ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/298 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 298/HC-A/2013
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
0
*
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ:
ދާއިމީ އެޑްރެސް: 4/3 ބިލްޑިންގް 2 ވަނަ ފަންގިފިލާ | ކ. މާލެ
މިހާރުގެ އެޑްރެސް: 4/3 ބިލްޑިންގް 2 ވަނަ ފަންގިފިލާ / ކ. މާލެ
ރަޖިސްޓަރީކުރެވުނު ތާރީޚް: 30 ސެޕްޓެމްބަރު 2014
* ނިމުނު ތާރީޚް: 09 މެއި 2016
0
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2013
/
001/TAT
-
CA
-
G
ނިންމެވި ޓްރައިބިއުނަލް: ޓެކްސް އެޕީލް ޓްރައިބިއުނަލް
• ޤަޟިއްޔާގެ ބާވަތް: ޓެކްސްއާގުޅޭ މައްސަލަ
ހުށަހެޅުނުތާރީޚް: 23 ޖެނުއަރީ 2013 ނިމުނު ތާރީޚް: 12 އޮގަސްޓް 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/298
ދަޢުވާގެ ޚުލާޞާ
މިއީ،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ، ދިވެހި ދައުލަތް (މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ) ގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން
ބެވި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ، ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑް އަށެވެ.
cc
2=
ފާހަގަކުރެވުނު ނުކުތާތައް:
01- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލައަކީ، ބަނީ
ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑް އިން ހިންގާ ސޮނެވާ ފުށި ބައި ސިކްސް ސެންސަސް“ އިން 2011
ވަނަ އަހަރުގެ ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު 35 އަހަރު ދުވަހަށް ”ވިއްކާފައިވާ، ވޯޓާ ވިލާ (މޫދު
ކޮޓަރިއެއް) ވިއްކި މުޢާމަލާތަކީ، ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަން
ތަންތަނުން ވިއްކާ
ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތެއް ކަމަށް
ބުނެ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅައި، 26 ޑިސެމްބަރ 2012 ގެ
ނަންބަރު 2012
/
4966/EC
/
PRIV-220 ސިޓީގައިވާ ފަދައިން ބަނީ ހޯލްޑިންގްސްގެ
ފްރީޒްކޮށް އެ ފައިސާއާއި ޖޫރިމަނާ ކަނޑާފައިވާތީ، މިރާގެ އެ ނިންމުމަކީ ޤާނޫނު ނަންބަރު 19/2010 އާ
ޚިލާފް ނިންމުމެއް ކަމާއި، މީރާއިން ނަގާފައިވާ ޓެކްސްއަކީ ޤާނޫނު ނަންބަރު 19/2010 ގެ ދަށުން ނެގޭނެ
ޓެކްސްއެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި ޓެކްސްގެ ގޮތުގައި ކަނޑާފައިވާ ފައިސާއަކީ ބަނީ
ހޯލްޑިންގްސް އިން އިތުރަށް ދައްކާފައިވާ ޓެކްސްއަކަށްވާތީ، އެފައިސާ އަދި ޖޫރިމަނާގެ ގޮތުގައި ނަގާފައިވާ
ފައިސާ އެކީ އެއްފަހަރާ މީރާގެ ފަރާތުން އަނބުރާ ހޯދުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
(މީރާ) ގެ މައްޗަށް ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑުން ދަޢުވާކުރުމުން ބައްލަވާފައިވާ
2/6
4
2 ހއ
ބންކު އެކުއެންeއ
cec
މައްސަލައެއްކަމާއިގެ
ދިވެހިރާއްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
4 22
01 4 4 34 4
އެކުއެe eއ
އެމައްސަލަ ނިންމަވާފައިވަނީ ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް ޓްރައިބިއުނަލްއިން
ރިޢާޔަތްކުރިއިރު، ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑް އިން ހިންގާ ސޮނެވާ ފުށި ބައި ސިކްސް
ސެންސަސް“ އިން 2011 ވަނަ އަހަރުގެ ޖަނަވަރީ މަހާއި ޖޫން މަހާއި ދެމެދު 35 އަހަރު ދުވަހަށް
”ވިއްކާފައިވާ، ވޯޓާ ވިލާ (މޫދު ކޮޓަރިއެއް) ގެ މުޢާމަލާތަކީ، ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް
ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް
ދައްކަންޖެހޭ މުޢާމަލާތެއް ނޫންކަމަށް މި މައްސަލަބެލި ޓްރައިބިއުނަލްގެ 5 (ފަހެއް) މެމްބަރުންގެ ތެރެއިން 4
(ހަތަރެއް) މެމްބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން
26 ޑިސެމްބަރ 2012 ވަނަ ދުވަހު ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްއަށް ފޮނުވާފައިވާ ނަންބަރު
2012
/
4966/EC
/
PRIV-220 ސިޓީއިން ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްގެ ބޭންކް
ފްރީޒްކޮށް ނަގާފައިވާ ފައިސާއަކީ، ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްއިން ޤާނޫނު ނަންބަރު 19/2010
(ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން
ދައްކަންޖެހޭ ޓެކްސްއަކަށް ނުވާތީ، މީރާއިން ނަގާފައިވާ 247,953,53 (ދެލައްކަ ސާޅީސް ހަތްހާސް
ނުވަސަތޭކަ ފަންސާސް ތިނެއް ޕޮއިންޓް ފަހެއް ތިނެއް) އެމެރިކާ ޑޮލަރު މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީގެ ފަރާތުން އަނބުރާ ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްއަށް މިއަދު (12 އޮގަސްޓް 2013)
އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައްދުކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
(މީރާ) އަށް އަންގަމެވެ. މިފަދައިންކަން އެމައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް 07 (ހަތެއް) ނުކުތާ
ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެއީ:-
CCCX
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/298
ބެހޭ އިދާރީ
ގޮތުން
• ފުރަތަމަ ނުކުތާއަކީ: ޓެކްސްއެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
1/TAT
/
CA
/
G މައްސަލާގައި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ނަގާފައިވާ އިޖުރާއީ ނުކުތާއާއި ގުޅިގެން 18 އެޕްރީލް
2013 ގައި ޓެކްސްއެޕީލް ޓްރައިބިއުނަލުން ނިންމި އިޖްރާއީ ނިންމުމުގައި މީރާއިން، ކަނޑައަޅާފައިވާ
ޢަދަދާއި މެދު އިސްތިއުނާފުކުރުމުގެ ޙައްޤު ބަނީ ހޯލްޑިންގްސް ލިމިޓެޑަށް ޓެކްސް ނެގުމާއި
ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބޭނުންކޮށްފައި ނުވާތީ މީރާއިން ކަނޑައެޅި އަދަދާއިމެދު
އިސްތިއުނާފުކުރުމުގެ ޙައްޤު ބަނީ ހޯލްޑިންގްސް ލިމިޓެޑަށް ގެއްލިފައިވާކަމަށް މައްސަލަ ބެއްލެވި
ޓްރައިބިއުނަލްގެ ހުރިހާ މެންބަރުން ފާހަގަ ކުރައްވާފައިވީ ނަމަވެސް މިމައްސަލަ ނިންމުމުގައި މިކަމަށް
އެއްވެސް މިންވަރަކަށް ރިޢާޔަތްކޮށްފައިނުވުމާއި، އަދި މިމައްސަލާގައި މައުޟޫޢީގޮތުން މީރާއިން
ޖަވާބުދާރީވުމުގެ ހުށަހެޅި ބަޔާނުގެ
އެއްވެސް ނުކުތާއަކަށް މައްސަލަ ނިންމުމުގައި
ރިޢާއްތަކޮށްފައިނުވުމާއި މިމައްސަލައިގައި މަޢުޟޫޢީގޮތުން ޖަވާބުދާރީވުމުގެ ގޮތުން ބަޔާނެއް ހުށަހެޅުމުންވެސް
މީރާއިން މައްސަލައިގައި މަޢުޟޫޢީގޮތުން ޖަވާބުދާރީވާން ނުޖެހޭ ކަމަށް މީރާއިން ބުނެފައިވާކަމަށް މައްސަލަ
ނިންމި ގޮތުގެ ރިޕޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނުކުތާގައި ބަޔާންކޮށް
މީރާއިން ހުށަހެޅި ބަޔާނުގެ އެއްވެސް ކަމަކަށް ޓްރައިބިއުނަލްގެ ނިންމުމުގައި ރިޢާޔަތްކޮށްފާ ނުވާކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު
މައްސަލައިގެ ނިންމުމުގައި ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި
ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 57 ވަނަ
މާއްދާ (ހ) އަށް ރިޢާޔަތްކޮށް ޤާނޫނުގެ މަޤްޞަދަށް ބެލުމެއް ނެތި ”ޓޫރިސްޓް މިލަފްޒު މާނަ ކޮށްފައިވުން
TAT-CA-G/2013/001
ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
4
98 މކ ތ ދ
86ނހޅއފން-އ
ތިންވަނަ ނުކުތާއަކީ: ބަނީ ހޯލްޑިންގްސް އިން ސްޓްރާޓާ އުޞޫލުން ކޮޓަރި ކުއްޔަށް ދޫކޮށްފައިވާ
ފަރާތްކަމަށްވާ މާކެޓް އޯވަރވިއު އެއީ (ބަނީ ހޯލްޑިންގްސް އަތުން ސްޓްރާޓާ އުޞޫލުން ވިލާ ލީސްކުރާ
ފަރާތް) ޓްރެވަލް އޭޖެންޓެއްކަމަށް މީރާގެ ފަރާތުން އެއްވެސް އިރެއްގައި
އިރުވެސް،
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުމުގައި އެ ފަރާތަކީ ޓްރެވަލް އޭޖެންޓެއްކަމަށް ނުބެލެވޭނެކަމަށް
ބަޔާންކޮށް މައްސަލަ ނިންމުމުގައި އެނުކުތާއަށް ރިޢާޔަތް ކޮށްފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ޤަވާޢިދު ނަންބަރު 14-R/2010 (ޓޫރިސްޓް ރިސޯޓްތަކާގުޅޭ ޙައްޤުތައް
ބަދަލުކުރުމާބެހޭ ޤަވާޢިދު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސްޓްރާޓާ އުޞޫލުން ރިސޯޓެއްގެ ވިލާއެއް
ނުވަތަ ކޮޓަރިއެއް ދޫކުރުމަކީ، ޢާންމު އުޞޫލުން ވިލާ ނުވަތަ ކޮޓަރި ޓޫރިސްޓުންނަށް ދޫކުރުމާ ތަފާތު ކަމެއް
ކަމަށާއި ވިލާ ނުވަތަ ކޮޓަރިއަކީ ސްޓްރާޓާ އުޞޫލުން ދޫކުރުމުގައި އެފަދަ ވިލާއެއް ނުވަތަ ކޮޓަރިއެއްގެ
މިލްކްވެރިކަން ނުވަތަ ޕްރޮޕަޓީ ރައިޓްސް ވިއްކާލެވޭ ކަމަށާއި ޤާނޫނު ނަންބަރު 10/2011 (މުދަލާއި
ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ށ) ގެ (2) ގެ ދަށުން ނުއުފުލޭ މުދާ
ނުވަތަ (immovable property) އިމްމޫވަބަލް ޕްރޮޕަޓީއަކީ އެޤާނޫނުގެ ދަށުން އިސްތިސްނާވާ މުދަލެއް
ކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ ނިމުނުގޮތުގެ
ރިޕޯޓުގެ އަޣްލަބިއްޔަތު ރައުޔުގެ ފަސްވަނަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސްޓްރާޓާ އުޞޫލުން ވިލާ
ނުވަތަ ކޮޓަރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ޒާތަށް (ނޭޗަރއަށް) ނުބަލާ ހަމައެކަނި ލަފްޒީ މާނައަށް
ބަލައިގެން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ޓޫރިސްޓް ރިސޯޓެއް ދިގުމުއްދަތަށް ސަބްލީސްކުރުމާއި ޓޫރިސްޓް ރިސޯޓެއްގެ
ވަކި ކޮޓަރިއެއް ސްޓްރާޓާ އުޞޫލުން ވަކި ފަރުދަކަށް ކުއްޔަށް ދޫކުރުމަކީ ޤާނޫނީ ގޮތުންނާއި
,“ އަށް ބަލާއިރުވެސް މުޅިން ތަފާތު ދެކަމެއް ކަމުގައި ސާފުކޮށް ދޭހަވި ނަމަވެސް، ސްޓްރާޓާ
އުޞޫލުން ކޮޓަރިއެއް ކުއްޔަށް ދޫކުރުމަކީ ޓޫރިސްޓް ރިސޯޓެއް ސަބްލީސްކުރުމާ އެއްފަދަ ކަމެއް ކަމަށް،
49
އެ
377
57ޏ
އެހިރާއްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A298
ޙަވާލާދީފައިވާ ޓްރައިބިއުނަލްގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގެ
ފަސްވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށް
މައްސަލަ ނިންމުމުގައި
އަޣުލަބިއްޔަތު ރައުޔުގެ
އެކަމަށް
ޑ
އެއެޤީތަށް
ރިޢާޔަތްކޮށްފައިވުންކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަވަނަ
ނުކުތާއަކީ:
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޙަވާލާދީފައިވާ ނަންބަރު
2013
/
001/TAT
-
CA
-
G މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ އަޣުލަބިއްޔަތު ރައުޔުގެ ހަވަނަ ކަމެއްގެ
ގޮތުގައި ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ ކުރިއެކޭ ލިބެމުންދާނެކަމަށް ބަޔާންކޮށްފައިވަނީ،
ސްޓްރާޓާ އުޞޫލުން ލީސްކުރާ ވިލާފަދަ ތަންތަނުން އެފަދަ ތަންތަން ލީސްކުރާ ފަރާތުން އެތަނުގައި ހުންނަ
މުއްދަތުގައި ލިބެންޖެހޭ ޓެކުހުގެ ތެރެއިން ނުލިބި ދާ ޓެކުހުގެ ޢަދަދަށް އެއްވެސް މިންވަރަކަށް ރިޢާޔަތް
ނުކޮށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ: ބަނީ ހޯލްޑިންގްސްގެ ފަރާތުން މީރާއާ ދެކޮޅަށް ޓެކްސް އެޕީލް
ޓްރައިބިއުނަލުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ޓެކްސް އެޕީލް ޓްރައިބިއުނަލުން 12 އޮގަސްޓް
2013 ގައި ނިންމި ނިންމުމުގައި، ޓެކްސްއާބެހޭ ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން ބަނީ ހޯލްޑިންގްސްގެ
ފްރީޒްކުރުމަށްފަހު މީރާއިން ނަގާފައިވާ ފައިސާ، 30 ދުވަހުގެ ތެރޭގައި ބަނީ
ހޯލްޑިންގްސްއަށް އަނބުރައި ރައްދުކުރުމަށް އަންގައިފައިވާ އެންގުމަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
ބާރުތަކުގެ ބޭރުން އަންގާފައިވާ އެންގުމެއްކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
8 0 4
8 2926
ވެ
އެކުއެނe
03- ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ
ނިމުނުގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުން (މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ) ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A298
(ހ) ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑް އިން ހިންގާ ”ސޮނެވާ ފުށި ބައި ސިކްސް
ސެންސަސް، އިން 2011 ވަނަ އަހަރުގެ ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު 35 އަހަރު ދުވަހަށް
”ވިއްކާފައިވާ، ވޯޓާ ވިލާ (މޫދު ކޮޓަރިއެއް) ގެ މުޢާމަލާތަކީ، ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް
ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް
ދައްކަންޖެހޭ މުޢާމަލާތެއް ނޫންކަމަށް ކަނޑައަޅައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން
26 ޑިސެމްބަރ 2012 ވަނަ ދުވަހު ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑަށް ފޮނުވާފައިވާ ނަންބަރު
2012
/
4966/EC
/
PRIV-220 ސިޓީން ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްގެ ބޭންކް އެކައުންޓްތައް
ފްރީޒްކޮށް ނަގާފައިވާ ފައިސާއަކީ، ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑުން ޤާނޫނު ނަންބަރު 19/2010
ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން
ދައްކަންޖެހޭ ޓެކްސްއަކަށް ނުވާތީ، މީރާއިން ނަގާފައިވާ 247,953.53 (ދެލައްކަ ސާޅީސް ހަތްހާސް
ނުވަސަތޭކަ ފަންސާސް ތިނެއް ޕޮއިންޓް ފަހެއް ތިނެއް) އެމެރިކާ ޑޮލަރު މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީގެ ފަރާތުން އަނބުރާ ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑަށް 12 އޮގަސްޓް 2013 އިން ފެށިގެން
30 (ތިރީސް) ދުވަހުގެ ތެރޭގައި ރައްދުކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް
އަންގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
ނިންމަވާފައިވާކަން އެނގެން
TAT-CA-G}2013/001
.ގެނެއްވިއެވެ
(ހ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ، ދިވެހިރާއްޖޭގެ ޓެކްސް
ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި އެކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބަޔާންކޮށްދޭ
ޤާނޫނުކަން އެނގޭއިރު، އެޤާނޫނުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނަމުގައި
މިނިވަން މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚް ބެއް އުފެދިފައިވާއިރު އެ އޮތޯރިޓީ (މީރާ) އިން ޓެކްސްއާ
ގުޅޭގޮތުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށާއި އެނޫންވެސް ޓެކްސްއާ ގުޅޭގޮތުން ހުށަހެޅޭ
މައްސަލަތައް ބެލުމަށް ޚާއްޞަކޮށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން
ޓެކްސް އެޕީލް ޓްރައިބިއުނަލެއް އުފައްދާފައިވާކަން އެނގެން އޮވެއެވެ.
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A298
42
(ނ) ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން، މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް، ދިވެހިރާއްޖޭގައި ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި
އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅައި އެކުލަވާލައި ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާއިރު،
އެޒިންމާ އަދާކުރުމަށްޓަކައި ޤާނޫނުން ބޮޑެތި ބާރުތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް
ލިބިދީފައިވާކަން އެނގޭކަމާއި؛
ޓެކްސް ދައްކަންޖެހޭ ފަރާތްތައް ކަނޑައެޅުމާއި، ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސްގެ ގޮތުގައި
ދައްކާ މިންވަރަކީ، ރަނގަޅު އަދަދެއްތޯ ބެލުމާއި، ޓެކްސް ދައްކާ ފަރާތްތައް އޮޑިޓްކުރުމާއި، އެކަމާ ގުޅިގެން
ހޯދަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް
ލިބިފައިވާކަން އެނގެން އޮންނައިރު، ޓެކްސް ދައްކަންޖެހޭ ފަރާތެއް ކަނޑައަޅައި ނުވަތަ ޓެކްސް ދައްކާ
ފަރާތަކުން ޓެކްސްގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޢަދަދެއް
ކަނޑައަޅައިފިނަމަ، އެކަނޑައެޅި ކަނޑައެޅުމާ ގުޅިގެން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) ގެ 40 ވަނަ މާއްދާގައިވާ ގޮތުން އަންނަނިވި ނަތީޖާތައް ނިކުމެގެން ދާނޭކަމާއި، އެގޮތުން؛
1- އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން ހުށަހަޅާފައިވާނަމަ،
އެ ބަޔާން އެ ކަނޑައެޅުމާ އެއްގޮތަށް އިޞްލާހްވެގެން ދިޔައީކަމުގައި ބެލުމާއި،
ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭގޮތުން ޓެކްސް ބަޔާން
ހުށަހަޅާފައިނުވާނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ އަދަދަކީ، އެ
މުއްދަތުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ޢަދަދުކަމުގައި ބެލޭނެކަން އެނގެން އޮންނަކަމާއިގެ
ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމަށް މަދަނީގޮތުން ކޯޓުގައި ދަޢުވާ އުފުލުމުގެ ބާރު، ޤާނޫނު
ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާއަށް
ލިބިގެންވާކަން އެނގެން އޮންނައިރު، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ތިންވަނަ ފަރާތެއް
މެދުވެރިކޮށް ހޯދުމާއި، ޓެކްސް ދައްކަންޖެހި ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްތައް ކަމާބެހޭ ފަރާތްތައް
މެދުވެރިކޮށް ފްރީޒް ކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިގެންވާކަން
ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 47 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
-2
އެ
co
CCCX
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
(ށ) އިސްތިއުނާފު ކުރުމުގެ ޙައްޤަކީ، ހަމަ ކޮންމެ މީހަކަށްމެ ލިބިދީފައިވާ ޙައްޤެއްކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން އެނގެން އޮންނައިރު، އަދި އިދާރީގޮތުން އަޅާ ފިޔަވަޅެއްގެ
ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު،
އެމީހަކަށް ނުވަތަ އެކަމުން ސީދާ އަސަރު ފޯރައިފާނެ ކޮންމެ މީހަކަށް، ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ
(ނ) ގެ ދަށުން ކަށަވަރު ކޮށްދީފައިވާކަން އެނގެން އޮވެފައި ޤާނޫނީ ގޮތުން އެކަމެއް ބެލުމަށް މަތިކޮށްފައިވާ
ޝަރުޢީ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލެއްގައި އެކަމަށް އިންޞާފު ހޯދުމުގެ މަގު، ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިން ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވާއިރު؟
ޓެކްސްއާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމާ ނިންމުމާ
ގުޅޭގޮތުން، އެ ނިންމުން ރައްދުވާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތް، ޤާނޫނު ނަންބަރު 3/2010 ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ބަޔާންކުރެވިފައިވާއިރު، އެޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން ނުވަތަ
އެމާއްދާގެ (ރ) ގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ތިންވަނަ ފަރާތެއް މެދުވެރިކޮށް ހޯދުމަށް އެދި
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފޮނުވާ ނޯޓިސް އާއި އަދި އެ ނޯޓިސްއާ ގުޅޭގޮތުން
އަޅާ އިދާރީ ނުވަތަ އެނޫންވެސް ފިޔަވަޅެއްގެ ސަބަބުން، އޭގެ އަސަ
ސަރުކޮށްފާނެ ކޮންމެ ފަރާތަކަށްވެސް އެ
ނޯޓިސް އިސްތިއުނާފުކުރުމަކީ އެފަރާތަކަށް ލިބިގެންވާ ޙައްޤެއްކަން އެނގޭކަމާއިގެ
ޓެކްސްއާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމި ނިންމުމަކާމެދު
ނުވަތަ ކަނޑައެޅި އަދަދަކާމެދު އެ ނިންމުން ރައްދުވާ ފަރާތަކުން އިޢުތިރާޒުކުރާ މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އެންގުން އެންގިތާ 30 ދުވަހުގެ ތެރޭގައި އިޢުތިރާޒުކުރާކަން ލިޔުމުން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަންވާނެކަމަށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ
42 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާކަމާއިގެ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމި ނިންމުމަކާމެދު ޓެކްސް ދައްކާ
ފަރާތަކުން އިޢުތިރާޒުކޮށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހެޅުމުން، އެހުށަހެޅުމާ
ގުޅިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމި ނިންމުމާމެދުވެސް ހިތްހަމަނުޖެހޭނަމަ
އެކަމެއް އިސްތިއުނާފުކުރުމަށް، އެހުށަހެޅުމާމެދު މޯލްޑިވްސް އިންލަންޑް ރެވެ.ދިއު އޮތޯރިޓީ (މީރާ) އިން ގޮތް
ކުރާނަމަ،
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
ނިންމިތާ 30 ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނެކަން، ޓެކްސް ނެގުމާބެހޭ އިދާރީ
ޤާނޫނުގެ 44 ވަނަ މާއްދާއިން އެނގެން އޮތުމުގެ އިތުރުން؛
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނިންމުމާމެދު އިޢުތިރާޒުކޮށް އެ ނިންމުން ޓެކްސް
އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވަނީ، ޓެކްސްއާ ގުޅޭގޮތުން މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައެޅި ޢަދަދު ޓެކްސް ދައްކަންޖެހިފައިވާ ފަރާތުން މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމުންކަމާއި، އެ ޢަދަދު މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ (މީރާ)ގެ ފަރާތުން ތިންވަނަ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ޓެކްސް ދައްކަންޖެހިފައިވާ ފަރާތުގެ
ފައިސާއިން އުނިކޮށް އެފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނެގުމުން ނޫންކަން،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގެ ސާފު ޢިބާރާތުން
އެނގެން އޮތުމުން، ޓެކްސްއާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢަދަދެއް
ކަނޑައަޅާފައިވާނަމަ، އެނިންމުން އިސްތިއުނާފުކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޓެކްސް
އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން އެޢަދަދެއް ދެއްކުމަކީ، ޓެކްސް ދައްކާ ފަރާތުގެ މައްޗަށް ލާޒިމުކުރާ
އެނގޭކަމާއި؛
ޓެކްސްއާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމި ނިންމުމަކާމެދު
ނުވަތަ ކަނޑައެޅި އަދަދަކާމެދު އެނިންމި ނިންމުން ރައްދުވާ ފަރާތަކުން އެ ނިންމުމާމެދު ނުވަތަ އެ ކަނޑައެޅި
ޢަދަދާމެދު އިޢުތިރާޒުކޮށް ލެޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ އެންގުން
ދުވަހުގެ ތެރޭގައި އިޢުތިރާޒުކުރާކަން ލިޔުމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް
އަންގާފައި ނުވާނަމަ، ނުވަތަ؟
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމި ނިންމުމަކާ ނުވަތަ ކަނޑައެޅި
ޢަދަދަކާމެދު ޓެކްސް ދައްކާ ފަރާތަކުން އިޢުތިރާޒުކޮށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް
ހުށަހެޅުމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ،
އެކަމެއް އިސްތިއުނާފުކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ ނިންމުމެއް ނިންމިތާ
30 ދުވަހުގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅާފައި ނުވާނަމަ؛
ހ 4
2 ހއ
ކެމެއ
02
އެންގިތާ 30
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/298
އެކަމުގެ
މައްޗަށް ތަރުތީބުވެގެންދާ ނަތީޖާއަކީ، އެނިންމުން ރައްދުވާ ފަރާތުން އެނިންމުން
ޤަބޫލުކުރީކަމަށް ޤާނޫނީގޮތުން ބެލެވުން ކަމަށްވުމާއެކު، ތަޤާދުމުގެ އުޞޫލުން މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ (މީރާ) އިން ޓެކްސްއާ ގުޅޭގޮތުން، ކަނޑައެޅި އެ އަދަދަކީ ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުން
ނިންމި ނިންމުމަކީ ޤާނޫނީ ގޮތުން ބަނދެވިގެންދާ ނިހާއީ ނިންމުމަކަށްވެގެން ދިއުންކަމަށްވާއިރު، މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެ ނިންމުމާމެދު ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އެ
ނިންމުމާމެދު އެހެން މަރުޙަލާއެއްގައި މައުޟޫޢީގޮތުން ބަޙުޘްކުރެވި އިތުރު ބަދަލެއް ޝަރުޢީ ޤާނޫނީ ގޮތުން
ނުގެނެވުންކަމާއި، އަދި އެކަމެއް ރައްދުވާ ފަރާތުން އެމައްޗަށް ޢަމަލު ކުރުން ޤާނޫނީގޮތުން ލާޒިމުވެގެން
ދިއުންކަން އެނގޭކަމާއި،
އެއާ ޚިލާފަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުތައް ފާއިތުވުމަށް ފަހު އެމައްސަލައަކާ ގުޅިގެން
މީރާގެ ފަރާތުން ފައިސާ ހޯދުމުގެ ނުވަތަ ތަންފީޒީ މަރުޙަލާގައި މައުޟޫޢީގޮތުން ބަޙުޘް ކުރެވުމަކީ، ޤާނޫނު
ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާއާއި 44 ވަނަ މާއްދާގައި
އިސްތިއުނާފުކުރުމަށް ދީފައިވާ 30 ދުވަހުގެ މުއްދަތުގެ ބޭނުމާއި މަޤްޞަދު ގެއްލި އެ މާއްދާތަކުގެ ޤާނޫނީ
ބާރު ގެއްލިގެންދާނެ
ގެންދާނެ ކަމެއްކަން
ކަމެއްކަން އެނގެއެވެ
(ބ) އިސްވެ ބަޔާންކުރެވުނު ޤާނޫނީ އުޞޫލުތަކާއި ނައްޞުތަކުގެ އަލީގައި އިސްތިއުނާފު މިކުރެވޭ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލައިގައި ކަންހިނގާފައިވާގޮތަށް
ބަލާއިރު، ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑުން ހިންގާ ސޮނެވާ ފުށި ބައި ސިކްސް ސެންސަސް އިން
2011 ވަނަ އަހަރުގެ ޖަނަވަރީ މަހާއި ޖޫން މަހާދެމެދު 35 އަހަރު ދުވަހަށް ”ވިއްކާފައިވާ، ވޯޓާ ވިލާ (މޫދު
ކޮޓަރިއެއް) ވިއްކި މުޢާމަލާތަކީ، ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ
ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތެއް ކަމަށް
މީރާއަށް ޤަބޫލުކުރެވޭތީ، 05 ފެބްރުއަރީ 2012 ގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ
ނަންބަރު 2012
/
354/AA
/
PRIV-220 ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ބަނީ ހޯލްޑިންގްސް
(ބީ.ވީއައި) ލިމިޓެޑަށް ފޮނުވުމާ ގުޅިގެން، ބަނީ ހޯލްޑިންގްސް ލިމިޓެޑުން މީރާގެ އެސެސްމަންޓަށް
RE
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
ބޭންކް
އިޢުތިރާޒުކޮށް 05 މާރޗް 2012 ގައި "ނޯޓިސް އޮފް އޮބްޖެކްޝަން“ މީރާއަށް ފޮނުވާފައިވާކަމާއި، ބަނީ
ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑުން މީރާގެ އެސެސްމަންޓަށް އިޢުތިރާޒުކޮށް އިޢުތިރާޒުކުރިކަމުގެ ލިޔުން
ހުށަހެޅުމާ ގުޅިގެން، އެކަން ބަލައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު -220
2012
/
11/AO ”އޮބްޖެކްޝަން ރިވިއު ރިޕޯޓް“ (ދެވަނަ ނިންމުން ނިންމައި، އެކަން ބަނީ ހޯލްޑިންގްސް
ބީ.ވީއައި) ލިމިޓެޑަށް 31 ޖުލައި 2012 ގައި އަންގާފައިވާކަން އެނގެން އޮންނަކަމާއިގެ
އިސްވެ ބަޔާން
ޔާންކުރެވުނު ގޮތުގެ މަތިން މީރާގެ ނިންމުން ނިންމައި އެކަން ބަނީ ހޯލްޑިންގްސް
ލިމިޓެޑަށް އެންގި އެނގުމާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) ގެ 49 ވަނަ މާއްދާގެ ދަށުން މީރާއަށް ލިބެންޖެހޭ ޓެކްސްގެ ފައިސާ ތިންވަނަ ފަރާތެއް
މެދުވެރިކޮށް ހޯދުމަށް އެދި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު -220
2012
/
4966/EC
/
PRIV (26 ޑިސެމްބަރ 2012) ގެ ސިޓީން، ބަނީ ހޯލްޑިންގްސްގެ
އެކައުންޓްތައް ފްރީޒްކޮށް ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑް އިން ހިންގާ ސޮނެވާ ފުށި ބައި ސިކްސް
އިން 2011 ވަނަ އަހަރުގެ ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު 35 އަހަރު ދުވަހަށް
”ވިއްކާފައިވާ، ވޯޓާ ވިލާ (މޫދު ކޮޓަރިއެއް) ވިއްކި މުޢާމަލާތަކީ، ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް
ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް
ދައްކަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފައިސާއާއި އަދި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
ކަނޑާފައިވާކަން އެނގެން އޮންނަކަމާއިގެ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އެ ނިންމުމަކީ ޤާނޫނު ނަންބަރު 19/2010 އާ ޚިލާފް
ނިންމުމެއް ކަމާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ނަގާފައިވާ ޓެކްސްއަކީ ޤާނޫނު ނަންބަރު
19/2010 ގެ ދަށުން ނެގޭނެ ޓެކްސްއެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށާއި، އަދި ޓެކްސްގެ ގޮތުގައި
ކަނޑާފައިވާ ފައިސާއަކީ ބަނީ ހޯލްޑިންގްސް އިން އިތުރަށް ދައްކާފައިވާ ޓެކްސްއަކަށްވާތީ، އެފައިސާއާއި
ޖޫރިމަނާގެ ގޮތުގައި ނަގާފައިވާ ފައިސާ، އެކީ އެއްފަހަރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ
ފަރާތުން އަނބުރާ ހޯދުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ބަނީ ހޯލްޑިންގްސް
ސެންސަސް،
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
ބޭބެތެވެ
* MP4
(ބީ.ވީއައި) ލިމިޓެޑުން 23 ޖެނުއަރީ 2013 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެ މައްސަލަ
ހުށަހަޅާފައިވާކަމާއި؛
ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑް އިން ހިންގާ [ސޮނެވާ ފުށި ބައި ސިކްސް ސެންސަސް“
އިން 2011 ވަނަ އަހަރުގެ ޖަނަވަރީ މަހާއި ޖޫން މަހާ ދެމެދު 35 އަހަރު ދުވަހަށް ”ވިއްކާފައިވާ، ވޯޓާ ވިލާ
(މޫދު ކޮޓަރިއެއް) ގެ މުޢާމަލާތަކީ، ޤާނޫނު ނަންބަރު 19/2010 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ
ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން ޓެކްސް ދައްކަންޖެހޭ މުޢާމަލާތެއް
ނޫންކަމަށް ކަނޑައަޅައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 26 ޑިސެމްބަރ 2012
ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑަށް
ފޮނުވާފައިވާ ނަންބަރު
2012
/
4966/EC
/
PRIV-220 ސިޓީއިން ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްގެ
ފްރީޒްކޮށް ނަގާފައިވާ ފައިސާއަކީ، ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްއިން ޤާނޫނު ނަންބަރު 19/2010
(ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) ގެ ދަށުން
ދައްކަންޖެހޭ ޓެކްސްއަކަށް ނުވާތީ، މީރާއިން ނަގާފައިވާ 247,953.53 (ދެލައްކަ ސާޅީސްހަތްހާސް
ނުވަސަތޭކަ ފަންސާސްތިނެއް ޕޮއިންޓް ފަހެއް ތިނެއް) އެމެރިކާ ޑޮލަރު މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީގެ ފަރާތުން އަނބުރާ ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑްއަށް 12 އޮގަސްޓް 2013 އިން
ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައްދުކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
އަށް އަންގަވައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މައްޗަށް ބަނީ ހޯލްޑިންގްސް (ބީ.ވީއައި)
ލިމިޓެޑުގެ ފަރާތުން 23 ޖެނުއަރީ 2013 ގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅި އެ ޓްރައިބިއުނަލްގެ
ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލަ ނިންމާފައިވާކަން އެނގެންއޮންނަކަމާއިގެ
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ މާއްދާގެ ދަށުން ކުރާ
އިޢުތިރާޒަކާ ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އިސްތިއުނާފުކުރުމުގެ ޙައްޤު
އުފަންކޮށް، މީރާއިން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް އެ ނިންމުން ނިންމާތާ 30 ދުވަހުގެ ތެރޭގައި
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހަޅަންވާނެކަމަށް އިޝާރާތްކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ
44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު
R
، ހައިކޯޓު
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
UCO
2012
/
11/AO-220 އޮބްޖެކްޝަން ރިވިއު ރިޕޯޓް، (ދެވަނަ ނިންމުން) ނިންމައި، އެކަން ބަނީ
ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑަށް 31 ޖުލައި 2012 ގައި އަންގާފައިވާއިރު، ޤާނޫނު ނަންބަރު 3/2010
(ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) ގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީރާގެ އެނިންމުން
އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންކޮށް އެނިންމުން ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑުގެ ފަރާތުން
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި އިސްތިއުނާފުކޮށްފައިނުވާކަން އެނގެން އޮންނަކަމާއިގެ
އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑުން ޓެކްސް އެޕީލް
ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން، 31 ޖުލައި 2012 ގައި ނިންމާފައިވާ މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު 2012
/
11/AO-220 ”އޮބްޖެކްޝަން ރިވިއު ރިޕޯޓް، (ދެވަނަ
ނިންމުން) ނިންމުމާމެދު މައުޟޫއީގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ވާހަކަ ދެކެވި އެނިންމުމަށް ބަދަލު
ގެނެސްފައިވާ ވުމަކީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 42 ވަނަ
މާއްދާއާއި އަދި އެޤާނޫނުގެ 44 ވަނަ މާއްދާގައި އިސްތިއުނާފު ކުރުމަށް ދީފައިވާ 30 ދުވަހުގެ މުއްދަތުގެ
މަފްހޫމް ގެއްލި އިޝާރާތް ކުރެވުނު މާއްދާތަކުގެ ބޭނުން ނެތިދިޔުން ކަމުގައި، ޤާނޫނީގޮތުން ބަލަންޖެހޭތީ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެނިންމުމަކީ، ޤާނޫނީގޮތުން ބާޠިލު ނިންމުމެއްކަން އެނގޭކަމާއިގެ
އެހެންކަމުން، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ކުރާ އިޢުތިރާޒަކާ
ގުޅިގެން މީރާއިން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) 44 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށް ލިބިދޭ 30
ދުވަސް މުއްދަތުގައި މީރާގެ ނިންމުން އިސްތިއުނާފުކޮށްފައި ނުވާނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ (މީރާ) ގެ ނިންމުމަކީ ޤާނޫނީ ގޮތުން ބަނދެވިގެންދާ އެންމެ ފަހުގެ ނިންމުމުގެ ގޮތުގައި ކަނޑައެޅި،
އަދި އެނިންމުމަށް ޝަރުޢީ އަދި ޤާނޫނީވިޔަސް އެހެން މަރުޙަލާއެއްގައި ޗެލެންޖްކުރެވި ބަދަލު ނުގެނެވޭނެކަން
އެނގެންއޮވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
ނަންބަރު 2013
/
001/TAT
-
CA
-
G މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
2
RE
ހައިކޯޓް"
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2x 29
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/298
0
ޙުކުމް:
4 2
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު 2012
/
11/AO-220 [އޮބްޖެކްޝަން ރިވިއު
ރިޕޯޓް“ (ދެވަނަ ނިންމުން ނިންމައި، އެކަން ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑަށް 31 ޖުލައި 2012
ގައި އަންގާފައިވާއިރު، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 44 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މީރާގެ އެނިންމުން އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންކޮށް
އެނިންމުން ބަނީ ހޯލްޑިންގްސް (ބީ.ވީއައި) ލިމިޓެޑުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި
އިސްތިއުނާފުކޮށްފައިނުވާތީ، އެކަމުގެ މައްޗަށް ތަރުތީބުވެގެންދާ ނަތީޖާއަކީ، އެނިންމުން ބަނީ ހޯލްޑިންގްސް
(ބީ.ވީއައި) ލިމިޓެޑުގެ ފަރާތުން ޤަބޫލުކުރީކަމަށް ޤާނޫނީގޮތުން ބެލެވުން ކަމަށްވުމާއެކު، ތަޤާދުމުގެ އުޞޫލުން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓެކްސްއާ ގުޅޭގޮތުން، ނިންމި ނިންމުމަކީ ޤާނޫނީ
ގޮތުން ބަނދެވިގެންދާ ނިހާއީ ނިންމުމަކަށްވެގެން ދިއުންކަމަށްވާތީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
(މީރާ) ގެ އެ ނިންމުމާމެދު ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައުޟޫޢީގޮތުން ބަޙުޘްކުރެވި އެ ނިންމުމަށް
ބަދަލު ގެނެސްފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ކަމަށް ބެލެވެން ނެތަތީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ
2013
/
001/TAT
-
CA
-
G މައްސަލައިގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަކީ ބާޠިލު
ނިންމެވުމެއްކަމަށް ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ޑރ
c
i
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ