ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/404 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/404
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 404/HC
-
A/2015
އިސްތިއުނާފުކުރި ފަރާތް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
ދާއިމީ އެޑްރެސް: އޭޖީ އޮފީސް މާލެ
* މިހާރުގެ އެޑްރެސް: އޭޖީ އޮފީސް މާލެ
E
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: ހިޔަލީގެ/ ސ. ފޭދޫ
ރެޖިސްޓްރޭޝަން ނަންބަރު: 98
/
2007-C
* މިހާރުގެ އެޑްރެސް: ބަގީޗާ ވިލާ/ ސ. ފޭދޫ
، ނިމުނު ތާރީޚް: 23 ނޮވެންބަރު 2016
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ޑިސެންބަރު 2015
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2015/Cv
-
C/172
0
ނިންމި ކޯޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 20 ޖަނަވަރީ 2015
* ނިމުނު ތާރީޚް: 08 އޮކްޓޯބަރު 2015
ދިވެހިރާއްޖޭގެ
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
20j5/HC-A/404
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.ދަޢުވާގެ ޚުލާޞާ
0
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/172 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
CCCO
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ.
0
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/172 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެޓަރނީ ޖެނެރަލްގެ އޮފީސް)ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/172 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް
ނެގުމުގެ ޤާނޫނު) ގެ ދަށުން، އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން މުދަލާއި ޚިދުމަތުގެ އަގުން ނެގޭ
ޓެކްސް (މީގެ ފަހުން "ޖި.އެސް.ޓީ") ގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖުމްލަ -/208,043 ރ.
(ދެލައްކަ އަށް ހާސް ސާޅިސް ތިން ރުފިޔާ) އާއި، ކަނޑައެޅިފައިވާ ތާރީޚަށް ޤާނޫނާއި އެއްގޮތްވާ ގޮތުގެ
މަތިން ޖީ.އެސް.ޓީ ދައްކާފައިނުވުމުން 26 ނޮވެންބަރު 2014 ކޯޓަށް މައްސަލަ ވެއްދި ތާރީޚް) އާ
ހަމައަށް ކުރެވިފައިވާ ޖޫރިމަނާގެ ޖުމްލަ -/65,140ރ (ފަސްދޮޅަސް ފަސް ހާސް އެއްސަތޭކަ
ރުފިޔާ) އާ އެކު މުޅި ޖުމްލަ -/
273,183ރ. (ދުއިސައްތަ ހަތްދިހަ ތިން ހާސް އެއްސަތޭކަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/404
ރުފިޔާ) އާއި، ކޯޓުގައި މިމައްސަލަ ހިނގަމުންދާ މުއްދަތުގެ ތެރޭގައި މިދަޢުވާގައި ބަޔާންކޮށްފައިވާ އަރަމުންދާ
ޖުރިމަނާގެ ޢަދަދުތައް ހިމެނޭ ގޮތުން ޖުމްލަ ނުދައްކައިވާ ފައިސާ އެއްފަހަރާ ހޯދުމަށް އައްޑޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދިވެހި ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހެޅުން
ބެލެވިފައިވާ ޤަޟިއްޔާ
ޝިއެޔާއިއ
ކަމާއި،
އެ
4 *
.
UCO
ޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، ކަމާބެހޭ ޤާނޫނުތަކަށް ރިޢާޔަތްކޮށް ބަލާއިރު، ދަޢުވާލިބޭ އައްޑޫ ހޯލްޑިންގްސް
ޕްރައިވެޓް ލިމިޓެޑަކީ ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)ގެ
51 ވަނަ މާއްދާގެ ދަށުން ޖީ.އެސް.ޓީ ދައްކަން ޖެހޭ ފަރާތެއްގެ ގޮތުގައި 20 އޮކްޓޯބަރު 2011 ގައި،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއްކަމާއި، މިގޮތުން
ބުނެވިދިޔަ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން، ކޮންމެ 03 (ތިނެއް) މަހުން 01 (އެކެއް)
ފަހަރު މީރާއަށް ޖީ.އެސް.ޓީ ބަޔާން ހުށަހަޅަންޖެހޭ ފަރާތެއްކަމާއި، މިގޮތުން 2011 އޮކްޓޯބަރ އިން ފެށިގެން
2012 ޑިސެންބަރ ގެ ނިޔަލަށް ދަޢުވާލިބޭ ފަރާތުން މީރާއަށް ހުށަހަޅާފައިވާ ޖީ.އެސް.ޓީ ބަޔާންތަކުގައި
ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހެނީ -/3,268ރ (ތިންހާސް ދުއިސައްތަ ފަސްދޮޅަސް އަށެއް ރުފިޔާ) ކަމަށް،
ދަޢުވާލިބޭ ފަރާތުން ކަނޑައަޅާފައިވާއިރު، މި ޢަދަދު ހިސާބު ކޮށްފައިވަނީ ރަނގަޅަށްތޯ ބެލުމުގެ ގޮތުން،
މީރާގެ ފަރާތުން ދަޢުވާލިބޭ ފަރާތް އޮޑިޓްކޮށް ބެލިއިރު، 2011 އޮކްޓޯބަރ އިން ފެށިގެން 2012
ޑިސެންބަރުގެ ނިޔަލަށް، ޓެކްސްގެ ގޮތުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ޞައްޙަ
އަދަދަކީ -/211,311ރ (ދުއިސައްތަ އެގާރަ ހާސް ތިންސަތޭކަ އެގާރަ ރުފިޔާ) ކަން، ދަޢުވާ ކުރާ ފަރާތުން
ހުށަހަޅާފައިވާ އޯޑިޓް ރިޕޯޓުން އެނގެން އޮންނާތީ، މި ޢަދަދުގެ ތެރެއިން އިސްވެ ބުނެވުނު މުއަދަތުގައި
ޓެކްސް ގެ ގޮތުގައި ދައްކަން ޖެހޭކަމަށް ދަޢުވާލިބޭ ފަރާތުން ކަނޑައަޅާފައިވާ -/3,268ރ (ތިންހާސް
ދުއިސައްތަ ފަސްދޮޅަސް އަށެއް ރުފިޔާ) ކެނޑުމުން، ބާކީއޮތް -/208,043ރ (ދުއިސައްތަ އަށް ހާސް
ސާޅީސް ތިނެއް ރުފިޔާ) އަކީ، އިސްވެ ބުނެވުނު މުއްދަތުގައި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ތެދާ
ހައިކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/44
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޓެކްސްގެ ގޮތުގައި އިތުރަށް ދައްކަންޖެހޭ ފައިސާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މި
ފައިސާ އާއި،
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ)
ގެ ދަށުން ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ހިނގާ ކޮންމެ ދުވަހަކަށް، ޓެކްސް ގެ ގޮތުގައި ދައްކަންޖެހި
ނުދައްކައި އޮތް ޢަދަދުގެ %0.05 (ސުމެއް ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) ގެ ނިސްބަތުން ޖުރިމަނާގެ
ގޮތުގައި 2011 އޮކްޓޯބަރ އިން ފެށިގެން 26 ނޮވެންބަރު 2014 ގެ ނިޔަލަށް ދައްކަންޖެހޭ -/65,140ރ
(ފަސްދޮޅަސް ފަސް ހާސް އެއްސަތޭކަ ސާޅީސް ރުފިޔާ) އާއި، އަދި 27 ނޮވެންބަރު 2014 އިން ފެށިގެން މި
މައްސަލާގައި ޙުކުމް ކުރާ ތާރީޚާއި ހަމައަށް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ
66 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، މި އެންމެހައި ފައިސާއަކީ،
ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު
3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން، ދަޢުވާ ލިބޭ އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހި ނުދައްކާ އޮތް ފައިސާއެއް ކަމުގައި ކަނޑައަޅުއްވައި،
ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު)ގެ
ދަށުން، 2011 އޮކްޓޯބަރ އިން ފެށިގެން 2012 ޑިސެންބަރުގެ ނިޔަލަށް، ޓެކްސްގެ ގޮތުގައި ދަޢުވާލިބޭ
ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހި ނުދައްކާ އޮތް -208,0431ރ (ދުއިސައްތަ އަށް ހާސް ސާޅީސް
ތިނެއް ރުފިޔާ) އާއި، ޤާނޫނާއި އެއްގޮތަށް ޓެކްސް ދައްކާފައި ނުވާތީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް
ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖުރިމަނާގެ ގޮތުގައި، 2011 އޮކްޓޯބަރ
އިން ފެށިގެން 26 ނޮވެންބަރު 2014 ގެ ނިޔަލަށް ދައްކަންޖެހޭ -/65,140ރ (ފަސްދޮޅަސް ފަސް ހާސް
އެއްސަތޭކަ ސާޅީސް ރުފިޔާ) އާއި، އަދި 27 ނޮވެންބަރު 2014 ޤަޟިއްޔާގައި ޙުކުމް ކުރުމާ ހަމައަށް
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން
ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި މި އެންމެހައި ފައިސާ، ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެތީގޮތުން މައިގަ
ހު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/404
މިއަދު 08 އޮކްޓޯބަރު 2015 އިން ފެށިގެން މީލާދީ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ދަޢުވަކުރާ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށް، ދަޢުވާ ލިބުނު އައްޑޫ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުއަށް އަންގައި އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި
ޙުކުމްކޮށްކަން އެނގެން އޮންނަކަމެވެ.
2=
3- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/172 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން 02 (ދޭއް) ނުކުތާ
ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/172 ޤަޟިއްޔާ
ނިންމުމުގައި އައްޑޫ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން އިސްތިއުނާފް ރައްދުވާ ފަރާތް) އިން
ދައުލަތަށް ދައްކަންޖެހޭ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (މީގެ ފަހުން ޖީ.އެސް.ޓީ) ނުދައްކައިގެން
އަރާފައިވާ ޖޫރިމަނާ މައްސަލައިގެ ޙުކުމްކުރި ތާރީޚާ ހަމައަށް އަރާފައިވާ ޖޫރިމަނާއެއްގެ ގޮތުގައި ކަނޑައަޅައި
މައްސަލަ ނިންމާފައިވަނީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 66 ވަނަ
މާއްދާގެ (ށ) އާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/172 ޤަޟިއްޔާ
ނިންމެވުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސް ކުރުމަށް ކޯޓުން
ޙުކުމްކުރި ތާރީޚް ކަމަށްވާ 08 އޮކްޓޯބަރު 2015 އިން ފެށިގެން 06 މަސް ދުވަހުގެ މުއްދަތު ދީފައިވަނީ
މީގެ ކުރިން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި އިސްތިޤްރާރު ވެފައިވާ ޤާނޫނީ އުޞޫލަތެއް ނި
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/404
4- ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/172 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން މީރާގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ އައްޑޫ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ
ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ،
ދިވެހިރާއްޖޭގެ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި އެކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް
ކަނޑައަޅައި ބަޔާންކޮށްދޭ ޤާނޫނުކަމާއި، އެ ޤާނޫނުގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ގެ ނަމުގައި މިނިވަން މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚްބެއް އުފެދިފައިވާކަމާއި، އެޤާނޫނުގެ ދަށުން،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް، ދިވެހިރާއްޖޭގައި ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު
އެކުލަވާލައި އެކަމަށް ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅައި ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާއިރު،
އެޒިންމާ އަދާކުރުމަށްޓަކައި ޤާނޫނުން ބޮޑެތި ބާރުތަކެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް
ލިބިދީފައިވާކަން އެނގޭކަމާއި، އެގޮތުން ޓެކްސް ދައްކަންޖެހޭ ފަރާތްތައް ކަނޑައެޅުމާއި، ޓެކްސް ދައްކާ
ފަރާތްތަކުން ޓެކްސްގެ ގޮތުގައި ދައްކާ މިންވަރަކީ، ރަނގަޅު އަދަދެއްތޯ ބެލުމާއި، ޓެކްސް ދައްކާ ފަރާތްތައް
އޮޑިޓްކުރުމާއި، އެކަމާ ގުޅިގެން ހޯދަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހޯދުމުގެ ބާރު މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވާކަން އެނގެން އޮންނައިރު،
ޓެކްސް ދައްކަންޖެހޭ ފަރާތެއް ކަނޑައަޅައި ނުވަތަ ޓެކްސް ދައްކާ ފަރާތަކުން ޓެކްސްގެ
ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޢަދަދެއް ކަނޑައަޅައިވީ އަ ހައިg
etc.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/404
އެކަނޑައެޅި ކަނޑައެޅުމާ ގުޅިގެން، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) ގެ 40
ވަނަ މާއްދާގައިވާ ގޮތުން އަންނަނިވި ނަތީޖާތައް ނިކުމެގެން ދާނޭކަމާއި، އެއީ:-
1- އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭ ގޮތުން ޓެކްސް ބަޔާން
ހުށަހަޅާފައިވާ ނަމަ، އެ ބަޔާން އެ ކަނޑައެޅުމާ އެއްގޮތަށް އިޞްލާހްވެގެން ދިޔައީކަމުގައި ބެލުމާއިގެ
2- އެ ކަނޑައެޅުން ނިސްބަތްވާ ޓެކްސް ނެގޭ މުއްދަތާ ގުޅޭ ގޮތުން ޓެކްސް ބަޔާން
ހުށަހަޅާފައިނުވާ ނަމަ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޢަދަދަކީ، އެ
މުއްދަތުގައި ޓެކްސް ދައްކާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ އަދަދުކަމުގައި ބެލުންކަން އެނގޭކަމާއި؛
ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަން ޖެހޭ ޓެކްސް
ދައްކަންޖެހޭ ދުވަހަށް ނުދައްކައިފި ނަމަ އެކުރަނީ ކުށެއްކަމުގައި ބަޔާންކުރުމަށްފަހު، އެކުށުގެ އަދަބަކީ
އެކުށްކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ
ކޮންމެ ދުވަހަކަށް،
ނުދައްކާ އޮތް ޢަދަދުގެ %0.05 (ސުމެ ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އިން އެފަރާތެއް ޖޫރިމަނާކު
ރިމަނާކުރުން
ކަން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ހ) އާއި (ށ)
އަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: އިސްތިއުނާފު ކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި އައްޑޫ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓެކްސްގެ ގޮތުގައި އެފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހި
ނުދައްކާ އޮތް -/208,043ރ (ދުއިސައްތަ އަށް ހާސް ސާޅިސް ތިނެއް ރުފިޔާ) އާއި، ޤާނޫނާއި އެއްގޮތަށް
ޓެކްސް ދައްކާފައި ނުވާތީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
މާބެހޭ އިދާރީ ޤާނޫނު) ގެ 66 ވަނަ
މާއްދާގެ (ށ) ގެ ދަށުން ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ އެފަރާތުން ދައްކަންޖެހޭ
ފައިސާއެއްކަމަށް ޤަބޫލުކުރާ ކަމަށާއި އަދި އެފައިސާ ދެއްކުމަށްޓަކައި އެއް މަސްދުވަހުގެ މުއްދަތެއް
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ކަމަށް ސިވިލް
ލިބިއްޖެނަމަ އައްޑޫ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2015/HC-A/404
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކުރައްވާފައިވާ ފައިސާގެ ޢަދަދުގެ %5 އަށްވާ ފައިސާ ދައްކާނެކަމަށާއި އަދި އެފައިސާ ދެއްކުމަށްފަހު ބާކީ
އޮންނަ ޢަދަދެއް 02 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް
ދައްކާނެކަމަށް އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާ ކަމާއި،
އެކަމާގުޅިގެން މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، ޓެކްސް ނުދައްކާ ފަރާތްތަކުގެ ކިބައިން އެފައިސާ ހޯދުމުގައި
ޢަމަލުކުރާނެ އުޞޫލުތަކެއް ކަނޑައެޅުމުގެ މަޤްޞަދުގައި އެންފޯސްމަންޓް ޕޮލިސީ ތައްޔާރުކޮށް
އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކޭނެ އުޞޫލުތަކެއް މީރާއިން ކަނޑައަޅާފައިވާ ކަމަށާއި، މިގޮތުން
މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ކޮމިޓްމަންޓް ޕޭމަންޓާއި އިންސްޓޯލްމަންޓުގެ ޢަދަދު ކަނޑައަޅާ ތާވަލުގެ
ދަށުން 150,000.00ރ (އެއް ލައްކަ ފަންސާސްހާސް ރުފިޔާ) އާއި 3,00000.00ރ (ތިން ލައްކަ)
ރުފިޔާއާ ދެމެދުގެ ޢަދަދުތައް ދައްކަންޖެހިފައިވާ ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅި ފަހުން
އިންސްޓޯލްމަންޓްގެ ދަށުން ފައިސާ ދައްކާނަމަ، ދައްކަންޖެހޭ ފައިސާގެ %45 ކޮމިޓްމަންޓް ޕޭމަންޓުގެ
ގޮތުގައި ދެއްކުމަށް ފަހު ބާކީ ފައިސާ ދައްކާ ޚަލާސްކުރުމަށް 02 މަސް ދުވަހުގެ މުއްދަތު އެފަރާތްތަކަށް
ދެވޭކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރ 2015/Cv-C/172 ޤަޟިއްޔާ ގެ
ޙުކުމުގައި ފައިސާ ދެއްކެވުމަށް ކަނޑައެޅި ކަނޑައެޅުމަށް ބަލާއިރު، އެ ކޯޓުން ޙުކުމް ކުރައްވާފައިވާ ދުވަހާއި
ހަމައަށް އިސްތިއުނާފް ރައްދުވާ ފަރާތުން ދައްކަންޖެހޭ ޖުމްލަ 273,183.00ރ (ދެ ލައްކަ ހަތްދިހަ ތިންހާސް
އެއް ސަތޭކަ އަށްޑިހަ ތިން ރުފިޔާ) ދެއްކުމަށް 06 މަސް ދުވަހުގެ މުއްދަތެއް ދެއްވާފައިވުމީ އެންމެ ޢަދުލުވެރި
ގޮތްކަމަށް މީރާގެ ފަރާތުން ނުދެކޭ ކަމުގައި ބުނެ ހުށަހެޅި . ބަލާއިރު،
ންކުބައަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/404
މައްސަލައެއްގައި ޝަރީޢަތަށް ސާބިތުވާ ފައިސާ ދައްކަންޖެހޭ ގޮތާއި މިންވަރާއި މުއްދަތު
ޝަރީޢަތުން ކަނޑައަޅުއްވަނީ އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތަށާއި، ޙާލަތަށާއި މައްސަލައިގެ
ވަށައިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރުމަށް ފަހު ގައިކަމާއި، މިކަން
އެމައްސަލައެއް ބައްލަވާ ފަނޑިޔާރު ކަނޑައެޅުއްވުމުގައި ކަމާގުޅޭ ޤާނޫނުތަކަށާއި ގަވާއިދުތަކަށާއި އެފައިސާ
ލިބެންވީ ފަރާތުން ބުނާ އެއްޗަކަށް ޝަރީޢަތުން ރިޢާޔަތްކޮށް ކަމާގުޅޭ ގޮތުން ހެދިފައިވާ ޤާނޫނާއި
ގަވާއިދުތަކުގެ ބޭނުމާއި މަޤްޞަދު ގެއްލިގެން ނުދާނޭ ގޮތުގެމަތިން ޢަމަލުކުރަންވާނެ ކަމަށް ޤަބޫލު ކުރެވޭއިރު،
ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދައްކަންޖެހޭ ފަރާތުން، އޭނާ ދައްކަން ޖެހޭ ޓެކްސް
ކރނވމަށް
ecoc
ދައްކަންޖެހޭ ދުވަހަށް ނުދައްކައިފި ނަމަ އެކުރަނީ ކުށެއްކަމުގައި ކަނޑައަޅައި، އެކުށުގެ އަދަބެއްގެ ގޮތުން އެ
ކުށްކުރި ފަރާތުން ދައްކަންޖެހޭ ޓެކްސް ދައްކަންޖެހޭ ދުވަހުން ފެށިގެން ވޭތުވަމުންދާ ކޮންމެ ދުވަހަކަށް،
ނުދައްކާ އޮތް ޢަދަދުގެ %0.05 (ސުމެ ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) އިން އެފަރާތެއް ޖޫރިމަނާ
ބަޔާންކޮށްފައިވާކަން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 66
ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގޭއިރު،
މި މައްސަލައަކީ އެ ޤާނޫނުގެ ދަށުން ޓެކްސް ދައްކަންޖެހޭ މުއްދަތަށް ޓެކްސް ނުދެއްކުމުން
އެޓެކްހާއި އޭގެ ޖޫރިމަނާގެ ގޮތުގައި މީރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާގެ ފަރާތުން ހުށަހެޅި
މައްސަލައެއްކަން އެނގޭއިރު، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/172 ޤަޟިއްޔާގައި އައްޑޫ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޖުމްލަ 273,183.060ރ
(ދެ ލައްކަ ހަތްދިހަ ތިންހާސް އެއް ސަތޭކަ އަށްޑިހަ ތިން ރުފިޔާ) ދައްކަން ޖެހޭކަމަށް ކަނޑައަޅުއްވާފައިވަނީ،
އެޤަޟިއްޔާގައި ޙުކުމްކުރެއްވި ތާރީޚާ ހަމައަށް ކަމުގައިވުމުން އެއީ އިސްވެ ބުނެވުނު ޤާނޫނު ނަންބަރު
3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި
ދައްކަންޖެހޭ ފައިސާ ކަނޑައެޅުމަށް އެމާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފު ކަމެއްކަމަށް ޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވޭ ކަމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/404
ދީހެންކަމުން
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2015/Cv
-
C/172 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2015/Cv-C/172 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކަށް
ފުރިހަމައަށް ރިޢާޔަތްކޮށް ބެލެވިގެން ކަމުގައިނުވާތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، މި
މައްސަލައިގެ އިސްތިއުނާފުރައްދުވާ އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 2011 އޮކްޓޯބަރު
އިން ފެށިގެން 2012 ޑިސެންބަރުގެ ނިޔަލަށް، ޓެކްސްގެ ގޮތުގައި މީރާއަށް -208,0431ރ (ދުއިސައްތަ އަށް
ހާސް ސާޅީސް ތިނެއް ރުފިޔާ) ދައްކަންޖެހި ނުދައްކައިވާކަން މި މައްސަލާގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއިން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ފައިސާއާއި،
އެފައިސާ މީރާއަށް ދައްކައި ޚަލާޞް ކުރާދުވަހާ ހަމައަށް ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
އިދާރީ ޤާނޫނު) ގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖުރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ، އައްޑޫ
ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މީރާއަށް ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި އެފައިސާ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި
ދައްކަންޖެހޭ ފައިސާ، މިއަދު 23 ނޮވެމްބަރު 2016 އިން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި
މީރާއަށް ދައްކައި ޚަލާސް ކުރުމަށް އައްޑޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި މި ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv