
މައްޗަށް ބަލައި، ޤާނޫނު ނަންބަރު: 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 09
ވަނަ އިސްލާހު ގެނައުމުގެ ކުރިން ބުނެވެދިޔަ ޝިޕްމަންޓް ރާއްޖެ އެތެރެކުރިއިރު އެޤާނޫނުގައި
ބަޔާންވެފައިވާ ގޮތަށާއި، އެއިރު އަމަލުކުރެވެމުންދިޔަ "ކަސްޓަމްސްގެ އާންމު ޤަވާއިދު" އަށް ރިޢާޔަތްކޮށް،
އިމްޕޯޓް ޑިއުޓީ ދައްކާނެ އަގެއް
އަގެއް މޯލްޑިވްސް ކަސްޓަމްސް އިން އަލުން ކަނޑައަޅަންޖެހޭ
މައްސަލައެއްކަމަށްވެފައި، މިގޮތުން އިމްޕޯޓް ޑިއުޓީ ދައްކާނެ އަގެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އިން އަލުން ކަނޑައަޅާއިރު، އެ ޝިޕްމަންޓަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި އިތުރަށް ދެއްކިފައިވާ
ފައިސާއަކީވެސް ގއ. ދާންދޫ | ޖަހާމުގުރިގޭ މުޙައްމަދު އިބްރާހީމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އިން އަނބުރާ ދައްކަންޖެހޭ ފައިސާކަމަށް ކަނޑައަޅައި،
މި އެންމެހައި ފައިސާ މިއަދު (25 ޑިސެމްބަރ 2011) ން ފެށިގެން 01
(އެކެއް) މަސްދުވަހުގެ ތެރޭގައި ދާންދޫ!ޖަހާމުގުރިގޭ މުޙައްމަދު އިބްރާހީމާ ހަވާލުކުރުމަށް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް އަންގައި
ނަންބަރު: MSCUBK098255 ގެ ބިލް އޮފް ލޭޑިންގ (ބީ. އެލް) ގެ ދަށުން
ރާއްޖެ އެތެރެކުރި ސައިކަލް ޝިޕްމަންޓަށް އިމްޕޯޓް ޑިއުޓީ ދައްކާނެ އަގެއް މޯލްޑިވްސް ކަސްޓަމްސް
ސަރވިސް އިން އަލުން ކަނޑައަޅާއިރު، ޤާނޫނު ނަންބަރު: 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް
އިމްޕޯޓްގެ ޤާނޫނު) ގެ
ވަނަ މާއްދާގެ (ހ)ގެ ދަށުން އަގު ކަނޑައަޅަންޖެހޭ
މައްސަލައެއްކަމުގައިވެގެން އެ ކަނޑައަޅާ އަގާމެދު ގއ. ދާންދޫ ! ޖަހާމުގުރި މުޙައްމަދު އިބްރާހިމް
ޤަބޫލުނުކުރާ މައްސަލައެއް އޮވެއްޖެނަމަ، އެމާއްދާގެ (ނ)ގެ ދަށުން ދަޢުވާކުރުމަކީ ވަކި މައްސަލައެއްކަން
ގއ. ދާންދޫ ! ޖަހާމުގުރިގޭ މުޙައްމަދު އިބްރާހީމަށް އަންގައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
0ވ
2x 22
ޙުކުމަކަށް،
11
2c
(1287/MC/2010)
2. ސިވިލް ނަންބަރު 2010/Cv-C/577
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް،
އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5 ޤަޟިއްޔާ ނިމުނު "
2012/HC-A/148
کی عمری
• ފުރަތަމަ ނުކުތާއަކީ، މައްސަލައާ ގުޅިގެން ދައުލަތުން ދައުލަތުގެ ދިފާއުގައި
ހެކީގެ ގޮތުގައި ނަންބަރު 008/2010 (05/02/2010) އިންވޮއިސްއާއެކު އިސްތިއުނާފު ރައްދުވާ
ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލް ޝިޕްމަންޓުން ޑިއުޓީ ދައްކާނެ އަގު
ކަނޑައެޅުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ހުށަހަޅާފައިވާ ބެލެންސް ނޯޓް
ހުށަހަޅާފައިވާއިރު ސިވިލް ކޯޓުން ހެކި ވަޒަންކުރުމުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅި
ހެއްކަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ
ހެބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މައްސަލައާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން
ހުށަހަޅާފައިވާ ހެކީގެ ޞައްޙަކަމާމެދު ދައުލަތުން ސުވާލު އުފައްދާފައިވާއިރު، އަދި އެ ހެކީގެ ޞައްޙަކަން
ފަރާތުން ސާބިތުކޮށްދީފައިނުވާއިރު، އެ ހެއްކަށް ރިޢާޔަތްކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ
މާއްދާގެ ނައްޞާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދަޢުވާކުރާ
• ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސަށް ކަށަވަރުކޮށްދޭ ޙައްޤު ނިގުޅައިގަނެވޭފަދަ ގޮތަކަށް
ނެރުއްވާފައިވާ ޙުކުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cr-C/571
(NIC2010;1287) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިޢުނާފު
ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ
ރައްދުވާ މުޙައްމަދު އިބްރާހީމް ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށް ބަލާއިރު، ދާންދޫ!ޖަހާމުގުރިގެ މުޙައްމަދު އިބްރާހީމްގެ ނަމުގައި ޕާޓް
571/Cr-C/2010
(1287/MC/2010)
ޤަޟިއްޔާއާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު
2012/HC-A/148
مری
ދަށުން
008/2010
0
ހ
އެކްސްޗޭންޖްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފިހާރައިން، ނަންބަރު MSCUBK098255 ބިލް އޮފް
ލޭޑިންގގެ 33 (ތެއްތިރީސް) ސައިކަލާއި ސްޕެއަރ ޕާޓްތަކެއް ދިވެހިރާއްޖެއަށް
އެތެރެކޮށްފައިވާކަމާއި، މިގޮތުން އެތެރެކުރެވިފައިވާ ސައިކަލްތަކާއި ސްޕެއަރ ޕާޓްތަކަކީ، އެތަކެތި ވިއްކި
ފަރާތްކަމުގައިވާ، ތައިލަންޑްގެ ކުންފުނި، ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްއިން 5
ފެބްރުއަރީ 2010 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ އެކުންފުނީގެ ނަންބަރު 008/2010 އިންވޮއިސްގައި
ބަޔާންކޮށްފައިވާ ތަކެތިކަމަށް އެ ބިލް އޮފް ލޭޑިންގ ގައި ބަޔާންކޮށްފައިވާކަމާއި،
ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްގެ ނަންބަރު
އިންވޮއިސްއަށް ބަލާއިރު، NC110AP މޮޑެލްގެ ހޮންޑާ އެއަރބްލޭޑް އައި ގެ 5 (ފަހެއް) ސައިލަކާއި،
F125MC މޮޑެލްގެ ހޮންޑާ ވޭވް 125އައި ގެ 7 (ހަތެއް) ސައިކަލާއި، NF125MT މޮޑެލްގެ
ވޭވް 125އެސް ގެ 15 (ފަނަރަ) ސައިކަލާއި، NC125D މޮޑެލްގެ ހޮންޑާ
ޕީސީއެކްސް 3
(ތިނެއް) ސައިކަލާއި، KT110 މޮޑެލްގެ ހޮންޑާ ސްކޫޕީ އައިގެ 3 (ތިނެއް) ސައިކަލާއި، 110
(ސަތޭކަދިހައެއް) ސްޕެއަރ ޕާޓް، އެ އިންވޮއިސްގައި ހިމެނިފައިވާކަމާއި، އެތަކެތީގެ ސީ.އެންޑް.އެފް.
އަގެއްކަމަށް އެއިންވޮއިސްގައި ޖަހާފައިވަނީ ޖުމްލަ 23,232152 $US (ތޭވީސްހާސް ދުއިސައްތަ
ތިރީސްދޭއް އެމެރިކާ ޑޮލަރު ފަންސާސް ދޭއް ސެންޓް) ކަމާއި،
5 ފެބްރުއަރީ 2010 ގެ ތާރީޚުގައި ޖާން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑްގެ
ލެޓަރހެޑުގައި ތައްޔާރުކުރެވިފައިވާ، އިސްވެދެންނެވުނު ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރެވުނު
ކޮންޓެއިނަރުގެ ޕެކިންގ ލިސްޓްއަށް ބަލާއިރު، އެލިސްޓުގައި ބަޔާންކޮށްފައިވާ ސައިކަލްތަކާއި، ޖާން
އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްގެ ނަންބަރު 08
:
2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ
ސައިކަލްތަކާ އެއްވެސް ތަފާތެއްނެތި ދިމާވާކަމާއި،
އިސްވެދެންނެވިފައިވާ، ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްގެ ނަންބަރު
008/2010 އިންވޮއިސްއާއި ޕެކިން ލިސްޓުގެ އިތުރުން، 10 ފެބްރުއަރީ 2010 ގެ ތާރީޚުގައި ޖާން
އިންޓަރޓްރޭޑް (ތައިލަންޑް، ކޯ. ލިމިޓެޑްއިން ތައްޔާރުކޮށްފައިވާ ބެލެންސް ނޯޓެއް، މިމައްސަލައާ
ގުޅިގެން ދަށުކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާކަމާއި، އެ ބެލެންސް ނޯޓަކީ،
ނަންބަރު MSCUBK098255 ބިލް އޮފް ލޭޑިންގގެ ދަށުން ޕާޓް އެކްސްޗޭންޖްގެ ނަމުގައި
ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ، އިސްވެދެންނެވިފައިވާ މުދަލުގެ އަގު ފާސްކުރުމަށްޓަކައި އެފަރާތުން
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާ ލިޔުމެއްކަމާއި،
މިބުނެވުނު ބެލެންސް ނޯޓަށް ބަލާއިރު، އެ ބެލެންސް ނޯޓުގެ ރިފަރެންސް ނަންބަރަކަށް ޖަހާފައިވަނީ
OLC
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/148
فيفري ملي ی مری
=32
7 ޤަޟިއްޔާ ނިމުނު
އިސްވެދެންނެވިފައިވާ އިންވޮއިސްއަށްވެސް ދީފައިވާ، ނަންބަރު 008/2010 ކަމާއި، އެ ބެލެންސް
ނޯޓުގައި ކޮންސައިނީ ނުވަތަ މުދާ ލިބެންވީ ފަރާތްކަމުގައި ބަޔާންކޮށްފައިވަނީ ޕްރޓް އެކްސްޗޭންޖް
ކަމާއި، އެ ބެލެންސް ނޯޓުގައި ހިމަނާފައިވާ މުދަލަށްބަލާއިރު، ނަންބަރު 008/2010 އިންވޮއިސްގައި
ދެންނެވިފައިވާ ޢަދަދަށް ސައިކަލާއި ސްޕެއަރ ޕާޓް ހިމެނިފައިވާކަމާއި، މިދެލިޔުމުގައި ބަޔާންކޮށްފައިވާ
ތަކެތީގައި ހުރި ހަމައެކަނި ތަފާތަކީ، ބެލެންސް ނޯޓުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ
ވޭވް 125އައި ގެ 7 (ހަތެއް) ސައިކަލުގެ މޮޑެލް ނަންބަރުކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ
NF125MC ގެ ބަދަލުގައި NF125MT މިފަދައިން ބަޔާންކޮށްފައިވުމާއި، ބެލެންސް ނޯޓުގެ 2 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125އެސް ގެ 15 (ފަނަރަ) ސައިކަލުގެ މޮޑެލް
ނަންބަރުކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ NF125MT ގެ ބަދަލުގައި NF125MC މިފަދައިން
ބަޔާންކޮށްފައިވުންކަމާއި، އެ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ މުދަލުގެ ސީ.އެންޑް.އެފް. އަގެއްކަމަށް
އެނޯޓުގައި ޖަހާފައިވަނީ ޖުމްލަ 1,852,474
/
70
TBH (އެއްމިލިއަން އަށްލައްކަ ފަންސާސްދެހާސް
ހަތަރުސަތޭކަ ހަތްދިހަ ހަތަރެއް ތައިބާތް ހަތްދިހަ ސަޓަންގް) ކަމާއި، މިފައިސާގެ ތެރެއިން ޑިޕޮސިޓްގެ
ގޮތުގައި ޖުމްލަ 536,156
/
34
TBH (ފަސްލައްކަ ތިރީސްހަހާސް އެއްސަތޭކަ ފަންސާސް ހައެއް
ތައިބާތް ތިރީސްހަތަރެއް ސަޓަންގް) ދައްކާފައިވާކަމާއި، ބާކީ ދައްކަން އޮތް ޖުމްލަ 1,316,318.36
TBH (އެއްމިލިއަން ތިންލައްކަ ސޯޅަހާސް ތިންސަތޭކަ އަށާރަ ތައިބާތް ތިރީސްހަ ސަޓަންގް) ދެބަޔަކަށް
ބަހާލައިގެން ދައްކާ ޚަލާސްކުރުމަށް އެބޯޓުގައި ބަޔާންކޮށްފައިވާކަމާއި، އެ ބެލެންސް ނޯޓުގައި
ބަޔާންކޮށްފައިވާ ފައިސާ އެއްކޮށް ދައްކާ ޚަލާސްކޮށްފައިވާކަމަށް ބަޔާންކޮށް 17 ފެބްރުއަރީ 2010 ގެ
ތާރީޚުގައި އެނޯޓުގައި "ޕެއިޑް" ތައްގަނޑެއް ޖަހާފައިވާކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްއިން، ނަންބަރު
MSCUBK098255 ބިލް އޮފް ލޭޑިންގގެ ދަށުން ޕާޓް އެކްސްޗޭންޖްގެ ނަމުގައި ދިވެހިރާއްޖެއަށް
ފޮނުވާފައިވާ، އިސްވެދެންނެވިފައިވާ މުދަލަށް، ޤާނޫނު ނަންބަރު 31,79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް
އިމްޕޯޓުގެ ޤާނޫނު) ޓެކްސްދެއްކުމުގެ ގޮތުން އެމުދަލުގެ އަގު ފާސްކުރުމަށްޓަކައި ޕާޓް އެކްސްޗޭންޖްގެ
ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅި، އިސްވެދެންނެވިފައިވާ ލިޔެކިޔުންތަކުގައި
ބަޔާންކޮށްފައިވާ މުދަލުގެ އަގުތަކުގައި ތަފާތުތަކެއް ހުރުމާގުޅިގެން، އެމައްސަލަ މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ އިންވެސްޓިގޭޝަން އެންޑް ޕްރޮސިކިއުޝަން ސެކްޝަނުން ތަޙްޤީޤުކޮށްފައިވާކަމާއި،
2 0 0 2 0 04
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
2012/HC-A/148
می هرکی
(IP/MP/C/2010/076
OXO
OLO
ہے اور سر کی
(0081210
ou o
ޤަޟިއްޔާ ނިމުނު ގޮ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިންވެސްޓިގޭޝަން އެންޑް ޕްރޮސިކިއުޝަން
ސެކްޝަނުން ކޮށްފައިވާ އިސްވެދެންނެވިފައިވާ ތަޙްޤީޤުގެ ރިޕޯޓު (ކޭސް ނަންބަރު
އަށް ބަލާއިރު، ޕާޓް އެކްސްޗޭންގެ ފަރާތުން ދިވެހިރާއްޖެއަށް
އެތެރެކޮށްފައިވާ، އިސްވެދެންނެވިފައިވާ މުދަލުގެ ޞައްޙަ އަގަކީ، އެކުންފުނިން މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ހުށަހަޅާފައިވާ ނަންބަރު 0}18
:
2401]I} އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގު ނޫންކަމަށާއި،
އެ މުދަލުގެ ޞައްޙަ އަގަކީ އެކުންފުނިން ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ ބެލެންސް ނޯޓުގައި
ބަޔާންކޮށްފައިވާ ސީ.އެންޑް.އެފް. އަގުކަމަށާއި، އެގޮތުން އެމުދަލުގެ އަގަކީ ޖުމްލަ 858,046
/
32ރ.
(އަށްލައްކަ ފަންސާސް އަށްހާސް ސާޅިސްހަ ރުފިޔާ ތިރީސްދޭއް ލާރި) ކަމަށް މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއިން ކަޑައަޅާފައިވާކަމާއި، އަދި އެމުދަލުގެ އަގު ފާސްކުރުމަށްޓަކައި ޕާޓް
ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅާފައިވަނީ ނަންބަރު
އިންވޮއިސްގައި އެމުދަލުގެ އަގުގެގޮތުގައި ބަޔާންކޮށްފައިވާ ސީ.އެން.އެފް. 23,232
/
52 $US
(ތޭވީސްހާސް ދުއިސައްތަ ތިރީސްދޭއް އެމެރިކާ ޑޮލަރު ފަންސާސް ދޭއް ސެންޓް) ކަމަށްވުމާއެކު،
އެމުދަލުގެ އަގު ހުށަހަޅާފައިވަނީ މުދަލުގެ ހަމައަގަށްވުރެ ދައްކޮށްކަން ސާބިތުވާތީ، ދިވެހިރާއްޖޭގެ
އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނުގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން، 214,511
/
58ރ. (ދެލައްކަ
ސާދަހާސް ފަސްސަތޭކަ އެގާރަ ރުފިޔާ ފަންސާސް އަށެއް ލާރި) އިން ޕާޓް
ޖޫރިމަނާކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، 10 ފެބްރުއަރީ 2010 ގެ ތާރީޚުގައި ޖާން އިންޓަރޓްރޭޑް
(ތައިލަންޑް) ކޯ ލިމިޓެޑްއިން ތައްޔާރުކޮށްފައިވާ، އިސްވެދެންނެވިފައިވާ ބެލެންސް ނޯޓަކީ، ނަންބަރު
MSCUBK098255 ބިލް އޮފް ލޭޑިންގގެ ދަށުން ޕާޓް އެކްސްޗޭންޖްގެ ފަރާތުން ދިވެހިރާއްޖެއަށް
އެތެރެކޮށްފައިވާ ސައިކަލް ޝިޕްމަންޓާ އެއްވެސް ގުޅުމެއްހުރި ލިޔުމެއް ނޫންކަމަށާއި، އެ ލިޔުމުގައި
ބަޔާންކޮށްފައިވާ މުދަލަކީ ނުވަތަ ސައިކަލުތަކަކީ ފިޒިކަލީ ދިވެހިރާއްޖެއަށް އެތެރެވެފައިވާ
ތަކެތިނޫންކަމަށާއި، އެލިޔުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅިފައިވަނީ އޮޅުމަކުންކަމަށް
ޕާޓް އެކްސްޗޭންޖްގެ ފަރާތުން ބުނެފައިވާކަމާއި،
އަދި މިކަން ސާބިތުކޮށްދިނުމުގެ ގޮތުން، ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ
ސައިކަލުތަކުގެ މޮޑެލް ނަންބަރުތަކާއި، އިސްވެދެންނެވިފައިވާ ނަންބަރު 008/2010 އިންވޮއިސްގައި
ފުންކޮށްފައިވާ މޮޑެލް ނަންބަރުތަކާ ތަފާތުތަކެއް ހުރިކަން ޕާޓް އެކްސްޗޭންޖްގެ ފަރާތުން
8 0 298.
ماهير
0
0
xތ ދ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9 ޤަޟިއްޔާ ނިމުނު
2012/HC-A/148
کی عمری
ފާހަގަކޮށްފައިވާކަމާއި، އަދި ބެލެންސް ނޯޓުގެ ތިރީގައި "ޕެއިޑް" ޖަހާފައިވީނަމަވެސް އެ ބެލެންސް
ނޯޓުގައި ވާ ޢަދަދަށް ދާން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑްއަށް ޕާޓް އެކްސްޗޭންޖްގެ ފަރާތުން
ފައިސާދައްކާފައި ނުވާނެކަމަށް ޕާޓް އެކްސްޗޭންޖްގެ ފަރާތުން ބުނެފައިވާކަމާއި، އަދި، ސުވާލު
އުފެދިފައިމިވާ ބެލެންސް ކޯޓާ ބެހޭގޮތުން 1 މާޗް 2010 ގެ ތާރީޚުގައި ޖާން އިންޓަރޓްރޭޑް
(ތައިލަންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ ލިޔުމަކާއި، ޖާން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑްގެ
ނަންބަރު 008/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދަލުގެ އަގާއި އެއަގު ދައްކަން އެއްބަސްވާ
ގޮތާބެހޭގޮތުން 26 ޖެނުއަރީ 2010 ގެ ތާރީޚުގައި އެކުންފުނިން ޕާޓް އެކްސްޗޭންޖްގެ ވެރިފަރާތްކަމަށްވާ
މުޙައްމަދު އިބްރާހީމްއަށް ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއާއި، 12 މެއި 2010 ގެ ތާރީޚުގައި ޖާން
އިންޓަރޓްރޭޑް (ތައިލަންޑް، ކޯ. ލިމިޓެޑުން ދޫކޮށްފައިވާ ރިސިޕްޓްގެ ކޮޕީއާއި، ސުވާލުއުފެދިފައިމިވާ
ޝިޕްމަންޓުގެ ކުރިންނާއި އޭގެ ފަހުން ޕާޓް އެކްސްޗޭންޖްގެ ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ
ސައިކަލްތަކަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައްޔާރުކޮށްފައިވާ "ޕްރައިސް ވެލުއޭޝަން
އެޑްވައިސް" ގެ ކޮޕީތަކެއް ޕާޓް އެކްސްޗޭންޖްގެ ފަރާތުން ހުށަހަޅާފައިވާކަމެވެ.
= /2ށއި،
(ށ) ހަތަރުވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ
އަގުތަކަކީ ނަންބަރު MSCUE098255 ބިލް އޮފް ލޭޑިންގގެ ދަށުން ޕާޓް އެކްސްޗޭންޖްގެ ނަމުގައި
ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ، އިސްވެދެންނެވިފައިވާ މުދަލުގެ ޞައްއަ އަގުތައް ނޫންކަމަށް
ސާބިތުކޮށްދިނުމުގެ ގޮތުން ޕާޓް އެކްސްޗޭންޖްގެ ފަރާތުން ހުށަހަޅާފައިވާ އިސްވެދެންނެވިފައިވާ
ކަންކަމަށާއި ލިޔެކިޔުންތަކުގެ ތެރެއިން، ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ ސައިކަލުތަކުގެ މޮޑެލް
ނަންބަރު 008/2010 އިންވޮއިސްގައި ބަޔާންކޮށްފައިވާ މޮޑެލް ނަންބަރުތަކާ
ތަފާތުތަކެއް ހުރިކަމަށް ޕާޓް އެކްސްޗޭންޖްގެ ފަރާތުން ބުނާބުނުމަށް ބަލާއިރު، އިސްވެދެންނެވިފައިވާ
ފަދައިން، މިދެލިޔުމުގައި ބަޔާންކޮށްފައިވާ ތަކެތީގައި ހުރި ހަމައެކަނި ތަފާތަކީ އެނޯޓުގެ 1 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125އައި ގެ 7 (ހަތެއް) ސައިކަލުގެ މޮޑެލް ނަންބަރުކަމަށް
އިންވޮއިސްގައި ބަޔާންކޮށްފައިވާ NF125NIC ބަދަލުގައި NF125MT މިފަދައިން
ބަޔާންކޮށްފައިވުމާއި، ނޯޓުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125އެސް ގެ 15
(ފަނަރަ) ސައިކަލުގެ މޮޑެލް ނަންބަރުކަމަށް އިންވޮއިސްގައި ބަޔާންކޮށްފައިވާ NF 125MT ގެ
ބަދަލުގައި NF125MC މިފަދައިން ބަޔާންކޮށްފައިވުންކަމާއި، އަދި، ބެލެންސް ނޯޓުގެ 1 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125އައި ގެ ސައިކަލްގެ މޮޑެލް ނަންބަރަކީ NF125MC
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2012/HC-A/148
کرم محترمب
20
OXO
ކަމަށާއި، NF125MT ނަންބަރުގެ ދަށުން އެމޮޑެލްގެ ސައިކަލް ނުއުފައްދަކަމަށާއި، ހަމައެފަދައިން
އެނޯޓުގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހޮންޑާ ވޭވް 125އެސް ގެ ސައިކަލްގެ މޮޑެލް
ނަންބަރަކީ NF125MT ކަމަށާއި، NF125MC ނަންބަރުގެ ދަށުން އެމޮޑެލްގެ ސައިކަލް
ނުއުފައްދާކަމަށް މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ބުނެފައިވާތީއާއި، އަދި
މިކަމަށް މުޙައްމަދު އިބްރާހީމްވެސް އެއްބަސްވުމާއެކު އެ ދެ ލިޔުމުގައި ބަޔާންކޮށްފައިވާ މޮޑެލް
ނަންބަރުތައް ތަފާތުވެފައިއެވަނީ ލިޔުމުގެ ކުށަކުން (typographical error} ކަން އެނގޭކަމާއި،
އެހެންކަމުން އެދެލިޔުމުގައި ބަޔާންކޮށްފައިވާ ސައިކަލްތަކަކީ އެއް ސައިކަލްތަކެއްކަމަށް ވުމަކީ
އެކަށީގެންވާ ކަމެއްކަމާއި،
ބެލެންސް ނޯޓުގެ ތިރީގައި "ޕެއިޑް" ޖަހާފައިވީނަމަވެސް އެ ބެލެންސް ނޯޓުގައި ވާ
ޢަދަދަށް ދާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްއަށް ޕާޓް އެކްސްޗޭންޖްގެ ފަރާތުން
ފައިސާދައްކާފައި
ނުވާނެކަމަށް ޕާޓް އެކްސްޗޭންޖްގެ ފަރާތުން ބުނާބުނުމަށް ބަލާއިރު،
އިސްވެދެންނެވިފައިވާ ފަދައިން، ބެލެންސް ނޯޓުގައި ބަޔާންކޮށްފައިވާ ފައިސާ އެއްކޮށް ދައްކާ
ޚަލާސްކޮށްފައިވާކަމަށް ބަޔާންކޮށް 17 ފެބްރުއަރީ 2010 ގެ ތާރީޚުގައި އެނޯޓުގައި "ޕެއިޑް"
ތައްގަނޑެއް ޖަހާފައިވާކަން އެނގޭކަމާއި، ނަމަވެސް ޕާޓް އެކްސްޗޭންޖްގެ ފަރާތުން ޖާން އިންޓަރޓްރޭޑް
(ތައިލަންޑް) ކޯ. ލިމިޓެޑްއަށް މިފައިސާ ދައްކާފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި އިތުރުއެއްވެސް
ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި، އަދި މިމައްސަލައާ ގުޅިގެން، ބެލެންސް ނޯޓުގައި
ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ޕާޓް އެކްސްޗޭންޖްގެ ފަރާތުން، ދިވެހިރާއްޖޭގައި
އޮޕަރޭޓްކުރާ އެއްވެސް ބޭންކެއް މެދުވެރިކޮށް، 5 ފެބްރުއަރީ 2010 އާއި 18 ފެބްރުއަރީ 2010
އާދެމެދު އެއްވެސް ފައިސާއެއް ދައްކާފައިވޭތޯ ސިވިލް ކޯޓުން އޮޅުންފިލުއްވާފައިވާކަމާއި، މިގޮތުން
ސިވިލް ކޯޓުން ބެއްލެވިބެއްލެވުމުން ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ އެއްވެސް ބޭންކަކުން މިދެންނެވުނު
މުއްދަތުގެ ތެރޭގައި ޕާޓް އެކްސްޗޭންޖްގެ ފަރާތުން ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ލިމިޓެޑްއަށް
އެއްވެސް ފައިސާއެއް ދައްކާފައިނުވާކަމަށް އެބޭންކުތަކުން ބުނެފައިވާކަމާއި، މިފައިސާ ދިވެހިރާއްޖޭން
ބޭރުގައި އޮޕަރޭޓްކުރާ ބޭންކަކުންވެސް ދައްކާފައި އޮތުމަކީ އެކަށީގެ
ކަށީގެންވާކަމެއްކަމަށް ދައުލަތުގެ ފަރާތުން
ބުނިކަމުގައިވީނަމަވެސް، އެކަން އެގޮތަށް ހިނގާފައިވާކަން ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައިނުވާކަމާއި، އެހެންކަމުން، ބެލެންސް ނޯޓުގެ ތިރީގައި "ޕެއިޑް" ޖަހާފައިވީނަމަވެސް
އެނޯޓުގައި ބަޔާންކޮށްފައިވާ ފައިސާ އެނޯޓުގައި ބަޔާންކޮށްފައިވާ ތާރީޚުގައި ޕާޓް އެކްސްޗޭންޖްގެ ފަރާތުން
ޖާން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑްއަށް ދައްކާފައިވާކަން ސާބިތު ނުވާކަމާއި،
2 0 0 28
Puc
2
0 / މ 04 ދ ތތ
4
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
11
2012/HC-A/148
کی عمر مترمربع
02
Ox
میروتر
ޤަޟިއްޔާ ނިމުނު ގޮ
ސުވާލު އުފެދިފައިމިވާ ބެލެންސް ކޯޓާ ބެހޭގޮތުން
1 މާޗް 2010 ގެ ތާރީޚުގައި
ދާން އިންޓަރޓްރޭޑް (ތައިލަންޑް، ކޯ. ލިމިޓެޑުން ފޮނުވާފައިވާ ލިޔުމަށް ބަލާއިރު، އެ ބެލެންސް ނޯޓު
ތައްޔާރުކުރުމުގައި ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑުގެ އެކައުންޓްސް ޑިޕާޓްމަންޓަށް
ގޯސްތަކެއް (mistakes) ހެދިފައިވާކަމަށް އެލިޔުމުގައި ބުނެފައިވާކަމާއި، އެ ބެލެންސް ނޯޓުގައި
ބަޔާންކޮށްފައިވާ ބައެއް ޢަދަދުތަކަކީ ޕާޓް އެކްސްޗޭންޖްއާ ގުޅުންހުރި ޢަދަދުތަކެއް ނޫންކަމަށާއި، އޭގެ
ތެރޭގައި ކުރިން ފޮނުވިފައިވާ ބައެއް ތަކެތީގެ އަގުތައްވެސް އެއްކުރެވިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި،
އަދި ޖާން އިންޓަރޓްރޭޑް (ތައިލަންޑް، ކޯ. ލިމިޓެޑުން ފޮނުވާފައިވާ މިލިޔުމުގެ ޞައްޙަކަމާމެދު
ދައުލަތުގެ ފަރާތުން ސުވާލު އުފައްދާފައިނުވާކަން އެނގޭކަމާއި،
ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްގެ ނަންބަރު 008/2010
އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދަލުގެ އަގާއި އެއަގު ދައްކަން އެއްބަސްވާ ގޮތާބެހޭގޮތުން 26
ޖެނުއަރީ 2010 ގެ ތާރީޚުގައި އެކުންފުނިން ޕާޓް އެކްސްޗޭންޖްގެ ވެރިފަރާތަކަށްވާ މުޙައްމަދު
އިބްރާހީމްއަށް ފޮނުވާފައިވާ ސިޓީއަށް ބަލާއިރު، އެކުންފުނީގެ ނަންބަރު 008/2010 އިންވޮއިސްގައި
ބަޔާންކޮށްފައިވާ މުދަލުގެ އަގަކީ ޖުމްލަ 23,232
/
52 $US (ތޭވީސްހާސް ދުއިސައްތަ ތިރީސްގެ
އެމެރިކާ ޑޮލަރު ފަންސާސް ދޭއް ސެންޓް ކަމަށާއި، އެތަކެތީގެ ޝިޕްމަންޓް ދިވެހިރާއްޖެއަށް އެތެރެވާތާ
90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އެތަކެއްޗަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާކަމަށް އެސިޓީގައި
ބަޔާންކޮށްފައިވާކަމާއި، އެސިޓީ ލިޔެފައިވާ ޖާން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުގެ ލެޓަރ
ހެޑާއި 1 މާޗް 2010 ގެ ތާރީޚުގައި ޖާން އިންޓަރޓްރޭޑް (ތައިލޭންޑް) ކޯ. ލިމިޓެޑުން ފޮނުވާފައިވާ
ލިޔުން ލިޔެފައިވާ ލެޓަރ ހެޑްގައި ތަފާތުތަކެއް ހުރިކަމަށާއި، އެހެންކަމުން ޖާން އިންޓަރޓްރޭޑް
(ތައިލަންޑް) ކޯ. ލިމިޓެޑުން 26 ޖެނުއަރީ 2010 ގެ ތާރީޚުގައި ފޮނުވާފައިވާ ސިޓީގެ ޞައްޙަކަމާމެދު
ސުވާލުއުފެދޭކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާކަމާއި، އެހެންނަމަވެސް، ލެޓަރހެޑްގައިވާ ކުދިކުދި ތަފާތު ފިޔަވައި އެސިޓީއަކީ ޞައްޙަނޫން
ސިޓީއެއްކަމަށް ސާބިތުކޮށްދިނުމުގެ
ގޮތުން ދައުލަތުގެ ފަރާތުން އިތުރު އެއްވެސް
ހުށަހަޅާފައިނުވާކަމާއި،
12 މެއި 2010 ގެ ތާރީޚުގައި ޖާން އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑުން
ދޫކޮށްފައިވާ ރިސިޕްޓްގެ ކޮޕީއަށް ބަލާއިރު، އެރިސިޕްޓަކީ ޕާޓް އެކްސްޗޭންޖްގެ ފަރާތުން ޖާން
އިންޓަރޓްރޭޑް (ތައިލަންޑް) ކޯ. ލިމިޓެޑްއަށް ޖުމްލަ 23,232
/
50 $US (ތޭވީސްހާސް ދުއިސައްތަ
ތިރީސްދޭއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) ދެއްކުމުން، 12 މެއި 2010 ގެ ތާރީޚުގައި
2 22 22
2
23
2c4ދވ
0x2
02 22
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/148
مجری معلمي مب
އެކުންފުނިން ދޫކޮށްފައިވާ ރިސިޕްޓެއްކަމާއި، އަދި އެރިސީޕްޓްގެ ތިރީގައި "ނޯޓްސްރިމާކްސް" ލިޔަން
އޮތް ތާނގައި 098255
B
/
L
#
MSCUBK ޖަހާފައިވާކަމާއި، މި ރިސިޕްޓްގައި ޕާޓް އެކްސްޗޭންޖްގެ
ފަރާތުން ޖާން އިންޓަރޓްރޭޑް (ތައިލަންޑް، ކޯ. ލިމިޓެޑްއަށް ދައްކާފައިވާކަމަށް ބަޔާންކޮށް ޢަދަދާއި،
ނަންބަރު 2010;008) އިންވޮއިސްގައި ބަޔާންކޮށްފައިވާ މުދަލުގެ އަގުގެ ތަފާތަކީ ހަމައެކަނި 2 (ދޭއް)
ސެންޓުކަމާއި، އެހެންކަމުން މިރިސިޕްޓްގައި ބަޔާންކޮށްފައިމިވަނީ ނަންބަރު MSCUBK098255 ބިލް
އޮފް ލޭޑިންގގެ ދަށުން ޕާޓް އެކްސްޗޭންޖްގެ ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލް
ޝިޕްމަންޓަށް އެތަކެތި ފޮނުވި ކުންފުނިން ހަދާފައިވާ ނަންބަރު 2010!008 އިންވޮއިސްގައި
ބަޔާންކޮށްފައިވާ ފައިސާކަން މަދަނީ މިންގަނޑުތަކުން ސާބިތުވާކަމާއި،
ސުވާލުއުފެދިފައިމިވާ ޝިޕްމަންޓުގެ ކުރިންނާއި އޭގެ ފަހުން ޕާޓް އެކްސްޗޭންޖްގެ
ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލްތަކަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން
ތައްޔާރުކޮށްފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް" ގެ ކޮޕީތަކަށް ބަލާއިރު، ސުވާލުއުފެދިފައިމިވާ
ޝިޕްމަންޓު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުރީގެ ތާރީޚެއްގައި އަދި އޭގެ ފަހުގެ ދެ ތާރީޚެއްގައި ޕާޓް
އެކްސްޗޭންޖްގެ ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލް ޝިޕްމަންޓްތަކަކާ ގުޅިގެން
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައްޔާރުކޮށްފައިވާ، މިމައްސަލައާ ގުޅިގެން ޕާޓް އެކްސްޗޭންޖްގެ
ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ "ޕްރައިސް ވެލުއޭޝަން އެޑްވައިސް" ތަކަށް ބަލާއިރު،
އެފަހަރުތަކުގައި ޕާޓް އެކްސްޗޭންޖްގެ ފަރާތުން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ސައިކަލްތަކުގެ
އިންވޮއިސް އަގުކަމަށް ބަޔާންކޮށްފައިވާ އަގުތަކަކީ، ސުވާލުއުފެދިފައިމިވާ ޝިޕްމަންޓުގައި ހިމެނޭ
ސައިކަލްތަކުގެ އަގުކަމަށް ނަންބަރު 2010;08} އިންވޮއިސްގައި ބަޔާންކޮށްފައިވާ އަގުތަކާ ދާދި އެއް
އަގުތަކެއްކަން
ކުން އެނގޭކަމާއި،
އިސްވެދެންނެވިފައިވާ ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، 10 ފެބްރުއަރީ 2010
ގެ ތާރީޚުގައި ޖާން އިންޓަރޓްރޭޑް (ތައިލަންޑް، ކޯ. ލިމިޓެޑްއިން ތައްޔާރުކޮށްފައިވާ ބެލެންސް ނޯޓުގައި
ޔާންކޮށްފައިވާ އަގުތަކަކީ، ނަންބަރު MSCUBK098255 ބިލް އޮފް ލޭޑިންގގެ ދަށުން ޕާޓް
އެކްސްޗޭންޖްގެ ނަމުގައި ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ، އިސްވެދެންނެވިފައިވާ މުދަލުގެ ޞައްޙަ
އަގުތައްކަމަށް މަދަނީ މިންގަނޑުތަކުން ސާބިތުނުވާކަމެވެ.
4 2 2 4 8
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ސިވިލް ކޯޓުން
ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނުގެ) 5 ވަނަ މާއްދާގެ ނައްޞާ ޚިލާފަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 5316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
=32
2012/HC-A/148
22c
44 24 22
4/#/ވ
13 ޤަޟިއްޔާ ނިމުނު "
ކަމަށްބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއް ކަމުގައި ބެލެވޭނީ ހަމަ
އެލިޔުމެއްކަމަށާއި، ނަމަވެސް އެލިޔުމެއް ނެތުނީ ޤަބޫލުކުރެވޭފަދަ ޢުޛުރަކުންކަން ޝަރީޢަތުގެ މަޖިލީހަށް
ސާބިތުވާނަމަ ބަދަލުގައި އެހެން ހެކި ޤަބޫލުކުރެވޭނެކަމަށް ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖެއަށް ތަކެއްޗަށް ދައްކަންޖެހޭ ޑިއުޓީ ކަނޑައެޅުމަށްޓަކައި
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ ތަކެތި ބަޔާންކޮށްފައިވާ، މިމައްސަލައިގައި ހިމެނޭ
އިސްވެދެންނެވިފައިވާ ޝިޕްމަންޓް ދިވެހިރާއްޖެއަށް އެތެރެކުރެވުނުއިރު ޢަމަލުކުރެވުނު "ކަސްޓަމަސްގެ
ޢާންމު ޤަވާޢިދު" އަށް ބަލާއިރު، ދިވެހިރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލުގެ ޑިއުޓީ ކަނޑައެޅުމަށްޓަކައި
އެސަރވިސްއަށް ހުށަހަޅާންޖެހެނީ އެޤަވާޢިދުގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލުގެ
އިންވޮއިސްއާއި އެޤަވާއިދުގެ 4.2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުދަލުގެ އިންވޮއިސްއާއެކު
އެސަރވިސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައްކަން އެނގޭކަމާއި، މިގޮތުން އެ
ޤަވާއިދުގައި 4.2 ވަނަ
ނަންބަރުގެ (ހ) އިން (ރ) އަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި "ބެލެންސް ނޯޓު"
ހިމެނިފައިނުވާކަމާއި، އަދި އެނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވާ "ކަސްޓަމްސް އިން އެދޭ އެހެނިހެން
ލިޔުންތައް" ގެ ތެރޭގައި "ބެލެންސް ނޯޓު" ހިމެނޭކަމަށް ބެލިކަމުގައިވީނަމަވެސް، އެމާއްދާގެ ދަށުން
އެލިޔުން ހުށަހަޅަން ޖެހޭނީ އެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެދޭ ހާލުގައިކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި "ބެލެންސް ނޯޓު" ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ ފަރާތުން އެދިފައިވާކަން އެނގެން ނެތްކަމާއި، ވީމާ މިމައްސަލައިގައި "ބެލެންސް ނޯޓު"
އަކީ
ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ލިޔުމެއް ނޫންކަމާއި،
އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ސިވިލް ކޯޓުން
ނިންމަވާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ނައްޞާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޙުކުމަށް
ވުމަށްޓަކައި
ހޯދަންޖެހޭކަމަށް އެމައްސަލައެއް
އެމައްސަލައެއް ބަލާ ފަނޑިޔާރަކަށް ފެންނަ ކޮންމެ ލިޔެކިޔުމެއް އަދި
މަޢުލޫމާތެއް ހޯދުމަކީ އެފަނޑިޔާރަކަށް ލިބިގެންވާ ބާރެއްކަމާއި، މިގޮތުން ހޯދާ ލިޔުމެއް ނުވަތަ
މަޢުލޫމާތެއް، މީހަކަށް ގެއްލުން ލިބޭގޮތަށް މާނަކުރެވޭ ޙާލަތުގައި ނުވަތަ ޝަރީޢަތުން މީހެއްގެ މައްޗަށް
ކަމެއް ސާބިތުކުރުމުގައި އެފަދަ ލިޔުމެއް މައްޗަށް ބަރޯސާވާ ޙާލަތެއްގައި، އެފަދަ ކޮންމެ ލިޔުމެއް ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 35 33
14 ޤަޟިއްޔާ ނިމުނު
2012/HC-A/148
میری معلم ممب
OLC o
ސްޓޭޓް
އެއްވެސް
މަޢުލޫމާތަކާމެދު އެފަރާތުން ދެކޭގޮތް ބަޔާންކުރުން ނުވަތަ އެމަޢުލޫމާތު ތަޢުނުކުރުމަކީ އެމައްސަލައެއްގައި
ހިމެނޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަމާއި، އެހެންކަމުން ޝަރީޢަތަށް ހުށަނޭޅޭ މަޢުލޫމާތެއް
ނުވަތަ ލިޔެކިޔުމެއް މައްސަލަ ބަލާ ފަނޑިޔާރު ހޯދާ ޙާލަތުގައި އެލިޔުމަކާ ނުވަތަ އެމަޢުލޫމާތާމެދު
މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދެކޭގޮތް ބަޔާންކުރުމުގެ ނުވަތަ އެމަޢުލޫމާތު ތަޢުނުކުރުމުގެ ފުރުސަތު
ދިނުމަކީ ޝަރީޢަތުގެ މައްޗަށް ލާޒިމުކަމެއްކަމާއި، މިއުސޫލަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
114/HC-A/2010 ޤަޟިއްޔާގައިވެސް ކަނޑައެޅި ބަޔާންވެފައިވާ އުސޫލެއްކަމާއި،
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު، މިމައްސަލައިގައި ޙުކުމަކަށް
ވާސިލުވުމަށްޓަކައި ސިވިލް ކޯޓުގެ އަމުރަކަށް، ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްއާއި،
ބޭންކް އޮފް އިންޑިއާ އާއި، ހޮންކޮންގ އެންޑް ޝެންހާއީ ބޭންކް ކޯޕަރޭޝަން ލިމިޓެޑްއާއި، ހަބީބް
ބޭންކް ލިމިޓެޑް އާއި، ބޭންކް އޮފް ސިލޯން އާއި މޮރިޝަސް ކޮމަރޝަލް ބޭންކް ލިމިޓެޑް އިން
މަޢުލޫމާތު ހޯދާފައިވާކަން އެނގޭކަމާއި، މިމައްސަލައިގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް
ވާސިލުވުމަށްޓަކައި އެމަޢުލޫމާތު ބޭނުންކުރައްވާފައިވާކަމާއި، ނަމަވެސް
އެއިން
އެމަޢުލޫމާތަކާމެދު ދެކޭގޮތް ބަޔާންކުރުމުގެ ނުވަތަ ތަޢުނުކުރުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަރާތައް
ދީފައިވާކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނާއި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދީފައިވާ
ބަޔާންތަކަށް ބެލުމުން އެނގެން ނެތްކަމާއި، އެހެންކަމުން އިސްވެދެންނެވުނު ބޭންކުތަކުން ސިވިލް ކޯޓަށް
ދީފައިވާ މަޢުލޫމާތު ތަޢުނުކޮށް އެއަށް ޖަވާބުދާރީވުމުގެ ޙައްޤުން ދައުލަތް މަޙްރޫމުކުރެވިފައިވާކަމާއި،
އަދި، ޙުކުމެއްގެ ނުވަތަ ނިންމުމެއްގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނޭ
ސަބަބުން އެޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖްރާއާތަކީ ބާޠިލު
އިޖްރާއާތެއްކަމަށްވުމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ
މާއްދާގެ (ށ) ގެ ދަށުން އެމައްސަލައެއް އިސްތިއުނާފުކުރެވިދާނެ ސަބަބެއްކަމުގައިވީ ނަމަވެސް،
އެއިޖްރާއާތުގައި ހުރި ޢައިބެއް ނުވަތަ އުނިކަމަކީ އެމައްސަލައެއްގެ ޙުކުމަށް އަސަރު ފޯރާފަދަ
ކަމަކަށްނުވާނަމަ، އެކަމަކީ އެމައްސަލައިގެ ޙުކުމަށް ބަދަލެއް ގެނެވޭނެ ސަބަބެއްނޫންކަމާއި،
އެހެންކަމުން، މައްސަލައެއް ބަލާ ފަނޑިޔާރުގެ އިސްނެގުމަށް ކޯޓަށް ހޯދާ މަޢުލޫމާތު
ތަޢުނުކޮށް ޖަވާބުދާރީވުމުގެ ޙައްޤު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ނުވަތަ ފަރާތަކަށް ނުލިބުމަކީ،
ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް އެމައްސަލައެއްގައި އެ ކޯޓަކުން ކޮށްފައިވާ ޙުކުމެއްގެ ޞައްޙަކަން
ގެއްލިގެންދާނޭކަމެއް ނޫންކަމާއި، މިފަދަ މައްސަލަތަކުގައި ދަށުކޯޓުގެ މަރުޙަލާގައި ތަޢުނުކޮށް
ޖަވާބުދާރީވުމުގެ ފުރުސަތު ނުލިބިވާ މަޢުލޫމާތު ޠަޢުނުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު މައްސަލައިގެޖޭގެ
ہے امید ہے کی
99
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15 ޤަޟިއްޔާ ނިމުނު "
2012/HC-A/148
تی مرگ ملی ممب
404 40
އިސްތިޢުނާފު މަރުޙަލާގައި އެފަރާތަކަށް ލިބިދެވިފައިވާނަމަ އެވަރުން ފުދޭނެކަމާއި، މިގޮތުން ބަލާއިރު،
މިމައްސަލައިގައި ދައުލަތުން ޠަޢުނުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ، އިސްވެދެންނެވިފައިވާ
ބޭންކްތަކުން ސިވިލް ކޯޓަށް ހޯދައިވާ މަޢުލޫމާތާމެދު ތަޢުނުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ދައުލަތަށް ދެވިފައިވާކަމާއި، އަދި އެމަޢުލޫމާތާމެދު ދައުލަތުން
ދައްކާފައިވާ ވާހަކައަށް މިމައްސަލަ ނިންމުމުގައި ރިޢާޔަތްކުރެވިފައިވާނޭކަމެވެ.
(ކ) އަށްވަނަ ކަމަކީ، މިމައްސަލައިގައި ޙުކުމްކުރުމަށްޓަކައި، މިއަދު ( ނޮވެމްބަރު
2012) ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު
އިބްރާހީމް ޙާޒިރުވުމަށް އަންގައި އޭނާއަށް މިކޯޓުން ފޮނުވި މިކޯޓުގެ ނަންބަރު HC
-
B9
/
2012
/
568
"ކޯޓަށް ހާޒިރުވުމުގެ އަމުރު" އާ 27 އޮކްޓޯބަރު 2012 ގައި އޭނާގެ ފަރާތުން ޙަވާލުވެފައިވީނަމަވެސް،
މިއަދުގެ މި ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު އިބްރާހީމް ހާޒިރުވެފައި ނުވާތީ މިމައްސަލައިގައި ޙުކުމް
ކުރެވިފައިމިވަނީ މުޙައްމަދު އިބްރާހީމްގެ ޣައިރުހާޒިރުގައެވެ.
22
571/Cr-C/2010
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
(2010/MC/1287) ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުފެނުނެވެ.
iއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތު
ومر على ب
2012/HC-A/148
ދެ
OX
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
ފިމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287)
ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް
ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
577
/
Cv
-
C/1287) ޤަޟިއްޔާގައި ހިމެނޭ
މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް ބަދަލެއް ގެންނަންޖެހޭ
ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ގއ. ދާންދޫ ޖަހާމުގުރިގެ، މުޙައްމަދު އިބްރާހީމްގެ އައިރުހާޒިރުގައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv