ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/341 ޤަޟިއްޔާގެ ޙުކުމް
1
2017/HC-A/341
ދިވެހިރާއްޖެ
6
COCC
އައިޑީ ކާޑު ނަންބަރު.
ވެވެ،
ދިއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 341/HC
-
A/2017
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ، ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު މުނައްވަރު
، ދާއިމީ އެޑްރެސް: ތަރިވިދާގެ/ ގއ.ކޮލަމާފުށި
އ. ކާޑު ނަންބަރު: A114329
މިހާރުގެ އެޑްރެސް: މ.ހިޔަރި/ ކ.މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 10 ޛުލްޤަޢިދާ 1438 ނިމުނު ތާރީޚް: 21 މުޙައްރަމް 1439
07 އޯގަސްޓް 2017
11 އޮކްޓޯބަރ 2017
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2017
/
4304/J
/
MD-145
• އަމުރުގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ކޯޓް: ކުރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 25 ޖުލައި 2017 * ނިމުނު ތާރީޚް: 25 ޖުލައި 2017
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
• ފަނޑިޔާރު ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަނދަރަށް، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ސައިޓް: www.highclurt.gov.mv
0
0
0
ދިވެހިރާއްޖޭގެ
2
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/341
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓު އަމުރު
އިސްތިއުނާފު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މ އ 6334
ހށުހޅަމުން
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ތަރިވިދާގެ/ ގއ.ކޮލަމާފުށި އަޙްމަދު
މުނައްވަރެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1.ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 25 ޖުލައި 2017 ވަނަ ދުވަހުގެ 15:17 އިން ފެށިގެން ތަރިވިދާގެ
ގއ.ކޮލަމާފުށި އަޙްމަދު މުނައްވަރު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްކަމާއި، މިގޮތަށް އަޙްމަދު މުނައްވަރު
ބަންދުންދޫކުރުމަށް އަމުރުކުރެއްވި ސަބަބަކީ، "މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް
މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
IL
3. ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު އަމުރު ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އަންނަނިވި 2 ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނުޒަ2
އީމެއިލް Rohighcourt.gov.mv
މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/341
0
• ފުރަތަމަ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު
އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާއާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު
އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް
ނެރުއްވަފައިވާ އަމުރަކަށްވުންކަމަށް ބުނެ ހުށަހެޅި
2 ޑ
ނުކުތާއެވެ.
4. ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2017
/
4304/J
/
MD-145 ކޯޓު އަމުރަށް
ބަލާއިރު، އެއަމުރު ނެރުއްވާފައިވަނީ ގއ.ކޮލަމާފުށި ތަރިވިދާގެ އަޙްމަދު މުނައްވަރު ބަންދުންދޫކޮށްލުމަށް
އަމުރުކޮށްކަމާއި، މިގޮތަށް އަޙްމަދު މުނައްވަރު ބަންދުންދޫކުރުމަށް އަމުރުކުރެއްވި ސަބަބަކީ "މީނާ އިތުރަށް
ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް އެ އަމުރުގައި ބަޔާންވެގެން އޮންނައިރު، އަޙްމަދު މުނައްވަރު
ބަންދުން ދޫކޮށްލައިފަނީ ދެ ޝަރުތުކޮށްފައިކަމާއި، އެއީ މާލެއިން ބޭރަށް ފުރައިގެން ނުދިޔުމަށާއި، އަޙްމަދު
މުނައްވަރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލުގައި އަނިޔާ ލިބިފައިވާ ކަމަށް ބުނާ ކުއްޖާއާއި
އްޖާގެ ޢާއިލާއާއި އެއްވެސް މުޢާމަލާތެއް ނުކުރުމަށްކަން މިމައްސަލައާއި ގުޅިގެން ހައިކޯޓުގައި ބޭއްވުނު
ޝަރީޢަތުގެ މަޖްލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމުގެ
މައްޗަށާއި މައްސަލައިގެ ވަށައިގެންހުރި އެންމެހައި ކަންކަމުގެ މައްޗަށް ބެލުމުން، އަޙްމަދު މުނައްވަރުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް [email protected]
ވެހިރާއްޖެ، ން 3325029، ފެކްސް 3316471
އިޓް:www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/341
މައްޗަށް ޝަރުތުކޮށް ބަންދުން ދޫކޮށްލުމަށްކޮށްފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް
އޮތްކަމުގައި ބެލެވެންނެތްކަމެވެ.
ޙުކުމް:
4304
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު
20/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ
ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެއަމުރަށް ބަދަލެއްގެންނަންޖެހޭ ސަބަބެއް ނެތްކަމަށް
މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv