ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/317 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/31
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 317/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢާމިރު މަންޞޫރު
ދާއިމީ އެޑްރެސް: މއ. މަލަސް / މާލެ
*އައި.ޑީ.ކާޑް ނަންބަރު: A011698
މިހާރުގެ އެޑްރެސް: މއ. މަލަސް / މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
+ ނަން: ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: ހ. ތިމާވެށި / މާލެ
*ރެޖިސްޓްރޭޝަން ނަންބަރު: 135
/
95-C
އެޑްރެސް: ފ. ތިމާވެށި / މާލެ
* ހުށަހެޅުނު ތާރީޚް: 14 ނޮވެމްބަރ 2012
ނިމުނު ތާރީޚް: 19 ފެބްރުއަރީ 2013
އިސްތިއުނާފުކުރެވުނު އަމުރު.
* ނަންބަރު: 3
/
2012
/
08-B
-
CR
* ކޯޓު: ސިވިލް ކޯޓު
ނިންމެވި ތާރީޚް: 30 ސެޕްޓެމްބަރ 2012
* ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
*
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު ޢައްބާސް ޝަރީފު
ފަނޑިޔާރު ޢަލީ ސަމީރު ޑިއްއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވޯލް، •
ދިވެހިރާއްޖެ
2
2{12/HC-A/317
ޤަޟިއްޔާ ނިމުނު
کی مری من **
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި ނެރުއްވާފައިވާ
އެކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު އިސްތިއުނާފު ކުރުމަށް މއ. މަނަސް، ޢާމިރު މަންޞޫރުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2
44
3
2 ބ
މިޤަޟިއްޔާގައި،
ދަޢުވާ ރައްދުވާ ފަރާތަކީ
ޔޮޓްޓުއާރސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
-l
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި ނެރުއްވާފައިވާ
އެކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެއަމުރު އިސްތިއުނާފު ކުރުމަށް ހއ. މަނަސް، ޢާމިރު މަންޞޫރު
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
4 2 29
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި ނެރުއްވާފައިވާ
އެކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރަށް ބެލިއިރު، އެއަމުރަކީ، ޔޮޓް ޓުއާރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލޭގެ ހުޅަނގުފަރާތުގައި ހިންގަމުން އަންނަ "ވެސްޓްޕާކް"
ރެސްޓޯރެންޓް ހުރި ބިން ކުއްޔަށް ދިނުމާއި ބެހޭ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ކުއްޔަށް ހިފާ
ފަރާތުގެ ހައިސިއްޔަތުން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ދައުވާކުރާ ފަރާތަށް ދީފައިވާ ޙައްޤު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
2012/HC-A/317
3 ޤަޟިއްޔާ ނިމުނު "
کی عمری
ފަރާތުން ނިގުޅައި ގަތުމަށް މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓުވުމަށް މިނިސްޓްރީ އޮފް
ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށާއި، މާލޭސިޓީ ކައުންސިލްގެ މައްޗަށް ޝަރީޢަތުން އަމުރު
ކޮށްދިނުމަށާއި، އެއެއްބަސްވުމުގެ 11 ވަނަމާއްދާގެ ދަށުން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް ދިނުމަށް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، ދަޢުވާލިބޭ
ފަރާތުން އެއްބަސްވުމާއި ޚިލާފަށް ޢަމަލު ކުރަމުންދާތީ އެކަމާއި ގުޅިގެން ދަޢުވާ ކުރާ ފަރާތަށް ލިބެމުންދާ
ގެއްލުންތަކަށް ބަދަލު ދިނުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް
ޝަރީޢަތުން އަމުރު ކޮށްދިނުމަށް އެދި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާއިން މިނިސްޓްރީ އޮފް ހައުސިން
އިންފްރާސްޓްރަކްޗަރގެ މައްޗަށާއި، މާލޭގެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާކޮށްފައިވާކަމާއި،
· 4
އެންޑް
22 2
ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލޭގެ ހުޅަނގުފަރާތުގައި
ހިންގަމުން އަންނަ "ވެސްޓްޕާކް" ރެސްޓޯރެންޓް ހުރިބިން ކުއްޔަށް ދިނުމާއި ބެހޭ ގޮތުން ކުރީގެ މާލޭ
މުނިސިޕަލްޓީގެ އާއި ދައުވާކުރާ ފަރާތާއި ދެމެދު 30 ޖޫން 2005 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު
އިތުރުކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށާއި، މާލޭ
ސިޓީ ކައުންސިލްގެ މައްޗަށް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކުރާ ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި ޙުކުމެއް ކުރެވެންދެން މާލޭގެ ހުޅަނގު ޕާކު
(ވެސްޓްޕާކް" ރެސްޓޯރެންޓް ހުރިބިން) ކުއްޔަށް ދޫކުރުމާއި ބެހޭގޮތުން 30 ޖޫން 2005 ގައި
ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތަށް ކުއްޔަށް ދީފައިވާ ބިން އެހެން އެއްވެސް
ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށްނަމަވެސް ނުދިނުމަށާއި، ވެސްޓްޕާކް ހުރި ރެސްޓޯރެންޓް
ހުރިބިން ކުއްޔަށް ދިނުމާއި ގުޅޭގޮތުން އެހެން ފަރާތަކާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި،
ވެސްޓްޕާކް ހުރިބިން ކުއްޔަށް ދިނުމާއި ގުޅޭގޮތުން 30 ޖޫން 2005 ގައި ސޮއިކުރެވިފައިވާ އެއްބަސްޤުންޓްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{12/HC-A/317
4 ޤަޟިއްޔާ ނިމުނު ގޮ
کی مرکی
=32
(މާލޭގެ ހުޅަނގު ޕާކް ކުއްޔަށް ދޫކުރުމާއި ކުއްޔަށް ހިފުމުގެ އެއްބަސްވުން") ބާޠިލްނުކުރުމަށާއި،
ވެސްޓްޕާކު ރެސްޓޯރެންޓް ހުރިބިން ހުސްކުރުމަށާއި، އެބިން ހަވާލުކުރުމަށް ދަޢުވާކުރާ ފަރާތަށް
ނޭނގުމަށާއި، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އެބިމުގައި ދަޢުވާކުރާ ފަރާތުން ކުރަމުންދާ ވިޔަފާރި
ހުއްޓުވާ ނުލުމަށާއި، އެވިޔަފާރި ކުރިއަށް ގެންދިއުމަށް ދަޢުވާލިބޭ ފަރާތްތަކުން ކޮށްދޭންޖެހޭ ކަންތައްތަކާއި،
ދޭންޖެހޭ ހުއްދަތަށް ދަޢުވާކުރާ ފަރާތްތަށް ދިނުމަށް ދަޢުވާލިބޭ ފަރާތްތަކަށް އަމުރުކޮށްދިނުމަށް އެދި ޔޮޓް
ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހިނދު،
ހުށަހެޅިފައިވާ ބަޔާންތަކާއި ލިއުންތަކުގެ މައްޗަށް ޝަރީޢަތުން ނަޒަރުކޮށް ވިސްނާބެލިއިރު
ޝަރީޢަތުން ވަގުތީ އަމުރެއް ނެރެމުގައި އަމަލުކުރުމަށް، ޝަރީއަތް ކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާއިދު
(6) ގެ 295 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގެ (ހ) ގައި ވަގުތީ ފިޔަވަޅެއް އެޅުމުގެ އަމުރެއް ނެރުމުގެ
ބާރު ކޯޓަށް ލިބިގެންވާ ޙާލަތްތައް ބަޔާންކޮށްފައިވާއިރު އެނަންބަރުގެ ދަށުގައިވާ 04 ވަނަ ނަންބަރާއި، 05
ވަނަ ނަންބަރުގައި "މައްސަލައިގައި ޙުކުމެއް ކުރެވޭއިރު އެޙުކުމުގެ މަޤްޞަދު ޙާޞިލްނުވެ
ހިނގައިދާނެކަމަށް ޤަބޫލު ކުރެވޭ ސަބަބު ތަކެއް ހުރެއްޖެނަމަ އެކަން ހުއްޓުވުމުގެ އަމުރެއް"
ނެރެވިދާނެކަމަށާއި، އަދި "މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ލިބިދާނެކަމަށް ޤަބޫލު ކުރެވޭ
ގެއްލުމެއް ހުއްޓުވުމުގެ އަމުރެއް" ނެރެވިދާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
މިގޮތުން މިމައްސަލައަކީ ދަޢުވަކުރާ ފަރާތާއި ކުރީގެ މާލޭ މުނިސިޕަލްޓީ އާއި ދެމެދު 30
ޖޫން 2005 ގައި ކުރެވިފައިވާ މާލޭ ހުޅަނގުޕާކް ކުއްޔަށް ދޫކުރުމާއި ކުއްޔަށް ހިފުމުގެ އެއްބަސްވުމުގެ 11
ވަނަ މާއްދާގެ ދަށުން ކުއްޔަށް ހިފާ ފަރާތުގެ ހައިސިއްޔަތުން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން
ދަޢުވާކުރާ ފަރާތަށް ދީފައިވާ ޙައްޤު ދަޢުވާލިބޭ ފަރާތުން ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށްބުނެ
އެކަން ހުއްޓުވުމަށް އެދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް މާލޭގެ ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2012/HC-A/31?
5 ޤަޟިއްޔާ ނިމުނު 1
کی عمر مترمربع
ސިޓީކައުންސިލްގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލައެއްކަމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިދީފައިވާކަމަށް ދަޢުވާކުރާ ފަރާތުން
ދަޢުވާގައި ބަޔާންކޮށްފައިވާ ޙައްޤާއި މެދު މައުޟޫޢީ ގޮތެއްގެ ބެލެވި ޝަރީޢަތުގެ ފަރާތުން ޙުކުމެއް
ކުރުމުގެ ކުރިން އެދަޢުވާގައި ހިމެނޭ ބިން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެމައްސަލައިގައި ޙުކުމެއް
ކުރެވޭއިރު އެޙުކުމުގެ މަޤްޞަދު ޙާޞިލްނުވެ ހިނގައިދާނެކަމުގެ އިޙްތިމާލް އޮތް ކަމެއްކަމަށް ޝަރީޢަތުން
ދެކޭ ހިނދު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި ޙުކުމެއް ކުރެވެންދެން،
30 ޖޫން 2005 ގައި މާލޭ މުނިސިޕަލްޓީގެ އިދާރާ އާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
ދެމެދު ސޮއިކުރެވިފައިވާ މާލޭ ހުޅަނގު ޕާކް ކުއްޔަށް ދޫކުރުމާއި ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ހިމެނޭ
ބިން ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވިއަސް އެހެން ފަރާތަކަށް ދިނުން ފަސްކުރުމުގެ ވަގުތީ އަމުރެއް
ނެރެން ޖެހޭގޮތަށް މިކަން އޮތްކަން އެނގެން އޮންނަކަމާއި،
އިސްވެ ބަޔާންކުރެވުނު ސަބަބުތައް
އެގޮތަށް ހުރުމާއިއެކު ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1625 ޤަޟިއްޔާގައި ކޯޓުން ޙުކުމެއް ކުރެވެންދެން 30 ޖޫން 2005 ގައި މާލޭ
މުނިސިޕަލްޓީ އާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކުރެވިފައިވާ މާލޭ
ހުޅަނގު ޕާކް ކުއްޔަ ދޫކުރުމާއި ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ހިމެނޭ ބިން ކުއްޔަށް ނުވަތަ
ވިއަސް އެހެން ފަރާތަކަށް ދިނުން ފަސްކުރުމަށާއި، އެބިމުގައި ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ކުރަމުންދާ ވިޔަފާރި ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ފަދަ ކަމެއް ނުކުރުމަށް މާލެ
ސިޓީކައުންސިލްގެ މައްޗަށާއި މިކަމުގައި ޝާމިލްވާ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކުރައްވައިކަން
09 ތތ
އއhނ
324
0 ތ ކތ
އެނޫންގޮތަކަށް
އެނގެން އޮންނަކަމެވެ
ކަމެކެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: A6471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/31?
و مری
=32
2 20
6 ޤަޟިއްޔާ ނިމުނު ގޮތު
3- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި ނެރުއްވާފައިވާ
އެކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރު ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފު ކުރުމަށް ހއ. މަނަސް، ޢާމިރު މަންޞޫރުގެ
ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
0
<< o
I02 0 21
(ހ) ފުރަތަމަ ނުކުތާ: ހުޅުވާލެވިގެންދިޔަ ބީލަމަކުން ހޮވިގެން ޤަވާއިދުން 06
ސެޕްޓެމްބަރ 2012 ގައި ޢާމިރު މަންޞޫރަށް ކުއްޔަށްދީ ޤަވާއިދުން އެގްރީމެންޓްގައި ދެފަރާތުން
ސޮއިކޮށްފައިވާ ތަނަކަށް ވެސްޓްޕާކް" ވެފައިވާއިރު އެބިން ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ވިޔަސް
އެހެން ފަރާތަކަށް ދިނުން ފަސްކުރުމަށް ކުރައްވާފައިވާ މިއަމުރަކީ މި ޙާލަތުގައި ނެރެދެވެން އޮތް
އަމުރަކަށް ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
OX
(ށ) ދެވަނަ ނުކުތާ: މުއްދަތު އިތުރު ކުރުމަކީ ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން އޮތް
ކަމަކަށް ވެފައި، ދެފަރާތް އެއްބަސްވާ ގޮތެއް ނެތިގެން 11 ވަނަ މާއްދާގައި ބުނާ ފުރުޞަތުގެ ކަންތައް
ހަމަނުޖެހި ވަނިކޮށް އެއްބަސްވުމުގެ މުއްދަތު ފާއިތުވެފައިވުމުން، ތަނާއިބެހޭ ގޮތުން ނެރުއްވި ވަގުތީ
އަމުރުގެ ޞައްޙަކަން ގެއްލިފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
24
(ނ) ތިންވަނަ ނުކުތާ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު، ތަން ބޭނުން ކުރުމުގެ
ޙައްޤު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ގޮތެއް އެއްބަސްވުމުގެ އެއްވެސް
މާއްދާއަކުން ފެންނަން ނެތްކަން ކަނޑައެޅިގެން އެނގި ސާބިތުވާއިރު، ތަނުގައި ވިޔަފާރި ކޮށްގެން މަންފާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 36471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/317
کی عمری
ދެވެ
ޤަޟިއްޔާ ނިމުނު 1
ހޯދުމުގެ ފުރުސަތު ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ ގޮތަށް ނެރުއްވި ވަގުތީ
އަމުރުގެ ސައްހަކަން ގެއްލިފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
4
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި އެކޯޓުން
ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 312012
/
08-B
-
CR ވަގުތީ އަމުރު، އިސްތިއު މިފުކުރުމަށް،
މަނަސް، ޢާމިރު މަންޞޫރުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ޢާމިރު
މަންސޫރުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާރައްދުވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ
ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ނިންމަން ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރަޢުޔެއްގެ މައްޗަށް ޚިޔާލު
444
ތަފާތުވެފައިވެއެވެ. މިގޮތުން:-
ތަފާތުވި ރަޢުއު (ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމުގެ ރަޢުޔު) އާއި، އެރަޢުޔު ބިނާކުރި އަސާސްތައް.
(ހ) ފުރަތަމަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރަކީ
ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މާލޭ މުނިސިޕަލްޓީ އާ ދެމެދު 30 ޖޫން 2005 ގައި
ސޮއިކޮށްފައިވާ މާލޭ ހުޅަނގު ޕާކް ކުއްޔަށް ދޫކުރުމާއި ކުއްޔަށް ހިފުމުގެ އެއްބަސްވުމުގެ 11 ވަނަ
މާއްދާގެ ދަށުން ކުއްޔަށް ހިފާ ފަރާތުގެ ހައިސިއްޔަތުން އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ދަޢުވާކުރާ
ފަރާތަށް ދީފައިވާ ޙައްޤު ދަޢުވާލިބޭ ފަރާތުން ނިގުޅައިގަތުމަށް މަސައްކަތް ކުރަމުންދާކަމަށްބުނެ އެކަން
ހުއްޓުވުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށާއި މާލޭ އިންޓްގެ އައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖެ
2012/HC-A/31?
8 ޤަޟިއްޔާ ނިމުނު "
کی مرکی
4 2 2 2
4 22
تروما ترس
2 2 4 2 2
ކައުންސިލުގެ މައްޗަށް
ސިވިލް ކޯޓުގައި ބެލެވެމުންދާ ނަންބަރު
2012/Cv
-
C/1625 ޤަޟިއްޔާގައި، ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 11 ވަނަ މާއްދާގެ
ދަށުން ދަޢުވާކުރާފަރާތަށް ލިބިދީފައިވާކަމަށް ދަޢުވާކުރާފަރާތުން ދަޢުވާގައި ބަޔާންކޮށްފައިވާ ޙައްޤާ މެދު
މަޢުޟޫޢީ ގޮތެއްގައި ބެލެވި ޝަރީޢަތުގެ ފަރާތުން ޙުކުމެއް ކުރުމުގެ ކުރިން އެދަޢުވާގައި ހިމެނޭ ބިން
އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ މިމައްސަލާގައި ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާސިލްނުވެ
ހިނގައިދާނެކަމުގެ އިހްތިމާލް އޮތް ކަމެއްކަމަށް ޝަރީޢަތުން ދެކެވަޑައިގަންނަވާކަމަށް ބަޔާންކުރައްވައި،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި، ކޯޓުން ޙުކުމެއް ކުރެވެންދެން 30 ޖޫން
2005ގައި މާލޭ މުނިސިޕަލްޓީއާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ
މާލޭ ހުޅަނގު ޕާކް ކުއްޔަށް ދޫކުރުމާއި، ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ހިމެނޭ ބިން ކުއްޔަށް ނުވަތަ
އެނޫންގޮތަކަށް ވިޔަސް އެހެން ފަރާތަކަށް ދިނުން ފަސްކުރުމަށާއި، އެބިމުގައި ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ކުރަމުންދާ ވިޔަފާރި ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭ ފަދަކަމެއް ނުކުރުމަށް މާލޭ
ސިޓީ ކައުންސިލުގެ މައްޗަށާއި އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގަވައި، 30
ސެޕްޓެމްބަރު 2012 ގައި ނެރުއްވާފައިވާ އަމުރެއްކަން އެނގޭކަމާއި،
މއ. މަނަސް ޢާމިރު މަންޞޫރަކީ އެޤަޟިއްޔާގައި ބެލެވެމުންދާ މައްސަލައިގެ މަސްލަޙަތު
ހިމެނޭ ފަރާތެއްކަމުން އެމައްސަލަ ތެރެއަށް ތަދައްޚުލްވެފައިވާ ފަރާތެއްކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: މާލޭ ހުޅަނގު އުތުރު ސަރަހައްދު 395 ނަންބަރު ކޮށީގައި ހިމެނޭ
ވެސްޓް ޕާރކް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މާލޭ މުނިސިޕަލްޓީން ކުއްޔަށް ދެއްވި
މުއްދަތު 30 ސެޕްޓެމްބަރު 2012 ގެ ނިޔަލަށް ހަމަވުމާއެކު، އެބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން
ހުށަހެޅުމަށް 06 އޯގަސްޓް 2012 ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާ ގުޅިގެއްޖޭގެ ހައިg
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471(
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
4 43
2{12/HC-A/317
ދެވެ
ޤަޟިއްޔާ ނިމުނު "
މއ. މަނަސް ޢާމިރު މަންސޫރުގެ ފަރާތުން ހުށަހެޅި ބިޑް ކާމިޔާބުވެފައިވާ ކަމާއި، އެބިމުގައި 01
އޮކްޓޯބަރު 2012 އިން ފެށިގެން މަސައްކަތް ފެއްޓޭގޮތަށް އެބިން ޢާމިރު މަންސޫރަށް ކުއްޔަށް ދިނުމަށް
އޭނާއާއި މާލޭ ސިޓީ ކައުންސިލާ ދެމެދު 06 ސެޕްޓެމްބަރު 2012 ގައި އެއްބަސްވުމެއްގައި ސޮއި
ކޮށްފައިވާކަން މާލޭ ކައުންސިލްގެ އިދާރާގެ ނަންބަރު 2012
/
219/AGR
)
425
-
CB
/
INDIV)
އެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މާލޭ
މުނިސިޕަލްޓީ އާއި ދެމެދު 30 ޖޫން 2005 ގައި ސޮއިކުރެވުނު މާލޭ ހުޅަނގުޕާކް ކުއްޔަށް ދޫކުރުމާއި
ކުއްޔަށް ހިފުމުގެ އެއްބަސްވުމަގެ 11 ވަނަ މާއްދާގައި ވާގޮތުން އެއެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު
ކުއްޔަށްހިފާ ފަރާތުން މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިން މުއްދަތު
ތުރުކުރުމުގެ ފުރަތަމަ ފުރުސަތު ކުއްޔަށް ހިފާފަރާތަށް ދޭން ކުއްޔަށްދޭ ފަރާތް އެއްބަސްވާކަމާއި، އެގޮތުން
އެއެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސް ދުވަސްކުރިން ދެފަރާތުގެ ދެމެދުގައި ވާހަކަދައްކާ
ގޮތެއް ނިންމަންވާނެކަމަށް ބަޔާންކޮށްފައި އޮންނަކައިރު، އެމާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި
އެތަން އިތުރު މުއްދަތަކަށް ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް
އެކުންފުންޏާއި މާލޭ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވެވިފައި ނުވާކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ
އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް އެޅުމުގެ ބާރު ކޯޓަށް ލިބިދޭ ހާލަތްތަކުން ކުރެ ހާލަތެއްއޮވެ، ވަގުތީ
އަމުރެއް ނުވަތަ ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ، ޙުކުމް ކުރެވޭއިރު، އެޙުކުމުގެ މަޤްޞަދު ހާޞިލް ނުވެ
ހިގައިދާނެކަމަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ
މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާނެ ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމަށް ނުވާންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 516471{{
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2012/HC-A/31
ދަޢުވާ ލިބޭ މީހާ ފިލައިގެން ހިގައިދާނެކަމަށް ނުވަތަ ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު
ނުހިނގާފަދަ ގޮތަކަށް ނުވަތަ އެމުދަލެއްގެ ނުވަތަ ފައިސާގެ އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް
ޤަބުލުކުރެވޭނަމަ އެކަން ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް ލިބިދީފައިވާކަން "ޝަރީޢަތް ކުރުމާބެހޭ
ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިގޮތަށް ކޯޓަށް ލިބިދޭ
ބާރުގެ ބޭނުންކުރުމުގައި އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށާއި، ޒާތަށާއި، ބާވަތަށާއި، ހާލަތަށާއި،
މައްސަލައިގައި ވަގުތީ އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބައްލަވައި ވަގުތީ އަމުރެއް ނުވަތަ
ވަގުތީ ފިޔަވަޅެއް އެޅުމަކީ އެމައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ (discretionary)
ބާރެއްކަން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 އާއި، 5 ގެ (ބ) ގައި ފާހަގަކުރައްވާފައިވާ
ކަންތައްތަކުގެ މައްޗަށް ބަލާއިރު، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ
އެއްވެސް ޤާނޫނީ ނިޒާމެއްގައި މުޠުލަޤު ބާރެއްނޫންކަމާއި، އެފަދަ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަ
ވޭތޯ ބަލަންޖެހޭ ޢާންމު ޝަރުޠުތަކެއްވާކަން ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ
ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމާއި، އެގޮތުން ބަލަންޖެހޭ ޝަރުޠުތަކަކީ:-
Puc
(ހ) ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫޢީ
ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމް
އ399ނވަން
(Fumus boni juris): ބުނެވިދިޔަ ފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިހްތިމާލު
ޤާއިމްވެގެންވާ ކަމުގައި ބެލެވޭނީ އެޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ހިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{12/HC-A/317
11 ޤަޟިއްޔާ ނިމުނު ގޮތު
می هرکی
ދެ
އޮތުމުގެ އިތުރުން، ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް
ވާކަމުގެ އިޙްތިމާލު ޤާއިމްވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުމާއި،
(ށ) ވަގުތީ އަމުރު ނެރުމަކާނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ
ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora): މީގެ މަފްހޫމަކީ މައުޟޫޢީ ދަޢުވާ އާދައިގެ
އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި
ނުވަތަ ގެއްލުމަކާ އެދަޢުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުމާއި،
(ނ) ވަގުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ޤާނޫނީ
ގޮތުން ލިބިގެންވާ ފަރާތެއްކަމުގައިވުން ކަމާއި،
އަދި ކޯޓަށް ހުށަހެޅޭ މައްސަލައާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި، އަސްލު
މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވި ފަދަ ގޮތަކަށް ނުވަތަ
އެޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމާ،
އެހެންނޫންނަމަ އެވާނީ އެމައްސަލަ ބެލުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ
ޤާނޫނީ މަރުކަޒަށް ދާއިމީ ހިމާޔަތް ކުރިއާލައި ދެވުންކަމަށް ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
ބި) ފަސްވަނަ ކަމަކީ: މިމައްސަލާގައި އިސްތިއުނާފު ކުރެވިފައި މިވާ ވަގުތީ އަމުރު
ނެރުއްވުމުގައި، ސިވިލް ކޯޓުގެ ޤާޟީ ފާހަގަކުރައްވާފައިވާ މާލޭ މުނިސިޕަލްޓީއާއި ޔޮޓް ޓްއާރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 11 ވަނަމާއްދާގެ ދަށުން ދަޢުވާކުރާ
ފަރާތަށް ލިބިދީފައިވާކަމަށް ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވާ ޙައްޤާމެދު މަޢުޟޫއީ ގޮތެއްގައި ބްލެ
e
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮ
2012/HC-A/31
کی عمری
994އ
0479
ޙުކުމެއް
ހު 2
ޝަރީޢަތުގެ ފަރާތުން ޙުކުމެއް ކުރުމުގެ ކުރިން އެބިން އެހެންފަރާތަކަށް ކުއްޔަށް ދިނުމަކީ އެމައްސަލައިގައި
ކުރެވޭއިރު، އެޙުކުމެއްގެ މަޤްޞަދު ހާސިލްނުވެ ހިނގައިދާނެކަމުގެ އިހްތިމާލު އޮތް ކަމެއްކަމަށް
ޝަރީޢަތުން ދެކޭތީ، ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/1625 ޤަޟިއްޔާގައި، ކޯޓުން
ކުރެވެންދެން 30 ޖޫން 2005 ގައި މާލޭ މުނިސިޕަލްޓީއާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ މާލޭ ހުޅަނގު ޕާކު ކުއްޔަށް ދޫކުރުމާއި، ކުއްޔަށް ހިފުމުގެ
އެއްބަސްވުމުގައި ހިމެނޭ ބިން ކުއްޔަށް ނުވަތަ އެނޫންގޮތަކަށް ވިޔަސް އެހެން ފަރާތަކަށް ދިނުން
ފަސްކުރުމަށާއި، އެބިމުގައި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރަމުންދާ ވިޔަފާރި ކުރިއަށް
ގެންދިއުމަށް ހުރަސްއެޅޭ ފަދަކަމެއް ނުކުރުމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށާއި އެކަމުގައި ޝާމިލުވާ
އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގަވައި، 30 ސެޕްޓެމްބަރު 2012 ގައި އަމުރު ނެރުއްވި ދުވަހު،
މާލޭ މުނިސިޕަލްޓީއާއި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު 30 ޖޫން 2005 ގައި
ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަން އެނގޭކަމާއި، އަދި އޭގެކުރިން މާލޭ ސިޓީ ކައުންސިލުން
06 ސެޕްޓެމްބަރު 2012 ގައި، އެބިން .
މއ. މަނަސް ޢާމިރު މަންޞޫރަށް ކުއްޔަށް ދިނުމަށް އެދެފަރާތުގެ
ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އެނގޭކަމާއި، ސިވިލް ކޯޓުގެ ވަގުތީ އަމުރު
ނެރުއްވާފައިވަނީ ކޮށް ނިމިފައިވާ ކަމެއް ނުކުރުމަށް އަންގަވައި ކަމާއި، އެބިން އެހެން ފަރާތަކަށް ކުއްޔަށް
ނުދިނުމަށް ކޮށްފައިވާ އަމުރާ އެއްގޮތަށް މިހާރު ޢަމަލުކުރުމަކީ މުސްތަޙީއްލުކަމެއް ކަމާއި، އަދި ސިވިލް
ކޯޓުން ވަގުތީ އަމުރު ނެރުއްވުމުގައި، މައްސަލަ ނިމޭ ގޮތަކުން އެއަމުރުގެ ސަބަބުން، ޙައްޤުނޫން ގެއްލުން
ލިބިދާނެ ފަރާތުގެ ޙައްޤު ހިމާޔަތްކޮށް، ރައްކާތެރިކުރުމުގެ ގޮތުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް
ކޮށްފައިނުވާތީއާއި، އަދި އެއަމުރު ނެރުއްވާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625
ޤަޟިއްޔާގައި ބެލެވެމުންދާ
ބެލެވެމުންދާ އަސްލު މައްސަލައިގެ މަޢުޟޫޢަށް ޝިމްނީ ގޮތެއްގައި ފައިސަލާވާ ގޮތަށްކަން
އެނގޭތީ، ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-CR-3 އިން ނެރުއްވާފައިވާ ވަގުތީ އަމުރު ބާޠިލްކުރަން
ފެންނަކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
13
2012/HC-A/31
کی عمری
ޤަޟިއްޔާ ނިމުނު ގޮ
އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢައްބާސް ޝަރީފާއި ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު) އާއި، އެރައުޔު
ބިނާކުރެވިފައިވާ އަސާސްތައް:
(ހ) ފުރަތަމަ ކަމަކީ: މަދަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެކޯޓުން ވަގުތީ އަމުރު
ނެރުމާއި، ވަގުތީ ފިޔަވަޅު އެޅުމުގެ ޤަވާޢިދު ބަޔާންކޮށްފައިވާ، "ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ
ގަވާއިދު 6 ގެ 295 ވަނަ މާއްދާއަށް ބަލާއިރު، މަދަނީ ކޯޓަށް ހުށަހެޅޭ މައްސަލައެއްގެ ޝަރީޢަތް
ނިމުމުގެ ކުރިން، ކޯޓުން ވަގުތީ ފިޔަވަޅެއް ނާޅައިފިނަމަ މައްސަލައިގައި ހިމެނޭ ދެފަރާތުންކުރެ ފަރާތަކަށް
ގެއްލުމެއް ލިބިދާނެކަމަށް ޤާޟީއަށް ފެނިއްޖެހިނދެއްގައި، އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް އޮތްކަމަށް
މަދަނީ ކޯޓަށް ފެންނަނަމަ، ވަގުތީ އަމުރެއް ނެރުމުގެ ތަޤްދީރީ (discretionary) ބާރު މަދަނީ ކޯޓަށް
ލިބިގެންވާކަމާއި، މިގޮތުން ވަގުތީ އަމުރެއް ނެރުމުގެ ތަޤްދީރީ ބާރު މަދަނީ ކޯޓަށް ލިބިގެންވާ ޙާލަތްތަކަކީ:
404 434
1. ދަޢުވާ ލިބޭމީހާ ފިލައިގެން ހިނގައިދާނެކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
2. ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ރާއްޖެއިން ބޭރަށް ގެންގޮސްފާނެކަމުގެ ބިރު ހީވުން؛
3. ދަޢުވާކުރެވޭ މުދާ ނުވަތަ ފައިސާ ކޯޓުގެ ބާރު ނުހިނގާފަދަ ގޮތަކަށް، ނުވަތަ އެމުދަލެއްގެ
ނުވަތަ ފައިސާގެ
އަގެއް ނުހުންނާނެ ގޮތަކަށް ވެދާނެކަމަށް ޤަބޫލުކުރެވުން،
4. މައްސަލައިގައި ޙުކުމްކުރެވޭއިރު، އެޙުކުމުގެ މަޤުޞަދު ޙާސިލުނުވެ ހިނގައިދާގެކަމަށް
ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން،
04 04
5. މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިދާނެކަމަށް ޤަބޫލުކުރެވުން؛
ކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2012/HC-A/31?
می هرکی
ދެވެ
2 2x2&2
Oo oo
c
404
14 ޤަޟިއްޔާ ނިމުނު ގޮ
އިސްތިއުނާފަށް ހުށަހެޅިފައިމިވާ، ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ
އަމުރަށް ބަލާއިރު
އަމުރަކީ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާލޭގެ
ހުޅަނގުފަރާތުގައި ހިންގަމުން އަންނަ "ވެސްޓްޕާކް" ރެސްޓޯރަންޓް ހުރި ބިން ކުއްޔަށްދިނުމާ
ކުރީގެ މާލޭ މުނިސިޕަލްޓީ އާއި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 30 ޖޫން 2005
ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް
އިންފްރާސްޓްރަކްޗަރގެ މައްޗަށާއި، މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަޢުވާކުރާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1625 ޤަޟިއްޔާގެ
ޙުކުމެއްކުރެވެންދެން ވެސްޓްޕާކް ރެސްޓޯރަންޓް ހުރި ބިން ކުއްޔަށް ދޫކުރުމާ ބެހޭގޮތުން 30 ޖޫން 2005
ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް
ދީފައިވާ ބިން އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށްނަމަވެސް ނުދިނުމަށާއި،
ވެސްޓްޕާކް ރެސްޓޯރަންޓް ހުރި ބިން ކުއްޔަށްދިނުމާއި ގުޅޭގޮތުން އެހެން ފަރާތަކާއެކު އެއްވެސް މުޢާމަލާތެއް
ނުކުރުމަށާ ވެސްޓްޕާކް ރެސްޓޯރަންޓް ހުރި ބިން ކުއްޔަށް ދިނުމާއި ގުޅޭގޮތުން 30 ޖޫން 2005 ގައި
ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލްނުކުރުމަށާއި، ވެސްޓްޕާކު ރެސްޓޯރަންޓް ހުރި ބިން ހުސްކުރުމަށާއި،
އެބިން ހަވާލުކުރުމަށް އެފަރާތަށް ނޭނގުމަށާއި، ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން އެބިމުގައި އެފަރާތުން
ކުރަމުންދާ ވިޔަފާރި ހުއްޓުވާނުލުމަށާއި، އެވިޔަފާރި ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކުން ކޮށްދޭންޖެހޭ
ކަންތައްތަކާއި، ދޭންޖެހޭ ހުއްދަތަށް އެފަރާތްތަށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށްދިނުމަށް އެދި
ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް
ހުށަހެޅުމުން، އެކުންފުނިން ސިވިލް ކޯޓުގައި ކޮށްފައިވާ، އެކޯޓުގެ ނަންބަރު 2012/Cv
-
C/1625
ޤަޟިއްޔާގައި ހިމެނޭ ދަޢުވާގައި ބަޔާންކޮށްފައިވާ އެކުންފުނިން ދަޢުވާކުރާ ޙައްޤާމެދު މައުޟޫޢީ ގޮތެއްގައި
ބެލެވި ޝަރީޢަތުގެ ފަރާތުން ޙުކުމެއް ކުރުމުގެ ކުރިން އެދަޢުވާގައި ހިމެނޭ ބިން އެހެން ފަރާތަކަށް ކުއްޔަށް
ދިނުމަކީ އެމައްސަލައިގައި ޙުކުމެއް ކުރެވޭއިރު އެޙުކުމުގެ މަޤްޞަދު ޙާޞިލްނުވެ ހިނގައިދާނެކަޓުޑެޖޭގެ
،
2&2 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2012/HC-A/31
کی مرگی
15 ޤަޟިއްޔާ ނިމުނު "
އިޙްތިމާލް ވުމެއްކަމަށް މަދަނީ ކޯޓަށް ފެންނާތީ އެކޯޓުން ނެރުއްވާފައިވާ ވަގުތީ
s
0474 ދ ތތ
މެޗެއްކަމަށް
އެއަމުރުގައި ބަޔާންކޮށްފައިވާކަމާއި،
އެހެންކަމުން،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ، ސިވިލް ކޯޓުގެ
ނަންބަރު
3
/
2012
/
08-B
-
CR ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ، މަދަނީ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި
އެކޯޓުން ވަގުތީ އަމުރު ނެރުމާއި، ވަގުތީ ފިޔަވަޅު އެޅުމުގެ ޤަވާޢިދު ބަޔާންކޮށްފައިވާ، "ޝަރީޢަތް
ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" 6 ގެ 295 ވަނަ މާއްދާގައި، މަދަނީ ކޯޓަށް ހުށަހެޅޭ މައްސަލައަކާ
ގުޅިގެން އެކޯޓުން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާފަދަ ޙާލަތެއް އޮތްކަމަށް
އެކޯޓަށް ފެނިގެންކަން އެނގޭ
20ތ 44
އެނގޭކަމެވެ.
(ށދެވަނަ ކަމަކީ: އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލުމުގެ އިޚްތިޞާޞް މިކޯޓަށް ލިބެނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކު
ކޯޓުތަކުގެ ޤާނޫނު)
ގެ 36 ވަނަ މާއްދާގެ (ނ) އާއި ހައިކޯޓުގެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން ކަމާއި، އަދި،
ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި އިއްވާ ޙުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް
އިސްތިއުނާފުކުރުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން،
މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިދީފައިވާ ޙައްޤަކަށް ވީނަމަވެސް، އިސްވެދެންނެވުނު،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ މާއްދާތަކުގެ ދަށުން ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލަތައް ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރެވޭނީ، 2 (ދޭއް) ޙާލަތެއްގައި އެކަނިކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ
މާއްދާއަށާއި ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގޭކަމާއި،
މިގޮތުން އެފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭގެ 2 (ދޭއް) ޙާލަތަކީ؛
<
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/31
.1
އެމައްސަލައަކީ، އެމައްސަލައެއް ދަށުކޯޓުން ނިންމުމުގައި ޤާނޫނުއަސާސީއާ ނުވަތަ
ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ އެކޯޓުން ޚިލާފުވެފައިވާ ނުވަތަ ޤާނޫނު
ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންތައްތަކެއް ހުރި
އަދި، އެކަންތައްތައް ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުޅަހެޅިފައިވާ މައްސަލައަކަށްވާ ޙާލަތާއި؛ އަދި
.2
އެމައްސަލައަކީ، އެމައްސަލައެއްގެ ޙުކުމް ނުވަތަ އެމައްސަލައަކާ ގުޅިގެން ކޯޓުން
ނިންމި ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު ޢައިބެއްގެ ސަބަބުން އެޙުކުމަށް ނުވަތަ
ނިންމުމަށް އަސަރުފޯރުވި އިޖުރާއާތަކީ ބާޠިލު އިޖުރާޢަތެއް ހިމެނިފައިވާ މައްސަލައެއްކަމަށްވެފައި، އެ
ބާޠިލު އިޖުރާއަތެއް ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުޅަހެޅިފައިވާ މައްސަލައަކަށްވާ ޙާލަތު؟
ކަން، މިދެންނެވުނު މާއްދާތަކަށް ބެލުމުން އެނގެން އޮތްއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ
އިސްތިއުނާފުކުރަމުން މއ. މަނަސް މާލެ، ޢާމިރު މަންސޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ އެއްވެސް ނުކުތާއެއްގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
3
/
2012
/
08-B
-
CR ވަގުތީ އަމުރު ނެރުއްވުމުގައި، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ
ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ އެކޯޓުން ޚިލާފުވެފައިވާނަމަ ޚިލާފުވެފައިވާ ގޮތެއް ނުވަތަ
އެއަމުރު ނެރުއްވުމުގައި އެކޯޓުން ތަޠުބީޤުކުރައްވާފައިވާ ޤާނޫނެއް ތަޠުބީޤުކުރެއްވުމުގައި ނުވަތަ
މާނަކުރައްވަންޖެހޭ ޤާނޫނެއް މާނަކު
ކުރެއްވުމުގައި ހެއްދެވިފައިވާ ކުށެއް ބަޔާންކޮށްފައިނުވާކަމާއި، އަދި،
ސިވިލް ކޯޓުން އެމައްސަލަ ނިންމެވުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި، ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ
އެއްވެސް ބާވަތެއްގެ ޢައިބެއް ހިމެނިފައިވާކަންވެސް
ބަޔާންކޮށްފައިނުވާކަމެވެ.
OXO
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{12/HC-A/317
17 ޤަޟިއްޔާ ނިމުނު ގޮ
می هرکی
ދެވެ
2 2 0 2 04
(ނ) ތިންވަނަ ކަމަކީ އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ، މިމައްސަލަ އިސްތިއުނާފުކޮށްފައިވާ
މއ. މަނަސްޕަމާލެ،
ޢާމިރު މަންސޫރު އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވިފައިވާ، މާލޭ ސިޓީ ކައުންސިލްގެ
އިދާރާގެ ނަންބަރު 2012
/
219/AGR
)
425
-
CB
/
INDIV) އެއްބަސްވުމަށް ބަލާއިރު، އެދެފަރާތުން އެ
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 6 ސެޕްޓެމްބަރު 2012 ގެ ތާރީޚުގައިކަމަށް ވީނަމަވެސް، އެ
ސްވުމުގެ 2 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން ޢާމިރު މަންސޫރަށް
ކުއްޔަށްދޫކުރުމަށް އެ ދެފަރާތުގެ ދެމެދުގައި އެއްބަސްވެވުނު މާލޭ ހުޅަނގު އުތުރު ސަރަހައްދު 395
ނަންބަރު ކޮށީގައި ހަދާފައިވާ "ވެސްޓް ޕާރކް" ރެސްޓޯރަންޓް ހިމެނޭ ބިން ޢާމިރު މަންސޫރަށް
މިކުރެވޭނެ ތާރީޚަކީ 1 އޮކްޓޫބަރު 2012 ކަމަށްވުމާއެކު އެތާރީޚުގެ ކުރިން، 30 ސެޕްޓެމްބަރު
2012 ގެ ތާރީޚުގައި ސިވިލް ކޯޓުން ނެރުއްވާފައިވާ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ އެކޯޓުގެ ނަންބަރު
3
/
2012
/
08-B
-
CR ވަގުތީ އަމުރުގެ ދަށުން ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ
މުސްތަޙީލުކަމެއްކަމަށް ނުބެލެވޭކަމާއި،
ދދު 22
2
22
2
އވާކު
2& 0 )#
2 22 22
و ترکی
އަދި، ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން އެކޯޓަކުން ނެރޭ، އިސްތިއުނާފަށް
ހުށަހެޅިފައިމިވާފަދަ ވަގުތީ އަމުރުތަކަކީ، އެއަމުރެއް ރައްދުވާ މައްސަލައެއް ހިނގަމުންދާ މުއްދަތުގެ
ތެރޭގައި، އެއަމުރުގެ ސަބަބުން މައްސަލައިގައި ހިމެނޭ ފަރާތަކަށް އިއާދަނުކުރެވޭވަރު
ލިބެމުންދާކަމަށް ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމަށް އެމައްސަލައެއްގައި ހިމެނޭ ފަރާތަކަށް
ޤަބޫލުކުރެވޭނަމަ، އެއަމުރަކާމެދު އަލުންވިސްނަވާ ގޮތެއް ނިންމަވައިދެއްވުންއެދި، މައްސަލައިގައި ހިމެނޭ
ކޮންމެ ފަރާތަކުންވެސް އެމައްސަލައެއް ބައްލަވާ ކޯޓަކަށް ހުށަހެޅިދާނެ އަމުރެއްކަމާއި، އަދި މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ، މަނަސް!މާލެ، ޢާމިރު މަންސޫރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުޕެއްއްޖޭގެ ހައިއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 316471{{
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/31?
18 ޤަޟިއްޔާ ނިމުނު ގޮ
کی مرگی
ދެލީ
މައްސަލައަކަށް ރައްދުވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1625 ޤަޟިއްޔާގައި ހިމެނޭ
މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމުގެ ފުރުސަތު ލިބިފައިވަނީ މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ
ފެށުނުފަހުން ކަމަށްވެފައި، އަދި އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
3
/
2012
/
08-B
-
CR ވަގުތީ އަމުރު އެކޯޓުން ނެރުއްވުމުގެ ކުރިން އެއަމުރާމެދު، ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދެއްކުމުގެ ފުރުސަތުވެސް އޭނާއަށް ލިބިފައިނުވުމާއެކު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރުގެ ސަބަބުން އޭނާއަށް އިއާދަނުކުރެވޭވަރުގެ
ގެއްލުންތަކެއް ވަމުންދާނަމަ ނުވަތަ ގެއްލުންތަކެއް ވެދާނެކަމަށް އޭނާ ޤަބޫލުކުރާނަމަ އެކަމެއްގެ މައްޗަށް
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ
އަމުރާމެދު އަލުން ވިސްނާވަޑައިގަތުމަށްފަހު ގޮތެއް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓުގައި އެދުމުގެ
ފުރުސަތު ޢާމިރު މަންސޫރަށް ގެއްލިގެން ނުދާކަމާއި، އަދި އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ
ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރު އެގޮތަށްއޮވެ، އެއަމުރު އެމައްސަލައަކަށް ނިސްބަތްވާ
މައްސަލާގައި ޝަރީޢަތުން ކުރައްވާ ޙުކުމެއްގެ ސަބަބުން ޢާމިރު މަންޞޫރަށް ގެއްލުންތަކެއް ވެފައިވާނަމަ
އެގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތުވެސް ޢާމިރު މަންސޫރަށް އޮންނާނޭކަމެވެ.
ނުކޮށް،
ވީމާ، އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރު
އެކޯޓުން ނެރުއްވާފައިވާނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ސާބިތުކޮށްދެވިފައިނުވާކަމަށާއި، އެހެންކަމުން، މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރަމުން މަނަސް މާލެ، ޢާމިރު މަންސޫރުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 3
/
2012
/
08-B
-
CR ވަގުތީ އަމުރު
02
ބިނާކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 16471*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ 3
2012/HC-A/31?
19 ޤަޟިއްޔާ ނިމުނު "
و مری
ޗެ3=
ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިއަސް އެއްވެސް ސަބަބެއް ނެތްކަމަށް
ފެންނަކަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތުގެ މަތިން ހުރުމާއެކު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1625 ޤަޟިއްޔާގައި އެކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
3
/
2012
/
08-B
-
CR ވަގުތީ އަމުރު ބާޠިލް ކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް
ނެތްކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv