ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/155 ޤަޟިއްޔާގެ ޙުކުމް
1
20j4/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 155/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ ނަޝީދު
ކާޑުނަންބަރ:A083824
* ދާއިމީ އެޑްރެސް ސުޕީރިއާވިލާ! ލ.ގަން،ތުނޑި
މިހާރުގެ އެޑްރެސް: ސުޕީރިއާވިލާ/ ލ.ގަން،ތުނޑި
*
*
އިސްތިއުނާފު ރައްދުވާ ފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން
!ޑުނަންބަރު:-
* ދާއިމީ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް
މިހާރުގެ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް
5
ރެވުނު ތާރީޚް: 05 ޝަޢުބާން 1435 * ނިމުނު ތާރީޚް: 19 މުޙައްރަމް 1436
03 ޖޫން 2014
12 ނޮވެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014
/
01/Cv
-
C
/
DFJ
ނިންމެވިކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ދިނުން.
ހުށަހެޅި ތާރީޚް: 26 ފެބްރުއަރީ 2014 ނިމުނު ތާރީޚް: 17 މާރޗް 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު.އަބްދުﷲ ޙަމީދު ފަނޑިޔާރު: ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014
/
01/Cv
-
C
/
DFJ "ރަޖިސްޓްރާރގެ ނިންމުން އަލުން
ބަލައި ނިންމިގޮތް އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޢަލީ
ނަޝީދު، ލ.ގަން ތުނޑި، ސުޕީރިއާވިލާ (ދ.ރ ކާޑް ނަންބަރު A083824) ގެ ފަރާތުން އެ ނިންމުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. ޢަލީ ނަޝީދުގެ ފަރާތުން ކުރި
މި އިސްތިއުނާފް ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އެވެ.
ކުރެވުނު ނުކުތާތަ
C-CDFJ201401
REG/2014/DFJ15
A01 އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ނިންމުމަކީ ލ.ގަމު ތުނޑި،
ސްޕީރިއާވިލާ، ޢަލީ ނަޝީދު ގެ ފަރާތުން 30 ޖެނުއަރީ 2014 ގައި ސިވިލް ކޯޓަށް ހުށަހެޅި އަވަސްނިޔާ
މައްސަލައަކީ، އިންތިޚާބުތަކާއި ގުޅޭ މައްސަލައެއްކަމަށާއި، އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގެ
އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ސިވިލް ކޯޓުގެ ނަންބަރު
(20 ފެބްރުއަރީ 2014) ދަޢުވާ ފޯމުގެ ޖަވާބުން ސިވިލް ކޯޓުގެ ރަޖިސްޓްރާރ ދެއްވާފައިވާތީ، އެ ނިންމުން
އަލުން ބަލައިދިނުމަށް އެދި ޢަލީ ނަޝީދު ހުށަހެޅުމުން ބެލުނު މައްސަލައެއް ކަމަށް ރިޕޯޓުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެނިންމުން ބައްލަވައި ނިންމަވާފައިވާ ނިންމެވުމުގައި، "ދެންފަހެ ބުނެވިދިޔަ ގޮތުގެ
މައްޗަށް ޢަލީ ނަޝީދު ހުށަހަޅާފައިވާ ރަޖިސްޓްރާގެ ނިންމުން އަލުން ބެލުމުގެ މި މައްސަލަގައި ރަޖިސްޓްރާރ
ނިންމާފައިވާ ގޮތް އެނޫންގޮތަކަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި
ރަޖިސްޓްރާގެ އެ ނިންމުމަށް ތާއީދުކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
CCCX
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
20j4/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02 އިސްވެ
ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު
2014
/
01/Cv
-
C
/
DFJ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތާއި ގުޅިގެން ލ.ގަން ތުނޑި،
ސުޕީރިއާވިލާ، ޢަލީ ނަޝީދުގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް އެ ނުކުތާއާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައި ވެއެވެ.
* އެ ނުކުތާއަކީ: ޢަލީ ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ، އިދާރީ
ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ހުށަހެޅި މައްސަލައެއްކަމަށްވާއިރު، "އެފަދަ ނިންމުމެއްގެ މަންބަޢުއަކަށް
އިންތިޚާބު ވުމުން އެފަދަ މައްސަލައެއް ބެލުން ވެގެންދާނީ އިންތިޚާބާ ގުޅުންހުރި މައްސަލައަކަށް" ކަމުގައާއި،
އެއީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބާއިބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) ގެ ދަށުން
ބެލެވޭނޭ ޒާތުގެ މައްސަލައެއް ކަމުގައި ކަނޑައަޅުއްވައި، އެ މައްސަލަ ބެލުމުގެ އިޚްތިޞާސް ސިވިލް ކޯޓަށް
ލިބިގެން ނުވާކަމުގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
އުސޫލާ ޚިލާފަށްކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03_ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
2014
/
01/Cv
-
C
/
DFJ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތުގެ ރިޕޯޓަށާއި، އެ ނިންމުން
އިސްތިއުނާފުކުރުމަށް އެދި ލ.ގަން ތުނޑި، ސުޕީރިއްވިލާ، ޢަލީ ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާއަށާއި، އެ ނުކުތާއާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2014
/
01/Cv
-
C
/
DFJ ރަޖިސްޓްރާރގެ
ވަނަ އަހަރު ބޭއްވުނު ޖީހިވީ
ނިންމުން އަލުން ބަލައި ނިންމިގޮތުގެ ރިޕޯޓަށް ބަލާއިރު، އެ ނިންމުމަކީ، 14
ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށްޓަކައި ކުށުގެ ރެކޯޑު ސާފުކުރިއިރު، ކްރިމިނަލް ކޯޓުން ދޫކުރި
ކުށުގެ ރެކޯޑް ފޯމުގައި، ވައްކަން ކުރުމުގައި ބައިވެރިވުމުގެ ކުން" ސާބިތުވެފައިވާ ކަމުގައި ލިޔެފައި އޮތު
އޮތުމުން،Eއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
،
4
2014/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއީ ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ
(ނ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކުރާފަދަ "އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކަމުގައި
މާނަކޮށް، ކެންޑިޑަންސީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރަގަޅަށް ނޫންކަމަށް
ފެންނާތީ، އިލެކްޝަންސް ކޮމިޝަނުގެ ރެކޯޑްތަކުން އެކަން ރަގަޅު ކޮށްދިނުމަށް ފަހު އެކަން އަންގަވައި
ދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ސިޓީ ފޮނުވުމުން، ކްރިމިނަލް ކޯޓުގެ ރެކޯޑުގައިވާ ކަމެއް
އެކޮމިޝަނުން ބަދަލު ނުކުރެވޭނެކަމަށްބުން އިލެކްޝަންސް ކޮމިޝަނުގެ ރެކޯޑުތަކުން އެކަން ރަގަޅުކޮށްދީފައި
ނުވާތީ، "ވައްކަން ކުރުމުގައި ބައިވެރިވުމުގެ ސާބިތުވެފައި އޮތުމަކީ، ޤާނޫނު ނަންބަރު 10/2010
(ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި
ބަޔާންކުރާފަދަ "އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް" ކަމުގައި ނުބެލެވޭނެކަމަށް ކަނޑައަޅުއްވައި
ދެއްވައި، ކުރިއަށްހުރި އިންތިޚާބުތަކުގައި ވާދަކުރުމަށް ޢަލީ ނަޝީދަށް ހުރަސް ނޭޅޭނެހެން އިލެކްޝަންސް
ކޮމިޝަންގެ ރެކޯޑްތައް އިޞްލާޙުކުރުމަށް އަމުރު ކޮށްދެއްވުން އެދި ސިވިލް ކޯޓުގެ އަވަސް ނިޔާއަށް ޢަލީ
Hi
Occuu
ނަޝީދު ހުށަހެޅުމުން،
އިންތިޚާބަކަށް ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތެއް ފުރިހަމަ ނުވާކަމަށް
ކަނޑައަޅާފައިވާނަމަ އެމައްސަލައެއް ބެލުމާއި، އިންތިޚާބުތަކާއި ގުޅޭގޮތުން އުފެދޭ ނުވަތަ އުފެދިދާނެ މިފަދަ
ޚުޞޫމަތްތަކަކީ،
ތަކަކީ، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ)
އަށް ބަލާއިރު، ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫންކަމަށް ސިވިލް ކޯޓުގެ
ރަޖިސްޓްރާރ ނިންމަވައި، އެމައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްދެވެން ނެތްކަމަށް ޖަވާބު ދެއްވުމުން،
ރަޖިސްޓްރާރ ގެ އެ ނިންމެވުން އަލުންބަލައި ދިނުން އެދި ލ.ގަން ތުނޑި)1 ސުޕީރިއާވިލާ ޢަލީ ނަޝީދު
ހެޅުމުން އެކޯޓުން ބައްލަވައި، ރަޖިސްޓްރާރގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް
ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ފަނޑިޔާރަކު ނިންމަވާފައިވާ ނިންމެވުމެއްކަން އެނިންމުމަށް ބެލުމުން އެނގެން
ދިވެހިރާއްޖޭގެ
އަންނަކަމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2014/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
s
43
2
COCO
3.2- ދެވަނަ ކަމަކީ: އިސްވެ ބަޔާންކުރެވުނު ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފު
ކުރަމުން ޢަލީ ނަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބާއި
ޢާންމު ޤާނޫނު) ގެ
21 ވަނަ މާއްދާގެ (ބ) އިން، އިންތިޚާބަށް އެމީހަކު
ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތެއް ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާނަމަ،
އެމައްސަލައެއް ސުޕްރީމް ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިދޭކަމަށާއި، ނަމަވެސް ޢަލީ
ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުން ޢަލީ ނަޝީދުގެ
ކެންޑިޑަންސީ ޤަބޫލު ނުކުރުމުން އެނިމުމަށް ޗެލެންޖްކޮށް އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހޯދުމަށް
ހުށަހެޅި މައްސަލައެއް ނޫންކަމަށާއި، ޢަލީ ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ ބިނާވެފައިވަނީ
އިލެކްޝަންސް ކޮމިޝަނުގެ އިދާރީ ނިންމުމެއްގެ މައްޗަށްކަމަށާއި، އިދާރީ ނިންމުމެއްގެ ސަބަބުން ގެއްލުމެއް
ލިބިއްޖެކަމަށް ފެންނަނަމަ، އެމައްސަލައެއް ކޯޓަށް ހުށަހެޅުމުގެ ހައްޤަކީ އެނިންމުމެއް ރައްދުވާ ފަރާތަށް
ލިބިގެންވާ ޙައްޤެއްކަން ޤާނޫނުއަސާސީ ކަށަވަރުކޮށްދޭ ކަމަށާއި، ޢަލީ ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގައި
އެދިފައިވަނީ ޤާނޫނު ނަންބަރު 10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) ގެ 12 ވަނަ
މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގައި ބަޔާންކުރާފަދަ އިސްލާމްދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މާނަކޮށްފައިވަނީ، އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ކުށެއް
ސާބިތުވެފައިވާ މީހުންވެސް ހިމެނޭ ގޮތަށް ކަމުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްވެ ފާހަގަކުރެވުނު
މާއްދާ މާނަކޮށްފައިވާ ގޮތް ރަނގަޅު ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ކަމަށާއި،
މިކަންކުރުމުގައި ބައިވެރިވުމުގެ ކުށްސާބިތުވެފައިވުމަކީ ޙައްދު ޤާއިމުކުރެވޭ ކުށެއް ސާބިތުވުންކަ
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ، އެނިންމުމުގެ ސަބަބުން މައްސަލަ ހުށަހަޅާ ފަރާތަށް
މުސްތަޤްބަލުގައިވެސް ގެއްލުން ލިބުމުގެ ފުރުޞަތު އޮތް އިދާރީ ނިންމުމަކަށްވާތީ، އެނިންމުން ކޯޓަށް
4 22 6 46
ދެކެން
3
4 އ ހވ
,ނޗކޮށް
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
20j4/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހެޅުމުގެ ޙައްޤު ޤާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތަށް
ލިބިގެންވާކަމަށް ދެކޭކަމަށް ޢަލީ ނަޝީދުގެ ފަރާތުން ބުނެފައިވާއިރު،
އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނިމުމަކީ ޤާނޫނީ ހަމަތަކުގެ މަތިން
ނިންމަވާފައިވާ ނިންމުމެއްކަމަށް އިލެކްޝަން ކޮމިޝަންގެ ފަރާތުން ދެކޭކަމަށް އެކޮމިޝަނުގެ ފަރާތުން
ބަޔާންކޮށް ދައްކާފައިވާ ވާހަކާގައި، އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި،
އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާއި މެދު ނިންމި ގޮތެއް 48 ގަޑިއިރުގެ ތެރޭގައި އެމީހަކަށް
އަންގަންޖެހޭ ކަމަށް ބުނެފައިވާއިރު، އެ މާއްދާގެ (ރ) ގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ ހުށަހަޅާ
ހުށަހެޅުން މިމާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާނަމަ އެކަން އެމީހަކަށް
އަންގާއިރު ޤަބޫލުނުކުރި ސަބަބު ލިޔުމުން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އަންގަންވާނެ ކަމަށް ބަޔާން
ކޮށްފައިވާކަމަށާއި، އެ މާއްދާގެ (ބ) ގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، މި މާއްދާގެ (ރ) ގެ
ދަށުން އިލެކްޝަންސް ކޮމިޝަނުން އެންގި ސަބަބާއިމެދު އެމީހަކު ހިތްހަމަނުޖެހޭނަމަ އަދި އެސަބަބަކީ އެ
އިންތިޚާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ
ނިންމުމެއްކަމަށްވާނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި،
އެހެންކަމުން ޢަލީ ނަޝީދު ހުށަހެޅި ހުށަހެޅުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމިގޮތާމެދު ހިތްހަމަ
ނުޖެހޭނަމަ ހުށަހަޅަންޖެހޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
3.3- ތިންވަނަ ކަމަކީ: މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު،
ކެންޑިޑަންސީ ޤަބޫލު ނުކުރާ ކަމުގެ ލިޔުން" ހިމެނިފައިވާކަމާއި، އެލިޔުމުގައި، 2014 ޖެނުއަރީ 18 ވާ
ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ފ.އަތޮޅު ކައުންސިލް
ގަމު ދާއިރާ) ގެ ގޮނޑިއަށް އެމް.ޑީ.ޕީގެ ފަރާތުން ކުރިމަތިލުމަށް، 10 ޑިސެމްބަރ 2013 އަންގާރަ
ދުވަހު ލ.ގަން/ތުނޑި، ސްޕީރިއާމިވާ، އަލީ ނަޝީދު (އައިޑީ ކާޑު ނަންބަރު A083824) ހުށަހެޅި
ވޯލް ނަންބަރު: 2013/O02
/
O/04) ފޯމުގައިވާ މަޢުލޫމާތާއި ތަކެތި ބަލާ ޗެކްކުރިއިރު ކްރިމިނަލް
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/155
ޢަލީ ނަޝީދުގެ މައްޗަށް އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް (ވައްކަމުގެ ކުށް) އޮތްކަމަށް
ބުނެފައިވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން ޢަލީ ނަޝީދަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު
ހަމަނުވާ މީހެއްކަމުގައި ބަލައި ހުށަހެޅި ހުށަހެޅުން، ލ.އަތޮޅު އިލެކްޝަންސް ޔުނިޓުން ޤަބޫލް ނުކުރާކަން،
ޢަލީ ނަޝީދަށް އަންގަމެވެ." މިފަދައިން ބަޔާންކޮށް، 10 ޑިސެމްބަރ 2013 ގައި ޖަވާބު ދީފައިވާކަމާއި،
އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޢަލީ
ނަޝީދުގެ ފަރާތުން ކަމާބެހޭ ކޯޓުގައި އެނިންމުން ޗެލެންޖް ކޮށްފައި ނުވާކަމާއި، ނަމަވެސް އޭގެފަހު،
26 ޑިސެމްބަރ 2013 ގައި ލިޔެފައިވާ ސިޓީއަކުން ޢަލީ ނަޝީދުގެ ޤާނޫނީ ވަކީލު މެދުވެރިކޮށް
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމާއި، އެސިޓީގައި، އިލެކްޝަންސް ކޮމިޝަނުގެ ބަޔާންކުރެވުނު
ނިންމުން ބިނާވެފައިވަނީ ޖިނާއީ ކޯޓުގެ ނަންބަރު: 98/JC/1525 ޤަޟިއްޔާގެ ޙުކުމަށް ކަމަށާއި،
އެޤަޟިއްޔާގައި ޢަލީ ނަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ ވައްކަމުގައި ބައިވެރިވުމުގެ ކުށް ކަމަށާއި، އެކުށް
ހެއްގެ މައްޗަށް ސާބިތުވުމަކީ، ޤާނޫނު ނަންބަރު 10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ
ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު ތަޠުބީޤު ކުރެވޭނެ ޙާލަތެއް ނޫންކަމަށާއި، އެހެނީ
ވައްކަމުގައި ބައިވެރިވުމުގެ ކުށަކީ އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމުގައި ނުވާތީ ކަމަށާއި،
އެހެންކަމުން ޢަލީ ނަޝީދު ހުށަހެޅި ކެންޑިޑަންސީ ޤަބޫލު ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި
ނިންމުން ޤާނޫނު ނަންބަރު 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކުގެ ޤާނޫނު) ގެ
މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރު ތަޠުބީޤް ކޮށްފައިވަނީ ރަގަޅަށްކަމަށް ޤަބޫލު ނުކުރެވޭކަމަށާއި،
އެހެންކަމުން އިލެކްޝަންސް ކޮމިޝަނުގެ ރެކޯޑްތަކުން އެކަން އިޞްލާޙް ކޮށްދެއްވުމަށް އެސިޓީގައި ޢަލީ
ނަޝީދުގެ ފަރާތުން އެދިފައިވާކަމާއި،
ޢަލީ ނަޝީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި އެ ސިޓީއާއި ގުޅިގެން
އެކޮމިޝަނުން ޢަލީ ނަޝީދަށް ޖަވާބުދީފައިވާކަމާއި، އެޖަވާބުގައި، ކްރިމިނަލް ކޯޓުގެ ރެކޯޑުގައި ތާކަ
އެކޮމިޝަނަށް ބަދަލު ނުކުރެވޭނެކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
12 ވަނަ
ދިވެހިރާއްޖެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/155
3.4- ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 11/2008 (ޢާންމު އިންތިޚާބުތަކާބެހޭ ޤާނޫނު)
ގެ 21 ވަނަ މާއްދާގެ (ހ) ގައި، "މިޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބަށް
ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48
ގަޑިއިރުގެ (ސާޅީސް އަށްގަޑިއިރުގެ) ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލު
ނުކުރާކަން، އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް ލިޔުމުން އަންގަންވާނެއެވެ." މިފަދައިން
ބަޔާންކުރުމަށްފަހު، އެމާއްދާގެ (ރ) ގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި
މާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާނަމަ އެކަން އެމީހަކަށް އަންގާއިރު،
ޤަބޫލުނުކުރި
ލިޔުމުން އިލެކްޝަންސް ކޮމިޝަނުން އެމީހަކަށް އަންގަންވާނެކަމަށް
ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ބ) ގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް މި މާއްދާގެ (ރ)
ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އެންގި ސަބަބާމެދު ހިތްހަމަ ނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ
އިންތިޚާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމެއް
ކަމުގައިވާނަމަ، އެމައްސަލައެއް ސުޕްރީމް ކޯޓަށް، އަދި އެނޫން ކަމަކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއް
ކަމުގައިވާނަމަ އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވާކަމަށް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މީގެ އިތުރުން ޤާނޫނު ނަންބަރު: 10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ
ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގައި، އަންނަވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި ބައިވެރިއެއް ނުވެވޭނެކަމަށް ބަޔާންކޮށް، އެ އަކުރުގެ 4 ވަނަ ނަންބަރުގައި،
"އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް
ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް
ސާބިތުވެފައިވާ މީހަކު ކަމުގައިވުން." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ޒ 2
4 އ ދވ
¢ ¢ ¢ ¢34
3-
އިއްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2008
sއްޖޭގެ ހައިކޯޓް
9
2014/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލީ
3.5- ފަސްވަނަ ކަމަކީ: އިސްވެ މިބަޔާންކުރެވުނު ނުކުތާތަކުގައި ފާހަގަކުރެވުނު
ކަންތައްތަކަށް ބަލާއިރު، 2014 ޖެނުއަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި، ލ.އަތޮޅު ކައުންސިލް (ގަމު ދާއިރާ) ގެ ގޮނޑިއަށް އެމް.ޑީ.ޕީގެ ފަރާތުން
ކުރިމަތިލުމަށް، 10 ޑިސެމްބަރ 2013 އަންގާރަ ދުވަހު ލ.ގަން ތުނޑި، ސުޕީރިއާވިލާ، ޢަލީ ނަޝީދު
(އައިޑީ ކާޑު ނަންބަރު A083824) ހުށަހެޅި (ފޯމް ނަންބަރު: 2013/O02/O/04) ފޯމުގައިވާ މަޢުލޫމާތާއި
ތަކެތި ބަލާ ޗެކްކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަލީ ނަޝީދުގެ ކެންޑިޑަންސީ ޤަބޫލު
ނުކުރުމަށް ނިންމާފައިވަނީ ޢަލީ ނަޝީދަށް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކުށުގެ ރެކޯޑް ފޯމުގައި އޭނާގެ
މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައިވާކަމަށް ބަޔާންކޮށްފައިވާތީ، ޤާނޫނުގައިވާ ގޮތުގެ މަތިން، ޢަލީ ނަޝީދަކީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ހަމަނުވާ މީހެއްކަމުގައި ބަލައިގެންކަމާއި، އިލެކްޝަންސް
ކޮމިޝަނުގެ އެނިންމުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޢަލީ ނަޝީދުގެ ފަރާތުން ކަމާބެހޭ ކޯޓުގައި
ޗެލެންޖްކޮށްފައި ނުވާކަމާއި، އޭގެ ފަހުން ޢަލީ ނަޝީދުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގައި އެދިފައިވަނީ
ކްރިމިނަލް ކޯޓުގެ ރެކޯޑުގައިވާ ކަމެއް އިޞްލާޙްކޮށްދިނުމަށްކަމާއި، ނަމަވެސް އެއީ އެކޮމިޝަނުގެ
އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ، އެކޮމިޝަނުގެ ފަރާތުން އެކަން ކޮށްދެވެން ނެތްކަމަށް ޖަވާބު
ދެއްވާފައިވާކަމާއި،
ޢަލީ ނަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައިވެސް އެދިފައިވަނީ "ވައްކަން
ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައި އޮތުމަކީ، ޤާނޫނު ނަންބަރު: 10/2010 (ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާފަދަ "އިސްލާމްދިނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ސާބިތުވުން ކަމުގައި
ނުބެލެވޭނެކަމަށް އެކޯޓުން ކަނޑައަޅުއްވައި ދެއްވުމަށާއި، ކުރިއަށްހުރި އިންތިޚާބުތަކުގައި ވާދަކުރުމަށް ހުރަސް
އިލެކްޝަންސް ކޮމިޝަން ގެ ރެކޯޑްތައް އިސްލާޙްކުރުމަށް އަމުރުކޮށްދެއްވުން ކަމުގައި އެނގެން
އޮންނައިރު، އިންތިޚާބަށް
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް
ޤާނޫނު
ނަންބަރު
OCCOX
12
ނޭވާނޭހެން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
20j4/HC-A/155
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފުރިހަމަވާންޖެހޭ
ޢާންމު އިންތިޚާބުތަކާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ރ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން
އެންގި ސަބަބާމެދު ހިތްހަމަނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ އިންތިޚާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި
ޝަރުޠު ފުރިހަމަ ނުވާކަމަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ، އެމައްސަލައެއް
ހުށަހަޅަންޖެހެނީ ސުޕްރީމް ކޯޓަށް ކަމަށް 21 ވަނަ މާއްދާގެ (ބ) ގައި ސާފުބަހުން ބަޔާންކޮށްފައިވަނިކޮށް،
އެކަމަށް ކަނޑައެޅިފައިވާ ވަގުތު ފާއިތުވާ ފަހުން އިލެކްޝަންސް ކޮމިޝަނުގައި ރެކޯޑްތައް އިޞްލާޙްކުރަން
އެދުނު ކަމުގައިވިޔަސް، އަދި ޝަރުޠު ފުރިހަމަނުވާކަމަށް ކަނޑައެޅި ސަބަބު ރަގަޅުނޫންކަމަށް ބުނެ އެކަން
އިޞްލާޙްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދުނު ކަމުގައިވިޔަސް އެއިން އެއްވެސް އިދާރާއަކަށް އެއިން ކަމެއް
ކުރުމުގެ އިޚްތިޞާޞް ލިބިގެންވާކަމަކަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެންނަކަމާއި،
ނަމަވެސް ޢަލީ ނަޝީދުގެ މައްޗަށް ސާބިތުވެފައިވަނީ ވައްކަން ކުރުމުގައި ބައިވެރިވިކަމުގެ
ކުން" ކަމުގައިވެފައި، ޢަލީ ނަޝީދަށް ކްރިމިނަލް ކޯޓުން ދޫކޮށްފައިވާ ކުށުގެ ރެކޯޑް ފޯމުގައި ޢަލީ ނަޝީދުގެ
މައްޗަށް ސާބިތުވެފައިވަނީ ވައްކަން ކުރުމުގެ ކުށް" ކަމަށް ލިޔެފައިވާނަމަ، އެކަން އިޞްލާޙް ކޮށްދިނުމަށް
ކްރިމިނަލް ކޯޓުގައި އިދާރީގޮތުން ޢަލީ ނަޝީދަށް އެދުމުގެ ޙައްޤު ލިބިގެންވާކަމަށް މިޤަޟިއްޔާބެވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށްވެސް އެއްބަސްވެވިފައެވެ.
ނަންބަރު
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތަކުގެ
މައްޗަށް
ޝަރުޢީ
ނަޒަރަކުން ވިސްނާ ބެލިއިރު، ސިވިލް ކޯޓުގެ
2014
/
01/Cv
-
C
/
DFJ ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ނިންމިގޮތަކީ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމުމެއްކަމުގައި ބެލެވޭނެ އެއްވެސް ސަބަބެއް ފެންނަން
ނެތުމާއެކު، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭތަނެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް
ކޮށްފީމެވެ.
ވީހިރާއްޖޭގެ ހައި
· 4
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv