ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/158 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/158
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
• ޤަޟިއްޔާ ނަންބަރ: 158/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕީ އޯ ބޮކްސް 2023
މިހާރުގެ އެޑްރެސް: މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޓީ އޯ ބޮކްސް 2023
ރެޖިސްޓްރީ ނަންބަރ: 94
/
92-C
* ކުންފުނީގެ ފަރާތުން ވަކީލު: އޒް. މުޙައްމަދު އަނިލް، އޒް. އިބްރާހީމް ރިޟާ
L
4
0
އިސްތިއުނާފު ރައްދުވި ފަރާމް
#
ނަން
ދާއިމީ އެޑްރެސް
މިހާރުގެ
އައި.ޑީ. ކާޑު ނަންބަރު
A033121
1|ނާއިފް އަބްދުއްރަޙްމާން
ސްޓީމްބްލޫ، މާލެ
ހ. ސްޓީމްބްލޫ، މާލެ
. ދުންތަރި، މާލެ
2 ޢަބްދުﷲ ޔާމީން
A046431
.ސީބޯރ، މާލެ
A271195
3 ޖާވީދު ޙުސައިން
ސ.ހިތަދޫ، ޒަމާނީގެ
ދ. ސައިނާ، މާލެ
ބިންބިމާގެ ލ. މާމެންދޫ
4 |މޫސާ މުޢީޒް
A137421
ލީމަސް، މާލެ
A042070
5
އަޙްމަދު ނަފީޒް
ދ. ކުރެދިގެ، މާލެ
ރޯޝަނީވިލާ ބ. ހިތާދޫ،
A024184
6
އަޙްމަދު ޝާފީ
ހ. ކުދިހިތިގަސްދޮށުގެ
ކުދިހިތިގަސްދޮށުގެ
މ. ރަންބުސްތާނުގެ،
A075070
7
އަޙްމަދު ޖިނާހް
ޑިއާސާ
ޤަ+
ދިއްގަރު،
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/158
8
A078663
ރިފްއަތު ޔޫސުފް
އުތުރުގެއާގެ ބ. އޭދަފުށި،
މ. އޯޝަންވެލީ
A079808
9
ނަސްރުﷲ ޝަކިޓް
ގުލްއަލަމާގެ ފ.ފީއަލި،
+/
ރުއްދޮށުގެ
A010162
10 | ޙަސަން ޝަރީފް
ގ.ކަޝްމީރުގެ،
ގ. މާރެހި
11 ޙަމްދާން މުޙައްމަދު
A035010
ނިއަމި ސ. ހިތަދޫ،
ދ. ވެސްޓްސައިޑް
A307922
12 | މުޙައްމަދު އަރުޝަދު އިބްރާހީމް ޒުހެއިރު ސާޔާ ·
+0
ކުރަނގި
A125494
13 | ޢާރިފް މުޙައްމަދު ދީދީ
ގ.ފިނިއާގެ،
ރަބީޢުގެ
A000623
އީސްޓްކޯނަރ
14 ޢަލީ ނަޢީމް
އީސްޓްކޯނަރ
ހުޅުމާލެ ފުލެޓް
A060021
15 އަޙްމަދު ރަޝީދު
ދަފްތަރު ނަންބަރު 6666 މާލެ
3.3.05
A04365
16 | މުހައްމަދު ޝަފާޛު
ހޯދަޑު ދިރޭލާލުގެ ޏ.ފުވައްމުލައް | މއ. ރޯޒްވިލާ
A010194
17 | މުޙައްމަދު ޔާސިރު ޖައުހަރީ
ހަވީރީމަންޒިލް
A079057
18 މުޙައްމަދު ޙަމްދޫން ނަސީމް
ގސްނޯލައިން
ގ.ސްނޯލައިން
A022736
19 |މުޙައްމަދު ލިއުޝާދު ތައުފީޤް
ޝޭޑީކެބިން
A066572
20 | ފަތުޙުﷲ ޢަބްދުއްލަޠީފް
މަރޮށި،
+2
ގޯލްޑަންވެލީ
A052509
21 މުޙައްމަދު ޢަބްދުއްރަޝީދު
ހ. ހަކި
A066932
22 | އިބްރާހީމް ނާޞިފް
މަރަދޫ،
ފޭރިގަސްދޮށުގެ
ޝިފާނާވިލާ
A046141
23 | މުޙައްމަދު ޚާލިދު
.ވަޅުފެހި
ހ.ވަޅުފެހި
A147461
24 | އަޙްމަދު މަސްރޫރު
ފުނާޑު ރިޔާޒް، ފުވައްމުލައް ގ. ރަންގިރީގެ
ޕަވަރ އޮފް އެޓާރނީ ލިބިގެން: އިޏ. މަޒުވާން ރަޝީދު
ހުށަހެޅުނު ތާރީޚް: 13 ޖުލައި 2010 ނިމުނު ތާރީޚް: 23 ސެޕްޓެމްބަރ 2012
މައްސަލައިގެ ބާވަތް: ވަޒީފާއާއި ބެހޭ
Occ
4
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
[01/HC-A/158
8= /ހދ8ނެ
އއގނފަބކޮށްا
94
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/160 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ދެބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 94
/
92-C) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވަނީ ނާއިފް ޢަބްދުއްރަޙްމާން/ ހ.ސްޓީމްބްލޫ، ޢަބްދުﷲ ޔާމީން
މއ.ދުންތަރި، ޖާވީދު ޙުސައިން ސ.ހިތަދޫ ޒަމާނީގެ، މޫސާ މުއިޒް ބިންބިމާގެ ލ.މާމެންދޫ، އަޙްމަދު ނަފީޒް1
ރޯޝަނީވިލާ ބ.ހިތާދޫ، އަޙްމަދު ޝާފީ މ.ކުދިހިތިގަސްދޮށުގެ، އަޙްމަދު ޖިނާހް ޑިއާސާ މ.ދިއްގަރު،
ރިފްޢަތު ޔޫސުފް| އުތުރުގެއާގެ ބ.އޭދަފުށި، ނަޞްރުﷲ ޝަކީބް ގުލްއަލަމާގެ ފ.ފީއަލީ، ޙަސަން ޝަރީފް|
ގ.ކަޝްމީރުގެ، ޙަމްދާން މުޙައްމަދު ނިއަމި ސ.ހިތަދޫ، މުޙައްމަދު އަރުޝަދު އިބްރާހީމް ޒުހެއިރު ސާޔާ
ސ.ހިތަދޫ، ޢާރިފް މުޙައްމަދު ދީދީ/ ގ.ފިނިއާގެ، ޢަލީ ނަޢީމް/ މ.އީސްޓްކޯނަރ، އަޙްމަދު ރަޝީދު/ ދަފްތަރު
ނަންބަރު 6666 މާލެ، މުޙައްމަދު ފާޛު ހޯދަޑު ދިރޭލާލުގެ ޏ.ފުވައްމުލައް، މުޙައްމަދު ޔާސިރު ޖައުހަރީ
މ.ސުހާނީ، މުޙައްމަދު ޙަމްދޫން ނަސީމް ގ.ސްނޯލައިން، މުޙައްމަދު ނިއުޝާދު ތަޢުފީޤް މއ.ވީމާ، ފަތުޙު
ޢަބްދުއްލަޠީފް/ ފަލަކު ށ.މަރޮށި، މުޙައްމަދު ޢަބްދުއްރަޝީދު/ ހ.ހަކި، އިބްރާހީމް ނާޞިފް| ފޭރުގަސްދޮށުގެ
ސ.މަރަދޫ، މުޙައްމަދު ޚާލިދު/ ހ.ވަޅުފެހި އަދި އަޙްމަދު މަސްރޫރު/ ފުނާޑު ރިޔާޒް ޏ.ފުވައްމުލައް،
24
ފުރަތަށެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/160 މައްސަލަ އަކީ، އިސްތިއުނާފު
ރައްދުވާ ފަރާތްތަކުގެ ގޮތުގައި މިރިޕޯޓުގައި ބުނެފައިވާ ފަރާތްތަކުން ވަޒީފާ އަދާކުރަމުންދާ ކުންފުނި ކަމުގައިވާ
މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 01 ނޮވެމްބަރު 2009 ގައި ވެފައިވާ ވަޒީފާގެ
އެއްބަސްވުމުގައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ދިވެހި ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީ އާ ތަޢާރަޒުވާ ކަންތައްތަކެއް ހުރުމާއެކު، ވަޒީފާ އަދާކުރާ މުވައްޒަފެއްގެ ހައިސިއްޔަތުން
ލިބެންޖެހޭ ބައެއް ޙައްޤުތަކުން މަޙްރޫމް ކުރެވިފައިވާތީ، މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/158
ފަރާތުން ކުރުން ލާޒިމްވެގެންވާ ކަންތައްތައް އެފަރާތުން ކުރުމަށްޓަކައި، ވަޒީފާގެ އެއްބަސްވުމަށް ބަދަލުގެނެސް
މައްސަލަ ހުށަހަޅާ ފަރާތްތަކުގެ ޙައްޤުތައް ހޯދައިދިނުމަށް އެދި މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް
ލިމިޓެޑްގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވައި ނިންމަވާފައިވާ
މައްސަލައެއްކަމާއިގެ
މުވައްޒަ
އެމައްސަލަ ނިންމަވާފައިވަނީ، ”... މައްސަލަ ހުށަހެޅިފަރާތާއި މައްސަލަ ރައްދުވާ ފަރާތާއި
ދެމެދު ވެފައިވާ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ބ) އިން މައްސަލަ ހުށަހެޅިފަރާތް ލިޔުމުން ހުއްދަނެތި
އެއްވެސް ވިޔަފާރީގެ ޙަރަކާތެއް ހިންގުން އެއީ ވަޒީފާއިން ވަކިވާފަދަ ކަމެއްކަމަށް ބަޔާންކޮށްފައިވާ އިރު،
އެގޮތުގެ މަތީން މައްސަލަ ހުށަހެޅި ފަރާތް މަސައްކަތް ކުރުން މަނާކުރަނީ މައްސަލަ ރައްދުވި ކުންފުނީގެ ކޮން
ޙައްޤެއް ޙިމާޔަތްކުރުމަށްކަން އެނގޭ މިންވަރަށް އެފަރާތުން ހެކި ހުށަހަޅާފައިނުވުމާއި، އެގޮތުގެ މަތީން
އެއްޒަފުންނަށް ވިޔަފާރީގެ ޙަރަކާތުގައި ބައިވެރިވުން މަނާ ކުރެވިފައިވަނި ޖުމްލަ ގޮތެއްގައިކަމަށް ފެންނާތީ،
އެއީ އެކަށީގެންވާ މިންވަރަށްވުރެ ފުޅާކޮށް ކަންކަން މަނާކުރާ މާއްދާއަކަށްވީ ހިނދު، ޤާނޫނު ނަންބަރު 04/94
(ކޮންޓްރެކްޓްއާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) ގައި ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއެއް
މީހަކު ދިރިއުޅުމަށް ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކަށް ހިފެހެއްޓުމެއް ނުވަތަ މަނާ ކަމެއް މެދުވެރި
ކުރާނަމަ، އެމާއްދާއެއްގެ ބާރު ހިންގޭނީ ހަމައެކަނި އެއީ އެކަށީގެންވާ ކަމެއްކަމަށް ވެއްޖެ ހިނދެއްގައިކަމަށް
ބަޔާންކުރެވިފައިވުމުން މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވާ ފަރާތާ ދެމެދު ވެފައިވާ ވަޒީފާގެ
އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ބ) އަކީ ޤާނޫނު ނަންބަރު 04/94 (ކޮންޓްރެކްޓްއާބެހޭ ޤާނޫނު) ގެ 18
ވަނަ މާއްދާގެ (ހ) އާ ތަޢާރުޟުވާ މާއްދާއެއް ކަމަށް ދެކޭތީ އެމާއްދާ އިޞްލާޙްކުރުމަށާއި،
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 39 ވަނަ މާއްދާއިން ވަޒީފާ އަދާކުރާތާ
އަހަރުވުމުން ކޮންމެ އަހަރަކު މުސާރަ ލިބޭ ގޮތަށް ކޮންމެ މުވައްޒަފަކަށް މަދުވެގެން 30 ދުވަހުގެ ޗުއްޓީއެއް
އަހަރީ ޗުއްޓީގެ ގޮތުގައި ދޭންޖެހޭކަމަށް ބަޔާންކުރެވިފައި އޮތުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ނ) ގައި ވަކި މުއްދަތަކަށް މުސާރައާއެކު ޗުއްޓީ ލިބުމުގެ ޙައްޤު ވަޒީފާ
އަދާކުރާ ކޮންމެ މީހަކަށްމެ ލިބިދޭންޖެހޭކަމަށް ބަޔާންވެފައި އޮތުމުން، މައްސަލަ ހުށަހެޅި ފަރާތަށް ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލުން ޗުއްޓީ
UtCOOCOOX
cu o
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/158
ucou
ލިބިދެވެންޖެހޭ ކަމަށާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން މައްސަލަ ހުށަހެޅި
ފަރާތަށް ޙައްޤުވާ ޗުއްޓީތައް ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ)
ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ އުޞޫލުން މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ ފަރާތާ
ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށް، ވަޒީފާގެ އެއްބަސްވުން އިޞްލާޙްކުރުމަށާއި
ޤާނޫނު ނަންބަރު 02/2008 ވަޒީފާއާބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ) ގައި އުޖޫރަ
ކަނޑައެޅުމުގައި މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތު ނުކުރެވޭނެކަމަށް
ބުނެފައިވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި މުވައްޒަފުން
ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބިދޭންޖެހޭ
ކަމަށް ބަޔާންކުރެވިފައިވާ އިރު، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ
(ހ) ގެ 04 ވަނަ ނަންބަރުގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ކެއިން ބުއިމާއި،
ނިދުމުގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއަކަށް ވުމުން އެގޮތުގެ
މަތީން މައްސަލަ ރައްދުވި ކުންފުނީގައި މަސައްކަތްކުރާ ބިދޭސީ ޕައިލެޓުންނަށާއި، ފަސްޓްއޮފިސަރުންނަށް
އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާ ކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނިނަމަވެސް ދިވެހިރާއްޖޭގައި
ބިދޭސީން ވަޒީފާ އަދާކުރުމުގެ ޤަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގެ 04 ވަނަ ނަންބަރުގައި ބުނާ ބުނުމަކީ
ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ
ޚިލާފަށް އެއްމަސައްކަތެއް
ކަތެއް ކުރާ ފަރާތްތަކާމެދު ތަފާތުކުރެވޭ އުޞޫލުން އިތުރު އިނާޔަތެއް އެއްފަރާތަކަށް
ލިބިދެވޭ އުޞޫލެއް ހަމަޖެއްސުންކަމުގައި ނުދެކޭ ހިނދު، މައްސަލަ ހުށަހެޅި ފަރާތް އެއްބާވަތެއްގެ
މަސައްކަތްކުރާ އެއް މަޤާމެއްގައި ވަޒީފާ އަދާކުރާ މައްސަލަ ރައްދުވާ ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް
މައްސަލަ ރައްދުވާ ކުންފުނީގެ ޚަރަދުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީފައި އޮތުމުން މައްސަލަ ހުށަހެޅި
ފަރާތަށް ލިބިދެވިފައި ނުވާ އިނާޔަތެއް ބިދޭސީ މުވައްޒަފުންނަށް ލިބިދީފައިވާތީ، އެގޮތަށް ޢަމަލުކުރާ ކުރުން
އެއީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާއާ ޚިލާފު ކަމެއްކަމަށް
ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާގެ (ނ) އަށް
ރިޢާޔަތްކޮށް ބިދޭސީ މުވައްޒަފުންނާމެދު ޢަމަލުކުރާ އުޞޫލުން މައްސަލަ ހުށަހެޅި ފަރާތަށް އެކޮމޮޑޭޝަން
ce O
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/158
ހަމަޖައްސައިދިނުމަށް މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް އަންގާ“ ކަން އެމައްސަލައިގެ
މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
-02
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/160 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ހަތް ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
"160/VTR/2009
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/160 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި
އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމުގެ ތެރެއިން މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައިގަނޑު ނުކުތާއަކީ، [މައްސަލަ ހުށަހެޅި ފަރާތާއި
އެއްބާވަތެއްގެ މަސައްކަތްކުރާ އެއް މަޤާމެއްގައި ވަޒީފާ އަދާކުރާ މައްސަލަ ރައްދުވާ ކުންފުނީގެ ބިދޭސީ
މުވައްޒަފުންނަށް މައްސަލަ ރައްދުވާ ކުންފުނީގެ ޚަރަދުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީފައި އޮތުމުން
މައްސަލަ ހުށަހެޅި ފަރާތަށް ލިބިދެވިފައިނުވާ އިނާޔަތެއް ބިދޭސީ މުވައްޒަފުންނަށް ލިބިދީފައިވާތީ، އެގޮތަށް
ޢަމަލުކުރާ ކުރުން އެއީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 04 ވަނަ މާއްދާއާ
ޚިލާފުކަމެއްކަމަށް ކަނޑައަޅުއްވައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާގެ
(ނ) އަށް ރިޢާޔަތްކޮށް ބިދޭސީ މުވައްޒަފުންނާމެދު ޢަމަލުކުރާ އުސޫލުން މައްސަލަ ހުށަހެޅި ފަރާތަށް
އެކޮމޮޑޭޝަން ހަމަޖައްސައިދިނުމަށް މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް އަންގަވާފައިވާ
UXXC
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/158
4 22
އެންގެވުން، ކަން މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
(ނ) ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ އަސާސީ އުޞޫލުތަކާއި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ
ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެ ޙައްޤުތައް ޙިމާޔަތްކޮށްދީ، ވަޒީފާއާބެހޭގޮތުން ކުރަންޖެހޭ
އެންމެހާ ކަންތައްތައް ބަޔާންކޮށްދީފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު)
ކަމާއި، އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތަށް ފިޔަވައި، ދައުލަތާއި އަދި
އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހާ ފަރާތްތަކުގެ މައްޗަށް
ވަޒީފާއާބެހޭ ޤާނޫނު ހިންގޭނެކަން އިޝާރާތްކުރެވުނު ޤާނޫނުގެ ފުރަތަމަ މާއްދާއާއި ދެވަނަ މާއްދާއިން
އިނގނއވއވާ
14
(ނ) ދުނިޔޭގެ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާޢުތަކާއި، ޤައުމުތަކުގައި އެޤައުމުތަކުގައި
ވަޒީފާއަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ތަންޒީމުކުރުމަށްޓަކައި ވަކި ޚާއްޞަ އުޞޫލުތަކެއް ޤާނޫނާއި
ޤަވާއިދުތަކެއްގެ ސިފައިގައި ހެދި އެމައްޗަށް ޢަމަލު ކުރެވެމުންދާކަމާއި، މިއުޞޫލުތައް ނަގަހައްޓައި
ދެމެހެއްޓުމަށްޓަކައި ތަންފީޒީ އިދާރާތައް ތަފާތު ނަންނަމުގައި ޤާއިމު ކުރެވިފައިވާ ކަމާއި، މީގެ އިތުރުން އ.ދ
(United Nations) ގެ [ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއިބެހޭ މުޢާހަދާ“ އާއި ”އިންޓަރނޭޝަނަލް
ލޯ] ގައި ޤައުމުތަކުގައި ވަޒީފާ އަދާކުރާ ބޭރު މުވައްޒަފުންނާ ގުޅޭގޮތުން އެފަރާތްކަތާމެދު
މަލުކުރުމަށްޓަކައި ވަކި އުޞޫލުތަކެއް ބަޔާންކޮށްފައިވާ ކަމާއި، އިޝާރާތްކުރެވުނު މުޢާހަދާއާއި ޤާނޫނުތަކުގައި
ބަޔާންކުރެވިފައިވާ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އ.ދ ގެ ދަށުން އުފެދިފައިވާ އިންޓަނޭޓަނަލް ލޭބަރ
އޮގަނިޒޭޝަން (އައި.އެމް.އޯ.)ގެ ކޮންސްޓިޓިއުޝަނުން އެޖަމްޢިއްޔާގެ މެމްބަރު ޤައުމަތަކަށް ބާރުއަޅާއިރު،
ދިވެހިރާއްޖެއަކީ އައި.އެލްއޯގެ މެމްބަރު ޤައުމެއްކަން އެނގެންއޮވެއެވެ.
(ހ) ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާގައި ރާއްޖޭގައި
ބިދޭސީންނަށް ވަޒީފާދެވޭނެ ގޮތާއި، ބިދޭސީން ވަޒީފާ އަދާކުރުމާއި، ވަޒީފާގައި ގެންގުޅުމާއި، ވަޒީފާއިން
ވަކިކުރުމާއި އަދި މިނޫންވެސް މިކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ގޮތުގެ ގަވާއިދެއް އެޤާނޫނަށް ޢަމަލު
ކުރަންފަށާ ތާރީޚުން ފެށިގެން ހަމަސްދުވަހުގެ ތެރޭގައި ހެދުމަށްފަހު ޢާންމުކޮށް އިޢުލާން ކުރުމަކީ މިނިސްޓަރު
A+
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/158
ކުރަންވާނެ ކަމެއް ކަމަށް ބަޔާންކުރެވިފައިވާއިރު، މިއިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/160 މައްސަލަ އެޓްރައިބިއުނަލަށް ހުށަހެޅުނުއިރު އަދި ނިމުނު އިރުވެސް ދިވެހިރާއްޖޭގައި
ބޭރުމީހުން ވަޒީފާ އަދާކުރުމާއި ގުޅޭ ގޮތުން ޢަމަލު ކުރަމުންގޮސްފައިވާ ގަވާއިދަކީ ”ދިވެހިރާއްޖޭގައި ބިދޭސީން
ވަޒީފާ އަދާކުރުމުގެ ގަވާއިދު" މިނަމުގައި ޢާންމު ކުރެވިފައިވާ ގަވާއިދަކަށް ކަމާއި،
ގަވާއިދުގެ 16 ވަނަ މާއްދާގެ (ހ) ގައި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީއަކު
ގެނެސްފިނަމަ، އެމީހަކަށް ވަޒީފާ ދިންފަރާތަކުން، ވަޒީފާއަށް ގެންނަ ބިދޭސީ މުވައްޒަފުން ބެލެހެއްޓުމާ
ގުޅޭގޮތުން ތަފާތު އެތަށް އިލްތިޒާމްތަކެއް ބަޔާންކޮށްފައިވާއިރު، 16 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ
ނަންބަރުގައި، ކެއިންބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުން ހިމަނާފައިވާކަމާއި،
މިހެންކަމުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ކެއިންބުއިމާއި ނިދުމުގެ ކަންތައް
އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުމަކީ، އެމީހަކަށް ވަޒީފާދިން ފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްވާ
ކަމެއްކަން އެނގެއެވެ.
•) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) ގައި ހަމަހަމަ
ރެވޭ، ރައްކާތެރި މާޙައުލެއްގައި މަސައްކަތްކުރުމާއި، ކުރާ މަސައްކަތާ އެކަށީގެންވާ
އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަ ކަމާއެކު
އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް
ކުރެވިފައިކަން
އަދި ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާއިން ވަޒީފާ
ދިނުމާއި، އުޖޫރަ ކަނޑައެޅުމާއި، އުޖޫރަ އިތުރު ކުރުމާއި، ތަމްރީނު ދިނުމާއި، ވަޒީފާގެ ޝަރްޠުތަކާއި ވަޒީފާ
އަދާކުރާނެގޮތް ކަނޑައެޅުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި،
މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ
ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، ޤާނޫނާ
ޚިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ
މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުން މަނާކޮށްފައިވާކަން އެނގެން އޮތްއިރު،
ކަމާއެކު
(4 ހއ 33
4
މިޢަމަލުކުރެވޭ،
44 2 303
ކަން އެނގެން އޮވެފައި
OX OC
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/158
4 63 0
OXOC
ގެނެވެ.
”ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު ގެ 16 ވަނަ މާއްދާގެ (ހ) ގެ 4
ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންގެ ކެއިންބުއިމާއި ނިދުމުގެ
ކަންތައް އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުން ވަޒީފާދޭ ފަރާތަށް ލާޒިމްވެފައި އޮންނަ އޮތުގެ މައްޗަށް
ރިޢާޔަތްކޮށް، ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ބިދޭސީންގެ އެކޮމަޑޭޝަން ނުވަތަ އެކޮމަޑޭޝަން
އެލަވަންސް ހަމަޖައްސައިދީ، ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުގެ ވަޒީފާގައި އުޅޭ ދިވެހި މުވައްޒަފުންނަށް
އެކޮމަޑޭޝަން ނުވަތަ އެކޮމަޑޭޝަން އެލަވަންސް ހަމަޖައްސައި ނުދިނުމަކީ، ޤާނޫނުއަސާސީއާއި ޤާނޫނުން
ކަށަވަރު ކޮށްދީފައިވާ ހަމަހަމަ ކަމާއި ފުށުއަރާ ކަމެއް ކަމަށް ބުނާ ބުނުމުގެ މައްޗަ ޝަރުޢީ ޤާނޫނީ
ނަޒަރަކުން ބަލާއިރު،
އިސްވެ އިޝާރާތްކުރެވުނު މާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްކުރާ ހަމަހަމަ މީހުންގެ
މެދުގައި" މިޢިބާރާތުގައި ބަޔާންކޮށްފައިވާ ”ހަމަހަމަ ނުވަތަ ”އީކުއަލިޓީ، ގެ މަފްޙޫމް ތަންފީޛު ކުރުމުގައި
ޤާނޫނީ ޓެސްޓަކީ އެއްގޮތް ޙާލަތުގައި ތިބޭ މީހުންނާމެދު އެއްގޮތް އުޞޫލުން ޢަމަލު ކުރުމުގެ
ޓެސްޓްކަމާއި، މިގޮތުން އެއްގިންތިއެއްގެ ވަޒީފާގައި ދިވެހިންނާއި ބިދޭސީން ވަޒީފާ އަދާކުރަމުން ދާއިރު، ވަޒީފާ
އަދާކުރާ ދިވެހިންނާއި ވަޒީފާ އަދާކުރާ ބިދޭސީން އެތިބެނީ ހަމަހަމަ ނުވަތަ އެއްގޮތް ޙާލަތެއްގައިކަމަށް
ނުބެލެވޭނެކަމާއި، ދިވެއްސަކު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ނުކުންނައިރު އޭނާއަށް ދިރިއުޅޭނެ ތަނެއް
ބޭނުންވަނީ ހަމައެކަނި އެވަޒީފާގެ ބޭނުމަށްނޫންކަމާއި، އެހެންނަމަވެސް ބިދޭސީ މުވައްޒަފުން ރާއްޖޭގައި
ދިރިއުޅެނީ އަދި ދިރިއުޅޭނެ ތަނެއް ބޭނުންވަނީ، ހަމައެކަނި އެފަރާތުން ދިވެހިރާއްޖޭގައި އެއަދާކުރަމުންދާ
ވަޒީފާއެއްގެ
އެގެ ސަބަބުން އެވަޒީފާ އަދާކުރުމުގެ ބޭނުމުގައިކަމާއި؛
ވުމާއެކު، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ދިވެހިންނާއި ބިދޭސީން އެތިބެނީ މުޅިން އެއްގޮތް
އެއްޙާލަތެއްގައި ކަމަށް ބެލެވެން ނެތްކަމާއި، ތަފާތުކަމެއް ހުރި ބައެއްގެ މެދުގައި ތަފާތު ކުރުމަކީ
ސީއާއި ޤާނޫނުން މަނާކޮށްފައިވާ ތަފާތުކުރުން ކަމަށް ބެލެވޭނެ ހަމައެއް ނެތްއިރު، ތަފާތުކަމެއް ހުރި
ބައެއްގެ މެދުގައި ތަފާތު ނުކުރުމަކީ ތަފާތުކުރުންކަމަށް ބެލެވޭނެކަމާއިގެ
އެހެންކަމުން ”ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު” ގެ 16 ވަނަ މާއްދާގެ
(ހ) ގެ 4 (ހަތަރެއް) ވަނަ ނަންބަރުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންގެ
COC
cucc
ޤާނޫނުއަސާސީ
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2010/HC-A/15
4
”ކެއިންބުއިމާއި ނިދުމުގެ ކަންތައް އެކަށީގެންވާގޮތަކަށް ފޯރުކޮށްދިނުން، މިފަދައިން ބަޔާންކޮށްފައި އޮތް އޮތުގެ
މައްޗަށް ރިޢާޔަތްކޮށް، ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުން ބިދޭސީންގެ އެކޮމަޑޭޝަން ނުވަތަ އެކޮމަޑޭޝަން
އެލަވަންސް ހަމަޖައްސައިދީ، ބިދޭސީންނާއި އެއްފެންވަރުގެ މަޤާމެއްގައި ވަޒީފާ އަދާކުރާ ދިވެހި
މުވައްޒަފުންނަށް އެކޮމަޑޭޝަން ނުވަތަ އެކޮމަޑޭޝަން އެލަވަންސް ހަމަޖައްސައި ނުދިނުމަކީ، އިޝާރާތްކުރެވުނު
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، [މަސައްކަތްކުރާ ހަމަހަމަ މީހުންގެ
މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެއްކަމަށް“ ބުނާބުނުމާއި، ތަޢާރުޟުވާ ކަމެއްކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަކުރެވުނު ކަންކަން އެގޮތަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަމްބަރު 2009/VTR/160 މައްސަލައިގައި، އެމައްސަލަ ހުށަހެޅި ފަރާތްތަކާއި
އެއްހަމައެއްގައި އެއްމަޤާމެއްގައި މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާއަދާކުރާ
ބިދޭސީންނަށް އެކޮމޮޑޭޝަން އެލަވަންސް ލިބޭ ރޭޓުން އެފަރާތްތަކަށްވެސް އެކޮމޮޑޭޝަން އެލަވަންސް ދިނުމަށް،
މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ
ކަމަށެވެ.
32 233
ހރުއެކެi
• ހުކުމް:
ހުރުމާއެކު،
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/160 މައްސަލައިގާ، އެމައްސަލަ ހުށަހެޅި ފަރާތްތަކާއި
އެއްހަމައެއްގައި އެއްމަޤާމެއްގައި މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާއަދާކުރާ
ބިދޭސީންނަށް އެކޮމޮޑޭޝަން އެލަވަންސް ލިބޭ ރޭޓުން އެފަރާތްތަކަށްވެސް އެކޮމޮޑޭޝަން އެލަވަންސް ދިނުމަށް،
މޯލްޑިވިއަން އެއަރ ޓެކްސީ ޕްރައިވެޓް ލިމިޓެޑަށް އަންގަވައި ނިންމަވާފައިވާ ނިންމެވުން މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާތިލްކޮށްފީމެވެ.
ހައިކޯ
ދިވެހިރާޖެވެ
A&A
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv