ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/260 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 260/HC
-
A/2011
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 73
/
91-C
* ދާއިމީ އެޑްރެސް: ލ. އިރަމާ!މާލެ
* މިހާރުގެ އެޑްރެސް: މ. އިރަމާމާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޑެލްޓާ ސަރވިސަސް
ދާއިމީ އެޑްރެސް: މ. ސަލްޖަމްގެ/މާލެ
ރަޖިސްޓްރީ ނަންބަރު: 16
/
88-C
މިހާރުގެ އެޑްރެސް: މއ. ވައްބުރުގެ/މާލެ
ތާރީޚް: 10 ރަމަޟާން 1433
• ރަޖިސްޓްރީ ތާރީޚް:
21 ޛުލްޙިއްޖާ 1432
17 ނޮވެމްބަރު 2011
29 ޖުލައި
2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1527
• ނިންމެވި ފަރާތް: މަދަނީ ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
• ހުށަހެޅި ތާރީޚް: 10.09.2007
ނިމުނު ތާރީޚް: 19.03.2009
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
އިސްފަނޑިޔާރު އަޙްމަދު ޝަރީފު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/260
• ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު
73191-C) ގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވުނު ޤާޟިއްޔާއެކެވެ. މިމައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޑެލްޓާ ސާރވިސަސް (ރަޖިސްޓަރީ
ނަންބަރު 16
/
88-C) އެވެ.
ހއބލވނތ
(l
އިސްތިއުނާފު ކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާގައި
ޑެލްޓާ ސަރވިސަސްގެ ފަރާތުން 02 (ދޭއް) މެރިން އިންޖީނު ގަތުމަށް ބޭނުންވެގެން
ގެން މާކިޓެކް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންޖީނުގެ އަގަށް އެދުމުން، ހުށަހެޅި އަގަށް އެއްބަސްވެގެން އޯޑަރުކުރެވުނު
D4-210 ގެ 2 (ދޭއް) އިންޖީނު ގެނެސްދިނުމަށް ކުރެވުނު މުޢާމަލާތާއި ގުޅިގެން، ޑެލްޓާ ސަރވިސަސްގެ
ފަރާތުން އާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އިންޖީނުތައް ގެނައުމަށް އެޑްވާންސްގެ ގޮތުގައި ފައިސާ
ދައްކާ އިންޖީނުތަކުގެ ޑެލިވަރީ ނުނެގިވަނިކޮށް މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެހެން
ތިންވަނަ ފަރާތަކަށް އިންޖީނުތައް ވިއްކާލާފައިވާތީ: އާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް، ޑެލްޓާ
ސަރވިސަސްގެ ފަރާތުން އެޑްވާންސްގެ ގޮތުގައި ދެއްކި -/
179,203ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް
ދުއިސައްތަ ތިންރުފިޔާ) އެކީ އެއްފަހަރާ ލިބިގަތުމަށް މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ޑެލްޓާ ސަރވިސަސްއިން ދަޢުވާކޮށްފައިވާތީ، ޖިނާއީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "...މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް،
ޑެލްޓާ ސަރވިސަސްގެ ފަރާތުން ކޮށްފައިމިވާ ދަޢުވާއަށް ބަލާއިރު، ޑެލްޓާ ސަރވިސަސްއާއި މަރކެޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މެދު 210-D4 ގެ 02 (ދޭއް) އިންޖީނު ގެނައުމަށް ވެވުނު އެއްބަސްވުމުގެ
ދަށުން ޑެލްޓާ ސަރވިސަސްއިން އެޑްވާންސްގެ ގޮތުގައި -/
179,203ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް
ދުއިސައްތަ ތިންރުފިޔާ) ދައްކާފައިވާކަމާއި، މިފައިސާ ދެއްކުމަށްފަހު އިންޖީނުތައް ގެންދިއުމުގެކުރިން މަރކެޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް، ޑެލްޓާ ސަރވިސަސްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަމާއި،
2 20
0ތ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/260
ޑެލްޓާ ސަރވިސަސްއިން އެދިގެން ގެނެވުނު މި އިންޖީނު ނުގެންގޮސް 16 (ސޯޅަ) މަސް ދުވަސްވީފަހުން
މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ދެއިންޖީނު ތިންވަނަ ފަރާތަކަށް ވިއްކާ ޑެލްޓާ ސަރވިސަސްގެ
ފަރާތުން އެޑްވާންސްގެ ގޮތުގައި މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ އެޑްވާންސް ފައިސާ
އަނބުރާ ދެއްކުމަށް އިންކާރުކޮށްފައިވާކަމާއި، ޑެލްޓާ ސަރވިސަސްއިން އިންޖީނުތައް ގެނައުމަށް ދައްކާފައިވާ
އެޑްވާންސް ފައިސާ ހިފެހެއްޓިފައިވަނީ ދެފަރާތުގެ އެއްބަސްވުމުގެމަތިން ނޫންކަމާއި، އެގޮތަށް ނިންމާފައިވަނީ
މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންޖީނުތައް ވިއްކާލުމަށް ނިންމިހިނދު، އެފަރާތުގެ އެކަނި
ނިންމުމެއްގެ ގޮތުގައިކަން ޝަރީޢަތަށް ސާބިތުވާތީ، ޑެލްޓާ ސަރވިސްއިން 210-D4 ގެ 02 (ދޭއް)
އިންޖީން ގެނައުމަށް މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ
-179,2031ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ ތިންރުފިޔާ) މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޑެލްޓާ ސަރވިސަސްއަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމުގައި ކަނޑައަޅާ މިފައިސާ
ޑެލްޓާ ސަރވިސަސްއަށް ރައްދުކޮށްދިނުމުގެ ގޮތުން 19 މާރޗް 2009 ދުވަހުން ފެށިގެން 06 (ހައެއް)
މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން މަދަނީ ކޯޓަށް ދައްކާ ޚަލާސްކުރުމަށް މަރކެޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ
ޙުކުމްކޮށްފައިވާކަން" އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.
މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާ އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން މައިގަނޑު 04 (ހަތަރެއް ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޑެލްޓާ ސަރވިސަސްގެ ފަރާތުން އާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއަށް އޯޑަރު ދީގެން ގެނުވި 210-D4 ގެ 02 (ދޭއް) އިންޖީނަށް އެޑްވާންސްގެ ގޮތުގައި
/179,203ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ ތިން ރުފިޔާ) ޑެލްޓާ ސާރވިސަސްގެ ފަރާތުން
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކާފައިވީނަމަވެސް، އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ޑެލްޓާ
ސަރވިސަސްގެ ފަރާތުން މި 02 (ދޭއް) އިންޖީނު ގެންގޮސްފައިނުވާތީއާއި، ޑެލްޓާ ސަރވިސަސްގެ އެދުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
4
2011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މަތިން ގެނެސްފައިވާ މި 02 (ދޭއް) އިންޖީނު ގެނައިތާ ގާތްގަނޑަކަށް 15 މަސްދުވަސް ފާއިތުވިއިރުވެސް މި
02 (ދޭއް) އިންޖީނާއި ޑެލްޓާ ސަރވިސަސްއިން ޙަވާލުވެފައިނުވުމުގެ ސަބަބުން އާކިޓެކް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީއާއި، އެއްބަސްވެވިފައިވާ ގޮތަށް ޑެލްޓާ
ސަރވިސަސްއިން މި 02 (ދޭއް) އިންޖީނުގެ އަގު ދައްކާފައިނުވާ ހިނދު، ޤާނޫނު ނަންބަރު 6/91 (މުދާ
ވިއްކުމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ 02 (ދޭއް) އިންޖީނު ވިއްކާލުމުގެ ޙައްޤު
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަމަށް ބުނެ ހުށަހެޅި ނުކުތާ
0
4 22
ދެވަނަ ނުކުތާއަކީ، އެއްބަސްވުމުގެ ބައިވެރިޔަކު
އެއްބަސްވުމަކާ ޚިލާފު
ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހެއްގެ އަތުން ޤާނޫނު
ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަދަލު
ނަގައިދެވޭނެކަމަށާއި، އަދި ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 19 ވަނަ
މާއްދާގެ (ށ) ގެ ދަށުން މުދާ ގަންނަ މީހާ މުދާ ވިއްކުމުގެ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން
ވިއްކާ ފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ ބަދަލު ވިއްކާ ފަރާތަށް ހޯދޭނެ ކަމަށް
ބަޔާންކުރެވިފައިވާތީ، ޑެލްޓާ ސަރވިސަސްއާއި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު
އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް ޑެލްޓާ ސަރވިސަސްއިން މި 02 (ދޭއް) އިންޖީނާއި
ޙަވާލުވެފައިނުވާތީ އެކަމުގެ ސަބަބުން އާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ
ބަދަލު ޑެލްޓާ ސަރވިސަސްއިން ދޭންޖެހޭނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
42
2 20
02
ތިންވަނަ ނުކުތާއަކީ، މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ
02 (ދޭއް) އިންޖީނު ވިއްކާލިއިރު އެ 2 (ދޭއް) އިންޖީނުގެ ވޮރަންޓީގެ މުއްދަތު ހަމަވެފައިވުމުގެ
ސަބަބުން އެ 02 (ދޭއް) އިންޖީނަށް ވޮރަންޓީ ދީފައިވަނީ ސީދާ މާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިންކަމަށް ބަޔާންކޮށް، އަދި އެއް އަހަރު ދުވަހުގެ ތެރޭގައި އެ 02 (ދޭއް) އިންޖީނަށް ދިމާވާ
ހުރިހާ މައްސަލައެއްގެ ޒިންމާއާއި އެކަމަށް ހިނގާނޭ ޚަރަދަކީ ސީދާ މާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް ޒިންމާވާންޖެހޭ ޚަރަދެއްކަމުގައި ފާހަގަކޮށް، މިގޮތުން އެ 02 (ދޭއް) އިންޖީނަށް ދިމާވި
ބައެއް މައްސަލަތައް ޙައްލުކޮށް
ބައެއް ސްޕެއަރ ޕާރޓްސް ބަދަލުކުރުމަށް މިހާރުވެސް ޒުފާޓެ؟
/
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/260
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޚަރަދުތަކެއް ހިނގާފައިވާކަމާއި އެ 02 (ދޭއް) އިންޖީނު
އަޅުވާފައިވާ ލޯންޗު އޮންނަ ރަށަށް މަސައްކަތްކުރާ މީހުން ފޮނުވުމުގެ ޚަރަދުގަވެސް މިހާރު
ޒިންމާވާންޖެހެނީ މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކަމަށާއި، އަދި ޑެލްޓާ
ސަރވިސަސްއިން އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް
ލިބިފައިވާ ވަރަށް ބޮޑު ގެއްލުމެއް ކަމުގައި ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ޑެލްޓާ ސަރވިސަސްގެ ފަރާތުން އެޑްވާންސްގެ
ގޮތުގައި ދައްކާފައިވާ -179,2031ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ ތިން ރުފިޔާ) އަކީ
ޑެލްޓާ ސަރވިސަސްއާއި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވެފައިވާ ގޮތާ
ޑެލްޓާ ސަރވިސަސްއިން ޚިލާފުވުމުގެ ސަބަބުން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް
ލިބިފައިވާ ގެއްލުމާ އަޅާ ބަލާއިރު ކުޑަ އަދަދެއް ކަމުގައިވާތީ، އެޑްވާންސްގެ ގޮތުގައި މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ޑެލްޓާ ސަރވިސަސްއިން ދައްކާފައިވާ
-179,2031ރ. (އެއްލައްކަ
ހަތްދިހަ ނުވަހާސް ދުއިސައްތަ ތިން ރުފިޔާ) އާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އަނބުރާ
ދައްކަން ނުޖެހޭނެކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޝާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 126/HC
-
A/2009 ޤަޟިއްޔާއިން އެ މައްސަލަ ބެލުނުކަމާއި، އެހެންނަމަވެސް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން މައްސަލައިގެ ދަޢުވާ
، ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/260
ކރެވުމުން، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ނ) ގެ ދަށުން
އަލުން ހުށަހެޅުނުކަމާއި، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 126/HC
-
A/2009 ޤަޟިއްޔާގެ
ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ޝަރީއަތުން ރިޢާޔަތްކޮށްދިނުމަށް މާކިޓެކް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނާއި އިސްތިއުނާފު ރައްދުވާ ޑެލްޓާ ސަރވިސަސްގެ ފަރާތުން އެދިފައިވާތީ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC
-
A/2011 ޤަޟިއްޔާގައި ގޮތެއް ކަނޑައެޅުމުގައި މިކޯޓުގެ
ނަންބަރު 126/HC
-
A/2009 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް
ރިޢާޔަތް ކޮށްފައިވާނެކަމެވެ.
202
(ށ) ދެވަނަ ކަމަކީ، ޑެލްޓާ ސަރވިސަސްގެ ފަރާތުން 2 (ދޭއް) މެރިން އިންޖީނު ގަތުމަށް
ބޭނުންވެގެން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންޖީނުގެ އަގަށް އެދުމުން، މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި އަގަށް އެއްބަސްވެގެން 210-D4 ގެ ދެ އިންޖީނަށް
ޑެލްޓާ ސަރވިސަސްގެ ފަރާތުން އޯޑަރުދިންކަން އެނގޭކަމާއި،
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ޑެލްޓާ ސަރވިސަސްއާ ދެމެދު އިސްވެ ބުނެވުނު
އިންޖީނުތައް ގެނައުމާ ގުޅޭގޮތުން އެންމެ ފުރަތަމަ އެއްބަސްވީގޮތް މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ޑެލްޓާ ސަރވިސަސްއަށް 19 ޖުލައި 2005 ގައި ފޮނުވުނު ކޯޓޭޝަން!ޕްރޮފޯމާ އިންވޮއިސްއިން
އެނގެންއޮންނަކަމާއި، އެގޮތުން، ފައިސާ ދައްކަން ހަމަޖެހިފައި އޮތް ގޮތަކީ އެ ދެ އިންޖީނުގެ އަގުގެ %50
އަށް ވާ އަދަދު އެ ދެ އިންޖީނަށް އޯޑަރުދޭއިރު ދެއްކުންކަމާއި، އަދި އެ ދެ އިންޖީނު މާލެ އައުމަށްފަހު ބާކީ
އަދަދު ދައްކާ
ދައްކާ ގޮތަށްކަން އެނގެންއޮންނަކަމާއި،
24 އޯގަސްޓް 2005 ގައި 19 ޖުލައި 2005 ގައި ފޮނުވުނު ކޯޓޭޝަން|ޕްރޮފޯމާ
އިންވޮއިސްއަށް ހަވާލާދީ އާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޑެލްޓާ ސަރވިސަސްއަށް އެހެން
ލިޔުމެއް ފޮނުވާފައިވާކަން އެނގޭކަމާއި، އެ ލިޔުމުގައި، 19 ޖުލައި 2005 ގައި ފޮނުވުނު ކޯޓޭޝަން!ޕްރޮފޯމާ
އިންވޮއިސްއާ ޚިލާފަށް، ޑެލްޓާ ސަރވިސަސްއިން ގެންނަން ބޭނުންވާ ދެ އިންޖީނަށް އޯޑަރުދެމުން އެ ދެ
އިންޖީނުގެ އަގުގެ %25 އަށްވާ އަދަދު ކަމުގައިވާ -179,2031ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް
ދުއިސައްތަ ތިން ރުފިޔާ) ދައްކަންޖެހޭނެކަމާއި، އެ ދެ އިންޖީނު މާލެ ގެނައުމުން، އެ ދެ އިންޖީނުގެ %65
އަށްވާ އަދަދުކަމުގައިވާ
-465,927
/
80ރ. (ހަތަރު ލައްކަ ފަސްދޮޅަސްފަސް ހާސް ނުވަސަތޭކަ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
7
2011/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ރުފިޔާ އަށްޑިހަ ލާރި) ދައްކަންޖެހޭނެކަމާއި، އަދި ބާކީއޮތް %10 އަށްވާ 71,681
/
20ރ. (ހަތްދިހަ އެއްހާސް
ހަ ސަތޭކަ އަށްޑިހަ އެއް ރުފިޔާ ވިހި ލާރީ) އާއި އެދެއިންޖީނު އިންސްޓޯލްކޮށްދިނުމަށް ނަގާ އަގުކަމުގައިވާ
-/
20,000ރ. (ވިހިހާސް ރުފިޔާ) އެ ދެ އިންޖީނު އިންސްޓޯލްކޮށް ނިމުމުން ދައްކާގޮތަށްކަން އެނގެން
އޮންނަކަމާއި، އަދި އިސްވެ ބަޔާންކުރެވުނު ލިޔުމުގައި، ވޮރަންޓީގެ މުއްދަތަކީ، ވޮލްކޯ ޕެންޓާ އިންޓަނޭޝަނަލް
ވޮރަންޓީގެ މުއްދަތަށް ހަވާލާދީ އިންސްޓޯލްކުރާ ތާރީޚުން ފެށިގެން އެއްއަހަރުކަމަށް ބަޔާންކުރެވިފައިވާ ކަމާއި،
22
0
2 ބ 2
24 އޯގަސްޓް 2005 ގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ފޮނުވުނު ހުށަހެޅުމާ
އެއްގޮތަށް، ޑެލްޓާ ސަރވިސަސްއިން އިންޖީނުތަކަށް އޯޑަރުދީފައިވާކަން އެނގޭކަމާއި، އަދި އެޑްވާންސްގެ
ގޮތުގައި -/179,203ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ ތިންރުފިޔާ) ދައްކާފައިވާކަން
އެނގޭކަމާއި، އަދި އެ ދެ އިންޖީނު މާލެ ގެނައުމަށްފަހު، 28 ނޮވެމްބަރ 2005 ގައި މާކިޓެކް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑެލްޓާ ސަރވިސަސްއަށް އެކަން އަންގާފައިވާކަމަށް މާކިޓެކް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަމާއި،
ހެންނަމަވެސް އެ ދެ އިންޖީނު މާލެ ގެނައުމަށްފަހު އެކަން ޑެލްޓާ ސަރވިސަސްއަށް
މިން، ޑެލްޓާ ސަރވިސަސްގެ ފަރާތުން އެވަގުތު އެ ދެ އިންޖީނަށް ދައްކަންޖެހޭ ފައިސާ ދެއްކެން
ނެތުމުގެ ސަބަބުން، ދެ ފަރާތުން ވާހަކަ ދައްކައިގެން އެ އިންޖީނުތަކާ ހަވާލުވުން ލަސްވީކަމަށް ޑެލްޓާ
ސަރވިސަސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި އޭގެ 16 މަސް ފަހުން އެ ދެ އިންޖީނު ނުގެންދިޔުމުން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން އެ ދެ އިންޖީނު ތިންވަނަ ފަރާތަކަށް ވިއްކާރީކަމަށް ބުނެފައިވާކަމާއި، އަދި ވިއްކާލީވެސް ޑެލްޓާ
ސަރވިސަސްއާ އެކު އެއްބަސްވެފައިވާ އަގަށްކަމަށް މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
އެންގެމުން،
22&
ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ (ށ) ގައި ގަންނަ މީހާއަށް މުދަލެއްގެ މިލްކުވެރިކަން ބަދަލުވާގޮތަށް ހަމަޖެހިފައިވީނަމަވެސް،
އަގު އަދާނުކޮށް އޮންނައިރު ވިއްކާ މީހާއަށް އެ މުދާ އެހެން ފަރާތަކަށް ވިއްކާލުމުގެ ހައްޤު ލިބިގެންވާކަމަށް
00 0 2 0 2
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
)
* 8
ބަޔާންކުރެވިފައި އޮންނަކަމާއި، އެހެންނަމަވެސް ހައްޤު ބޭނުންކުރެވޭނީ ހަމަ އެ ޤާނޫނުގެ 19 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ގޮތަށްކަން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ހ) ގެ (2)
ގައި ވިއްކާ މީހާއަށް އެ މުދަލެއް އަލުން ވިއްކޭނީ އޭނާ އެ މުދާ އަލުން ވިއްކާލުމަށް ޤަޞްދުކޮށްފިކަން ގަންނަ
މީހާއަށް އެންގުމަށްފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ގަންނަ މީހާ އަތު ނުދިނުމުންކަމާއި، އަދި ހަމަ އެ
މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި، ގަންނަ މީހާ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއްކޮށް
ދިއްކޮށްފިނަމަ ވިއްކާ މީހާ އެ
މުދާ އެހެން ފަރާތަކަށް ވިއްކުމުގެ ހައްޤު އޭނާއަށް އެބައޮތްކަން ކަނޑައަޅާފައިވަނިކޮށް، ގަންނަ މީހާ އެފަދަ
ޢަމަލެއްކޮށްފިނަމަ ވިއްކާ މީހާއަށް އެ މުދާ އެހެން ފަރާތަކަށް ވިއްކިދާނެކަމަށް ބަޔާންކުރެވިފައި އޮތުމުން،
ހުށަހެޅިފައިމިވާ މައްސަލައިގައި އެ ދެ އިންޖީނު ނުގެންގޮސް ގިނަ ދުވަސްތަކެއްވުމުގެ
ސަބަބުން، މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެ ދެ އިންޖީނު އެހެން ފަރާތަކަށް ވިއްކާލުމުގެ ހައްޤު
ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދީފައިވާކަމަށް
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވީނަމަވެސް، 22 ޖުލައި 2006 ގައި ޑެލްޓާ
ސަރވިސަސްއިން އެ ދެ އިންޖީނަށް ފައިސާ ދައްކާނެ މުހުލަތެއް ކަނޑައަޅައި ޝާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ޑެލްޓާ ސަރވިސަސްއަށް ފޮނުވި ސިޓީގެ ކޮޕީއެއް ދަށު ކޯޓަށް ހުށަހެޅުނު ކަމާއި، އަދި އެ
އިންޖީނު ވިއްކާލަން ގަޞްތުކުރާކަން 2 އޭޕްރިލް 2007 ދުވަހު މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން
ޑެލްޓާ ސަރވިސަސްއަށް ފޮނުވި ސިޓީގެ ކޮޕީއެއްވެސް ހުށަހެޅުނުކަމާއި،
އެހެންނަމަވެސް، 19 ޖުލައި 2005 ގައި ފޮނުވުނު ކޯޓޭޝަން!ޕްރޮފޯމާ އިންވޮއިސްއާއި 24
އޯގަސްޓް 2005 ގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ފޮނުވި ލިޔުންތައްނޫން އެހެން އެއްވެސް
ލިޔެކިޔުމެއް ޑެލްޓާ ސަރވިސަސްއަށް ލިބިފައިނުވާކަން ޑެލްޓާ ސަރވިސަސްގެ ފަރާތުން ބުނެފައިވާކަމާއި، އަދި
މިނޫން އެހެން ގޮތަކަށް މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެކަން ސާބިތުކޮށްދެވިފައި ނުވާކަމާއި،
19 ޖުލައި 2005 ގައި ފޮނުވުނު ކޯޓޭޝަން!ޕްރޮފޯމާ އިންވޮއިސްއާއި 24 އޯގަސްޓް 2005
ގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ފޮނުވި ލިޔުމުގައި، ޑެލްޓާ ސަރވިސަސްއިން އެ ދެ
އިންޖީނު ވަކި މުއްދަތެއްގެ ތެރޭގައި ނުގެންގޮސްފިނަމަ، އެ ދެ އިންޖީނު ތިންވަނަ ފަރާތަކަށް ވިއްކާލުމުގެ
ހައްޤު މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިނެތުމުން، ޤާނޫނު ނަންބަރު
00 04
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
9
2011/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ހައްޤު ބޭނުންކުރުމަށްޓަކައި
އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭކަންކަން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ފުރިހަމަކޮށްފައިވާކަން ސާބިތުކޮށްދެވިފައިނުވާކަމާއި، އެހެންކަމުން، ޤާނޫނު ނަންބަރު
6191 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ދެ އިންޖީނު ވިއްކާލުމުގެ ޙައްޤު
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަން ބެލެވެން ނެތްކަމަށް މައްސަލަބެލި ފަނޑިޔާރުންނަށް
ފެންނަކަމެވެ.
0
0
2
3
4
.ބަސްވެމުގެ
ވެމަކީ
(ރ) ހަތަރުވަނަ ކަމަކީ، އެއްބަސް
ބައިވެރިޔަކު އެ އެއްބަސްވުމަ ޚިލާފު ޢަމަލެއް
ކޮށްފިނަމަ، އެ ޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެ ޢަމަލުކުރި މީހެއްގެ އަތުން ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ދަށުން ބަދަލު ނަގައިދެވޭނެކަމަށާއި، އަދި ޤާނޫނު ނަންބަރު 6/91 (މުދާ
ވިއްކުމާބެހޭ ޤާނޫނު) ގެ ދަށުން މުދާ ގަންނަ މީހާ މުދާ ވިއްކުމުގެ ކޮންޓްރެކްޓާއި ޚިލާފުވުމުގެ ސަބަބުން
ވިއްކާ ފަރާތަށް ގެއްލުމެއް ލިބިފައިވާނަމަ އޭގެ ބަދަލު ވިއްކާ ފަރާތަށް ހޯދޭނެ ކަމަށް ބަޔާންކުރެވިފައިވާތީ،
ޑެލްޓާ ސަރވިސަސްއާއި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވެފައިވާ ގޮތާއި ޚިލާފަށް
ޑެލްޓާ ސަރވިސަސްއިން މި ދެ އިންޖީނާއި ޙަވާލުވެފައިނުވާތީ އެކަމުގެ ސަބަބުން އާކިޓެކް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމުގެ ބަދަލު ޑެލްޓާ ސަރވިސަސްއިން ދޭންޖެހޭނެކަމަށް ބުނެ ހުށަހެޅި
ނުކުތާއާ ގުޅިގެން،
23
ޤާނޫނު ނަންބަރު 6/91 (މުދާ ވިއްކުމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ށ) ގައި
ގަންނަމީހާ ކޮންޓްރެކްޓާ ޚިލާފު ޢަމަލެއްކުރުމުގެ ސަބަބުން، ވިއްކާ މީހާއަށް ގެއްލުމެއް ލިބިފައިވާނަމަ އޭގެ
ބަދަލު ވިއްކާ މީހާއަށް ހޯދިދާނެކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ޤާނޫނު ނަންބަރު 4/91
(ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ވަނަ މާއްދާގެ ދަށުންވެސް ގެއްލުމަށް ބަދަލު ނެގިދާނެކަމަށް
ބަޔާންކުރެވިފައިވާކަމާއި،
19 ޖުލައި 2005 ގައި ފޮނުވުނު ކޯޓޭޝަން!ޕްރޮފޯމް އިންވޮއިސްއާ ހަވާލާދީ 24 އޯގަސްޓް
2005 ގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޑެލްޓާ ސަރވިސަސްއަށް ފޮނުވި ލިޔުމުގައި ޑެލްޓާ
ސަރވިސަސްއިން ބޭނުންވެގެން އޯޑަރުދިން ދެ އިންޖީނަށް އޯޑަރުދޭއިރު އެ ދެ އިންޖީނުގެ އަގަށްވާ %25
ހައިކޯޓް
\
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
ދިވެހިރާއްޤީ
/މެންރށް4
10
2011/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ދައްކަންޖެހޭނެކަމާއި، އަދި އެ ދެ އިންޖީނުގެ އަގަށްވާ %65 އެ ދެ އިންޖީނު މާލެ ގެނައުމަށްފަހު
ދައްކަންޖެހޭނެކަމަށް ބަޔާންކުރެވިފައި އޮންނަކަން ފާހަގަކުރެވުމުން، ދެފަރާތު ދެމެދު އެއްބަސްވެވިފައިވާ ގޮތަށް
އެ ދެ އިންޖީނު މާލެ ގެނެސް އެތަކެއް މަސް ދުވަސްވީއިރުވެސް ޑެލްޓާ ސަރވިސަސްގެ ފަރާތުން އާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދައްކަންޖެހޭ އިންޖީނުތަކުގެ އަގުގެ %65 ނުދެއްކި އޮތުމުން، ޑެލްޓާ
ސަރވިސަސްއިން ޢަމަލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ނޫންކަމަށް މި މައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމާއި،
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުމަކީ އެ ދެ އިންޖީނު ގާތްގަނޑަކަށް
16 (ސޯޅަ) މަސްދުވަސް ވާންދެން ނުގެންގޮސް އޮތްއިރު، އެ ދެ އިންޖީނު ސްޓޯރކުރުމަށާއި،
ސަރވިސްކުރުމަށް ދިޔަ ޚަރަދުކަމަށް މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވާކަމާއި،
އެހެންނަމަވެސް، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބުނު ގެއްލުންކަމަށްބުނެ ހުށަހެޅި ލިޔެކިޔުންތަކަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ނަޒަރު ކުރިއިރު، 15 އޮކްޓޯބަރ 2007 ގައި އިބްރާހީމް މުޞްތަފާގެ ފަރާތުން އިންވޮއިސްއެއް
ހުށަހަޅާފައިވާކަމާއި، އަދި ބޮނީޓޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 21 ނޮވެމްބަރ 2007 ގައި މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވާފައިވާ އިންވޮއިސްއެއްގެ ކޮޕީ ހުށަހެޅުނުއިރު، މި އިންވޮއިސްތަކަކީ
އެ ދެ އިންޖީނު ތިންވަނަ ފަރާތަކަށް ވިއްކާލިފަހުން އެ ދެ އިންޖީނަށް ކުރެވިފައިވާ ޚަރަދުތަކެއްކަމަށް މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައި
އޮތުމުންނާއި، އަދި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅުނު ދެންހުރި
ޚަރަދުތަކެއްކަމަށް ސާބިތުކޮށްދެވިފައި ނެތުމުން،
މި މައްސަލައިގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޑެލްޓާ
ސަރވިސަސްއިން ކުޅަ ޢަމަލާ ގުޅިގެން ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނެފައިވާއިރު، އަދި ޤާނޫނީ ގޮތުން އެ
އްލުމުގެ ބަދަލު ލިބިދެވެން ބުނެފައިވާއިރު، އަދި އެހެންކަމުން ޑެލްޓާ ސަރވިސަސްގެ ފަރާތުން
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ
-179,2031ރ. (އެއްލައްކަ
ހަތްދިހަ ނުވަހާސް ދުއިސައްތަ ތިންރުފިޔާ) އަނބުރާ ދައްކަންނުޖެހޭނެކަމަށް ބުނެފައިވާއިރު،
4 20 0 :
02/
· · 3
.ގއތބ މހކ
އޮންނާނެކަމަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/260
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައިވާ ގެއްލުން ސާބިތުކޮށްދެވިފައިނުވާކަން
ފާހަގަކުރެވޭކަމާއި، އަދި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެ ދެއިންޖީނު ތިންވަނަ ފަރާތަކަށް ވިއްކާ
ޑެލްޓާ ސަރވިސަސްގެ ފަރާތުން އެޑްވާންސްގެ ގޮތުގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ
އެޑްވާންސް ފައިސާ ހިފެހެއްޓިފައިވަނީ ދެފަރާތުގެ އެއްބަސްވުމުގެމަތިން ނޫންކަމަށާއި، އެގޮތަށް ނިންމާފައިވަނީ
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިންޖީނުތައް ވިއްކާލުމަށް ނިންމިހިނދު، އެފަރާތުގެ އެކަނި
ނިންމުމެއްގެ ގޮތުގައިކަމަށް މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެތަނެއް ނެތްކަމަށް މައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ޚި
ފަސްވަނަ ކަމަކީ، މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ދެ
އިންޖީނު ވިއްކާލިއިރު އެ ދެ އިންޖީނުގެ ވޮރަންޓީގެ މުއްދަތު ހަމަވެފައިވުމުގެ ސަބަބުން އެ ދެ އިންޖީނަށް
ވޮރަންޓީ ދީފައިވަނީ ސީދާ މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިންކަމަށް ބަޔާންކޮށް، އަދި އެއް އަހަރު
ދުވަހުގެ ތެރޭގައި އެ ދެ އިންޖީނަށް ދިމާވާ ހުރިހާ މައްސަލައެއްގެ ޒިންމާއާއި އެކަމަށް ހިނގާނޭ ޚަރަދަކީ
ސީދާ މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޒިންމާވާންޖެހޭ ޚަރަދެއްކަމުގައި ފާހަގަކޮށް، މިގޮތުން އެ ދެ
އިންޖީނަށް ދިމާވި ބައެއް މައްސަލަތައް ޙައްލުކޮށް ބައެއް ސްޕެއަރ ޕާރޓްސް ބަދަލުކުރުމަށް މިހާރުވެސް
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޚަރަދުތަކެއް ހިނގާފައިވާކަމާއި އެ ދެ އިންޖީނު އަޅުވާފައިވާ
ލޯންޗު އޮންނަ ރަށަށް މަސައްކަތްކުރާ މީހުން ފޮނުވުމުގެ ޚަރަދުގައިވެސް މިހާރު ޒިންމާވާންޖެހެނީ މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކަމަށާއި، އަދި ޑެލްޓާ ސަރވިސަސްއިން އެއްބަސްވުމާ ޚިލާފުވުމުގެ
ސަބަބުން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައިވަނީ ވަރަށް ބޮޑު ގެއްލުމެއްކަ
ނުކުތާއާ ގުޅިގެން،
28 އޯގަސްޓް 2008 ގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ފޮނުވާފައިވާ
ލިޔުމުގައި، އިންޖީނުތަކުގެ ވޮރަންޓީ މުއްދަތަކީ ވޯލްކޯ ޕެންޓާ އިންޓަނޭޝަނަލް ވޮރަންޓީއާ ހަވާލާދީ އެ
އިންޖީނުތައް އިންސްޓޯލް ކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތެއްކަމަށް
ބަޔާންކުރެވިފައިވާކަމާއި،
-4ކމަށް
ބުނެ ހުށަހެޅި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/260
މަދަނީ
xތ ދ
کو لے کر ہی وو
އަތެންންކަމަށް
ކޯޓުގެ ނަންބަރު 2007/MC/1527 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުނު
ވޯލްކޯ ޕެންޓާގެ "ވޮރަންޓީ ޕޮލިސީ ފޮރ އިމްޕޯޓަރސް" ކިޔާ ލިއުމަށް ބަލާއިރު، އެ ލިޔުމުގައި، ޢާންމު
ވޯލްކޯ ޕެންޓާ
އިންޓަރނޭޝަނަލް ލިމިޓެޑް ވޮރަންޓީ ގެ މުއްދަތުކަމަށް ބަޔާންކުރެވިފައިވަނީ 12
(ބާރަ) މަސްދުވަސްކަމާއި، އަދި މި ވޮރަންޓީގެ މުއްދަތު ފަށާ ތާރީޚަކީ އެންމެ ފުރަތަމަ ވެރިފަރާތަށް ނުވަތަ
ބޭނުންކުރާ ފަރާތަށް އެ ތަކެތި ޙަވާލުކުރެވޭ ތާރީޚުކަމުގައި ބަޔާންކުރެވިފައި އޮންނަކަން ފާހަގަކުރެވޭކަމާއި، އަދި
"ޝެލްފް ޓައިމް" ކިޔާ މުއްދަތެއްވެސް އޮންނަކަން ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، ބުނެވުނު ޝެލްފް
ޓައިމްގެ މުއްދަތު ފަށާ ތާރީޚަކީ ވޯލްކޯ ޕެންޓާގެ އުފެއްދުން އެ ފެކްޓްރީއިން ބޭރުކުރެވުނު ތާރީޚުން ފެށިގެން
36 (ތިރީސް ހައެއް) މަސްދުވަސްކަމާއި، އެގޮތުން ބުނެވުނު ސެލްފް ޓައިމް މުއްދަތު ފާއިތުވުމުގެ ކުރިން އެ
އުފެއްދުން އެންމެ ފުރަތަމަ ވެރިފަރާތަށް ނުވަތަ ބޭނުންކުރާ ފަރާތަށް ވިއްކާލައިފިނަމަ، އަދި އެ ވިއްކާލި
ތާރީޚުން ފެށިގެން އެ ފަރާތަށް ލިބިދެވޭ ވޮރަންޓީ މުއްދަތު ބުނެވުނު ޑެލްފް ޓައިމް މުއްދަތު
ފަހަނައަޅާގޮސްފިނަމަ، ވޯލްކޯ ޕެންޓާއިން ދޭ ވޮރަންޓީ މުއްދަތު ނިމުމަކަށް އަންނާނެކަ
ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، މި މައްސަލައިގައި ވޯލްކޯ ޕެންޓާއިން 210-D4 ގެ
ދެ އިންޖީނު ދިވެހިރާއްޖޭއަށް ފޮނުވުމަ
ވުމަށްޓަކައި ވޯލްވޯގެ ފެކްޓްރީއިން ބޭރުވި ތާރީޚު އެނގެން ނެތްނަމަވެސް،
އެ ތާރީޚު ފެށޭ އެންމެ ކުރީ ތާރީޚަކަށް ޑެލްޓާ ސަރވިސަސްގެ ފަރާތުން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ
-179,2031ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ
ތިންރުފިޔާ) ލިބުނު ތާރީޚުކަމުގައިވާ 25 އޯގަސްޓް 2005 އެއީ ވޯލްކޯ ޕެންޓާގެ ފެކްޓްރީއިން ބުނެވުނު ދެ
އިންޖީނު ބޭރުވި ތާރީޚުކަމަށް ބެލިޔަސް، ވޯލްކޯ ޕެންޓާގެ "ވޮރަންޓީ ޕޮލިސީ ފޮރ އިމްޕޯޓަރސް" ގައި ބުނާ
36 (ތިރީސް ހައެއް) މަސް ދުވަހުގެ "ޝެލްފް ޓައިމް" މުއްދަތު ގުނަން ފަށައިފިނަމަ، އެ މުއްދަތު ހަމަވާނެ
ތާރީޚަކީ 25 އޯގަސްޓް 2008 ގައިކަމާއި، މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 28 މާރޗް
2007 ގައި އެ ދެ އިންޖީނު ވިއްކާލުމަށް ހަމަޖެހުނުކަމަށް ދަށު ކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް
ބުނެފައިވާކަން ފާހަގަކުރެވުމުން، އެ އިންޖީނުތައް ވިއްކާލި ތާރީޚަކީ 28 މާރޗް 2007 ކަމުގައި ބެލެވުނު
ނަމަވެސް، އިސްވެ އިޝާރާތްކުރެވުނު ޑެލްފް ޓައިމް ހަމަވާނެ މުއްދަތަކީ 25 އޯގަސްޓް 2008 ގައިކަމާއި،
އެ ސެލްފް ޓައިމް މުއްދަތުގެ ތެރޭގައި 12 (ބާރަ) މަސް ދުވަހުގެ ވޮރެންޓީ އާކިޓެކް މޯލްޑިވްސް ޕްރައިވެޓް
20 8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/260
ލިމިޓެޑްއިން އެ ދެ އިންޖީނު ވިއްކާލި ތިންވަނަ ފަރާތަށް ލިބިގެންވާކަން ފާހަގަކުރެވޭތީ، އަދި މަދަނީ ކޯޓުގެ
ނަންބަރު 2007/MC/1527 ޤަޟިއްޔާގެ މައްސަލަ ހުށަހެޅުނު ތާރީޚަކީ 10 ސެޕްޓެމްބަރ 2007
ގައިކަމުން،
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން އެ ދެ އިންޖީނުގެ
ވޮރަންޓީގެ މުއްދަތު ހަމަވެފައިވާކަމަށް ބެލެވެން ނެތްކަމެވެ.
(ޅ) ހަވަނަ ކަމަކީ، ޑެލްޓާ ސަރވިސަސްގެ ފަރާތުން އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ
-179,2031ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ ތިން ރުފިޔާ) އަކީ ޑެލްޓާ ސަރވިސަސްއާއި
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު އެއްބަސްވެފައިވާ ގޮތާއި ޑެލްޓާ ސަރވިސަސްއިން
ޚިލާފުވުމުގެ ސަބަބުން މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ލިބިފައިވާ ގެއްލުމާ އަޅާ ބަލާއިރު ކުޑަ
ޢަދަދެއް ކަމުގައިވާތީ، އެޑްވާންސްގެ ގޮތުގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ޑެލްޓާ
ސަރވިސަސްއިން ދައްކާފައިވާ -179,2031ރ. (އެއްލައްކަ ހަތްދިހަ ނުވަހާސް ދުއިސައްތަ ތިން ރުފިޔާ)
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އަނބުރާ ދައްކަން ނުޖެހޭނެކަމަށް ބުނެ ހުށަހެޅި ނުކުތާއާ
ގުޅިގެން،
މި ޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ އަލީގައި، މާކިޓެކް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއަށް ޑެލްޓާ ސަރވިސަސްގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާނަމަ، ޝަރީއަތް މެދުވެރިކޮށް މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން އެ ގެއްލުމުގެ ބަދަލު ހޯދިދާނެކަމާއި، އަދި އެ ގެއްލުން ސާބިތުކޮށްދިނުމަކީ
މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކުރަންޖެހޭ ކަމެއްކަމާއި، އެހެންނަމަވެސް، ޑެލްޓާ ސަރވިސަސްގެ
ފަރާތުން އެޑްވާންސްގެ ގޮތުގައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ އެޑްވާންސް ފައިސާ
ހިފެހެއްޓިފައިވަނީ ދެފަރާތުގެ އެއްބަސްވުމުގެމަތިން ނޫންކަން އެނގޭކަމާއި، އެގޮތަށް ނިންމި ނިންމުމަކީ މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކަނި ނިންމުމެއްކަން އެނގެން އޮތުމުން،
ޑެލްޓާ ސަރވިސަސްއިން 210-D4
02 (ދޭއް) އިންޖީނު ގެނައުމަށް މާކިޓެކް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ
-179,2031ރ. (އެއްލައްކަ ހަތްދިހަ
ނުވަހާސް ދުއިސައްތަ ތިންރުފިޔާ) އާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޑެލްޓާ
4 22
ގެ
ދިވެހިރާއްa
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
2011/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަރވިސަސްއަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއްކަމުގައި މަދަނީ ކޯޓުގެ ނަންބަރު 2007/MC/1527
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން ނިންމަވާފައިވާ
ނިންމެވުމެއްކަމެވެ.
07:
994
OX
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު
2007/MC/1527 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މާކިޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، އެ
ޤަޟިއްޔާގައި މަދަނީ ކޯޓުން ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
0r7
· 4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv