ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/145 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/145
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 145/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާދަމް ޝަރީފް
އައިޑީ ކާޑު ނަންބަރު: A277404
ދާއިމީ އެޑްރެސް: އިރަމާގެ މަތިވެރި
، މިހާރުގެ އެޑްރެސް: ކ. މާފުށި ޖަލު
*
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް)
0
ށަހެޅުނު ތާރީޚް: 28 އޭޕްރީލް 2013
ނިމުނު ތާރީޚް: 24 ޑިސެމްބަރު 2013
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1441
ނިންމެވިކޯޓު: ސިވިލްކޯޓު
ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
ހުށަހެޅުނުތާރީޚް: 16-08-2012
ނިމުނު ތާރީޚް: 06-01-2013
0
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢައްބާސް ޝަރީފު
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/145
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/1441 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި
އިރަމާގެ މަތިވެރި އާދަމް ޝަރީފްގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެޓާރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް)
cet O
އެވެ.
ހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1441 ޤަޟިއްޔާއަކީ، 2011 ވަނަ އަހަރު އއ.
މަތިވެރި އިރަމާގެ އާދަމް ޝަރީފުގެ މައްޗަށް ކުރައްވާފައިވާ ޙުކުމްތަކަށް ރައީސުލްޖުމްހޫރިއްޔާ
ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވަނިކޮށް ކުރައްވާފައިވާ ޝަރުތާ ޚިލާފުނުވަނީސް މޯލްޑިވްސް ޕޮލިސް
ސަރވިސް އާއި ޕީ.ޕީ.އާރ.އެސް ގުޅިގެން، އާދަމް ޝަރީފަށް ދެއްވާފައިވާ ޙައްޤު ނިގުޅައިގަނެ އަދި
ރައީސުލްޖުމްހޫރިއްޔާ މަޢާފު ދިނުމަށްފަހު ދެއްވާފައިވާ ލިޔެކިއުންތައް ޕޮލިހުން ގެންގޮސްފައިވާތީ،
އެލިޔެކިއުންތައް ކޯޓަށް ގެނައުމަށްފަހު އެލިޔެކިއުމުގައިވާ ޝަރުތާއި ޚިލާފުނުވާކަމާއި، ކުރައްވާފައިވާ ޝަރުތާއި
ޚިލާފުނުވާހާހިނދަކު ދީފައިވާ މަޢާފު ދެމިހުންނާނެކަމާއި، ޖިނާއީ ކުށަކީ ކޮބައިކަން ކަނޑައަޅައިދިނުމަށް އެދި
ޑީ.ޕީ.އާރ.އެސްގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އާދަމް ޝަރީފް ދަޢުވާކުރުމުން
ސިވިލްކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް
ރިހިބިލިޓޭޝަން ސަރވިސް (ޑީ.ޕީ.އާރ.އެސް)ގެ މައްޗަށް ދަޢުވާލިބޭ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް އ.އ.
މަތިވެރި އިރަމާގެ އާދަމް ޝަރީފް (އައިޑީކާޑް ނަންބަރު: A277404) ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން
ބެލިއިރު،
އާދަމް ޝަރީފުގެ މައްޗަށް ސާބިތުވެފައިވާ ގިނަ ކުށްތަކެއްގެ އަދަބު ތަންފީޛުކުރުމަށް އާދަމް
ޝަރީފް ޖަލަށްލާފައި ހުއްޓައި، ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު)
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2{013/HC-A/145
/4
ގެ 29 ވަނަ މާއްދާގެ (ނ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބު
ލުއިކޮށްދިނުމުގައި އެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ
ކަނޑައަޅައި ޝަރުތުތަކަކާއެކު ދެވަނަ ފުރުޞަތަކަށް އާދަމް ޝަރީފް ދޫކުރުމަށް ޑީ.ޕީ.އާރ.އެސް އާއި އާދަމް
ޝަރީފުއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އާދަމް ޝަރީފް ބަންދުން ދޫކޮށްލުމުން، ބުނެވިދިޔަ
އެއްބަސްވުމާއި އެއްގޮތަށް އާދަމް ޝަރީފް އުޅެނިކޮށް އާދަމް ޝަރީފް އަނބުރާ ޖަލަށް ގެންގޮސްފައިވާތީ،
އާދަމް ޝަރީފް ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށް ދިނުމަށް މިދަޢުވާގައި އާދަމް ޝަރީފް އެދިފައިވާއިރު،
އާދަމް ޝަރީފް ބަންދުން ދޫކޮށްފައިވަނީ އޭނާގެ މައްޗަށް ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް
އެއްކޮށް މަޢާފްކޮށްފައި ނޫންކަމަށާއި، ދޫކޮށްފައިވަނީ ކަނޑައެޅިފައިވާ ވަކި ޝަރުތަކަކާއި އެއްގޮތަށް
އުޅުމަށް އޭނާ އެއްބަސްވެގެން، އެއިން ޝަރުތަކާއި އޭނާ ޚިލާފުވެއްޖެނަމަ އޭނާ ޖަލަށް އަނބުރާ ގެންދާގޮތަށް
ކަމަށާއި، އާދަމް ޝަރީފް ޖަލަށް އަނބުރާ ގެންދެވިފައިވަނީ މިބުނެވިދިޔަ ޝަރުތުތަކުގެ ތެރެއިން
ޝަރުތުތަކަކާއި އޭނާ ޚިލާފުވެފައިވާތީ ކަމަށާއި، މިގޮތުން ދެވަނަ ފުރުޞަތުގެ އޮފީހުން އަންގާ ގަޑިއެއްގައި
ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހު އެ އޮފީހަށް ރިޕޯޓުކުރުމަށް ބުނެވިދިޔަ އެއްބަސްވުމުގައި އާދަމް ޝަރީފް
އެއްބަސްވެފައިވާއިރު، ޙާޟިރުވާންޖެހޭ 22 ދުވަހުގެ ތެރެއިން 19 ދުވަހު އާދަމް ޝަރީފް ޙާޟިރުވެފައިނުވާ
ކަމަށާއި، ދެވަނަ ފުރުޞަތުގައި ދޫކޮށްފައިވާ މީހުންނަށް ހިންގޭ ރީއިންޓަގްރޭޝަން ޕްރޮގްރާމުގެ ދަށުން
ހިންގުނު 16 ކުލާހުގެ ތެރެއިން އެއްވެސް ކުލާހަކަށް އާދަމް ޝަރީފް ޙާޟިރުވެފައިނުވާ ކަމަށާއި، ދެވަނަ
ފުރުޞަތުގެ އިތުބާރު ގެއްލޭފަދަ ޢަމަލެއް ނުހިންގުމަށް އާދަމް ޝަރީފް އެއްބަސްވެފައިވާއިރު، އާދަމް ޝަރީފް
ބަންދުން ދޫކުރި ފަހުން 2012 އޭޕްރީލް 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ޗާންދަނީ މަގުގައި
ހުންނަ ހަނަމަރުކޯ ފިހާރައިގެ ފުރާޅު ނައްޓައިގެން އެފިހާރައަށް ވަގަށް ވަދެ އެފިހާރައިން ގިނަ އަދަދެއްގެ
ފައިސާއާއި ގަހަނާއާއި އިލެކްޓްރޯނިކް ސާމާނާއި އަދިވެސް އެހެނިހެން ތަކެތި ވަގަށް ނެގިކަމަށް އާދަމް
ޝަރީފުގެ މައްޗަށް ތުހުމަތު ކުރެވިގެން އާދަމް ޝަރީފް ހައްޔަރު ކުރެވުނު މައްސަލާގައި ސީދާ ކުށުގެ ވެށިން
(ފިހާރަތެރެއަށް ވަދެ ހުއްޓައި، އާދަމް ޝަރީފް ހައްޔަރު ކުރެވިފައިވުމަކީ ދެވަނަ ފުރުޞަތު ޕްރޮގްރާމުގެ
އިތުބާރު ގެއްލޭގޮތަކަށް އާދަމް ޝަރީފް ކޮށްފައިވާ ޢަމަލެއްކަމަށް ދައުލަތުން ޝަރީޢަތުގައި ބުނެފައިވުމާއި،
CC
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/145
ދެވަނަ ފުރުޞަތުގެ އޮފީހުން އަންގާ ގަޑިއެއްގައި ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހު އެ އޮފީހަށް
ރިޕޯޓުކުރުމަށް ބުނެވިދިޔަ އެއްބަސްވުމުގައި އާދަމް ޝަރީފް އެއްބަސްވެފައިވާއިރު ޙާޟިރުވާންޖެހޭ 22 ދުވަހުގެ
ތެރެއިން 19 ދުވަހު އާދަމް ޝަރީފް ޙާޟިރުވެފައި ނުވާކަމާއި، ދެވަނަ ފުރުޞަތުގައި ދޫކޮށްފައިވާ މީހުންނަށް
ހިންގޭ ރީއިންޓަގްރޭޝަން ޕްރޮގްރާމުގެ ދަށުން ހިންގޭ ކުލާސްތަކަށް ޙާޟިރުވުމަށް އާދަމް ޝަރީފް
އެއްބަސްވެފައިވާއިރު، ބުނެވިދިޔަ ޕްރޮގްރާމުގެ ދަށުން ހިންގުނު 16 ކުލާހުގެ ތެރެއިން އެއްވެސް ކުލާހަކަށް
އާދަމް ޝަރީފް ޙާޟިރުވެފައި ނުވާކަން ދައުލަތުން ހުށަހެޅި ލިޔުންތަކުން އެނގެން އޮތުމާއި، އާދަމް ޝަރީފް
ބަންދުން ދޫކުރިފަހުން 2012 އޭޕްރީލް 15 ވަނަ ދުވަހުގެ ރޭ ދަންވަރު 4:15 ގައި ޗާންދަނީ މަގުގައި
ހުންނަ ”ހަނަމަރުކޯ“ ފިހާރައިގެ ފުރާޅު ނައްޓާލައިގެން ވަދެ އެފިހާރަ ތެރޭގައި ހުއްޓާ އާދަމް ޝަރީފް ހައްޔަރު
ކުރެވުނުކަން، އާދަމް ޝަރީފުގެ އިނގިލީގެ ނިޝާން ޖަހާފައިވާ، ހައްޔަރު ކުރެވޭ މީހުންގެ މަޢުމާތު ފޯމުން
އެނގެން އޮތުމުން، އާދަމް ޝަރީފުގެ މިޢަމަލަކީ ދެވަނަ ފުރުޞަތު ޕްރޮގްރާމްގެ އިތުބާރު ގެއްލޭ ގޮތަށް އާދަމް
ޝަރީފް ކޮށްފައިވާ ޢަމަލެއްކަމަށް ވުމުން، ދެވަނަ ފުރުޞަތު ޕްރޮގްރާމުގެ ދަށުން އާދަމް ޝަރީފް ބަންދުން
ދޫކުރުމަށް އާދަމް ޝަރީފް އާއި ޑީ.ޕީ.އާރ.އެސް އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އާދަމް ޝަރީފް
ފައިވާކަން ސާފުކޮށް އެނގެން އޮތުމުން، އާދަމް ޝަރީފް ބަންދުން ދޫކޮށްލުމުގެ އަމުރެއް ކޯޓުން
ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މިފަދައިންކަން
COOX O
ހުރީ އ
10/
¢¢ ¢ ¢
/ އގނ އއވ*
02- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1441 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ އާދަމް ޝަރީފްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް، ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1441 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އާދަމް ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/145
އެންކެތަކީ
CCCC
ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) 2011
ވަނަ އަހަރު އާދަމް ޝަރީފުގެ މައްޗަށް ކުރައްވާފައިވާ ޙުކުމްތަކަށް
ރައީސުލްޖުމްހޫރިއްޔާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވަނިކޮށް ކުރައްވާފައިވާ ޝަރުތާ ޚިލާފުނުވަނީސް
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕީ.ޕީ.އާރ.އެސް ގުޅިގެން، އާދަމް ޝަރީފަށް ދެއްވާފައިވާ ޙައްޤު
ނިގުޅައިގަނެ އަދި ރައީސުލްޖުމްހޫރިއްޔާ މަޢާފު ދިނުމަށްފަހު ދެއްވާފައިވާ ލިޔެކިއުންތައް ޕޮލިހުން
ގެންގޮސްފައިވާތީ އެލިޔެކިއުންތައް ކޯޓަށް ގެނައުމަށްފަހު އެލިޔެކިއުމުގައިވާ ޝަރުތާއި ޚިލާފުނުވާކަމާއި،
ކުރައްވާފައިވާ ޝަރުތާއި ޚިލާފުނުވާހާހިނދަކު ދީފައިވާ މަޢާފު ދެމިހުންނާނެކަމާއި، ޖިނާއީ ކުށަކީ ކޮބައިކަން
ކަނޑައަޅައިދިނުމަށް އެދި އާދަމް ޝަރީފު ދަޢުވާކޮށްފައިވާކަމާއި،
އާދަމް ޝަރީފު ހުށަހަޅާފައިވާ ދަޢުވާއަށް ތަފްޞީލީ ގޮތެއްގައި ބަލާއިރު، އާދަމް ޝަރީފުގެ
މައްޗަށް ސާބިތުވެފައިވާ ގިނަ ކުށްތަކެއްގެ އަދަބު ތަންފީޛުކުރުމަށް އާދަމް ޝަރީފް ޖަލަށްލާފައި ހުއްޓައި،
ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ނ)
އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އެ ޤާނޫނުގެ 22 ވަނަ
މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޝަރުތުތަކަކާއެކު ދެވަނަ ފުރުޞަތަކަށް
އާދަމް ޝަރީފް ދޫކުރުމަށް ޑީ.ޕީ.އާރ.އެސް އާއި އާދަމް ޝަރީފްއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން
އާދަމް ޝަރީފް ބަންދުން ދޫކޮށްލުމުން، ބުނެވިދިޔަ އެއްބަސްވުމާއި އެއްގޮތަށް އާދަމް ޝަރީފް އުޅެނިކޮށް
އާދަމް ޝަރީފް އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށްބުނެ އާދަމް ޝަރީފް ބަންދުން ދޫކޮށްލުމަށް ކޯޓުން
އަމުރެއް ނެރެދިނުން ކަން އެނގެއެވެ.
(ނ) ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 29 ވަނަ
މާއްދާގެ (ނ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އެ
ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޝަރުތުތަކާއި
ގުޅިގެން ދެވަނަ ފުރުޞަތަކަށް އާދަމް ޝަރީފް ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ
އެންޑް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/145
ރިހިބިލިޓޭޝަން ސަރިވިސް (ޑީ.ޕީ.އާރ.އެސް) އާއި އާދަމް ޝަރީފްއާއި ދެމެދު 18 އޮކްޓޯބަރު 2011 ގައި
އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަން އެނގެން އޮވެއެވެ.
ޑ 8 *ހ4
(ނ) އާދަމް ޝަރީފް ބަންދުން ދޫކޮށްފައިވަނީ އޭނާގެ މައްޗަށް ކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް
އެއްކޮށް މަޢާފްކޮށްފައި ނޫންކަމާއި، އެއާއިޚިލާފަށް އާދަމް ޝަރީފު ދޫކޮށްފައިވަނީ ކަނޑައެޅިފައިވާ ވަކި
ޝަރުތަކަކާއި ގޮތަށް އުޅުމަށް އެއްބަސްވެގެންކަމާއި، އެއްބަސްވުމުގައިވާ ކަންތައްތަކާއި ޚިލާފުވެއްޖެނަމަ
ދެވަނަ ފުރުޞަތުގެ ޕްރޮގްރާމުން ވަކިކޮށް، ކުރިން ތަންފީޒުކުރަމުން ގެންގޮސްފައިވާ ޙުކުމާއި ތަންފީޒުނުވެހުރި
ޙުކުމްތައް ތަންފީޒު ކުރުމަށް ޖަލަށް ގެންދެވޭނެ ކަމަށް އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމުގައި
ދެކުރެވިފައިވާކަން އެނގެން އޮވެއެވެ.
* * * *
(ށ) ދެވަނަ ފުރުޞަތުގެ ދަށުން އާދަމް ޝަރީފު ދޫކޮށްލުމަށް ވެފައިވާ އެއްބަސްވުމުގެ 1 ވަނަ
ނަންބަރުގެ (7) ގައި [ދެވަނަ ފުރުޞަތު ޕްރޮގްރާމުގެ އިތުބާރު ގެއްލޭފަދަ އެއްވެސް ޢަމަލެއް ނުކުރުން“
ޝަރުތު ކުރެވިފައިވާކަމާއި، އާދަމް ޝަރީފް ބަންދުން ދޫކުރި ފަހުން 2012 އޭޕްރީލް 15 ވަނަ ދުވަހު
ދަންވަރުގެ ވަގުތެއްގައި ޖަމާޢަތް ހަދައިގެންގޮސް ޗާންދަނީ މަގުގައި ހުންނަ "ކަނަމަރުކޯ، ސްވެނިއަރ
ފިހާރައިގެ ފުރާޅުގެ ޓިނާއި ސީލިންގ ކަފާލައި، ފިހާރަ ފަޅާލުމަށްފަހު ފިހާރައަށް ވަގަށް ވަދެ، ފިހާރައިގެ
ތިޖޫރި ފަޅާލަން މަސައްކަތްކޮށް ފިހާރައިން ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެފިހާރައިގެ
ތެރޭގައި ހުއްޓާ 2013 އޭޕްރީލް 15 ވަނަ ދުވަހުގެ 03:15 ގައި އާދަމް ޝަރީފު ހައްޔަރު ކުރެވިފައިވާކަން
އާދަމް ޝަރީފު ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ
TD040657 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް“ އިން އެގެން އޮންނަކަމާއި، އާދަމް ޝަރީފުގެ
މައްޗަށް ތުހުމަތު ކުރެވުނު އިޝާރާތްކުރެވުނު ކުށާއި ގުޅިގެން ކުށުގެ ވެށިން ހައްޔަރުކުރެވިފައިވާކަން އެނގެން
އޮންނައިރު، އާދަމް ޝަރީފުގެ މައްޗަށް އެކުށް ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއްވެސް ލިބިފައިވާކަން
އެނގެން އޮންނަކަމާއި،
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
: ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/145
ދެވަނަ ފުރުޞަތުގެ ޕްރޮގްރާމަކީ، ކުރިން ކުށެއް ކުރެވިފައިވީނަމަވެސް، އެކަމަށް ތައުބާވެ
އަމިއްލަ ނަފުސު އިސްލާޙްކޮށް، މުޖުތަމަޢުގެ އެހެން އަފްރާދުން ފަދައިން ކުށަށް އަރައިގަތުމުން
އެއްކިބައިވެގެން ތަހްޒީބީ ގޮތެއްގައި ހަޔާތުގެ ބާކީބައި ހޭދަކުރުމަށްޓަކައި ދެވޭ ފުރުޞަތެއްކަމާއި، އެފަދަ
ގޮތަކަށް އިޞްލާޙުވުމަށްޓަކައި މުޖުތަމަޢަށް ދޫކުރެވިފައިވާ މީހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިގެން
ތަޙްޤީޤުކުރުމަށްފަހު ޝަރީޢަތުން ބަލާ ބެލުމުގައި އެމީހެއްގެ މައްޗަށް ކުށް ޝަރީޢަތުގައި ސާބިތުނުވި
ކަމުގައިވީނަމަވެސް، އިސްވެ އިޝާރާތްކުރެވުނު ފަދަ ކުށުގެ ވެއްޓަކުން ހައްޔަރުކުރެވޭ ކުރުމަކީ، ދެވަނަ
ފުރުޞަތު ޕްރޮގްރާމުގެ އިތުބާރު ކުޑަވެ، އެޕްރޮގްރާމްގެ ތެރެއިން ކުށްވެރިން އިސްލާޙްވެފައިވާ ބައެއްގެ
ގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެވިދާނެ ކަމުގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއްކަމާއި؛
އެހެންކަމުން ޤާނޫނު ނަންބަރު 2/2010 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 29
ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި އެ
ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޝަރުތުތަކާއި
ގުޅިގެން ދެވަނަ ފުރުޞަތަކަށް އާދަމް ޝަރީފް ދޫކުރުމަށް ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް
ރިހިބިލިޓޭޝަން ސަރިވިސް (ޑީ.ޕީ.އާރ.އެސް) އާއި އާދަމް ޝަރީފްއާއި ދެމެދު 18 އޮކްޓޯބަރ 2011 ގައި
ސޮއި ކުރެވިފައިވާ އެއްބަސްވުމާއި އާދަމް ޝަރީފު ޚިލާފުވެފައިވާކަން އެނގެއެވެ.
ވީމާ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1441 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
UCO OC
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް
ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1441 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލަކާ ވިޔަސް ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފިމެވެ.
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv