ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/141 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/14]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 141/HC
-
A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޝަމީމް ޢަބްދުﷲ އަބޫބަކުރު
އައިޑީ ކާޑު ނަންބަރ: A042160
ދާއިމީ އެޑްރެސް: ހުޅުމާލެ ފްލެޓް 02-G-38
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 02-G-38
*
0
އިސްތިއުނާފު ރައްދުވާ ފަރާތް:
، ނަން. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
ދާއިމީ އެޑްރެސް އެމް.ޓީ.ސީ.ސީ ޓަވަރ
މިހާރުގެ އެޑްރެސް: އެމް.ޓީ. ޓަވަރ
އައިޑީ ކާޑު ނަންބަރު:-
ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ރަޖަބު 1435 ' ނިމުނު ތާރީޚް: 14 ޛުލްޤައިދާ 1435
22 މެއި 2014
09 ސެޕްޓެމްބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/92
ނިންމެވިކްޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާހޯދުން
ހުށަހެޅި ތާރީޚް: 2014-01-08
* ނިމުނު ތާރީޚް: 2014-04-14
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު.ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
އިސް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j4/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، ހުޅުމާލެ ފްލެޓް 02-G-38 ޝަމީމް ޢަބްދު
އަބޫބަކުރު (ދިރ.ކާޑް ނަންބަރު:A042160) ގެ ފަރާތުން ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)އެވެ.
ވެވުނު ނުކުތާތަ
A01 އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ ޗީފް އޮފިސަރެއްގެ ވަޒީފާގައި ޝަމީމް
ޢަބްދުﷲ އަބޫބަކުރު އުޅުނުއިރު، ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ މުސާރަ އާއި، އޯވަރޓައިމާއި، އެކްސްޓްރާ ޑޭ
(އިތުރު ދުވަހުގެ) އިނާޔަތްތަކުން 7421118/04 ރ. (ހަތްލައްކަ ސާޅީސްދެހާސް އެއްސަތޭކަ އަށާރަ ރުފިޔާ
ހަތަރު ލާރި) އުނިކޮށްފައިވާކަމަށްބުނެ އެފައިސާ ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ލިބޭނެގޮތް ހަމަޖައްސަވައި
ދެއްވުން އެދި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ
ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) ގެ މައްޗަށް ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި،" ދެންފަހެ، މޯލްޑިވްސް ޓްރާންސްޕޯޓް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޗީފް އޮފިސަރެއްގެ ވަޒީފާގައި ޝަމީމް ޢަބްދު
އަބޫބަކުރު އުޅުނުއިރު، ޝަމީމް ޢަބްދުﷲ އަބޫބަކު މުސާރަ އާއި، އޯވަރޓައިމާއި، އެކްސްޓްރާ ޑޭ (އިތުރު
ދުވަހުގެ) ޢިނާޔަތްތަކުގެ އުނިކޮށްފައިވާ 7421118
/
04ރ. (ހަތްލައްކަ ސާޅީސްދެހާސް އެއްސަތޭކަ އަށާރަ
ރުފިޔާ ހަތަރު ލާރި) އުނިކޮށް ނަގާފައިވުމަކީ ޝަމީމް ޢަބްދުﷲ އަބޫބަކުރަށް މާލީ ގޮތުންދިން ބޮޑު
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެ
3
20j4/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެއްލުމަކަށްވުމުން މިފައިސާ ޝަމީމް ޢަބްދުﷲ އަބޫބަކުރުއަށް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދި
ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕަބްލިކް ލިމިޓެޑްގެ މައްޗަށް ކުޅަ މިދައުވާއަށް ބަލާއިރު،
ޝަމީމް ޢަބްދުﷲ އަބޫބަކުރު ހުށަހަޅާފައިވާ ދަޢުވާއަކީ ޤާނޫނު ނަންބަރު 2/2008
ވަޒީފާއާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު އަދި، އެ ޤާނޫނުގެ 10 ވަނަ ބާބުގެ ދަށުން
އުފައްދާފައިވާ "ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ" ގެ މަސްއޫލިއްޔަތާއި، މަޤްސަދާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ޤަވާއިދުގެ 3 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ވަޒީފާއާބެހޭ މިފަދަ މައްސަލަތައް އަދި މުވައްޒަފަކަށް ދޭންޖެހޭ
އެންމެ ކުޑަ އުޖޫރަ ނުދީގެން ހުށަހަޅާ މައްސަލަތައްފަދަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 3 ވަނަ
މާއްދާއަށް ރިއާޔަތްކުރާއިރު، ވަޒީފާއާބެހޭ މިފަދަ މައްސަލަތައް އަދި މުވައްޒަފަކަށް ދޭންޖެހޭ އެންމެ ކުޑަ
އުޖޫރަ ނުދީގެން ހުށަހަޅާ މައްސަލަތައްފަދަ މައްސަލަތައް ހުށަހަޅަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށްކަން
އެނގޭތީ އާއި ދަޢުވާކުރާ ފަރާތަކީ އެ ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އިސްތިސްނާވެގެންވާ ފަރާތެއް
ނޫންކަން އެނގޭތީ އާއި، އެޤާނޫނުގެ 84 ވަނަ މާއްދާއާއި، 85 ވަނަ މާއްދާގެ ދަށުންވެސް މިދަޢުވާގެ
އިޚްތިޞާޞް ލިބިގެންވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަވުން ކަމަށާއި، ދިވެހިރާއްޖޭހެ ސުޕްރީމް ކޯޓުގެ 2/2010
(21 މާރޗް 2010) ޢާންމު ސިޓީއަށް ވިސްނާއިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބައްލަވާ މައްސަލަތައް
އިސްތިއުނާފުގެ މަރުޙަވާ ފިޔަވައި އެހެން މައްސަލަތައް ކޯޓުން ނުބައްލަވާކަން އެނގޭތީ، މިދަޢުވާއަކީ ސިވިލް
ކޯޓުން ބެއްލެވުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައި، މި މައްސަލައަކީ ބާޠިލު
މައްސަލައެއް ކަމަށް ކަނޑައަޅުއްވައި ދެއްވައި އެމޭރުމުން ފައިޞަވާ ކުރަނިވި ޙުކުމެއް ނެރުއްވައި ދެއްވުމަށް
އެދި އިޖްރާއީ ނުކުތާއެއް ހުށަހަޅާފައިވާކަމާއި،
ޝަމީމް ޢަބްދުﷲ އަބޫބަކުރު 21 ޖުލައި 2013 ގައި ވަޒީފާއިން ވަކިކުރީ ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) ގެ 84 ވަނަ މާއްދާގެ ހ ގައި ބުނާ "ވަޒީފާއާބެހޭ ޓްރައިބިއުނަލް" އުފެދި
ޤާނޫނު ބުނާ ގޮތަށް ޢަމަލީ މަސައްކަތް ކުރަމުންދާތީ އާއި، ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވަނީ ޝަމީމްޖޭގެ ހައި%
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
20j4/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަބްދުﷲ އަބޫބަކުރުގެ މުސާރައާއި، އޯވަރޓައިމްއާއި އެކްސްޓްރާ ޑޭ (އިތުރު ދުވަހުގެ) ޢިނާޔަތްތަކުގެ
އުނިކޮށްފައިވާ 7421118
/
04ރ. (ހަތްލައްކަ ސާޅީސްދެހާސް އެއްސަތޭކަ އަށާރަ ރުފިޔާ ހަތަރު ލާރި) އުނިކޮށް
ނަގާފައިވާތީ އެ ފައިސާ ލިބޭނޭގޮތް ހަމަޖައްސައިދިނުންކަން ދަޢުވާއިން އެގޭތީ އާއި ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާ ބެހޭ ޤާނޫނު) އިން ބާރުލިބިގެން ހަދާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 3
ވަނަ މާއްދާގެ 3 ގައި މި ބާވަތުގެ މައްސަލަ ހުށަހެޅުމުގެ އިޚްތިޞާޞް ލިބިގެންވަނީ ވަޒީފާއާބެހޭ
ޓްރައިބިއުނަލް އަށް ކަން އެގެން އޮތަތީ އާއި ދަޢުވާކުރާ ފަރާތަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 2 މާއްދާއިން އިސްތިސްނާ ކުރެވޭ ފަރާތަކަށްނުވާތީއާއި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) އާއި ސުޕްރީމް ކޯޓުގެ 4/2010 (21 މާރޗް 2010) ޢާންމު ސިޓީން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ބެލުމަށް އިޚްތިޞާޞް ލިބޭ ބާވަތުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލްކޯޓަށް ލިބިގެންނުވާކަން އެގެން
އޮތަތީ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/92 ޤަޟިއްޔާއިން ޝަމީމް ޢަބްދުﷲ އަބޫބަކުރު ހުށަހަޅާފައިވާ
ދަޢުވާއަކީ ސިވިލްކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި
ޙުކުމްކޮށްފީމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
CCCX
އއ
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92
ޤަޟިއްޔާގައި ޙުކުމްކުރުމާއި ގުޅިގެން ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
* އެ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/92 ގެ ޤަޟިއްޔާގައި ޝަމީމް
ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާއަކީ 2007 ވަނަ އަހަރުގެ ޑިސެމްބަރު 26
ވަނަ ދުވަހުން ފެށިގެން ޝަމީމް ޢަބްދުﷲ އަބޫބަކުރު 2013 ވަނަ އަހަރު ވަޒީފާއިން ވަކިކުރި ދުވަހާ
ހަމައަށް، ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާކަން ހުށަހެޅި ލިޔުންތަކުން އެނގެން އޮވެފައި، އަދި މިއީ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
20j4/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
272 ހއ
އިނކ ކ
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެއްދުމުގެ ކުރީގެ
ތާރީޚެއްކަން އެނގެން އޮތްއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލް ޤާއިމްކުރުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާބެހޭ
މައްސަލަތަކުގައި އިންސާފު ޤާއިމްކުރުމުގެ އިޚްތިޞާޞް ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 203/HC-A/2009 ގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، މި ކަންކަމަށް
ނުބައްލަވައި، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް
ބައްލަވައި ދަޢުވާއަކީ ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާ މައްސަލައެއް ކަމަށް
ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
403 މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާ
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ ޝަމީމް ޢަބްދު
އަބޫބަކުރު އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، ތަކާއި ގުޅިގެން ދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
3.1- ފުރަތަމަ ކަމަކީ: އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/92
ޤަޟިއްޔާގައި ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާއަކީ 2007 ވަނަ
އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހުން ފެށިގެން ޝަމީމް ޢަބްދުﷲ އަބޫބަކުރު 2013 ވަނަ އަހަރު
ވަޒީފާއިން ވަކިކުރި ދުވަހާ ހަމައަށް، ހޯދުމަށް ދަޢުވާކޮށްފައިވާ ފައިސާކަން ހުށަހެޅި ލިޔުންތަކުން އެނގެން
އޮވެފައި، އަދި މިއީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލް
އުފެއްދުމުގެ ކުރީގެ ތާރީޚެއްކަން އެނގެން އޮތްއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލް ޤާއިމްކުރުމުގެ ކުރިން
އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގައި އިންސާފު ޤާއިމްކުރުމުގެ އިޚްތިޞާޞް ޝަރުޢީ ކޯޓުތަކަށް
ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 203/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައި
ވާއިރު، މި ކަންކަމަށް ނުބައްލަވައި، މި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވަންޖެހޭ ބާވަތުޖެޑީޖޭގެ
UC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/14]
ޑ 4
2 ހދ8
.2.3ށ
ނަންބަރު
މައްސަލައެއް ކަމަށް ބައްލަވައި މި ދަޢުވާއަކީ ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާ
މައްސަލައެއް ކަމަށް ކަނޑައަޅުއްވާފައިވަނީ ކަމަށް ބުނެ ޝަމީމް ޢަބްދުﷲ އަބޫބަކުރުގެ ފަރާތުން އިސްތިއުނާފު
ކޮށްފައިވާ ނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިބެލުމުން،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން އުފައްދަންޖެހޭ ވަޒީފާއާބެހޭ
ޓްރައިބިއުނަލް އުފެދި ޢަމަލީ ގޮތުން އެތަނުގެ މަސައްކަތް ފެށިފައިވީނަމަވެސް، ޝަރުޢީ ކޯޓުތަކަށް ލިބިފައިވާ
ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ޢާންމު އިޚްތިޞާޞަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ، ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ޓްރައިބިއުނަލެއް އުފެދި ޢަމަލީ ގޮތުން މަސައްކަތް
ފެށުނުއިރު އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން 3 މަސް ދުވަސް ފާއިތުވެފައިވާ މައްސަލަތަކާއި
ވަޒީފާއާބެހޭ ޓްރައިބިއުނަލް ޤާއިމްވުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާބެހޭ މައްސަލަތަކުގައި، އިންޞާފު ޤާއިމް
ކުރުމުގެ އިޚްތިޞާޞް ޝަރުޢީ ކޯޓު ތަކަށް ލިބިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
203/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާގައި ޝަމީމް
ޢަބްދުﷲ އަބޫބަކުރު ހުށަހަޅާފައިވާ ދަޢުވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްވެ ބަޔާންކުރެވުނު އުޞޫލަށް ފެތޭތޯ ބަލާއިރު،
ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު
ކޮށްފައިވާ ދަޢުވާއަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
(އެމް.ޓީ.ސީ.ސީ) ގެ ޗީފް އޮފިސަރެއްގެ ވަޒީފާގައި ޝަމީމް ޢަބްދުﷲ އަބޫބަކުރު އުޅުނުއިރު، ޝަމީމް
ޢަބްދުﷲ އަބޫބަކުރުގެ މުސާރަ އާއި، އޯވަރޓައިމާއި، އެކްސްޓްރާ ޑޭ (އިތުރު ދުވަހުގެ) ޢިނާޔަތްތަކުން
7421118ރ. (ހަތްލައްކަ ސާޅީސްދެހާސް އެއްސަތޭކަ އަށާރަ ރުފިޔާ ހަތަރު ލާރި) އުނިކޮށްފައިވާކަމަށްބުނެ
އެފައިސާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އިން
ހޯދުމަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމާއި،
ދމ
ނަންބަރު
2009/HC-A/203
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
2014/HC-A/14]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެދަޢުވާގައި ހިމެނޭ ފައިސާ ހިސާބު ކޮށްފައިވާ މުއްދަތަކީ 2007 ވަނަ އަހަރުގެ ޑިސެމްބަރ
26 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކަމަށް ޝަމީމް
ޢަބްދުﷲ އަބޫބަކުރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނައިރު،
ޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދަންޖެހޭ ޓްރައިބިއުނަލް 29 ޑިސެމްބަރ 2008
ހޯމަ ދުވަހު
އުފެދިފައިވާކަމާއި، އެޓްރައިބިއުލްގެ މަސައްކަތް 15 އޭޕްރީލް 2009 ގައި އަމަލީގޮތުން ފެށިފައިވާކަމާއި،
ޝަމީމް ޢަބްދު ﷲ ގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު، ވަޒީފާއިން
ލިބެމުން އައި މުސާރައާއި ޢިނާޔަތްތައް މަދުވާގޮތަށް ވަޒީފާ ބަދަލުކޮށްފައިވާކަމަށާއި، އިތުރުގަޑީގައި ފައިސާ
ހަމައަށް ދީފައި ނުވާކަމަށްބުނެ، އެކަމުގެ ޝަކުވާކޮށް 25 މެއި 2009 ގައި އެމް.ޓީ.ސީ.ސީ އަށް ލާފައިވާ
ސިޓީއަކާއި، އެސީޓީއާއި ގުޅިގެން އެކުންފުނީން ދީފައިވާ ޖަވާބު ހިމެނޭކަމާއި، އެލިޔުންތަކަށް ބަލާއިރު،
25 މެއި 2009 ނުވަތަ އޭގެ ކުރިން ފެށިގެން އެމް.ޓީ.ސީ.ސީ އާއި ޝަމީމް ޢަބްދު ﷲ އާއި ދެމެދު ވަޒީފާގެ
ޚިލާފު އުފެދިފައިކަން ސާފުކޮށް އެންގެން އޮންނަކަމާއި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލް އޭރު އުފެދި ޢަމަލީ
ގޮތުން އެތަނުގެ މަސައްކަތް ވެސް ފެށިކަމާއި، ނަމަވެސް އެ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 6 ވަނަ މާއްދާގައި
ބުނާ މުއްދަތުގެ ތެރޭގައިވެސް އަދި އޭގެ ފަހުންވެސް ޝަމީމް ޢަބްދުﷲ ގެ ފަރާތުން އެ ޓްރައިބިއުނަލަށް
އެމައްސަލަ ހުށަހަޅާފައި ނުވާކަމާއި، އަދި ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާގައި
ޝަމީމް ޢަބްދުﷲ އަބޫބަކުރު ދަޢުވާކޮށްފައިވަނީ 08 ޖެނުއަރީ 2014 ގައި ކަން އެނގެން އޮންނަކަމާއި،
އެހެންކަމުން ސިވިލް ކޯޓަށް ޝަމީމް ޢަބްދުﷲ އަބޫބަކުރު ހުށަހެޅި ދަޢުވާއަކީ، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 203/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ، ބަޔާންކުރެވުނު އުޞޫލަށް ފެތޭ،
އަދި ސިވިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދަޢުވާއެއް ކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ
ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން
ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާގައި ނިންމަވާފައި ނިންމެވުމަށް ބަދަ
404
724
ހެދުމއށ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެ 4
ދިވެހިރާއްޖޭގެ ހައިކޯ"
8
20j4/HC-A/j4j
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާބެލި ހުރިހާ ފަނޑިޔާރުންނަށްވެސް
އެއްބަސްވެވިފައި ވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް
އެފަދައިން ހުރުމާއެކު ސިވިލް ކޯޓްގެ ނަންބަރު: 2014/Cv-C/92 ޤަޟިއްޔާގައި ޝަމީމް ޢަބްދު
އަބޫބަކުރު ކޮށްފައިވާ ދަޢުވާއަކީ އެކޯޓުގެ އިޚްތިޞާޞް ތެރޭގައި ހިމެނިގެންނުވާ ދަޢުވާއެއްކަމުގަ
ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާބެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv