ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/227 ޤަޟިއްޔާގެ ޙުކުމް
P
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/227
بالمناورانیم
44 0.4
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 227/HC
-
A/2007
ދަޢުވާކުރި ފަރާތް:
1- ޢަބްދުﷲ ރަޝީދު މޫސާ
ދާއިމީ އެޑްރެސް: އއ. ބޮޑުފޮޟޫދޫ ގުލްފާމްގެ
އައިޑީ ކާޑު ނަންބަރ:A080080 * މިހާރުގެ އެޑްރެސް: ފ. ޕިންކް ދެވަނަބުރި
ވަކީލު: އިޒް. ޝާހީން ޙަމީދު ހ. މީނާޒް (ދރކި ނަންބަރު: A034430)
ދަޢުވާލިބުނު ފަރާތް: ނިކަ މޯލްޑިވްސް ޕވޓ ލޓޑ * މިހާރުގެ އެޑްރެސް: މ. ވެސްޓްހައުސް
. މުޙައްމަދު ނަޢީމް ގ. ނަފާ (ދރކީ ނަންބަރު A022406)
• ހުށަހެޅުނު ތާރީޚް: 04 ޛުލްޤަޢިދާ 1428
14 ނޮވެމްބަރ 2007
ނިމުނު ތާރީޚް: 18 ޖުމުދަލްއޫލާ 1431
3 މެއި
2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2006/MC/1093 * ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: މިލްކް ސާބިތުކުރުން
ހުށަހެޅުނުތާރީޚް: 03.07.2006
ނިމުނު ތާރީޚް:21.08.2007
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް WWW.highcourt.gov.mv
[email protected]
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/227
ދަޢުވާގެ ޚުލާޞާ:
މިއީ، މަދަނީކޯޓުގެ ނަންބަރު
2006/MC/1093 ޤަޟިއްޔާ، އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އއ. ބޮޑުފޮޅުދޫ ގުލްފާމްގެ ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން
ހުށަހެޅުމުން ބެލުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 227/HC
-
A/2007 ޤަޟިއްޔާއެވެ.
ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ނިކަ މޯލްޑިވްސް ޕވޓ ލޓޑ އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
404
މަދަނީކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާ ނިމިފައިވާގޮތަށާއި އިސްތިއުނާފު ކުރުމަށް
ޢަބްދުﷲ ރަޝީދު މޫސާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއިބެހޭގޮތުން
ދައްކާފައިވާ ވާހަކައަށާއި އިސްތިއުނާފު ރައްދުވާ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މައްސަލަ އާއި ގުޅޭ އެންމެހައި ލިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) އއ. ކުޑަފޮޅުދޫ އަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އިން މޫސާ ޤާސިމް އަށް
ވަރުވާއަށް ލިޔެދެއްވާފައިވާ ރަށެއްކަމާއި، އެރަށުގައި ޓޫރިސްޓް ރިސޯޓެއް ހަދާ ހިންގުމާއިބެހޭގޮތުން
މޫސާ ޤާސިމް އާއި އިޓަލީގެ ރައްޔިތެއްކަމަށްވާ މރ. ޖޯވާނީބޯރގަ އާއި އެކު 21 ޖުލައި 1979
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
ވެބް ސައިޓް: WWW.jiighcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/227
ގައި އެއްބަސްވެ ދެފަރާތުގެ ދެމެދުގައި ނަންބަރު 255
/
82/C
-
8
/
C އެގްރިމެންޓް ކުރެވިފައިވާކަމާއި
މިއީ ކުލިގެ އެގްރިމެންޓެއްކަމާއި ކުރީގެ މުއްދަތަކީ 10 އަހަރުދުވަސްކަން އެ އެގްރިމެންޓުގެ 1
ވަނަ މާއްދާއިން އެނގެން އޮންނަކަން،
(ށ) އިސްވެ ބަޔާންކުރެވުނު އެގްރިމެންޓުގެ މުއްދަތު އިތުރުކުރުމަށްޓަކައި މރ.
ޖޯވާނީ
ބޯރގަ އަށް އެ އެގްރިމެންޓުގެ 12 ވަނަ މާއްދާއިން ލިބިފައިވާ އިޚްތިޔާރުތަކާއި ޙައްޤުތައް ނިކަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ބަދަލުކޮށް މޫސާ ޤާސިމް އާއި ނިކަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް އާއި ދެމެދު 1 ޖެނުއަރީ 1987 ގައި އެގްރިމެންޓް ކޮށްފައިވާކަމާއި ކުރީގެ އެގްރިމެންޓުގެ
ދަށުން ދީފައިވާ 10 އަހަރު ދުވަހުގެ މުއްދަތު ހަމަވިދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިތުރު
10 އަހަރުދުވަހަށް ކުއްޔަށް ދިނުމަށް މިއެއްބަސްވުމުގައި ކަނޑައެޅިފައިވާކަމާއި، އެހެންކަމުން
ފުރަތަމަ 10 އަހަރު ހަމަވަނީ 20 ޖުލައި 1989 ގެ ނިޔަލަށްކަމާއި އިތުރު ކުރެވުނު 10 އަހަރު
ހަމަވާނީ 20 ޖުލައި 1999 ގެ ނިޔަލަށްކަމަށް ނަންބަރު 07
/
87-C
-
3
/
C އެގްރިމެންޓްގެ 3 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަން،
(ނ) އިސްވެ ބަޔާންކުރެވުނު ދެ އެގްރިމެންޓުގެ އިތުރުން ނިކަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ޙިއްޞާގަތުމަށްޓަކައި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މޫސާ ޤާސިމް އާއި
ދެމެދު 7 މެއި 1990 ގައި އިނގިރޭސި ބަހުން ލިޔެފައިވާ އެގްރިމެންޓެއް ކޯޓް ނަންބަރު 3 ގައި
ރަޖިސްޓްރީ ކުރެވިފައިވާ ކަމާއި، އެ އެގްރިމެންޓުގެ ނަންބަރަކީ 51
/
90-C
-
3
/
C ކަން އެނގެން
0
coc
3
އޮންނަކަން،
(ރ) މަދަނީކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާ 3
ގައި ފާހަގަކޮށްފައިވާ ފިހާޅޮހި ޓޫރިސްޓް ރިސޯޓް އާއި އަސްދޫ ސަންއައިލެންޑް ރިސޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް www.highhcourt.gov.mv
[email protected] in
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/227
0 0
4 22
މައްސަލައަކީ މި މައްސަލައާއި އެއްގޮތްނުވާ ތަފާތު ދެ މައްސަލަކަމާއި، އެ ދެ މައްސަލާގައި މިފަދަ
ކުލީގެ އެގްރިމެންޓެއް ނުހިމެނޭކަމާއި، މި މައްސަލައާއި އަޅާކިޔާ ޤިޔާސްކުރުމުގެ ފުރުޞަތު އެ ދެ
މައްސަލާގެ ޙަޤީޤަތަށް ބަލާއިރު ނެތްކަމާއި، މޫސާ ޤާސިމްއާއި މރ. ޖޯވާނީބޯރގަ އާއިއެކު
ކުރެވިފައިވަނީ އަދި މޫސާ ޤާސިމް އާއި ނިކަ މޯލްޑިވްސް އާއިއެކު ކުރެވިފައިވަނީ ކުއްޔަށްދިނުމުގެ
އެގްރިމެންޓެއް ކަމާއި މޫސާ ޤާސިމްގެ ޙައްޤު އޮތް އެއްޗެއް އެހެންފަރާތަކަށް ކުއްޔަށް ދިނުމުގެ
ސަބަބުން އޭގެ މިލްކުވެރިކަން ބަދަލުވާކަމަށް އެގްރިމެންޓުގައި ނެތްކަމާއި، ކުލީގެ ޢަޤްހަކީ އެއަށް
ތަރައްތުބުވާ އަސަރުތަކަށް ބަލާއިރު އެއްވެސް ގޮތަކަށް މިލްކުވެރިކަން އަނެއްފަރާތަށް ބަދަލުވެ
ނަޤުލްވެގެންދާ ޢަޤްދެއް ނޫންކަމާއި އެއީ މަންފާގެ މައްޗަށް ނުވަތަ އެ އެއްޗެއް ބޭނުންކޮށް
އިސްތިޢުމާލުކުރުމުގެ މައްޗަށް ކުރެވޭ ޢަޤްދެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު
އެނގެން އޮންނަކަން،
މުތީ (3
ممنوک
(ބ) މޫސާ ޤާސިމް މރ. ޖޯވާނީބޯރގަ އާއިއެކު އަދި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އާއިއެކު ކޮށްފައިވާ ދެ އެގްރިމެންޓަށް ބަލާއިރު ދެވަނަ އެގްރިމެންޓަކީ ފުރަތަމަ ކުރި އެގްރިމެންޓުގެ
އަސާސްގެ މައްޗަށް ކުރެވިފައިވާ އޭގެ އާސާރުތައް ދެމިގެންދާގޮތަށް ކުރެވިފައިވާ އެގްރިމެންޓެއްކަމާއި
އެއީ ފުރަތަމަ އެގްރިމެންޓުގެ މުއްދަތު އިތުރުކުރުމުގެ
މައްޗަށް ކުރެވިފައިވާ
އެގްރިމެންޓެއްކަމާއި އެހެންކަމުން މި ދެ އެގްރިމެންޓުގެ ޠަބީޢަތަށާއި އޭގެ ނަތީޖާއަށް ބަދަލު
އައިސްފައި ނުވާނެކަމާއި، ފުރަތަމަ އެގްރިމެންޓް އިސްތިޤްރާރު ކުރުމުގެ މައްޗަށާއި
މައްޗަށާއި މިރ.
ޖޯވާނީބޯރގު އަށް އެގްރިމެންޓުގެ ދަށުން ލިބިދޭ އިޚްތިޔާރު
މައްޗަށް ދެވަނަ
އެގްރިމެންޓް ކުރެވިގެންގޮސްފައިވަނީކަން ސާފުކޮށް އެނގެން އޮތްހިނދު އެއްވެސް ފަހަރަކު މޫސާ
4 2 2 2 0 2 4
و مهر را ترک
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް:
[email protected] in
www.highcourt.gov.my eno
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007 HC-A/227
ޤާސިމްގެ މިލްކުވެރިކަމެއް އެހެން ފަރާތަކަށް ބަދަލުކުރުމަށް ކަނޑައެޅިފައި ނުވާކަންވެސް އެ
އެގްރިމެ
.ރިމެންޓުންވެސް އެނގެން އޮންނަކަން،
: 0
(ޅ) ތިންވަނައަށް ކުރެވިފައިވާ އެގްރިމެންޓަކީ މޫސާ ޤާސިމް ނިކަ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ޙިއްޞާގަތުމަށްޓަކައި އެކުންފުންޏާއި އެކު ކޮށްފައިވާ އެގްރިމެންޓެއްކަމާއި، މޫސާ
ޤާސިމްގެ 1 ޙިއްސާއަށް މަހަކު -/8000 ރުފިޔާދޭގޮތަށް އަދި ކުންފުނީގެ އަހަރީހިސާބުގެ މައްޗަށް
ބަލާއިރު މޫސާ ޤާސިމްއަށް ލިބެންވާ މިންވަރު އިތުރުކަމުގައިވަނީނަމަ އެއިތުރުވާ ޢަދަދުވެސް
ދިނުމަށް މި އެގްރިމެންޓުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު ކުންފުންޏެއްގެ ޙިއްސާއެއް
ގަތުމަކުން އެ ކުންފުންޏަށް އެމީހަކު ކުއްޔަށްދީފައިވާ ތަނެއް ނުވަތަ އެއްޗެއްގެ މިލްކުވެރިކަން
OXO
00 0 3 9
COOL
06
އެކުންފުންޏެއް ނަޤުލުވެގެން ދާންޖެހޭ ޤާނޫނީ ސަބަ
ސަބަބެއް ކަމަށް ނުބެލެވޭކަން،
(ހ) މޫސާ ޤާސިމް އާއި ޖޯވާނީބޯރގަ އާއި ދެމެދު ކުރެވިފައިވާ އެގްރިމެން
މައިގަނޑު އަސާސްތައް އެގޮތުގެމަތިން ދެމިގެންދާގޮތަށް އެގްރިމެންޓުގެ އިލްތިޒާމާތުތައް
فرع د
05
ތަރުތީބުކުރެވިފައިވާ ގޮތުގައި މި އެގްރިމެންޓުގެ 12 ވަނަ މާއްދާގައި މރ. ޖޯވާނީބޯރގަ އަށް އޮތް
ބާރާއި އިޚްތިޔާރުގެ ދަށުން މރ. ޖޯވާނީބޯރގަ އޮތް ޙައްޤު އޭނާ ބައިވެރިވާ ނިކަ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އަށް ބަދަލުކޮށް އެގްރިމެންޓުގެ މުއްދަތު އިތުރުކުރުމުގެ މަޢުޟޫއުގެ ދަށުން
0 0¢
ދެވަނަ އެގްރިމެންޓް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއިއެކު މޫސާ ޤާސިމް ކޮށްފައިވާ ހިނދު
ދެފަރާތުގެ މައިގަނޑު އިލްތިޒާމާތުތަކާއި އެގްރިމެންޓްގެ ޞިޔާ އަށް މާބޮޑު ބަދަލުތަކެއް
އައިސްފައިނުވާކަމާއި، އެގްރިމެންޓް އޮތީ ކުލީގެ އެގްރިމެންޓެއްގެ ގޮތުގައިކަމާއި، މޫސާ ޤާސިމް އާއި
ޖޯވާނީބޯރގަ އާއިއެކު ކުރެވިފައިވާ އެގްރިމެންޓުގެ 10 ވަނަ މާއްދާގައި ވަރަށް މުހިއްމު
އަސާސެއް ދެފަރާތުން ކަނޑައަޅާފައިވާކަމާއި، އެއީ މުއްދަތު ހަމަވުމުގެ ކުރިން ރަށް ލިޔުއްވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
[email protected] in
ވެބް ސައިޓް WWW
.
highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/22
ފަރާތް ނުވަތަ ރަށް ކުއްޔަށް ހިފާފައިވާ ފަރާތް މަރުވެއްޖެނަމަ އެމީހަކަށް މި އެގްރިމެންޓް އިން
ލިބިދޭ ހުރިހާ ޙައްޤުތަކާއި އިޚްތިޔާރެއް އެފަރާތުގެ މުދަލުގެ ޙައްޤުވެރިންނަށް ލިބިގެންވާކަމަށް ރަށް
ލިޔުއްވާފައިވާ ފަރާތާއި ރަށް ކުއްޔަށް ހިފާ ފަރާތް އެއްބަސްވާކަމަށް ލިޔެފައި އޮންނަ އޮތުންކަމާއި
މި
އަސާސް އަކީ މި މުޢާމަލާ
މުޢާމަލާތުގެ މުހިއްމު
މ 04
4
އއގ
ގޮތުގައި ދެމިގެންދާނެ އަސާސެއްކަން އެނގެން
05 ހ 02
އަންނަ އެތަން،
(އ) އއ.
ކުޑަފޮޅުދޫ އަކީ ޤާނޫނު ނަންބަރު 94/3 (ޓޫރިސްޓް ރިސޯޓް ހެދުމަށް
ފަޅުރަށްރަށް ދޫކުރުމާއި ބެހޭ ޤާނޫނޫ) ފާސްވުމުގެ ކުރިން ވަކި މުއްދަތެއް ނެތި ރިސޯޓު ހެދުމުގެ
ހުއްދަ ދެވިފައިވާ ރަށެއްކަމާއި މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ މި ޤާނޫނު
ފާސްވުމުގެ ކުރިން ވަކި މުއްދަތެއް ކަނޑަނޭޅި ރިސޯޓް ހަދަން ހުއްދަ ދެވިފައިވާ ރަށްރަށުގައި
ހަދާފައިވާ ޢިމާރާތްތަކާއި ތަކެތީގެ ވެރިފަރާތާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު އެޤާނޫނުގެ 5
ވަނަ މާއްދާގައި ބުނެފައިވާ އެގްރިމެންޓް އެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ 1 އަހަރުދުވަހުގެ
ތެރޭގައި ކުރަންވާނެކަމެއްކަން އެނގެން އޮތްއިރު ރަށުގައި ހަދާފައިވާ ޢިމާރާތާއި ތަކެތީގެ
ވެރިފަރާތުގެ ގޮތުގައި އެމާއްދާގައި އެބުނާ ފަރާތަކީ މުޠުލަޤު ގޮތެއްގައި ޢިމާރާތް ކުރުމަށް ޚަރަދުކުރި
ފަރާތްކަމަށް ބަލާ އެއީ ވެރިފަރާތުގެ ގޮތުގައި މާނަކުރުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކާއި
އެއްގޮތަށް ކުރެވޭނެ މާނައެއް ނޫންކަމާއި، ތަނަށް ނުވަތަ ރަށަށް ޚަރަދުކުރާ ކޮންމެމީހަކު ރަށުގެ
ވެރިފަރާތަކަށްވުމަކީ ލާޒިމު ކަމެއްނޫންކަމާއި، ނަމަވެސް ހަމައެކަނި ކުއްޔަށް ހިފައި ތަނުގެ މަންފާ
ޙާޞިލުކުރުމުގެ ގޮތުން އެރަށް ކުއްޔަށް ހިފާފައިވާ ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން މޫސާ
ޤާސިމް އާއިއެކު ކޮށްފައިވާ ކުލިގެ ޢަޤްދުގެ ދާއިރާއިން ބޭރުވެ މުސްތައުޒިރު ނުވަތަ ލެސީގެ
ޙައިސިއްޔަތުން ބޭރުވެ އެރަށުގެ ވެރިފަރާތެއްގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމާއިއެކު އެގްރިމެންޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
[email protected] in
ވެބް ސައިޓް: WWW.jiighcourt.gov.mv
7
ޤަޟިރިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A22,
ކުރުމަކީ މޫސާ ޤާސިމްގެ ޤާއިމް މަޤާމަށް އައުންކަމާއި އެއީ މުސާ ޤާސިމްގެ ޙައްޤު އޮތް އެއްޗެއްގެ
މައްޗަށް ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ތަޖާވުޒުވާގޮތެއްގައި ކޮށްފައިވާ ކަމެއްކަމުގައި
މެނުވީ ބެލެވެން ނެތްކަމާއި، މޫސާ ޤާސިމް ނިޔާވެފައިވާއިރު މޫސާ ޤާސިމް އާއިއެކު ނިކަ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުޅަ އެގްރިމެންޓުގެ މަތީގައި ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އިން ޢަމަލުކުރަމުން އައިސްފައިވާއިރު ޤާނޫނު ނަންބަރު 3/94 ގެ 6 ވަނަ މާއްދާގެ (ހ) ގެ
ދަށުން ޓޫރިޒަމް މިނިސްޓްރީއާއި އެކު ނިކަ މޯލްޑިވްސް އިން އެގްރިމެންޓް ކުރިއިރު މައްސަލަ
ޖައްސާފައި ނުވުމަކީ މޫސާ ޤާސިމްގެ ޙައްޤެއް ނުވާކަމަށް ޤަބޫލުކުރި ކުރުމެއްކަމަށް ޝަރީޢަތުން
ފާހަގަކޮށްފައިވަނީ ޝަރުޢީ ހަމަތަކަށް ރިޢާޔަތް ކުރެވިގެންކަމަށް ބެލެން ނެތްކަމާއި އެރަށުގައި ހޮޓާ
ހިންގުމާއި އިންޕޯޓް މުދާ ވިއްކުމުގެ ހުއްދަ ދެވިފައިވާގޮތަށް ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓަށް މޫސާ
ޤާސިމްގެ ވާރިސުންގެ ފަރާތުން ހުށަހެޅި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނަންބަރު
B2-07
/
2008 ލިއުމުގައި އެރަށުގައިހުރި ޢިމާރާތުގެ ވެރިފަރާތަކީ މޫސާ ޤާސިމް ގުލްފާމްގެ އއ.
ބޮޑުފޮޅުދޫ ކަމަށް ފުރަތަމަ އެރަށަށް ދޫކުރެވުނު މިދެބާވަތުގެ ހުއްދައިގައި ކަނޑައެޅިގެން އޮތްހިނދު
އޭގެފަހުން ވެރިފަރާތަކަށް ނިކަ މޯލްޑިވްސް ބަދަލުވިގޮތެއް ސާފުވެފައި ނެތްކަމާއި ބުނެވިދިޔަ ލިޔުމަކީ
މަދަނީކޯޓުގެ ނަންބަރު 2006/MC/1093 ޤަޟިއްޔާގައި ހުށަހެޅިފައިވާ ލިޔުމަކަށް ނުވުމާއި، މޫސާ
ޤާސިމްގެ ވާރިސުންގެ ފަރާތުން އިސްތިއުނާފް މަރުޙަލާގައި ހެކިން ހުށަހަޅަން އެދިފައިވާކަން
02
އެނގެން އޮންނަކަން،
(ވ) މި މައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި
ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިވާ ވާހަކަތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނާ ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ދެކެވަޑައިގަންނަވަނީ މި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected]
ވެބް ސައިޓް www.highhcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/227
މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭނެ މައްސަލައެއް
ކަމަށެވެ.
(މ) އިސްވެ ބަޔާންކުރެވުނު ކަންތައް ބަޔާންކުރެވި ދިޔަގޮތުގެ މަތިން ހުރުމުން މަދަނީކޯޓުގެ
ނަންބަރު 2006/MC/1093 ޤަޟިއްޔާ ބެލުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް
ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރިމެންޓާއި އޭގެ ޓީޝާގެ އަޞްލަށް ރަނގަޅަށް ބެލެވި
އެކަމުގައި ސާފުކުރަންޖެހޭ ކަންތައް ފުރިހަމައަށް ޝަރީޢަތަށް ސާފުކުރެވި އޭގެ މައްޗަށް ޝަރުޢީ
ހަމަތަކުގެ މަތިން ރިޢާޔަތް ކުރެވެންޖެހޭހިނދު އަދި މިލްކުވެރިކަން ސާބިތުކޮށް އޭގެ ޙައްޤު ހޯދުމަށް
ދަޢުވާކޮށްފައިވާއިރު މިލްކުވެރިފަރާތަކީ ކޮބައިކަން އެޤަޟިއްޔާގައި ކަނޑައެޅުމަކާއިނުލައި
އެގޮތުގެމަތިން އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި
މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތު ކަމުގައިވާ ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ އާއި
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އަށް ޤަބޫލުނުކުރެވޭކަން،
ޙުކުމް
ދެންފަހެ އއ. ބޮޑުފޮޅުދޫ ގުލްފާމްގެ މޫސާ ޤާސިމް އާއި އިޓަލީގެ ރައްޔިތެއްކަމުގައިވާ
ޖޯވާނީބޯރގަ އާއި ދެމެދު 21 ޖުލައި 1979 ގައި އެއްބަސްވެ 18 ނޮވެމްބަރ 1982 ގައި
ރަޖިސްޓްރި ކޮށްފައިވާ އެގްރިމެންޓުގެ ދަށުން އއ. ކުޑަފޮޅުދޫގައި ބިނާކުރެވުނު ޓޫރިސްޓް ރިސޯޓެއް
ކަމުގައިވާ ނިކަ އައިލެންޑް ރިސޯޓުގެ މިލްކުވެރިކަން ސާބިތުކޮށް އެރިސޯޓަކީ އަލްމަރްޙޫމް މޫސާ
ޤާސިމްގެ ތަރިކައަކަށްވާތީ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން މަރްޙޫމް މޫސާ ޤާސިމްގެ ވާރިސުންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
05
[email protected] ban
ވެބް ސައިޓް www.highhcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/22
ޙައްޤު ހޯދުމަށާއި އެރަށުގެ ޙަޤީޤީ މިލްކުވެރިންނަކީ އަލްމަރްހޫމް މޫސާ ޤާސިމްގެ ވާރިސުން ކަމުގައި
ސާބިތުކުރުމަށް މޫސާ ޤާސިމްގެ ވާރިސުންގެ ފަރާތުން ހުށަހެޅި މައްސަލާގައި އއ. ކުޑަފޮޅުދޫގައި
ބިނާކޮށްފައިވާ ނިކަ އައިލެންޑް ރިސޯޓުގެ މިލްކުވެރިފަރާތަކީ އއ. ބޮޑުފޮޅުދޫ ގުލްފާމްގެ އަލްމަރްހޫމް
މޫސާ ޤާސިމްގެ ވާރިސުން ކަމުގައިވާ ޢަބްދުﷲ ރަޝީދު މޫސާ އާއި އާމިނަތު މޫސާ، މަރިޔަމް
މޫސާ އަދި ޚަދީޖާ މޫސާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުނުވާކަމަށް
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން މޫސާ ޤާސިމް އާއި
މރ. ޖޯވާނީ ބޯރގަ، އަދި މޫސާ ޤާސިމް އާއި ނިކަ މޯލްޑިވްސް އާއި ދެމެދު ކުރެވިފައިވާ ލިގެ
އެގްރިމެންޓުގެ ރޫޙަށާއި އޭގެ ޠަބީޢަތަށް ރިޢާޔަތްކުރެވިގެން ނޫންކަމާއި އަދި ނިކަ މޯލްޑިވްސް އަށް
އެރަށުގެ މައްޗަށް އޮތް ޙައްޤަކީ ކޮބައިކަމާއި އެ ޙައްޤުގެ މިންވަރާއި އެޙައްޤު އުފެދުނު މަޞްދަރުގެ
މައްޗަށް ބެލިފައިނުވާއިރު ޓޫރިޒަމް މިނިސްޓްރީއާއިއެކު ނިކަ މޯލްޑިވްސް އިން ކުޅަ އެގްރިމެންޓުގެ
ނަތީޖާއެއްގޮތުން މުސާ ޤާސިމް އާއި ނިކަ މޯލްޑިވްސް އާއި ދެމެދު ޢަމަލުކުރެވެމުން އައިސްފައިވާ
އެގްރިމެންޓުގެ ވަޞީރަކީ ކޮބައިކަމާއިމެދު ގޮތެއް ނިންމާފައި ނުވާކަމާ ޤާނޫނު ނަންބަރު 3/94 ގެ
6 ވަނަ މާއްދާއާއިމެދު މޫސާ ޤާސިމްގެ ފަރާތުން ޢަމަލުކުރިގޮތުން މިލްކުވެރިކަން ނުވަތަ އއ.
ކުޑަފޮޅުދޫގައި ހަދާފައިވާ ޢިމާރާތާއި ތަކެތީގެ ވެރިފަރާތުގެ ޙައިސިއްޔަތު ބަދަލުވެގެން ދާންޖެހޭ
ޤާނޫނީ އަސާސެއް އަދި މިލްކުވެރިކަން ޝަރުޢީގޮތުން ބަދަލުވާންޖެހޭ އެއްވެސް ޝަރުޢީ ސަބަބެއް
ދެއްކިފައިނެތުމާއި މިލްކުވެރިފަރާތަކީ ކޮބައިކަން ޙުކުމްގައި ކަނޑައަޅުއްވާފައިނެތުމާއި
މިލްކުވެރިކަމުގެ މަފްހޫމްގައި މޫސާ ޤާސިމްއަށް އޮތްޙައްޤުގެ މިންވަރާއި އެއަށްވީގޮތަކާއިމެދު ޝަރުއީ
ހަމަތަކުގެ މަތިން ފުރިހަމައަށް ބެލިފައިނުވާއިރު މޫސާ ޤާސިމްގެ ފަރާތުން މިހާރު ހުށަހަޅާ
4 *
ހެކިންނާއި ހުށަހަޅާ ލިއުންތަކުގެ މައްޗަށް ޝަރީޢަތުން ބަލައި ރިޢާޔަތްކުރެވެންޖެހޭ ކަންތައްތަކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް www.highhcourt.gov.mv
[email protected] ban
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/227
ހުރުމާއި އެކަންކަމުގެ މައްޗަށް ޤަޟިއްޔާ ނަންބަރު 2006/MC/1093 ގައި ރިއާޔަތް ކުރެވިފައި
ނެތުމުން އެޤަޟިއްޔާ ނިމިފައިވަނީ ރަގަޅަށްކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އަޣްލަބިއްޔަތަށް ޤަބޫލު ނުކުރެވޭކަމަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ބާތިލު ޙުކުމެއްކަމުގައި ކަނޑައަޅައި އިސްވެ އިޝާރާތްކުރެވުނު ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ފުރިހަމައަށް ރިޢާޔަތް ކުރުމާއިއެކު މި މައްސަލައަކީ ދަށުކޯޓުން
އަލުންބަލައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭ
މައްސަލައެއްކަމަށް ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ut si
How ud
އ(
އަޙްމަދު ޝަރީފު ޢަލީ
އާދަމް މުޙައްމަދު ޢަބްދު
ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: WWW.jiighcourt.gov.mv
[email protected] in