ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/07 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/07
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
SS
می کے"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 07/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
މި ނަން: އިސްމާޢީލް ޙިލްމީ
އައިޑީ ކާޑު ނަންބަރ: A086763
* ދާއިމީ އެޑްރެސް: ހަލަވެލި ގދ.ތިނަދޫ
މިހާރުގެ އެޑްރެސް: މ.ވޭވިންގލައިޓް/މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އައިޑީކާ
ޑީކާޑް ނަންބަރު:
* ދާއިމީ އެޑްރެސް: ކަސްޓަމްސް ބިލްޑިންގ
މިހާރުގެ އެޑްރެސް: ކަސްޓަމްސް ބިލްޑިންގ
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ރަބީއުލްއައްވަލް 1436
07 ޖަނަވަރީ 2015
ނިމުނު ތާރީޚް: 12 މުޙައްރަމް 1436
25 އޮކްޓޯބަރު 2015
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: (2014/INDIV
/
2014
/
3044122
/
VTR/200
ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: މަޤާމުގެ ކުރިއެރުން ނުލިބުން
ހުށަހެޅި ތާރީޚް: 07 ސެޕްޓެމްބަރު 2014 ނިމުނު ތާރީޚް: 14 ސެޕްޓެމްބަރު 2014
0
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު: ޢަލީ ސަމީރު
މައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/07
ދަޢުވާގެ ޚުލާޞާ:
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2014
/
304/INDIV/200 ނިންމުން އެ
ޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ގދ.ތިނަދޫހަލަވެލި
އިސްމާޢީލް ޙިލްމީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުA086763) ގެ ފަރާތުން އެ ނިންމުން
އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި،
އިސްތިއުނާފް ރައްދުވާ ފަރާތަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެވެ.
4 2 2 4 8
ހަގަކުރެވުނު ނުކުތާ
-ol
ގެ
އިސްތިއުނާފް
މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލް
ނަންބަރު:2014
/
304/INDIV/200 "ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން" އަށް
ބެލިއިރު، އެނިންމުމަކީ ގދ.ތިނަދޫހަލަވެލި އިސްމާޢީލް ޙިލްމީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރުA086763) "އެގްޒެކެޓިވް މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ހިއުމަން
ރިސޯސަސް މެނޭޖްމަންޓް'
މެނޭޖްމަންޓް" ކޯސް ފުރިހަމަކުރުމަށްފަހު، 31 އޮކްޓޯބަރ 2010 ގައި ކަސްޓަމްސްގެ ވަޒީފާއަށް
ނުކުތުމާއެކު
ލިބެންޖެހޭ މަޤާމުގެ ކުރިއެރުން ނުލިބި، އޭނާއަށް ވުރެ ފަހުން މާސްޓަރސް ޑިގްރީ
ފުރިހަމަކުރެއްވި ފަރާތްތަކަށް ޕްރޮމޯޝަން ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37
ވަނަ މާއްދާގެ (ށ) އާއި ކަސްޓަމްސް ސަރވިސްގެ އުޞޫލުތަކާއި ޚިލާފަށްކަމަށާއި، 31 އޮކްޓޯބަރ 2010
ގައި ކަސްޓަމްސްގެ ޚިދުމަތަށް ނުކުތުމާއެކު ޕްރޮމޯޝަން ލިބުނުނަމަ، ކަސްޓަމްސްގެ އައު އޮނިގަނޑަށް
ހިޖުރަކުރުމާއި ގުޅިގެން މަޤާމުގެ ކުރިއެރުން ހަމަޖެހިގެން އަންނައިރު އެއަށްވުރެ މަތީ މަޤާމަކަށް ޝަރުޠު
ވާނެކަމަށްބުނެ، 31 އޮކްޓޯބަރ 2010 އިން ފެށިގެން ސްޕްރިޓެންޑެންޓްގެ މަޤާމު ހަމަޖައްސަވައި
ދިނުމަށާއި އެދުވަހުން ފެށިގެން އައު އޮނިގަނޑަށް ހިޖުރަކުރުމާއި ގުޅިގެން ޕްރޮމޯޝަން ދިނުމާ ހަމައަށް
ސްޕްރިޓެންޑެންޓްގެ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި، 01 އޯގަސްޓް 2013 ގައި %85
COOCOC
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A07
ޕްރޮމޯޝަންގައި ސީނިއަރ ސްޕްރިޓެންޑެންޓްގެ މަޤާމަށް ކުރިއެރުން ލިބިދިނުމަށާއި އެ މަޤާމުގެ މުސާރައާއި
އިނާޔަތްތައް ލިބިދިނުންއެދި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރައްދުވާގޮތަށް އިސްމާޢީލް ޙިލްމީ ގެ
ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއްކަމާއި،
އިސްމާޢީލް ޢިލްމީ ހުށަހެޅި އެމައްސަލައާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމުގައި، "ގދ.ތިނަދޫ!ހަލަވެލި އިސްމާޢީލް އިލްމީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރުA086763) "އެގްޒެކެޓިވް މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ހިއުމަން
ރިސޯސަސް މެނޭޖްމަންޓް*
މެނޭޖްމަންޓް" ކޯސް ފުރިހަމަކުރުމަށްފަހު 31 އޮކްޓޯބަރ 2010 ގައި ކަސްޓަމްސްގެ ވަޒީފާއަށް
ނުކުތުމާއެކު ލިބެންޖެހޭ މަޤާމުގެ ކުރިއެރުން ނުލިބި، އޭނާއަށް ވުރެ ފަހުން މާސްޓަރސް ޑިގްރީ
ފުރިހަމަކުރެއްވި ފަރާތްތަކަށް ޕްރޮމޯޝަން ލިބިދީފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ
މާއްދާގެ (ނ) އާއި ކަސްޓަމްސް ސަރވިސްގެ އުޞޫލުތަކާއި ޚިލާފަށްކަމަށާއި، 31 އޮކްޓޯބަރ 2010 ގައި
ކަސްޓަމްސްގެ ޚިދުމަތަށް ނުކުތުމާއެކު ޕްރޮމޯޝަން ލިބުނުނަމަ، ކަސްޓަމްސްގެ އައު އޮނިގަނޑަށް
ހިޖުރަކުރުމާއި ގުޅިގެން މަޤާމުގެ ކުރިއެރުން ހަމަޖެހިގެން އަންނައިރު އެއަށްވުރެ މަތީ މަޤާމަކަށް ޝަރުޠު
ހަމަވާނެކަމަށްބުނެ، 31 އޮކްޓޯބަރ 2010 އިން ފެށިގެން ސްޕްރިޓެންޑެންޓްގެ މަޤާމު ހަމަޖައްސަވައި
ދިނުމަށާއި އެދުވަހުން ފެށިގެން އައު އޮނިގަނޑަށް ހިޖުރަކުރުމާއި ގުޅިގެން ޕްރޮމޯޝަން ދިނުމާ ހަމައަށް
ސްޕްރިޓެންޑެންޓްގެ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި، 01 އޯގަސްޓް 2013 ގައި ދިން
ޕްރޮމޯޝަންގައި ސީނިއަރ ސްޕްރިޓެންޑެންޓްގެ މަޤާމަށް ކުރިއެރުން ލިބިދިނުމަށާއި އެ މަޤާމުގެ މުސާރައާއި
އިނާޔަތްތައް ލިބިދިނުންއެދި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރައްދުވާގޮތަށް 07 ސެޕްޓެމްބަރު 2014
ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި މައްސަލަ (ނަންބަރު2016/VTR/122) އަކީ، އެ
މައްސަލައިގައި އިސްމާޢީލް އިލްމީ ހުށަހެޅުއްވި އެންމެހައި ލިޔެކިޔުންތައް ބަލައި ދިރާސާކުރިއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ވަޒީފާގެ މައްސަލަ ނުވަތަ ޚިލާފު އުފެދުނު
ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާ މައްސަލައެއް ކަމުން، ބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/07
މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދެވެން ނެތް މައްސަލައެއްކަމަށްވާތީ އިސްމާޢީލް ޙިލްމީ
ހުށަހަޅުއްވާފައިވާ މައްސަލަ ބެލެން ނެތްކަން އެންގީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2014
/
304/INDIV/200 ނިންމުމާއި ގުޅިގެން ގދ.ތިނަދޫހަލަވެލި އިސްމާޢީލް ޢިލްމީ ގެ ފަރާތުން
އެނިންމުން އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަފްޞީލުކޮށް ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ވަޒީފާއާބެހޭ އަސާސީ އުޞޫލުތަކުގެ ދަށުން މީހަކަށް ލިބިދޭ ޙައްޤަކަށް
އުނިކަމެއް ލިބޭ ޢަމަލެއް ހިންގައިފިނަމަ، އެ އުނިކަން ލިބޭކަމަށް ދެކޭ ފަރާތުން އެކަމުގެ ޝަކުވާ ހުށަހެޅުމަށް
ވަޒީފާއާބެހޭ ޤާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާއިރު އެކަމަށް ބެއްލެވުމެއްނެތި، އިސްތިއުނާފް
މައްސަލަ ހުށަހެޅި ފަރާތުން ހުށަހެޅި ވަޒީފާގެ ކުރިއެރުން ލިބިދިނުމުގައި ތަފާތުކުރި ކަމުގެ ޝަކުވާ ބެއްލެވުން
ނެތްކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުއްވުންކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ދެވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ، ވަޒީފާއާބެހޭ ޤާނޫނާއި އެހެންވެސް
ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން އެ ޓްރައިބިއުނަލުން މައްސަލަތައް ބަލަންޖެހޭކަމަށް ކަނޑައަޅައިފިނަމަ،
މައްސަލަތައް ބަލަންޖެހޭ ޓްރައިބިއުނަލެއް ކަމަށްވާހިނދު، ޓްރައިބިއުނަލުގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ހ)
ގެ ދަށުން މައްސަލަ ހުށަހެޅުމަށް ޤައިދުކޮށްފައިވާ މުއްދަތުގެ ސަބަބުން އެހެން ޤާނޫނަކުން ލިބިދީފައިވާ
ޙައްޤެއް ނިގުޅައިގަނެވޭކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އިސްތިއުނާފް މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި ވަޒީފާގެ ކުރިއެރުން ލިބިދިނުމުގައި ތަފާތުކުރިކަމުގެ ޝަކުވާ ބިނާވެފައިވަނީ އޭނާ
ދިވެހި ސިވިލްސަރވިސްގެ ޚިދުމަތުގައި ދެމިހުރިއިރު، އެހައިޘިއްޔަތުގެ މައްޗަށްކަމަށްވީއިރު، އެ ޝަކުވާމެދު
ގޮތެއް ކަނޑައެޅުއްވުމުގައި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލްސަރވިސްގެ ޤާނޫނު) އިން ދިވެހި
ސިވިލްސަރވިސްގެ މުވައްޒަފުންނަށް ލިބިދީފައިވާ ޤާނޫނީ ރައްކާތެރިކަމާއި މަންފާތަކަށް ރިޢާޔަތްކު ހައްލާ 4
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
5
2015/HC-A/07
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ނުލައި މައްސަލަ ބެއްލެވެން ނެތްކަ
ފެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުއްވުންކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ
އ.
* ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފް މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި ވަޒީފާގެ ކުރިއެރުން ލިބިދިނުމުގައި ތަފާތުކުރިކަމުގެ ޝަކުވާ ބެއްލެވެން ނެތްކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ
(ށ) ގެ އަލީގައި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް އެކަށީގެންވާ މިންވަރަށް
ރިޢާޔަތްކުރެއްވުމަކާ ނުލައިކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާ ގުޅިގެން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2014
/
304/INDIV/200 ޓްރައިބިއުނަލުން ބެވެން ނެތް މައްސަލައެއްކަން އަންގާ ލިޔުން
މިނަމުގައިވާ ނިންމުމަށާއި، އެ ނިންމުން އިސްތިއުނާފްކުރުމަށް ގދ.ތިނަދޫ ހަލަވެލި އިސްމާޢީލް ޙިލްމީ
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތްތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ޤާނޫނާއި ޤަވާޢިދުތަކަށް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު އަންނަނިވި ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ކތ ދވ
ކަންތައްތައެ
11 42 44
މެނޭޖްމަންޓް
3.1- ފުރަތަމަ ކަމަކީ: ގދ.ތިނަދޫހަލަވެލި، އިސްމާޢީލް ޙިލްމީގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ އޭނާ، "އެގްޒެކެޓިވް މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން
އިން ހިއުމަން ރިސޯސަސް ކޯސް ފުރިހަމަކުރުމަށްފަހު، 31 އޮކްޓޯބަރ 2010 ގައި
ކަސްޓަމްސްގެ ވަޒީފާއަށް ނުކުތުމާއެކު ލިބެންޖެހޭ މަޤާމުގެ ކުރިއެރުން ނުލިބި، އޭނާއަށް ވުރެ ފަހުން
މާސްޓަރސް ޑިގްރީ ފުރިހަމަކުރި ފަރާތްތަކަށް ޕްރޮމޯޝަން ލިބިދީފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާއި، ކަސްޓަމްސް ސަރވިސްގެ އުޞޫލުތަކާއި ޚިލާފަށްކަމަށާއި،
31 އޮކްޓޯބަރ 2010 ގައި ކަސްޓަމްސްގެ ޚިދުމަތަށް ނުކުތުމާއެކު ޕްރޮމޯޝަން ލިބުނުނަމަ، ކަސްޓަމްސް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A07
COOCOC
8
އައު އޮނިގަނޑަށް ހިޖުރަކުރުމާއި ގުޅިގެން މަޤާމުގެ ކުރިއެރުން ހަމަޖެހިގެން އަންނައިރު އެއަށްވުރެ މަތީ
މަޤާމަކަށް ޝަރުޠު ހަމަވާނެކަމަށްބުނެ، 31 އޮކްޓޯބަރ 2010 އިން ފެށިގެން ސްޕްރިޓެންޑެންޓްގެ މަޤާމު
ހަމަޖައްސަވައި ދިނުމަށް އެދިގެންނާއި، އެދުވަހުން ފެށިގެން އައު އޮނިގަނޑަށް ހިޖުރަކުރުމާއި ގުޅިގެން
ޕްރޮމޯޝަން ދިނުމާ ހަމައަށް ސްޕްރިޓެންޑެންޓްގެ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށް އެދިގެންނާއި،
01 އޯގަސްޓް 2013 ގައި ދިން ޕްރޮމޯޝަންގައި ސީނިއަރ ސްޕްރިޓެންޑެންޓްގެ މަޤާމަށް ކުރިއެރުން
ލިބިދިނުމަށް އެދިގެންނާއި، އެ މަޤާމުގެ މުސާރައާއި އިނާޔަތްތައް ލިބިދިނުންއެދި، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ރައްދުވާގޮތަށް އިސްމާޢީލް ޙިލްމީ ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި
މައްސަލައެއްކަން އިސްތިއުނާފު ކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބެލުމުން އެނގެން
އޮންނަކަމެވެ.
3.2- ދެވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާ އަދާކުރަމުންދާއިރު، އޭނާއަށް ލިބެންޖެހޭ
ޙައްޤެއްވާކަމަށް ދެކިގެން ނުވަތަ ޙިމާޔަތްކުރަންޖެހޭ ޤާނޫނީ މަރުކަޒެއް ވާކަމަށް ދެކިގެން އެމުވައްޒަފަކު ވަޒީފާ
އަދާކުރާ އެންމެ އިސްވެރިޔަކަށް އެކަމުގެ ޝަކުވާ އުފުލަމުންދިޔުމަކީ ތަބީއީ ކަމެއްކަމާއި، އެގޮތުން ޙައްޤެއް
ގެއްލިއްޖެކަމަށް ނުވަތަ ލިބެންޖެހޭ ޙައްއް ނުލިބިވާކަމަށް ނުވަތަ އެމުވައްޒަފެއްގެ ޤާނޫނީ މަރުކަޒަށް
ނުރައްކަލެއް ކުރިމަތިވެފައިވާކަމުގެ އިޙްސާސް މުވައްޒަފަކަށް ކުރެވިއްޖެނަމަ އެކަމެއް ޙައްލު ކޮށްދިނުމަށް އެދި
އެންމެ ފުރަތަމަ ޝަކުވާ ހުށަހަޅަންޖެހޭ ފަރާތަކީ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާކަމާއި، އެ އިދާރާއެއްގެ
އެންމެ އިސްވެރިޔާއަށް ޝަކުވާ ހުށަހަޅައިގެން އެކަށީގެންވާ ޙައްލެއް ނުލިބުމުން މެނުވީ އިދާރާއެއްގެ
އެކަން ޙައްލުކުރަން މަސައްކަތްކުރުމަކީ އެންމެ ރަގަޅު އުޞޫލުނޫންކަމާއި،
މަތީގައި ބަޔާންކުރެވިފައިވާ މައްސަލައާއި ގުޅިގެން އިސްމާޢީލް ޙިލްމީ އަށް ލިބެންޖެހޭ
ދެކިގެން އިސްމާޢީލް ޙިލްމީ ވަޒީފާ އަދާކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ
އެންމެ އިސްވެރިޔާ ޕްރިންސިޕަލް ކަރެކްޓަރ އޮފް ކަސްޓަމްސް އަށް އެޑްރެސްކޮށް ތަފާތު އެކިފަހަރު
co
އެ
COCO
ބޭރުން
89 އ ދވ
ޙައްޤެއް
އޮތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް: 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
jb
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/07
ދިވެހިރާއްޖޭގެ ސައީކޯ*
ޝަކުވާ ހުށަހަޅާފައިވާކަމާއި، އެގޮތުން 04 ޖެނުއަރީ 2011 ގައި ލިޔެ ފޮނުވާފައިވާ ސިޓީއަކާއި،
05 އޭޕްރީލް 2012 ގައި ފޮނުވާފައިވާ ސިޓީއަކާއި، 14 މެއި 2014 ގައި ފޮނުވާފައިވާ ސިޓީއެއް
ހުށަހެޅިފައިވާ ލިޔެކިއުންތަކުގެ ތެރޭގައި ހިމެނިފައިވާކަމާއި،
އޭގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުން ޖަވާބުދީފައިވަނީ 14 މެއި
2014 ގެ ސިޓީއަށް އެކަނި ކަމާއި، އެޖަވާބުގައި އިސްމާޢީލް ޙިލްމީއަށް ކުރިއެރުން ލިބިދީފައި ނުވާ ސަބަބު
ބަޔާންކޮށްފައިވާކަމާއި، އެޖަވާބު ދީފައިވާ ތާރީޚަކީ 16 ޖުލައި 2014 ކަމާއި، އިސްމާޢީލް ޙިލްމީ ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ 07 ސެޕްޓެމްބަރ 2014 ގައިކަން ހުށަހެޅިފައިވާ ލިޔުންތަކަށް
ބެލުމުން އެނގެން އޮންނަކަމެވެ.
3.3- ތިންވަނަ ކަމަކީ: އިސްމާޢީލް ޙިލްމީގެ ފަރާތުން އިސްތިއުނާފް ކޮށްފައިމިވާ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު: 2014
/
304/INDIV/200 ނިންމުމަށް ބަލާއިރު، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ރައްދުވާގޮތަށް 07 ސެޕްޓެމްބަރު 2014 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުއްވި
މައްސަލަ (ނަންބަރު:2014/VTR/122) އަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާއަށް
ރިޢާޔަތްކުރާއިރު، ވަޒީފާގެ މައްސަލަ ނުވަތަ ޚިލާފު އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ
މުއްދަތު ފާއިތުވެފައިވާ މައްސަލައެއްކަމުން، ބުނެވިދިޔަ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް
މައްސަލައެއްކަމަށް ކަނޑައަޅުވާފައިވާކަން ފާހަގަކުރެވޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދަށް ބަލާއިރު، އެޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި،
ވަޒީފާއާބެހޭ ޤާނޫނުގައި އެހެންގޮތަކަށް ކަނޑައެޅި ބަޔާންކޮށްފައި ނުވާނަމަ، ވަޒީފާއާގުޅޭ މައްސަލައެއް ނުވަތަ
ޚިލާފެއް، އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އެ
މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށާއި، އެ މުއްދަތު ފާއިތުވުމަށްފަހު މައްސަލަތައް
ޓްރައިބިއުނަލަށް ބަލައި ނުގަނެވޭނެކަމަށް ބަޔާ
ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
3
4.
3 އc
4
ހުށަހެޅޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 31641
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.mv/
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/07
އިސްމާޢީލް ޙިލްމީގެ ވަޒީފާ އާމެދު އުފެދިފައިވާ ޚިލާފް ގުޅިގެން ތަފާތު އެކިފަހަރުމަތީން އޭނާ
ވަޒީފާ އަދާކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އެންމެ އިސްވެރިޔާއަށް އެޑްރެސްކޮށް ތަފާތު
އެކިފަހަރުމަތިން ޝަކުވާ ހުށަހަޅާފައިވިޔަސް، އޭގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުން
ޖަވާބުދީފައިވަނީ 14 މެއި 2014 ގެ ސިޓީއަށް އެކަނި ކަމާއި، އެސިޓީއަށް ޖަވާބު ދީފައިވާ ތާރީޚަކީ
16 ޖުލައި 2014 ކަމާއި، އިސްމާޢީލް އިލްމީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ
07 ސެޕްޓެމްބަރ 2014 ގައިކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮތުމުން، އިސްމާޢީލް
ޙިލްމީ ޓްރައިބިއުނަލަށް އެމައްސަލަ ހުށަހަޅާފައި އެވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އޭނާއަށް
ޖަވާބެއް ދިން ތާރީޚުން ފެށިގެން 52 ދުވަސް ތެރޭގައި ކަމާއި، އެއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގައި
ބުނެފައިވާ 3 މަސްދުވަހަށްވުރެ ކުރު މުއްދަތެއްކަން ފާހަގަކުރެވޭކަމާއި،
އިސްމާޢީލް ޙިލްމީ އެ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، ވަޒީފާއާމެދު މައްސަލައެއް
ނުވަތަ ޚިލާފެއް އުފެދުނުތާ 3 މަސްދުވަސް ފާއިތުވެފައިވާ މައްސަލައެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
މާނަކޮށްފައިވަނީ، އިސްމާޢީލް ޙިލްމީގެ ވަޒީފާއާމެދު އުފެދުނު މައްސަލަ ނުވަތަ ޚިލާފް ޙައްލު ކޮށްދިނުން އެދި
2011 ވަނަ އަހަރުން ފެށިގެން އޭނާ ވަޒީފާ އަދާކުރާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އެންމެ
އިސްވެރިޔާ އަށް ސިޓީ ނުވަތަ ޝަކުވާ ހުށަހަޅަމުން ގެންގޮސްފައިވާތީ، އެހިސާބުން ފެށިގެން ވަޒީފާއާމެދު
މައްސަލައެއް ނުވަތަ ޚިލާފެއް އުފެދިފައިވާކަމަށް ބައްލަވައިގެންކަން ސާފުކޮށް އެނގޭކަމާއި، ނަމަވެސް
މުވައްޒަފަކު އޭނާގެ ވަޒީފާއާމެދު އުފެދިފައިވާ މައްސަލައަކާ ގުޅިގެން އެ އިދާރާއެއްގެ އެންމެ އިސްވެރިޔާއަށް
ނުވަތަ ޝަކުވާ ހުށަހަޅަން ފަށާފައިވާ ތާރީޚަކީ، ވަޒީފާގައި ޚިލާފު އުފެދުނު ތާރީޚު ކަމަށް ހުރިހާ
ޙާލަތެއްގައި ބަލަންވެއްޖެނަމަ، އެ އިދާރާއެއްގެ ވެރިންގެ ފަރާތުން މުވައްޒަފުންގެ ޝަކުވާތަކަށް ވަކިޖަވާބެއް
ނުދީ 3 މަސް ދުވަހުގެ މުއްދަތަކަށް ދިގުދައްމާލުމުގެ ސަޤާފަތެއް އާލާވެ، މުވައްޒަފުންގެ ޙައްޤުތައް ލިބުމުގައި
ޤާނޫނީ ހުރަސްތަކެއް ކުރިމަތިވެދާނެކަން ފާހަގަކުރެވެއެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/07
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތައް އެފަދައިން ހުރުމާއެކު، އިސްމާޢީލް
ޙިލްމީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:2014/VTR/122 މައްސަލަ ހުށަހަޅާފައިވަނީ، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ޤަވާޢިދުގައި އެފަދަ މައްސަލަތައް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވުމު
ހަމަވުމުގެކުރިން
ކަމުގައިވާތީ، އެމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަމަށް ނިންމަވާފައިވާ
ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
uc
އެއްބަސްވެވިފައިވެއެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެމަތިން ރިޢާޔަތްކޮށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ގދ.ތިނަދޫހަލަވެލި އިސްމާޢީލް
ޙިލްމީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުA086763) ހުށަހެޅި މައްސަލަ
(ނަންބަރު:2016/VTR/122) އަކީ، އެފަދަ މައްސަލަ ހުށަހެޅުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގައި
ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ
ފަނޑިޔާރުންނަށް އިއްތިފާޤް ވެވުނުހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2014
/
304/INDIV/200 "ޓްރައިބިއުނަލުން ދެވެން ނެތް މައްސަލައެއްކަން އަންގާ ލިޔުން
މިނަމުގައިވާ ލިޔުމުން އިސްމާޢީލް ޙިލްމީ އަށް އަންގާފައިވާ އެންގުމަކީ ބާޠިލް އެންގުމެއް ކަމުގައި
ކަނޑައަޅައި، މިއަދުން (2015/10/25) ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިސްމާޢީލް ޙިލްމީގެ
ފަރާތުން އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ އެމައްސަލައަކީ މަޢުޟޫޢީގޮތުން ބަލައި
ފައިޞަލާކުރަނިވި ނިންމުމެއް ނިންމަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި އެގޮތުގެމަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާޖް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv