ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/233 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/233
**
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 433/HC
-
A/2010
އިސްތިއުނާފް ކުރިފަރާތް:
ބާނަން. ޕޮރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ-
، ދާއިމީ އެޑްރެސް: ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: ޕޮރޮކިއުޓަރ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވި ފަރާތް:
އިބްރާހީމް އަޝްފާޤު އަޙްމަދު
އައިޑީ ކާޑު ނަންބަރ:003115-A
ދާއިމީ އެޑްރެސް:ޏ.ފުވައްމުލައް ޑޭލައިޓް
މިހާރުގެ އެޑްރެސް: ޏ.ފުވައްމުލައް ޑޭލައިޓް
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ޛުލްޙިއްޖާ 1431
07 ނޮވެމްބަރ 2010
ނިމުނު ތާރީޚް: 20 ޛުލްޙިއްޖާ 1432
16 ނޮވެމްބަރ 2011
0
+8ސފަ
ޝިއްޔާނަންބަރ: ޖިނާއީކޯޓުގެ ނަންބަރު 2010/JC/361 ޤަޟިއްޔާ
އަމުރަށްނު
• ނިންމެވިކޯޓް: ޖިނާއީކޯޓް
ތާރީޚް: 13 އޭޕްރީލް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފު ޙުސައިން، އިސްފަނޑިޔާރު އަޙުމަދު ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
2
ޤުގބތަޓ /2ނ
2010/-A733
ނު ގޮތުގެ
* 2
ދައުވާގެ ޚުލާޞާ
މިއީ ޖިނާއީކޯޓުގެ ނަންބަރު 2010/JC/361 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތް ނުވާ ކަމަށް ބުނެ އެނިންމުން އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ
. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ޏ.ފުވައްމުލައް(ޑޭލައިޓް
(މ.އިރާޝާ) އިބްރާހީމް އަޝްފާޤު އަޙްމަދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުނަންބަރު A003115) އެވެ.
j
4102
• ފާހަގަކުރެވުނު ނުކުތާތައް:
1- އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ޖިނާއީކޯޓުގެ ނަންބަރު 2010/JC/361 ޤަޟިއްޔާއަކީ އިބްރާހީމް
އަޝްފާޤު އަޙްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެން 20 ސެޕްޓެމްބަރ 2004 ދުވަހު މާލެގެނެސް
ފުލުސްއޮފީހުގެ ވެލްފެއަރ ގޮޅީގައި ބަންދުކޮށްފައިހުއްޓާ 21 ސެޕްޓެމްބަރ 2004 ދުވަހު ގެ 13:00 ހާއިރު އެގޮޅިން
ނިކުމެގެން މީނާ ފިލާފައިވާކަމަށް ބުނެ ދައުލަތުން އިބްރާހީމް އަޝްފާޤު އަޙުމަދުގެ މައްޗަށް ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާ ކުރުމުށް ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއް ކަމާއި
އެޤަޟިއްޔާގެ ޙުކުމުގައިވަނީ " ދެންފަހެ ދައުލަތުން ޏ.ފުވައްމުލައް ޑޭލައިޓް އިބްރާހީމް އަޝްފާޤުގެ މައްޗަށް ކުޅަ
އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އިބްރާހީމް އަޝްފާޤު އަޙުމަދުގެ މައްޗަށް ދައުލަތުން
މިދަޢުވާކޮށްފައިވަނީ ތަޙުޤީޤުގައި މީނާ ވެފައިވާ އިޢުތިރާފުގެ މައްޗަށް ކަމުގައިވީނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް
އަޝްފާޤު އަޙްމަދު ތަޙުޤީޤުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވެ މިދަޢުވާއަށް އިންކާރުކޮށްފައިވާތީ، ދައުލަތުން
ޏ.ފުވައްމުލައް ޑޭލައިޓް އިބްރާހީމް އަޝްފާޤު އަޙްމަދުގެ މައްޗަށް އަމުރަށްނުކިޔަމަންތެރި ވުމުގެ ކުށުގެ މިދައުވާ މީނާގެ
ސާބިތުނުވާކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންކަން އެގެއެވެ.
02- ޖިނާއީކޯޓުގެ ނަންބަރު 2010/JC/361 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކަމަށް ދެކިގެން މައްސަލަ އިސްތިއުނާފު ކުރި ފަރާތް ކަމަށްވާ ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅާފައިވާ މައިގަނޑު ނުކުތާއަކީ އިބްރާހީމް އަޝްފާޤު އަޙުމަދު 20 ސެޕްޓެމްބަރ 2004 ދުވަހު މާލެ ގެނެސް
ފުލުސްއޮފީހުގެ ވެލްފެއަރ ގޮޅީގައި ބަންދުކޮށްފައިހުއްޓާ އެތަނުން ނުކުމެގެން ދިޔަކަމަށް ބުނެ ދަށުކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އިބްރާހީމް އަޝްފާޤު އަޙުމަދު އިޢުތިރާފުވެފައި ވާއިރުވެސް މީނާގެ މައްޗަށް
ކުށް ސާބިތުނުވާކަމަށް
ކަނޑައަޅުއްވާފައިވުންކަމަށް" ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.
03- މިމައްސަލަ އިސްތިއުނާފު ކުރި ފަރާތްކަމަށްވާ ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މިކޯޓުގެ
ޝަރީޢަތަށް ދިފައިވާ ބަޔާނަށް ބަލާއިރު ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އިބްރާހީމް އަޝްފާޤު އަޙްމަދު 04 އޭޕްރީލް 2010
ދުވަހު ދީފައިވާ ބަޔާނުގައި "ދައުލަތުން އެވިދާޅުވާ ތާރީޚުގައި އަޅުގަނޑެއް ނުފިލަމޭ އެތަނުގައި ތިބި ސެކިއުރިޓީން އަޅުގަނޑު
ކައިރީގައި ދާށޭބުނުމުން އަޅުގަނޑު ދިޔައީއޭ" ވަރަށް ސާފު އިބާރާތުން މިހެން ބުނެފައި އެބައޮތް ކަމަށާއި އަދި އެތަނުން
ނުކުމެގެން ދިޔަކަމަށް އިޢުތިރާފުވެފައި އެބައޮތް ކަމަށާއި އެހެން ކަމުން އެނުކުތާ ދައުލަތުން ފާހަގަކުރާކަމަށާއި
އަދި ޖިނާއީ ކުށެއް ސާބިތުވުން ބިނާވެގެންވަނީ ދަޢުވާ ލިބޭމީހާގެ އިޢުތިރާފު ނުވަތަ ހުށަހެޅޭ ހެއްކާއި
ޤަރީނާގެ މައްޗަށް ކަމަށާއި ހަމައެހެންމެ ޖިނާއީ ކުށެއް ސާބިތުނުވުން ބިނާވެފައިވަނީވެސް ދަޢުވާލިބޭ މީހާ ކުރާ އިންކާރު އަދި
ދިފާއުގައި ހުށަހަޅާ ހެއްކާއި ޤަރީނާގެ މައްޗަށް ކަމަށާއި މިމައްސަލައަށް ބަލާއިރު އިބްރާހީމް އަޝްފާޤު އަޙްމަދު ފުލުސްއޮއްއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާ..
3
201{{HC-A733
من بی در
ނިމުނު ގޮތުގެ ރިޕޯޓް
SU COX >
ން އެގެއެވެ.
ވެލްފެއަރ ގޮޅިން ފިލައިގެން ނުކުމެގެން ދިޔަކަމަށް އެބަ އިޢުތިރާފުވާކަމަށާއި އަދި އޭނާ ދިފާއެއްގެ ވާހަކައަކަށް ބުނާ ވާހަކައަކީ
އެމީހުން ފޮނުވާލުމުން ނިކުމެގެން ދިޔައީ ކަމަށާއި ނަމަވެސް އެކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި ވީމާ އެކަން
ސާބިތު ނުކޮށްދެވޭހާ ހިދަކު ދައުވަތުގެ ފަރާތުން ދެކެނީ އޭނާ ނުކުމެގެން ދިޔަ ދިއުމަކީ އެއީ ފިލައިގެން ދިޔަ ދިއުމެއްގެ
ގޮތުގައި ކަމަށްވެސް ބަޔާން
ބަޔާންކޮށްފައިވާކަން
04- މިމައްސަލާގައި ދަޢުވާލިބޭ ފަރާތްކަމަށްވާ އިބްރާހީމް އަޝްފާޤު އަޙްމަދު މިކޯޓުގެ ޝަރީޢަތަށް ދީފައިވާ
ބަޔާނުގައި ވެލްފެއަރގޮޅިއަކީ ވަރަށް ބޮޑަށް ސެކިއުރިޓީގެ ކަންތައްތައް ޤާއިމުކުރެވިފައިވާ ތަނެއްކަމަށާއި އެތަނަށްވަދެ ނުކުމެ
ހަދާއިރު އެތަނުގެ ކެމެރާސި
އެގޭނެކަމަށާއި އެތަނަށް މައްސަލައެއްގެ
ސަލައެއްގެ ތުހުމަތުގައި ޙާޟިރުކުރެވޭ މީހެއް
ވެއްޖިއްޔާމުން އެމީހަކަށްދެވޭނީ އެތާގެ ސެކިރިޓީމީހާ ބުނެގެން ކަމަށާއި ނޫންނަމަ އެމީހަކަށް އެތަނުން
ނޯންނާނެކަމަށާއި ދެވޭނީ ފޮނުވާލުމުން ކަމަށާއި
ދައުލަތުގެ ވަކީލު ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށް ޝަރީޢަތް ކުރިއަށް ގެންދަން ބޭނުންވާނަމަ ދައުލަތަށް
ލިބިފައިވާ ހެއްކާއި ޤަރީނާ ހުށަހެޅުން އެދޭކަމަށާއި އިބްރާހީމް އަޝްފާޤު އަޙްމަދު އެތަނުން ފިލާފައެއް ނޯންނާނެ ކަމަށާއި އޭނާ
އެގޮޅިން ދިޔައީ އޭނާގެ ކައިރީގައި ނިކުމެގެންދާށޭ ބުނުމުން ކަމަށާއި އެނޫން ގޮތަކަށް އޭނާ ނުކުގެން ދިޔަކަމަށް
ބުނާނަމަ ދައުލަތުން އޭނާ ފިލިކަމަށް ސާބިތުކޮށްދިނުމަށް ހެއްކާއި ޤަރީނާ ހުށަހެ އޭނާގެ ބަޔާނުގައި ބުނެފައިވާކަން
އއ0 04
ސްޓްމުންވެސް
44444
ދާކަށްއެ
ނޗ39
223 ހއ 22
.ހޮލެށްވެސް
އެގެއެވެ.
05- މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށާއި ހުށަހެޅިފައިވާ ލިއުންތަކަށް ނަޒަރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ކުރުމުން
33ތ4
هرمی در سر
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާގައި
" ތުހުމަތު ކުރެވޭ މީހާ ބުއްދި
ސަލާމަތުންހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި އެހެން އިޢުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެއެވެ."
މިގޮތަށް ބަޔާން ކޮށްފައިވާއިރު މިމައްސަލާގައި އިބްރާހީމް އަޝްފާޤު އަޙްމަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ މީނާ
ފުލުސް އޮފީހުގެ ވެލްފެއަރ ގޮޅީގައި ބަންދުކޮށްފައި ހުއްޓާ 21 ސެޕްޓެމްބަރ 2004 ދުވަހުގެ 13:00 ހާއިރު އެގޮޅިން
ނުކުމެގެން ފިލައިގެން ގޮސްފައިވުމުގެ ކުށްކަން އެގޭއިރު އަދި އިބްރާހީމް އަޝްފާޤް އަޙްމަދު ގެ މައްޗަށް ކުރެވުނު ކުށުގެ
ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ދަޢުވާގައި އޭނާގެ
މައްޗަށް އުފުލިފައިވާ
ކުށުގެ ދަޢުވާއަށް ޝަރީޢަތުގައި
އިންކާރުކޮށް އޭނާ ފުލުސްއޮފީހުގެ ވެލްފެއަރ ގޮޅިން ފިލައިގެން ނުދާކަމަށާއި އެތަނަކީ ވަރަށް ބޮޑަށް ސެކިއުރިޓީގެ ކަންތައްތައް
ޤާއިމުކުރެވިފައިވާ ތަނެއް ކަމަށާއި އެތަނަށް ވަދެ ނުކުމެ ހަދާއިރު އެތަނުގެ ކެމެރާ ސިސްޓަމަށްވެސް އެގޭނެ ކަމަށާއި
އެތަނުން ދެވޭނީ އެތާގެ ސެކިއުރިޓީ މީހާއަށް އެގިގެން ފޮނުވާލުމުން ކަމަށާއި، އިބްރާހީމް އަޝްފާޤު އަޙްމަދު އެގޮޅިން
ނުކުމެގެން ދިޔައީ އޭނާގެ ކައިރީގައި ނިކުމެގެން ދާށޭ ބުނުމުން ކަމަށް އޭނާ ބުނެފައިވާއިރު
އިބްރާހީމް އަޝްފާޤު އަޙްމަދު ފުލުސް އޮފީހުގެ ވެލްފެއަރ ގޮޅިން ފިލައިގެން ދިޔަކަމަށް ބުނެ ދައުލަތުން
ދަޢުވާކޮށްފައިވާއިރު އެކަން ހިގާދިޔަ ގޮތާއި އަދި އޭނާ ފިލައިގެން ދިޔަގޮތް ޝަރީޢަތުގައި . ކޮށްފައި ނުވާކަމާއި އަދި ދަޢުވާ
ސާބިތުކުރުމަށް ދަޢުވާކުރާފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަންވެސް އެގެއެވެ.
ދި8 9
0ނ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2010/IIC-A/233
* + + + + +
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި "ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ
މީހުންގެ ހައްޤުތައް" މިސުރުޚީގެ ދަށުން ބަޔާންކޮށްފައިވާ އެބާބުގެ 51 ވަނަ މާއްދާގެ(ހ)ގައި " އެމީހަކު ކުށެއްކޮށްފިކަން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ޞާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ
ޙައްޤު ލިބިގެންވެއެވެ” މިގޮތަށް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު އިބްރާހީމް އަޝްފާޤު އަޙްމަދު ފުލުސް އޮފީހުގެ
ވެލްފެއަރ ގޮޅީގައި ބަންދުކޮށްފައި ހުއްޓާ އެތަނުން ފިލައިގެން ނިކުމެގެން ގޮސްފައިވާކަމަށް ބުނެ ދައުލަތުން އިބްރާހީމް
އަޝްފާޤް އަޙްމަދުގެ މައްޗަށް މިދަޢުވާ ހުށަހަޅާފައިވާއިރު އަދި އިބްރާހީމް އަޝްފާޤު އަޙްމަދު ބަންދުކޮށްފައި ހުރީ
ފުލުސްއޮފީހުގެ ވެލްފެއަރ ގޮޅީގައި ކަމަށްވާއިރު، އަދި ބަންދުގައި ތިބޭމީހުންނަށް ޢާއްމުގޮތެއްގައި، ބަންދުކޮށްފައިވާތަނުން
ނުކުމެގެން ދެވޭނީ ދޫކޮށްލުމުން ނުވަތަ ފޮނުވާލުމުން ކަމީ ޢާއްމުކޮށް އެކަން ހިނގަމުންދާ ގޮތްކަން އެނގޭއިރު، އަދި އެފަދަ
ތަނަކުން ފިލައިގެން ދިއުމަކީ ޢާއްމު ހާލަތާ ޚިލާފަށް ދިމާވާ ކުއްލި އާދަޔާ ޚިލާފު ކަމެއް ކަންވެސް އެގޭ ކަމާއި އެހެންކަމުން
އިބްރާހީމް އަޝްފާޤު އަހްމަދު ފުލުސް އޮފީހުގެ ވެލްފެއަރ ގޮޅިގައި ބަންދުކޮށްފައި ހުއްޓާ ފިލައިގެން ނިކުމެގެން ދިޔަކަން
އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރެވޭވަރުގެ ހުއްޖަތް ހުށަހެޅުމަކީ މިމައްސަލާގައި
ދަޢުވާކުރާފަރާތުން ކުރަންޖެހޭ ކަމަކަށްވާއިރު އިބްރާހީމް އަޝްފާޤު އަޙްމަދުގެ މައްޗަށް ދައުލަތުންކުޅަ މިދަޢުވާ އެކަށީގެންވާ
މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތު ކުރެވޭ ވަރުގެ ހެއްކެއްޤަރީނާއެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެގެއެވެ.
ވީމާ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތަށް ހުރުމުން ޖިނާއީ ކޯޓުގެ ނަންބަރ
2010/JC/363ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަޖެހޭ ސަބަބެއްއޮތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ނުދެކެއެވެ.
ދެންފަހެ އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު ޖިނާއީ ކޯޓުގެ ނަންބަރ 2010/JC/361
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤު ވެފައިވާތީ ޖިނާއީ ކޯޓުގެ ނަންބަރ 2010/JC/361 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ: ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ