ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/08 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بم ندارمراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 08/HC-A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން މުޙައްމަދު
އައިޑެންޓިޓީ ކާޑް ނަންބަރު: A021850
* ދާއިމީ އެޑްރެސް: އަޝިފާ/ ސ.ހިތަދޫ
* މީހާރުގެ އެޑްރެސް: އަޝިފާސ.ހިތަދޫ
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާމިނަތު ޝަރީފާ
* އައިޑެންޓިޓީ
ކާޑް ނަންބަރު: A018731
* ދާއިމީ އެޑްރެސް: ސްނޯބޯލް(ސ.ހިތަދޫ
މިހާރުގެ އެޑްރެސް: ސްނޯބޯލް(ސ.ހިތަދޫ
0
ނިމުނު ތާރީޚް: 08 މާރިޗް 2017
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 24 ޑިސެމްބަރު 2015
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ.
0
ނަންބަރު: 2011/S2C/122
3)
0
ނިންމި ކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް މިލްކް ސާބިތުކުރުން
ހުށަހެޅި ތާރީޚް: 06 މާރިޗު 2011
ނިމުނު ތާރީޚް: 29 މާރިޗު 2011
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
އިސްފަނޑިޔާރު ޢަބްދުﷲދީދީ،
ފަނޑިޔާރު އަބްދުﷲ ޙަމީދު،
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނހިގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
2
2016/HC-A/08
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/122 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް އައްޑުއަތޮޅު ހިތަދޫ އަޝިފާ، ޙުސައިން މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ސ.ހިތަދޫސްނޯބޯލް، އާމިނަތު ޝަރީފާ އަށެވެ.
CCC
• ފާހަގަ ކުރެވުނު ނުކުތާތައް:
-1
އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/122 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ސ.ހިތަދޫ ސްނޯބޯލް އާމިނަތު ޝަރީފާ އޭނާގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސ.ހިތަދޫ ފްރޯމިއާ ނަމަކަށް ކިޔާ ގޯތީގައި އަޅާފައިވާ ގޭގެ މިލްކް
ސާބިތުކުރުމަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ މިކަން ބެލިއިރު ސ.ހިތަދޫ ފްރޯމިއާ ކިޔާ ގޯއްޗަކީ ސ.ހިތަދޫ
ސްނޯބޯލް އާމިނަތު ޝަރީފާއަށް ދޫކޮށްފައިވާ ގޯއްޗެއްކަން މި ގޯތީގެ ރަޖިސްޓްރީން އެގުމާ މިގޯތީގައި
އަޅާފައިވާ ގެއާއި ގޯތިތެރޭގައިވާ އެންމެހައި ޢިމާރާތްތަކުގެ މިލްކްވެރި ފަރާތަކީ ސ.ހިތަދޫ ސްނޯބޯލް އާމިނަތު
ޝަރީފާ ކަން ދެހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީއާއި މިގޯތީގައި އަޅާފައިވާ ގޭގެ މިލްކްވެރި ކަމާމެދު
ދަޢުވާކުރާ އެހެން ފަރާތެއް ނެތް ކަމަށްޓަކައި ސ.ހިތަދޫ ފްރޯމިއާ ގޯތީގައި އަޅާފައިވާ ގެއާއި ގޯތިތެރޭގައިވާ
އެންމެހައި ޢިމާރާތްތަކަކީ އަދުން ފެށިގެން ސ.ހިތަދޫ ސްނޯބޯލް އާމިނަތު ޝަރީފާގެ މިލްކް ކަމަށް ޙުކުމް
ކުރައްވައިކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/08
2- އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/122 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ޙުސައިން މުޙައްމަދުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާ ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
3
ނުކުތާތަކަކީ:-
(ހ) ފުރަތަމަ ނުކުތާއަކީ: ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޙަޤީޤަތެއް ނެތް ޞައްޙަ
ނޫން ރަޖިސްޓްރީއެއްގެ މައްޗަށް ބިނާކޮށް، އެއީ ޙަޤީޤަތެއް ކަމަށް ބުރަވެ ބިމުގެ ނާޝިރުގެ ބަހެއް ހޯދުމެއް
ނެތި ކަމަށް ބުނެ ހުށަހެޅި
ން ކު».
(ނ) ދެވަނަ ނުކުތާއަކީ: ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިން ޝަރީޢަތުގެ މަޖްލީހުގައި ދޮގު
ހެކިބަސް ދީފައިވާކަމަށް ސ.ހިތަދޫ ކައުންސިލް އިދާރާއިން ލިބިފައިވާ ލިޔެކިޔުންތަކުން ސާފުކޮށް ޔަޤީން
ކަށަވަރުކޮށް އެނގެން އޮތުމުން އިސްތިއުނާފުކުރެވޭ މައްސަލަ ނިންމުމުގައި ދޮގު ހެކިބަހަށް ބުރަވެފައިވާ ކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ބ) ތިންވަނަ ނުކުތާއަކީ: އައްޑުއަތޮ ހިތަދޫ
އޮޑެއްސައު ސަރަހައްދުން ދޫކޮށްފައިވާ ގޯތި
އެފަރާތަށް އެންގުމެއް ނެތި އެހެން ފަރާތަކަށް ދޫކޮށްފައިވާ މައްސަލާގައި އިޢުތިރާޟް ކުރުމުގެ ޙައްޤު
ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ
-3
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/122 ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ޙުސައިން މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް
ތަކަށާއި، އެ ނުކުތާތަކާއި
ޙުސައިން މުޙައްމަދުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ އާމިނަތު ޝަރަފާގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ އައްޑުއަތޮޅު ހިތަދޫގެ
cu O
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ދެން ސައިޓް www.highcourt.gov.mv
4
ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/08
މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ޚި
(ހ) ފުރަތަމަ ކަމަކީ: އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ހިތަދޫ އޮފީހުން އެސިޓީގެ ހިތަދޫ
ފުރޯމިއާ ގޯއްޗަށް 17 އޭޕްރީލް 2011 ގައި ހައްދަވައި ދެއްވާފައިވާ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ
(ރަޖިސްޓަރީ ނަންބަރު 2199) ގެ އިތުރު ބަޔާނަށް ބަލާއިރު، "މިއީ، ހިތަދޫ ސްނޯބޯލް އާމިނަތު ޝަރީފާގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިތަދޫ ފުރޯމިއާ ނަމަކަށް ކިޔާ ގޭގެ މިލްކްވެރި ފަރާތަކީ ސްނޯބޯލް އާމިނަތު
ޝަރީފާ ކަމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/122 ޤަޟިއްޔާއިން ޙުކުމް
ކުރައްވައި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކޮށްފައިވާތީ "ފުރޯމިއާ" މިނަމުގައި ހަދާދެވޭ ޢިމާރާތާއި ގޯތީގެ
ރަޖިސްޓްރީއެކެވެ. މި ރަޖިސްޓްރީ ހެދުމުން މިއޮފީހުގެ ނަންބަރު 56/2003 (2003-09-02) "ފުރޯމިއާ"
މިނަމުގައި ހެދިފައިވާ ގޯތީގެ ރަޖިސްޓްރީ ވަނީ ބާޠިލްކުރެވިފައެވެ." މިފަދައިން ބަޔާންކޮށްފައިވާ ކަން
އެނގޭކަމާއި، މި ރަޖިސްޓްރީއަށް ބަލާއިރު، މިއީ އައްޑުއަތޮޅު ހިތަދޫ "ފުރޯމިއާ" ގޯއްޗަށް ހަދާދެވިފައިވާ
ދެވަނަ ރަޖިސްޓްރީކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: އައްޑުއަތޮޅު ހިތަދޫ އޮޑައްސައު ސަރަހައްދުން ދޫކޮށްފައިވާ 451
ގޯއްޗަކީ 04 ފެބުރުވަރީ 1993 ގައި ހިތަދޫ އަޝިފާ (ކުރީގެ އެޑްރެސް ތަނބިވައްގެ) ޙުސައިން މުޙައްމަދަށް
ދޫކޮށްފައިވާ ގޯއްޗެއްކަމާއި އެގޯތި ޙުސައިން މުޙައްމަދުގެ ނަމުގައި ރަޖިސްޓްރީ ކޮށްދީފައި ވަނިކޮށް ޙުސައިން
މުޙައްމަދު އެގޯތި ސ.ހިތަދޫ ޒެސްޓް ސިނާން ޖަލީލަށް ވިއްކުމަށްޓަކައި ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި
އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ތަންތަނާއި ތަކެތި ސިނާން ޖަލީލަށް މިލްކްވެއްޖެނަމަ، އޭނާގެ
އެގޯތި ރަޖިސްޓްރީ ކުރެވިދާނެ ތޯ ސާފުކުރުމަށްޓަކައި ހިތަދޫ ކޯޓުން އައްޑުއަތޮޅު އަތޮޅު އޮފީ
ސިނާން ޖަލީލަކީ ގޯތި ދިނުމުގެ ޝަރުޠު ހަމަނުވާ މީހަކަށްވުމުން އެބިން
6 24
-8
އިޕީ
ނަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް 3316471
އީމެއިލް [email protected] ދެން ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނމުނު ގޮތުގެ ޚުލާޞާ
2016/HC-A/08
ނުދެވޭނެކަމަށް ސ.ހިތަދޫ އޮފީހުން އެރަށު ކޯޓަށް އަންގާފައިވާކަމާއި، އަދި އޭގެ ފަހުން 2001 ވަނަ އަހަރު
ޙުސައިން މުޙައްމަދު އެގޯތީގައިހުރި އެންމެހައި ޢިމާރާތްތައް ސ.ހިތަދޫ ސްނޯބޯލް އާމިނަތު ޝަރީފާއަށް
ވިއްކުމަށް ސ.ހިތަދޫ ކޯޓު މޫލެކެޑެ ސެކްޝަނަށް ހުށަހެޅުމުން އެގޯތީގެ މިލްކްވެރިކަން އާމިނަތު ޝަރީފާއަށް
ބަދަލުކުރެވިއްޖެނަމަ އެގެއާއި ގޯތި އޭނާގެ ނަމުގައި ރަޖިސްޓްރީ ކުރެވިދާނެ ތޯ އެކޯޓުން ސާފުކުރިކުރުމުން
އެގޮތަށް އާމިނަތު ޝަރީފާގެ ނަމުގައި އެގޯއްޗާއި އެގޯތީގައިވާ އެންމެހައި އިމާރާތްތަކުގެ މިލްކްވެރިކަން
އާމިނަތު ޝަރީފާގެ ނަމަށް ބަދަލު ވެއްޖެނަމަ، އޭނާގެ ނަމުގައި އެގޯތި ރަޖިސްޓްރީކުރެވިދާނެކަމަށް ސ.ހިތަދޫ
އޮފީހުން އެކޯޓަށް އަންގާފައިވާކަން މި މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަމެވެ.
އިންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/122 ޤަޟިއްޔާއިން އައްޑޫސިޓީ ހިތަދޫ "ފުރޯމިއާ" ގޯތީގެ
މިލްކްވެރިކަން އައްޑޫސިޓީ ހިތަދޫ ސްނޯބޯލް އާމިނަތު ޝަރީފާއަށް ބަދަލުކުރެވިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބަލަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް މި މައްސަލަ އިސްތިއުނާފުކުރާ
ޙުސައިން މުޙައްމަދުގެ ފަރާތުން ހުށަހެޅިފައިނުވާތީ އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ
ހައިކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އެކުވެ
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/S2C/122 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙުސައިން މުޙައްމަދުގެ
ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv