ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/390 ޤަޟިއްޔާގެ ޙުކުމް
1
2013HC-A/390
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
22
0
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 390/HC-A/2013
އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: އަޙްމަދު ޝަހީލް
ދާއިމީ އެޑްރެސް: ގަސްދޮށުގެ/ ގއ.ނިލަންދޫ
*އައިޑީ ކާޑް ނަންބަރު: A161832
* ނަން: ޔޫޝަޢު އަންވަރު * ދާއިމީ އެޑްރެސް: އޯކިޑްވިލާ، ގއ.ނިލަންދޫ
*އައިޑީ ކާޑް ނަންބަރު: A118178
ނަން: ސިޔާމް އިބްރާހީމް ދާއިމީ އެޑްރެސް: ފިޔާތޮށިގެ/ ގއ.ނިލަންދޫ
*އައިޑީ ޑް ނަންބަރު: A118140
* ނަން: އާސިފް މުޙައްމަދު ދާއިމީ އެޑްރެސް: އައްޗަމުގެ
*އައިޑީ ކާޑް ނަންބަރު: A118160
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ރިޟާ
* ދާއިމީ އެޑްރެސް: މޫންލައިޓް/ ގއ.ނިލަންދޫ
*އައިޑީ ކާޑް ނަންބަރު: A118260
ރަޖިސްޓްރީ ތާރީޚް: 28 ޞަފަރު 1435
ނިމުނު ތާރީޚް: 27 ޖުމާދަލްއާޚިރާ 1436
31 ޑިސެމްބަރ 2013
މެޗަމުގެ/ ގއ.ނިލަންދޫ
16 އޭޕްރީލް
2015
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/P4C/28
• ނިންމެވި ކޯޓް: ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރި އިންޖީނުގޭ 03 މުވައްޒަފުންނަށް، އިންޖީނުގޭގެ ބަޖެޓުން
މުސާރަ ދެމުންދާތީ.
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
• ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4 ،3
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013HC-A/390
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/28 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން
އެދި ގއ.ނިލަންދޫ ގަސްދޮށުގެ އަޙްމަދު ޝަހީލްއާއި، އެރަށު އޯކިޑްވިލާ ޔޫޝަޢު އަންވަރު އަދި އެރަށު
ފިޔާތޮށިގެ ސިޔާމް އިބްރާހީމް އަދި އަދި ހަމައެރަށު އައްޗަމުގެ އާޞިފް މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ގއ.ނިލަންދޫ މޫންލައިޓް އަޙްމަދު ރިޝާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
4
4 22
01- ހުވަދުއަތޮޅު
އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/28
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގއ.ނިލަންދޫ ރައްޔިތުންގެ
އިންޖީނުގެ އަޕަރސައުތު ޔުޓިލިޓީޒް ހިންގި ދުވަސްވަރު ވަޒީފާ ދީގެން ގެންގުޅެމުން އައި 03 (ތިނެއް)
މުވައްޒަފުން ކަމުގައިވާ ގއ.ނިލަންދޫ ރޮކެޓުގެ ސިމާޛު ޢަލީއާއި، ގއ.ނިލަންދޫ ގުލްޝަންގެ މުޙައްމަދު
ޝާންއާއި، ގއ.ނިލަންދޫ ސޯސަންވިލާ މަރިޔަމް ނަޞްރާއާއި، 03 (ތިނެއް) މީހުން ވަޒީފާ އަދާކުރަމުން
އަންނަނިކޮށް، ގއ.ނިލަންދޫ ކައުންސިލްގެ ފަރާތުން 28 މާރޗް 2011 ގައި ގއ.ނިލަންދޫ ރައްޔިތުންގެ
އިންޖީނުގެ ދޮރުވައްޓާލުމަށްފަހު އެތަނަށް ވަދެ ގަދަކަމުން އިންޖީނުގެއާއި ޙަވާލުވެ، އެތަނުގައި ވަޒީފާ
އަދާކުރަމުންދިޔަ 03 (ތިނެއް) މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެ 03 (ތިނެއް) މީހުންގެ
ފަރާތުން މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ 03 (ތިނެއް) މީހުންނަން ދޭންޖެހޭ ފައިސާ
އެއްފަހަރާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގއ.ނިލަންދޫ ކައުންސިލްގެ މައްޗަށް އެފައިސާ ދެއްކުމަށް
އެފައިސާ އަދާކުރުމަށްޓަކައި، ގއ.ނިލަންދޫ ކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައި ހުރި
ގއ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ބަޖެޓުން އެފައިސާ ނަގައި އެފައިސާ އެ 03 (ތިނެއް) މީހުންނަށް
ދޫކުރަމުންދާތީ އެކަން ހުއްޓުވުމަށް އަމުރުކޮށްދިނުމަށާއި، އެފައިސާ ރައްޔިތުންނަށް ހޯދުމަށް ގއ.ނިލަންދޫ
ކައުންސިލްގެ މައްޗަށް ގއ.ނިލަންދޫ މޫންލައިޓް އަޙްމަދު ރިޟާ ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން
އެނގޭކަމާއި،
8 :
އަމުރަށް އެދޭ،
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013HC-A/390
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެންފަހެ، އިސްވެދިޔަ ބަޔާންތަކުގެ މައްޗަށް ވިސްނާ
ރިޢާޔަތްކުރާ ގއ.ނިލަންދޫ މޫންލައިޓް އަޙްމަދު ރިޝާ، ގއ.ނިލަންދޫ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ
ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ (އިންޖީނުގެ) 03 (ތިނެއް) މުވައްޒަފުންނަށް
ގއ.ނިލަންދޫ ރައްޔިތުންގެ ބަޖެޓުން ފައިސާ ދެމުންދާތީ، އެކަންހުއްޓުވައި، އެފައިސާ ކައުންސިލްގެ ބަޖެޓުން
ނުވަތަ ކައުންސިލަރުންގެ އަމިއްލަ މިލްކިއްޔާތުން ޚަރަދުކުރުމަށް ކަނޑައަޅައި ދިނުމަށާއި، އެމީހުންނަށް
ދޫކޮށްފައިވާ ފައިސާހޯދުމަށް ގއ.ނިލަންދޫ ކައުންސިލްގެ މައްޗަށް ހުށަހެޅި މިމައްސަލަ ޝަރީޢަތުން
ބެލިބެލުމުން، އަޕަރ ސައުތު ޔުޓިލިޓީޒް އިން ގއ.ނިލަންދޫ އިންޖީނުގެ ހިންގި ދުވަސްވަރު އިންޖީނުގެއިން
ވަޒީފާދީގެން، އިންޖީނުގޭގެ ވަޒީފާގައި ގެންގުޅުމުން އައި، 03 (ތިނެއް) މުވައްޒަފުންކަމުގައިވާ، ގއ.ނިލަންދޫ
ރޮކެޓުގެ ސިމާޛު އަލީއާއި، ގއ.ނިލަންދޫ ގުލްޝަންގެ މުޙައްމަދު ޝާން އާއި ގއ.ނިލަންދޫ ސޯސަންވިލާ
މަރިޔަމް ނަސީރާއާއި، 03 (ތިނެއް) މީހުން ވަޒީފާ އަދާކުރަމުން ދަނިކޮށް، ގއ.ނިލަންދޫ ކައުންސިލްގެ
ފަރާތުން 28 މާރޗް 2011 ގައި ގއ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ދޮރުވައްޓާލުމަށްފަހު އެތަނަށް
ގަދަކަމުންވަދެ އެތަނާއި ޙަވާލުވެ، އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ 03 (ތިނެއް) މުވައްޒަފުން ވަޒީފާއިން
ވަކިކުރުމާއި ގުޅިގެން، އެ 03 (ތިނެއް) މީހުންކަމުގައިވާ، ސިމާޛު ޢަލީއާއި، މުޙައްމަދު ޝާން އާއި މަރިޔަމް
ނަސީރާ، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން، މި 03 (ތިނެއް) މީހުން ވަޒީފާއިން
ވަކިކޮށްފައިވަނީ ވަޒީފާއާއިބެހޭ ޤާނޫނު އާއި ޚިލާފުއަށް ކަނޑައަޅައި، ވަޒީފާއިން ވަކިކުރި 29 މާރޗު 2011
ވަނަ ދުވަހުން ފެށިގެން 13 އޮކްޓޯބަރ 2011 އާއި ހަމައަށް ވޭތުވެދިޔަ ދުވަސްތަކަށް އެމީހުންނަށް ދޭންވާ
މުސާރައާއި އިނާޔަތްތައް އެއްފަހަރާ ދިނުމަށާއި، އަދި ވަޒީފާ ދިނުމަށް، ގއ.ނިލަންދޫ ކައުންސިލްގެ މައްޗަށް
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން އަމުރުކުރުމުން، ރައްޔިތުންގެ އިންޖީނުގެ ބަޖެޓުން އެ 03 (ތިނެއް)
މީހުންނަށް -/148828 (އެއްލައްކަ ސާޅީސް އަށްހާސް އަށް ސަތޭކަ އަށާވީސް) ރުފިޔާ ޚަރަދުކޮށްފައިވާކަމާއި،
އެފައިސާ -/148828 (އެއްލައްކަ ސާޅީސް އަށްހާސް އަށް ސަތޭކަ އަށާވީސް) ރުފިޔާ ޚަރަދުކޮށްފައިވަނީ
ޤާނޫނު ނަންބަރު:7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއިބެހޭ ޤާނޫނު) ން
ބާރުލިބިގެން ކަމަށް ގއ.ނިލަންދޫ ކައުންސިލްގެ ފަރާތުން ކޯޓަށް ޙާޟިރުވި އެކައުންސިލްގެ މެންބަރު ޔޫޝައު
ބުނާއިރު، ބުނެވިދިޔަ ޤާނޫނުން އެފަދަ ބާރެއް (ކައުންސިލަރުން ކުރާ ޤާނޫނާއި ޚިލާފު އަމަލުތަކަށް
ދޭންޖެހޭ ބަދަލުތަކަށް ރައްޔިތުންގެ ބަޖެޓުން ފައިސާ ޚަރަދުކުރުމުގެ ބާރު) ކައުންސިލްތަކަށް ދީފައިނުވާކަން
އެޤާނޫނުން އެނގެން އޮތުމާއި، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމާއިބެހޭ ޤާނޫނު) 23 ވަނަ މާއްދާގެ (ހ) އާއި 24 ވަނަ މާއްދާގެ (ބ) އާއި، 79 ވަނަ
މާއްދާއާއި،
139 ވަނަ މާއްދާއަށާއި، މުޅި ޤާނޫނުގެ މަފްރޫމަށް ބަލާއިރު، ބުނެވިދިޔަ ޤާނޫނުން ރައްޔިތުއްޖާގެ މައި
CUO
22 4 2
އިން
et couc
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013HC-A/390
ބެހޭގޮތުން
ވަނަ މާއްދާއާއި އެޤާނޫނުގަޖޭގެ ހައިކޯޓް
މުދަލާ ފައިސާ ތަކެތި ކައުންސިލްތަކާއި ޙަވާލުކުރެވިފައިވަނީ، ކައުންސިލްތަކުގެ މެންބަރުން ޤާނޫނާއި
ޤަވާޢިދާއި ޚިލާފަށް ކުރާ ޢަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ބަދަލު ދިނުމަށް ނޫންކަމަށާއި،
ރައްޔިތުންގެ މުދަލާއި ފައިސާ ކައުންސިލްތަކާއި ޙަވާލުކުރެވިފައިވަނީ އެތަކެތިން ރައްޔިތުންނަށް، ލާބައާއި
މަންފާ ހޯދައި ދިނުމަށްކަމަށާއި، ރަށުގެ ރައްޔިތުންގެ ފައިސާއާއި، މުދަލާއި ތަކެއްޗާއި
ކައުންސިލްތަކާއި، ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތަކީ ރަށު ރައްޔިތުންގެ މާލިޔަތާއި، ބެހޭ ވަސީލަތްތައް
ބެލެހެއްޓުންކަން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމާއި ބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ށ) ގެ ޞަރީހަ ނައްސުން އެގެން އޮތުމާއި، އެފައިސާ
ކައުންސިލްގެ ފަރާތުން ޚަރަދުކޮށްފައިވަނީ ބުނެވިދިޔަ ޤާނޫނުން ކައުންސިލަށް ލިބިދީފައި ނުވާ ޣައިރުޤާނޫނީ
ބާރެއް ބޭނުންކޮށްގެންކަން އެގެންއޮތުމާއި، އެފައިސާ -/148828 (އެއްލައްކަ ސާޅީސް އަށްހާސް އަށް ސަތޭކަ
އަށާވީސް) ރުފިޔާއަކީ ގއ.ނިލަންދޫ ކައުންސިލް މެންބަރުން ޤާނޫނާއި ޚިލާފަށް ކުޑަ ޢަމަލެއް ނަތީޖާއެއްގެ
ގޮތުން ކުރަންޖެހުނު ޚަރަދުއަކަމަށް ވެފައި، ކައުންސިލް މެންބަރުންނަކީ ޤާނޫންތަކާއި ޤަވާޢިދު ތަކުން
އިސްތިސްނާ ކުރެވިފައިވާ ބަޔަކަށް ނުވާތީއާއި، އެބައިމީހުންނަކީވެސް، ޤާނޫނުގެ ހުދޫދުގެ ތެރޭގައި ކަންތައްތައް
ކުރަންޖެހޭ ބަޔަކަށްވާތީއާއި، އެހެން މުވައްޒަފުންނެކޭ އެއްފަދައިން ކައުންސިލްގެ މެންބަރުންނަކީ އެމީހުންކުރި
ކުށެއްގެ ޒިންމާ އުފުލަންޖެހޭ ބަޔަކަށްވެފައި، ކައުންސިލަކީ ޤާނޫނީ ޝަޙްސެއްކަމުން، އެއީ އޭގެ އަމިއްލަ
ޒާތުގައި ޙަރަކާތްތެރި ވާތަނެއް ނޫންކަމަށާއި، ކުށެއް ނުވަތަ ޤާނޫނާއި ޤަވާއިދާއި ޚިލާފު ޢަމަލެއް، އަދި
އެނޫންވެސް
އަމަލެއް،
ކުރެވޭނެ ތަނެއްނޫންކަމަށާއި، ކައުންސިލް ހިނގާ ބަޔަކީ ކައުންސިލްގެ
އިވުމުން، ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފުވާ ޢަމަލުތައް ހިންގާ ބަޔަކީވެސް ކައުންސިލް
ފެކަމުގައިވާތީއާއި، ކައުންސިލަކީ އެތަނަށް އިންތިޚާބް ކުރެވޭ މީހުން، ޤާނޫނާއި ޚިލާފަށް ކުރާ
ޢަމަލުތަކުން އެމީހުން ޚިމާޔަތްކޮށްދޭ ނިވާ ފަތްގަނޑެއް ނޫންކަމަށާއި، ޤާނޫނު ނޭގުމަކީ އުޒުރެއް ނޫންކަމަށާއި،
ޤާނޫނު ނޭގި އޮތުމަކީ އެމީހަކު ނުވަތަ އެބަޔަކު ކުރާ ޣައިރު ޤާނޫނީ ޢަމަލުތަކުން ދަޢުފު ކޮށްދޭ ހަމައަކަށް
ނުވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައި "ޤާނޫނު ކުރިމަތީގައި، އަދި
އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެކެވެ." މިހެން
ބުނެފައިވާތީއާއި، ކޮންމެ މީހަކުވެސް އެމީހަކު ކުޅަޢަމަލެއްގެ ޒިންމާ އުފުލަންވާނެކަމަށް އިސްލާމީ ޝަރީޢަތުގެ
މަތިވެރިވެގެންވާ ހަމަތަކުންނާއި އުޞޫލުތަކުން އެގެން އޮތުމާއި، ކޮންމެ ވެރިއަކުވެސް އެމީހެއްގެ އިހުމާލުން
ގެއްލުމެއްވެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލަންވާނެކަމަށް، ޤާނޫނު ނަންބަރު:1
/
68.ޖީ (އޮފިޝަލް ކަންތައްތައް
ޗެޕްޓަރ 1) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ގއ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ 03 (ތިނެއް)
މުވައްޒަފުންގެ ޤާނޫނު ނަންބަރު: 02/2008(ވަޒީފާއާބެހޭ ޤާނޫނު) 17
4 ހ9 8 އމހ
ކޕީއވާ
2 ދ9 8 ހ3 ދ
މެނޭ ބރނ ކމ
UOX
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013HC-A/390
އެކަށައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވަނީ ގއ.ނިލަންދޫ ކައުންސިލްގެ ފުރަތަމަ
ދައުރުގެ ފަސްމެންބަރުން ކަމާއި އަދި އެ 03 (ތިނެއް) މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ކައުންސިލް
05 (ފަހެއް) މެންބަރުން ފާސްކުރި ޤަރާރަކުން، ކަން އެކައުންސިލްގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި
ކައުންސިލް މެންބަރު ޔޫޝައު އަންވަރުގެ ބަހުން އެނގެން އޮތުމާއި، މިކަންތައްތައް މިމަގަށް ހުރުމުން އެކަމުގެ
ސަބަބުން އުފުލަންޖެހޭ ޒިންމާތަކަކީ ފަރުދީ ޙައިޘިއްޔަތުން ކައުންސިލްގެ 05 (ފަހެއް) މެންބަރުން އުފުލަންޖެހޭ
ޒިންމާއެއްކަމަށްވާތީ، ގއ.ނިލަންދޫ ކައުންސިލްގެ ފަރާތުން ވަޒީފާއިން ވަކިކުރި 03 (ތިނެއް) މުވައްޒަފުންނަށް
ގއ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ބަޖެޓުން -1488287 (އެއްލައްކަ ސާޅީސް އަށްހާސް އަށް ސަތޭކަ
އަށާވީސް) ރުފިޔާ ޚަރަދުކޮށްފައިވާކަން ކައުންސިލްގެ ފަރާތުން ޝަރީޢަތަށް ޙާޟިރުވި ގއ.ނިލަންދޫ
ކައުންސިލްގެ މެންބަރު ޔޫޝައު އަންވަރުގެ އަމިއްލަ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާތީ، ގއ.ނިލަންދޫ
ކައުންސިލްގެ ކައުންސިލަރުން ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ކުރާ ޢަމަލުތަކަކާއި ގުޅިގެން، ރައްޔިތުންގެ
ފައިސާއިން އެއްވެސް މިންވަރެއް ޚަރަދު ކުރަން ނުޖެހޭނެ ކަމަށާއި، ރައްޔިތުންގެ އިންޖީނުގެ ބަޖެޓުން
ކައުންސިލްގެ ފަރާތުން ވަޒީފާއިން ވަކިކުރި 03 (ތިނެއް) މުވައްޒަފުންނަށް ދޫކޮށްފައިވާ ފައިސާ -/148828
(އެއްލައްކަ ސާޅީސް އަށްހާސް އަށް ސަތޭކަ އަށާވީސް) ރުފިޔާއަކީ ގއ.ނިލަންދޫ ކައުންސިލްގެ ފުރަތަމަ
ދައުރުގެ 05 (ފަހެއް) މެންބަރުންގެ ފަރާތުން އެވެރިންގެ އަމިއްލަ (މިލްކު) ފައިސާއިން ގއ.ނިލަންދޫ
ރައްޔިތުންނަށް ދައްކަންޖެހޭ ދަރަނި ފައިސާއެއްކަމަށް ކަނޑައަޅައި އެފައިސާ -/148828 (އެއްލައްކަ
ސާޅީސް އަށްހާސް އަށް ސަތޭކަ އަށާވީސް) ރުފިޔާ ގއ.ނިލަންދޫ ރައްޔިތުންނަށް ރައްދުކުރުމަށްޓަކައި މިއަދު
(12 ޑިސެމްބަރު 2013) ވަނަ ދުވަހުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި އެފައިސާ -/148828
(އެއްލައްކަ ސާޅީސް އަށްހާސް އަށް ސަތޭކަ އަށާވީސް) ރުފިޔާ އެއްފަހަރާ، މިކޯޓު (ގއ.ނިލަންދޫ
މެޖިސްޓްރޭޓް ކޯޓު) އަށް ދެއްކުމަށް، ގއ.ނިލަންދޫ ކައުންސިލްގެ 05 (ފަހެއް) މެންބަރުންކަމުގައިވާ
ގއ.ނިލަންދޫ ގަސްދޮށުގެ އަޙްމަދު ޝަހީލްއާއި، ގއ.ނިލަންދޫ އޯކިޑްވިލާ ޔޫޝައު އަންވަރުއާއި،
ގއ.ނިލަންދޫ ފިޔާތޮށިގެ ސިޔާމް އިބްރާހީމް އާއި، ގއ.ނިލަންދޫ އާސިފް މުޙައްމަދު އާއި،
ގއ.ނިލަންދޫ ހުސްނުހީނާގެ އަޙްމަދު ދީދީގެ މައްޗަށް ޙުކުމްކޮށް، އ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ
ބަޖެޓުން ގއ.ނިލަންދޫގެ ރައްޔިތުންނަށް ގެއްލުންވާގޮތަށް ބޭކާރު ޚަރަދު ކުރުން ހުއްޓާލުމަށް ގއ.ނިލަންދޫ
ކައުންސިލްގެ
މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.
82ދި ޑ
އއނދެގެ
މެންބަރުންގެ މައްޗަށް އަމުރުކޮށް މި
4
02- ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/28
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދީޘުއްތޯގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
2013HC-A/390
އެދި ގއ.ނިލަންދޫގަސްދޮށުގެ އަޙްމަދު ޝަހީލްއާއި، އެރަށު އޯކިޑްވިލާ ޔޫޝަޢު އަންވަރު އަދި އެރަށު
ފިޔާތޮށިގެ ސިޔާމް އިބްރާހީމް އަދި އަދި ހަމައެރަށު އައްޗަމުގެ އާޞިފް މުޙައްމަދުގެ ފަރާތުން 03 (ތިނެއް)
ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
6744
0
ފުރަތަމަ ނުކުތާއަކީ، ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ މައްސަލާގައި ދައުވާ
ލިބުނު ފަރާތަކީ ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ ކަމުގައި ވީނަމަވެސް ދައުވާގައި ނުހިމެނޭ ފަސް
މީހެއްކަމަށްވާ އަޙްމަދު ޝަހީމް އާއި ޔޫޝައު އަންވަރު އާއި ސިޔާމް އިބްރާހީމް އާއި އާސިފް މުޙައްމަދު އަދި
އަހްމަދު ދީދީގެ މައްޗަށް -/148828 (އެއްލައްކަ ސާޅީސް އަށްހާސް އަށް ސަތޭކަ އަށާވީސް) ގއ.ނިލަންދޫ
ރައްޔިތުންނަށް ރައްދުކުރުމަށްޓަކައި 12 ޑިސެމްބަރު 2013 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ ތެރޭގައި
އެފައިސާ ގއ.ނިލަންދޫ ކޯޓަށް ދެއްކުމަށް ޙުކުމް ކުރެއްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ
ދެވަނަ ނުކުތާއަކީ، ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ މައްސަލައަކީ
ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ބައްލަވާފައިވާ މައްސަލަ ނަންބަރު 2011/VTR/57 އާއި
2011/VTR/58 އާއި 2011/VTR/64 މިތިން މައްސަލާގައި ދަޢުވާ ލިބުނު ފަރާތަކީ ގއ.ނިލަންދޫ
ކައުންސިލްގެ އިދާރާ ކަމުގައިވުމުން އެފައިސާ ކައުންސިލުން ދީފައިވަނީ ޓްރައިބިއުނަލްގެ ނިންމުމާއި
ކަމަށްވީހިނދު ދަޢުވާގައި ނުހިމެނޭ ފަސްމީހެއްކަމަށްވާ އަޙްމަދު ޝަހީމް އާއި ޔޫޝައު އަންވަރު
އާއި ސިޔާމް އިބްރާހީމް އާއި އާސިފް މުޙައްމަދު އަދި އަޙްމަދު ދީދީގެ މައްޗަށް -/148828 (އެއްލައްކަ
ސާޅީސް
ސް އަށްހާސް އަށް ސަތޭކަ އަށާވީސް) ގއ.ނިލަންދޫ ރައްޔިތުންނަށް
ރުމަށްޓަކައި 12
ޑިސެމްބަރު 2013 ވަނަ ދުވަހުން ފެށިގެން 20 ދުވަހުގެ ތެރޭގައި އެފައިސާ ގއ.ނިލަންދޫ ކޯޓަށް ދެއްކުމަށް
a e cހ2
އއ 03
/ތ 33 މތ އވ
އދރP
ޑ ޑ 23
497
ކަމަށް
ބުނެ ހުށަހެޅި .
ކީe.
O
ނަންބަރު:
57/VTR/2011
ތިންވަނަ ނުކުތާއަކީ، ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ބައްލަވާފައިވާ މައްސަލައަކީ
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބައްލަވާފައި މައްސަލަ
2011/VTR/58 އާއި 2011/VTR/64 ކަމަށް ވީހިނދު ގއ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަލުން
އެމައްސަލަ ބައްލަވާފައިވަނީ އެކޯޓަށް ލިބިފައިވާ އިޚްތިޞާޞް އިން ބޭރުން ކަމުގައިވުންކަމަށް ބުނެ ހުށަގެ
، ހައި
ންކުބާ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2013/HC-A/390
02- މިމައްސަލައާއި ގުޅިގެން ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/P4C/28 ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އިސްތިއުނާފް ކުރާ ފަރާތްތަކުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ގއ.ނިލަންދޫ މޫންލައިޓް އަޙުމަދު ރިޝާގެ ފަރާތުން، ހުވަދުއަތޮޅު އުތުރުބުރީ
ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލި ދަޢުވާއަކީ، ގއ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ އަޕަރސައުތު
ޔުޓިލިޓީޒް ހިންގި ދުވަސްވަރު ވަޒީފާ ދީގެން ގެންގުޅެމުން އައި 03 (ތިނެއް) މުވައްޒަފުން ކަމުގައިވާ
ގއ.ނިލަންދޫ ރޮކެޓުގެ ސިމާޛު ޢަލީއާއި، ގއ.ނިލަންދޫ ގުލްޝަންގެ މުޙައްމަދު ޝާންއާއި، ގއ.ނިލަންދޫ
ސޯސަންވިލާ މަރިޔަމް ނަޞްރާއާއި، 03 (ތިނެއް) މީހުން ވަޒީފާ އަދާކުރަމުން އަންނަނިކޮށް، އެތަނުގައި
ވަޒީފާ އަދާކުރަމުންދިޔަ 03 (ތިނެއް) މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެ 03 (ތިނެއް)
މީހުންގެ ފަރާތުން މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ 03 (ތިނެއް) މީހުންނަން
ދޭންޖެހޭ ފައިސާ އެއްފަހަރާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގއ.ނިލަންދޫ ކައުންސިލްގެ މައްޗަށް
އެފައިސާ އަދާކުރުމަށްޓަކައި، ގއ.ނިލަންދޫ ކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައި ހުރި
ގއ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ ބަޖެޓުން އެފައިސާ ނަގައި އެފައިސާ އެ 03 (ތިނެއް) މީހުންނަށް
ދޫކުރަމުންދާތީ އެކަން ހުއްޓުވުމަށް އަމުރުކޮށްދިނުމަށާއި، އެފައިސާ ރައްޔިތުންނަށް ހޯދުމަށް އެދި ހުށަހެޅި
ދަޢުވާއެއްކަމާއި، އެދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި އޮތީ ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ ކަން
މިމައްސަލައިގެ ދަޢުވާގެ ޚުލާސާއިންނާއި، 23 އޮކްޓޯބަރ 2012 މިތާރީޚުގައި އަޙުމަދު ރިޝާގެ ބަދަލުގައި
ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އެދުވަހު ޙާޟިރުވި ނާސިހް އިބްރާހިމް ބަޔާނަށް ބެލުމުން އެނގެން
ucu
ދި35(
އަމީރުކުރުމުން،
ހމެގޭ
4
އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، މިމައްސަލަ ދަށުކޯޓުގައި ހިނގާދިޔައިރު، މިދަޢުވާއަށް ޖަވާބުދާރީވުމުގެ ކުރިން
މިމައްސަލައިގައި، ގއ.ނިލަންދޫ ކައުންސިލްގެ ފަރާތުން އިޖުރާއީ ނުކުތާއެއް ނަގާފައިވާކަމާއި، އެއިޖުރާއީ
ނުކުތާއަކީ، މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ މައްސަލައަކަށްވާތީއާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލަކީ ދަށުކޯޓުގެ ފެންވަރުތަނަކަށްވާތީ، އަދި މިމައްސަލައަކީ ތަންފީޛުކޮށް ނިމިފައިވާ
މައްސަލައަކަށްވާތީ، މިމައްސަލައަކީ ބެލިދާނެ މައްސަލައެއްކަމަށް ނުދެކޭތީކަމަށް ބުނެ ހުށަހެޅި އިޖުމާއިޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
2013HC-A/390
ނުކުތާކަމާއި، އެހެންނަމަވެސް މިއިޖުރާއީ ނުކުތާއާއި މެދު ނިންމިގޮތެއް މިމައްސަލައިގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުންވެސް އަދި އެހެން ލިޔުމަކުންވެސް ފެންނަންނެތްކަމާއި، މީގެ އިތުރުން މިދަޢުވާގެ ޖަވާބުގައި
އެކައުންސިލުން ބުނެފައިވަނީ، މިމައްސަލައިގައި ޙަވާލާދެވޭ ފައިސާ ނިލަންދޫ ކައުންސިލްގެ ފަރާތުން ސިމާޛު
ޢަލީއާއި، މުޙައްމަދު ޝާންއާއި، މަރިޔަމް ނަޞީރާއަށް ދީ ޚަލާސްކޮށްފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން
އެފަރާތްތަކަށް ފައިސާ ދިނުމަށް ނިލަންދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށްފައިވާތީ އެކަން ތަންފީޛުކުރުމުގެ
ގޮތުންކަމުގައި ބުނެ އެކަން ފާހަގަކޮށްފައިވާކަން އެނގޭކަމެވެ.
މި ތިން
(ނ) ތިންވަނަކަމަކީ، މިމައްސަލައާއި އެކު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓްކޯޓަށް
ހުށަހެޅުނު ލިޔުންތަކުގެ ތެރޭގައި ހިމެނޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނަންބަރު: 2011/VTR/57
އާއި ނަންބަރު 2011/VTR/58 އާއި ނަންބަރު 2011/VTR/64 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލުމުން، އެ ޓްރައިބިއުނަލްގެ ނިންމެވުންތަކުގައި ގއ.ނިލަންދޫ ސޯސަންވިލާ މަރްޔަމް ނަސީރާއާއި،
ގއ.ނިލަންދޫ ރޮކެޓުގެ ސިމާޛު ޢަލީއާއި، ގއ.ނިލަންދޫ ގުލްޝަންގެ މުޙައްމަދު ޝާންއާއި،
މީހުންނަކީ ގއ.ނިލަންދޫ ރަށުކައުންސިލްގެ މުވައްޒަފުންކަމަށާއި، މިފަރާތްތަކަކީ އެކައުންސިލްގެ ވަޒީފާގައި
ދެމި ހުރި ފަރާތްތަކެއްކަމަށް ކަނޑައަޅައި، މިތިން ފަރާތް ވަޒީފާއިން ވަކިކުރި މުއްދަތުކަމުގައިވާ 29 މާރިޗް
2011 އިން ފެށިގެން މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ އެންމެހައި ފައިސާ، 13 އޮކްޓޯބަރ 2011
އިން ފެށިގެން 15 ދުވަހުގެ މުއްދަތުގައި ދެއްކުމަށް އަމުރުކުރައްވާފައިވާއިރު، އެނިންމުންތައް ރައްދުވެފައިވަނީ
ގއ.ނިލަންދޫ ކައުންސިލްގެ މައްޗަށްކަން އެނގޭކަމެވެ.
I
(ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 07/2010 ( ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމާބެހޭ ޤާނޫނު) ގެ 139 ވަނަ މާއްދާގައި މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން
ހިނގަމުން އައި ރަށުއޮފީސްތަކާއި، އަތޮޅު އޮފީސްތަކާއި، އަދި މިނޫންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ
ބެލުމުގެ ދަށުގައި، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚާ ހަމައަށް ހުރި ރައްޔިތުންގެ ތަންތަނާއި ތަކެއްޗާއި
ރައްޔިތުންގެ އެކައުންޓުތަކުގައި ހުރި ފައިސާއާއި ފިހާރައާއި ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ ވިޔަފާރިއާއި
ރައްޔިތުން ހިންގަމުން އަދި މަދަރުސާތަކާއި މަކްތަބުތަކާއި ކްލާސްތަކާއި އިޖްތިމާޢީ މަރުކަޒުތަކާއި
އިންޖީނުގެތަކާއި އެހެނިހެން ވަސީލަތްތައް، މިޤާނޫނުގެ ދަށުން އުފައްދާ އަތޮޅު ކައުންސިލާއި ރަށުކައުންސިލް
އުފެދުމާއެކު، ރަށުކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުވީކަމަށް" ބަޔާންވެގެން އޮންނަކަމާއި، މިހެންކަމުން
ގއ.ނިލަންދޫ އިންޖީނުގެއާއި ގުޅިގެން އެހިނދަށް ހުރި ރައްޔިތުންގެ ފައިސާ ގއ.ނިލަންދޫ ކައުންޟިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
2013HC-A/390
ބެލުމުގެ ދަށަށް ނަޤުލުވާނޭކަމާއި، މިކަން މިގޮތުގެ މަތީން ހިނގާފައިވަނިކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ކުރެއްވި އަމުރަކާއި ގުޅިގެން ގއ.ނިލަންދޫ ކައުންސިލްގައި ހުރި އިންޖީނުގޭގެ ފައިސާއިން ގއ.ނިލަންދޫ
ސޯސަންވިލާ މަރްޔަމް ނަސީރާއާއި، ގއ.ނިލަންދޫ ރޮކެޓުގެ ސިމާޛު ޢަލީއާއި، ގއ.ނިލަންދޫ ގުލްޝަންގެ
މުޙައްމަދު ޝާން އަށް ގއ.ނިލަންދޫ ކައުންސިލްގެ ފަރާތުން ދީ ޚަލާސްކޮށްފައިއެވަނީ އެކައުންސިލްގެ މައްޗަށް
ކޮށްފައިވާ އަމުރެއް ތަންފީޛުކުރުމުގެ ގޮތުންކަން އެނގެން އޮތުމުން، އަދި މިފައިސާ އަކީ އެހިނދަށް
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ފައިސާކަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އެއަމުރު ތަންފީޛުކުރުމުގެ
ގޮތުން ގއ.ނިލަންދޫ ކައުންސިލްގެ ފަރާތުން ކުޑަކަމެއްގެ ޒިންމާ އެކައުންސިލްގައި އެވަގުތު ތިހާ
ކައުންސިލަރުން އުފުލަންޖެހޭނެ ޤާނޫނީ އެއްވެސް ސަބަބެއް މިމައްސަލައިގެ ތެރޭގައި ފެންނަން އޮތްކަމުގައި
6 4ދޑ 6
.70370/
(ބ) ފަސްވަނަކަމަކީ، ޝަރުޢީކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެމައްސައެއްގެ ޚަސްމެއްގެ
ގޮތުގައި ނުހިމެނޭ އެހެން ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މައްޗަށް ޙުކުމް އިއްވުމަކީ މައްސަލަތައް ބެލުމުގައި
ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފުކަމެއްކަމާއި އިސްވެ އިޝާރާތްކުރެވުނު ފަދައިން
މިމައްސަލައިގައި ދަށު ކޯޓުގައި އުފުލުނު ދަޢުވާގައި ދަޢުވާލިބުނު ފަރާތެއްގެ ގޮތުގައި އޮތީ ގއ.ނިލަންދޫ
ކައުންސިލްގެ އިދާރާ ކަމާއި، އެހެންނަމަވެސް މިމައްސަލަ ނިންމެވުމުގައި ފައިސާ ދެއްކުމަށް އަންގައި ޙުކުމު
ކުރައްވާފައިވަނީ އެދަޢުވާގައި ދަޢުވާލިބޭ ފަރާތްތަކުގެ ގޮތުގައި ނުހިމެނޭ ފަރާތްތަކެއްކަމަށްވާ ގއ.ނިލަންދޫގައި
އެވަގުތު ތިއްބެވި 5 ކައުންސިލަރުންގެ މައްޗަށްކަން އެނގޭކަމާއި މީގެ އިތުރުން މި 5 މީހުންގެ ތެރެއިން
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައިވަނީ ކައުންސިލަރުންގެ ތެރެއިން ހަމައެކަނި ގއ.ނިލަންދޫ އޯކިޑްވިލާ
ޔޫޝައު އަންވަރުކަމާއި، ޔޫޝައު އަންވަރުވެސް
ހުރުވެސް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެފައިވަނީ ގއ.ނިލަންދޫ
ކައުންސިލް ތަމްސީލްކުރާފަރާތެއްގެ ޙައިސިއްޔަތުންކަން އެނގޭކަމާއި، މިހެންކަމުން މި މައްސަލައިގައި
ދަށުކޯޓުން ޙުކުމްކުރައްވާފައި އެވަނީ މައްސަލަ ހުށަހެޅި ފަރާތުން ދަޢުވާ ރައްދުކުރަން އެދި ހުށަހެޅި ފަރާތުގެ
އެޗަށް ކަމުގައި ނުވުމުގެ އިތުރަށް މިމައްސަލައިގެ ޙުކުމް ރައްދުވާ ގއ.ނިލަންދޫ ކައުންސިލުގައި އެވަ
އެވަގުތު
ތިއްބެވި ކައުންސިލަރުން އެފަރާތުގެ ފަރުދީ ޙައިސިއްޔަތުން ބުނާ އެއްވެސް ބަހެއް ހޯދުމެއްނެތިކަމާއި، އެގޮތަށް
އަމަލުކުރުމަކީ މައްސަލަތައް ބެލުމުގައި ޢަމަލުކުރަމުންއަންނަ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފު
ހއ.8
.އި
ޕްރޮއެކަން
އެނގޭކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
10
2013/HC-A/390
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
އެގޮތަށް
ވީމާ، އިސްވެދިޔަ ސަބަބުތައް
ހުރުމުން މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/28
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭނެކަމަށެވެ.
• ހުކުމް
22 99
O cuco Oc
ce O
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ހުވަދުއަތޮޅު އުތުރުބުރީ
ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/28 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ބަދަލު ގެންނަންޖެހޭނެކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/28 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް، އެގޮތުގެ މަތީން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ހައިކޯ
ދިވެހިމްގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv