ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/37 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 37/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ ޖަމީލް
އައިޑީ ކާޑު ނަންބަރު: A073991
)
ދާއިމީ އެޑްރެސް: ވައްވަރުގެ | ޅ. ނައިފަރު
މިހާރުގެ އެޑްރެސް: ކޮލްވިލް C5 | ހުޅުމާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ފެބްރުއަރީ 2014
* ނިމުނު ތާރީޚް: 28 ޖެނުއަރީ 2015
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/G2C/161
ނިންމެވި ކޯޓު: ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ނައިފަރުން ގޯއްޗަށް އެދި ހުށަހެޅި ފޯމް ބާޠިލުކުރުން
ހުށަހެޅުނުތާރީޚް: 10-10-2012
ނިމުނު ތާރީޚް: 30-06-2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/37
ދަޢުވާގެ ޚުލާޞާ
މިއީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2C/161 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޅ. ނައިފަރު ވައްވަރުގެ، ޢަބްދުﷲ ޖަމީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ޤަޟިއްޔާއެކެވެ.
ޢަބްދުﷲ ޖަމީލު ކުރި މިއިސްތިއުނާއީ ދަޢުވާރައްދުވާ ފަރާތަކީ ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ
އިދާރާއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2C/161 ޤަޟިއްޔާއަކީ،
ނައިފަރު ވައްވަރުގޭ، ޢަބްދުﷲ ޖަމީލު ޅ. ނައިފަރުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމާ ގުޅިގެން 2012 ވަނަ
އަހަރުގެ ތެރޭގައި ނައިފަރު ކައުންސިލުން ޢަބްދުﷲ ޖަމީލަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ބިން (ގޯތި
ނަންބަރު:B37
/
01) ނުދިނުމަށާއި، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމް ބާޠިލު ކަމަށް ނައިފަރު
ކައުންސިލުން ނިންމި ނިންމުން ބާޠިލު ކޮށްދިނުން އެދި، ޢަބްދުﷲ ޖަމީލުގެ ފަރާތުން ނައިފަރު ކައުންސިލްގެ
އިދާރާގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، އިސްވެދެންނެވުނު ބަޔާންތަކަށާއި ފާހަގަ ކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ނައިފަރު ވައްވަރުގޭ ޢަބްދުﷲ ޖަމީލު ޅ. ނައިފަރުން ގޯއްޗަށް އެދި
ހުށަހަޅާފައިވާ ފޯމާއި ގުޅިގެން 2012 ވަނަ އަހަރުގެ ތެރޭގައި ނައިފަރު ކައުންސިލުން ޢަބްދުﷲ ޖަމީލުއަށް
ދިނުމަށް ގުރުއަތުން ނެގިފައިވާ ބިން (ގޯތި ނަންބަރު:B37
/
01) ނުދިނުމަށާއި، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި
ހުށަހެޅި ފޯމު ބާޠިލު ކަމަށް ނައިފަރު ކައުންސިލުން ނިންމި ނިންމުން ބާޠިލު ކޮށްދިނުން އެދި، ޢަބްދު
ޖަމީލުގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލަ ޝަރީޢަތުން ބެލި ބެލުމުން، ހައުސިންގ ޑިވެލޮޕްމެންޓް
ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ނަމްބަރ 5-3-C5 (ފްލެޓް އޭރިއާ:630.44
އަކަފޫޓް) ފްލެޓްގެ މިހާރުގެ މިލްކްވެރި ފަރާތަކީ ނައިފަރު ވައްވަރުގޭ ޢަބްދުﷲ ޖަމީލުކަން ހުޅުމާލޭ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ޤަޟިއްޔާ 2012/HMC/251 އިން ޝަރީޢަތަށް ޘާބިތުވެފައިވާތީއާ،
14
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2011 ގެ ސަފްޙާ ނަމްބަރު 06 ގައި، އިތުރު މަޢުލޫމާތު
ހިމެނޭ ބައިގެ 05 ވަނަ ޕޮއިންޓްގައި ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚްގެ ފަހުންވެސް،
ފޯމް ހުށަހަޅާފައިވާ މީހާ ނިޔާވުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން ނުވަތަ އެނޫންވެސް
ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން ފަދަ ފޯމް ހުށަހަޅާ މީހާގެ ކިބާގައި ހުންނަންވާ
ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯމް ބާޠިލް ވާނެކަމަށް ބަޔާން ކޮށްފައިވާތީ ނައިފަރު ކައުންސިލުން
ޢަބްދުﷲ ޖަމީލް އަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ބިން (ގޯތި ނަންބަރު:B37101) ނުދިނުމަށާއި،
ޢަބްދުﷲ ޖަމީލް ގޯއްޗަށް އެދި ހުށަހެޅި ފޯމް ބާޠިލްކަމަށް ނިންމި ނިންމުމަކީ ކަނޑައެޅިފައިވާ އުޞޫލުތަކާއި
އެއްގޮތަށް ނައިފަރު ކައުންސިލުން ނިންމި ޞައްޙަ ނިންމުމެއް ކަމަށް ކަނޑައަޅައި މިގޮތުގެ މަތިން ޙުކުމްކޮށް
ޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
ccc
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/G2C/161 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އިސްތިއުނާފުކުރުމަށް ޢަބްދުﷲ ޖަމީލުގެ ފަރާތުން 02 (ދޭއް)
ނުކުތާ ފާހަގަކޮށް އެނުކުތާތަކާ މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: ޢަބްދުﷲ ޖަމީލުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ މައްޗަށް
ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ހުށަހެޅި މައްސަލަ ނިންމާފައިވަނީ ދަޢުވާކުރާ ފަރާތަށް
ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ޙައްޤު ގެއްލޭގޮތަށް،
ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި، 20 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ނައިފަރު ކައުންސިލަށް ޢަބްދުﷲ ޖަމީލުގެ ފަރާތުން ހުށަހަޅާފައިވާ ގޯއްޗަށް އެދޭ
ފޯމު އެކައުންސިލުން ބާޠިލް ކޮށްފައިވަނީ ވުޖޫދުގައި ނެތް ޓްރާންސެކްޝަނެއްގެ މައްޗަށް ބިނާކޮށް
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
03- މިމައްސަލައާ ގުޅިގެން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/161
/
2C
ޤަޟިއްޔާއަށާއި، ޢަބްދުﷲ ޖަމީލުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު 18 މެއި 2011 ވަނަ ދުވަހު، ޅ.
ނައިފަރު ކައުންސިލްގެ އިދާރާއިން ހުޅުވާލުމާ ގުޅިގެން، ޅ. ނައިފަރު ވައްތަރުގެ، ޢަބްދުﷲ ޖަމީލު ނައިފަރުން
ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި؛
ނައިފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާ ގުޅިގެން، ގޯއްޗަށް އެދި ފޯމް ހުށަހެޅި
ފަރާތްތަކުގެ ތެރެއިން، ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް މާކްސް ލިބުނު ތަރުތީބުން ގޯތި
ލިބުނު ފަރާތްތަކުގެ ތެރޭގައި ޢަބްދުﷲ ޖަމީލު ހިމެނޭކަމާއި، 2012 ވަނަ އަހަރުގެ ތެރޭގައި ނައިފަރު
ކައުންސިލުން ޢަބްދުﷲ ޖަމީލަށް ދިނުމަށް ގުރުއަތުން ނެގިފައިވާ ބިން (ގޯތި ނަންބަރު:B37
/
01)
ނުދިނުމަށާއި، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު ބާޠިލުކަމަށް ނައިފަރު ކައުންސިލުން ނިންމުމާއި
ގުޅިގެން، ކައުންސިލުން ނިންމި އެނިންމުން ބާޠިލު ކޮށްދިނުމަށް އެދި ޢަބްދުﷲ ޖަމީލުގެ ފަރާތުން ނައިފަރު
ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާކޮށްފައިވާކަމާއިގެ
ފާދިއްޕޮޅު ނައިފަރުން ގޯއްޗަށް އެދުމުގެ ފުރުޞަތު ނައިފަރު ކައުންސިލުން ހުޅުވާލުމާ ގުޅިގެން ޅ.
ނައިފަރު/ވައްވަރުގެ، ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާކަމާއި، ފޯމްގައި ކަނޑައެޅިފައިވާ ގޮތަށް
ޕޮއިންޓްދީ ގުރުއަތު ނެގުމުގައިވެސް ޢަބްދުﷲ ޖަމީލު ބައިވެރިކޮށްފައިވާކަމާއި، ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ
ތެރެއިން އެންމެ މަތީ މާކްސް ލިބުނު ފަރާތްތައް އިޢުލާންކުރުމާ ގުޅިގެން ތަފާތު އެތަކެއް ޝަކުވާތަކެ
ނައިފަރު ކައުންސިލުގެ އިދާރާއަށް ހުށަހެޅުނުކަމާއި،
ނައިފަރު ވައްތަރުގެ، ޢަބްދުﷲ ޖަމީލަށް ހުޅުމާލެއިން ފްލެޓެއް ލިބިފައިވާކަމުގެ
ޝަކުވާ އެއިދާރާއަށް ލިބުމާ ގުޅިގެން އެކަން ސާފުކުރުމަށްޓަކައި، ކައުންސިލުގެ އިދާރާއިން ހައުސިންގ
ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ފޮނުވި ސިޓީއާ ގުޅިގެން، އޭގެ ޖަވާބުގައި ޢަބްދުﷲ ޖަމީލަށް ހުޅުމާލެއިން
e
ހއ
އެގޮތުން،
R
ހައިކަކީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
މެ
→
ފްލެޓެއް ލިބިފައިވާކަން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނައިފަރު ކައުންސިލުގެ އިދާރާއަށް
އެންގުމާއި ގުޅިގެން، ނައިފަރުން ގޯއްޗަށް އެދި ޢަބްދުﷲ ޖަމީލު ހުށަހެޅި ފޯމް ބާޠިލުކޮށްފައިވާކަމަށް،
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ ޖަވާބުގައި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2012/G2C/161 ޤަޟިއްޔާގެ ޝަރީޢަތަށް ފާދިއްޕޮޅު ނައިފަރު ކައުންސިލުން ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) ޢަބްދުﷲ ޖަމީލުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ މައްޗަށް ފާދިއްޕޮޅު ނައިފަރު
މެޖިސްޓްރޭޓް ކޯޓުގައި ހުށަހެޅި މައްސަލަ ނިންމާފައިވަނީ ދަޢުވާކުރާ ފަރާތަށް ޤާނޫނުއަސާސީން
ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ ޙައްޤު ގެއްލޭގޮތަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ
(ހ) އާއި 20 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ، އިސްތިއުނާޕީ ނުކުތާކެއްގެ ގޮތުގައި، ޢަބްދުﷲ ޖަމީލު
ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؛
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވަނީ،
”މިބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެއްވެސް
ގޮތަކުން ތަފާތު ކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި،
އެމީހެއްގެ ނަޞްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޢުމުރަށް،
ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް
ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް ނުވަތަ އުފަންރަށަށް، ނުވަތަ
މިނޫންވެސް ކަމަކަށް ބަލައި، ތަފާތުކޮށްގެނެއްނުވާނެއެވެ.“ މިފައިންކަމާއި؛
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ، ”ޤާނޫނުގެ ކުރިމަތީގައި، އަދި އެ
މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ
މީހެކެވެ. އަދި ޤާނޫނުގެ
ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް
ޙައްޤެކެވެ.” މިފައިންކަމާއިގެ
އިސްވެ ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މާއްދާތަކާއި، ފާދިއްޕޮޅު
ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2C/161 ޤަޟިއްޔާއިން، ނައިފަރު ކައުންސިލުގެ
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
މައްޗަށް ދަޢުވާލިބޭގޮތަށް ޢަބްދުﷲ ޖަމީލުކޮށްފައިވާ ދަޢުވާކަމުގައިވާ، ޅ. ނައިފަރުން ބަންޑާރަ ގޯތި ދޫކުރުމަށް
ހުޅުވާލުމާއި ގުޅިގެން، ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތައް
ކަނޑައަޅައި އެފަރާތްތަކަށް މާކްސް ލިބުނު ތަރުތީބުން ގުރުއަތަށް ގޮސް ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި
ޢަބްދުﷲ ޖަމީލު ހިމެނި، 2012 ވަނަ އަހަރުގެ ތެރޭގައި ނައިފަރު ކައުންސިލުން ޢަބްދުﷲ ޖަމީލަށް ދިނުމަށް
ގުރުއަތުން ނެގިފައިވާ ބިން (ގޯތި ނަންބަރު:B37
/
01) ނުދިނުމަށް ނިންމައި އަދި ޢަބްދުﷲ ޖަމީލު ގޯއްޗަށް
އެދި ހުށަހެޅި ފޯމު ބާޠިލު ކުރުމާއި ގުޅިގެން ހުށަހެޅި އެދަޢުވާއަށް ބަލައި ނަޒަރު ކުރާއިރު؛
ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗާއި ފުލެޓް ދޫކުރަމުން އަންނަނީ، ޤާނޫނު ނަންބަރު
1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ”ދިރިއުޅުމަށްޓަކައި ބަންޑާރަ
ގޯތި ދޫކުރުމުގެ ޤަވާޢިދު ގެ ދަށުންކަމާއި، މީގެ އިތުރުން އިސްވެ އިޝާރާތްކުރެވު
ޤަވާޢިދުގެ 7 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ އިތުރުން، އެޤަވާޢިދުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން އިތުރު
ޝަރުޠުތަކެއް ނުވަތަ އުޞޫލުތަކެއް ގޯއްޗާއި ފުލެޓް ދޫކުރަން އިޢުލާންކުރާއިރު ކަނޑައަޅާކަމާއި، މާލެއާއި އަދި
ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗާއި ފުލެޓް
ދޫކުރަމުންދަނީ، މިބުނެވުނު ޝަރުތުތަކާއި އުޞޫލުތަކުގެ ދަށުން
މަތިންކަން އެނގެން
އޮންނަކަމާއި؛
ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު 18 މެއި 2011 ވަނަ
ދުވަހު، ޅ. ނައިފަރު ކައުންސިލްގެ އިދާރާއިން ހުޅުވާލިއިރު، ގޯއްޗަށް އެދޭ ފަރާތްތަކުގެ ޝަރުޠުތަކުގެ
ތެރޭގައި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ
”ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަރުޠުތަކުގެ އިތުރުން،
އިޝާރާތްކުރެވުނު ޤަވާއިދުގެ 13 ވަނަ މާއްދާގެ (ބ) ގެ ދަށުން އިތުރު ޝަރުޠުތަކެއް ނުވަތަ އުޞޫލުތަކެއް
ކަނޑައަޅާފައިވާކަމާއި، ޅ. ނައިފަރުން ގޯއްޗަށް އެދޭ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ
ތެރޭގައި، ނައިފަރު ކައުންސިލުގެ އިދާރާއިން ކަނޑައެޅި ޝަރުތުތަކާއި އުޞޫލުތަކަކީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އަދި ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ
ފނފި
3033034444
8 22
އެ ޤަތުން،
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
ކިބާގައި ހުންނަންވާ
Ocoxc
ޤާނޫނުގެ ދަށުން ހެދިފައިވާ ”ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާޢިދު" އާއި ޚިލާފު
ޝަރުތުތަކަކާއި އުޞޫލުތަކެއްކަމުގައި ދިވެހިރާއްޖެ ޝަރުޢީ އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަމާއި؛
ފާދިއްޕޮޅު ނައިފަރުން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް 2011 ގެ ސަފްޙާ ނަމްބަރު 06 ގައި، އިތުރު
މަޢުލޫމާތު ހިމެނޭ ބައިގެ 05 ވަނަ ޕޮއިންޓްގައި "ފޯމް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚްގެ
ފަހުންވެސް، ފޯމް ހުށަހަޅާފައިވާ މީހާ ނިޔާވުން ނުވަތަ ހިބައިން ނުވަތަ ވަސިއްޔަތުން ނުވަތަ ތަރިކައިން
ނުވަތަ އެނޫންވެސް ގޮތަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއް ލިބުން ފަދަ ފޯމް ހުށަހަޅާ މީހާގެ
ނަންވާ ޝަރުތެއް އުނިވެއްޖެނަމަ އެމީހެއްގެ ފޯމް ބާޠިލް ވާނެކަމަށް، ބަޔާން ކޮށްފައިވާކަން
އެނގެން އޮންނަކަމާއިގެ
ޢަބްދުﷲ ޖަމީލަށް ގުރުއަތުން ނެގިފައިވާ ބިން ގޯތި ނަންބަރު:B37
/
01) ނުދިނުމަށް ނިންމައި އަދި
ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު ނައިފަރު ކައުންސިލުގެ އިދާރާއިން ބާޠިލު ކޮށްފައިވަނީ، ޢަބްދު
ޖަމީލުއަށް ހުޅުމާލެއިން ފްލެޓެއް ލިބިފައިވާކަމުގެ ޝަކުވާ އެއިދާރާއަށް ލިބުމާއި ގުޅިގެން އެކަން
ސާފުކުރުމަށްޓަކައި، ކައުންސިލުގެ އިދާރާއިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް ފޮނުވި ސިޓީއާއި
ގުޅިގެން، އޭގެ ޖަވާބުގައި ޢަބްދުﷲ ޖަމީލަށް ހުޅުމާލެއިން ފްލެޓެއް ލިބިފައިވާކަން، ހައުސިންގ ޑިވެލޮޕްމެންޓް
ކޯޕަރޭޝަނުން ނައިފަރު ކައުންސިލުގެ އިދާރާއަށް އެންގުމާ ގުޅިގެންކަން އެނގެން އޮންނާތީ، ޢަބްދުﷲ ޖަމީލުގެ
ފަރާތުން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ މައްޗަށް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ހުށަހެޅި
މައްސަލަ ނިންމާފައިވަނީ ދަޢުވާކުރާ ފަރާތަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި ތަފާތު
ނުކުރުމުގެ ޙައްޤު ގެއްލޭގޮތަށް ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާއާ ޚިލާފަށް
ކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަން އެނގެއެވެ.
(ނ) ނައިފަރު ކައުންސިލަށް ޢަބްދުﷲ ޖަމީލުގެ ފަރާތުން ހުށަހަޅާފައިވާ ގޯއްޗަށް އެދޭ ފޯމު
އެކައުންސިލުން ބާޠިލް ކޮށްފައިވަނީ ވުޖޫދުގައި ނެތް ޓްރާންސެކްޝަނެއްގެ މައްޗަށް ބިނާކޮށް
ރާކޮށް ކަމަށް ބުނެ
ފާހަގަކުރި އިސްތިއުނާޕީ ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު؛
ނައިފަރުން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާ ގުޅިގެން، ގޯއްޗަށް އެދި ފޯމް ހުށަހެޅި
ފަރާތްތަކުގެ ތެރެއިން، ޝަރުޠުހަމަވާ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް ލިބުނު މާކްސްތަކުގެ ތަރުތީބުން،
COXC
3
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
ގޯތި ލިބުނު ޅ. ނައިފަރު ވައްވަރުގެ، ޢަބްދުﷲ ޖަމީލަށް ގުރުއަތުން ނެގިފައިވާ ބިން (ގޯތި
ނަންބަރު:B37
/
01) ނުދިނުމަށާއި އަދި ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު، ނައިފަރު ކައުންސިލުގެ
އިދާރާއިން ބާޠިލުކޮށްފައިވަނީ 23 މެއި 2012 ވަނަ ދުވަހުކަމާއި؛
ޢަބްދުﷲ ޖަމީލަށް ގުރުއަތުން ނެގިފައިވާ ބިން (ގޯތި ނަންބަރު:B37
/
01) ނުދިނުމަށާއި އަދި
ޢަބްދުﷲ ޖަމީލު ގޯއްޗަށް އެދި ހުށަހެޅި ފޯމު، 23 މެއި 2012 ވަނަ ދުވަހު ނައިފަރު ކައުންސިލުގެ
އިދާރާއިން ބާޠިލުކޮށްފައިވަނީ، ޢަބްދުﷲ ޖަމީލަށް ހުޅުމާލެއިން ފްލެޓެއް ލިބިފައިވާކަމުގެ ޝަކުވާ އެއިދާރާއަށް
ލިބުމާ ގުޅިގެން
އިގެން އެކަން ސާފުކުރުމަށްޓަކައި، ކައުންސިލުގެ އިދާރާއިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް
ފޮނުވި ސިޓީއާ ގުޅިގެން، އޭގެ ޖަވާބުގައި ޢަބްދުﷲ ޖަމީލަށް ހުޅުމާލެއިން ފްލެޓެއް ލިބިފައިވާކަން، ހައުސިންގ
ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން 10 މެއި 2012 ވަނަ ދުވަހު އެކޯޕަރޭޝަންގެ ނަންބަރު -(161)HDC
>
އެނގެން އޮންނަކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަންބަރު -(161)HDC
ife2 852 183 – 4 : ; EM/FAX/2012/8
ފަރާތުން ހިންގާ ކޮރެންވިލް މަޝްރޫޢުގެ ދަށުން، ޅ. ނައިފަރު ވައްވަރުގޭ ޢަބްދުﷲ ޖަމީލަށް ހުޅުމާލެއިން
ފްލެޓެއް ލިބިފައިވާކަމާއި، އަބްދުﷲ ޖަމީލަށް ލިބިފައިވާ ފްލެޓްގެ ނަންބަރަކީ C5-3
-
D ކަމާއި، ބޮޑުމިނަކީ
630.44 ފޫޓް ކަމާއި، ފްލެޓް ލިބުމާ ގުޅޭ ގޮތުން ދެފަރާތުގެ ދެމެދު އެގްރިމަންޓްގައި ސޮއިކުރެވިފައިވަނީ 03
އޮގަސްޓް 2010 ގައި ކަމާއި، އެގްރިމަންޓް ނަންބަރަކީ MV000100074 ކަން އިޝާރާތްކުރެވުނު ފެކްސް
މެސެޖުން އެނގެން އޮންނަކަމާއިގެ
ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުންވިޔަސް ހިންގާ ގެދޮރާއި ފްލެޓް ޢިމާރާތް ކުރުމުގެ
ޝްރޫޢުތަކަކީ، ވިޔަފާރި އުޞޫލުން އެކަންކަން ކުރުމަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން
ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫޢުތަކެއްކަމާއި، އެމަޝްރޫޢުތަކުގައި ބިނާކުރާ ގެދޮރާއި
ފްލެޓްތައް ވިއްކުމުގައި، އެތަންތަން ގަންނަ ފަރާތްތަކާ ދެމެދު އެއްބަސްވުންތައް ހެދި އެމައްޗަށް
ދާކަމާއި، އެގޮތުން، އެއްވެސް ފަރާތަކުން ގަންނަ ގެއެއް ނުވަތަ ފްލެޓެއް ނުވަތަ ބިމެއްވިޔަސް
8 3 4 3 344
OCCO
2
024ނ
R
ހައިކޯ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
އެތަން ގަންނަ ފަރާތަކުން އެއްބަސްވުމުގައި ކަނޑައަޅައި ބަޔާންކޮށްފައިވާގޮތާ އެއްގޮތްވާގޮތުގެ މަތިން، ފައިސާ
ދައްކަމުން ދާހާ ހިނދަކު އެއްބަސްވުމުގެ ދަށުން އެފަރާތަކަށް ލިބިފައިވާ ނުވަތަ ޕްލެޓް ނުވަތަ ބިން
އެއްވެސް ފަރާތަކަށް ވަކިނުކުރެވޭނެކަމާއި، އެހެންކަމުން އެއްބަސްވުމުގައި ކަނޑައެޅިފައިވާ އަގު އަދާކޮށް
އެތަން އެގަންނަ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި އަމިއްލަ ބާރު އެފަރާތަކަށް
ޤާނޫނީ އިމުގެ ތެރެއިން ލިބިފައި އޮތުމުގެ ނަތީޖާއަކީ، ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުންވިޔަސް ހިންގާ
ގެދޮރާއި ފްލެޓް ޢިމާރާތް ކުރުމުގެ މަޝްރޫޢަކުން ފްލެޓެއް ނުވަތަ ގެއެއް ނުވަތަ ބިމެއްނަމަވެސް ލިބި،
އެގަންނަ ގެއެއް ނުވަތަ ފުލެޓެއް ނުވަތަ ބިމެއް އެފަރާތުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިނުވިނަމަވެސް،
އެފަރާތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން، ދައުލަތުގެ
ލާޒިމުކޮށްފައިވާ މިންވަރު ކަމުގައިވާ، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަން ހުރި މިންވަރަކުން
”ހިޔާވަހިކަން ލިބުމު“ ގެ ޙައްޤު ފުރިހަމަ ވެފައިވާ މީހެއްކަމާއި، އަދި ޤާނޫނު ނަންބަރު 1/2002
(ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ”ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި
ދޫކުރުމުގެ ޤަވާޢިދު ގެ ބޭނުމަށްޓަކައި އެފަރާތެއްގެ ނަމުގައި ބޯހިޔާ ވަހިކަން، ރަޖިސްޓްރީ ކުރެވިފައިވާ
ފަރާތެއްކަމުގައި ބެލެވޭނެކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ފާދިއްޕޮޅު
ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/G2C/161 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނަންޖެހޭ އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
މައްޗަށް
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ޢަބްދުﷲ ޖަމީލުގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/G2C/161 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ
z
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/37
ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
t
$i;
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ