ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/124 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/124
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 124/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ބައްސާމު
: އައިޑީ ކާޑު ނަންބަރު: A121686
* ވަކީލު: އޖ.
ދާއިމީ އެޑްރެސް: މއ. ނަހުރު/ މާލެ
މިހާރުގެ އެޑްރެސް: ސިނަމާލެ 3، 02-34
ޢަލީ ޝާހް
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
ހުށަހެޅުނު ތާރީޚް: 30 މާރިޗު 2015
ނިމުނު ތާރީޚް: 03 އޭޕްރީލް
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cr
-
C/230
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔާފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން
• ހުށަހެޅުނުތާރީޚް: 06) އޭޕްރީލް 2014 ނިމުނު ތާރީޚް: 16 ނޮވެންބަރު 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/124
ދަޢުވާގެ ޚުލާޞާ;
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/230 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، މއ. ނަހުރު/ މާލެ މުޙައްމަދު ބައްސާމުގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr
-
C/230 ޤަޟިއްޔާގައި މއ. ނަރު{ މާލެ މުޙައްމަދު
ބައްސާމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ، މުޙައްމަދު ބައްސާމް، 2011 މާރިޗު 10 ވަނަ ދުވަހު،
19:40 އެހައިކަށް ހާއިރު، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން
މއ.ނަހުރުގޭގެ 06 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް ”ބީ، ބަލައި ފާސްކުރިއިރު، އެ އެޕާޓްމަންޓަށް
ވަންނައިރު ވާތް ފަރާތު ފުރަތަމަ ޖެހޭ ކޮޓަރީގައި ހުރި ޓީވީ އެކެއްގެ ވަތްގަނޑު ތެރެއިން ފެނުނު ކުޑަ
ކަރުދާސް ފޮއްޓެއްގެ ތެރޭގައި އޮތް ޓިޝޫ ގަނޑެއްގެ ތެރެއިން ފެނުނު 50 (ފަންސާސް) ސެލޯފިންކޮޅުގައި
5.3586 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 4.2626 ގްރާމް ކެނެބިނޯލް ހުރި ކަމަށާއި، އޭގެން ފެނުނު
ކަޓަރުގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، ކެނެބިނޯލް ހުރިކަމަށް
އެތަކެތީގެ ތަޙްލީލް ރިޕޯރޓުން ދައްކާތީއާއި، އެޓީވީ ރެކްގެ މަތީގައި ބަހައްޓާފައިހުރި ޓީވީގެ ފުރަގަހުން ފެނުނު
ފިލްމް ހުސްކުރި ދަޅުގައި 0.5789 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 0.3701 ގްރާމް ކެނެބިނޯލް
ހުރިކަން އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދެންފަހެ، މާލެ/ މއ. ނަހުރު މުޙައްމަދު ބައްސާމުގެ
މައްޗަށް ދައުލަތުން ކުޅެ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، 2011 މާޗް 10 ވަނަ ދުވަހުގެ 19:40 ހާއިރު، ފުލުހުންނަށް ލިބުނު
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/124
މަލަ
COCOX
ޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން މއ. ނަހުރުގޭގެ 06 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް
”ބީ“ ބަލައި ފާސްކުރިއިރު، އެ އެޕާރޓްމަންޓަށް ވަންނައިރު ވާތްފަރާތު ފުރަތަމަ ޖެހޭ ކޮޓަރީގައި ހުރި ޓީވީ
އެކެއްގެ ވަތްގަނޑު ތެރެއިން ފެނުނު ކުޑަ ކަރުދާސް ފޮއްޓެއްގެ ތެރޭގައި އޮތް ޓިޝޫގަނޑެއްގެ ތެރެއިން
މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 (ފަންސާސް) ސެލޯފިންކޮޅާއި، ކަޓަރަކާއި، އެޓީވީ
ރެކުގެ މަތީގައި ބަހައްޓާފައިހުރި ޓީވީގެ ފުރަގަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު
ހުސްކުރި ދަޅެއް ފެނިފައިވާކަން ދަޢުވާލިބޭ މުޙައްމަދު ބައްސާމުގެ ފަރާތުން ޝަރީޢަތުގައި ދެއްކި
ވާހަކަތަކުންނާއި، ހެކިންގެ ހެކިބަހުން އެގެން އޮންނާތީއޭ، އަދި މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ މުޙައްމަދު
ބައްސާމުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ހުރި ކޮޓަރިއެއްކަން ދެފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި
ގުޅިފައިވާ ޤަރީނާތަކުން އެނގެން އޮންނާތީއާ، މިހާދިޘާގައި މއ. ނަހުރުގޭގެ 06 ވަނަ ފަންގިލާގައި ހުންނަ
އެޕާޓްމަންޓް ”ބީ“ ފުލުހުން ބަލައި ފާސްކުރިއިރު، އެޕާރޓްމަންޓަށް ވަންނައިރު ވާތްފަރާތު ފުރަތަމަ ޖެހޭ
ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާވާނެ ފަރާތެއް ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކުގެ މަތިން ނުދެއްކޭހާ
ހިނދަކު އެތަކެތީގެ ފުރިހަމަ ޒިންމާ ނަގަންޖެހޭ ފަރާތަކީ މާލެ/ މއ. ނަހުރު މުޙައްމަދު ބައްސާމުކަން
އެކަށީގެންވާ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާތީއާ، އަދި މަސްތުވާ ތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ
އަތުގައި 05 (ފަހެއް) ގްރާމަށްވުރެ ގިނައިން، އެހެންނަމަވެސް 14 (ސާދަ) ގްރާމަށްވުރެ ގިނަ ނޫން
ޢަދަދަކަށް ކެނަބިސް ހުރެފައި، އެޤާނޫނުގެ 142 ވަނަ މާއް
މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން
ކުރިކަމަށް ދައުލަތުން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އެ އެއްޗެއް އޭނާގެ އަތުގައި ހުރީ މަސްތުވާތަކެތިން
މުޢާމަލާތް ކުރުމަށް ކަމުގައި ބެލެވޭނެކަމަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
137 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާތީއާ، އެޤާނޫނުގެ 142 ވަނަ މާއްދާގައި ބުނާ އެއްވެސް ކަމެއް
މުޙައްމަދު ބައްސާމު ކޮށްފައިވާކަން ދައުލަތުން ސާބިކޮށްދެވިފައިނުވާތީ، ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ
(ހ)އަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 100 ވަނަ މާއްދާގެ
(ހ) ގެ ދަށުން ކެނަބިހުން މުޢާމަލާތްކުރުމުގެ ކުށުން މުޙައްމަދު ބައްސާމު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން މާލެ/ މއ. ނަހުރު މުޙައްމަދު ބައްސާމު
15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއިއެކު -/25000ރ (ފަންސަވީސްހާސް ރުފިޔާ) އިން
ދ 4
2
ހ(
43 4
COX
z
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/124
ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، މި ޖޫރިމަނާ ފައިސާ މިއަދު (16 ނޮވެމްބަރ 2014) ން ފެށިގެން 01
(އެކެއް) މަސްދުވަހުގެ ތެރޭގައި މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދައްކާ ޚަލާޞްކުރުމަށް މުޙައްމަދު ބައްސާމަށް
އަންގާ ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
0
ދައުލަތުން
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/230
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ބުނެ މުޙައްމަދު ބައްސާމުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 05 (ފަހެއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ:
ދަޢުވާއަށް ދަޢުވާލިބޭ މުޙައްމަދު ބައްސާމު
އިންކާރުކޮށްފައިވާކަމާއި، އަދި އެކުރި އިންކާރާ ގުޅިގެން ދައްކާފައިވާ އެއްވެސް ވާހަކައަކަށް ޝަރީޢަތުން
ރިޢާޔަތްކުރައްވާފައި ނެތްކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ޝަރީޢަތުން މައްސަލަ ބެލުމުގައި ކ.މާލެ، މއ. ނަހުރު ގޭގެ ކޮޓަރިއެއްގެ
ތެރެއިން ފެނުނުކަމަށް ބުނާ މަސްތުވާތަކެތީގެ ހިޔާޒަތު ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ
ނަންބަރު 24/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ކަމާއި،
ގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފް ކަމަކަށްވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ޝަރީޢަތުން މައްސަލައިގައި އެކި ޤަރީނާ ވަޒަންކޮށްފައިވަނީ
ރަނގަޅަށްނޫންކަމާއި، އެއީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފް ކަމަކަށްވާ ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: މުޙައްމަދު ބައްސާމުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ފެނުނު
ކަމަށް ބުނާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ބްރޭކްވެފައިވާއިރު، މިކަމަށް ޝަރީޢަތުން
ރިޢާޔަތްކުރައްވާފައި ނެތުން ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ: ފުރިހަމަވެފައި ނުވާ ތަޙްޤީޤެއްގެ މައްޗަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
. 30
9 ހ
ދިވެހިރާއްޖެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/124
9.
CCX
· ·
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/230 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ބައްސާމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެކުތާތަކާ ގުޅިގެން މުޙައްމަދު ބައްސާމުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ޤާނޫނު ނަންބަރު 17/7 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ
އެމާއްދާގެ (ރ) ގެ ދަށުން މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް މުޙައްމަދު ބައްސާމު އިންކާރުކޮށްފައިވާކަން މިއިސްތިއުނާފުކުރެވޭ ކްރިމިނަލް
ކޯޓުގެ ނަންބަރު 2014/Cr
-
C/230 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 10 އޭޕްރީލް 2014 ގައި
މުޙައްމަދު ބައްސާމު ދީފައިވާ ބަޔާނުން އެނގެން އޮވެއެވެ.
(ނ) މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، 2011 މާރިޗު 10 ވަނަ ދުވަހު، 19:40
އެހައިކަށް ހާއިރު، ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މއ. ނައިރު ގޭގެ 06
ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް ”ބީ“ ބަލައި ފާސްކުރިއިރު، އެ އެޕާރޓްމަންޓަށް ވަންނައިރު
ވާތްފަރާތު ފުރަތަމަ ޖެހޭ ކޮޓަރީގައި ހުރި ޓީވީ އެކެއްގެ ވަތްގަނޑު ތެރެއިން ފެނުނު ކުޑަ ކަރުދާސް ފޮއްޓެއްގެ
ތެރޭގައި އޮތް ޓިޝޫގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 (ފަންސާސް)
ސެލޯފިންކޮޅާއި، ކަޓަރަކާއި، ޓީވީ ރެކުގެ މަތީގައި ބަހައްޓާފައިހުރި ޓީވީގެ ފުރަގަހުން މަސްތުވާތަކެތި ކަމަށް
ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާކަން އެނގެން އޮންނައިރު، އެތަކެއްޗާމެދު
އެވަގުތު ފުލުހުން ސުވާލުކުރުމުން އެއީ މުޙައްމަދު ބައްސާމުގެ އެއްޗެއް ނޫންކަމަށް މުޙައްމަދު ބައްސާމު
ބުނެފައިވާކަން އެޕާޓްމަންޓް ބަލައިފާސްކުރި ފުލުހުން ބުނެފައިވާކަމާއި އަދި އެތަކެތި ފެނުނު ކޮޓަރިއާ ބެހޭ
ގޮތުން އެވަގުތު ސުވާލު ކުރުމުން އެކޮޓަރިއަކީ މުޙައްމަދު ބައްސާމުގެ ކޮޓަރިއެއް ކަމަށް ބުނެފައިވާކަމާއި،
ފުލުހުން އެ އެޕާޓްމަންޓަށް ދިޔައިރު އަދި އެޕާޓްމަންޓް ބަލައި ފާސްކުރެވުނު ވަގުތު އެތަނުގައި ތިބީ ފުލުހުންގެ
އިތުރުން މުޙައްމަދު ބައްސާމް އެކަނިކަން ފުލުހުންގެ ބަހުންނާއި މުޙައްމަދު ބައްސާމުގެ ބަހުން
އެނގެން
RE
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/124
50
5.3586
އޮވެފައި މަސްތުވާތަކެތި ފެނިފައިވާ ކޮޓަރިއަކީ އެހެން މީހަކު ދިރިއުޅޭ ކޮޓަރިއެއްކަމަށް މުޙައްމަދު ބައްސާމު
ބުނިނަމަވެސް އެކޮޓަރީގައި ދިރިއުޅޭ މީހެއް އެވަގުތު މުޙައްމަދު ބައްސާމަށް ދެއްކިފައިނުވާއިރު، އެވަގުތު
މީހެއްގެ މަޢުލޫމާތުވެސް ހާމަކޮށްފައިނުވާކަން އެނގެން އޮވެއެވެ.
(ނ) މިމައްސަލައާ ގުޅިގެން މއ. ނަހުރު ގޭގެ 06 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓް ”ބީ“
ބަލައި ފާސްކުރުމުން ފެނުނު (ފަންސާސް) ސެލޯފިންކޮޅުގައި
ގްރާމް
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 4.2626 ގްރާމް ކެނެބިނޯލް ހުރި ކަމާއި، އެތަނުން ފެނުނު ކަޓަރުގައި ކިރޭ
މިންވަރަށްވުރެ ލުއި މިންވަރަކަށް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، ކެނެބިނޯލް ހުރިކަމާއި، ޓީވީގެ ފުރަގަހުން
ފެނުނު ފިލްމް ހުސްކުރި ދަޅުގައި 0.5789 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލްއާއި، 0.3701 ގްރާމް ކެނެބިނޯލް
ހުރިކަން އެތަކެތީގެ ”ލެބޯޓްރީ ތަޙްލީލް ރިޕޯރޓް“ އިން އެނގެން އޮންނައިރު އެރިޕޯޓަކީ ޞައްޙަ ރިޕޯޓެއް
ކަމަށް އެތަކެތި ތަޙްލީލްކުރި ޕޮލިސް ސަރޖަންޓް އިބްރާހީމް ރަމީޒް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދީފައިވާ ހެކި ބަހުގައި ބުނެފައިވާކަން އެނގެން އޮވެއެވެ.
(ރ) މިމައްސަލައިގައި އެކަމެއްގެ މައްޗަށް ދަޢުވާކުރެވިފައިވާ ވާޤިޢު ހިނގާފައިވަނީ 2011 މާރިޗު
10 ވަނަ ދުވަހުގައި ކަން އެނގެން އޮންނައިރު،31 ޑިސެމްބަރު 2011 ގައި ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ތަޞްދީޤުކުރެވުމާއެކު، މިއިސްތިއުނާފުކުރެވޭ މައްސަލައިގެ ވާޤިޢާ ހިނގިއިރު
ޢަމަލުކުރަމުންދިޔަ ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާ ބެހޭ ޤާނޫނު) އުވާލެވިފައިވާކަން
ގޭކަމާއި، މިމައްސަލައިގައި ދަޢުވާކުރެވިފައިވަނީ ވާޤިޢު ހިނގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނު ނަންބަރު
17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން 2014 އެޕްރީލް 06 ދުވަހު ކަމުގައިވީނަމަވެސް
ދަޢުވާކުރި އިރު އަދި މި މައްސަލައިގައި 2014 ނޮވެމްބަރު 16 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް
ކުރެއްވިއިރު ޢަމަލުކުރެވެމުން ދިޔައީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) އަށް
4ހ2
ކަމާއިގެ
މުޙައްމަދު ބައްސާމުގެ މައްޗަށް ހުށަހެޅުނު ދަޢުވާއަކީ ޤާނޫނު ނަންބަރު 17/77 (މަސްތުވާ
ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާކަމަށްވާއިރު، ޤާނޫނު ނަންބަރު
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/124
އއd
17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) ގައި މަނާކުރެވިފައިވާ މަސްތުވާ އެއްވެސް
އްޗެއް ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާއި،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް އެއްގުރާމަށްވުރެ ގިނައިން މީހެއްގެ އަތުގައި ހުރެއްޖެނަމަ ބެލޭނީ
މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓީކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކުރެވިފައިވާކަމާއި،
އެކުށުގެ އަދަބަކީ ޢުމުރަށް ޖަލަށްލުންކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2
ވަނަ މާއްދާގެ (ހ) އިން އެނގޭކަމާއި؛
މިމައްސަލައިގައި ފެނުނު މަނާކުރެވިފައިވާ
މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ
ޓެޓްރާހައިޑްރޯކެނެބިނޯލްއާއި ކެނެބިނޯލް އަކީ ކެނަބިސްކަމާއި، އެތަކެތީގެ ޖުމްލަ ބަރުދަނުގައި 02)10.57 ގްރާމް
ހުރިކަމާއި ކެނަބިސްއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއްކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާ
ތަކެއްޗާބެހޭ ޤާނޫނު) ގެ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ތާވަލުން އެނގެން އޮންނަކަމާއި؛
މިހާރު ޢަމަލުކުރަމުންދާ ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ
މާއްދާގެ (ނ) ގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުގައި 05 (ފަހެއް) ގްރާމަށްވުރެ
ގިނައިން، އެހެންނަމަވެސް 14 (ސާދަ) ގްރާމަށްވުރެ ގިނަ ނޫން ޢަދަދަކަށް ކެނަބިސް ހުރެފައި، އެޤާނޫނުގެ
142 ވަނަ މާއްދާގައި ބުނާ ކަންކަމުގެ ތެރެއިން ކަމެއް އެމީހަކު ކުރިކަން ސާބިތުކޮށް ނުދެވޭނަމަ، އެ
އެއެއްޗެއް އެމީހެއްގެ އަތުގައި ހުރީ އެތަކެތިން މުޢާމަލާތްކުރުމަށްކަމުގައި ބެލޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
142 ވަނަ މާއްދާގައި ބުނެފައިވާކަމެއް މުޙައްމަދު ބައްސާމު ކުރިކަން ސާބިތުކުރެވިފައިނުވާކަމާއި،
ކެނެބިހުން މުޢާމަލާތްކުރުމަކީ ކުށެއްކަން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ
ޤާނޫނު) 108 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނައިރު، އެކުށުގެ އަދަބަކީ 15 (ފަނަރަ) އަހަރު
ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު -/25000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން -/5000000
(ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުންކަން އެޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) އިން
އެނގެން އޮންނަކަމާއި،
ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެން
ނުވާނެކަމާއި، ކުށެއް ކުރުމާ، އެކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު އެކުރި ކުށެއްގެ އަދަބަށް ޤާނޫނަށް
RE
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/124
CCCX
ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބުކަން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި (ހ) އިން އެނގެން އޮވެއެވެ.
(ބ) މިމައްސަލައާ ގުޅިގެން މުޙައްމަދު ބައްސާމުގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ރ.އުނގޫފާރު(
ހިމިތީގެ ޢަބްދުﷲ ރަޝީދާއި، މާލެ! މއ.ސްޓާރނިންގ ގްރޭޑް އިބްރާހީމް ފަލާޙް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކޮށްފައިވާކަމާއި،
އެގޮތުން، ޢަބްދުﷲ ރަޝީދު ދީފައިވާ ހެކިބަހަށް ބަލާއިރު، މުޙައްމަދު ބައްސާމަކީ ވަރަށް ގާތް
ރައްޓެއްސެއްކަމަށާއި، މަސްތުވާ ތަކެތި ފެނިފައިވަނީ ކޮންތަނަކުންކަންވެސް މުޙައްމަދު ބައްސާމުގެ ފަރާތުން
އެނގިފައިވާކަމަށާއި، މއ. ނަހުރު ގޭގެ 06 ވަނަ ފްލޯރ ގައި ހުންނަ މުޙައްމަދު ބައްސާމު ދިރިއުޅޭ
އެޕާރޓްމަންޓަށް މެޗްތައް ބަލަންދާ ކަމަށާއި، މެޗްބަލަން ތިބެނީ މުޙައްމަދު ބައްސާމް އުޅޭ ކޮޓަރީގައި ކަމަށާއި،
ޢަބްދުﷲ ރަޝީދުމެންނާ ބައިވެރިވެގެން މެޗު ބަލަން ފުރިހަމަ ނަމާ އެޑްރެސް ނޭނގޭ މުޞްޠޮފާ ކިޔާ ކުއްޖަކު
އިންނާތީ އެކުއްޖާ އުޅެނީ އެޕާރޓްމަންޓަށް ވަންނައިރު ފުރަތަމަ ވާތްފަރާތުން ޖެހޭ ކޮޓަރީގައިކަން ޢަބްދު
ރަޝީދަށް ޤަބޫލުކުރެވޭ ކަމަށާއި، މުޙައްމަދު ބައްސާމާ އެކޮޓަރި ބޭނުންކުރަނިކޮށް ޢަބްދުﷲ ރަޝީދަށް
ނުފެންނަކަމަށާއި، އެހެން ނަމަވެސް އެކޮޓަރީގައި މުޙައްމަދު ބައްސާމުގެ އެއްޗެހި ނުހުންނާނެ ވާހަކައެއް ބުނަން
ނޭނގޭކަމަށް ބުނެފައިވާކަމާއި؟
އިބްރާހީމް ފަލާޙްގެ ހެކިބަހަށް ބަލާއިރު، މުޙައްމަދު ބައްސާމް ކުޑައިރުންސުރެ އިބްރާހީމް ފަލާޙް
ދަންނަކަމަށާއި، މިމައްސަލައާ ގުޅިގެން މުޙައްމަދު ބައްސާމު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން
މުޙައްމަދު ބައްސާމު ގުޅާފައި ބުނުމުން އެނގިފައިވާ ކަމަށާއި، އަދި މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ
ތަކެތި ފެނިފައިވަނީ ކޮންތަނަކުންކަންވެސް މުޙައްމަދު ބައްސާމުގެ ފަރާތުން އެނގިފައިވާކަމަށާއި، މއ. ނަހުރު
ގޭގެ 06 ވަނަ ފްލޯރ ގައި ހުންނަ އެޕާރޓްމަންޓް އަކީ މުޙައްމަދު ބައްސާމު ދިރިއުޅޭ އެޕާރޓްމަންޓް
ކަމަށާއި، އެތަނުގައި އެގޭ އިތުރު މީހަކު ނޫޅޭ ކަމަށާއި، އެހެން ނަމަވެސް މެޗްބަލަން ރޭގަނޑުގެ
ވަގުތުތަކުގައި އިބްރާހީމް ފަލާޙް އެގެއަށް ގޮސް އިންނަނީ އެޕާރޓްމަންޓަށް ވަންނައިރު ސީދާ ކުރިމައްޗަށް
އިންނަ މުޙައްމަދު ބައްސާމް އުޅޭ ކޮޓަރީގައި ކަމަށާއި، ޢާންމުކޮށް މެޗް ބަލަން ދަނީ ހޮނިހިރު، އާދިއްތަ،
އަންގާރަ އަދި ބުދަ ދުވަހުކަމަށާއި، މަދުވެގެން 2 ގަޑިއިރު ހޭދަވާނެކަމަށާއި، ގޮސްއިންނައިރު
43ށް
R
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/124
3
2 ހ¢ ¢¢
އެޕާރޓްމަންޓަށް ވަންނައިރު ފުރަތަމަ ވާތްފަރާތުން ޖެހޭ ކޮޓަރީގައި ފުރިހަމަ ނަން ނޭނގޭ މުޞްތޮފާ ކިޔާ
ކުއްޖަކު އުޅޭތަން ފެންނަކަމަށާއި މުޙައްމަދު ބައްސާމު ބަލިވީމަ އޭނަ އުޅޭކަމަށް ބުނެފައިވާކަން އެނގެއެވެ.
(ޅ) އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު
ލަންޖެހޭކަމާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ
ފަރާތެއް ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ
ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެނުނު މީހާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC-A/2010
ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 212/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން
އެނގެން އޮންނައިރު، މި މައްސަލައިގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތި ފެނިފައިވަނީ، މުޙައްމަދު
ބައްސާމުގެ ކޮންޓްރޯލްގެ ދަށުގައިހުރި އެޕާޓްމަންޓަކުން
އެޕާޓްމަންޓަކުން ކަން އެނގެން އޮންނަކަމާއިގެ
އެ ތަން ބަލާ ފާސްކޮށްފައިވަނީ މުޙައްމަދު ބައްސާމާގެ ހާޒިރުގައި ކަމަށްވެފައި، އެތަނުން ފެނުނު
މަސްތުވާތަކެތި
ކަމަށް ޝައްކުކުރެވޭ ތަކެތި މުޙައްމަދު ބައްސާމަށް އެވަގުތު ދައްކައި ސުވާލުކުރުމުން
އެތަކެއްޗަކީ އޭނާގެ އެއްޗެއް ނޫންކަމަށާއި އިތުރަށް ސުވާލު ކުރުމުން އެއީ މުޙައްމަދު ބައްސާމު ދިރިއުޅޭ
ކޮޓަރި ނޫންކަމަށާއި އޭނަ ގެންގުޅޭ އެހެން ކުއްޖަކު ނިދާ ކޮޓަރިކަމަށް ބުނެފައިވާކަން އެނގެ އޮތްނަމަވެސް
އެއީ ކޮން ކުއްޖެއްކަމެއް މުޙައްމަދު ބައްސާމް އެވަގުތު ބުނެފައިނުވާކަމާއި އެކޮޓަރީގައި މުޙައްމަދު ބައްސާމުގެ
އަންނައުނު ހުރިކަމާއި، އިޝާރާތްކުރެވުނު މަސްތުވާ ތަކެތި ކަމަށް ޝައް
ތަކެގީޗާބެހޭ ގޮތުން ސުވާލު
އެއީ މުޙައްމަދު ބައްސާމުގެ
އެއްޗެއް ނޫންކަމަށާއި ނަމަވެސް އެތަކެތީގައި އަތްލެވިފައިހުރެދާނެ
ކަމަށާއި އޭގައި ފިންގަރ ޕްރިންޓް ހުރެދާނެކަމަށް މުޙައްމަދު ބައްސާމް ބުނެފައިވާކަން މިމައްސަލައާ ގުޅިގެން
ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ މިމައްސަލައިގެ ސީނަށް ދިޔަ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ޢަބްދުއްރަޙީމް އާދަމްގެ ބަހުން އެނގެން އޮންނައިރު، މިމައްސަލައާ
ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުގައި މުޙައްމަދު ބައްސާމުއާ ސުވާލު ކުރުމުން ހަނުހުރުމުގެ
ޙައްޤު ބޭނުންކޮށް މައްސަލައާ ގުޅޭ އެއްވެސް މަޢުލޫމާތެއް ޙިއްސާނުކުރުމުގެ އިތުރުން މުޙައްމަދު ބައްސާމުގެ
ދިފާޢުގައި އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން އެނގެން އޮވެއެވެ.
އއކވެ
2 293
ފރިހެން.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/124
(ކ) އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިމައްސަލައާއި
ގުޅިގެން އެންމެ ފުރަތަމަ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކީ މއ. ނަހުރު ގެ 06 ވަނަ
ފަންގިފިލާގެ އެޕާޓްމަންޓް ބީ ގައި މަސްތުވާތަކެތި ގެންގުޅޭކަމުގެ މަޢުލޫމާތުކަމާއި، ފުލުހުން ކޯޓު އަމުރެއްގެ
ދަށުން އެ އެޕާޓްމަންޓް ބަލާ ފާސްކުރުމަށް އެ އެޕާޓްމަންޓަށް ދިޔުމުން މުޙައްމަދު ބައްސާމްއާ ފުލުހުންނާ
ދިމާވިކަމާއި އެވަގުތު އެޕާޓްމަންޓުގައި ހުރީ މުޙައްމަދު ބައްސާމް އެކަނިކަމާއި، މުޙައްމަދު ބައްސާމްއާ ފުލުހުން
ސުވާލުކުރުމުން އެޕާޓްމަންޓަކީ މުޙައްމަދު ބައްސާމު ދިރިއުޅޭ އެޕާޓްމަންޓް ކަމަށް ފުލުހުން ގާތު މުޙައްމަދު
ބައްސާމް ބުނިކަމަށް ތަޙްޤީޤުގައި އަދި ޝަރީޢަތުގައި ފުލުހުން ހެކިބަސް ދީފައިވުމުގެ އިތުރުން، މުޙައްމަދު
ބައްސާމްގެ ދާއިމީ އެޑްރެހަކީ މއ. ނަހުރު ކަމަށްވެފައި، އަދި އެއީ މުޙައްމަދު ބައްސާމް ދިރިއުޅޭ
އެޕާޓްމަންޓްކަމަށް ވުމުން، އެތަނުގެ ޤާނޫނީ ބެލެނިވެރިއަކީ މުޙައްމަދު ބައްސާމްކަމުގައި ބެލެވޭކަމާއި؛
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ކާފީ
ޤާނޫނީ ޤަރީނާއެއްކަން ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ)
އާއި، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ނ)ގެ ޞަރީޙަ ނައްޞުން ކަނޑައެޅިގެން އެނގެން އޮންނައިރު،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި ”މުޠުލަޤު މަސްއޫލިއްޔަތު“
ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެއްކަމަށާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ
މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ ”ޤާނޫނީ ޤަރީނާ، އެއްކަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
08/SC-A/2008 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
މަސްތުވާތަކެތި ފެނުނުކަމަށް ބުނާ ކޮޓަރީގައި އެހެން މީހަކު އުޅޭކަމަށް މުޙައްމަދު ބައްސާމުގެ ފަރާތުން
ބުނެފައިވީނަމަވެސް އެމީހަކީ ކާކުކަމެއް ތަޙްޤީޤުގައި އަދި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް
ފަހަރަކު މުޙައްމަދު ބައްސާމް ބުނެފައިނުވާކަމާއި،
މުޙައްމަދު ބައްސާމުގެ ފަރާތުން ދިފާޢުގައި ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ހެކިން
ޝަރީޢަތުގައި ދީފައިވާ ހެކިބަހަށް ބަލާއިރު، މުޙައްމަދު ބައްސާމު ހާދިސާ ހިނގިއިރު އުޅެނީ މުޙައްމަދު
ބައްސާމުގެ ގެ ކަމަށްވާ މއ. ނަހުރު ގޭގެ 06 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް ބީ ގައި ކަމާއި، މުޙައްމަދު
ބައްސާމް އާއެކު ފުޓްބޯޅަ ބަލަން އެ އެޕާޓްމަންޓަށް އެމީހުން ދާކަމާއި އެގޮތަށް ގޮސް އުޅުމުގައި ފުރިހަމަ
+2ނ
- COC
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/124
މަޢުލޫމާތު ނޭނގޭ މީހަކު އެޕާޓްމަންޓުގެ މަސްތުވާތަކެތި ފެނުނު ކޮޓަރީގައި އުޅޭތަން ބައެއް ފަހަރު
ފެންނަކަމާއި، އެމީހަކީ މުޙައްމަދު ބައްސާމު ބަލިވީމާ މުޙައްމަދު ބައްސާމު ބަލަން ގެންގުޅޭ މީހެއްކަމުގައި
ބުނެފައިވާއިރު، އެމީހަކު އެއީ ކާކުކަން އެންމެ ފަސޭހައިން ބުނެދެވޭނެ ފަރާތަކީ މުޙައްމަދު ބައްސާމުކަމާއި،
މުޙައްމަދު ބައްސާމް އާއެކު އެ އެޕާޓްމަންޓުގައި ދިރިއުޅޭ މީހެއް ކަމަށްވާނަމަ، އެމީހެއްގެ ފުރިހަމަ މަޢުލޫމާތު
މުޙައްމަދު ބައްސާމަށް ނޭނގުމަކީ ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމާއި، ފުލުހުންނަށްވެސް
އެމީހަކު ތަޙްޤީޤުގައި ހޯދޭނެ މަގަކީ މުޙައްމަދު ބައްސާމްގެ ފަރާތުން އެއްބާރުލުންދީ އެމީހަކާ ބެހޭ މަޢުލޫމާތު
ފުލުހުންނާ ޙިއްސާކޮށްގެން ކަމަށްވާއިރު، އެމަޢުލޫމާތު ދީގެން ފުލުހުންގެ އެހީއާއެކު އެމީހަކު ހޯދުމުގެ
ފުރުޞަތު އޮވެމެ، އެކަން މުޙައްމަދު ބައްސާމުގެ ފަރާތުން ކޮށްފައިނުވާކަމާއިގެ
ހާދިސާ ހިނގިއިރު މުޙައްމަދު ބައްސާމް އުޅެނީ މުޙައްމަދު ބައްސާމްގެ ގެ ކަމަށްވާ މއ. ނަހުރު ގޭގެ
06 ވަނަ ފަންގިފިލާގެ އެޕާޓްމަންޓް ބީ ގައިކަމަށްވާއިރު، މުޙައްމަދު ބައްސާމު ދިރިއުޅޭ އެޕާޓްމަންޓް ބަލައި
ފާސްކުރުމުގެ ތެރޭގައި އެތަނުން ފެނުނު މަނާކުރެވިފައިވާ މަސްތުވާތަކެއްޗާމެދު ޝަރުޢީ ހަމަތަކުގެ މަތިން
އެތަކެތީގެ ޒިންމާ އުފުލާނެ އެހެން ފަރާތެއް މުޙައްމަދު ބައްސާމަށް ދެއްކިފައިނުވާތީ، އެތަކެތީގެ ޒިންމާ،
ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އުފުލަންޖެހޭ ފަރާތަކީ އެތަނުގެ ކޮންޓްރޯލް އޮތް ފަރާތުގެ ހައިސިއްޔަތުން
މުޙައްމަދު ބައްސާމު ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަ
ބަލަންޖެހެއެވެ
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2014/Cr-C/230 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު
ނުފެނެއެވެ.
އ ސ ޑ 4
ސާތަކެއް ހޭހހހ2
ورسر می
ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ.
0
ޙުކުމް:
2
8 ހދ8
و سرما ر
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2014/Cr
-
C/230 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއްނެތް
މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ހުކުމްކޮށްފީމެވެ.
CUO
ދިވެހިރާ
T
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ