ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/281 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/281
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 281/HC
-
A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރީ ނަންބަރު: 374
/
1996-C
::
ދާއިމީ އެޑްރެސް: ހ. ހާލި
މިހާރުގެ އެޑްރެސް: ހ. ހާލި
.
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
ރެޖިސްޓްރީ ނަންބަރ: 186
/
2001-C
* ދާއިމީ އެޑްރެސް: އެސްޓީއޯ ބިލްޑިންގ
* މިހާރުގެ އެޑްރެސް:އެސްޓީއޯ ބިލްޑިންގ
.ޑީ
• ހުށަހެޅުނު ތާރީޚް: 01 ޑިސެމްބަރ 2011
ނިމުނު ތާރީޚް: 07 ޖުލައި 2014
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2010/Cv-C/1441
• ނިންމެވިކޯޓް: ސިވިލް ކޯޓު
ހުށަހެޅުނުތާރީޚް:
ނިމުނު ތާރީޚް: 30-06-2011
ށް:31-10-2010
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/281
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1441 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، މެރީޑިއަމް ސާރވިސަސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސްޓީއޯ) އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1441 ޤަޟިއްޔާ އަކީ، މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސްޓީއޯ) އާއި ދެމެދު 31 މާރޗް
2010 ގައި ވެފައިވާ ކްރެޑިޓަށް މުދާ ދޫކުރުމުގެ އެއްބަސްވުމާ އެސްޓީއޯ އިން ޚިލާފުވެ، ބުނެވިދިޔަ
އެއްބަސްވުމުގެ 2.1 ވަނަ މާއްދާގެ ދަށުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް -/20,000,000
(ވިހިމިލިއަން ރުފިޔާ) ގެ ކްރެޑިޓް މިންވަރެއް ކަނޑައަޅާފައިވާއިރު، އަދި އެއްބަސްވުމުގެ 8.1 ވަނަ
މާއްދާގެ ދަށުން ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަކީ އެ ކްރެޑިޓް ބިލެއް ހަދާ ތާރީޚުން
ފެށިގެން 40 (ސާޅީސް) ދުވަސް ކަމަށްވާއިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ މަޝްވަރާ
ކުރުމެއްނެތި އެސްޓީއޯ އިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީއަކުން،
އެއްބަސްވުމުގެ 2.1 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކްރެޑިޓް މިންވަރު ބަދަލުކޮށް އަދި އެއްބަސްވުމުގެ
8.1 ވަނަ މާއްދާގެ ދަށުން ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު ބަދަލުކޮށް، މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤަށް އުނިކަން އަންނާނެ ގޮތުގެ މަތީން އެސްޓީއޯ އިން
ޢަމަލުކޮށްފައިވާކަމަށާއި، އެއްބަސްވުމުގެ 15.3 ވަނަ މާއްދާގައި އެއްބަސްވުމަށް އެއްވެސް އިޞްލާޙެއް
ގެނެވޭނީ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވާ ގޮތެއްގެ މަތީން އެސްޓީއޯ އިން ކަމަށް ބަޔާންކޮށްފައިވާ
ހިނދު، ބުނެވިދިޔަ 15.3 ވަނަ މާއްދާގެ ބާރު ކެނޑޭ ގޮތަށް އެސްޓީއޯ އިން ޢަމަލުކޮށްފައިވާ ކަމަށާއި،
އެއްބަސްވުމުގެ މުއްދަތުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ މަޝްވަރާ ކުރުމެއްނެތި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/281
2
2
4
2 ހއ
އެއްބަސްވުމަށް
އެއްބަސްވުމުގެ
އެއްބަސްވުމަށް ބަދަލެއް ގެނައުމުގެ ޙައްޤު އެސްޓީއޯ އަށް ލިބިގެންނުވާ ކަމަށާއި، އަދި އެސްޓީއޯ އިން
ގެނެސްފައިވާ ބަދަލަކީ އެއްބަސްވުމުގެ ދަށުން އެސްޓީއޯ އަށް ލިބިގެންނުވާ ބާރެއް
ބޭނުންކޮށްގެން ގެނެސްފައިވާ ބަދަލެއް ކަމަށް ބުނެ، އެސްޓީއޯ އިން 29 އޯގަސްޓް 2010 ގައި ފޮނުވާފައިވާ
ސިޓީން އެއްބަސްވުމަށް ގެނެސްފައިވާ ބަދަލަކީ ބާޠިލް ބަދަލެއް ކަމުގައި ކަނޑައަޅައިދީ، އެއްބަސްވުމާ
އެއްގޮތަށް ޢަމަލުކުރުމަށް އެސްޓީއޯ އަށް އަންގައި އަމުރުކޮށްދިނުމަށް އެދި އެސްޓީއޯގެ މައްޗަށް މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ: [ދެންފަހެ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އާއި ދެމެދު 31 މާރޗް 2010 ގައި ވެފައިވާ
2.1 ވަނަ މާއްދާގެ ދަށުން -/20,000,000ރ. (ވިހިމިލިއަން ރުފިޔާ) ގެ ކްރެޑިޓުގެ
މިންވަރެއް ކަނޑައެޅިފައިވާއިރު، އަދި އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން ކްރެޑިޓް ބިލްތަކަށް ފައިސާ
ދެއްކުމަށް ދީފައިވާ މުއްދަތަކީ އެ ކްރެޑިޓް ބިލެއް ހަދާ ތާރީޚުން ފެށިގެން 40 (ސާޅީސް) ދުވަސް
ކަމަށްވާއިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
އިން ފޮނުވާފައިވާ ނަންބަރު 2010
/
841/CLA
/
MIS-60 (29 އޮގަސްޓް 2010) ގެ ސިޓީން، އެ
2.1 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކްރެޑިޓުގެ މިންވަރު -/
10,000,000ރ.
(ދިހަމިލިއަން ރުފިޔާ) އަށް ބަދަލުކޮށް، އަދި އެ އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން ކްރެޑިޓް
ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު، ބިލް ހަދާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހަށް
ބަދަލުކޮށްފައިވަނީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި އެއްވެސް މަޝްވަރާކުރުމެއްނެތި
އެއްބަސްވުމުގެ 15.3 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އިން
އެގެނައި ބަދަލުތަކަކީ ބާޠިލް ބަދަލުތަކެއްކަމަށް ކަނޑައަޅައި ދިނުމަށް އެދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑުން ކުޑަ މިދަޢުވާ ބެލިބެލުމުން،
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ދަޢުވާގައި ބުނެފައިއެވާ ބަދަލުތައް ސްޓޭޓް
ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އިން ގެނެސްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ
15.2 ވަނަ މާއްދާގެ ދަށުންކަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ސްޓޭޓް ޓްރޭޑިންގ
އއބ21 3
44
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/281
އޯގަނައިޒޭޝަން ޕލކ. އިން ފޮނުވާފައިވާ ނަންބަރު 2010
/
841/CLA
/
MIS-60 (29 އޮގަސްޓް
2010) ގެ ސިޓީން އެނގެން އޮތް ހިނދު،
އެ އެއްބަސްވުމުގެ 15.2 ވަނަ މާއްދާގައިވާ ގޮތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
ގެ ވިޔަފާރިއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މެނޭޖްމަންޓް ޕޮލިސީއަކަށް އަންނަ ބަދަލެއްގެ ސަބަބުން
ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި، 01 (އެކެއް) މަސްދުވަހުގެ ނޯޓިސްއެއް މެރީޑިއަމް ސަރވިސަސް
ޕްރައިވެޓް ލިމިޓެޑަށް ދިނުމަށްފަހު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. ގެ މެނޭޖްމަންޓުން ގެންނަން
ފެންނަ ބަދަލެއް ގެނެވޭނެކަން އެނގެން އޮވެފައި، އެމާއްދާގައި އެބުނާ ވިޔަފާރި ބަދަލުކުރުމުގެ ތެރޭގައި، އެ
އެއްބަސްވުމުގެ 2.1 ވަނަ މާއްދާގައި ބުނާ ކްރެޑިޓުގެ މިންވަރަށް ބަދަލުގެނައުމާއި، އަދި އެ އެއްބަސްވުމުގެ
8.1 ވަނަ މާއްދާގެ ދަށުން ކްރެޑިޓް ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަށް ބަދަލު ގެނައުން
ހިމެނޭކަން ދެފަރާތުގެ ބަހުން އެނގެން އޮންނާތީއާއި،
އަދި އެ އެއްބަސްވުމުގެ 15.2 ވަނަ މާއްދާ އަކީ އެއްބަސްވުމުގެ ދަށުން ދެފަރާތުގެ މެދުގައި އޮތް
ވިޔަފާރިއަށް ޚާއްޞަ މާއްދާއެއްކަމަށް ވީހިނދު، އެމާއްދާގެ ދަށުން ދެފަރާތުގެ މެދުގައި އޮތް ވިޔަފާރިއަށް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. އިން ބަދަލު ގެންނަ ޙާލަތުގައި، އެ އެއްބަސްވުމުގެ ޢާއްމު
މާއްދާއެއްގައި ކަނޑައަޅާފައިވާ ކަމަކަށް ނުވަތަ ބަޔާންކޮށްފައިވާ އުޞޫލަކަށް ބަދަލު އައިކަމަށްވީނަމަވެސް
އެކަމުގެ މައްޗަށް ދެފަރާތުން އިތުރަށް އެއްބަސްވާން ނުޖެހޭނެތީ އާއި، މިގޮތުން އެއްބަސްވުމުގެ ޢާއްމު
ދާއެއްގައި ކަނޑައަޅާފައިވާ ކަމަކަށް ނުވަތަ ބަޔާންކޮށްފައިވާ އުޞޫލަކަށް އެއްބަސްވުމުގެ ޚާއްޞަ
މާއްދާއަކުން އައިސްފައިވާ ބަދަލަކީ ނުވަތަ ގެނެވިދާނެ ބަދަލަކީ އެ އެއްބަސްވުމުގެ 15.3 ވަނަ މާއްދާގެ
ދަށުން ގެނެވޭ ބަދަލެއްކަމުގައި ބެލެވޭނެ ތަނެއް ނެތަތީ،
ޓްރޭޑިންގ އޯގަނައިޒޭޝަން
އިން ފޮނުވާފައިވާ ނަންބަރު
2010
/
841/CLA
/
MIS-60 (29 އޮގަސްޓް 2010) ގެ ސިޓީން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑަށް 01 (އެކެއް) މަސްދުވަހުގެ ފުރުޞަތެއް ދިނުމަށްފަހު، އެއްބަސްވުމުގެ 2.1 ވަނަ މާއްދާގައި ބުނާ
ކްރެޑިޓުގެ މިންވަރަށް ގެނެސްފައިވާ ބަދަލާއި އަދި އެ އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން ކްރެޑިޓް
ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަށް ގެނެސްފައިވާ ބަދަލަކީ މެރީޑިއަމް ސަރވިސަސް ޕްރަ
ޕްރައިވެޓް
/ތ ހ ޑއ ދ
މައެދއ
048
مع ع
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/281
ލިމިޓެޑުގެ ދަޢުވާ ބިނާކޮށްފައިވާ އަސާސްގެ މައްޗަށް ބަލާއިރު، އެއްބަސްވުމާ ޚިލާފަށް ގެނެސްފައިވާ
ބަދަލުތަކެއް ކަމުގައި ކަނޑައެޅޭނެ ތަނެއް ނެތްކަމަށް ޙުކުމްކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
"1441/Cv-C/2010
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ނުވަ ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި، ދެމެދު 31 މާރޗް 2010 ދުވަހު
ވެފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާފަރާތަށް ދޫކޮށްފައިވާ ކްރެޑިޓް ލިމިޓާއި ކުރެޑިޓް ބިލަށް ފައިސާ
ދެއްކުމަށް ދީފައިވާ މުއްދަތަށް، ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތާއި އެއްވެސް މަޝްވަރާއެއް ނުކޮށް
ފޮނުވި ސިޓީއަކުން އެއްބަސްވުމަށް ގެނެސްފައިވާ ބަދަލަކީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތާއި ޚިލާފަށް
ގެނެސްފައިވާ ބަދަލެއް ކަމަށްވީއިރު އެކަމުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި
2 4 2 23
ކ &އ
ގެނައުމުގެ
. ދެވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި އެ ވިޔަފާރި ކުރެވިފައިވަނީ ދެފަރާތުގެ މެދުގައި އޮތް
ޔަޤީންކަމާއި، އިތުބާރުގެ މައްޗަށް ބިނާކުރެވި އެ ވިޔަފާރީގައި ބަރޯސާވެފައިވާ މައިގަނޑު އަސާސްތަކުގެ
މަތީގައި ކަމަށްވީއިރު، ދަޢުވާކުރާ ފަރާތާއި އެއްވެސް މަޝްވަރާއެއް ނުކޮށް އެއްބަސްވުމަށް އެ ބަދަލު
ސަބަބުން ދަޢުވާކުރާ ފަރާތުގެ މުޅި ވިޔަފާރި ހުއްޓުމަކަށް އައިސް، ވިޔަފާރި ބަނގުރޫޓު
ވެފައިވީއިރު، އެކަންކަމުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައި ނުވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: މެނޭޖްމަންޓް ޕޮލިސީއަކަށް އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން
ޖެހިއްޖެ ހިނދެއްގައި ނޯޓިސްއެއްދީ މެނޭޖްމަންޓުން ގެންނަން ފެންނަ ބަދަލެއް ގެނެވިދާނެ ކަމަށް
15.2 ގައި ބުނެފައިވީ ނަމަވެސް، އެބަދަލަކީ އެއްބަސްވުމުގެ ބަޔަކަށް ނުވަތަ މާއްދާއަކަށް
ގދ ދ ތ 3 ޑ
އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/281
ގެނެވޭ ބަދަލެއް ނުވަތަ އިޞްލާހެއް ނަމަ ނުވަތަ އެއިޞްލާހެއް ނުވަތަ ބަދަލެއް ގެނައުމުގައި އެއްބަސްވުމުގެ
15.3 ގައި ބުނެފައިވާގޮތް އިޚްތިޔާރު ކުރަންޖެހޭއިރު އެކަމުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައި ނުވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އެއްބަސްވުމުގެ 15.3 އާއި، 15.2 މާނަކުރުމުގައި ވިޔަފާރީގައި
ބަރޯސާވެފައިވާ މައިގަނޑު އަސާސްތަކާއި، އެއްބަސްވުމުގެ މުޅި މަޤްޞަދާއި، ރޫޙާއި ޚިލާފަށް އެއްބަސްވުމުގެ
މާއްދާތައް މާނަކޮށްފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: އެއްބަސްވުމުގެ މާއްދާތައް މާނަކުރުމުގައި އެއްބަސްވުމުގެ މުޅި މަޤްޞަދާއި،
ރޫޙާއި، ނިޔަތާއި، އަދި އެއްބަސްވުމުގެ މައުޞޫމް ފަރާތަށް ގެއްލުންކުޑަގޮތަށް ބަލަންޖެހޭއިރު، އެއްބަސްވުމުގެ
މުޅި މަޤްޞަދާއި، ރޫޙާއި، ނިޔަތާއި ޚިލާފަށް އެއްބަސްވުމުގެ މާއްދާތައް އެއްބަސްވުމުގެ މައުޞޫމް ފަރާތަށް
ގެއްލުން ވާގޮތަށް އެއްބަސްވުން މާނަކޮށްފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ: މިއީ ދެފަރާތުގެ މެދުގައި އޮތް ޔަޤީންކަމާއި، އިތުބާރުގެ މައްޗަށް ބިނާކުރެވިގެން
ވިޔަފާރީގައި ބަރޯސާވާ މައިގަނޑު އަސާސްތަކުގެ މަތީގައި ކުރެވޭ ވިޔަފާރިއަކަށްވީއިރު، ހަމައެކަނި ފޮނުވާ
ނޯޓްސްއަކުން އެއްބަސްވުމުގެ ބަޔަކަށް ނުވަތަ މާއްދާއަކަށް ބަދަލުގެނެވޭނަމަ މި ވިޔަފާރި ދެމިނޯންނާނެކަން
އެނގޭއިރު، މިވިޔަފާރި ހިނގާގޮތަށާއި، ޤާނޫނީ ހަމަތަކާއި އަދި ޝަރުޢީ އުޞޫލުތަކުގެ މައްޗަށް ރިޢާޔަތް
ނުކޮށް މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެ
ތާއެވެ.
ހަތްވަނަ ނުކުތާއަކީ: އެއްބަސްވުމަކީ އޭގެ ބައިވެރިންގެ މެދުގައި ޤާނޫނީ ގޮތުން ބަނދެވޭ ބަނދެވުމެއް
ކަމާއި، އެއްބަސްވުމުގެ ބައިވެރިއަކު އަދާކުރަންޖެހޭ ކޮންމެ ޒިންމާއެއްމެ އަދާކުރަން ޖެހެނީ އެއްބަސްވުމުގައިވާ
ޝަރުތުތަކާ އެއްގޮތަށް ކަމާއި، މިނޫން ގޮތަށް ޢަމަލުކުރެވޭނީ ކޮންޓެކްޓްގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް
ލާޒިމްވާކަމަކަށް ލުޔެއްދީފިނަމަ ނުވަތަ އެނޫން ގޮތަކަށް ޢަމަލުކުރުމަށް އެއްބަސް ވެގެންކަން ކޮންޓެކްޓާ ބެހޭ
ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އިން އެނގެން އޮތްއިރު، އެކަމުގެ މައްޗަށް ޝަރީޢަތުން ބައްލަވާފައި
ނުވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• އަށްވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 4/91 ކޮންޓެކްޓާބެހޭ ޤާނޫނުގެ 22 ވަނަމާއްދާގެ (ށ) ގައި
ކޮންޓެކްޓަކުން އޭގެ ބައިވެރިންނަށް ލާޒިމްކުރާ ޢަމަލެއް ކުރުމަށް ދަތިވުމަކީ ނުވަތަ އެކަމަށް ހިނގާނެ ޚަރަދު
4
24 2 0 3 9
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/281
އޮތްއިރު އެކަމުގެ
މިއަކަށް
ބޮޑުވުމަކީ އެޢަމަލެއް ކުރެވެންނެތީ ކަމަށް ބަލައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވީއިރު ދަޢުވާލިބޭ ފަރާތުން
އެއްބަސްވުމަށް ބަދަލު ގެނެސްފައިވަނީ މިމާއްދާއާއި، ޚިލާފަށްކަން އެނގެން
ޝަރީޢަތުން ބައްލަވާފައި ނުވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ނުވަވަނަ ނުކުތާއަކީ: ދަޢުވާލިބޭ ފަރާތުން ދައްކާފައިހުރި ވާހަކަތަކުގެ މައްޗަށް އެކަނި ބަރޯސާކޮށް
މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދޫކުރުމާ
& $
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1441 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.
(އެސްޓީއޯ) އާއި ދެމެދު އެސްޓީއޯ އިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ކްރެޑިޓަށް މުދާ
31 މާރޗް 2010 ގައި ރެފްނަމްބަރ: 2010
/
119/CRD
/
CON-60
ބަސްވުމުގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ.
(ނ) ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އިޝާރާތްކުރެވުނު އެއްބަސްވުމުގައި، ކްރެޑިޓަށް
މުދާ ދޫކުރެވޭ މިންވަރާ ބެހޭގޮތުން އެއްބަސްވުމުގެ 2.1 ގައި، މި އެއްބަސްވުމުގެ ދަށުން އެންމެ ގިނަ
ޢަދަދަކަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވޭނީ -/
20,000,000ރ. (ވިހިމިލިއަން
ރުފިޔާ) ގެ މިންވަރަށްވާ މުދާ ކަމަށް ބަޔާންކޮށްފައިވާ ކަމާއި،
އަދި ކްރެޑިޓް ބިލަށް ފައިސާ ދެއްކުމާ ބެހޭގޮތުން އެއްބަސްވުމުގެ 8.1 ގައި، މިއެއްބަސްވުމުގެ
ދަށުން ހެދޭ ކްރެޑިޓް ބިލްތަކަށް، އެ ކްރެޑިޓް ބިލެއް ހެދޭ ތާރީޚުން ފެށިގެން ލަސްވެގެން 40 (ސާޅީސް)
ދުވަހުގެ ތެރޭގައި ފައިސާ ދައްކަންވާނެކަމަށް ބަޔާންކޮށް
ދެންކޮށްފައިވާކަން އެނގެން އޮވެއެވެ.
ގޮތުން
44
CCCX
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2011/HC-A/281
Oocouc
1
4 22
ގެ
(ނ) އެސްޓީއޯ ޕިލކގެ ވިޔަފާރިއަށް އަންނަ ބަދަލެއް ނުވަތަ މެނޭޖްމެންޓް ޕޮލިސީއަކަށް އަންނަ
ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި 1 (އެކެއް) މަސްދުވަހުގެ ނޯޓިސްއެއް މުދާ
ނަގާ ފަރާތަށް ދިނުމަށްފަހު މެނޭޖްމެންޓުން ގެންނަން ފެންނަ ބަދަލެއް ގެނެވޭނެ ކަމަށް ދެފަރާތުގެ މެދުގައި
ވެވިފައިވާ އެއްބަސްވުމުގެ 15.2 ގައި ސާފުކޮށް ބަޔާންކުރުމަށްފަހު، އެއްބަސްވުމުގެ މާއްދާއަކަށް ބަދަލެއް
ނުވަތަ އިޞްލާޙެއް ގެންނަންވެއްޖެނަމަ އެ އިޞްލާޙެއް ނުވަތަ ބަދަލެއް ގެންނާނީ އެގްރީމެންޓްގައި ބުނެފައިވާ
ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން އެސް.ޓީ.އޯ ޕީލކ އިންކަމަށް ބަޔާންކުރެވިފައި އޮންނަ އެއްބަސްވުމުގެ
15.3 ވަނަ މާއްދާ، މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ހިމެނޭ ދަޢުވާގެ މައްޗަށް ތަޠުބީޤުކުރެވިދާނެތޯ
ބަލާއިރު،
އެސް.ޓީ.އޯ ޕީލކ ގެ ވިޔަފާރިއަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ މެނޭޖްމަންޓް ޕޮލިސީއަކަށް
އަންނަ ބަދަލެއްގެ ސަބަބުން ވިޔަފާރި ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި، 01 (އެކެއް) މަސްދުވަހުގެ
ނޯޓިސްއެއް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށްފަހު އެސް.ޓީ.އޯ ޕިލކ މެނޭޖްމަންޓުން
ގެންނަން ފެންނަ ބަދަލެއް ގެނެވޭނެކަން އެއްބަސްވުމުގެ .15 ވަނަ މާއްދާގެ މަންޠޫޤުން އެނގެން އޮވެފައި،
އެމާއްދާގައި އެބުނާ ވިޔަފާރި ތެރޭގައި، އެއްބަސްވުމުގެ 2.1 ވަނަ މާއްދާގައި ބުނާ
ކްރެޑިޓުގެ މިންވަރަށް ބަދަލުގެނައުމާއި، އަދި އެ އެއްބަސްވުމުގެ 8.1 ވަނަ މާއްދާގެ ދަށުން ކްރެޑިޓް
ބިލްތަކަށް ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތަށް ބަދަލު ގެނައުން ހިމެނޭކަން ދެފަރާތުގެ ބަހުން އެނގެން
މިއިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1441 ޤަޟިއްޔާގެ ޙުކުމުން
އެނގެން އޮންނަކަމާއި، އެއްބަސްވުމެއްގައި، ކަނޑައެޅިފައިވާ ވަކި ކަމަކަށް،
ހިމެނިފައިވާނަމަ އެކަމެއްގެ މައްޗަށް ހިނގާނީ ޚާއްޞަ ކުރެވިފައިވާ އެމާއްދާކަމާއި،
އެއްބަސްވުމުގެ 15.2 ވަނަ މާއްދާއަކީ އެއްބަސްވުމުގެ ދަށުން ދެފަރާތުގެ މެދުގައި އޮތް
ވިޔަފާރިއަށް ޚާއްޞަ ކުރެވިފައިވާ މާއްދާއެއްކަން އެނގެން އޮންނައިރު، އެމާއްދާގެ ދަށުން ދެފަރާތުގެ މެދުގައި
ވިޔަފާރިއަށް އެސް.ޓީ.އޯ ޕިލކ އިން ބަދަލު ގެންނަ ޙާލަތުގައި، އެއްބަސްވުމުގެ 15.3 ވަނަ މާއްދާއަކީ
ޢާންމު މާއްދާއެއް ކަމަށްވުމާއެކު، އެމާއްދާގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތީން ޢަމަލުކުރުން ލާޒިމް
ނުކުރެވޭނެ ކަމާއި،
3 3 344
87 8:
ޚާއްޞަ
މާއްދާއެއް
އޮތް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011HC-A/281
އެސްޓީއޯ އާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވެވި
ސޮއިކުރެވިފައިވާ އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގެ ޞައްޙަކަމާމެދު ދަށުކޯޓުގެ ޝަރީޢަތުގައި އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގައިވެސް ދެފަރާތުން ކުރެ ފަރާތަކުން ސުވާލުއުފައްދާފައި ނުވާކަމާއި،
އެއްބަސްވުމުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ކަންކަމުގައި އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި
ނިޔާކަނޑައެޅޭނެ އުޞޫލަކީ ޚުދު އެ އެއްބަސްވުންކަން އެއީ ޤާނޫނީ ނުވަތަ ޝަރުޢީ ގޮތުން ޚިލާފެއް އޮތް
ކަމެއް ނޫންކަން އެނގެއެވެ.
(ހ) އެސްޓީއޯ ޕިލކ ގެ ވިޔަފާރިއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އިސްވެ
އިޝާރާތްކުރެވުނު އެއްބަސްވުމުގެ 2.1 ގައި ބަޔާންކޮށްފައިވާ ކްރެޑިޓްގެ މިންވަރު -/
10,000,000ރ.
(ދިހަމިލިއަން ރުފިޔާ) އަށް ބަދަލުކޮށްފި ކަމަށާއި، އަދި އެއްބަސްވުމުގެ 8.1 ގައި ބަޔާންކޮށްފައިވާ ކްރެޑިޓް
ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު، އެ ކްރެޑިޓް ބިލެއް ހެދޭ ތާރީޚުން ފެށިގެން ލަސްވެގެން 30 (ތިރީސް)
ދުވަހަށް ބަދަލު ކޮށްފި ކަމަށާއި، ބިލް ހެދޭ ތާރީޚުގައި އެ ތާރީޚުން ފެށިގެން 30 ދުވަސް ވާ ދުވަހަށް
ހެދިފައިވާ ޑޭޓެޑް ޗެކް ހުށަހަޅަންވާ
ފަންވާނެ ކަމަށް ބަޔާންކޮށް، 2010 އޮގަސްޓް 29 ވަނަ ދުވަހުގެ ތާރީޚުގައި،
އެދުވަހުން ފެށިގެން 1 މަސް ހަމަވާ ދުވަހު ޢަމަލުކުރަން ފެށޭ ގޮތަށް އެއްބަސްވުމުގެ އިޝާރާތްކުރެވުނު
ކަންކަން ބަދަލުކުރެވިފައިވާކަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އެސްޓީއޯ ޕލކގެ
ފަރާތުން އެކުންފުނީގެ ނަންބަރު 2010
/
841/CLA
/
MIS-60 (29 އޮގަސްޓް 2010) ސިޓީ މެރީޑިއަމް
ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާކަމާއި، އެސިޓީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް
ލިބިފައިވާކަން އެނގެން އޮންނަކަމާއި،
އެހެން ކަމުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ
އޯގަނައިޒޭޝަން ޕލކ. (އެސްޓީއޯ) އާއި ދެމެދު އެސްޓީއޯ އިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް
ލިމިޓެޑަށް ކްރެޑިޓަށް މުދާ ދޫކުރުމާ ބެހޭ ގޮތުން 31 މާރޗް 2010 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމަށް
ބަދަލު ގެނެވިފައިވަނީ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އުސޫލާ ޚިލާފަށް ކަމަށް ބެލެވެން ނެތްކަން
އެނގެއެވެ.
ccc
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/281
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1441 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ
ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސްޓީއޯ) އާއި
ދެމެދު އެސްޓީއޯ އިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ކްރެޑިޓަށް މުދާ ދޫކުރުމާ ބެހޭ ގޮތުން
31 މާރޗް 2010 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމަށް އެސްޓީއޯގެ ފަރާތުން ބަދަލު ގެނެސްފައިވަނީ އެ
އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ އުސޫލާ ޚިލާފަށް ކަމަށް ބެލެވެން ނެތަތީ،
ނަންބަރު 2010/Cv-C/1441 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ
ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
4 6 8 2
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv