ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/344 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 344/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: މަރުޝިޔާ
ދާއިމީ އެޑްރެސް: ފ.ފަހަލަ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ޙަމީދު
* ދާއިމީ އެޑްރެސް: މއ.ހިއުސްޓަން/ މާލެ
* އައިޑީކާޑު ނަންބަރު: A081132
* މިހާރުގެ އެޑްރެސް: ފ.އައިދު މާލެ
•
| އައިޑީކާޑު ނަންބަރު: A054508
މިހާރުގެ އެޑްރެސް: މ.ކުރިބީލޮޖް މާލެ
ނިމުނު ތާރީޚް: 29 ނޮވެންބަރު 2016
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 އޮކްޓޯބަރު 2015
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2015/HMC/160
ނިންމި ކޯޓް: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: އެއްބަސްވުން ދެމެހެއްޓުމަށް
ހުށަހެޅި ތާރީޚް: 23 އެޕްރީލް 2015
* ނިމުނު ތާރީޚް: 20 އޯގަސްޓް 2015
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު އަބްދުﷲ ޙަމީދު، ފަނޑިޔާރު އަލީ ސަމީރު
33/
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j5/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
ހުޅުމާލެ
މިއީ، މުލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/HMC/160 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހ.ފަހަލަ މަރުޝިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ މއ.ހިއުސްޓަން އަޙްމަދު ޙަމީދެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/HMC/160 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ،
އެ ޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ހ.ފަހަލަ މަރުޝިޔާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/HMC/160 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ހ.ފަހަލަ މަރުޝިޔާއަށް ހުޅުމާލެއިން ލިބިފައިވާ ފްލެޓް
ނަންބަރު 06-3-6 ގެ 4 ކޮޓަރި އެޕާޓްމަންޓް 30 ޖޫން 2009 އިން 1 ޖުލައި 2012 އަށް (03 އަހަރު
ދުވަހުގެ މުއްދަތަށްމަހަކު 7000ރ (ހަތްހާސް ރުފިޔާ) އަށް އއ.ހިއުސްޓަން އަޙްމަދު ޙަމީދުއަށް
ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުއްޔަށްދީ، ކުއްޔަށް ދިން މުއްދަތު 2012 ޖުލައި 01
އަށް ހަމަވާނެތީ އެތާރީޚުން ފެށިގެން 01 އަހަރަށް ލީސް އެގްރިމެންޓްގެ މުއްދަތު އިތުރުކޮށް އަދި މި އިތުރު
ކުރެވުނު 01 އަހަރު ދުވަހުގެ މުއްދަތު 2013 އަށް ހަމަވާތީވެ، ލީސް އެގްރިމެންޓްގެ މުއްދަތު އިތުރު 4
އަހަރަށް (1 ޖުލައި 2013 އިން 01 ޖުލައި 2017) ނިޔަލަށް އިތުރުކޮށް އެ މުއްދަތަށްޓާޖޭގެއީ
ދައްކާފައިވާތީ ލީސް އެގްރިމެންޓްގެ މުއްދަތު 01 ޖުލައި 2017
2x 2 2 4 8 6
COOC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
20j5/HC-A/344
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
8 0 4
އިތުރުކޮށްފައިވާކަމާއި، މި މުއްދަތުގެ ނިޔަލަށް ލީސް އެގްރިމެންޓްގެ ދަށުން އަޙްމަދު ޙަމީދުއަށް ލިބިގެންވާ
އެންމެހާ ޙައްޤުތައް ލިބިގެންވާކަމަށް ކަނޑައަޅުއްވާ އެއްބަސްވުން ދެމެހެއްޓުމަށް އެދި ހ.ފަހަލަ މަރުޝިޔާގެ
މައްޗަށް މއ.ހިއުސްޓަން އަޙްމަދު ޙަމީދުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ހ.ފަހަލަ މަރުޝިޔާ އާއި މއ.ހިއުސްޓަން އަޙްމަދު
ޙަމީދުއާއި ދެމެދު 30 ޖޫން 2009 ގައި ވެވުނު އެއްބަސްވުމުގެ މުއްދަތު 01 ޖުލައި 2012 އަށް
ހަމަވާނެތީ، އިތުރު އެއް އަހަރަށް ލީސް އެގްރީމެންޓްގެ މުއްދަތު އިތުރުކޮށް މަހަކު 6000ރ (ހަ ހާސް
ރުފިޔާ) ގެ މަގުން 01 (އެކެއް) އަހަރު ދުވަހުގެ ކުލީގެ ފައިސާ އެޑްވާންސްކޮށް މަރުޝިޔާގެ ފަރާތުން
ބަލައިގަނެ ބުނެވިދިޔަ އެއްބަސްވުމަށް މި ދެންނެވި އިޞްލާޙު ގެނެވުނުކަމަށް ދެފަރާތުގެ ބަހުން އެނގޭތީއާއި
ދެފަރާތު ދެމެދުގައި އެއްބަސްވެވުނު ލީސް އެގްރިމެންޓަށް އިތުރުކުރި 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތު
01 ޖުލައި 2013 އަށް ހަމަވާނެތީ، ބުނެވިދިޔަ ލީސް އެގްރިމެންޓް 1 ޖުލައި 2013 އިން 01 ޖުލައި
އިތުރު 04 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށް ލީސް އެގްރިމެންޓްގެ ދަށުން
6000ރ (ހަ ހާސް ރުފިޔާ) ގެ މަގުން 04 (ހަތަރެއް) އަހަރު ދުވަހުގެ ކުލީގެ ފައިސާ 288000.00ރ
(ދެލައްކަ އަށްޑިހަ އަށްހާސް ރުފިޔާ) އެކީ އެއްފަހަރާ އެޑްވާންސްކޮށް އަޙްމަދު ޙަމީދުގެ ފަރާތުން މަރުޝިޔާ
ހަވާލުވެފައިވާއިރު، ބުނެވިދިޔަ ފައިސާ ޙަވާލުވެ ފައިސާ ނަގާފައިވަނީ ލީސް އެގްރިމެން
.ގްރިމެންޓްގެ ދަށުން ކަމާއި
އަދި އެއީ އަޙްމަދު ޙަމީދު އާއި މަރުޝިޔާ އާއި ދެމެދު ވެވިފައިވާ އެއްބަސްވުމަށް ގެނެވުނު އިސްލާހެއް
ނޫންކަމާއި ފައިސާ ހަވާލުވި ލިޔުމުގައި އެއްބަސްވުމާ ބެހޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާނެކަމާއި، އަދި
އެއްބަސްވުން އައު ކުރެވިފައިވެސް ނުވާކަމާއި، ނަމަވެސް ދަޢުވާކުރާ އަޙްމަދު ޙަމީދުގެ އެދުމުގެމަތިން
ދެފަރާތުގެ ދެމެދުގައި ކުރިން އެކުލަވާލެވުނު އެއްބަސްވުމަށް ޙަވާލާދިނުމަކާއި ނުލައި ހުޅުމާލެއިން މަރުޝިޔާއަށް
ލިބިފައިވާ ބުނެވިދިޔަ ފުލެޓުގެ 03 ވަނަ ފަންގިފިލާގެ 06 ވަނަ ފުލެޓް ކުއްޔަށް ދިނުމަށް ލިޔުމެއް
އެކުލަވާލެވުނުކަމާއި މި ލިޔުމުގައި ސޮއިކޮށް އެޑްވާންސް ފައިސާއާއި ޙަވާލުވިކަމާއި، އެލިޔުން އެކުލަވާލި އިރު
އެއްބަސްވުމުގެ މައިގަނޑު އުޞޫލަކީ ކުއްޔަށް ދޫކުރި ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި
2017 އަށް
ން މަހަކު
ނޫން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/344
4 6 8 2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނިމުމަކަށް ގެނެސް ކުއްޔަށް ދޫކުރާ ފަރާތާ ތަން ޙަވާލުކުރުން ކަމުގައި މަރުޝިޔާ ޝަރީޢަތުގައި ބުނާއިރު
އަޙްމަދު ޙަމީދުއާއި މަރުޝިޔާގެ ދެމެދުގައި ކުރިން އެކުލާވާލެވުނު އެއްބަސްވުމަށް ޙަވާލާދިނުމަކާ ނުލައި
ހުޅުމާލެއިން މަރުޝިޔާއަށް ލިބިފައިވާ ބުނެވިދިޔަ ފުލެޓުގެ 3 ވަނަ ފަންގިފިލާގެ 06 ވަނަ ފުލެޓް ކުއްޔަށް
ދޫކުރުމަށް ލިޔުމެއް އެކުލަވާލައި މި ލިޔުމުގައި ސޮއިކޮށް އެޑްވާންސް ފައިސާއާއި ޙަވާލުވެފައިވަނީ
ކުއްޔަށްދޫކުރި ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި އެއްބަސްވުން ނިމުމަކަށް ގެނެސް ކުއްޔަށް ދޫކުރާ ފަރާތާއި
ތަން ޙަވާލުކުރަންޖެހޭ ގޮތަށް ކަމުގައި މަރުޝިޔާގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ،
ހ.ފަހަލަ މަރުޝިޔާ އާއި މއ.ހިއުސްޓަން އަޙްމަދު ޙަމީދު އާއި 30 ޖޫން 2009 ގައި
ވެވުނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބުނެވިދިޔަ ލީސް އެގްރިމެންޓް 01 ޖުލައި 2013 އިން
01 ޖުލައި 2017 އަށް އިތުރު 04 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށް 14 އެޕްރީލް 2013
ގައި މަރުޝިޔާގެ ފަރާތުން 04 އަހަރު ދުވަހު ކުލީގެ އެޑްވާންސް ފައިސާ ޙަވާލުވެފައިވާކަން ދެފަރާތުގެ
ބަހުންނާއި ހުށަހެޅި ލިޔުމުން އެނގޭތީއާއި އަދި ކޮންޓްރެކްޓަކީ އެ ކޮންޓްރެކްޓެއް އޮންނަންވީ ގޮތް ޤާނޫނު
އެހެން ގޮތަކަށް ކަނޑަނާޅާނަމަ ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމް އެއްޗެއް ނޫން ކަމުގައި ދިވެހިރައްޖޭގެ
ކޮންޓްރެކްޓާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 4/91) ގެ 4 ވަނަ މާއްދާއިން ސާފުކޮށް އެނގޭ ހިނދު
ހ.ފަހަލަ މަރުޝިޔާ އާއި މއ.ހިއުސްޓަން އަޙްމަދު ޙަމީދު އާއި ދެމެދު 30 ޖޫން 2009 ގައި ވެވުނު
އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ބުނެވިދިޔަ ލީސް އެގްރިމެންޓް 01 ޖުލައި 2013 އިން 01
ޖުލައި 2017 އަށް އިތުރު 04 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށް 14 އެޕްރީލް 2013 ގައި
4 އަހަރު ދުވަހުގެ ކުލީގެ ފައިސާއާއި ޙަވާލުވެ މަރުޝިޔާ ސޮއިކުރި ސޮއިކުރުމަކީ މި ދެފަރާތުގެ ދެމެދުގައި
ވެވި ހިނގަމުންދާ އެއްބަސްވުމަށް އިތުރު 4 އަހަރު ދުވަސް އިތުރުކޮށް އެއްބަސްވުން ދެމިގެން ދިއުމަށް ވެވުނު
އެއްބަސްވުމެއް ކަމުގައި ކަނޑައަޅައި ބުނެވިދިޔަ އެއްބަސްވުން 01 ޖުލައި 2017 އަށް ދެމިގެންދާނެކަމާއި،
މުއްދަތުގައި މަރުޝިޔާގެ ފަރާތުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް އަދާކުރުމަށް ފަރުޣާޔާޘުގެ
އަންގަވައި އެގޮތުގެމަތިން ޙުކުމް ކުރައްވައިކަން އެނގެން އޮންނަކަމެވެ.
OOOX
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/344
3- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/HMC/160 ޤަޟިއްޔާ އެ ކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހ.ފަހަލަ މަރުޝިޔާގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި، އެނުކުތާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާއަކީ:-
ޤާނޫނު ނަންބަރު 14/2010 (ދިވެހިރައްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ
މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމަށް އެންމެ ފުރިހަމަ
ގޮތުގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/HMC/160 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ހ.ފަހަލަ މަރުޝިޔާގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅޭ ގޮތުން މަރުޝިޔާއާއި
މިއިސްތިއުނާފް ދަޢުވާރައްދުވާ މއ.ހިއުސްޓަން އަޙްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ހުޅުމާލެއިން 04 ކޮޓަރީގެ ނަންބަރު 06-03-06 ފްލެޓް ކުއްޔަށް
ދޫކުރުމަށްޓަކައި ކ.ފަހަލަ މަރުޝިޔާއާއި މއ.ހިއުސްޓަން އަޙްމަދު ޙަމީދުއާ ދެމެދު 30 ޖޫން 2009 ގައި
އެއްބަސްވުމެއް ވެވިފައިވާކަމާއި، އެ އެއްބަސްވުމުގެ މުއްދަތަކީ 03 (ތިނެއް) އަހަރުކަމާއި، އެ މުއްދަތު ހަމަވާ
ތާރީޚަކީ 30 ޖޫން 2012 ކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބެލުމުން
އޮންނަކަމާއި، 30 ޖޫން 2009 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 1
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/344
،
ހޮ
(އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އިސްވެ ދެންނެވުނު އެޕާޓްމަންޓް ކުއްޔަށް ދިނުމަށްޓަކައި 24 ޖަނަވަރީ
2010 ގައި މިދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެވިފައިވާކަމާއި، މި އެއްބަސްވުމަކީ ކުރިން ވެވުނު
އެއްބަސްވުން އިޞްލާޙުކޮށް ކުއްޔަށްދިނުމުގެ މުއްދަތާއި ކުއްޔަށްދޭ އަގު ބަދަލުކުރުމަށް ވެވިފައިވާ
އެއްބަސްވުމެއްކަން އެނގެން އޮންނަކަމާއި އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 30 ޖޫން 2013
ކަން އެނގެން އޮންނަހިނދު،
30 ޖޫން 2013 ގައި އެއްބަސްވުމުގެ މުއްދަތު ހަމަވާތީ 14 އޭޕްރީލް 2013 ގައި އެއްބަސްވުމުގެ
މުއްދަތު 04 (ހަތަރެއް) އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރެވިފައިވާ ކަމާއި، މި އެއްބަސްވުމުގެ މުއްދަތު
ހަމަވާ ތާރީޚަކީ 01 ޖުލައި 2017 ކަން މި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް ބެލުމުން
އެނގޭކަމާއި، އެ 4 އަހަރުގެ ދުވަހުގެ މުއްދަތަށްވާ ފައިސާ މަހަކު-/6000 (ހަ ހާސް ރުފިޔާ) ގެ މަގުން
ޖުމްލަ -/288,000ރ (ދެ ލައްކަ އަށްޑިހަ އަށްހާސް ރުފިޔާ) އެޑްވާންސްކޮށް އެކީ އެއްފަހަރާ ޗެކަކުން 14
އެޕްރީލް 2013 ގައި މަރުޝިޔާއާ ޙަވާލުކުރެވިފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތް
ހިނދު، އެފައިސާ ހަމައަށް މަރުޝިޔާއަށް ލިބިފައިވާކަން އެފަރާތުގެ ޞައްޙަ އިޢުތިރާފުން އެނގެން
#
2 ދަޚި$$
އޮންނަކަމެވެ.
4 0
(ނ) ދެވަނަ ކަމަކީ: މަދަނީ މައްސަލަތަކުގައި ޚަޞްމުންގެ ދައުރަކީ އީޖާބީ ދައުރެއްކަމާއި އަދި
ޚަސްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހާ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުގެ
ފުރުސަތު ކޯޓުން ޚަސްމުންނަށް ފަހިކޮށްދޭންވާނެކަމާއި، މިފަދަ ޙައްޤަކުން ޚަސްމަކު މަޙުރޫމްކުރު
މަޙުރޫމްކުރުމަކީ މަތީ
މަރުޙަލާއެއްގައި މައްސަލަ އިސްތިއުނާފުކުރެވިދާނެ ޤާނޫނީ ސަބަބެއްކަން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ 02/SC
-
A/2010 ޤަޟިއްޔާގައި ފާހަގަ ކުރައްވާފައިވާ ކަމާއި،
މިހެންކަމުން ޚަސްމުންގެ ފަރާތުން ހުށަހަޅާ އެންމެހާ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޑިވިއަން
ށަހެޅުމުގެ
ފުރުސަތު ކޯޓުން ފަހިކޮށްދިނުމަކީ ކޯޓުތަކުން ކުރަން ޖެހޭނެކަމެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
20j5/HC-A/344
=ދ ތ 8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚަސްމުންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން މައްސަލައާއި ގުޅުންހުރީ ކޮން
ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ސާބިތުކުރުމުގެ
ރުމުގެ ބޭނުމުގައިކަން މައްސަލަ ބައްލަވާ ފަނޑިޔާރަކު
ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި ބަލައި ނުގަނެވޭނެ ހެކިތައް އަދި ޝަރީޢަތަށް
ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން
ކަނޑައެޅިދާނެކަމާއި،
ނަމަވެސް ޚަސްމުންގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން
ބަލައިގަނެވެންނެތް ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެންނެތް ހެކި ހުރިނަމަ އެކަން އެގޮތަށް
ނިންމަންޖެހުނު ސަބަބެއް މައްސަލަ ބައްލަވާ ފަނޑިޔާރު، އެމައްސަލައެއްގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގައި ފާހަގަ ކުރައްވަންޖެހޭނެކަމާއި އަދި ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައި ވެސް ވާންޖެހޭނެކަން އެނގެން
އޮންނަކަމާއި،
ދ.ފަހަލަ މަރުޝިޔާގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
މަރުޝިޔާގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގެ ދިފާޢުގައި ބުނާބުނުން ސާބިތުކޮށްދިނުމަށްޓަކައި މަރުޝިޔާގެ
ފަރާތުން ހެކިންގެ ގޮތުގައި ހ.އައިދަށް އިބްރާހީމް ވަޙީދު އާއި މއ.ހަނދުވަރީވިލާ އިމްތިޔާޒް ޞާދިޤް
ޝަރީޢަތުގެ މަޖިލިސް އަށް ޙާޟިރުކޮށްދިނުމަށް އެދިފައިވާކަން އެނގޭކަމާއި، މިދެހެކިންގެ ތެރެއިން އިބްރާހީމް
ވަޙީދު ހެއްކެއްގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައިވާއިރު، އިމްތިޔާޒް ޞާދިޤް ހެއްކެއްގެ
ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވިފައިވާކަން އެނގެން ނެތްކަމާއި، އަދި އިމްތިޔާޒް ޞާދިޤް
ހެއްކެއްގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުނުކުރެވުނު ސަބަބެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައި ނުވުމަކީ އިސްވެ ބުނެވުނު ސުޕްރީމް ކޯޓުގެ
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލާ އެއްގޮތަށް ކުރެވިފައިވާ
ފާހަގަކުރެވޭއިރު
ދ ޑ 8
9
8 ހއ
ސައެންންކުރޭ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
20j5/HC-A/344
މިމައްސަލައިގައި މަރުޝިޔާގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ހ.އައިދަ
އިބްރާހީމް ވަޙީދު ހެއްކެއްގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރުވުމަށް މަރުޝިޔާ އެދިފައިވަނީ،
މަރުޝިޔާއާއި އަޙްމަދު ޙަމީދުއާ ދެމެދު އިސްވެ ދެންނެވުނު އެޕާޓްމަންޓް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާ
ގޮތް އެފަރާތަށް އެނގޭނެތީކަމަށް މަރުޝިޔާގެ ފަރާތުން ބުނެ އެކަން ޝަރީޢަތަށް ސާބިތުކޮށް ދިނުމަށްކަން
އެނގޭއިރު، ގ.ލިޓޯނިޔާ/ ހ.އައިދަ، އިބްރާހީމް ވަޙީދުގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް 14 އެޕްރީލް 2015 ގައި ދީފައިވާ ބަޔާނަށް ބަލާއިރު، ހުޅުމާލެއިން މަރުޝިޔާއަށް ލިބިފައިވާ
ފްލެޓް ކުއްޔަށް ދިނުމަށްޓަކައި ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާކަމަށާއި، މަރުޝިޔާ އެ ފްލެޓް
ބޭނުންވެގެން އުޅޭކަމަށާއި، ކުއްޔަށް ދީފައިވާ ފްލެޓް ދިނުމަށް އަޙްމަދު ޙަމީދު އެއްބަސްވެފައިވަނީ އިތުރަށް
އޮތް ދުވަސްތަކުގެ ފައިސާއާއި، އިންޓްރެސްޓަށް އަރާފައިވާ ފައިސާ އަޙްމަދު ޙަމީދުއަށް ދިނުމަށްފަހު ތަން
ޙަވާލުކުރާ ގޮތަށް ކަމަށާއި، މި އެއްބަސްވުމާއި އެއްގޮތަށް ބާކީ އަޙްމަދު ޙަމީދުއަށް ދޭންޖެހޭ ފައިސާއާއި
އިންޓްރެސްޓަށް އަރާފައިވާ ފައިސާ ދިނުމަށް މަރުޝިޔާ އެއްބަސްވެފައި ވާކަމަށް" އެފަރާތުން ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު، މަރުޝިޔާގެ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރެވުނު މި ހެއްކަކީ އެފަރާތުގެ ކުރީގެ
ފިރިމީހާއަށް ވެފައި އެދެމީހުންނަށް ދަރިން ތިބިކަމާއި، އަދި އެފަރާތަކީ މި މައްސަލައިގައި މަޞްލަޙަތު އޮތް
ފަރާތަކަށް ވާތީ އެފަރާތުގެ ހެކިބަހަށް ރިޢާޔަތް ކުރެވިފައި ނުވާކަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2015/HMC/160 ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާއަށް ބެލުމުން އެނގެން
އޮންނަކަމާއި، އެހެންކަމުން މަރުޝިޔާގެ ފަރާތުން ހުށަހަޅާފައިވާ އަނެއް ހެކި ދަށު ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކޮށް އޭނާއާ އެއްކޮޅަށް ހެކިބަސްދިންކަމުގައިވީނަމަވެސް، މި މައްސަލާގައި ލިޔެކިޔުމުން
ފެންނަން ހުރި ޙަޤީޤަތްތައް ހަމައެކަނި އޭނާގެ ހެކިބަހުން ބަދަލުކުރެވި ދާނެކަމަށް ނުފެންނާތީ އޭނާގެ ހެކިބަސް
ޝަރީޢަތުން ނަންގަވާފައިނުވުމަކީ ހަމައެކަނި އެސަބަބުގެ މައްޗަށް ބިނާކޮށް މި މައްސަލާގައި ދަށު ކޯޓުން
ނިންމާފައިވާ ނިންމުން ބަދަލު ކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ގޮތުން ހަރުދަސާސާބެއްވަ
ޤަބޫލުނުކުރެވޭ ކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3336471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/344
)
ހެންކަމުން، ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/HMC/160 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމުމަށް ބަދަލު
ގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv