ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/66 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/66
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
A
ގެއިން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
، ޤަޟިއްޔާ ނަންބަރ: 66/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: ފަހީމް އިސްމާޢީލް
އައިޑީ ކާޑު ނަންބަރު: A032871
ދާއިމީ އެޑްރެސް: މ.މ.ދ ދަފްތަރު 1638/މާލެ
މިހާރުގެ އެޑްރެސް: ހ.ވީނަސްލައިން/މާލެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:
މިހާރުގެ އެޑްރެސް:
* ނިމުނު ތާރީޚް: 13 މުޙައްރަމް 1433
• ރަޖިސްޓްރީ ތާރީޚް: 30 ރަބީޢުލްއާޚިރު 1432
04 އެޕްރީލް 2011
27 ނޮވެމްބަރ 2012
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު 2010/MC/113
ނިންމެވި ފަރާތް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 17.01.2012
ނިމުނު ތާރީޚް: 28.04.2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުއްރައޫ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2011/HC-A/66
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށްބުނެ މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު ނަންބަރު 1638 ފަހީމާ
އިސްމާޢީލްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް) އެވެ.
2 ގެ
4 22
• ފާހަގަކުރެވުނު ނުކުތާތައް
1) އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާގައި ދަފްތަރު
ނަންބަރު 1638 ފަހީމާ އިސްމާޢީލް ދިވެހިރާއްޖޭގެ ހައިކޯޓުގައި އަދާކުރަމުންދިޔަ ސެކްރެޓެރީ ގްރޭޑް
ވަޒީފާއިން ޞައްޙަ ސަބަބެއްނެތި 12 ޖޫން 2007 ގައި ވަކިކޮށްފައިވުމުން މިމައްސަލަ ޝަރީޢަތުން ބައްލަވައި
ފަހީމާ އިސްމާޢީލް އަދާކުރަމުންދިޔަ ސަރުކާރު ވަޒީފާއާއި އެއް ފެންވަރުގެ ވަޒީފާއެއް ދިނުމަށް ދިވެހިރާއްޖޭގެ
ހައިކޯޓަށް އަމުރުކޮށްދެއްވައި 30 ޑިސެމްބަރ 2009 އާއި ހަމައަށް ވޭތުވެދިޔަ 12 އަހަރާއި 06 މަހާއި 18
ދުވަހަށް މަހަކަށް ލިބެމުންދިޔަ މުސާރައާއި އެލަވަންސްގެ ޖުމްލަ ޢަދަދު -/
3,170ރ. (ތިންހާސް އެއްސަތޭކަ
ހަތްދިހަ ރުފިޔާ) ގެ މަގުން ނުލިބިވާ -/
96,746ރ. (ނުވަދިހަ ހަހާސް ހަތްސަތޭކަ ސާޅީސް ހަ ރުފިޔާ) އާއި
އަދި މިގޮތުން ކޯޓުން މިމައްސަލައިގެ ޙުކުމް ކުރާދުވަހާއި ހަމައަށް ނުލިބިވާ ފައިސާ ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ
ހައިކޯޓުގެ މައްޗަށް ދަފްތަރު ނަންބަރު 1638، ފަހީމާ އިސްމާޢީލް، ދަޢުވާކުރުމުން މަދަނީ ކޯޓުން ބެއްލެވި
މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "...ދަފްތަރު. ނަންބަރު 1638 (ހ. ވީނަސްލައިޓް) ފަހީމާ
އިސްމާޢީލް ދިވެހިރާއްޖޭގެ ހައިކޯޓްގައި އަދާކުރަމުންދިޔަ ސެކްރެޓަރީ ގްރޭޑް 2 ގެ ވަޒީފާއިން ފަހީމާ އިސްމާޢީލް
ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓްގެ މުވައްޒަފަކަށްހުރެ ފަހީމާ އިސްމާޢީލް ރިޝްވަތުނެގި ކަމުގެ ތުހުމަތަކާ
ގުޅިގެން އޭރު ޢަމަލުކުރަމުންދިޔަ ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ޕަބްލިކް ސަރވިސް ޑިވިޜަންގެ ވަޒީފާއާއި ބެހޭ
ޤަވާޢިދުގެ 03 ވަނަބައިގެ 43 ވަނަ މާއްދާގެ ދަށުންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއިއެކު
ފަހީމާ އިސްމާޢީލް އަދާކުރަމުން ދިޔަ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެދުވަސްވަރު ޢަމަލު ކުރެވެމުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޕަބްލިކް ސަރވިސް ޑިވިޜަންގެ ވަޒީފާއާއި ބެހޭ ޤަވާޢިދާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2011/HC-A/66
ޝަރީއަތަށް ސާބިތު ނުވާތީ ފަހީމާ އިސްމާއީލް އަދާކުރަމުންދިޔަ ސަރުކާރުގެ ވަޒީފާއާއި އެއް ފެންވަރުގެ
ވަޒީފާއެއް ފަހީމާ އިސްމާއީލަށް ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްޗަށް ޝަރީޢަތުން އަމުރުކުރާނެ ތަނެއްނެތް
ކަމަށާއި، އަދި ފަހީމާ އިސްމާއީލުގެ ދަޢުވާގައި ބަދަލެއްގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/96,746ރ. (ނުވަދިހަ
ހަހާސް ހަތްސަތޭކަ ސާޅީސް ހަރުފިޔާ) ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅައި"
ޙުކުމްކުރައްވާފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2} މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާލޭ މުނިސިޕަލްޓީ ދަފްތަރު ނަންބަރު 1638 ފަހީމާ އިސްމާޢީލްގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެ
ކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފަހީމާ
• ފުރަތަމަ ނުކުތާއަކީ، މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް
އިސްމާޢީލް ސަރުކާރުގެ ވަޒީފާއިން ވަކިކުރި ވަކިކުރުމެ
ރުމެއްކަމަށް ބެލެވެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ގަވާއިދުގެ 41 ވަނަ މާއްދާގައި
ބުނާ ނަސޭހަތެއް، ޖޫރިމަނާއެއް އަދި ވަޒީފާއިން ވަކިވެދާނެކަމުގެ އިންޒާރެއްފަދަ އެއްވެސް ފިޔަވަޅެއް ވަޒީފާއިން
ވަކިކުރުމުގެ ކުރިން ދީފައިވާކަމުގެ
.ގެ އެއްވެސް ހެއްކެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
• ތިންވަނަ ނުކުތާއަކީ، ފަހީމާ އިސްމާޢީލް ވައްކަމެއް އަދި ޚިޔާނާތެއްވެސް ކޮށްފައިނުވާހިނދު،
އަދި ތަނުގެ މަސްލަޙަތު ގެއްލޭފަދަ އެއްވެސްކަމެއް ކުރި މީހަކަށް ނުވާހިނދު އަދާކުރަމުންއައި ވަޒީފާއިން ޞައްޙަ
ސަބަބެއްނެތި ވަކިކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
• ހަތަރުވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގައި މުވައްޒަފަކަށް ހުއްޓަސް
ރައްޓެހިން، ރަޙުމަތްތެރިން އަދި ގާތް މީހުންގެ މަދަދާއި އެހީއަށް އެދުމަކީ މަނާކަމެއްކަމަށް ނުވާއިރު އެފަދަ
ޙާލެއްގައި އެފަދަކަމަކަށް އެދުމަކީ ރިޝްވަތެއްކަމުގައި ބެއްލެވުމަކީ އިންސާފުވެރި ހަމަތަކާ އެއްގޮތްކަމެއް
ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2011/HC-A/66
• ފަސްވަނަ ނުކުތާއަކީ، ފަހީމާ އިސްމާޢީލް ވަޒީފާއިން ވަކިކުރުމަށް އޭރު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ހިންގުމާ ޙަވާލުވެހުރި މީހާ ރާވައިގެން މައްސަލައެއް އުފައްދައިގެން ތަޙުޤީޤުކުރަން ފޮނުވި ފޮނުވުން
ޝަރީޢަތަށް ސާބިތުވާފަދަ ހެކިތަކެއްނެތްކަމަށް ވިދާޅުވެ އެހިނދު އެމައްސަލަ އަނބުރާ ހައިކޯޓަށް
ފޮނުއްވާފައިވުމުންނާއި އަދި ފަހީމާ އިސްމާޢީލްގެ މައްޗަށް އެއްވެސް ކުށެއް އެފަދައަކުން އިނގިލި ދިއްކުރެވޭފަދަ
ގޮތަކަށް ތުހުމަތުކުރެވޭފަދައަކުން ޙުކުމެއް ކުރައްވާފައިނުވާއިރު ފަހީމާ އިސްމާޢީލް މައުސޫމެއްކަމުގައިވުމުން ފަހީމާ
އިސްމާޢީލް ވަޒީފާއިން ވަކިކުރި ވަކިކުރުން އެއީ ޤާނޫނާ ޚިލާފަށް ފަހީމާ އިސްމާޢީލްއަށް ދިން ކެއްސެއްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
0
ފަހަކައެއް
8
ހެއްކެއް
ހަވަނަ ނުކުތާއަކީ، މީހަކު މީހެއްގެ މައްޗަށް ރިޝްވަތުގެ ތުހުމަތު އަޅުވާނަމަވެސް ވާހަ
.ކިނަމަވެސް އެކަން ތަޙުޤީޤުކޮށް ބެލިހިނދު އެފަދަ ކަމެއް ސާބިތުވާފަދަ ތަޙުޤީޤަށްވެސް
ލިބިފައިނުވުމުން ވަޒީފާއިން ވަކިކުރުމުގެ ޢަމަލު ފަހިކުރި ފަރާތަކީ އަނިޔާވެރި ފަރާތެއްނޫންކަމަށް ބަލަންނުޖެހޭ
އެއްވެސް ސަބަބެއް ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތްވަނަ ނުކުތާއަކީ، ފަހީމާ އިސްމާޢީލްގެ މައްޗަށް ރިޝްވަތުގެ ތުހުމަތު އެޅުވޭފަދަ ހެއްކެއް
ނުލިބުނު މައްސަލައެއް ޝަރީޢަތަށް ނުފޮނުވިވާ ޙާލު ޝަރުޢީ ކޯޓަކުން އެމައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅާނެ
ގޮތެއް ނޯންނަ ހިނދު އެޢަމަލުގެ މައްޗަށް ކުރެވުނު ތުހުމަތުން ފަހީމާ އިސްމާޢީލް ބަރީޢަވެގެން ނުވާކަމަށް
ކަނޑައެޅި ކަނޑައެޅުމަކީ ޝަރުއީ އަސާސެއްނެތް ކަނޑައެޅުމެއްކަމަށް ބެލެވެން އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ
3} މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލައިގެ ބޭއްވުނު އަޑުއެހުމުގައި
އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިޖްރާއީ ނުކުތާއެއް ހުށަހެޅުނުކަމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ފާހަގަކޮށްފައިވާ އިޖްރާއީ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާއަކީ ޓީމުގެ ފައި
އިސްމާޢީލް ދިވެހިރާއްޖޭގެ ހައިކޯޓުގެ ސެކްރެޓަރީ ގްރޭޑް 2 ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2011/HC-A/66
ދިވެހިރާއްޖޭގެ ހައިކޯޓުން ފަހީމާ އިސްމާޢީލް އެ ވަޒީފާއިން ވަކިކުރި މައްސަލަކަމަށް ވީހިނދު، އަދި އެ
މައްސަލައަކީ 7 އޯގަސްޓް 2008 ގައި ޢަމަލުކުރަންފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ކުރިން
ހިނގާފައިވާ މައްސަލައެއްކަމަށް ވީނަމަވެސް، އެމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސްލަޙަތުއޮތް
މައްސަލައެއްކަމަށާއި، އެހެންކަމުން، ފަހީމާ އިސްމާޢީލް އިސްތިއުނާފުކުރާ މަދަނީ ކޯޓުގެ ނަންބަރު
2010/MC/113 ޤަޟިއްޔާގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ނުބެލޭނެކަމަށް ބުނެ ފާހަގަކުރި ނުކުތާކަމާއި،
އިސްވެ ފާހަގަކުރެވުނު އިޖްރާއީ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަބެލި
ފަނޑިޔާރުން ރިޢާޔަތްކުރިއިރު، މިހާރު ބަލަމުންދާ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަހީމާ އިސްމާޢީލްގެ
ފަރާތުން ހުށަހަޅާފައިވަނީ 23 ޖޫން 2010 ގައިކަމާއި، 7 އޯގަސްޓް 2008 ގައި ޢަމަލުކުރަންފެށި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރުމުގެ ޙައްޤަކީ
މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވާކަމާއި،
ފަހީމާ އިސްމާޢީލް ދިވެހިރާއްޖޭގެ ހައިކޯޓުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރި
ވަކިކުރުމަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އިދާރީ ނިންމުމެއްކަން އެނގޭކަމާއި، މިހާރު ހުށަހެޅިފައިވާ
މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމާނީ ޝަރުޢީ ނިންމުމެއްކަމަށް ވީހިނދު،
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ ފަހީމް އިސްމާޢީލްކަން ފާހަގަކުރެވޭކަމާއި،
އަދި ފަހީމާ އިސްމާޢީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމުގައި މަސްލަޙަތު ފުށުއަރާކަމެއް
އޮތްކަމަކަށް ފާހަގަކޮށްފައިނުވާކަމާއި، މިމައްސަލައިގެ ޙާދިސާ ހިނގިއިރު ފަހީމާ އިސްމާޢީލް ދިވެހިރާއްޖޭގެ
ހައިކޯޓުގައި ވަޒީފާ އަދާކުރަމުން ދިޔަދިއުމުގެ ސަބަބުން، މިހާރު ދިވެހިރާއްޖޭގެ ހައިކޯޓަށް ފަހީމާ އިސްމާޢީލްގެ
ފަރާތުން ހުށަހަޅާފައިވާ މައްސަލަ މިކޯޓަށް ނުބެލޭންވީ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް އެޓަރނީ
ޖެނެރަލްގެ އޮފީހަށް ދެއްކިފައިނުވާކަމެވެ.
(ނ) ދެވަނަ ކަމަކީ، 16 ޖޫން 2005 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2005
/
52/95N ނޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިއޮތް
މައްސަލައެއްގެ ޚަސްމެއް، އެ ޚަސްމުގެ ޤާނޫނީ ވަކީލު މެދުވެރިކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ބައެއް
މުވައްޒަފުންނަށް ރިޝްވަތު ދީފައިވާކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލައިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިންގެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/66
އެދިފައިވާކަން އެނގެން އޮންނަކަމާއި، އަދި ރިޝްވަތުހިފިކަމަށް ތުހުމަތު ކުރެވުނު މުވައްޒަފުންތަކުގެ ތެރޭގައި
ފަހީމާ އިސްމާޢީލްވެސް ހިމެނިފައިވާކަން އެނގޭކަމާއި،
އެއަށްފަހު 22 މެއި 2006 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 2006
/
19/N-95 ނޯޓުގައި ފަހީމާ އިސްމާޢީލްއަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް 2005 ވަނަ އަހަރު
ހުށަހެޅުނު މައްސަލައެއް އަވަސްކޮށްދޭނެކަމަށްބުނެ، ރިޝްވަތުގެ ގޮތުގައި -/1,000ރ. (އެއްހާސް ރުފިޔާ)
އަތުލާފައިވާ މީހެއްކަމަށް ބުނެ، މިމައްސަލަ ޖެހުނު ފަހުން ފަހީމާ އިސްމާޢީލްއަށް ނަސޭޙަތްދީގެންވެސް އޭނާ
އިސްލާޙުވެފައިނުވާކަމަށާއި، ސާބިތު ނުހިފޭގޮތަށް ފަހީމާ އިސްމާޢީލް ރިޝްވަތު ހިފާކަމަށް ގިނަ ފަރާތްތަކަކުން
ޚަބަރު ލިބެމުންދާކަމަށާއި، އެހެންކަމުން ހައިކޯޓުގެ ރީތިނަން ހުތުރުކުރާ އެއްވެސް މުވައްޒަފަކު ބަހައްޓަން
ބޭނުންނުވާކަމަށް އެ ބޯޓުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަންގެ ނަންބަރު 2007/1795(2)
(11 ޖޫން 2007) ގެ "ވަޒީފާއިން ވަކިކުރެއްވި ޗިޓް" ގައި ފަހީމާ އިސްމާޢީލް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ސެކްރެޓަރީ ގްރޭޑް 2 ގެ މަޤާމުން 11 ޖޫން 2007 އިން ފެށިގެން ވަޒީފާއިން ވަކިކުރިކަމަށް ބުނާ ސަބަބަކީ،
ފަހީމާ އިސްމާޢީލްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ރިޝްވަތުގެ މައްސަލައެއް ބަލަމުންދާތީ، ފަހީމާ އިސްމާޢީލް
ވަޒީފާގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބޭނުންނުވާތީކަމަށާއި އަދި އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ
ހައިކޯޓުން ރައީސުލްޖުމްހޫރި އޮފީހަށް ފޮނުވާފައިވާ ނަންބަރު 2006
/
19/N-95 ނޯޓަށް ޙަވާލާދީފައިވާކަން
ފާހަގަކުރެވޭކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާގައި ފަހީމާ އިސްމާޢީލް ދިވެހިރާއްޖޭގެ
ހައިކޯޓުގައި އަދާކުރަމުންދިޔަ ސެކްރެޓަރީ ގްރޭޑް 2 ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ފަހީމާ އިސްމާޢީލް
ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފަކަށްވެހުރެ، ރިޝްވަތުނެގި ކަމުގެ ތުހުމަތަކާ ގުޅިގެން އޭރު ޢަމަލުކުރަމުންދިޔަ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕަބްލިކް ސަރވިސް ޑިވިޜަންގެ ވަޒީފާއާ ބެހޭ ގަވާއިދު ("މުވައްޒަފުންގެ
ކަންތައްތައް ހިންގުމުގެ ގަވާއިދު") ގެ 03 ވަނަބައިގެ 43 ވަނަ މާއްދާގެ ދަށުންކަމަށް އިސްވެ ބުނެވުނު
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕަބްލިކް ސަރވިސް ޑިވިޜަންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ 03
ވަނަބައިގެ 43 ވަނަ މާއްދާގައި، ޢާންމު އުޞޫލެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމަކީ އިސްލާޙީ ފިޔަވަޅު
އަޅައިގެން ނަމަވެސް ރަނގަޅު ނުވެއްޖެނަމަ ކުރަން އޮންނަކަމެއް ކަމުގައިވިއަސް، ވައްކަން، ޚިޔާނާ،
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2011/HC-A/66
މަސްލަހަތު ގެއްލޭފަދަ ބޮޑެތި ކުށްކުރާ މުވައްޒަފުން، އެމުވައްޒަފަކު ކުރާ ކުށެއްގެ ބާވަތުން އިތުރު ފިޔަވަޅެއް
ނާޅައި ވަކިކުރަން ފެންނަނަމަ ވަޒީފާއިން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް
ޑިވިޜަނަށް ހުށަހެޅިދާނެކަމަށް ބަޔާންކުރެވިފައި އޮންނަކަމާއި،
އިސްވެ ބުނެވުނު ގަވާއިދުގެ 03 ވަނަބައިގެ 41 ވަނަ މާއްދާގައި މުވައްޒަފުންކުރާ ކުށްތަކަށް
އިސްލާޙީ ފިޔަވަޅެއްގެ ގޮތުގައި ޢާންމުކޮށް ދެވޭ 3 އަދަބެއް އޮންނަކަމަށާއި، އެއީ ނަސޭޙަތް ދިނުން،
ޖޫރިމަނާކުރުން، އަދި ވަޒީފާއިން ވަކިވެދާނެކަމަށް އިންޒާރު ދިނުންކަމަށް ބަޔާންކުރެވިފައިވާކަމާއި،
ފަހީމާ އިސްމާޢީލްގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން އިސްވެ ބުނެވުނު ގަވާއިދުގެ 03 ވަނަބައިގެ 41 ވަނަ
މާއްދާގައި ބުނާ ނަސޭޙަތެ
ޙަތެއް، ޖޫރިމަނާއެއް އަދި ވަޒީފާއިން ވަކިވެދާނެކަމުގެ އިންޒާރެއްފަދަ އެއްވެސް ފިޔަވަޅެއް
ވަޒީފާއިން ވަކިކުރުމުގެ ކުރިން ދީފައިވާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ބުނިކަމުގައި ވީނަމަވެސް،
މަދަނީ ކޯޓުގެ ނަންބަރު 2010/MC/113 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ފަހީމާ
އިސްމާޢީލް ވަޒީފާއިން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕަބްލިކް ސަރވިސް ޑިވިޜަންގެ
ވަޒީފާއާބެހޭ ގަވާއިދުގެ 03 ވަނަ ބައިގެ 43 ވަނަ މާއްދާގެ ދަށުންކަން އެނގޭކަމާއި، އަދި 43 ވަނަ މާއްދާގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ، އެ ގަވާއިދުގެ 41 ވަނަ މާއްދާގައި
އުޞޫލަށް
ޢަމަލުކުރަންނުޖެހޭކަން 43 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްވެ ބުނެވުނު ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުން ޢަމަލުކުރެވޭނެ ޙާލަތެއް
ބަޔާންކޮށްފައިވާކަން އެނގެންއޮންނަކަމާއި، އެއީ މުވައްޒަފަކު ވައްކަންކޮށްފިނަމަ، ނުވަތަ ޚިޔާނާތްތެރިވެއްޖެނަމަ،
ނުވަތަ ތަނުގެ މަސްލަޙަތު ގެއްލޭފަދަ ބޮޑު ކުށެއްކޮށްފިނަމަ، އެމާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވިދާނެކަމާއި،
ފަހީމާ އިސްމާޢީލްގެ މައްސަލައަށް ބަލާއިރު، ފަހީމާ އިސްމާޢީލްގެ މައްޗަށް ރިޝްވަތުހިފުމުގެ
ތުހުމަތެއް ކޮށްފައިވާއިރު، އަދި ފަހީމާ އިސްމާޢީލްވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިއޮތް މައްސަލައެއްގެ
ޚަސްމެއް ދިން ފައިސާގައި ހިފިކަމަށް އިންކާރުނުކުރާކަން ފާހަގަކުރެވޭއިރު، މަދަނީ ކޯޓުގެ ނަންބަރު
2010/MC/113 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ 4 ގައި
ބަޔާންކުރައްވާފައިވާ ފަދައިން، މިފަދަ ކަންތައްތަކަކީ ޝަރުޢީ ކޯޓެއްގައި ވަޒީފާ އަދާކުރާ ފަރާތަކާމެދު، ރިޝްވަތުގެ
ތުހުމަތެއް ކުރެވިދާނެ ކަންތައްތައްކަމާއި، ޚާއްސަކޮށް އޭރު ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަމަލުކުރެވެމުން
ބަލާއިރު، މައްސަލަތައް ތާވަލުކުރާ ސެކްރެޓަރީންނަށް މައްސަލަތައް ތާވަލުކުރުމުގައި
ޢާންމު
x
9295
ންފަޒީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8ވ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A66
އިޙްތިމާލު އޮތްކަން ފާހަގަކުރެވޭކަމާއި، ޝަރުޢީ ކޯޓެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކާމެދު ރިޝްވަތުގެ
ތުހުމަތެއް ކުރެވުމަކީ އެފަދަ ކޯޓެއްގެ ޤަދަރާއި، ކަރާމާތާއި، އިތުބާރު ގެއްލި ކޯޓުތަކާމެދު މީސްތަކުންގެ ހިތުގައި
ޝައްކު އުފެދި އަދި އެތަނުގެ މަސްލަޙަތު ގެއްލޭފަދަ ކަމެއްކަމަށް ވީހިނދު، އެފަދަ ކަމަކާމެދު ތުހުމަތު ކުރެވި އެ
ތުހުމަތުގެ މައްޗަށް ބާރުލިބޭ ޤަރީނާތަކެއް ލިބިފައިވާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ޢަމަލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕަބްލިކް ސަރވިސް ޑިވިޜަންގެ ވަޒީފާއާ ބެހޭ
ގަވާއިދުގެ 03 ވަނަބައިގެ 43 ވަނަ މާއްދާގައި ބަޔާންކުރާ އެއް ޙާލަތުކަމުގައިވާ، ތަނުގެ މަސްލަޙަތު ގެއްލޭފަދަ
އެމުވައްޒަފުގެ ފަރާތުން ފެނިގެންކަމަށް މަދަނީކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއްނެތްކަމެވެ.
ބޮޑު
ކުނެ
(ނ) ތިންވަނަ ކަމަކީ، ފަހީމާ އިސްމާޢީލް ވައްކަމެއް އަދި ޚިޔާނާތެއްވެސް ކޮށްފައިނުވާހިނދު،
އަދި ތަނުގެ މަސްލަޙަތު ގެއްލޭފަދަ އެއްވެސްކަމެއް ކުރި މީހަކަށް ނުވާހިނދު އަދާކުރަމުންއައި ވަޒީފާއިން ޞައްޙަ
ސަބަބެއްނެތި ވަކިކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި
ފަނޑިޔާރުން ރިޢާޔަތް ކުރިއިރު،
ޖިނާއީ މައްސަލަތައް ޝަރީޢަތަށް ސާބިތުކުރުމަށް އޮންނަ މިންގަނޑާއި، މީހެއްގެ މައްޗަށް އިދާރީ
ފިޔަވަޅެއް އެޅުމަށްޓަކައި ކަމެއް ސާބިތުވީ ކަމަށް ކަނޑައަޅާ މިންގަނޑުގައި ތަފާތެއް
ތެއްވާކަމާއި، ޖިނާއީ
މައްސަލަތަކުގެ ތެރެއިން ޙައްދުގެ މައްސަލަތައް ފިޔަވާ ޝަރީޢަތަށް ކުށެއް ސާބިތުވިކަމަށް ބަލާ މިންގަޑަކީ
އެކަށީގެންވާ ޝައްކެއްނެތުން (beyond reasonable doubt) ކަމަށްވާއިރު، މަދަނީ އަދި އިދާރީ ފިޔަވަޅެއް
އެޅުމުގައި ކަމެއް ސާބިތުވާކަމަށް ނިންމަނީ ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު، ބޮޑަށް
ބުރަވެވޭ ގޮތެއް (balance of probabilities) ގެ މައްޗަށް ބިނާކޮށްގެންކަން އެނގޭކަމާއި، މީހަކު ޖިނާއީ
ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ވަޒީފާއިން ވަކިކުރާ ޙާލަތުގައި އޭނާގެ ތުހުމަތުކުރެވިފައިވާ
ކަމެއްގެ މައްޗަށް ދަށު ކޯޓުން ބަލަން ޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަން ސާބިތުވާން
އޮންނަ މިންގަނޑުން ކަމާއި، މިހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕަބްލިކް ސަރވިސް ޑިވިޜަންގެ
ވަޒީފާއާ ބެހޭ ގަވާއިދުގެ 03 ވަނަ ބައިގެ 43 ވަނަ މާއްދާގެ ދަށުން މީހަކު ވަޒީފާއިން ވަކި ކުރާއިރުވެސް
އެމީހެއްގެ މައްޗަށް ޖިނާއީ މައްސަލަތަކުގައި ކުށެއް ސާބިތުވާން އޮތް މިންގަނޑަށް ކުށެއް ސާބިތުވެފައިވޭތޯ
ނުވަތަ ނޫންތޯ ބަލަން ނުޖެހޭކަމާއި، މި މާއްދާގެ ދަށުން ވަޒީފާއިން ވަކި ކުރާއިރު ވެސް ވަޒީފާދޭފަރާތަށް ނިފާއްޖޭގެ
ކު&8
Duc
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2011/HC-A/66
ހދޑ 28
މައިއިe
ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ވަޒީފާ ދޭ ފަރާތަށް ފެނުނު ހަމައަކީ އެކަށީގެންވާ
ބެލެވެން ޖެހޭކަމާއި،
އެގޮތުން، ފަހީމާ އިސްމާޢީލްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގައި ފަހީމާ އިސްމާޢީލް
އެ ފައިސާގައި ހިފިކަމަށް އިންކާރު ނުކުރާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ
މައްސަލައެއްގެ ޚަސްމެއްގެ އަތުން ފައިސާ ނަގާފައިވާކަން މަދަނީ މިންގަނޑުން ސާބިތުވެފައި އޮތުމުން، އަދި
މިފަދަ ޢަމަލުތަކަކީ ޝަރުޢީ ކޯޓުތަކުގެ މުވައްޒަފުން ކުރުމުން ޢާންމުންގެ މެދުގައި ކޯޓުތަކަށް އޮތް އިތުބާރު
ގެއްލި، ކޯޓުތަކުގެ ތަޞައްވުރު ކިލަނބު ވެގެންދާނެ ކަންތައްތައްކަމާއި، އަދި ޝަރުޢީ ކޯޓެއްގައި ވަޒީފާ އަދާކުރާ
އެއްވެސް މުވައްޒަފެއްގެ ކިބައިން މިފަދަ ޢަމަލުތައް ފެނުމަކީ އެދެވިގެންވާ ކަމެއް ނޫންކަމާއި، އެހެންކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގެ ޚަސްމެއްގެ އަތުން ފަހީމާ އިސްމާޢީލް ފައިސާނެގި
މައްސަލައިގައި، ފަހީމާ އިސްމާޢީލް ކުޅަ ޢަމަލަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕަބްލިކް ސަރވިސް ޑިވިޜަންގެ
ވަޒީފާއާ ބެހޭ ގަވާއިދުގެ 03 ވަނަ ބައިގެ 43 ވަނަ މާއްދާގެ ދަށުން ތަނުގެ މަޞްލަޙަތު ގެއްލޭފަދަ ބޮޑު
ކުށެއްކޮށް ފިކަން މަދަނީ މިންގަނޑުން ސާބިތުވާކަމެއްކަމާއި، އަދި ފަހީމާ އިސްމާޢީލް އިސްވެ ބުނެވުނު
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޕަބްލިކް ސަރވިސް ޑިވިޜަންގެ ވަޒީފާއާ ބެހޭ ގަވާއިދުގެ 03 ވަނަ ބައިގެ 43
ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
ތަނެއް ނެތްކަމެވެ.
ތީ ތިމަން ކަނޑައަޅާނެ
.ރ9އކު“
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާ މަދަނީ ކޯޓުގެ ނަންބަރު
2010/MC/113 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދަފްތަރު ނަންބަރު 1638، ފަހީމާ އިސްމާޢީލްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ
ޤަޟިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv