ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2013/SC-C/39 ޤަޟިއްޔާ
ސަފްޙާ14 ގެ1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 39/SC-C/2013
ދަޢުވާކުރާ ފަރާތް: އަޙްމަދު ޒަނީން އާދަމް، ގ. މާލެހިޔާ 2، 01-14
ދަޢުވާ ލިބޭ ފަރާތް: އިލެކްޝަންސް ކޮމިޝަން
ތަދައްޚުލްވި ފަރާތް: ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ
، މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން
ހުށަހެޅުނު ތާރީޚް: 22 އޮގަސްޓު 2013
ރަޖިސްޓަރީ ކުރެވުނު ތާރީޚް: 27 އޮގަސްޓު 2013
ނިމުނު ތާރީޚް: 02 ސެޕްޓެންބަރު 2013
• މައްސަލަ ނިންމި ގަޑި: 15:16
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު
ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު
އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު
މުޢުތަޞިމް ޢަދުނާން.
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ2
14
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި
އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ޢުމުރުން 18
އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމަށް ސާފު ބަހުން ބުނެފައިވުމުން، މި ޙައްޤަކީ ވޯޓު
ދިނުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ މީހަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީން
ކަށަވަރުކޮށްދީފައިވާކަން އެނގޭއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ވޯޓުލާ މީހުންގެ ވޯޓު
ރަޖިސްޓަރީ ކުރުމުގައި ސުވާލު އުފެދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަމަލުކުރަމުން
އަންނާތީ، ވޯޓުލުމުގެ ޙައްޤު ގެއްލިގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ، އިލެކްޝަންސް
ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރުކުރެވޭ ނިޒާމެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށްޓަކައި،
މިނިވަން މުސްތަޤިއްލު އައިޓީ އޮޑިޓަރެއް މެދުވެރިވެ އެތަނުގެ އައިޓީ ނިޒާމް އޮޑިޓްކޮށް ދިނުމުގެ އިތުރުން
ވޯޓު ރެޖިސްޓަރޭޝަންގެ ކަންތައްތައް ކުރިޔަށް ގެންދަވާފައިވަނީ ވަކިފަރާތަކަށް ބުރަވުމެއްނެތި
އިންޞާފުވެރިކަމާއެކުތޯ ބަލައި ކަށަވަރުކޮށް ދިނުމަށާއި، ވޯޓާ ރެޖިސްޓްރޭޝަންއާއި ގުޅިގެން އިލެކްޝަންގެ
މުޅި ނަތީޖާއަށް ނޭދެވޭ އަސަރުތައް ކޮށްފާނެކަމުގެ ޝައްކު އުފެދޭ މިންވަރަށް އިލެކްޝަންސް ކޮމިޝަނަށް
ގިނަ ޢަދަދެއްގެ ފޯމުތަކެއް ހުށަހަޅާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެއީ ޙަޤީޤަތުގައި ވެސް އެ
ފޯމުތަކުގައި ބުނެފައިވާ ފަރާތްތަކުން ބުނެފައިވާ ތަންތާނގައި ވޯޓުލާން ޙާޟިރުވެ ތިބި ކަމާމެދު ސުވާލު
އުފެދޭ ކަންތައްތަކެއް ހުރުމާއެކު އެކަންކަން ކަށަވަރު ކުރުމަށާއި، 2013 ވަނަ އަހަރުގެ ސެޕްޓެންބަރު
މަހުގެ 07 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މިފަދަ ބޭއިންޞާފު
ޣައިރު ޤާނޫނީ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށްޓަކައި އަދި އެ އިންތިޚާބުގެ އިންޞާފުވެރި ކަމާއި
ޞައްޙަކަން ފާޅުކަންބޮޑު ގޮތެއްގައި ކަށަވަރު ކުރުމަށްޓަކައި، މުޅި ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ވޯޓުލާ
މީހުންގެ ރަޖިސްޓަރީގެ އަޞްލާ އެއްގޮތް ކޮޕީއެއް ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ލިބި، އެ
uoc
0
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
4
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ3514
ލިސްޓުގެ ޞައްޙަކަން ޔަޤީން ކުރުމަށްފަހު އޭގައި އެފަރާތްތަކުގެ ސޮޔާއި، ސީލް ހިމެނޭގޮތަށް
އިލެކްޝަންސް ކޮމިޝަނާއި ޙަވާލުކުރުމުން ކޮންމެ ދާއިރާއެއްގައިވެސް ވޯޓުލާ މީހުންގެ ލިސްޓުގެ ގޮތުގައި
އޮންނަ ރަސްމީ ލިޔުމަކީ ހަމައެކަނި މި ދެންނެވި ގޮތުގެ މަތިން ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް
ސީލްޖަހައި، ސައްޙަކަން ކަށަވަރުކޮށްފައިވާ ލިސްޓަށް ހެދުމަށާއި، އެނޫން އެއްވެސް ލިސްޓެއްގެ މައްޗަށް
ޢަމަލު ނުކުރާކަން އޮބްޒާވަރުން މެދުވެރިކޮށް ކަށަވަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި،
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނުފޫޒު ފޯރުވުމަށްޓަކައި،
އެއްވެސް ފަރާތަކުން އެއްވެސް ޢަމަލެއް ހިންގިޔަ ނުދިނުމަށާ، އަދި އެފަދަ ކަމެއް ހިނގާފައިވާކަން ނުވަތަ
ނޫންކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ
މާއްދާއާއި 237 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ މިދެންނެވި
އެންމެހައި ކަންކަން ކުރުމުގެ އިންތިޒާމެއް ހަމަޖެހޭފަދަ ގޮތަކަށް ކަންކަން ކުރުމުގެ އަމުރެއް ނެރެދިނުމަށް
އެދި، އަޙްމަދު ޒަނީން އާދަމް، ގ. މާލެހިޔާ 2، 01-140) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ހުށަހެޅުމުން ބެލިފައިވާ "ޢާންމު މަޞްލަޙަތުގެ ދަޢުވާ" (ޕަބްލިކް އިންޓަރެސްޓް ލިޓިގޭ ޝްން) ގެ
މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާ ލިބޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އެވެ. އަދި ދަޢުވާލިބޭ
ފަރާތާއެކު މި މައްސަލައަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވަނީ ތަދައްޚުލް ވެފައެވެ.
<
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި،
ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުންނާއި މައްސަލާގައި ތަދައްޚުލްވި ފަރާތުން ސުޕްރީމް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ14ގެ4
މިބާވަތުގެ މައްސަލަތަކާ ގުޅޭ ޢާންމު ދުސްތޫރީ އަދި ޤާނޫނީ މައްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބަލައި ވިސްނިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.
-1
20426
ނިދި
ފުރަތަމަ ކަމަކީ، މި މައްސަލައަކީ 07 ސެޕްޓެންބަރު 2013 ގައި ބޭއްވުމަށް
ހަމަޖެފައިވާ ރިޔާސީ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤުލިބިގެންވާ އެންމެހައި ރައްޔިތުންގެ ވޯޓް
ރަޖިސްޓަރީ ތައްޔާރުކޮށް ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޢަމަލުކޮށްފައި ވާގޮތުން،
ވޯޓު ދިނުމުގެ އަސާސީ ޙައްޤުން ގިނަ ޢަދަދެއްގެ ރައްޔިތުން މަޙުރޫމު ވެގެން ހިނގައްޖެނަމަ، ބުނެވިދިޔަ
އިންތިޚާބަކީ މިނިވަން އަދި އިންޞާފުވެރި، ނޭދެވޭ ނުފޫޒުން އެއްކިބާވެގެންވާ އިންތިޚާބަކަށް ނުވުމުގެ ބިރު
ޤާއިމުވެފައިވާތީ، އޭގެ ސަބަބުން މުޅި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާއި، އަމަން ޢާންމު ގެއްލިގެން
ހިނގައިދާނެތީ، ބަޔާންވެދިޔަ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންޞާފުވެރި، އެއްވެސް ފަރާތެއްގެ
ނުފޫޒުން އެއްކިބާވެފައިވާ އިންތިޚާބެއްކަން ކަށަވަރުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ
މައްސަލައެއްކަން މައްސަލާގެ ދަޢުވާގެ ޞިޣާއިން އިސްތިޚުލާޞް ކުރެވެން އޮންނަ ހިނދު، އަދި
ދައުލަތުގެ ދުސްތޫރީ ނިޒާމާ ގުޅިފައިވާ ޢާންމު އިންތިޚާބުތައް ފަދަ ކަމަކާ ގުޅިގެން އުފެދޭ، ދައުލަތް
ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެކަމުގެ އިޙްތިމާދު ޤާއިމުވެގެންވާ ޢާންމު މަޞްލަޙަތާ ގުޅިފައިވާ
މައްސަލަތައް ބަލައި ފައިޞަލާކުރުމަކީ އޭގެޒާތުގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސް ކޯޓުގެ
ޙައިޘިއްޔަތުން ސުޕްރީމް ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ އިޚުތިޞާޞާއި ވިރާސީ އިޚްތިޞާޞްގެ
ދަށުން، އަދި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ޅ)
އާއި، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ (1)، އާއި (3) ގެ ދަށުން ސުޕްރީމް ކޯޓަށް ލިބިގެންވާ
އިޚްތިޞާޏެއްކަން ސާފުކޮށް އެނގެން އޮންނައިރު، މި މައްސަލައަކީ އެއްވެސް ޙާލެއްގައި ވޯޓު ދިނުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މަޢުލޫމާތާއިމެދު ނުވަތަ އެ ރަޖިސްޓަރީއަށް ބަދަލުގެނައުމާއި
ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނަށް އުފުލާ ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ
2 20
ހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ކަންތައްMA
ސަފްޙާ14 5
ތިހަމަނުޖެހޭ ފަރާތަކުން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)
ގެ 10 ވަނަ މާއްދާގެ (ރ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް
ނޫންކަން އެނގެން އޮންނަކަމާއި އަދި ހަމައެފަދައިން މި މައްސަލައަކީ އިންތިޚާބެއް ހިނގަމުންދާއިރު، އެ
އިންތިޚާބަކާއި ގުޅޭ އެއްވެސް ކަމަކާއި ގުޅިގެން ނުވަތަ ބުނެވިދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި
ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި ނުވަތަ ވަކި ޚާއްޞަ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި
ނުވަތަ ޤަވާޢިދާ ޚިލާފަށް އެއްވެސް ފަރާތަކުން ކަމެއް ކުރުމާއިގުޅިގެން އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅޭ ޝަކުވާއެއް އެ ކޮމިޝަނުން ނިންމާގޮތާއިމެދު ހިތްހަމަނުޖެހޭނަމަ ނުވަތަ އިންތިޚާބުގެ
ނަތީޖާއާއިމެދު ހިތްހަމަނުޖެހޭނަމަ، އިސްވެދިޔަ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު 64 ވަނަ މާއްދާގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓަށް އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ދީފައިވާ ބާވަތުގެ އިންތިޚާބާބެހޭ
ޝަކުވާގެ މައްސަލައެއްވެސް ނޫންކަން އެނގެން އޮންނައިރު، މި މައްސަލާގައި ދަޢުވާލިބޭ ފަރާތުންނާއި،
އެ ފަރާތާއެކު ތަދައްޚުލްވި ފަރާތުން މި މައްސަލައަކީ ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭ
މައްސަލައެއްކަމަށް ބުނެ އުފުލާފައިވާ އިޖުރާއީ ނުކުތާއަކީ، އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް
ބިނާވެގެންވާ ނުކުތާއެއް ނޫންކަން އެނގެން އޮންނަކަމެވެ.
-2
2
c eދ
&02 ހތ
ބައިވުމުން
ދެވަނަ ކަމަކީ، 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 07 ވަނަ ދުވަހު
ދިވެހިރާއްޖޭގައި ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ އިންތިޒާމުކުރުމުގައި
އިލެކްޝަންސް ކޮމިޝަނުން ޤަވާޢިދާ ޚިލާފަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ބުނެ ދަޢުވާ ކުރާ ފަރާތުން
ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ތިމާ ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓުލާން ބޭނުންވާ
ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލިއިރު، އެކަމަށް ބޭނުންވާކަމަށް ބުނެ ގިނަ ޢަދަދެއްގެ ފޯމުތަކެއް
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައިވާކަމަށާއި، އަދި އިލެކްޝަންސް ކޮމިޝަނުން އެ ފޯމުތައް
ބަލައިގަނެ ފޯމުތަކުގައިވާ ގޮތުގެމަތިން، ފޯމުތަކުގައިވާ ފަރާތްތަކުގެ ނަންތައް އެކިއެކި ދާއިރާތަކަށް
ހިރާއް%
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
4
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ14ގެ6
ބަދަލުކޮށް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް އުނިއިތުރު ގެނެސްފައިވަނީ އެ ފޯމުތަކުގެ ޞައްޙަކަމާމެދު
ބަލައި ކަށަވަރުކުރަންޖެހޭ ބެލުންތައް ބަލައި ކަށަވަރުކުރުމަކާ ނުލާކަމަށާއި، އެގޮތަށް އެކަންކުރުމުގެ
ސަބަބުން ގިނަ ޢަދަދެއްގެ ރައްޔިތުން އެމީހުން ވޯޓުލާންޖެހޭ ދާއިރާތަކަށް ވޯޓުލާން ދާއިރު
އެ ފަރާތްތަކުގެ
ނަންތައް އެ ދާއިރާގެ ލިސްޓުން ޤަވާޢިދާ ޚިލާފަށް އުނިކުރުމުގެ ސަބަބުން އެ ފަރާތްތަކުގެ އަސާސީ
ޙައްޤަކުން މަޙުރޫމްވެގެ
ފުމްވެގެންދާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ތައްޔާރުކޮށްފައިވާ ވޯޓުލާ
މީހުންގެ ލިސްޓްގައި މަރުވެފައިވާ މީހުން ހިމެނިފައިވާއިރު، ނަންތައް ތަކުރާރުވެފައި ހުރުމާއި، ނުބައިކޮށް
ނަންލިޔެފައި ހުރުމާއި، ނަމާއި އައިޑީ ކާޑު ނަންބަރާ ދިމާނުވުމާއި ނަމާއި އެޑްރެސް ދިމާނުވުން ފަދަ
ކަންކަން ހިމެނިފައިވާއިރު، މިއިން ކޮންމެ ކަމަކީވެސް ވޯޓުލުމަށް ހުރަސްއެޅިގެންދާނެ ކަމެއްކަމަށާއި،
މާލޭގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ
ތެރެއިން 2009 އަކުން ފެށިގެން 2011 އާ ހަމައަށް އެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ
ނަންތައް އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްގައި ހިމެނިފައިނުވާކަމަށާއި، މިގޮތަށް މިކަން
މެދުވެރިވެފައިވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވޯޓުލުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ
ޞައްޙަކަން
ޞައްޙަކަމާއި އޭގައި ގޯހެއްނެތްކަން
ކަށަވަރުކުރުމަކާނުލައި، އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްގައި ހުރި މަޢުލޫމާތު އެއްކޮށް ފޮހެލުމަށްފަހު
ޞައްޙަކަން ކަށަވަރުނުކުރެވޭ މަޢުލޫމާތުތަކެއް އެތަނުގެ ޑޭޓާ ބޭސްއަށް ލުމުގެ ސަބަބުންކަމަށް ވާއިރު،
މިކަންކަމާ ގުޅިގެން ގެއްލިގެންދާ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤު ޙިމާޔަތްކުރުމަށާއި، 2013 ވަނަ
އަހަރުގެ ސެޕްޓެންބަރ މަހުގެ 07 ވަނަ ދުވަހު އިންތިޚާބަކީ
ތަޅާފޮޅުމެއް
ކޮރަޕްޝަނެއްނެތް ނުރަނގަޅު ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިޚާބަކަށް ހެދުން ކަށަވަރުކޮށްދޭ
އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް މި މައްސަލާގައި ދަޢުވާހުށަހެޅި ފަރާތުން އެދިފައިވާކަން އެނގެން
24
.ޑީ
ހޓ 2
x3ތ
/11/ތނ
82ބއެއް
LG OLC
349
.2 22ތ
އއ//42
ހ2 42xތ
xތ ދ 2
4
އަނކަމެވެ
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
19
ސަފްޙާ14ގެ7
-3
ތިންވަނަ ކަމަކީ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓުތަކުގައި، ބައިވެރިވެ ވޯޓު ދިނުމުގެ ޙައްޤަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި
ކަނޑައެޅި ބަޔާންވެފައިވާ ދިވެހިރައްޔިތުންގެ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ
2 20
(ހ) ގައި ކަނޑައަޅައި ބަޔާންކުރުމަށްފަހު، "މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ހައްޤުތަކާއި
މިނިވަންކަން އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން
މިޤާނޫނުއަސާސީ ކަށަވަރުކޮށްދޭކަމަށް
ޤާނޫނުއަސާސީގެ 16 ވަނަމާއްދާގެ (ހ) ގައި ސާފުބަހުން
ބުނުމަށްފަހު، އަސާސީ ޙައްޤުގެ ތެރެއިން އެއްވެސް ޙައްޤެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ
ޤާނޫނުއަސާސީއާ ޚިލާފު ނުވާނޭ ގޮތުގެ މަތިން އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުން ކަމަށާއި، އަދި އަސާސީ ޙައްޤެއްގެ އެއްވެސް މިންވަރެއް ޤާނޫނަކުންވެސް ހިފެހެއްޓޭނީ
މިނިވަން ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް
ކުރެވިފައިވާކަމެވެ.
4
ހަތަރުވަނަ ކަމަކީ ޢާންމު އިންތިޚާބުތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ
އަސާސީ ޙައްޤެއްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) ގައި ސާފު
ބަހުން ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މި މައްދައަކީ މިޒަމާނުގެ ދުސްތޫރީ
ނިޒާމްތަކުގައި އިސްތިޤްރާރުވެފައިވާ "އަލްއިޤްތިރާޢުލް ޢާންމު" (1ޕޯzlj لللاލ) ނުވަތަ "ޔުނިވަރސަލް
ސަފްރިޖް" (Universal Saffrage) ގެ މައްދައުކަން އެނގެން އޮންނަކަމާއި، މިމަބްދަޢުގެ އެންމެ
މުހިއްމު އެއް ހައިޘިއްޔަތަކީ ވޯޓްދިނުމުގައި ހަމަހަމަކަން (equality) އޮތުމުގެ މަޞްދައުކަމާ މީގޮތުން ވޯޓު
ދިނުމުގެ ޝަރުޠު ހަމަވާ ކޮންމެ މީހަކަށް ”One Man One Vote“ ގެ އުޞޫލުގެ ދަށުން އެކަކަށް
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
4
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ8514
02 ހ 23 2ދ
އެއް ވޯޓަށް ވުރެ ގިނައިން ވޯޓު ނުލެވޭގޮތަށް އޮތުމާއި، އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ
ދާއިރާގައި އެކަކަށް ވޯޓު ނުލެވޭގޮތަށް އޮތުމާއި، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހާ ވޯޓު ދިނުމުގެ
ޙައްޤުން މަޙްރޫމްނުވުން ގެރެންޓީ ކޮށްދޭ އަސާސީ އެއް އުޞޫލަކީ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ
މީހުންގެ ލިސްޓްތައް ތަރުތީބުކޮށް ތަންޒީމްކޮށް ބެލެހެއްޓުމުގެ އުޞޫލުކަމާއި، ގިނަ ދީމިޤްރާޠީ ނިޒާމްތަކުގައި
ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ މީހުންގެ ލިސްޓްތައް ތަރުތީބުކޮށް އިންތިޒާމްކުރުމަކީ ދައުލަތުގެ ދުސްތޫރީ
މަސްޢޫލިއްޔަތެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޞަރީޙަ
ނައްޞުގައި މި މަސްއޫލިއްޔަތު އިލެކްޝަންސް ކޮމިޝަނާ މަތިކޮށްފައިވާ ކަމާ، މިގޮތުން އިންތިޚާބުތަކާއި،
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ
ކުރުމާއި، އެ ރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި، ބެލެހެއްޓުމާއި،
އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި
އިންތިޒާމްތައް ހަމަޖެއްސުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) ގެ ޞަރީޙަ ނައްޞުގައި ބަޔާންކޮށްފައިވާއިރު،
ވޯޓު ދިނުމުގެ ޙައްޤުލިބިގެންވާ މީހާގެ އަޞްލު އިންތިޚާބީ ދާއިރާ ނޫން އެހެންތަނެއްގައި ވޯޓުދިނުމަށް
ރަޖިސްޓްރީކުރަންޖެހޭ ޙާލަތު ފިޔަވައި އެހެން ޙާލަތްތަކުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ
ލިސްޓްތައް ތަރުތީބުކޮށް އިންތިޒާމްކުރުމުގައި އިލެކްޝަންސް ކޮމިޝަނުގެ ދައުރު ވާންޖެހޭނީ އީޖާބީ
(Positive) ދައުރަކަށް ކާމާއި، މިގޮތުން ކޮންމެ އިންތިޚާބީ ދާއިރާއެއްގެ ރަޖިސްޓްރީގައިވާ މީހުންގެ
ތެރެއިން މަރުވާ މީހުން އުނިކޮށް، ޢުމުރުން 18 އަހަރު ފުރިފައިވާ މީހުން ރަޖިސްޓްރީއަށް އިތުރުކުރުމަކީ
ރައްޔިތުންގެ އިސްނެގެމަކާނުލައި އިލެކްޝަންސް ކޮމިޝަނުން
ދުސްތޫރީ
މަސްއޫލިއްޔަތެއްކަން އެނގެން އޮންނަހިނދު، ވޯޓުދިނުމުގެ ޙައްޤު ޤާނޫނީގޮތުން ލިބިގެންވާ ގިނަ ޢަދަދެއްގެ
ބަޔަކު ވޯޓުދިނުމުގެ ޙައްޤުން މަޙުރޫމްވާގޮތަށް ވޯޓުދޭ މީހުންގެ ރަޖިސްޓްރީ ތައްޔާރުވެފައި އޮތްނަމަ
އަދާކުރަންޖެހޭ
40422
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ14ގެ9
ބޭއްވެމުގެ
އެކަމަކީ އިލެކްޝަންސް ކޮމިޝަނުން އޭގެ ޤާނޫނީ މަސްއޫލިއްޔަތު އުފުލަންޖެހޭނެ ކަމެއްކަމާއި އަދި
އެއްވެސް އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤުލިބިގެންވާ ގިނަ ޢަދަދެއްގެ މީހުންނަށް އެ މީހުންގެ
ވޯޓުދިނުމުގެ ޙައްޤުން މަޙްރޫމް ވުމަކީ، އެ އިންތިޚާބެއްގެ ނަތީޖާއަށް އަސަރުކުރާނެ އަދި އެ އިންތިޚާބުގެ
ޞައްޙަކަމާމެދު ޠަޢުނުކުރެވޭ ސަބަބެއްކަން އެނގެން އޮންނަކަމާއި، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެމަތިން އިންތިޚާބެއް
މަދުވެގެން 45 ދުވަސްކުރިން ޢާންމުކުރެވޭ ވޯޓު ދިނުމުގެ ޙައްޤުލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ
ގުޅިގެން، ޝަކުވާ ހުށަހެޅުމުގެ އިޚްތިޔާރު ލިބިފައިވާ ފަރާތްތަކުން، ބުނެވިދިޔަ ޤާނޫނުގެ 10 ވަނަ
މާއްދާގެ (ށ) ގައި ބުނެފައިވާ މުއްދަތުގައި އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަނުއެޅުމަ
ޙާލެއްގައި ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ނ) ގައި އިލެކްޝަންސް ކޮމިޝަނާ މަތިކުރެވިފައިވާ
ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ ތައްޔާރުކޮށް ރަނގަޅަށް ބެލެހެއްޓުމުގެ ދުސްތޫރީ
މަސްއޫލިއްޔަތުން އެ ކޮމިޝަން ބަރީއަވެވޭނެ ސަބަބެއް ނޫންކަން އެނގެން އޮންނަކަމެވެ.
ޅުމަކީ، އެއްވެސް
ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 26 ވަނަ
މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްގެ ގޮތުގައި ކަށަވަރުކޮށްދީފައިވާ
އެކިއެކި އިންތިޚާބުތަކާއި ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ، ބިރުވެރިކަމެއް، ބިރުދެއްކުމެއްނެތި،
ކޮރަޕްޝަނާއި ނުރަނގަޅު ނުފޫޒުން އެއްކިބާވެ ތިބެ، އަމާން ކަމާއެކު ވޯޓުލުމުގެ އަސާސީ ޙައްޤު
ބޭނުންކުރެވޭނެ މަގު ދިވެހިރައްޔިތުންނަށް ފަހިކޮށްދިނުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަންކަން ޤާނޫނުއަސާސީގެ 170 ވަނަ
މާއްދާއިން އެނގެން އޮތްއިރު، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް
ކުރަންޖެހޭ ކަންތައްތައް ކުރުމާއި އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި މަގުފަހިކުރުމާ،
އަދި، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައްތަކަށް މަގުފަހިކުރުމާ، އަދި
އެކަންތައްތަކުށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
4
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ10514"
ނެތި
އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގެ ކަންތައް ހިނގަނީ އިންޞާފުވެރިކަމާއެކު
ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނަގަޅު ނުފޫޒެއް އަދި ކޮރަޕްޝަނެއް
މިނިވަންކަމާއެކު، ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމަޔަށް އަދާކުރެވޭ ގޮތަށްކަން، ކަށަވަރުކުރުމަކީ
އިލެކްޝަންސް ކޮމިޝަނުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަމާއި، ދިވެހިރާއްޖެއަކީ ދައުލަތުގެ ބާރުތަކާއި
މަސްއޫލިއްޔަތުތައް ވަކިފަރާތެއްގައި ޖަމާވެފައި އޮތުމުގެ އުޞޫލާ މުޅިން ޚިލާފަށް ދިވެހި ދައުލަތް އެ
މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ އެންމެހައި މުއައްސަސާތަކުގެ މެދުގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ވާގޮތުގެ މަތިން، ދައުލަތުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަހާލެވިފައިވާ
ދައުލަތެއްކަމާއި ކޮންމެ މުއައްސަސާއަކީ އެ މުއައްސަސާއަކާ ޙަވާލުވެފައިވާ ޚާއްޞަ މޭންޑޭޓްގެ އިތުރުން،
ދައުލަތަށް ނުވަތަ ދައުލަތުގެ ވަކި މުއައްސަސާއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި މުޅި ދައުލަތުގެ
ގުނަވަނެއްގެ ޙައިޘިއްޔަތުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކާ ގުޅިގެންނާއި އަދި މުޅި ދައުލަތާއި،
ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމާއި، އަމަންއަމާންކަމާއި، ޞުލްޙަ މަސަލަސްކަން
ދެމެހެއްޓުމަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު ޤާނޫނުގެ ޙުދޫދުގެ ތެރޭގައި އަދާކުރަން ޖެހޭ
34
ފަރާތެއްކަން އެނގެން އޮންނަ އޮތުމެވެ.
-6
ހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިރާއްޖޭގައި
ޤާއިމުކޮށްފައިވާ ދިމިޤްރާތީ ނިޒާމް ހިމާޔަތްކުރުމާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ޙައްޤުތައް
ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ދިވެހިރާއްޖޭގައި އަމަންއަމާންކަން ދަމަހައްޓައި ދިވެހިރާއްޖެއަކީ ޞުލްޙަވެރި
ރައްޔިތެއް ދިރިއުޅޭ ތަނަކަށް ހެދުމުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ވަކި މިވެނި
މުއައްސަސާއެއްގެ މަސްއޫލިއްޔަތެއްކަމަށް ނުވަތަ ވަކި ފަރުދެއްގެ މަސްއޫލިއްޔަތެއްކަމަށް ބެލުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނައްޞާއި ރޫޙާއީ އެއްގޮތްވާ ކަމެއް ނޫންކަމާއި، އެ
މަސްއޫލިއްޔަތު އަދާކުރުމަކީ ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކާއި ސަރުކާރާއި ދައުލަތުގެ އެންމެހައި
ދިވެހިރާއް»
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
4
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ11
:
14
މުއައްސަސާތަކާއި އެ މުއައްސަސާތަކުގައި ޙަރަކާތްތެރިވާ އެންމެންގެ މަސްއޫލިއްޔަތެއްކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ފާޅުކަންބޮޑު ގޮތެއްގައި އެނގެން އޮތުމުން ދައުލަތުގެ ބައެއް އިދާރާތަކާއި
މުއައްސަސާތަކަކީ ވަކި ޙައިޘިއްޔަތެއް ލިބިގެންވާ މުއައްސަސާތަކަކަށްވިޔަސް، ދައުލަތް ހިންގުމުގައި އެ
މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ
ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް ފޯރުކޮށްދިނުމުގައި އެތަންތަނުން
މަސައްކަތްކުރަންވާނީ އެ މުއައްސަސާތަކާއި އެތަންތަނުގެ މަސައްކަތް ހިންގުމުގައި އެހެން މުއައްސަސާތަކާ
ޤާނޫނީގޮތުން ގުޅުވާލެވިފައިވާ ޙުދޫދުގެތެރޭގައި ދައުލަތުގެ ހިންގުމަށް ނޭދެވޭ އަސަރުތަކެއް
ނުފޯރާނޭގޮތެއްގެ މަތިންކަން ފާހަގަކުރެވިފައިވާ ކަމެވެ.
-1
ހަތްވަނަ ކަމަކީ، އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު
ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤަކަށްވެފައި، ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ އުޞޫލުތަކާ ޚިލާފަށް އެ ޙައްޤުން އެއްވެސް
ދިވެހި ރައްޔިތަކު މަޙްރޫމްކުރުމުގެ ޙައްޤު ހަމަ އެއްވެސް ފަރާތަކަށް ލިބިގެން ނުވާނެކަން ކަނޑައެޅިގެން
އެނގެން އޮންނާތީއާއި، 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގައި
ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ކަންތައް އިލެކްޝަންސް ކޮމިޝަނުން އިންތިޒާމު
ކުރިކުރުމުގެ ތެރޭގައި ވޯޓުލާ މީހުންގެ ރަޖިސްޓްރޭޝަންގެ ކަންތައް ކުރިޔަށް ގެންގޮސްފައިވަނީ އެ މީހަކު
ރަށްވެހިވެފައިވާ ރަށްނޫން ރަށްރަށަށް ވޯޓުލާން ބޭނުންވާކަމަށް ބުނެ، އެކިއެކި ފަރާތްތަކުން އިލެކްޝަންސް
ކޮމިޝަނަށް ހުށަހަޅާ ފޯމުތަކާ ގުޅިގެން ބަލައި ކަށަވަރުކުރަންޖެހޭ ކަންތައްތައް ބަލައި ކަށަވަރުކުރުމަކާ
ނުލައިކަމަށާއި، އޭގެ ސަބަބުން ޤާނޫނުއަސާސީއިން ދިވެހިރައްޔިތުނަށް ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤަކުން ޤާނޫނުއަސާސީއާ ޚިލާފަށް ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު މަޙްރޫމްވެގެންދާނެކަމަށް ބުނެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، އިލެކްޝަންސް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
4
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ވތަ 2 ބިލިކަޏ
ސަފްޙާ12514
ކޮމިޝަންގެ ފަރާތުން ވޯޓުލާ މީހުން ރަޖިސްޓަރީކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ
ވޯޓުލާމީހުންގެ ނަންތައް އެއް ދާއިރާއިން އަނެއް ދާއިރާއަށް ނުވަތަ އެއް ރަށުން އަނެއް ރަށަށް
ބަދަލުކޮށްލުމުގެ ކުރިން އެކަންކަމާގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބަލައި ކަށަވަރުކުރަންޖެހޭ
މިންވަރަށް އެކަންކަން ބަލައި ކަށަވަރުކުރުމަކާ ނުލައިކަމަށް ބުނެ، މި މައްސަލައާ ގުޅިގެން ހެކީގެ ގޮތުގައި
ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ފޯމުތަކުން އިސްތިޚްލާޞްކުރެވޭ ޤަރީނާތަކުގެ މައްޗަށް
ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ރައްޔިތުންގެ އަސާސީ ޙައްޤެއް ޤާނޫނުއަސާސީއާ ޚިލާފަށް ނިގުޅިގެންދިއުން
ހުއްދަކުރެވިދާނެ ޝަރުޢީ އަދި ޤާނޫނީވިއަސް ހަމައެއް ނެތަތީ، ވާދަވެރި ރިޔާސީ އިންތިޚާބެއްގެ ނަތީޖާއާ
މެދު ދެބަސްވެރިވެ ދިވެހި ޤައުމު ފިތުނަވެރިކަމަކާ ކުރިމަތިލާންޖެހިދާނެފަދަ ޙާލަތަކަށް ވެއްޓިގެން
ދިޔަނުދިނުމަށްޓަކައި އިންތިޚާބު ބޭއްވޭ މާޙައުލަކީ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ
މާޙައުލެއްކަން ކަށަވަރުކުރުމާއި، ކޮންމެ ދާއިރާއަކަށް ވޯޓު ލާންދާ، އެ ދާއިރާގެ މީހުންގެ ތެރެއިން
އެމީހެއްގެ ނަން އެ ދާއިރާގައިވާ ލިސްޓްގައި ނެތިގެން ވަގުތީގޮތުން ވޯޓުލުމުގެ ޙައްޤަށް ހުރަސް އެޅިފައިވާ
އެންމެންނަށް އެ ދާއިރާއެއްގައި ވޯޓުލައި ނިމުމުން އެ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންދާނެކަން
އެފަދަ ފަރާތްތަކުގެ ނަންތައް ނޯޓުކޮށް
ބެލެހެއްޓޭނެ އިންތިޒާމްތަކެއް
ހަމަޖެހިފައިހުރުމާއި، ވޯޓުލުމަށްޓަކައި ވޯޓުލާ ދާއިރާއަށް ވަންނަ ކޮންމެ މީހަކީ މީލާދީގޮތުން 18 އަހަރު
ފުރިފައިވާ މީހެއްކަން ކަށަވަރުކުރުމާއި، އެ މީހަކު ރަށްވެހިވެފައިވާ ރަށުގެ ދާއިރާއަށް ވޯޓުލާންދާ، ޢުމުރުން
18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކު، އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައި ނުވާނަމަ،
އެ ދާއިރާއަށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި
ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަކީ، މާލޭގެ ރަށްވެހިންކަމަށް ޤާނޫނީގޮތުން ބެލެވޭތީ އެ ފަރާތްތަކުގެ ތެރެއިން
ކޮންމެ މީހަކަށްވެސް، އެހެންތަނެއްގައި ވޯޓުލާން ރަޖިސްޓްރީކޮށްފައި ނުވާނަމަ، އެ މީހަކު ވޯޓުލާންޖެހޭ
މާލޭގެ ދާއިރާގައި ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމާއި، މުޅި ރާއްޖޭގައިވެސް ވޯޓުލެވެނީ އިލެކްޝަންސް
04 0 2 0
< o
4.5
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
4
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ13514
04 0
ކޮމިޝަނުން ދޫކޮށްފައިވާ އެންމެ ފަހުގެ ލިސްޓަށްކަމާއި، އެ ލިސްޓަކީ ކެންޑިޑޭޓުންގެ މަންދޫބުންނާ
ޙަވާލުކޮށްފައިވާ ލިސްޓުކަމާއި، އިތުރު އެއްވެސް އެހެން ލިސްޓެއްގެ މައްޗަށް ޢަމަލުނުކުރާކަން
ކަށަވަރުކުރުންފަދަ ޤާނޫނީ އިޖްރާއާތުގެ ޒަރީޢާއިން އިންތިޚާބުގެ އިންޓެގްރިޓީ ކަށަވަރުކޮށްދިނުމަކީ
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން އަދާކުރަންޖެހޭ އީޖާބީ
(Positive) މަސްޢޫލިއްޔަތެއްކަން އެނގެން އޮންނަކަމެވެ.
ޙުކުމް:
ec ouc
9އވެ
އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، މީލާދީ ސަނަތުން 2013
ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 07 ވަނަ ދުވަހު ދިވެހިރާއްޖޭގައި ރިޔާސީ އިންތިޚާބަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި ބުނެފައިވާ ފަދަ އަމާން
މާޙައުލެއްގައި، ޤާނޫނާ ޚިލާފު ނުފޫޒުތަކުން އެއްކިބާކުރެވިފައިވާ އިންޞާފުވެރި އަދި ނަޒާހަތްތެރި
އިންތިޚާބެއްކަން ކަށަވަރުކުރުމަށްޓަކައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ހަމަޖެއްސުމާއި، ވާދަވެރި މިފަދަ އިންތިޚާބެއްގައި ކުރިމަތިވެދާނޭ ކޮންމެ ޙާލަތަކަށް
ފާރަވެރިވެ ތައްޔާރަށް ތިބުމާއި، ވޯޓުދިނުމުގެ ކަންތައް ހިނގަމުންދާއިރު އެއްވެސް ފަރާތަކުން ހިންގާފާނެ،
ޣައިރު ޤާނޫނީ ޢަމަލުތަކެއްގެ ސަބަބުން ރާއްޖޭގައި ޤާއިމުވެފައިވާ ދީމިޤްރާޠީ ނިޒާމަށާއި، ޤާނޫނުގެ
ވެރިކަމަށާއި، ދީމިޤްރާޠީ މުއައްސަސާތަކަށް ކުރިމަތިވެދާނޭ ކޮންމެ
ކުރިމަތިވެދާނޭ ކޮންމެ ނުރައްކަލަކުން އެތަންތަން
ޙިމާޔަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމާއި، އަދި އިންތިޚާބަށް ފަހުގައިވެސް،
އިންތިޚާބާގުޅިގެން ދިވެހިރާއްޖޭގެ އަމްނު ޢާންމަށާއި، ރައްޔިތުންގެ ހަމަހިމޭން ކަމަށާއި، ޤާނޫނުގެ ވެރިކަމަށް
ބުރުލެއް އެރިޔަނުދިނުން ކަށަވަރުކޮށްދޭ އިންތިޒާމްތަކެއް ހަމަޖެއްސުމަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އިލެކްޝަންސް ކޮމިޝަނަށާއި، ދައުލަތުގެ ކަމާބެހޭ އެހެނިހެން
އެއްވެސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ14514
މުއައްސަސާތަކުގެ މައްޗަށް އެފަރާތްތަކުގެ ޤާނޫނީ ޙުދޫދުގެތެރޭގައި
ލާޒިމްވެގެންވާ ކަމެއް ކަމަށް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އަޢުލަބިއްޔަތުން
OX
ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::g60 300gggo Tel ޑާވެ، ދިވެހިރާއްޏ
ސަފްޙާ7ގެ1
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިންގެ ތަފާތުވި ރަޢުޔު.
މި މައްސަލައަކީ 7 ސެޕްޓެންބަރު 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ
އިންތިޚާބުގައި ބޭއިންޞާފު އެއްވެސްކަމަކަށް ފުރުޞަތު ނުދިނުމަށްޓަކައި އެ އިންތިޚާބު އިންޞާފުވެރި
އިންތިޚާބަކަށް ހެދުމަށްޓަކައި ރާއްޖޭގެ ހުރިހައި ދާއިރާތަކަށް ވޯޓުލާމީހުންގެ ރަޖިސްޓަރީގެ އަޞްލާ އެއްގޮތް
ކޮޕީއެއް ހުރިހައި ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށް އެ
ލިސްޓުގެ ޞައްޙަކަން
ޔަޤީންކުރުމަށްފަހު، އޭގައި އެފަރާތްތަކުގެ ސޮއި އަދި ސީލް ހިމެނޭގޮތަށް އިލެކްޝަންސް ކޮމިޝަނާ
ޙަވާލުކުރުމުން ކޮންމެ ދާއިރާއެއްގައިވެސް ވޯޓުލާމީހުންގެ ލިސްޓުގެ ގޮތުގައި އޮންނަ ރަސްމީ ލިޔުމަކީ
ހަމައެކަނި އެލިޔުން ގޮތުގައި ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް ސީލްޖަހައި ޞައްޙަކަން
ކަށަވަރުކޮށްފައިވާ ލިސްޓެއްގެ ގޮތުގައި ހެދުމަށާއި، ވޯޓް ރަޖިސްޓްރޭޝަންސްގެ ކަންތައްތައް ކުރިއަށް
ގެންދަވާފައިވަނީ ވަކިފަރާތަކަށް ބުރަވުމެއްނެތި އިންސާފުވެރި ކަމާއެކުތޯ ބަލައި ކަށަވަރުކޮށް ދިނުމަށާއި،
ރިޔާސީ އިންތިޚާބާ ގުޅިގެން ވޯޓުލާމީހުންގެ ވޯޓު ރަޖިސްޓަރީ ކުރުމުގައި ސުވާލު އުފެދޭ ގޮތަށް
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޢަމަލުކުރަމުން އަންނާތީ ވޯޓުލުމުގެ ހައްޤު ގެއްލިގެން
ހިނގައިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާތީ އިލެކްޝަންސް ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރު
ކުރެވޭ ނިޒާމެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށްޓަކައި މިނިވަން މުސްތަޤިއްލު އައިޓީ އޮޑިޓަރެއް
މެދުވެރިކޮށް އިލެކްޝަންސްގެ އައިޓީ ނިޒާމް އޮޑިޓްކޮށް ދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް
ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގިޔަ ނުދިނުމަށާއި އަދި އެފަދަ
ކަމެއް ހިންގާފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގެ މަސްއޫލިއްޔަތު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 237 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަ
މަސްޢޫލިއްޔަތު އެކަމުގައިވާތީ އެކަންކަން ކުރުމުގެ އިންތިޒާމު ހަމަޖެހޭފަދަ ގޮތަކަށް ކަންކަން ކުރުމުގެ
ދ 4
ޚިދުމަތެކެގެ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960 +ވެ
ސަފްޙާ257
04 94
މެޗެއް
އެވުމަށް އެދި ގ. މާލެހިޔާ-2، 01-14 އަޙުމަދު ޒަނީން އާދަމް ހުށަހަޅާފައިވާ
މައްސަލައެކެވެ.
(ހ) ފުރަތަމަ ކަމަކީ، މި މައްސަލާގެ ދަޢުވާގެ ޓީޝާއަށް ބަލާއިރު، ވޯޓު ދިނުމުގެ ޙައްޤު
ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއި، ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ދޭ
މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާޢަތަށް ބަލާއިރު، އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު
ލިބިފައިވާ މީހުން އެނގޭފަދަ ރަޖިސްޓަރީއެއް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށް ބަލަހައްޓަން
ވާނެކަމަށް ބަޔާން ކޮށްފައި އޮންނަ ކަމެވެ.
22 2
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ
މާއްދާގައި އިލެކްޝަންސް ކޮމިޝަންގެ ބާރުތަކާއި މަސްޢޫލިއްޔަތުގެ ތެރޭގައި ރައްޔިތުންނަށް ވޯޓުލުމުގެ
ޙައްޤު ފުރިހަމައަށް
އަދާކުރެވޭނެ ގޮތެއް ކަށަވަރު ކުރުމާއި ވޯޓުނެގުމާ ބެހޭގޮތުން ހަމަޖައްސަންޖެހޭ
އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭއިރު، އެކަންކަން ތަންޒީމް ކުރުމުގެ ގޮތުން ހެދިފައިވާ
ޤާނޫނުތަކުގެ ތެރެއިން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ބަލާއިރު، އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު
ހޯދުމުގެ ޢާންމު ވޯޓުތަކުގައި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކުރުމާއި
އެރަޖިސްޓަރީއަށް ގެންނަންޖެހޭ އުނިއިތުރު ގެނައުމާއި ބެލެހެއްޓުމާއި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު
ހޯދުމުގެ ޢާންމު ވޯޓު ނެގުމާ ބެހޭ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމާއި
އިންތިޚާބީ ދާއިތާރާކުގައި ތިބި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތައް އެކުލަވާލައި
ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް އެރަޖިސްޓަރީތަކަށް ގެންނަންޖެހޭ އުނިއިތުރު ގެނެސް ޤާނުނުގައިވާ
ގޮތުގެ މަތިން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަމުން ގެންދިއުމަކީ އިލެކްޝަންސް ކޮމިޝަނުގެ
މަސްއޫލިއްޔަތާއި ބާރުތަކެއްކަން އެ ޤާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960 +ވެ
ސަފްޙާ357
(ނ) ތިންވަނަ ކަމަކީ، ރިޔާސީ އިންތިޚާބުތަކާ ބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގައި ވަނީ
ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައި ވަނީ ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި ބަޔާންކޮށްފައިވާ މީހުންނަށް ކަމަށާއި ވޯޓު ދިނުމުގެ ޙައްޤު
ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައި އިޢުލާނު ކުރުމާ ގުޅޭގޮތުން ރިޔާސީ އިންތިޚާބުގައި
ޢަމަލުކުރަން ވާނީ ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި އެކަންކަމާ ގުޅޭ
ގޮތުން ކަނޑައަޅާފައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައި އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި
ހިމަނަން ޖެހޭކަމަށް ޤާނޫނުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަންތައްތަކަކީ (1)
ފުރިހަމަނަން (2) އުފަންތާރީޚު (3) ޖިންސް (4ދާއިމީއެޑްރެސް (5ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑުގެ ނަންބަރުކަން އެޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށް
ފްކޮށްފައި އޮންނަކަމެއެވެ.
(ބ) ފަސްވަނަ ކަމަކީ، އިންތިޚާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން،
ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެ ފަހުގެ މަޢުލޫމާތާއެކު ފުރިހަމަ ކުރުމަށްފަހު
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މީހުންގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް
އެނގޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަން ވާނެކަމަށާއި،
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވެސް އެމަޢުލޫމާތު ޝާއިޢުކުރަން ވާނެކަމަށް އެ ޤާނޫނުގެ 9
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ ކަމެވެ.
(ޅ) ހަވަނަ ކަމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ
ގެޒެޓްގައި ޝާއިޢުކުރާ ދުވަހު، އެރަށެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ މީހުން
ދިރިއުޅޭ ކޮންމެ ރަށެއްގައި ޢާންމުކޮށް ފެންނަގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަހައްޓަން ވާނެކަމަށާއި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960 +ވެ
ސަފްޙާ457
އެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރީ މީހުން ދިރިއުޅޭ ކޮންމެ
ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަން
ވާނެކަމަށްވެސް ބަޔާންކޮށްފައި އޮންނަ ކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެ
ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އެޖެންޓުންނާއި ސިޔާސީ ޕާޓީއަކުން އެދިއްޖެނަމަ، އިލެކްޝަންސް
ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގެމަތިން ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ
ކޮޕީއެއް އިލެކްޝަންސް ކޮމިޝަނުން ދޫކުރަންވާނެކަމަށް ރިޔާސީ އިންތިޚާބުގެ ޤަވާޢިދުގެ
8 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮންނަ ކަމެވެ.
(އ) އަށްވަނަ ކަމަކީ، އިންތިޚާބެއްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހެއް، ވޯޓުލުން
އޮންނަ ދުވަހު ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް
ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭކަމުގައި ވަނީނަމަ އަދި އެ އިންތިޚާބުގައި އެ މީހަކު ވޯޓުދޭން
ބޭނުންނަމަ، ވޯޓުލުން އޮންނަ ދުވަހު އޭނާ ހުންނާނެ ތަނެއް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން
ހަދާ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނަށް އެންގުމަކީ އެމީހެއްގެ
މަސްޢޫލިއްޔަތެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމެވެ.
(ވ) ނުވަވަނަ ކަމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން
ޢާންމު ކުރެވޭ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ނުވަތަ
ހިމެނިފައިނުވާ މަޢުލޫމާތަކާ ގުޅޭގޮތުން ނުވަތަ ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ
ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ އުފުލުމުގެ އިޚްތިޔާރު އުމުރުން 18 އަހަރުން މަތީގެ ކޮންމެ
ދިވެހި ރައްޔިތަކަށާއި ސިޔާސީ ޕާޓީތަކަށް ލިބިގެންވާ ކަމަށް ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައި އޮންނަ ކަމެވެ.
ދިވެހިރަފް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
supreme court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960 +ވެ
ސަފްޙާ557
(މ) ދިހަވަނަ ކަމަކީ، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ
ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ގިނަވެގެން 10 ދުވަހުގެ ތެރޭގައި ޝަކުވާއެއް އުފުލަން
ބޭނުންވާނަމަ، ލިޔުމަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެކަމަށާއި މި މުއްދަތު (10 ދުވަސް)
ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނަށް
ލިބޭ ޝަކުވާތައް އެ ކޮމިޝަނުން ބަލައި އެ ޝަކުވާތަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށާއި އަދި
މިގޮތުން އެ ކޮމިޝަނުން ނިންމާ ނިންމުން މި މުއްދަތުގެ ތެރޭގައި އެ ޝަކުވާއެއް ހުށަހެޅި ފަރާތަކަށް
ސަބަބާއެކު އަންގަންވެސް ވާނެކަމަށް 10 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން
އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން ކޮމިޝަނުން އެ
މައްސަލައަކާމެދު ނިންމި ނިންމުން ޝަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި އެ
މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެ ފަރާތަކަށް ލިބިގެންވާ ކަމަށާއި އަދި
މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15
ދުވަހުގެ ތެރޭގައި އެކޯޓުގެ ޙުކުމް އިއްވަންވާނެ ކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، ވޯޓު
ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭގޮތުން އުފުލޭ ޝަކުވާތަކާ ގުޅޭ މައްސަލަތައް
ފުރަތަމަ ހުށަހަޅަންޖެހޭ ކޯޓަކީ ދިވެހިރާއްޖޭގެ ހައިކޯޓު ކަމަށްވެފައި ޤާނޫނުގައި ވާގޮތުން އެފަދަ
މައްސަލަތައް އިންތިޚާބުގެ ކުރިންވެސް އިންތިޚާބުގެ ތެރޭގައިވެސް އަދި އިންތިޚާބުގެ ފަހުންވެސް ހައިކޯޓަށް
ހުށަހެޅިދާނެކަން އެނގެން އޮންނަ ކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ވޯޓު ދިނުމުގެ ޙައްޤު
ލިބިފައިވާ މީހުންގެ ރަޖިސްޓަރޭޝަނާއި ރަޖިސްޓަރީގެ ކަންތައް އިންތިޒާމު ކުރެވިފައި ވަނީ ހަމައެކަނި
އިލެކްޓްރޯނިކް ނިޒާމެއްގެ މައްޗަށްކަން އެނގެން ނެތުމާއި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ
ރަޖިސްޓަރީއާ ބެހޭ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ޝާއިޢުކުރުމުގެ އިތުރުން
ވެހިރަ
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960 +ވެ
ސަފްޙާ[ގެ6
ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރަން ޖެހޭގޮތަށް ޤާނޫނުން ލާޒިމުކޮށްފައި ވުމުން ވޯޓުދިނުމުގެ ޙައްޤު
ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން ބަރޯސާވެފައިވަނީ ހަމައެކަނި
އިލެކްޝަންސް ކޮމިޝަންގެ އައިޓީ ނިޒާމުގެ މައްޗަށް ނޫންކަން އެނގެން އޮންނައިރު، އިލެކްޝަންސް
ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމެއްކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމަށްޓަކައި
މިނިވަން މުސްތަޤިއްލު އައިޓީ އޮޑިޓަރެއް މެދުވެރިކޮށް އިލެކްޝަންސްގެ އައިޓީ ނިޒާމް އޮޑިޓްކުރަންޖެހޭ
ޙާލަތަކަށް ކަންކަން ގޮސްފައިވާކަން މައްސަލަ ހުށަހެޅި ފަރާތުން ސާބިތުކޮށްދީފައި ނުވާކަމެވެ.
(ދ) ބާރަވަނަ ކަމަކީ، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނުފޫޒު
ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގިޔަ ނުދިނުމަށާއި އަދި އެފަދަ ކަމެއް ހިންގާފައިވާކަން ނުވަތަ
ނޫންކަން ކަށަވަރު ކުރުމުގެ މަސްޢޫލިއްޔަތު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ
މާއްދާއާއި 237 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްޢޫލިއްޔަތު އެކަމުގައި ވާތީ އެ
ކަންކަން ކުރުމުގެ އިންތިޒާމު ހަމަޖެހޭފަދަ ގޮތަކަށް ކަންކަން ކުރުމުގެ އަމުރަކަށް އެދިފައިވާއިރު،
ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ
ބާރުތަކާއި މަސްޢޫލިއްޔަތުގެ މައްޗަށް ސަލާމަތީ ބާރުތަކުގެ އެއްވެސް ދައުރެއް އޮތުމުގެ މައްޗަށް އަމުރެއް
ބޭނުން ނުވާކަމަށެވެ. މިއީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަކަށްވެފައި، ޤާނޫނު
އަސާސީންނާއި ކަމާބެހޭ ޤާނޫނުތަކުން ސަލާމަތީ ބާރުތަކާއި މަތިކުރެވިފައިވާ ބާރުތަކާއި މަސްޢޫލިއްޔަތުތަކުގެ
އިތުރުން އިންތިޚާބަކާ ގުޅިގެން ސަލާމަތީ ބާރުތަކުގެ ދައުރު، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރެވޭ
ދަޢުވާއެއްގެ ތެރެއިން ކަނޑައެޅިދާނެކަމަށް ނުފެންނާތީ، އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކުރާ މި
ދަޢުވާގެ ތެރެއިން ސަލާމަތީ ބާރުތަކުގެ މައްޗަށް އެފަދަ އަމުރެއް ނެރެވިދާނެކަމަކަށް ނުފެންނަ ކަމެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960 +ވެ
ސަފްޙާ1ގެ7
ވީމާ، އިސްވެ ބަޔާންކޮށްފައިވާ ކަންތައްތަކަށްބަލާ ރިޢާޔަތް ކުރާއިރު، ދަޢުވާކުރި ފަރާތް
(ކ.މާލެހިޔާ-01,2-14 އަޙުމަދު ޒަނީން އާދަމް) އެދިފައިވާ ކަންތައްތަކުގެ މައްޗަށް ޤާނޫނީގޮތުން
އަމުރެއް ނެރެންޖެހޭފަދަ ޟަރޫރަތެއް އޮތްކަމަކަށް އަހުރެންނަކަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960 +ވެ
ސަފްޙާގެ1
ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާންގެ ތަފާތުވި ރަޢުޔު.
މި މައްސަލަ އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ
(ހ) ގައި "އިންތިޚާބު ތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ
ޙައްޤު" ލިބިގެންވާކަމަށް ސާފު ބަހުން ބުނެފައިވުމުން، އެ ޙައްޤަކީ ވޯޓު ދިނުމުގެ ޝަރުޠު ފުރިހަމަވާ ހަމަ
ކޮންމެ މީހަކަށްމެ ލިބިދީފައިވާ އަސާސީ ޙައްޤެއްކަމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެ
ޙައްޤު ކަށަވަރުކޮށްދީފައިވާކަން އެނގޭއިރު، 07 ސެޕްޓެންބަރު 2013 ގައި ބޭއްވުމަށް
ރިޔާސީ އިންތިޚާބާ ގުޅިގެން ވޯޓުލާ މީހުން ރަޖިސްޓަރީކުރުމުގައި ސުވާލު އުފެދޭގޮތަށް އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ޢަމަލުކުރަމުން އަންނާތީ، ވޯޓުލުމުގެ ޙައްޤު ގެއްލިގެން ހިނގައިދާނެ ކަމުގެ
ބިރުވެރިކަން ފެތުރިފައިވާކަމަށް ބުނެ ގ. މާ
މާލޭހިޔާ 2, 01-14 އަޙްމަދު ޒަނީން އާދަމް 22 އޮގަސްޓް
2013 ވަނަ ދުވަހު ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ބޭއްވުމަށް ހަމަޖެހިފައިވާ
މި މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތަކީ އިލެކްޝަންސް ކޮމިޝަނެވެ. އަދި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ވަނީ މި މައްސަލައަށް ތަދައްޚުލްވެފަ އެވެ.
<< O
މި މައްސަލައިގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ޤާނޫނު ނަންބަރު
08/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނު) އަށާއި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) އަށާއި ގ. މާލޭހިޔާ
2، 14-01 އަޙްމަދު ޒަނީން އާދަމް ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީ (އެމް.ޑީ.ޕީ) ގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރީޢަތުގެ މަޖިލީހަށް
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960+)
ސަފްޙާ256
ހުށަހެޅުނު ލިޔުންތަކަށާއި ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ލިބުނު ޖަވާބުތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބެލުމަށްފަހު އަންނަނިވި ކަންތައްތައް އަހުރެން ފާހަގަކުރަމެވެ.
0
<< O
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގެ
(ހ) އިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ
ހިނދަކު، އިންތިޚާބު ތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު
ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަން ކަށަވަރު ކޮށްދީފައިވާ ކަމެވެ.
(ށ) ދެވަނަ ކަމަކީ، 07 ސެޕްޓެންބަރު 2013 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ
އިންތިޚާބާ ގުޅިގެން ވޯޓުލާ މީހުން ރަޖިސްޓަރީކުރުމުގައި ސުވާލު އުފެދޭގޮތަށް އިލެކްޝަންސް ކޮމިޝަންގެ
ފަރާތުން ޢަމަލުކުރަމުން އަންނަކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލިގެން
ހިނގައިދާނެ ކަމުގެ ބިރުވެރިކަން ފެތުރިފައިވާކަމަށް އަޙްމަދު ޒަނީން އާދަމް ބުނާކަމެވެ.
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ޒަނީން އާދަމްގެ ކަންބޮޑުވުމާ ގުޅިގެން ތިން ކަމެއް
ފާހަގަކޮށް އެ ތިން ކަމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެދިނުމަށް އަޙްމަދު ޒަނީން
އާދަމް އެދޭކަމެވެ.
އައމާދޫ
(ރ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރެއް ނެރެދިނުމަށް
ޒަނީން އާދަމް އެދޭ ތިން ކަމަކީ:
1. ވޯޓުލާ މީހުން ރަޖިސްޓަރީކުރުމުގައި ސުވާލު އުފެދޭގޮތަށް އިލެކްޝަންސް ކޮމިޝަންގެ
ފަރާތުން ޢަމަލުކުރަމުން އަންނާތީ އާއި ވޯޓުލުމުގެ ޙައްޤު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން
އުފެދިފައިވާތީ، އިލެކްޝަންސް ކޮމިޝަންގެ އައިޓީ ނިޒާމަކީ އިތުބާރުކުރެވޭ ނިޒާމެއްކަން ނުވަތަ ނޫންކަން
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
"Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960+)
ސަފްޙާ356
ކަށަވަރުކުރުމަށްޓަކައި، މިނިވަން މުސްތަޤިއްލު އައިޓީ އޮޑިޓަރެއް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަންގެ
އައިޓީ ނިޒާމް އޮޑިޓްކޮށްދިނުމުގެ އަމުރެއް ނެރެދިނުން.
2. މުޅި ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ވޯޓުލާމީހުންގެ ރަޖިސްޓަރީގެ އަޞްލާ އެއްގޮތް
ކޮޕީއެއް، ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ މަންދޫބުންނަށް ލިބި އަދި އެ ލިސްޓުގެ ޞައްޙަކަން ޔަޤީން
ކުރުމަށްފަހު އޭގައި އެ ފަރާތްތަކުގެ ސޮޔާއި ސީލް ހިމެނޭގޮތަށް އިލެކްޝަންސް ކޮމިޝަނާ ޙަވާލު ކުރުމުން
ކޮންމެ ދާއިރާއެއްގައިވެސް ވޯޓުލާ މީހުންގެ ލިސްޓުގެ ގޮތުގައި އޮންނަ ރަސްމީ ލިޔުމަކީ ހަމައެކަނި އެބުނި
ގޮތުގެމަތިން ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކޮށް ސީލްޖަހައި ޞައްޙަކަން ކަށަވަރުކޮށްފައިވާ ލިސްޓަކަށް
ހެދުމަށާއި އެނޫން އެއްވެސް ލިސްޓެއްގެ މައްޗަށް ޢަމަލު ނުކުރާކަން އޮބްޒާވަރުން މެދުވެރިކޮށް ކަށަވަރު
4 22
ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމުގެ އަމުރެއް ނެރެދިނުން.
3. އިންތިޚާބުގެ ނަތީޖާއަށް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ނުފޫޒު ފޯރުވުމަށްޓަކައި އެއްވެސް
ފަރާތަކުން އެއްވެސް ޢަމަލެއް ހިންގިޔަ ނުދިނުމަށާ އަދި އެފަދަ ކަމެއް ހިނގާފައިވާކަން ނުވަތަ ނޫންކަން
ކަށަވަރު ކުރުމުގެ މަސްޢޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 234 އަދި 237 ވަނަ
މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތަކުގެ މަސްޢޫލިއްޔަތެއް ކަމުގައިވާތީ މިކަންކަން ކުރުމުގެ އިންތިޒާމެއް
<
0 0
<< O
(ބ) ފަސްވަނަ ކަމަކީ، އިލެކްޝަންސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީން އުފައްދާފައިވާ މުސްތަޤިއްލު މުއައްސަސާއެއް ކަމާއި އެ މުއައްސަސާއާ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނޫއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ އަދި ޤާނޫނު ނަންބަރު 08/2008 (އިލެކްޝަންސް ކޮމިޝަންގެ
ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނީ
ވާޖިބުގެ ތެރެއަށް އެއްވެސް އެހެން ފަރާތަކަށް ތަދައްޚުލް ނުވެވޭނެކަމާ
ކަމާއި އިލެކްޝަންސް ކޮމިޝަނަކީވެސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960+)
ސަފްޙާ6ގެ4
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން ޖަވާބުދާރީ ވާންޖެހޭ
މުއައްސަސާއެއް ކަމެވެ.
(ޅ) ހަވަނަ ކަމަކީ، ކޮންމެ އިންތިޚާބަކާ ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ
ޢާންމު ވޯޓަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނިންމުމަކާ މެދު، ނުވަތަ އިންތިޚާބެއްގެ
ނަތީޖާއަކާމެދު، ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ހިންގާފައިވާ ކަމަށް އެ
ފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއަކާމެދު ގޮތެއް ނިންމައިދިނުން އެދި
ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެ ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
172 ވަނަ މާއްދާގެ (ހ) ގައި ބުނާކަމެވެ.
(ކ) ހަތްވަނަ ކަމަކީ، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ
ތައްޔާރުކުރުމާއި ބެލެހެއްޓުމާއި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުމާއި
ރަޖިސްޓަރީގައިވާ މަޢުލޫމާތާމެދު ޝަކުވާ އުފުލުމާއި ރަޖިސްޓަރީއަށް ބަދަލު ގެނައުމާއި ވޯޓު ދިނުމުގެ
ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް ދޫކުރުމާއި އެ ރަޖިސްޓަރީގައިވާ މަޢުލޫމާތު
ބޭނުންކުރުމާއި އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށްޓަކައި އެމީހަކު ދިރުއުޅޭ ތަނެއް
އިލެކްޝަންސް ކޮމިޝަނަށް އެންގުމުގެ އިޖުރާޢަތުތަކަކީ ވަރަށް ސާފުކޮށް ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 8 ވަނަ މާއްދާއިން ފެށިގެން 12 ވަނަ މާއްދާގެ ނިޔަލަށް ސާފު
ބަހުން ބުނެދީފައިވާ އިޖުރާޢަތުތަކެއް ކަމެވެ.
(އ) އަށްވަނަ ކަމަކީ، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ގުޅިގެން
އުފެދޭ މައްސަލަތައް ބެލުމުގެ އިޚުތިޞާޞަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް އޮތް އިޚުތިޞާޏެއް ކަމެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960+)
ސަފްޙާ556
(ވ) ނުވަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ޤާއިމު ކޮށްފައިވާ ޚިދުމަތްތަކެއްކަމާއި ޤާނޫނުއަސާސީ އާއި ޤާނޫނާ
އެއްގޮތަށް އެ ފަރާތްތަކުން ޢަމަލުކުރަންވާނެ ކަމާއި އެ ޚިދުމަތްތަކުގެ މަސްޢޫލިއްޔަތާއި ވާޖިބުތައް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 237 ވަނަ މާއްދާއިން ސާފުކޮށް އެނގެން އެބައޮތްކަމާ
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ބުނަނީ ސަލާމަތީ
ޚިދުމަތްތަކުން މަސައްކަތްކުރަންވާނީ އަދި އެ ތަންތަނުން ހިންގާ ހުރިހާ ކަމެއްމެ ހިންގަންވާނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޖަވާބުދާރީވަނިވި
ގޮތެއްގައިކަމާއި އަދި އެ މާއްދާއިން ލާޒިމުކޮށްފައިވާ ގޮތުގެމަތީން ސަލާމަތީ ޚިދުމަތްތަކުން ޢަމަލުކުރަމުން
ގެންދާކަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކުރާންވާނެކަމާ އަދި އެއްވެސް ފަރާތަކުން ސަލާމަތީ
ޚިދުމަތްތަކުގައި ހިމެނޭ އެއްވެސް މީހަކަށް ޣައިރު ޤާނޫނީ އަމުރެއް ކޮށްގެން ނުވާނެ ކަމާއި އެފަދަ
އެއްވެސް އަމުރަކަށް ސަލާމަތީ ޚިދުމަތުގައި ހިމެނޭ އެއްވެސް މީހަކު ތަބަޢަވެގެން ނުވާނެ ކަމަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 245 ވަނަ މާއްދާ ބުނާ ކަމެވެ.
(މ) ދިހަވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަކީ އެ ބާރުތަކުގެ މައްޗަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ ވާޖިބުތައް ޤާނޫނުއަސާސީ އާއި
ޤާނޫނުގައިވާ ގޮތުގެމަތީން ފުރިހަމައަށް އަދާކުރަންޖެހޭ ބައެއްކަމާއި އެ ޚިދުމަތްތަކުގެ ޤާނޫނީ ވާޖިބަށް
އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމެވެ.
(ފ) އެގާރަވަނަ ކަމަކީ، ގ. މާލޭހިޔާ 2، 01-14 އަޙްމަދު ޒަނީން އާދަމް ހުށަހެޅުއްވި
މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރެންޖެހޭނެ އެއްވެސް ޤާނޫނީ ހަމައެއް އޮތްކަމަކަށް
އަހުރެންނަށް ނުފެންނަ ކަމެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
"Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960+)
ސަފްޙާ6ގެ6
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެހެން ހުރުމާއެކު، މާލޭހިޔާ 2,
14-01 އަޙްމަދު ޒަނީން އާދަމް ހުށަހެޅި މައްސަލާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު
ނެރެންޖެހޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތްކަމަށް ބުނެ އަހުރެންގެ ރަޢުޔު އިއްވީމެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެ ސުރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން::30ogggo Tel
960+)