ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/137 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/137
**
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
t 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 137/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް
* ނަން: އަޙްމަދު ފާއިޒް
ދާއިމީ އެޑްރެސް: ޕިންޓްހައުސް / ސ. ފޭދޫ
* އައިޑީކާޑު ނަންބަރު: A048198
މިހާރުގެ އެޑްރެސް:ކަނޑިގެ 3-ބީ ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
އައިޑީކާޑު ނަންބަރު.
ދާއިމީ އެޑްރެސް: ޕޯޓް ބިލްޑިންގް/ ކ. މާލެ
މިހާރުގެ އެޑްރެސް: ޕޯޓް ބިލްޑިންގް|ކ.މާލެ
ރަޖިސްޓްރީކުރި ތާރީޚް: 22 ރަޖަބު 1435
މެއި 2014
ނިމުނު ތާރީޚް: 16
ޝަޢުބާން 1436
21
03
ޖޫން
2015
އިސްތިއުނާފުކުރެވުނު މައްސަލާގެ ނަންބަރު: ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/80
މައްސަލަ
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
، މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅި ތާރީޚް:- 22.04.2013
ނިމުނު ތާރީޚް: 24.04.2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.rov
2
2014/HC-A/137
• ދަޢުވާގެ ޚުލާޞާ
80VTR2013
ބުނެ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ އެ
ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ
ޚިލާފަށްކަމަށް
ފޭދޫ 1 ޕެންޓްހައުސް، އަޙްމަދު ފާއިޒްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް
ޕޯޓްސް ލިމިޓެޑް އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
-1
80VTR2013
574
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައަކީ
| ޕިންޓްހައުސް، އަޙްމަދު ފާއިޒް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A048198) 15
މާރޗް 2012 އިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމު
އަދާކުރަމުން އައިސްފައިވަނިކޮށް، 2013 ވަނަ އަހަރުގެ މާރޗް މަހުގެ 5 ވަނަ ދުވަހުން ފެށިގެން އަޙްމަދު
ފާއިޒް ވަޒީފާއިން ވަކިކޮށްފައިވާތީ، ކުންފުނިން އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށްބުނެ، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ނުލިބިވާ މުސާރައާއި ޢިނާޔަތްތައް
ލިބިދިނުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ރައްދުވާގޮތަށް 22 އެޕްރީލް 2013 ގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް އަޙްމަދު ފާއިޒްގެ ފަރާތުން ހުށަހެޅުމުން، ބެއްލެވި މައްސަލައެއްކަމާއި،
އެ މައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި
ފަރާތުން ހުށަހެޅި ލިޔުންތަކަށާއި، ހެކިންގެ ހެކިބަހަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު،
ޕިންޓްހައުސް، ސ.ފޭދޫ އަޙްމަދު ފާއިޒް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A048198)
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބު ޒުހިނގުން، މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
3
2014/HC-A/137
x82ހ8
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމު އަދާކުރަމުން އައިސްފައިވަނިކޮށް،
2013 ވަނަ އަހަރުގެ މާޗްމަހުގެ 5 ވަނަ ދުވަހުން ފެށިގެން އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު
02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެކަށީގެންވާ ސަބަބަކާއެކު އެ ޤާނޫނުގެ 22 ވަނަ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އަޙްމަދު ފާއިޒަށް ލިބެންޖެހޭ ދެ ހަފްތާގެ ނޯޓިސްއަށްވާވަރަށް، އެ
ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ފައިސާ ދިނުމަށްފަހުގައިކަމަށް މައްސަލަ ރައްދުވާ މޯލްޑިވްސް ޕޯޓްސް
ލިމިޓެޑްއިން ސާބިތުކޮށްދީފައިވީހިނދު، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި ޤާއިމުކުރަންޖެހޭ މައުޝޫއީ ޢަދުލުވެރިކަން މިމައްސަލާގައި ޤާއިމުކޮށްފައި
ވީނަމަވެސް، އަޙްމަދު ފާއިޒް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖްރާޢީ
ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން މައްސަލަ ރައްދުވާ ފަރާތުން ސާބިތުކޮށްދީފައިނުވާތީ، މައްސަލަ ހުށަހެޅި ފަރާތް
ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރިކޮށްނޫންކަމަށް މައްސަލަ ބެލި މަޖިލީހުން އިއްތިފާޤުވާތީ، އަދުލުވެރި ޤާލީ
ބަދަލެއްގެ ގޮތުގައި -/36,000 (ތިރީސް ހަހާސް) ރުފިޔާ ނަގައިދިނުމަށް މައްސަލަ ބެލި މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅާ، އެ ފައިސާ މިއަދު، 22 އެޕްރީލް 2014 އިން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި
މައްސަލަ ހުށަހެޅި އަޙްމަދު ފާއިޒަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން
އެންގުމަށް މައްސަލަ ރައްދުވި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް އަންގާ...." މައްސަލަ ނިންމަވާފައިވާކަން އެ
މައްސަލާގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/80 މައްސަލަ އެ ޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރަމުން،
ފޭދޫ ! ޕިންޓްހައުސް، އަޙްމަދު ފާއިޒްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
CUOC
Ccc
ދިވެހިރާއްޖޭގެ ހައިކޯޓް އެބު މުޒުހި.ގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/137
އެންގީމަށް
• ފުރަތަމަ ނުކުތާއަކީ، ވަޒީފާއިން ވަކިކުރުމަށްފަހު ވަޒީފާއިން ވަކިކުރިކަން
ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްފައި ނުވާކަން އެނގެން އޮތްއިރު
ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
އެކަމަށް
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުކޮށްގެންކަމަށް ބަޔާންކުރައްވާފައިވަނީ، ޢަދުލުވެރިކަމާއި އިންޞާފުން ބޭރުގައިކަމަށް ބުނެ ހުށަހެޅި ނުކުތާ.
6
ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި އިޖުރާއީ
ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން މައްސަލަ ރައްދުވާ ފަރާތަށް ސާބިތުކޮށްދެވިފައިނުވާކަމަށް މައްސަލަ ބެއްލެވި
މެމްބަރުން އިއްތިފާޤުވެފައިވާއިރު، މައްސަލަ ނިންމެވިގޮތް ރަނގަޅުނޫން ކަމަށްބުނެ ހުށަހެޅި ނުކުތާ.
• ހަތަރުވަނަ ނުކުތާއަކީ، އަޙްމަދު ފާއިޒް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައްޗަށް ދަޢުވާކޮށް
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ އަޙްމަދު ފާއިޒްގެ ފަރާތުން
ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، މައްސަލާގައި
ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހަށް އެއްވެސް ގޮތަކަށް ރިޢާޔަތްކުރެއްވުމެ
ވުމެއްނެތި މައްސަލަ ބައްލަވަންވީވަރަށް
ނުބައްލަވައިކަމަށް ބުނެ ހުށަހެޅި ނުކުތާ.
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/80 މައްސަލައަށާއި،
މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބު ޒުހިނގުން، މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
5
20j4/HC-A/j37
14 2
49
ބައިގައި މި
(ހ) ފުރަތަމަ ކަމަކީ، ސ.ފޭދޫ ! ޕިންޓްހައުސް، އަޙްމަދު ފާއިޒް، 15 މާރޗް 2012 އިން
ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް
5 މާރޗް 2013 ގައި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ
ރެފަރެންސް ނަންބަރު 2013
/
13/HR
-
T "ލެޓަރ އޮފް ޓަރމިނޭޝަން" (13 މާރޗް 2013) އިން އަޙްމަދު
ފާއިޒާއަށް އަންގާފައިވާކަމާއި، ބުނެވުނު ލިޔުމުގައި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރި ސަބަބެއްކަމަށް
ބަޔާންކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ 90 ވަނަ ޖަލްސާގައި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުމަށް ނިންމި
ނިންމުމާއި ގުޅިގެންކަމަށާއި،
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ 90 ވަނަ ޖަލްސާގެ ޔައުމިއްޔާއަށް
ބަލާއިރު، އެ ޖަލްސާ ބޭއްވުނީ 3 މާރޗް 2013 ގައިކަން ފާހަގަކުރެވޭކަމާއި، ބުނެވުނު ޔައުމިއްޔާގެ އެޖެންޑާ
އައިޓަމް ނަންބަރު 7 ގެ "އިތުރު މައްސަލަ 1: ވަޒީފާތައް ދިނުމުގައި ބޯޑުގެ ދައުރާއި
މައްސަލަ ހުށަހެޅީ ޗީފް އެގްޒެކެޓިވް އޮފިސަރ، އަލްފާޟިލް މުޙައްމަދު ލަޠީފްކަމަށާއި، މި މައްސަލަ ހުށަހަޅަމުން
ސީއީއޯ ބުނެފައިވަނީ މި ކުންފުނީގެ ބޯޑަކީ މެނޭޖްމަންޓް ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ދައުރު އޮންނަ
ފަރާތެއް ނޫންކަމަށްވެފައި ޑިރެކްޓަރުންގެ ބޯޑުގެ 76 ވަނަ ޖަލްސާއިން ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ
ކަމުގެ ވަޒީފާއަށް ޢައްޔަންކޮށްފައިވާ އަޙްމަދު ފާއިޒު ކުންފުނީގެ ހިއުމަން ރިސޯސް މެނުއަލްގައި ހިމެނޭ
އެމްޕްލޯއިމަންޓް ޕޮލިސީ އާއި ޚިލާފުވެފައިވާތީ އޭނާ ވަޒީފާއިން ވަކިކުރުމަށް ހުށަހެޅި މައްސަލައެއްކަމަށާއި،
މައްސަލައާމެދު ޑިރެކްޓަރުން މަޝްވަރާކުރުމަށްފަހު، އަޙްމަދު ފާއިޒްގެ ވަޒީފާ ނިމުމަކަށް
ގެނައުން އެންމެ ރަނގަޅުކަމަށާއި، އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަކީ މެނޭޖްމަންޓް ވަޒީފާތަކަށް
މުވައްޒަފުން ޢައްޔަންކުރުމުގެ ދައުރު އޮންނަ ފަރާތެއް ނޫންކަމަށްވާތީ ކުންފުނީގެ މެނޭޖްމަންޓަށް ފެންނަ ގޮތެއްގެ
މަތިން ޢަމަލުކުރުން އެންމެ ރަނގަޅުކަމަށް ނިންމާފައިވާކަން އެ ޔައުމިއްޔާއަށް ބެލުމުން އެނގޭކަމާއި،
އަޙްމަދު ފާއިޒްއަށް ފޮނުވުނު ލެޓަރ އޮފް ޓަރމިނޭޝަންއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ
ރެކްޓަރުންގެ ބޯޑުގެ 90 ވަނަ ޖަލްސާގެ ޔައުމިއްޔާއިންވެސް އަޙްމަދު ފާއިޒް ވަކިކުރި ސަބަބު ސާފުކޮށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބު އުޒު ހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
6
2014/HC-A/137
cu o
އެނގެން ނެތްކަން ފާހަގަކުރެވޭކަމާއި އެހެންނަމަވެސް، އަޙްމަދު ފާއިޒް އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ ކުންފުންޏަށް އެންގުމަކާއި ނުލާ 7 (ހަތެއް) ދުވަހަށް ވުރެ ދިގު މުއްދަތަކަށް ވަޒީފާއަށް
ނުކުމެފައިނުވާތީ ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2/2008 އާއި އެ ޤާނޫނަށް 1 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 14/2008) އާއި އެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު
(ޤާނޫނު ނަންބަރު 12/2010) އާއި އެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު
3/2014} ހިމެނޭގޮތަށް) ގެ 22 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ދެ ހަފްތާގެ ނޯޓިސްއަށްވާ
ވަރަށް، އެ ޤާނޫނުގެ 25 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ފައިސާދިނުމަށްފަހުގައި ކަމަށް މޯލްޑިވްސް ޕޯޓްސް
ލިމިޓެޑްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަމާއި، ބުނެވުނު މުއްދަތާއި ގުޅޭގޮތުން އަޙްމަ
ފާއިޒް ވަޒީފާއަށް ނިކުމެފައިނުވަނީ ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމުންކަމަށް އަޙްމަދު ފާއިޒް ބުނެފައިވާކަމާއި،
އަޙްމަދު ފާއިޒްއަށް ޗުއްޓީއެއް ދެވިފައިވޭތޯއާއި އަދި ދެވިފައިވާ މުއްދަތަކީ ކޮބައިކަން މޯލްޑިވްސް
ޕޯޓްސް ލިމިޓެޑްގެ ފަރާތުން އިތުރަށް ސާފުކޮށްދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެންގުމުން، މޯލްޑިވްސް ޕޯޓްސް
ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވާ ނަންބަރު 95
/
2014
/
02/LU-113 (13 ޖުލައި
2014) ސިޓީގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު އަޙްމަދު ފާއިޒްގެ ސްޓާފް ޕޭރޯލް ރިޕޯޓުގައި، 4
މާރޗް 2013 ގެ އެޓެންޑަންސް ސްޓޭޓަސްގައި "ލީލް" ކަމަށް ޖަހާފައިވަނީ 21 ފެބްރުއަރީ 2013 އިން 4
މާރޗް 2013 ގެ ނިޔަލަށް އަޙްމަދު ފާއިޒް ޢާއިލީ ޒިންމާގެ ޗުއްޓީގައި ހުރީމަކަމަށާއި، ނަމަވެސް އަޙްމަދު ފާއިޒް
ވަޒީފާއިން ވަކިކޮށްފައިވަނީ، ޢާއިލީ ޒިންމާ ޗުއްޓީ ނެގުމަށްފަހު، ޗުއްޓީ ހަމަވުމުން އޮފީހަށް ވީނުވީއެއް ނާންގައި
7 (ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތެއް ވޭތުވުމުން 5 މާރޗް 2013 (ޗުއްޓީ ހަމަކޮށް އަޙްމަދު ފާއިޒް
ވަޒީފާއަށް ނިކުންނަންޖެހޭ ތާރީޚު) އިން ފެށިގެން 13 މާރޗް 2013 ގެ ނިޔަލަށް ޚަބަރެއްވޭތޯ
ބެލުމަށް ފަހުކަމަށާއި،
އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރަންޖެހުނު ސަބަބަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހިއުމަން
ރިސޯސް މެނުއަލްގައި ހިމެނޭ އެމްޕްލޯއިމަންޓް ޕޮލިސީގެ 3.31 (ޑިސިޕްލިނަރީ އެކްޝަން) ގެ (oo)
J
Puoc
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
7
2014/HC-A/137
4 2
"އަޚްލާޤީގޮތުން ބަލައިނުގަނެވޭނެ ސިފަތައް" ގެ ތެރޭގައި ކުންފުންޏަށް އެންގުމަކާއި ނުލާ 7 (ހަތެއް) ދުވަހަށް
ވުރެ ދިގު މުއްދަތަކަށް ޙާޟިރުނުވުން ހިމެނިފައިވާތީ، އެ އަކުރާއި ޚިލާފުވުމުންކަމަށް މޯލްޑިވްސް ޕޯޓްސް
ލިމިޓެޑުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޯޓްސް
ލިމިޓެޑްގެ ބޯޑު ސެކްރެޓޭރިއޭޓްގެ ނަންބަރު 2013
/
58/MEMO
-
CEO މެމޯއަށް ބަލާއިރު، އެ މެމޯއަކީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ލަތީފް، އެތަނުގެ ކޯޕަރޭޓް ސަރވިސަސް
ޑިވިޜަންގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޙާޝިމްއަށް ފޮނުވާފައިވާ މެމޯއެއްކަމާއި، އެ މެމޯގައި، އެ ކުންފުނީގެ
ބޯޑަކީ މެނޭޖްމަންޓް ވަޒީފާތަކަށް މުވައްޒަފުން ޢައްޔަންކުރުމުގެ ދައުރު އޮންނަ ފަރާތެއް ނޫންކަމަށް ޑިރެކްޓަރުންގެ
ބޯޑުގެ 90 ވަނަ ޖަލްސާއިން ނިންމާފައިވާކަމަށާއި، މިގޮތަށް ނިންމުމާއި ގުޅިގެން ޑިރެކްޓަރުންގެ ބޯޑުގެ 76 ވަނަ
ޖަލްސާއިން އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ ވަޒީފާ ދީފައިވާ އަޙްމަދު ފާއިޒްގެ ވަޒީފާ
ނިމުމަކަށް އައީ ކަމުގައިވެސް ބޯޑުގެ 90 ވަނަ ޖަލްސާއިން ނިންމާފައިވާކަމަށާއި، އެހެންކަމުން އަޙްމަދު ފާއިޒް
ވަޒީފާއިން ވަކިކުރުމުގެ މަރުޙަލާ ކުންފުނީގެ ގަވާއިދާ އެއްގޮތަށް ހަމަޖެއްސުމަށް އަންގާފައިވާކަން ފާހަގަކުރެވެން
އޮންނަކަމާއި،
އެހެންކަމުން، 13 މާރޗް 2013 ގައި އަޙްމަދު ފާއިޒްއަށް ލިބުނު ޓަރމިނޭޝަން ނޯޓިސްގައި
އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ 90 ވަނަ
ޖަލްސާގައި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީކަމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ 90 ވަނަ
ޖަލްސާ ބާއްވާފައިވަނީ 3 މާރޗް 2013 ގައިކަމާއި، 21 ފެބްރުއަރީ 2013 އިން 4 މާރޗް 2013 ގެ
ނިޔަލަށް އަޙްމަދު ފާއިޒް ހުރީ ޢާއިލީ ޒިންމާގެ ޗުއްޓީގައިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފައިވާކަމާއި،
އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޗީފް
އެގްޒެކެޓިވް އޮފިސަރ ކަމާއިބެހޭ ފަރާތަށް އަންގާފައިވަނީ 5 މާރޗް 2013 ގައިކަމާއި، އަދި ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރި ސަބަބުކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފައިވަނީ
ދިވެހިރާއް
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބު ރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
8
2014/HC-A/137
5 މާރޗް 2013 އިން ފެށިގެން 13 މާރޗް 2013 ގެ ނިޔަލަށް އޮފީހަށް ވީނުވީއެއް ނާންގައި 7 (ހަތެއް)
ދިގު މުއްދަތަކަށް އަޙްމަދު ފާއިޒް އޮފީހަށް ޙާޟިރުވެފައިނުވާތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ
އެމްޕްލޯއިމަންޓް ޕޮލިސީގެ 3.31 (ޑިސިޕްލިނަރީ އެކްޝަން) ގެ ދަށުންކަމަށްކަން ފާހަގަކުރެވެން އޮންނަކަމެވެ.
މ އއ0 3
ދިވެހށްވުރެ
24
(ނ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ
ޢަދުލުވެރިކަމާއި (substantive fairness) އިޖްރާއީ ޢަދުލުވެރިކަން (procedural fairness)
ޤާއިމުކޮށްފައިވޭތޯ ބަލާ އެކަންކަން ކަށަވަރުވާންޖެހޭކަމާއި،
އެގޮތުން، މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ) ގައި
މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް
އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާތަން ރަނގަޅުގޮތުގައި ހިންގުމާއި ގުޅިފައިވާ އޭނާގެ
ޒިންމާ އަދާނުކުރެވުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ
ސަބަބުތަކެއް..8
ތތަކެއްކުމަށް ލިސް
މިވޭކަމާއި،
ecc
އެންމެ
40
އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަމާއި، އެގޮތުން، ވަޒީފާއާބެހޭ
ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން
ޤާއިމްކުރެވިފައިވާކަމަށް ބެލެވޭނީ، ވަޒީފާދޭ ފަރާތުން ކުޑަމިނުން އަންނަނިވި
ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިންގެ
1. އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ނޫންކަމަށް
ވަޒީފާދޭ ފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުރި ހުރިހާ ތަފްޞީލަކާއެކު) ވަޒީފާދޭ
ފަރާތުން އެ މުވައްޒަފަކަށް އަންގައި، އެކަންކަމާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު
އެމުވައްޒަފަކަށް ދިނުމަށްފަހުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބު ރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
،
9
2014/HC-A/137
2. އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށްޓަކައި
ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައިކަން އެ މުވައްޒަފަކަށް
5 6 4
cec
3. އެކަންކަން ރަނގަޅު ކުރުމަށް އެ މުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި،
އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން އެމުވައްޒަފަކަށް އެންގުމަށްފަހުގެ
4. އެމުވައްޒަފަކު ރަނގަޅު ކުރަންޖެހޭކަމަށް ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް އެންގުނު
ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެކަމާ މެދު
ޖަވާބުދާރީވުމުގެ އިތުރު ފުރުޞަތެއް އެމުވައްޒަފަކަށް ދިނުމަށްފަހު؟
5. އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފާމެދު އަޅާނެ ފިޔަވަޅެއް ނިންމުމަށްފަހުގެ
6. އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި
ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން
ކަމާއި، އަދި މިއީ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުގައިވެސް މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރެވެމުންދާ
ޢާންމު އުޞޫލުކަމަށާއި އަދި އައި.އެމް.އޯ ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982
(ނަންބަރު 158) ގެ އާޓިކަލް 7 އަށާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު
166) ގެ ނަންބަރު 7
8 އަދި 9 އަށް ބެލުމުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
134/HC-A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވައި، ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެތައް
ޤަޟިއްޔާތަކެއްގައި ތަޠުބީޤުކުރެވެމުން އައި އުޞޫލުކަން ފާހަގަކުރެވެން އޮންނަކަމެވެ.
އޭގެ
(ނ) ތިންވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި އަޙްމަދު ފާއިޒް ވަޒީފާއިން
ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސްގެ ބަދަލުގައި ބުނެވުނު
ވަނަ މާއްދާއަށް ރިޢާޔަތްކޮށް 2 (ދޭއް) ހަފްތާގެ ނޯޓިސްއަށްވާ
ޤާނޫނުގެ
25
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން:3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
އީވާން
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/137
އ ހ ޑ
އޭނަގެ
އެގޮތުން،
ދިނުމަށްފަހުގައިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވާއިރު، އިސްވެ ބުނެވުނު މާއްދާގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދެވޭނީ ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި ބުނާ
މުވައްޒަފުގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް
އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާތަން ރަނގަޅުގޮތުގައި ހިންގުމާއި ގުޅިފައިވާ
ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާއި ލައިގެންކަން އެ މާއްދާއަށް ބެލުމުން އެނގޭކަމާއި،
13 މާރޗް 2013 ގައި އަޙްމަދު ފާއިޒްއަށް ލިބުނު ޓަރމިނޭޝަން ނޯޓިސްގައި
އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ 90 ވަނަ
ޖަލްސާގައި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީކަމަށާއި ޑިރެކްޓަރުންގެ ބޯޑުގެ 90 ވަނަ
ޖަލްސާ ބާއްވާފައިވަނީ 3 މާރޗް 2013 ގައިކަމާއި، މި ތާރީޚަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުއްދަ ލިބިގެން
އަޙްމަދު ފާއިޒް ޢާއިލީ ޒިންމާގެ ޗުއްޓީއެއްގައި ހުރި ތާރީޚެއްކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބަހުން އެނގެން
އޮންނައިރު، ޙަވާލާދެވުނު ބޯޑު މީޓިންގެ ޔައުމިއްޔާގައި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުން އެންމެ
ރަނގަޅުކަމަށް ނިންމާފައިވަނީ ކުންފުނީގެ ހިއުމަން ރިސޯސް މެނުއަލްގައި ހިމެނޭ އެމްޕްލޯއިމަންޓް ޕޮލިސީ އާއި
އަޙްމަދު ފާއިޒް ޚިލާފުވެފައިވާތީކަމަށް އެޔައުމިއްޔާގައި ބަޔާންކޮށްފައިވާކަމާއި އެހެންނަމަވެސް އަޙްމަދު ފާއިޒް
އެމްޕްލޯއިމަންޓް ޕޮލިސީއާ ޚިލާފުވެފައިވަނީ ކިހިނެތްކަން އެ ޔައުމިއްޔާއިން އެނގެން ނޯންނަކަމާއި،
އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރަން ނިންމީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހުއްދަ ލިބިގެން
އަޙްމަދު ފާއިޒް ނަގާފައިވާ ޢާއިލީ ޒިންމާގެ ޗުއްޓީއެއްގައި ހުއްޓާ ބޭއްވުނު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު
މީޓިންގއަކުންކަން އަޙްމަދު ފާއިޒްއަށް ފޮނުވުނު ޓަރމިނޭޝަން ނޯޓިސްއިން އެނގެން އޮންނައިރު، އަޙްމަދު
ފާއިޒް ވަޒީފާއިން ވަކިކުރީ 5 މާރޗް 2013 އިން ފެށިގެން 13 މާރޗް 2013 ގެ ނިޔަލަށް އޮފީހަށް ވީނުވީއެއް
ނާންގައި 7 (ހަތެއް) ދުވަހަށްވުރެ ދިގު މުއްދަތަކަށް އަޙްމަދު ފާއިޒް އޮފީހަށް ޙާޟިރުވެފައިނުވާތީ، މޯލްޑިވްސް
ޕޯޓްސް ލިމިޓެޑްގެ އެމްޕްލޯއިމަންޓް ޕޮލިސީގެ 3.31 (ޑިސިޕްލިނަރީ އެކްޝަން) ގެ ދަށުންކަމަށް މޯލްޑިވްސް
ޕޯޓްސް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލާގެ އަޑުއެހުންތަކުގައި
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
11
20j4/HC-A/j37
2
6
2 ހދ 2
2
އެދޭނަމެވެ
ބުނެފައިވާކަމާއި އަދި އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް
ޕޯޓްސް ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ކަމާއިބެހޭ ފަރާތަށް އަންގާފައިވަނީ 5 މާރޗް 2013 ގައިކަމާއި،
މި ތާރީޚަކީ، އަޙްމަދު ފާއިޒްގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައް ހިނގާ ނިމުމުގެ ކުރީގެ
ތާރީޚެއްކަން ފާހަގަކުރެވެން އޮތުމުން، އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކުރި އެކަށީގެންވާ ސަބަބެއް މޯލްޑިވްސް
ޕޯޓްސް ލިމިޓެޑަށް ދެއްކިފައިނުވާކަމާއި، އެހެންކަމުން، މި މައްސަލާގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ
ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާކަމަށް ބެލެވެން ނެތްކަމެވެ.
COC
(ށ) ހަތަރުވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، އަޙްމަދު
ފާއިޒް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ،މޯލްޑިވްސް
ޕޯޓްސް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނެތަތީ، އަޙްމަދު ފާއިޒަށް ލިބިދެވޭނެ ޤާނޫނީ ޙައްލެއްގެ ގޮތުގައި، އަޙްމަދު
ފާއިޒް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި އަދާކުރަމުންދިޔަ މަޤާމަށް، ނުވަތަ އެއާއި އެއް ފެންވަރެއްގެ އެހެން
މަޤާމެއްގައި އަޙްމަދު ފާއިޒް ބެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައްޗަށް އަމުރުކުރަން މި މައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް ފެނުނުކަމާއި، ނުވަތަ އަޙްމަދު ފާއިޒް ވަޒީފާއިން ވަކިކޮށްފައިވަނީ 5
މާރޗް 2013 ގައި ކަމުން، އަދި އިސްވެ ބުނެވުނު ގޮތަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަޙްމަދު ފާއިޒްއަށް
މަޤާމެއް ހަމަޖައްސައިދެވެން ނެތްނަމަ، ޢަދުލުވެރި ބަދަލެއްގެ ގޮތުން، އަޙްމަދު ފާއިޒްއަށް 12 މަސް ދުވަހުގެ
އަސާސީ މުސާރައަށްވާ ފައިސާގެ އަދަދު މި މައްސަލާގައި ޙުކުމްކުރާ ތާރީޚުން ފެށިގެން 2 (ދޭއް) މަސް ދުވަހުގެ
ތެރޭގައި ދައްކާ ޚަލާޞްކުރަން މި މައްސަލަ ބެލި ފަނޑިޔާރުންނަށް ފެނުނުކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/80 މައްސަލާގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލުގެންނަންޖެހޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
12
2014/HC-A/137
ޙުކުމް:
1
deco
ދެންފަހެ އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ފޭދޫ ޕިންޓްހައުސް،
އަޙްމަދު ފާއިޒްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/80 މައްސަލާގައި
ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް
ބުނެ ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ މައްސަލާގައި ނިންމަވާފައިވާ ނިންމެވުން ބާތިލުކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އަޙްމަދު ފާއިޒް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމުން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ
ޤާނޫނު (ޤާނޫނު ނަންބަރު 2/2008 އާއި އެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު
14/2008) އާއި އެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2010) އާއި އެ
ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު (3/2014) ހިމެނޭގޮތަށް) ގެ 21 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް
ސާބިތުކޮށްދެވިފައިނެތަތީ، އަޙްމަދު ފާއިޒް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގައި އަދާކުރަމުންދިޔަ މަޤާމަށް، ނުވަތަ
އެއާއި އެއް ފެންވަރެއްގެ އެހެން މަޤާމެއްގައި އަޙްމަދު ފާއިޒް ބެހެއްޓުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއަށް
އަންގައި ނުވަތަ އަޙްމަދު ފާއިޒް 5 މާރޗް 2013 ގައި ވަޒީފާއިން ވަކިކުރި ފަހުން ދިގު މުއްދަތެއް
ފާއިތުވެފައިވާތީ، އިސްވެ ބުނެވުނު ފަދައިން ހުސް މަޤާމެއް ނެތުމުގެ ސަބަބުން އަޙްމަދު ފާއިޒްއަށް މޯލްޑިވްސް
ޕޯޓްސް ލިމިޓެޑްގައި ވަޒީފާ ހަމަޖައްސައިދެވެން ނެތްނަމަ، އަޙްމަދު ފާއިޒްއަށް އެކަށީގެންވާ އަދި ޢަދުލުވެރި
ބަދަލެއްގެ ގޮތުގައި އަޙްމަދު ފާއިޒް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި ވަޒީފާއަދާ ކުރަމުން ދިޔައިރު ލިބުނު
އަސާސީ މުސާރައިން 12 މަސް ދުވަހުގެ މުއްދަތަށްވާ ފައިސާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ޕޯން:3325029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
13
20j4/HC-A/j37
ut cu
ފާއިޒާއަށް ދެއްކުމަށް އަންގައި، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/80 މައްސަލައިން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އަޙްމަދު ފާއިޒްއަށް ދޭންޖެހޭ ފައިސާ އަޙްމަދު ފާއިޒްއާ ޙަވާލުކުރެވިފައިވާނަމަ، މި
ޤަޟިއްޔާގައި އަޙްމަދު ފާއިޒާއަށް ދެއްކުމަށް ކަނޑައެޅިފައިވާ ޢަދަދުން، އެ ޢަދަދު އުނިކުރުމުން ޖެހޭ މިންވަރު،
މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 2 (ދޭއް) މަސް ދުވަހުގެ ތެރޭގައި އަޙްމަދު ފާއިޒްއަށް ދައްކާ
ޚަލާޞްކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
44
ދިވެހިރާއްޖޭގެ ހައިކޯޓް އެބު މުޒުހި.ގުން މާލެ ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް:1
331647
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv