ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/287 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/287
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 287/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އާދަމް ޢަބްދުލްޣަފޫރު
ދ.ރ.ކ. ނަންބަރު.
ދާއިމީ އެޑްރެސް: ފ.ކުރެދިމާގެ/ ކ.މާލެ
އެޑްރެސް: ފ.ޅައިމަގު/ ކ.މާލެ
A001111
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 125
/
2004-C
ދާއިމީ އެޑްރެސް: މއ.ގުލްފާމްގެ/ ކ.މާލެ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 25 ޝައްވާލް 1436
10 އޯގަސްޓް 2015
•ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1438
22 މާރިޗު
2017
0
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/402
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: ފައިސާހޯދުމަށްއެދި
• ހުށަހެޅުނު ތާރީޚް: 12 ފެބްރުއަރީ 2014 • ނިމުނު ތާރީޚް: 31 މެއި 2015
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: އަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 331471 (
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ވޯޖއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/287
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/402 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ހ. ކުރެދިމާގެ/ މާލެ
އާދަމް އަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑްއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/402 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޕިކްނިކް އައިލެންޑެއް ހަދާ ހިންގުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން
ހ. ކުރެދިމާގެ/ މާލެ އާދަމް އަބްދުލްޣަފޫރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A001111)
އަށް ކުއްޔަށްދީފައިވާ
އެތެރެމަޑިވަރު އެވެ ކިޔުނު ރަށް މިނިސްޓްރީ އޮފް ޓުއަރިޒަމުގެ ހުއްދައާއެކު
މޯލްޑިވްސް ކޭޕް ލިމިޓެޑަށް ސަބްލީސް އެއްބަސްވުމުގެ ދަށުން ކުއްޔަށްދީފައިވީހިނދު، އަދި މޯލްޑިވްސް
ކޭޕް ޕްރައިވެޓް ލިމިޓެޑުން އެރަށުގައި އިންވެސްޓްކޮށް ހިންގަމުންދަނިކޮށް، ސަބްލީސް އެއްބަސްވުމުގެ
ދަށުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ޙައްޤުތަކަށް ބެލުމެއްނެތި، މިނިސްޓްރީ އޮފް
ޓުއަރިޒަމް އާއި އާދަމް އަބްދުލްޣަފޫރުއާ ދެމެދު އޮތް ހެޑްލީސް އެއްބަސްވުން އުވާލުމުން ސަބްލީސް
އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ޙައްޤުތައް ގެއްލިގެންދާ ގޮތަށް
މިނިސްޓްރީ އޮފް ޓުއަރިޒަމާއި، އާދަމް އަބްދުލްޣަފޫރު ޢަމަލުކޮށްފައިވާތީ، އިންސާފު ހޯދުމަށް ސިވިލް
ކޯޓުގައި ދަޢުވާކުރުމުން ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2013/Cv-C/1049 ގައި "ސަބްލީސް
އެއްބަސްވުމެއްގެ ދަށުން އއ. އެތެރެމަޑިވަރު އެވެ ކިޔާ ރަށް ތިންވަނަ ފަރާތަކާ ޙަވާލުކޮށް، އެފަރާތުގެ
ހައްޤުތަކެއް ހުރިކަން އެނގިތިބެ، ހެޑްލީސް އުވާލުމުގެ ސަބަބުން ސަބްލީސް އުވުމާ ގުޅިގެން، ދަޢުވާކުރާ
މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ހުރިހާ ގެއްލުމެއްގެ ބަދަލު ނަގައިދެވޭން ޖެހޭ ކަމުގައި
ކަނޑައަޅައި.." އިސްވެ ދެންނެވުނު ސަބްލީސް އެގްރީމަންޓް ބާޠިލް ކުރުމުގެ ސަބަބުން މޯލްޑިވްސް ކޭޕް
ޕްރައިވެޓް ލިމިޓެޑަށް ލިބޭނެ އެންމެހާ ގެއްލުމަށް ބަދަލު ހޯދުމަށް އެދި ދަޢުވާކުރާކަމަށާއި، ބައިނަލް
އަޤްވާމީ މިންގަނޑުން ހިސާބު ހެދުމުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބޭ ގެއްލުމަކީ
-/10,255,171 $US (ދިހަމިލިއަން ދެލައްކަ ފަންސާސްފަސްހާސް އެއްސަތޭކަ ހަތްދިހަ އެކެތްހިމްދީނާ
Out
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3Bli
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޝިރުޔާ
2015/HC-A/287
ނިމުނު ގޮތުގެ ޚުލާޞާ
ޑޮލަރު ކަމުގައިވާތީ، މިޢަދަދަށް ބަދަލު ހޯދުމަށް ދަޢުވާކުރާކަމަށާއި، އަދި މީގެއްލުމަށް ޒިންމާވާންޖެހޭނީ
ދިވެހި ދައުލަތާއި، އާދަމް ޢަބްދުލްޣަފޫރު ކަމުގައި ދެކޭތީ، މިބަދަލު ހޯދުމަށް އެދި ދިވެހި ދައުލަތް
(މިނިސްޓްރީ އޮފް ޓުއަރިޒަމް، އާރޓްސް އެންޑް ކަލްޗަރ) އާއި، އާދަމް ޢަބްދުލްޣަފޫރުގެ މައްޗަށް
މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެފާހަގަކުރެވުނު
ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން
ރިޢާޔަތްކޮށް، ހ. ކުރެދިމާގެ/ މާލެ، އާދަމް ޢަބްދުލްޣަފޫރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A001111} އާއި، މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު 05 މެއި 2006 ގައި ވެފައިވާ
އެއްބަސްވުން ބާޠިލްވެފައިވުމުގެ ސަބަބުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ
ބަދަލު ހޯދުމަށް އެދި ދިވެހި ދައުލަތަށާއި، އާދަމް އަބްދުލްޣަފޫރުގެ މައްޗަށް ހުށަހެޅިފައިވާ މިމައްސަލަ
ޝަރީޢަތުން ބެލިއިރުގައި،
44
މިމައްސަލައިގައި ދަޢުވާލިބޭ ދިވެހި ދައުލަތަކީ، މިއެއްބަސްވުމުގެ ބައިވެރިއެއްނޫންކަމާއި،
އަދި އެއެއްބަސްވުން ބާޠިލްވެފައިވަނީ، ދިވެހި ދައުލަތުގެ އިސްނެގުމެއްގެ ސަބަބުންކަމުގައިނުވާތީ،
މިއެއްބަސްވުން ބާޠިލްވުމުގެ ސަބަބުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމަކަށް
ދިވެހި ދައުލަތުން ޒިންމާ އުފުލަންނުޖެހޭކަމާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ 30 ވަނަ
މާއްދާގެ ދަށުން، މިއެއްބަސްވުން ނިމުމަކަށް އައިސްފައިވަނީ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުގެ
ސަބަބުން ކަމުގައިނުވާތީ، އެރަށުގައިވާ މުދަލާއި، ތަކެއްޗަކީ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް
ލިބިގެންވާ މުދަލާއި، ތަކެތިކަމާއި، އަދި އެމުދަލާއި ތަކެތީގެ އަގުކަމުގައި ޝަރުޢީ އަގު ކޮމިޓީން
ކަނޑައަޅައިފައިވާ 43,610,717
/
51ރ. (ސާޅީސް ތިންމިލިއަން ހަލައްކަ ދިހަހާސް ހަތްސަތޭކަ ސަތާރަ
ރުފިޔާ ފަންސާސްއެއްލާރި) އާއި، މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުން އެޑްވާންސްކޮށް ދައްކާފައިވާ
ފައިސާގެ ތެރެއިން -/435,322 $US (ހަތަރުލައްކަ ތިރީސްފަސްހާސް ތިންސަތޭކަ ބާވީސް އެމެރިކާ
ޑޮލަރު) އަކީ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާކަން މިމައްސަލައިގައި
ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ފެކްސް 1
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/287
މިފައިސާގެ އިތުރުން، މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް މުސްތަޤްބަލުގައި ލިބޭނެކަމަށް
ބުނެފައިވާ ފައިދާއަކީ މިމައްސަލައިގައި ހުށަހެޅިފައިވާ ހިސާބުތަކުގެ ތެރެއިން ނިމިދިޔަ އަހަރުތަކުގެ
ހިސާބުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިދާނެ ފައިދާއެއްކަމަށް
މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ބުރަވެވެން ނެތްކަމާއި، އަދި ފެބްރުއަރީ 2014 އިން ޖޫން 2014
އަށް ހުރި ބުކިންސްތައް ކެންސަލްކޮށް އެފަރާތްތަކަށް ބަދަލުދިނުމުގެ ޚަރަދުގެ ގޮތުގައި ފައިސާ ލިބިގަތުމަށް
މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުން އެދިފައިވިއަސް، އެފަދައިން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުން
ޚަރަދުކުރަންޖެހިފައިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުނުވާކަމާއި، އަދި ޝަރުޢީ
އަގު ކޮމިޓީން އެރަށުގައިވާ މުދަލާއި، ތަކެތި އަގުކުރުމަށްފަހު، އެރަށުގައި ހުރި މުދަލަށް ނުވަތަ ތަކެއްޗަށް
މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން ގެއްލުމެއް ލިބިފައިވާ އެފަދަ ގެއްލުމެއްގެ ބަދަލު
ހޯދުމަށް އެދި ވަކި ދަޢުވާއެއް ކުރުމުގެ ޙައްޤު އާދަމް އަބްދުލްޣަފޫރަށް ލިބިގެންވާކަމަށް ކަނޑައަޅައި،
¢¢ ¢34
މިމައްސަލައިގައި ސާބިތުވެފައިވާ 43,610,717
/
51ރ. (ސާޅީސްތިންމިލިއަން ހަލައްކަ
ދިހަހާސް ހަތްސަތޭކަ ސަތާރަ ރުފިޔާ ފަންސާސް އެއްލާރި) އާއި -/435,322 $US (ހަތަރުލައްކަ
ތިރީސްފަސްހާސް ތިންސަތޭކަ ބާވީސް އެމެރިކާ ޑޮލަރު) މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި، މިފައިސާ މިއަދު 31 މެއި 2015 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ
ހެގައި ކޮންމެ މަހަކުވެސް މަދުވެގެން އެމަހަކަށްޖެހޭ މިންވަރު މިކޯޓަށް ދައްކަމުންގޮސް، މިފައިސާ
މިމުއްދަތުގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާޞްކުރުމަށް އާދަމް އަބްދުލްޣަފޫރަށް އަންގައި،
ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/402 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ. ކުރެދިމާގެ/ މާލެ
އާދަމް އަބްދުލްޣަފޫރުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ؛
ބެހޭގޮތުން ދިވެހިރާއްޖޭގެ
ފުރަތަމަ ނުކުތާއަކީ، މައްސަލާގައި އިތުރަށް ދައްކަންޖެހޭ ވާހަކަތައް ހުރިކަމަށް ދައުވާލިބޭ
އާދަމް ޢަބްދުލްޣަފޫރު ޝަރީޢަތުގައި ބަޔާންކުރެއްވުމުންވެސް، އެފަދަ ފުރުސަތެއް ދެވެންނެތްކަމަށް
ބަޔާންކުރައްވާ މައްސަލަ ނިންމަވާފައިވާތީ އެކަމުގެ ސަބަބުން މިމައްސަލާގައި ހުށަހަޅަންޖެހޭ މުހިއްމު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3371
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޞިއްޔާ.
މުނު ގޮތުގެ ޚުލާޞާ
2015/HC-A/287
ހެކިގެ
ލިޔުންތަކާއި
ބަޔާން.0އ
ހިސާބުތައް ހުށަހެޅުމަށް ފުރުސަތު ނުދެއްވައި މައްސަލާގައި
ޙުކުމްކުރައްވާފައިވުންކަމަށް ބުނެ ހުށަހެޅި
ންކު ބައެ
• ދެވަނަ ނުކުތާއަކީ، ޝަރުޢީ އަގުކޮމެޓީއިން އަގުކުރައްވާފައިވާ މުދާތައް އާދަމް
އަބްދުލްޣަފޫރަށް ހަވާލުވުމަށްފަހު އެތަކެތީގެ ހާލަތު ދެނެގަނެ، ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގެ 30
ވަނަ މާއްދާގެ ދަށުން އާދަމް އަބްދުލްޣަފޫރަށް ލިބިގެންވާ ހައްޤުތަކަށް ރިއާޔަތްކުރެއްވުމެއްނެތި މައްސަލަ
ނިންމަވާފައިވުންކަމަށް
ވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/402 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ހ. ކުރެދިމާގެ/ މާލެ
އާދަމް އަބްދުލްޣަފޫރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
cuo
CCCC
.3490
13
05
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވުނު ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/402
ޤަޟިއްޔާގައި މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހ.ކުރެދިމާގެ އާދަމް ޢަބްދުލްޣަފޫރުގެ
މައްޗަށް ރައްދުވާގޮތަށް އުފުލާފައިވާ ދަޢުވާއަކީ، ޕިކްނިކް އައިލެންޑެއް ހަދާ ހިންގުމަށް މިނިސްޓްރީ އޮފް
ޓުއަރިޒަމުން ހ. ކުދިމާގެ/ އާދަމް އަބްދުލްޣަފޫރު އަށް ކުއްޔަށްދީފައިވާ އެތެރެމަޑިވަރު އެވެ
ކިޔުނު ރަށް މިނިސްޓްރީ އޮފް ޓުއަރިޒަމުގެ ހުއްދައާއެކު މޯލްޑިވްސް ޕް ޕްރައިވެޓް ލިމިޓެޑަށް ސަބްލިސް
އެއްބަސްވުމުގެ ދަށުން ކުއްޔަށްދީފައިވަނިކޮށް އަދި މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުން އެރަށުގައި
އިންވެސްޓްކޮށް ހިންގަމުންދަނިކޭ ސަބްލީސް
އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޭޕް ޕްރައިވެޓް
ލިމިޓެޑަށް ލިބިފައިވާ ޙައްޤުތަކަށް ބެލުމެއްނެތި، މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި އާދަމް އަބްދުލްޣަފޫރުއާ
ދެމެދު އޮތް ހެޑްލީސް އެއްބަސްވުން އުވާލުމުން ސަބްލީސް އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޭޕް
ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ޙައްޤުތައް ގެއްލިގެންދާ ގޮތަށް މިނިސްޓްރީ އޮފް ޓުއަރިޒަމާއި، އާދަމް
އަބްދުލްޣަފޫރު ޢަމަލުކޮށްފައިވާތީ، އިންސާފު ހޯދުމަށް ދަޢުވާކުރުމުން ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1049 ޤަޟިއްޔާއިން އެމައްސަލަ ބައްލަވައި އެޤަޟިއްޔާގެ ޙުކުމުގައި "ސަބްލީސް
އެއްބަސްވުމެއްގެ ދަށުން އއ. އެތެރެމަޑިވަރު އެވެ ކިޔާ ރަށް ތިންވަނަ ފަރާތަކާ ޙަވާލުކޮށް، އެފަރާތުގެޓީގެ
އެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
K-
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/287
ހައްޤުތަކެއް ހުރިކަން އެނގިތިބެ، ހެޑްލީސް އުވާލުމުގެ ސަބަބުން ސަބްލީސް އުވުމާއި ގުޅިގެން،
މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ހުރިހާ ގެއްލުމުގެ ބަދަލު ނަގައިދެވޭން ޖެހޭ ކަމުގައި
ކަނޑައަޅާފައިވާތީ، އެ ޙުކުމުގައި ބަޔާންވެފައިވާ ގޮތުގެ މަތީން ސަބްލީސް އުވުމާއި ގުޅިގެން، މޯލްޑިވްސް
ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ޓުއަރިޒަމް
އާރޓްސް އެންޑް ކަލްޗަރ އާއި އާދަމް ޢަބްދުޣަފޫރުގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން
އޮންނަކަމެވެ.
ބެލުމެއްނެތި
4 s
ޙައްޤުތައް ގެއްލިދިޔު
(ށ) ދެވަނަކަމަކީ، އެތެރެމަޑިވަރު އެވެ ކިޔުނު ރަށް މިނިސްޓްރީ އޮފް ޓުއަރިޒަމުގެ
ހުއްދައާއެކު މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ސަބްލީސް އެއްބަސްވުމުގެ ދަށުން ކުއްޔަށްދިނުމުން
މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުން އެރަށުގައި އިންވެސްޓްކޮށް ހިންގަމުންދަނިކޮށް، ސަބްލިސް
އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ޙައްޤުތަކަށް
މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި އާދަމް އަބްދުލްޣަފޫރުއާ ދެމެދު އޮތް ހެޑްލީސް އެއްބަސްވުން އުވާލުމުގެ
ނަތީޖާއެއްގެ ގޮތުން ސަބްލީސް އެއްބަސްވުމުގެ ދަށުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
ލިދިޔުމުން އެކަމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދޭ މިންވަރު ބަޔާންކޮށްދެމުން މޯލްޑިވްސް
ކޭޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/402
ޤަޟިއްޔާގައި ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެދަޢުވާގައި މޯލްޑިވްސް ކޭޕް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ އެކު ޖުމްލަ 10,255,171.00 އެމެރިކާ ޑޮލަރ (ދިހަމިލިޔަން ދެލައްކަ
ފަންސާސް ފަސްހާސް އެއްސަތޭކަ ހަތްދިހަ އެކެއް) ހޯދުމަށްކަން އެނގެން އޮންނައިރު، މީގެ ތެރެއިން
ބަދަލުގެ މިންވަރުގެ ގޮތުގައި ނަގައިދޭންޖެހޭ ކަމަށް ސިވިލް ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވަނީ އާދަމް
ޢަބްދުލްޣަފޫރާއި މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 05 މެއި 2006 ގައި ވެފައިވާ ސަބްލީސް
ބާތިލުވެފައިވުމުގެ ސަބަބުން ، މިދެފަރާތުގެ ދެމެދުގައި ވެވިފައިވާ މި އެއްބަސްވުމުގެ 30 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް، އއ.އެތެރެމަޑިވަރުގައި ހުރި މުދަލާއި، ތަކެތީގެ އަގުކަމުގައި ޝަރުޢީ އަގު ކޮމެޓީން
ކަނޑައަޅާފައިވާ 43,610,717
/
51ރ. (ސާޅީސްތިން މިލިޔަން ހަލައްކަ ދިހަހާސް ހަތްސަތޭކަ ސަތާރަ
ރުފިޔާ ފަންސާސް އެއްލާރި) އާއި، މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުން އެޑްވާންސްކޮށް ދައްކާފައިވާ
ފައިސާގެ ތެރެއިން 435,322$US (ހަތަރުލައްކަ ތިރީސްފަސްހާސް ތިންސަތޭކަ ބާވީސް) އެމެރިކާ
ޑޮލަރުކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3/1647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންގެ
7
ފޯޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/287
ޤަޟިއްޔާއާއި
oc
ހ3
4
#ނ
ހެންކަމުން
4ދ 4
43
އެއްބަސްފެނޭ
،
ގޮތްކެއްޗަށް
(ނ) ތިންވަނަކަމަކީ، އެތެރެމަޑިވަރު އެވެ ކިޔުނުރަށް ސަބްލީސްކުރުމަށް އާދަމް
ޢަބްދުލްޣަފޫރާއި މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑާއި ދެމެދު 05 މެއި 2006 ގައިވެފައިވާ
އެއްބަސްވުމުގެ 30 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުގެ
ސަބަބެއްނެތި އެ އެއްބަސްވުން ނިމުމަކަށް އައިސްފިނަމަ، އެތެރެމަޑިވަރުގައި ހުރި ހުރިހައި މުދަލާއި،
ތަކެތި މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ބަދަލުވެ، ގެއްލުމުގެ ބަދަލު ލިބުމުގެ ޙައްޤު
ލިބިގެންވާނެކަމަށް ބަޔާންވެގެން އޮންނަކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1049
އިސްތިއުނާފުކުރެވިފައިމިވާ ނަންބަރު 2014/Cv-C/402 ޤަޟިއްޔާއާއި ގުޅިގެން
ވާހަކަތަކާއި ޝަރީޢަތުން ފާހަގަކުރައްވާފައިވާ ކަންކަމުގެ މައްޗަށް ބެލުމުން
މިދެފަރާތުގެ ދެމެދުގައި 05 މެއި 2006 މިތާރީޚުގައި ވެވުނު އެއްބަސްވުން ބާތިލުވެފައިވަނީ މޯލްޑިވްސް
ކޭޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކުޑަ ކަމެއްގެ ނަތީޖާއަކުން ނޫންކަން އެނގޭކަމާއި، މިހެންކަ
މިދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ އިޝާރާތްކުރެވުނު 30 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުން
.ވުން ބާތިލުވި ދުވަހުން ފެށިގެން އެތެރެމަޑިވަރުގައި ހުރި މުދަލާއި ތަކެއްޗަކީ މޯލްޑިވްސް
ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ތަކެތިކަން އެނގެން އޮންނައި
ބަދަލު ލިބުމުގެ
ޙައްޤަކީ މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ލިބި އޮންނާނެ ޙައްޤެއްކަމާއި،
މިގޮތުން
އއ.އެތެރެމަޑިވަރުގައި ހުރި މުދަލާއި، ތަކެތީގެ އަގުގެ ބަދަލެއްގެ ގޮތުން 43,610,717
/
51 ރ.
(ސާޅީސްތިން މިލިޔަން ހަލައްކަ ދިހަހާރ ހަތްސަތޭކަ ސަތާރަ ރުފިޔާ ފަންސާސް އެއްލާރި) އަކީ
ގެއްލުމުގެ ބަދަލުގެ ގޮތުން އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް
ދައްކަންޖެހޭ ފައިސާއެއްކަމަށް ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/1049 ޤަޟިއްޔާގައި މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑަށް ބަދަލު ލިބެންޖެހޭކަމަށް އޮތް
އޮތުމުގެ މައްޗަށާއި އިޝާރާތްކުރެވުނު އެއްބަސްވުމުގެ 30 ވަނަ މާއްދާ އޮތް ގޮތުގެ މައްޗަށް ރިޢާޔަތްކޮށް
ތެރެމަޑިވަރުގައި ހުރި މުދަލާއި ތަކެތީގެ އަގު ޝަރުޢީ އަގުކޮމެޓީ މެދުވެރިކޮށް އަގުކޮށް އެކޮމެޓީން
އެކުލަވާލާފައިވާ ރިޕޯޓުގެ މައްޗަށް ބަލައިގެން ކަން އެނގެން އޮންނައިރު، އެރަށުގައިވާ މުދަލާއި ތަކެތީގެ
އަގު ޝަރުޢީ އަގު ކޮމެޓީ މެދުވެރިވެގެން ކުރެވިފައިވަނީ އާދަމް ޢަބްދުލްޣަފޫރުގެ ވެސް ރުހުމާއި އެކު
އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުންވެސް މަންދޫބުން ބައިވެރިވެގެންކަން ހުށަހެޅިފައިވާ އަގުކޮމެޓީގެ ރިޕޯޓުން
އެނގެން އޮތްއިރު، މިރިޕޯޓުގައިވާ ޢަދަދުތައް ސައްޙަ ނޫންކަމަށް ބެލެވޭފަދަ ހަރުދަނާ ޙުއްޖަތްތަކެއް އާދަމް
ޢަބްދުލްޣަފޫރަށް ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.
14
13 0
ޢައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސްM
371
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
K.
މުނު ގޮތުގެ ޚުލާޞާ
2015/HC-A/287
(ދ) ހަތަރުވަނަކަމަކީ، މިމައްސަލަ ދަށުކޯޓުގައި ހިނގާދިޔައިރު، މައްސަލާގައި އިތުރަށް
ދައްކަންޖެހޭ ވާހަކަތައް ހުރިކަމަށް އާދަމް ޢަބްދުލްޣަފޫރު ޝަރީޢަތުގައި ބަޔާންކުރެއްވުމުންވެސް، އެފަދަ
ފުރުސަތެއް ދެވެންނެތްކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި
ޚިލާފަށް ސިވިލް ކޯޓުން ކޮށްފައިވާކަމެއްކަމަށް އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ފާހަގަކުރައްވާފައިވާ
ނުކުތާގެ މައްޗަށް ބަލާއިރު، މިމައްސަލައާއި ގުޅިގެން ދަށު ކޯޓުގައި ވާހަކަދެއްކުމާއި ހުށަހަޅަން ޖެހޭ
ލިޔުންތަކާއި ހެކިތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތު އާދަމް ޢަބްދުލްޣަފޫރަށް ދެވިފައިވާކަން އެނގެން
އޮންނަކަމާއި، ޢާއްމު އުސޫލެއްގެ ގޮތުން މައްސަލައިގައި ދެފަރާތުން ދައްކަންޖެހޭ ވާހަކަތައް ދައްކާ
ނިމުމަށްފަހު މައްސަލައިގެ އަޑުއެހުންތައް ނިންމާލުމުން އެމައްސަލައިގައި އިތުރު ވާހަކައެއް ދެއްކުމުގެ
ފުރުސަތު ނުދެވޭކަމާއި، އަދި މިފަދަ ފުރުސަތެއްދޭނަމަވެސް އެފުރުސަތު ދެވޭނީ އެފަދަ ފުރުސަތެއް
ދިނުމުގެ މަޤްބޫލު ސަބަބެއް އޮތްކަމަށް މައްސަލަ ބައްލަވައި ފަނޑިޔާރަށް ފެނިއްޖެ ޙާލަތުގައި އެކަނި
ކަމާއި، މިމައްސަލައިގައި ކަން ހިނގާ ގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، މިމައްސަލައިގައި ހުށަހެޅުނު
އަގު ރިޕޯޓާއި މެދު އިތުރު ބަޔާނެއް ހުށަހެޅުމުގެ ފުރުސަތު އާދަމް ޢަބްދުލްޣަފޫރަށް ދީފައިނުވާ ސަބަބު
މިމައްސަލަ ނިންމެވި ގޮތުގެ ރިޕޯޓުގެ 3.8 ގައި ފާހަގަކުރައްވާފައި އޮންނައިރު، އެ ފުރުސަތު އާދަމް
ޢަބްދުލްޣަފޫރަށް ދީފައިނުވަނީ އެފުރުސަތަށް އާދަމް ޢަބްދުލްޣަފޫރު އެދިފައިވަނީ މައްސަލައިގެ އަޑު އެހުން
ނިންމައި މައްސަލައިގެ ޙުކުމު ކުރަން އޮތް އަޑުއެހުމު
ހުމުގައިކަމަށްވެފައި، .ތެރެމަޑިވަރުގައި ހުރި
ތަކެތި ޝަރުޢީ އަގުކޮމެޓީން އަގުކުރުމަށްފަހު، އެރިޕޯޓާއި މެދު ބަސްބުނުމުގެ ފުރުސަތު
މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް ދެވުނު ފުރުސަތުގައި އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން
އަގުރިޕޯޓާއި މެދު އެއްޗެއް ބުނުމުގެ ބަދަލުގައި އެދިފައިވަނީ އެރަށް އެކުއަސަން އިންވެސްޓް ޕްރައިވެޓް
ލިމިޓެޑާއި ޙަވާލުކުރުމަށްކަމަށާއި އަދި އެކަމުގެ ސަބަބެއްގެ
އްގެ ގޮތުގައި ފާހަގަކޮށްފައިވަނީ "މައްސަލައިގައި
ހުށަހެޅިފައިވާ ހިސާބުތަކަށް ރިޢާޔަތްކުރުމުން ޝަރީޢަތަށް ޙުކުމެއް ކުރެވޭނެތީ" ކަމަށް ބުނިކަމުގައިވުމުން
އެކަންކަމުގެ
މައްޗަށް ރިޢާޔަތްކޮށް 05 ފެބުރުއަރީ 2015 ގައި ޝަރީޢަތުން އެރަށުގައިވާ އެންމެހައި
މުދަލުގެ މައްޗަށް އޮތް ބާރުވެރިކަން އާދަމް ޢަބްދުލްޣަފޫރަށް ލިބިދެވޭ ގޮތަށް ވަގުތީ އަމުރެއް ނެރެ
ފައިސަލާކުރެވުމުން އެރަށުގައިވާ މުދަލުގެ މައްޗަށް މޯލްޑިވްސް ކޭޕް ޕްރައިވެޓް ލިމިޓެޑުގެ ޙައްޤު
ނިމުމަކަށް އައިސްފައިވާއިރު، އެކަން އެފަދައިން ކޮށްފައިވަނީ އާދަމް ޢަބްދުލްޣަފޫރުގެ އެދުމުގެ
މަތިންކަމުގައިވާތީކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
މިމައްސަލައިގައި ކަން
ހިނގާގޮސްފައިވާ މިގޮތުގެ މައްޗަށް ރިޢާޔަތްކޮށް އާދަމް ޢަބްދުލްޣަފޫރަށް އިތުރު ބަޔާނެއް ހުށަހަޅަން
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 7
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/287
ފުރުސަތު ދެވެން ނެތްކަމަށް ސިވިލް ކޯޓުން ނިންމެވި ނިންމެވުމަކީ މިމައްސަލަ ނިންމެވުމުގައި ޝަރުޢީ
އަދި ޤާނޫނީ އުސޫލަކާއިވިޔަސް ޚިލާފުވުންކަމުގައި ބެލެވެންނެތްކަމެވެ.
ޏ ސ ޑ ތ
އދއމަކީ ފަރެ*
(ބ) ފަސްވަނަކަމަކީ، ޝަރުޢީ އަގުކޮމެޓީއިން އަގުކުރައްވާފައިވާ މުދާތައް އާދަމް
އަބްދުލްޣަފޫރަށް ހަވާލުވުމަށްފަހު އެތަކެތީގެ ހާލަތު ދެނެގަނެ، ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގެ 30
ވަނަ މާއްދާގެ ދަށުން އާދަމްއަބްދުލްޣަފޫރަށް ލިބިގެންވާ ހައްޤުތަކަށް ރިއާޔަތްކުރެއްވުމެއްނެތި މައްސަލަ
ނިންމަވާފައިވާ ކަމަށް އާދަމްޢަބްދުލްޣަފޫރުގެ ފަރާތުން ބުނެފައިވީ ނަމަވެސް، ޝަރުޢީ އަގުކޮމެޓީން
ދުރުގައި ހުރި މުދަލުގެ އަގުކުރުމަށްފަހު އެއަގާއި މެދު ވާހަކަދެއްކުމަށް އާދަމް
ޢަބްދުލްޣަފޫރަށް ދެވުނު ފުރުސަތުގައި އާދަމް ޢަބްދުލްޣަފޫރު ބުނެފައިވަނީ މައްސަލައިގައި ހުށަހެޅުނު
ހިސާބުތަކަށް ރިޢާޔަތްކޮށް މައްސަލައިގައި ޙުކުމެއް ކުރެވޭނެކަމަށް ކަމުގައިވުމުން މިއީ އެރިޕޯޓުގައި
އެހިނދަށް ހުރި ހިސާބުތަކާއިމެދު އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ވެފައިވާ އިޢުތިރާފެއްކަމުގައި
ބަލަންޖެހޭއިރު، އެފަދައިން ބުނި ބުނުމުގެ މައްޗަށް ރިޢާޔަތްކޮށް އއ. އެތެރެމަޑިވަރުގައި ހުރި މޯލްޑިވްސް
ކޭޕް ޕްރައިވެޓް ލިމިޓެޑުގެ މުދަލުގެ ބާރުވެރިކަން އާދަމް ޢަބްދުލްޣަފޫރަށް ލިބި ގޮސްފައިވާއިރު ޝަރުޢީ
އަގުކޮމެޓީން އެރަށުގައިވާ މުދަލާއި، ތަކެތި އަގުކުރުމަށްފަހު، އެރަށުގައި ހުރި މުދަލަށް މޯލްޑިވްސް ކޭޕް
ޕްރައިވެޓް ލިމިޓެޑުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެފަދަ ގެއްލުމެއްގެ ބަދަލު ހޯދަން އެދި ވަކި
ދަޢުވާއެއް ކުރުމުގެ ޙައްޤު އާދަމް ޢަބްދުލްޣަފޫރަށް ލިބިގެންވާކަމަށް މިމައްސަލަ ނިންމެވުމުގައި ސިވިލް
ކޯޓުން ފާހަގަކުރައްވާފައިވާކަން
ވާކަން އެނގެން އޮތުމުން
މިމައްސަލަ ނިންމާފައިވަނީ ދެފަރާތުގެ ދެމެދު އޮތް
ވަނަ މާއްދާގެ ދަށުން އާދަމް އަބްދުލްޣަފޫރަށް ލިބިގެންވާ ހައްޤުތަކަށް
ރިއާޔަތްކުރެއްވުމެއްނެތި ކަމުގައި
04
82ށ 5232
އއބފަ32
30
/ ތތ 3 ، 4
3
2
4
3
2
2
2
2
ންބޮލެވޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/402 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އާދަމް ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން
4 6/21 0 s
ނުކުމެ ޤައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 7
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
2015/HC-A/287
eގ
މުނު ގޮތުގެ ޚުލާޞާ
ޙުކުމް:-
ހއ 2
3
4
3
2
@9ނކރފަނ
ހއ ހއ ހތ
ކނބއއ
22 6
3034
ދެންފަހެ، އިސްވެ
މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv-C/402 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އާދަމް
ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހެޅި
ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ވިޔަސް ފެންނަން ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/402 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް
ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv