ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/09 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-SH/09
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 09/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
ރަޖިސްޓްރީ ނަންބަރ: 2005/01
އެޑްރެސް: ގ. ބެމްބޫ
އެޑްރެސް: ޝަރާޝާ
ތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން
• ހުށަހެޅުނު ތާރީޚް: 21 ފެބުރުއަރީ 2011
* ނިމުނު ތާރީޚް: 17 މާޗް 2011
ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/09
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނެތައް
• ދަޢުވާގެ ޚުލާޞާ
މިއީ، ލޯކަލް ކައުންސިލް އިންޚާބު 2011ގެ އއ.މަތިވެރި ރަށުކައުންސިލަށާއި އއ.މަތިވެރި
ދާއިރާގެ އަތޮޅު ކައުންސިލަށް ވޯޓުލުމަށްޓަކައި އއ. މަތިވެރި ސްކޫލު ހޯލުގައި ބަހައްޓާފައިވާ ވޯޓުފޮށި
ނަންބަރު U01.04.1 އަށް ވޯޓުލައި ނިމުމުން ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އިޢުލާންކުރުމުގެ ކަންތައްތަ
މިވޯޓުފޮށި ބަހައްޓާފައިހުރި މަރުކަޒުގައި އިލެކްޝަންސްގެ އޮފިޝަލުން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު
އަސާސީގެ 171 ވަނަ މާއްދާގެ (ނ) އާއި އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު (ޤާނޫނު ނަންބަރު
11/2008) ގެ 55ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަމަށްބުނެ، ބުނެވިދިޔަ ވޯޓުފޮއްޓަށް ލާފައިވާ ވޯޓު
އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޢަމުރުކޮށް ދެއްވުމަށާއި މައްސަލަ ވަކިގޮތަކަށް
ނިމެންދެން މަތިވެރި ރަށު ކައުންސިލްގައި މަތިވެރި ދާއިރާގެ އަތޮޅު ކައުންސިލްގެ ދާއިމީ
ނަތީޖާ އިޢުލާނު ކުރުން ފަސްކޮށް ދިނުމަށް އިލެކްޝަންސްކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
ދައުވާގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝަރީއަތަށް ދީފައިވާ ބަޔާނަށާއި،
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިއުންތަކަށާއި ދައުވާކުރާ ފަރާތުން
ޝަރީޢަތަށް ޙާޟިރުކުރި ހެކިންގެ ބަހަށާއި މައްސަލައާއި ގުޅޭގޮތުން ޝަރީއަތުގައި ދެކެވިފައިވާ ވާހަކަތަކަށް
ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) އއ. މަތިވެރި ދާއިރާގެ ރަށު ކައުންސިލަށާއި އއ.މަތިވެރި ދާއިރާގެ އަތޮޅު ކައުންސިލަށް
ވޯޓުލުމަށްޓަކައި އއ.މަތިވެރި ސްކޫލުގައި ބަހައްޓާފައިހުރި ނަންބަރު U01.04.1 ވޯޓުފޮށީގެ
ކަންހިނގާދިޔަގޮތުގެ ރިޕޯޓަށް ބަލާއިރު ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ދިޔައިރު އެކަންހިނގާ ގޮތް
ބެލުމަށް އެތަނުގައި 2 އޮބްޒާވަރުންނާއި 10 ކެނޑިޑޭޓުންނާއި 5 ކެނޑިޑޭޓުންގެ މަންދޫބުން ތިބިކަމަށް
އެރިޕޯޓުގެ 11ވަނަ ނަންބަރުގައި ލިޔެފައިވާކަން އެނގެންއޮންނަކަން.
(ނ) ދައުވާކުރާފަރާތުން ދައުވާ ބިނާކޮށްފައިވާ ޤާނޫނީ ނައްޞާށް ބަލާއިރު ޤާނޫނު އަސާސީގެ
171 ވަނަ މާއްދާގެ (ށ) އާއި އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008 ) ގެ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2011/HC-I-SH/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަމަ
27
55ވަނަ މާއްދާގެ (ނ) އަށް ހަވާލާދީފައިވާ ކަމާއި ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ (ނ) ގައި ވަނީ
"ކޮންމެ ވޯޓެއްނަގައި ނިމުމާއިއެކު ކޮންމެ މަރުކަޒެއްގައިމެ، އިލެކްޝަންސް ކޮމިޝަނުން އެމަރުކަޒެއް
ޙަވާލުކޮށްފައިވާ މީހަކު، ކުރިމަތިލި ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަނޑައަޅާ މީހުން
އެބައެއްގެ ޙާޟިރުގައި އަދި އެވޯޓެއް ގުނުމުގެ ކަންތައްތައް ބެލުމަށް ޤާނޫނު ހުއްދަކުރާ އެނޫންވެސް ބައެއްގެ
ޙާޟިރުގައި އެމަރުކަޒެއްގެ ވޯޓު ގުނައި، ކޮންމެ ކެނޑިޑޭޓަކަށް އެމަރުކަޒުން ލިބުނު ވޯޓުގެ އަދަދު ނުވަތަ
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ހުށަހެޅިފައިވާ ސުވާލަށް ލިބިފައިވާ ވޯޓުގެ ޢަދަދު ލިޔެ
ބަލަހައްޓައި، އެމަރުކަޒެއްގައި ނެގުނު ވޯޓުގެ ނަތީޖާ އެމަރުކަޒެއްގައި އިޢުލާން ކުރަން ވާނެއެވެ." މިފަދައިން
ކަމާއި، މިމާއްދާގައިވާ ގޮތާއި ޚިލާފަށް ހިނގާފައިވާކަމެއް ދަޢުވާކުރާ ފަރާތުން ދެއްކި ވާހަކައާއި ހުށަހެޅި
ހެކިންގެ ބަހުން އެނގެން ނެތްކަން ފާހަގަކުރެވޭކަން.
(ނ) އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 55 ވަނަ މާއްދާގެ
(ނ) އަށް ބަލާއިރު އެމާއްދާގައި ބުނެފައިވަނީ ވޯޓު ގުނުމަށްޓަކައި ވޯޓު ފޮށި ހުޅުވައި ވޯޓުތައް ބަލައި ވޯޓު
ގުނައި، އަދަދުކޮށް ނަތީޖާ ހޯދައި ނަތީޖާ އިޢުލާންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވޯޓުލާ މަރުކަޒެއްގައި
އެކަން ކުރާ ތަން ރަނގަޅަށް އަދި ވީހާވެސް ގާތުން ފެންނަ ތަނެއްގައި ތިބެގެން އެމަރުކަޒުގައި ކަންހިނގާ
ގޮތް ބެލުމުގެ ފުރުޞަތު ކެނޑިޑޭޓުންނަށާއި ކެނޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނަށާއި
ކެނޑިޑޭޓުންގެ މަންދޫބުންނަށާއި، އިންތިޚާބުގެ އޮބްޒާވަރުންނަށާއި އިންތިޚާބު މޮނިޓަރ ކުރުމަށް
އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކޮށްފައިވާ މީހުންނަށް ލިބިގެންވެއެވެ." މިފަދައިންކަން އެނގޭކަމާއި،
ވޯޓްލީ މަރުކަޒުގައި ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ދިޔައިރު އޮބްޒާވަރުންނާއި ކެނޑިޑޭޓުންނާއި
ކެނޑިޑޭޓުންގެ މަންދޫބުން ތިބިކަމާއި، ނަމަވެސް ދަޢުވާކުރާ ފަރާތުގެ ޝަކުވާ މައިގަނޑު ގޮތެއްގައި
ބިނާކޮށްފައިވަނީ އެކަންކުރާތަން ރަގަޅަށް ވީހާވެސް ގާތުން ފެންނަ ތަނެއްގައި ތިބެގެން ކަންހިނގާ ގޮތް
ބެލުމުގެ ފުރުޞަތު އިސްވެ ބަޔާން ކުރެވުނު މާއްދާއިން ލިބެންޖެހޭނެ ކަމަށް އޮތްއިރު އެ ފުރުސަތު
ލިބިފައިނުވާ ކަމުގެ މައްޗަށްކަން އެނގެން އޮންނަކަން ފާހަގަ ކުރެވެއެވެ.
(ރ) ދަޢުވަކުރާ ފަރާތުން ދައުވާކުރާ ސަބަބު ބަޔާންކޮށްފައިވާ ދަޢުވާ ބިނާކުރާ ޤާނޫނީ
ނައްޞުގައި ބަޔާންކޮށްފައިވަނީ އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައިވާ ފަދައިން ކަމަށް ވުމުން ވޯޓު
މަރުކަޒުގައި ވޯޓު ގުނުމުގެ ކަންތައް ހިނގާ ދިޔަ ގޮތާއި މެދު ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންގެ ބަޔާނަށް
0x32
4 22
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/09
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބަލާއިރު އއ. މަތިވެރި ޒަމާނީކުލަ { ނަދީމާ މޫސާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ހެކިބަސް ދެމުން ވޯޓު ގުނަމުން ދިޔައިރު ވޯޓު ގުނަން ތިއްބެވި ބޭފުޅުންނާއި އޮބްޒާވަރުންނާއި ކެނޑިޑޭޓުން
ތިބީ ގާތްގަޑަކަށް ލަފާ ކުރެވޭގޮތުގައި 4 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި މޭޒު ހުރީ އެދެމެދުގައި ކަމަށާއި،
ނަމަވެސް ވޯޓު ގުނަމުން ދިޔަ ތަނެއް އެބޭފުޅުންނަށް ނުފެންނާނެ ކަމަށާއި، އެފަރާތުން ތިޔަ ވޯޓު ސާފެއް
ނުވެއޭ ނޫނީ ތީގައި އޮތް ފާހަގައެއް ނޭނގެއޭ ބުނެފިނަމަ ވޯޓު ކަރުދާސްކޮޅު ދައްކަނީ ކަމަށާއި ވޯޓު
ގުނަމުން ދިޔައިރު ދައްކަނީ ހަމައެކަނި ބާޠިލް ވޯޓުކަމަށާއި ވޯޓު ގުނުމަށްފަހު އަލުން ޗެކްކުރިއިރު ގޯސް
ހެދިފައިހުރި ކަންކަން ރަނގަޅު ކުރިކަމަށާއި ގަލަން ބޭނުން ކޮށްގެން ނުވަތަ އެނޫން ގޮތަކަށްވެސް ވޯޓަކަށް
ބަދަލު ގެނެސްފައި ނުވާ ކަމަށާއި ވަގުތީ ނަތީޖާ އިޢުލާން ކުރުމަށްފަހު އެ ނަތީޖާއަށް ބަދަލު ގެނެވުނީ
ޝީޓު ޗެކްކުރަމުން ދިޔައިރު ގަލަމުން އަދަދު ޖަހާފައިވާ ގޮތާއި ފަންސުރުން ޢަދަދު ޖަހާފައިވާ ގޮތުގައި 2
ވޯޓުގެ ތަފާތު އިދެގެން އެކަން ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ނަދީމާ މޫސާގެ ބަޔާނުގައި
ބުނެފައިވާކަން.
(ނ) ހެކިބަސް ދީފައިވާ މަތިވެރި | އަލްގާސްވިލާ ރިޝްވާން ޢީސާގެ ބަޔާނަށް ބަލާއިރު
ރިޝްވާން ޢީސާ އަކީ ކެނޑިޑޭޓެއް ކަމަށާއި ވޯޓު ގުނަން ތިބި އޮފިޝަލުންނާއި ކެނޑިޑޭޓުންނާއި
އޮބްޒާވަރުންނާއި ދެމެދު ގާތްގަޑަކަށް 5 ފޫޓު ހުންނާނެ ކަމަށާއި، ވޯޓު ކަރުދާހުގައި ޖަހާފައިވާ ފާހަގަ އެހާ
ސާފުކޮށް ނުފެންނަ ކަމަށާއި، ނުފެންނަ ވާހަކަ ބުނުމުން ބާޠިލް ވޯޓު ދައްކަމުން ދާ ކަމަށާއި، ނުފެނެއޭ
ބުނުމުން ރަގަޅަށް ރީއްޗަށް އަލިވާ ގޮތަށް ދައްކާ ކަމަށާއި، ވޯޓަށް އެއްވެސް ބަދަލެއް ގެނައިކަމެއް
ނޭނގޭކަމަށާއި، ގުނުމުގެ ތެރޭގައި ބާޠިލް ވޯޓެއް ޞައްޙަ ވޯޓެއްގެ ގޮތުގައި ހިމަނައިގެން ގުނާފައިވާ ކަމެއް
ސާފުވެފައިނެތް ކަމަށާއި، އެކަމެއް ފާހަގަ ކުރެވިގެން އެއްވެސް ކެނޑިޑޭޓަކު އެތާނގައި އެވާހަކަ ދައްކައި
އެމައްސަލަ ދިމާވިކަމެއް އެނގިފައި ނުވާކަމަށް ބުނެފައިވާކަން.
(ޅ) ނަދީމާ މޫސާ އަކީ ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވާއިރު ވޯޓު ގުނަމުން ދިޔަތަނެއް
ކެނޑިޑޭޓުންނަށް ނުވަތަ އޮބްޒާވަރުންނަށް ނުފެންނާނެ ކަމަށް ބުނެފައިވާއިރު ކެނޑިޑޭޓުންނާއި އޮބްޒާވަރުން
ތިބޭ ފަޅީގައި ހެކިބަސް ދީފައިވާ ރިޝްވާން ޢީސާ ކެނޑިޑޭޓެއްގެ ގޮތުގައި އެކަން ހިނގާދިޔަ ގޮތް ބަޔާން
ކޮށްފައިވާ ގޮތުން ނަދީމާ މޫސާގެ އެބުނުމަކީ ޙަޤީޤަތެއްކަމަށް ނުބެލެވޭ ކަމާއި، ނަދީމާ މޫސާ ވޯޓު ގުނަމުން
ދިޔަ އޮފިޝަލުންނާއި އެކު މޭޒުގެ އެއްފަރާތުގައި އިންއިރު 4 ފޫޓް ނުވަތަ 5 ފޫޓު ދުރުގައި
:447
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2011/HC-I-SH/09
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކެނޑިޑޭޓުންނާއި އޮބްޒާވަރުން އެކަން ބަލަމުން ދިޔަގޮތް ރިޝްވާން ޢީސާގެ ހެކި ބަހުގައި ބުނެދީފައިވާ
ގޮތާއި ޚިލާފަށް އެމަޤާމުގައި ނެތް މީހަކަށް އަނެއް ފަޅީގައި ހުރެގެން ވޯޓު ގުނާތަނެއް ނުފެންނާނެކަމަށް
ބުނުމުގެ ޖާގައެއް ނޮއޮންނާނެކަން ބުއްދީގެ ހަމައިން ބަލާއިރުވެސް އެނގެން އޮންނަކަން.
(ކ) ވޯޓު ފޮށި ނަންބަރު U01.04.1 ވޯޓު ފޮށީގެ ވޯޓު ގުނަމުން ދިޔައިރު އެކަން ވީހާވެސް
ގާތުން ބެލުމުގެ ފުރުޞަތު ނެތްކަމަށް ބުނެ ދަޢުވާކުރާ ފަރާތުން ދައްކާފައިވާ ވާހަކައާއި ކަން ހިނގާފައިވާ
ގޮތާއި ތަފާތު ކަމާއި، މިވޯޓު ފޮށީގެ ވޯޓު ގުނުމުގެ ކަންތައް ހިނގިއިރު ހިނގާފައިވާ ކަންތަކެއްކަމަށް
ބުނެފައިވާ ވާހަކަތަކަކީ، ވޯޓު ގުނުމުގެ ކަންތައްތައް ހިނގަމުންދާއިރު އަދި ގުނުމަށްފަހު ޗެކް ކުރަމުންދާއިރު،
ދިމާވުން އެކަށީގެންވާ ކަންތަކެއްކަމާއި، އެއީ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާއިދަކާއި ޙަވާލާދީ ދަޢުވާކުރާ
ފަރާތުން ހުށަހަޅާފައިވާ ކަންތައްތަކެއް ނޫންކަމާއި އެއީ ވޯޓު އަލުން ގުނަންޖެހޭ ފަދަ އެކަށީގެންވާ
ސަބަބުތަކެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަން.
0 C
• ޙުކުމް:
އއ
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންތައްތައް ބަޔާން ކުރެވިދިޔަ ގޮތުގެ މަތިން ހުރުމުން ލޯކަލް
ކައުންސިލް އިންތިޚާބު 2011 ގެ މަތިވެރި ރަށުކައުންސިލަށާއި މަތިވެރި ދާއިރާގެ އަތޮޅު
ކައުންސިލަށް ވޯޓުލުމަށްޓަކައި މަތިވެރި ސްކޫލުގައި ބަހައްޓާފައިހުރި ނަންބަރު U01.04.1 ވޯޓު
ފޮއްޓަށް ވޯޓުލައި ނިމުމުން ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އިޢުލާން ކުރުމުގެ ކަންތައްތައް ވޯޓުލާ މަރުކަޒުގައި
އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނު އަސާސީގެ 171 ވަނަ މާއްދާގެ
(ށ) އާއި އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނު (ޤާނޫނު ނަންބަރު 11/2008) ގެ 55 ވަނަ މާއްދާގެ (ނ)
އާއި ޚިލާފަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ފަރާތުން ހުށަހެޅި މިޤަޟިއްޔާގައި ޤާނޫނާއި
ނުވަތަ ޤަވާއިދާއި ޚިލާފަށް ހިނގާފައިވާކަމެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ، ބުނެވިދިޔަ ވޯޓު
ފޮއްޓަށްލާފައިވާ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv