ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/197 ޤަޟިއްޔާގެ ޙުކުމް
1
2{011/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
A/
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 197/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު: -
*
ދާއިމީ އެޑްރެސް: ވެލާނާގެ
މިހާރުގެ އެޑްރެސް: ވެލާނާގެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިސްމާޢީލް ރަމީޒް އިބްރާހިމް
އައިޑީ ކާޑުނަން
ނަންބަރު: A066334
، ދާއިމީ އެޑްރެސް: މ. ޕެޓީބާޑް
މިހާރުގެ އެޑްރެސް: މ. ޕެޓީބާޑް
*
ރަޖިސްޓްރީ ތާރީޚް: 09 ރަމަޟާން 1432
09 އޯގަސްޓް 2011
ނިމުނު ތާރީޚް: 01 ޖުމާދަލްއާޚިރާ 1434
އޭޕްރިލް 2013
11
02 0 0
یم
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46
ނިންމެވި ފަރާތް: މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯ
• މައްސަލައިގެ ބާވަތް: އެގްރިމެންޓާއި ޚިލާފުވުން
• ހުށަހެޅި ތާރީޚް: 26.09.2010
ނިމުނު ތާރީޚް: 28.10.2010
ދިވެހިރާއްޖެ
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2{11/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/M.12.C/46 ޤަޟިއްޔާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ ވ. ޕެޓީބާޑް އިސްމާޢީލް ރަމީޒް އިބްރާހިމްއެވެ.
2 20
.44ވ
ގަކުރެވުނު ނުކުތާތަ
2c22
OU OO
4 2 20 2 02 0 0
l) އިސްތިއުނާފު ކުރެވޭ މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46
ޤަޟިއްޔާގައި މާލޭ މ.ޕެޓީބާރޑް އިސްމާޢީލް ރަމީޒް އިބްރާހީމްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންއާއި ދެމެދުގައި
ވެފައިވާ އެއްބަސްވުމަކާއި ޚިލާފް އެއީ ޤާނޫނާއި ޚިލާފް އެއްބަސްވުމެއްކަމަށްބުނެ މިކަން ބަލައިދިނުންއެދި
އިސްމާޢީލް ރަމީޒް އިބްރާހީމް ދަޢުވާކުރުމުން މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "..އިސްވެދިޔަ ވާހަކަތަކާއި ނުކުތާތަކަށް ވިސްނުމަށްފަހު،
މ.ޕެޓީބާރޑް އިސްމާޢީލް ރަމީޒް އިބްރާހީމް ސަރުކާރުގެ އެހެން މުއައްސަސާއެއްގެ ވަޒީފާއަކަށް ދިޔަނުދީ އެހެން
ވަޒީފާއެއް ނުލިބޭ ގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިފަހައްޓައިގެން އުޅޭކަމަށްބުނެ ދައުލަތަށް ދަޢުވާލިބޭ
ގޮތަށް މި އިސްމާޢީލް ހުށަހެޅި މިމައްސަލާގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބަލާއިރު އެޑިޔުކޭޝަނުން މި
އިސްމާޢީލް ހިފަހައްޓައިގެން އުޅުއްވަނީ ފައިސާގެ އެހީ ލިބޭގޮތަށް ވެފައިވާ (ދެފަރާތުގެ ސޮއިނެތް ޤާނޫނު ނަންބަރު
29/76 އަށް ޙަވާލާދީފައިވާއިރު އެޤާނޫނުގައި ޕޮލިވްގެ އެއްވެސް ވާހަކައެއް ނެތް ޕޭލީވްގެ ވާހަކަ ވަޒީފާއާއި ބެހޭ
ޤާނޫނު ނަންބަރު 69/2008 ގައިވެސް ހިމެނިފައިނުވާއިރު އަދި ކޮންޓްރެކްޓް ޤާނޫނުގެ 17 ވަނަ މާއްދާއާއި
އެއެއްބަސްވުމުގެ 8 ވަނަ މާއްދާ ލިޔެގެން އުޅޭ) ބާޠިލް އެއްބަސްވުމެއްގެ ދަށުންކަމަށް ކަނޑައަޅާ
އިސްމާޢީލް ރަމީޒް އިބްރާހީމް އަމިއްލައަށް އިންޑިޔާއިން ކޯސް ހޯދައިގެން 3 އަހަރު ދުވަހުގެ ދިގުމުއްދަތެއްގައި
އަމިއްލަ ޚަރަދުގައި (ސަރުކާރުން ޖޭލީވްއެއް ދީގެން، ކިޔެވިކިޔެވުމަށް އެޑިޔުކޭޝަނަކުން ދިއިސްމާޢީލް ރަމީޒު
ސަރުކާރުގެ އެހެން މުއައްސަސާއަކަށް ވަޒީފާއަކަށް ދިއުން މަނާކޮށް ނުހިފެހެއްޓޭނެކަމަށާއި، އެދިން ޕްލީވްއަކީ
މިއިސްމާޢީލްވެސް ޙިއްސާވާ ބައިތުލްމާލުން ޚަރަދުކޮށްދިން ޕްލީވްއަކަށްވާތީ ސަރުކާރުގެ ނުވަތަ ދައުލަތުގެ
މުއައްސަސާއަކަށް ޚިދުމަތްކުރިއަސް ދިވެހި ހުރިހާ ރައްޔިތުންނަށް ޚިދުމަތްކުރެވޭނެކަމަށާއި
24 2
23
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{011/HC-A/197
2004
ہے کر
ކުރުމުން އެޕާލީވްގެ ޚަރަދު އެނިމުނީ ކަމަށާއި، ސަރުކާރަށް ޚިދުމަތްކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނާއި
ޤަވާއިދުތަކަށާއި، ޝަރުޢީ ހަމަތަކާއި، އުޞޫލުތަކާއި މިއިސްމާޢީލް ރަމީޒަށް ސަރުކާރުގެ ނުވަތަ
ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައިވެސް ޚިދުމަތްކުރެވޭނެކަމަށާއި، މިއިސްމާޢީލް ރަމީޒު ބޭނުންވާ ސަރުކާރުގެ
ނުވަތަ ދައުލަތުގެ ކޮންމެ ތަނަކުން ވަޒީފާ މީނައަށް ހަމަޖައްސަވައިދެވެން އޮތްނަމަ އެތާކުން މީނާއަށް ވަޒީފާ
ހަމަޖައްސަވައިދިނުމަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޤާނޫނު އަސާސީގެ 19 ވަނަ މާއްދާއާއި ޚިލާފަށް މި
އިސްމާޢީލް ރަމީޒް ބާޠިލް އެއްބަސްވުމެއްގެ ދަށުން ހިފަހައްޓައިގެން ނުވާނެކަމަށާއި، އެގޮތަށް ހިފެހެއްޓުމަކީ
މިއިސްމާޢީލަށް ދެވޭ އަނިޔާއެއްކަމަށްވާތީ ހަމަ މިހާރުން މިހާރަށް މިއިސްމާޢީލް ރަމީޒު އެދޭ ސަރުކާރުގެ ނުވަތަ
ދައުލަތުގެ ކޮންމެތާކުން ވަޒީފާއަދާކުރުމަށް މިއިސްމާޢީލް ރަމީޒު ނުހިފައްޓާ ދޫކޮށްލެއްވުމަށް
މިނިސްޓްރީ އޮފް
އެޑިޔުކޭޝަނަށް އަންގާ ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
2 ,
2) ކ.މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46 ޤަޟިއްޔާ، އެކޯ
އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 09 (ނުވައެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ox
• ފުރަތަމަ ނުކުތާއަކީ، މައްސަލައާއި ގުޅިގެން ދައުލަތުން ހެކީގެ ގޮތުގައި މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން އިސްމާޢީލް ރަމީޒް އިބްރާހީމަށް ވަޒީފާ ހަމަޖައްސައިދިންކަމުގެ ލިޔުން ހުށަހަޅާފައިވާއިރު،
ކ.މާފުށީ ކޯޓުން ހެކި ވަޒަން ކުރުމުގައި ދައުލަތުން ހުށަހެޅި ހެއްކަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
22
8
• ދެވަނަ ނުކުތާއަކީ، "އަމިއްލަ ގޮތުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރާ
ފަރާތްތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭގޮތަށް އެދޭ ފަރާތްތަކުގެ އިޤްރާރު" ގެ 1 ވަނަ މާއްދާއާއި 8 ވަނަ
މާއްދާއަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބުނާފަދަ ޣައިރުޤާނޫނީ
މާއްދާތަކެއް އެކުލެވިގެންވާ އިޤްރާރެއްކަމަށް ފާހަގަކުރައްވާފައިވަނީ ކޮންޓްރެކް
ޤާނޫނުގެ 47
ނައްޞާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2{011/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތިންވަނަ ނުކުތާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އިސްމާޢީލް ރަމީޒް އިބްރާހީމްއާއި
ދެމެދު ވެވިފައިވާ އިޤްރާރަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފުވެފައިވާ އިޤްރާރެއްކަމާއި އަދި
އެއިޤްރާރަކީ ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ އިޤްރާރެއްކަމަށް ކަނޑައަޅުއްވާފައިވަނީ
ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުގެ ތަރަހައިން ބޭރުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ސަރުކާރުގެ ނުވަތަ ދައުލަތުގެ ކޮންމެ ތަނަކުން ވަޒީފާއެއް
އަދާކުރުމަށް އިސްމާޢީލް ރަމީޒް އިބްރާހީމް ނުހިފަހައްޓާ ދޫކޮށްލެއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ
މައްޗަށް ޙުކުމްކުރައްވާފައިވަނީ ދިވެހި ސިވިލް ސާރވިސްގެ ޤަވާއިދު 2002 އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ނުކުތާ
. ފަސްވަނަ ނުކުތާއަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި އިސްމާޢީލް ރަމީޒް
އިބްރާހީމްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ޙަވާލާދީފައިވާ ޤާނޫނު ނަންބަރު 29/76 (ސަރުކާރުގެ
މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި،
ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނު) ގައި ޕްލީވްގެ ވާހަކަ
ނެތްކަމަށާއި އަދި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 69 ވަނަ މާއްދާގައި "ޕޭ-ލީވް" ގެ
ވާހަކަ ނެތްކަމަށް ވިދާޅުވެ، ކުރިން ބުނެވުނު އިޤްރާރަކީ ޣައިރު ޤާނޫނީ އެއް މިކަމަށް
ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކުން ބަލާއިރު ރަނގަޅަށްނޫންކަމާއި، އަދި ބުނެވިދިޔަ ވަޒީފާއާބެހޭ ޤާނޫނުގެ
އެއްވެސް މާއްދާއަކަށް ރިޢާޔަތްކުރެއްވިގެން ނުވާނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
0 ﷲ 0
2
04 ދ ތތ
.އެބަސްވަމއކމ
އަޅު@ނ
• ހަވަނަ ނުކުތާއަކީ،
ނެވުނު އިޤުރާރުގެ 8 ވަނަ މާއްދާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 3
ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށްޓަކައި އެމާއްދާއަކީ، ބާޠިލް މާއްދާއެއްކަމުގައި ކަނޑައަޅުއްވައި، ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ 15 ވަނަ މާއްދާގައި ބުނާ ނުރަނގަޅު ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅުއްވާފައިވަނީ ރަނގަޅަށް
ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ހަތްވަނަ ނުކުތާއަކީ، ސަރުކާރުން ދޭ އެލަވަންސް އޭގެ ސަބަބުން ދިގުމުއްދަތަށް ސަރުކާރަށް
ޚިދުމަތްކުރުމަށް ބުނާ މުއްދަތު ކަނޑައެޅުމުގެ ބާރު މުއައްސަސާ ނުވަތަ އޮފީސްތަކަށް ސަރުކާރުގެ
މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކު
3
24
ތކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 *
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
5
2{11/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަރުކާރުގެ ފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނުގެ ދަށުން ލިބިގެންވާއިރު އެބާރު
ލިބިގެންނުވާކަމަށް މާނަކޮށްފައިވުމަކީ ޞައްޙަ މާނަކުރުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
2& 4 2 0 2 0 0 *
اسرع را می
ما يرجع تا ہے کہ
• އަށްވަނަ ނުކުތާއަކީ،
ޤާނޫނުގެ 20 ވަނަ މާއްދާގައި،
ބައިވެރިއެއްގެ މައްޗަށް ލާޒިމްވާ ކަންތައްތައް ކުރަންވާނީ އެކޮންޓްރެކްޓްގައި
ރެކްޓްގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ
މަތިންކަމަށާއި، މިނޫންގޮތަކަށް ޢަމަލުކުރަންވާނީ އެކޮންޓްރެކްޓެއްގެ އަނެއް ބައިވެރިޔާ އޭނާގެ މައްޗަށް ލާޒިމްވާ
ލުޔެއް ދީފިނަމަކަމަށާއި، ނުވަތަ
އެއްބަސްވެއްޖެނަމަ ކަމަށް ބަޔާންކޮށްފައި
ބަލާއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެއްވެސް ލުޔެއް ނުދޭހާ ހިނދަކު އޭނާ އިޤްރާރާ
އެއްގޮތަށް ޢަމަލު ކުރަންޖެހޭނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
44
ކަންކަމަށް
وی میم کو فرامی
ގތ
އަނެއްދުމަށް
ނުވަވަނަ ނުކުތާއަކީ، ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 2003 ގެ 5 ވަނަ
ނަންބަރުގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގައި ހިމަނަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި ޤަޟިއްޔާއާގުޅޭ
ލިޔުންތަކުގެ މަޢުލޫމާތު ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، މައްސަލާގައި ޙަވާލާދީފައިވާ އިޤުރާރާއި
ދަޢުވާ ހުށަހެޅި ފޯމް ހިމެނިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ
ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، "އަމިއްލަ ގޮތުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާސިލުކުރާ ފަރާތްތަކުގެ
ތެރެއިން ފައިސާގެ އެހީ ލިބޭގޮތަށް އެދޭ ފަރާތްތަކުގެ އިޤްރާރު" ގެ 1 ވަނަ މާއްދާގައި މިފަދަ ކޯހެއްގައި އަމިއްލަ
ގޮތުން ބައިވެރިވާ މީހުންގެ ތެރެއިން މުސާރައާއި އެއްވަރުގެ އެލަވަންސް ލިބޭ ފަރާތްތަކުން ޤާނޫނު ނަންބަރު
29/76 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ
ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީން ދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނު ދަށުން
ސަރުކާރަށް ޚިދުމަތްކުރަންޖެހޭ މުއްދަތުގެ 1/2 އެއްބައިކަމުގައިވާ 2 އަހަރު 6 މަސްދުމަހު
ވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{11/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 22 22
ސަރުކާރުން ކަނޑައަޅާ ތަނެއްގައި އެމުއްދަތުގައި ޚިދުމަތްކުރަންޖެހޭކަމަށް ބަޔާންކުރެވިފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި މިލިޔުމުގައި އިސްމާޢީލް ރަމީޒް އިބްރާހީމް 14 ޖޫން 2007 ގައި ސޮއިކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި، މިލިޔުމަކީ މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ލިޔުމެއްކަން އެނގޭކަމާއި،
އިސްމާޢީލް ރަމީޒް އިބްރާހީމް އިންޑިޔާއިން ބެޗެލަރ އޮފް އާރޓްސް ކޯސް ހަދާ ފުރިހަމަ
ކުރުމަށްފަހު ދިވެހިރާއްޖެއަށް އަނބުރާ އައި ހަފްތާގެ ތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް އެކަން
އެންގިކަމަށް އިސްމާޢީލް ރަމީޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46 ޤަޟިއްޔާގެ ޝަރީޢަތުގެ
މަޖިލިހަށް ހުށަހެޅުނު ލިޔެކިއުންތަކުގެ ލިސްޓެއް އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ބަޔާންކުރައްވާފައިވީނަމަވެސް، އެރިޕޯޓުގައި އިސްވެ އިޝާރާތް ކުރެވުނު ލިޔެކިއުންތައް ހިމަނުއްވާފައިނުވާކަން
ފާހަގަކުރެވޭކަމާއި، އިސްވެ އިޝާރާތް ކުރެވުނު ލިސްޓުގައި ހިމެނިފައިވާ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ
ނަންބަރު 2010
/
10
/
7/INDIV/22 ސިޓީއަށް ބެލިއިރު، އެސިޓީގައި 2 އޯގަސްޓް 2010 ގެ ތާރީޚު ޖަހައި،
އިސްމާޢީލް ރަމީޒް އިބްރާހީމް 5 އޯގަސްޓް 2010 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވި ސިޓީގެ
ޖަވާބުގައި، އިސްމާޢީލް ރަމީޒް އިބްރާހީމް ޤާނޫނު ނަންބަރު 29/76 (ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ
ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެ ފަރާތުން ތަމްރީން
ދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަންޖެހޭ މުއްދަތުގެ
ދެބައިކުޅަ އެއްބައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަސައްކަތްކުރަން ހަމަޖައްސާ ތަނެއްގައި ޚިދުމަތް ކުރުމަށް
އިސްމާޢީލް ރަމީޒް އިބްރާހީމް ސޮއިކޮށްފައިވާތީ، އިސްމާޢީލް ރަމީޒް އިބްރާހީމް އެދިފައިވާ ގޮތަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ވަޒީފާއަކަށް ދޫކުރެވެން ނެތްކަމަށް އެމިނިސްޓްރީން އިސްމާޢީލް ރަމީޒް އިބްރާހީމަށް
އަންގާފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 2010
/
1084/INDIV/22 ސިޓީވެސް
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނުކަން އެނގޭކަމާއި، އިސްވެ އިޝާރާތްކުރެވުނު ސިޓީގައި
އިސްމާޢީލް ރަމީޒް އިބްރާހީމް 16 އޯގަސްޓް 2010 ގައި ފޮނުވި ސިޓީގެ ޖަވާބުގައި، މިނިސްޓްރީ އޮފް
އެޑިޔުކޭޝަންގެ ޕްލީވްއެއް ލިބި، ކޯސް ފުރިހަމަ ކުރުމަށްފަހު، ކޯހަށް ހިނގި ޚަރަދު އަނިވުގެންވަންގޮތަށް
ox
ou OO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
2{11/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުވައްޒަފުން ބޮންޑުން ވީއްލުމުގެ އުޞޫލެއް އަދި ހެދިފައިނެތުމާއެކު އެގޮތަށް އިސްމާޢީލް ރަމީޒް ވީއްލެން ނެތް
ވާހަކަ އޭނާއަށް އެމިނިސްޓްރީން އަންގާފައިވާކަން ފާހަގަކުރެވޭކަމެވެ.
مرتا کی مر کر گرنه دی
ހ22222ދ2
އ ހ 0
2&2
4
(ނ) ދެވަނަ ކަމަކީ، ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާއިދުގެ 2003 ގެ 5 ވަނަ
ލިޔުންތަކުގެ މަޢުލޫމާތު ހިމަނަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، މައްސަލާގައި ޙަވާލާދީފައިވާ އިޤުރާރާއި
ދަޢުވާ ހުށަހެޅި ފޯމް ހިމެނިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުގައި އެޤަޟިއްޔާއާ ގުޅިގެން ހުށަހެޅުނު ލިޔުންތަކުގެ މަޢުލޫމާތު ހިމެނިފައިވާކަން
ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް، މައްސަލައެއްގެ ރިޕޯޓު ލިޔުންތަކާއެކު ކޯޓަކުން ދޫކުރާއިރު، އެމައްސަލައިގެ
ދަޢުވާ ފޯމާއި، އެމައްސަލައަކާ ގުޅޭގޮތުން ދެފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުގެ ހުރިހާ
ބަޔާންތަކަކާއި، އަދި އެމައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ހުރިހާ ލިޔެކިއުންތަކުގެ ކޮޕީ އެރިޕޯޓުގައި
ހިމަނަންޖެހޭނެކަމާއި،
އެހެންނަމަވެސް، ރިޕޯޓެއް ދޫކުރާއިރު އެލިޔުންތައް ރިޕޯޓުގައި ފުރިހަމައަށް ނެތުމަކީ، އެޤަޟިއްޔާ
ބާޠިލުކަމަށް ކަނޑައެޅޭނެ ފަދަ ސަބަބެއް ނޫންކަމެވެ.
2
0 33223
22 ތ ދވ
ނުވާކަމަށް
(ނ) ތިންވަނަ ކަމަކީ، މައްސަލައާއި ގުޅިގެން ދައުލަތުން ހެކީގެ ގޮތުގައި މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން އިސްމާޢީލް ރަމީޒް އިބްރާހީމަށް ވަޒީފާ ހަމަޖައްސައިދިންކަމުގެ ލިޔުން ހުށަހެޅުނުއިރު، ކ.މާފުށީ
މެޖިސްޓްރޭޓް ކޯޓުން ހެކި ވަޒަން ކުރެއްވުމުގައި ދައުލަތުން ހުށަހެޅި ހެއްކަށް ރިޢާޔަތްކުރައްވާފައި ބުނެ
ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނަޒަރުކުރިއިރު،
އިސްމާޢީލް ރަމީޒް އިބްރާހީމް ކޯސް ފުރިހަމަކުރުމަށްފަހު މާލެ އައުމުންވެސް މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުން އޭނާއަށް ވަޒީފާ ހަމަޖައްސައިނުދޭކަމަށާއި އޭނާ ހިފަހައްޓާފައިވާކަމަށް މާލެއަތޮޅު މާފުށި
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ
ނަންބަރުގައި ބަޔާން ކުރައްވާފައިވާކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްމާޢީލް ރަމީޒް އިބްރާހީމް ކޯސް
ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އައުމުން، އޭނާއަށް ވަޒީފާއެއް ހަމަޖައްސައިދިންކަން އަންގައިވޭ
OU OO
02
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2{11/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
<< O
އޮފް އެޑިޔުކޭޝަންގެ ނަންބަރު 2010
/
1080/INDIV/22 ސިޓީއަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ދައުލަތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވީނަމަވެސް،
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު 2010
/
1080/INDIV/22 ސިޓީއަކީ މާފުށީ
މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅުނު ލިޔުމެއްތޯ ސާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2013
/
2/B2
/
H12C-95 ސިޓީން ދެންނެވުމުން، މާލެއަތޮޅު މާފުށީ މެޖިސިޓްރޭޓް ކޯޓުގެ ނަންބަރު
މެސެޖްގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު
އަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަމަށް ބަޔާންކުރައްވާފައި އޮތުމުން،
އިސްވެ އިޝާރާތްކުރެވުނު ސިޓީއަށް އެކޯޓުން ރިޢާޔަތް ކުރައްވާފައިނުވާކަން ބެލެވެން ނެތްކަމެވެ.
H-12-MC/2013/158
22/INDIV/2010/1080
OXec
22
(ރ) ހަތަރުވަނަ ކަމަކީ، "އަމިއްލަ ގޮތުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރާ
ފަރާތްތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭގޮތަށް އެދޭ ފަރާތްތަކުގެ އިޤްރާރު" ގެ 1 ވަނަ މާއްދާއާއި 8 ވަނަ
މާއްދާއަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބުނާފަދަ ޣައިރު ޤާނޫނީ
މާއްދާތަކެއް އެކުލެވިގެންވާ އިޤްރާރެއްކަމަށް ފާހަގަކުރައްވާފައިވަނީ ކޮންޓްރެކްޓާބެ
ޤާނޫނުގެ 17 ވަނަ މާއްދާގެ
ނައްޞާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ހ) ގައި ޣައިރު
ޤާނޫނީ ކޮންޓްރެކްޓަކީ ބާޠިލު އެއްޗެއްކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި އެމާއްދާގެ (ނ) ގައި ކޮންޓްރެކްޓެއް
ޣައިރު ޤާނޫނީވާ ދެ ޙާލަތު ބަޔާންކޮށްފައިވާކަމާއި، އަދި އެދެ ޙާލަތަކީ، ފުރަތަމަ ކަމަކަށް، އެފަދަ ކޮންޓްރެކްޓެއް
ކުރުމަކީ ޤާނޫނު މަނާކުރާ ކަމަކަށްވުންކަމާއި، އަދި ދެވަނަ ކަމަކަށް ޣައިރު ޤާނޫނީ ނުވަތަ ބަދުއަޚްލާޤީ
މަޤުސަދަކަށްޓަކައި ކޮންޓްރެ
ފެޓްރެކްޓެއްކުރުންކަން ފާހަގަކުރެވޭކަމާއި،
14 ޖޫން 2007 ގައި އިސްމާޢީލް ރަމީޒް އިބްރާހީމް ސޮއިކޮށްފައިވާ "އަމިއްލަ ގޮތުން
ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާސިލުކުރާ ފަރާތްތަކުގެ ތެރެއިން ފައިސާގެ އެހީ ލިބޭގޮތަށް އެދޭ ފަރާތްތަކުގެ
އިޤްރާރު" އަށް ބަލާއިރު، އެ އިޤްރާރުގެ 1 ވަނަ މާއްދާގައި މިފަދަ ކޯހެއްގައި އަމިއްލަ ގޮތުން ބައިވެރިވާ
މީހުންގެ ތެރެއިން މުސާރައާއި އެއްވަރުގެ އެލަވަންސް ލިބޭ ފަރާތްތަކުން ޤާނޫނު ނަންބަރު YL6ޝޫރުކާރުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{011/HC-A/197
Oo
22 /
»0
0
2
0
2 4ޑ2
اما ميسرع تحمل معه می
15
މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި،
ސަރުކާރުގެ ފަރާތުން ތަމްރީން ދެވޭ މީހުން ސަރުކާރަށް ޚިދުމަތް ކުރުމާބެހޭ ޤާނޫނު) ގެ ދަށުން ސަރުކާރަށް
ޚިދުމަތްކުރަންޖެހޭ މުއްދަތުގެ 12 އެއްބައިކަމުގައިވާ 2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ސަރުކާރުން
ކަނޑައަޅާ ތަނެއްގައި އެމުއްދަތުގައި ޚިދުމަތްކުރަންޖެހޭކަމަށް ބަޔާންކުރެވިފައި އޮތް އޮތުމާއި އެ އިޤްރާރުގެ 8
ވަނަ މާއްދާގައި ކޯސް ފުރިހަމަކުރުމަށްފަހު މިނިސްޓްރީން މަސައްކަތްކުރަން ހަމަޖައްސާ ތަނެއްގައި
އިޚްލާސްތެރިކަމާއެކު ވަޒީފާއަދާކުރަން ވާނެކަމަށް ބަޔާންކުރެވިފައި އޮތް އޮތުން ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ
17 ވަނަ މާއްދާއާ ޚިލާފުވާ ސަބަބުތަ
ބަބުތައްކަމަށް އިސްތިއު ކުރެވިފައިމިވާ
ޤަޟިއްޔާގައި ބަޔާންކުރައްވާފައިވަނީ،
އެއިޤްރާރުގެ 8 ވަނަ މައްދާއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 3 ވަނަ
މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުން އެއްވެސް މީހަކު ވަޒީފާއެއް ނުވަތަ ވަކި މަސައްކަތެއް ވަކި ތަނެއްގައި
ކުރުމަށް މަޖްބޫރު ކުރުމަކީ ޤާނޫނާ ޚިލާފުކަމަކަށް ވާތީކަމަށާއި، އަދި އެއިޤްރާރަކީ ޤާނޫނު ނަންބަރު 4/91
ޤާނޫނު) ގެ ވަނަ މާއްދާގައިވާ ގޮތަށް ނުރަނގަޅު ނުފޫޒު ބޭނުންކޮށްފައިވާ
އެއްބަސްވުމެއްކަމަށާއި، އަދި އެއިޤްރާރުގެ 1 ވަނަ މާއްދާގައި ޙަވާލާދީފައިވަނީ ޤާނޫނުގައި ނެތް ވާހަކައަކަށް
ކަމަށް ބަޔާންކުރައްވާފައިވާކަމާއި،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި އެއްވެސް
މީހަކު ލައްވައި މަޖްބޫރުން މަސައްކަތް ކުރުވައިގެން ނުވާނެކަމަށް ބުނެފައިވާއިރު، "މަޖުބޫރުން މަސައްކަތް
ކުރުވުން" ގެ މާނަ އެމާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާކަމާއި، (ށ) ގައި "މަޖްބޫރުން މަސައްކަތް ކުރުވުން"
ކަމަށް ބުނެފައިވަނީ މީހަކު އޭނާގެ އަމިއްލަ އިޚްތިޔާރުގައި ދޭ ޚިދުމަތެއް ހޯދުން ފިޔަވައި، އަދަބެއް ދޭނެކަމުގެ
އިންޒާރުދީގެން ނުވަތަ ނުފޫޒުގެ ބާރު ބޭނުންކޮށް ބިރު ދައްކައިގެން މީހެއްގެ ފަރާތުން ޚިދުމަތް ހޯދުންކަމަށާއި
ނުވަތަ މަސައްކަތެއް ކުރުވުންކަމަށް ބަޔާންކުރެވިފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، އިސްމާޢީލް ރަމީޒް އިބްރާހީމް އިންޑިޔާއަށް ޑިގްރީ ކޯސް
ހަދަން ދިޔައީ އެކޯސް އަމިއްލައަށް ހޯދައިގެން އަދި އަމިއްލައަށް ފައިސާ ދައްކައިގެންކަން އިސްމާޢީލް ރަމީޒް
އިބްރާހީމް ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިހުރި ވާހަކަތަކުން އެނގޭކަމާއި،
ކަން
އެހެންއޮތްއިރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕޭ ލީވްއަކާ ނުލައިވެސް އިސްމާޢީލް ރަމީޒް އިބްލް މަތީން
8
s.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2{011/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދި 24 ه2
ދިއުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވޭކަމާއި، އެހެންކަމުން، ޖޭ ލީވްއެއް ނަގާފައިވަނީވެސް ބަޔަކު
މަޖުބޫރުކޮށްގެން ނޫންކަން އިސްމާޢީލް ރަމީޒް އިބްރާހީމްގެ ވާހަކަތަކުން ދޭހަވާއިރު، މިނިސްޓްރީ އޮފް
އެޑިޔުކޭޝަނުގައި ވަޒީފާ އަދާކުރި ފަރާތެއް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުން، އެފަރާތް ކިޔަވަން ހުރި
މުއްދަތަށް އެފަރާތުން އޮފީހަށް ޙާޟިރުނުވެ، ދީފައިވާ މުސާރައިގެ މަޤާބިލެއްގެ ގޮތުގައި ދައުލަތަށް ވަކި
މުއްދަތަކަށް ޚިދުމަތް ކުރުމަށް އެފަރާތުން އަމިއްލަ އިޚްތިޔާރުގައި އިޤްރާރުވުމީ، ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ބުނާ "މަޖުބޫރުން މަސައްކަތް ކުރުވުން" ކަމަށް ބެލެވެން
ނެތްކަމާއި، ކޮންޓްރެކްޓްގެ ޢާންމު އުޞޫލުތަކަށް ބެލިކަމުގައިވީނަމަވެސް، ދައުލަތާއި އިސްމާޢީލް ރަމީޒް
އިބްރާހީމްއާ ދެފަރާތުން އެއްބަސްވެފައިވާ ގޮތަކީ، އިސްމާޢީލް ރަމީޒް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ވަޒީފާ
އަދާކުރަމުން ދިޔައިރު ލިބުނު މުސާރަ އިސްމާޢީލް ރަމީޒް އިބްރާހީމް ކިޔަވަން ހުރި މުއްދަތުގައި ދައުލަތުން
އޭނާއަށް ދިނުންކަމާއި، އެކަމުގެ މުޤާބިލެއްގެ ގޮތުގައި ދައުލަތަށް 2 އަހަރާއި 6 މަސްދުވަސް ޚިދުމަތްކުރުންކަން
އެނގޭކަމާއި، އަދި އެމުސާރަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްމާޢީލް ރަމީޒް އިބްރާހީމްއަށް ދިންކަން އަދި
އިސްމާޢީލް ރަމީޒް އިބްރާހީމް އެމުސާރަ ބަލައިގެންކަން އިސްމާޢީލް ރަމީޒް އިބްރާހީމް ދަށު ކޯޓުގައާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިހުރި ވާހަކަތަކުން އެނގެންއޮތްއިރު، އެމުސާރަ
ލިބެމުން ދިޔައިރު ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމަކީ ޤާނޫނީގޮތުން ސައްޙަ އެއްބަސްވުމެއް ނޫންކަމަށް
ފާހަގަކޮށް އެކަމާގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އޭރު އިސްމާޢީލް ރަމީޒް އިބްރާހީމް އަޅާފައިނުވާކަން
އެނގޭކަމާއި، އެއެއްބަސްވުމުގެ ދަށުން އިސްމާޢީލް ރަމީޒް އިބްރާހީމްއަށް ލިބެންވާ މަންފާ ލިބިގަތުމަށްފަހު އޭގެ
މުޤާބިލުގައި އިސްމާޢީލް ރަމީޒް އިބްރާހީމް އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރާ ހިސާބުން، ދެފަރާތު ދެމެދު
އެއްބަސްވެވުނު ގޮތަކީ ޤާނޫނާ ޚިލާފު، ނުވަތަ ނުރަނގަޅު ނުފޫޒު ބޭނުންކޮށްގެން ވެފައިވާ އެއްބަސްވުމެއްކަން
ބެލެވެން ނެތްކަމާއި، އެހެންކަމުން، "އަމިއްލަ ގޮތުން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކުގެ
ތެރެއިން ފައިސާގެ އެހީ ލިބޭގޮތަށް އެދޭ ފަރާތްތަކުގެ އިޤްރާރު" ގެ 1 ވަނަ މާއްދާއާއި 8 ވަނަ މާއްދާއަކީ
ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބުނާފަދަ ޣައިރު ޤާނޫނީ
މާއްދާތަކެއްކަމަށް މާފުށި މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ
އެއްގޮތަށްކަން ބެލެވެން ނެތްކަމާއި، އަދި އެއިޤްރާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާއި89ވެrއިގަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2{11/HC-A/197
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާއާ ޚިލާފަށް ކޮށްފައިވާ އިޤްރާރެއްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ
ޚިލާފަށްކަން ފާހަގަކުރެވެން އޮންނަކަމެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ދައުލަތުގެ ފަރާތުން މާލެއަތޮޅު
މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު
ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް
މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ޖުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، މާލެއަތޮޅު މާފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/H.12.C/46 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީ، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ބާޠިލު ޙުކުމެއްކަމަށް މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;