ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/397 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2016/HC-A/397
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދާއިމީ އެޑްރެސް:
• ޤަޟިއްޔާ ނަންބަރު: 397/HC-A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޝަމްއޫން ޖަލީލު
އަރިސް/ މާލެ
* އައި.ޑީ.ކާޑު ނަންބަރު: A149327 މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު:
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 03 ޛުލްޙިއްޖާ 1437 * ނިމުނު ތާރީޚް: 05 ޛުލްޙިއްޖާ 1437
05 ސެޕްޓެމްބަރ 2016
07 ސެޕްޓެމްބަރ 2016
:
• އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2016
/
6067/J
/
MD-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު (ޤައުމުގެ ދިފާޢީ ބާރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު
އުފެއްދުމަށް މަސައްކަތްކުރުން)
އަމުރު ނެރުއްވި ތާރީޚް: 29 އޯގަސްޓް 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު.ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/397
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
6067/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި ގ. އަރިސް ޝަމްއޫން ޖަލީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
*
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ރެވުނު
-1
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
2 22 22× 26
1
eނނީ
ކޮށްދިނުމަށްއެދި ގ. އަރިސް ޝަމްއޫން ޖަލީލުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ޝަމްޢޫން
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެއަމުރަކީ،
ޖަލީލުގެ މައްޗަށް ޤައުމުގެ ދިފާޢީ ބާރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް
މަސައްކަތްކުރާކަމަށް ތުހުމަތުކުރެވިފައިވާ މައްސަލައިގައި މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި 2016
އޯގަސްޓް 29 ވަނަ ދުވަހުގެ 15:01 އިން ފެށިގެން 2016 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 15:00 ގެ
ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ޝަމްއޫން ޖަލީލް ބަންދުކޮށްފައި
ބެހެއްޓުމަށް އަމުރުކުރައްވައި ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
05ހ8ކުރުން
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/397
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތައްނޫންކަމަށްބުނެ އަރިސް ޝަމްއޫން ޖަލީލުގެ
ފަރާތުން އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޝަމްއޫން ޖަލީލުގެ ފަރާތުން ހުށަހަޅާފައިވާ!
ފުރަތަމަ ނުކުތާއަކީ، ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއަށް އެއްވެސް މީހަކު ވައްދަންވާނީ
އެމީހެއްގެ ކަނޑައެޅިގެން ބަޔާންވެގެންވާ ކުށެއް އޮވެގެންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
19 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 12 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮންނައިރު، "ދިފާޢީ ބާރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް
ކުށެއް ކަމަށް ބަޔާންކޮށްފައިވާ އެއްވެސް
އެއްވެސް ޤާނޫނެއް
ނެތްއިރު މިކަމަށް ކްރިމިނަލް
ކޯޓުގެ އަމުރުގައި ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2$
0
ދެވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގައި ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވުނު
ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ ބަންދުގެ މުއްދަތު އިތުރުކުރަން ނިންމެވި ސަބަބެއްކަމަށް ފާހަގަކުރައްވާފައިވަނީ
"ފުލުހުން ތަޙުޤީޤު ކުރިއަށްދާކަމަށް ބުނާ ހިނދު ދޫކޮށްނުލެވޭނެ" ކަމަށް ފާހަގަކޮށްފައިވާ ކުރުމަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) އާއި
އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 އަދި 20/SC
-
A/2010 ޤަޟިއްޔާގައި
އިސްތިޤުރާރުވެފައި އޮންނަ އުޞޫލުތަކާއި ކަނޑައެޅިގެން ޚިލާފް ސަބަބެއްކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
| ވާ3،
ދިވެހިރާއްޖެ
4
2016/HC-A/397
0
145-J/MD/2016/5767
• ތިންވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 އަމުރުގެ
ކުރިން ޝަމްޢޫން ޖަލީލު ބަންދުގައި ބެހެއްޓުމަށް ނެރުއްވި ކްރިމިނަލް ކޯޓުގެ ނަންބަރު
އަމުރަށް އެދުނުއިރު، ޝަމްއޫން ޖަލީލަކީ މުޖުތަމަޢުއަށް ނުރައްކާތެރި
ފަރާތެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފާހަގަކުރެއްވި ނަމަވެސް އޭނާއަކީ މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާތެރި ފަރާތެއްނޫންކަމާއި، ހަމައެކަނި އޮތް ބިރަކީ އޭނާ ފިލާފާނެކަމަށް އޮތް ބިރުކަމަށް ފާހަގަކޮށް، އޭގެ
ފަހުން ޙާލަތަށް އައި އެއްވެސް ބަދަލެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ފާހަގަކޮށްފައިނުވާއިރު،
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 އަމުރުން ޝަމްއޫން ޖަލީލު ބަންދުގައި ބަހައްޓަނީ
މުޖުތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި ކަމުގައި ފާހަގަކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ފ. އަރިސް ޝަމްއޫން ޖަލީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި
ނުކުތާއަށާއި، އެނުކުތާއް ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ ޤައުމުގެ ދިފާޢީ ބާރުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު
އުފެއްދުމަށް މަސައްކަތްކުރާކަމަށް ގ. އަރިސް ޝަމްއޫން ޖަލީލުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި
ޝަމްއޫން ޖަލީލުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
149169/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން،
29
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2016/HC-A/397
އޯގަސްޓް 2016 ވަނަ ދުވަހުގެ 15:01 އިން ފެށިގެން 13 ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ 15:00
އަށް ޝަމްއޫން ޖަލީލް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް
އަމުރުކޮށް ނެރުއްވާފައިވާ އަމުރެއްކަމާއި އެގޮތަށް އެއަމުރު ނެރުއްވި ސަބަބަކީ، މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައިކަން އެއަމުރަށް ބެލުމުން އެނގޭއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7
ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު ބަންދުގައި ބެހެއްޓުމަށް
އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާ ޙާލަތްތަކުގެ ތެރޭގައި، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ
މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ޙާޟިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ،
އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާކަން އެނގެން އޮންނަކަމެވެ.
4 ، 33
CCVOX
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަމަކީ ކޮބައި ކަމާއި، އަދި އެކުށް ތަޙުޤީޤު ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައި ކަމާއި،
ކުށުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައި ކަމާއި، ޝައްކު
ކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު
އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/397
* 99
م م و ع م
8a ހއބ
ޝިރޫރަބޮއެ އަމަށް
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ދިރިއުޅުމުގެ
ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤަށާއި، ޝަރީޢަތުން ފައިސަލާކުރަނިވި
ޙުކުމެއް ކުރުމުގެ ކުރިން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއްގައި
މެނުވީ އެއްވެސް މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، ކުށެއްގެ
ތުހުމަތުކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެންވާނީ، އެމީހަކާ ދެކޮޅަށް ލިބިފައިވާ
ހެކި ޤަރީނާތަކުގެ އަލީގައި އެމީހަކު ބަންދުގައި ބަހައްޓަން ޖެހޭފަދަ ކުށެއްކުރިކަމުގެ ތުހުމަތު ކުރުމަށް ފުދޭ ހެކި
ހުރުމާއި އަދި އެފަދަ މީހަކު ބަންދުގައި ބެހެއްޓުމަކީ ޝަރޫރަތަކަށްވާނަމަ ކަމާއި، އެހެންކަމުން އެފަދަ އަމުރެއް
ކޯޓުން ނެރުއްވަންވާނީވެސް އެއަމުރު ނިސްބަތްވާ މީހަކީ އެމީހެއްގެ މައްޗަށް ކުރެވިފައިވާ ކުށުގެ ބާވަތަށާއި،
އެމީހަކާ އިދިކޮޅަށް އެހާތަނަށް ލިބިފައިވާ ހެކިޤަރީނާތަކަށާއި، ކަމާގުޅުންހުރި ވަށައިގެންވާ ޙާލަތަށް ބަލާއިރު
އެމީހަކު ބަންދުގައި
މާބެހޭ ކޯޓަށް ފެންނަ ޙާލަތުގައި އެކަނިކަމާއި މިކަން
މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައިވެސް
ފާހަގަކުރައްވާފައިވާކަމާއި،
އިސްތިއުނާފުމިކުރެވޭ ކޯޓު އަމުރުގައި ޙަވާލާދެވިފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 149169/MF "ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ފޯމް" ގައި ޝަމްއޫން ޖަލީލް
ބަންދުކުރި ނުވަތަ ހައްޔަރުކުރި މައްސަލައަކީ މީނާއާއި އިތުރު ބަޔަކު ބައިވެރިވެގެން ދިވެހިރާއްޖޭގެ ދިފާޢީ
ބާރުތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާ އަދި މީޑިއާތަކުގައި ވާހަކަ ދައްކާ
މުޖުތަމަޢުގައި ހަމަނުޖެހުން އުފައްދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލަކަމާއި، މިތުހުމަތުގައި ޝަމްޢޫން
ޖަލީލުގެ ބަންދުގެ މުއްދަތު އިސްތިއުނާފުކުރެވިފައިމިވާ އަމުރުގެ ކުރިންވެސް ދެފަހަރެއްގެ މަތީން ކްރިމިނަލް
ކޯޓުން އިތުރުކޮށްދެއްވާފައިވާކަމާއި، އިސްތިއުނާފުކުރެވިފައިމިވާ އަމުރުގައި މުޖުތަމަޢުގެ ހަމަޖެހުމާއި
ސަލާމަތަށްޓަކައި ޝަމްއޫން ޖަލީލް މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް އަމުރުކުރައްވާފައިވާއިރު އެއަމުރުގެ އިތުރު ބަޔާނުގައި "ތަޙްޤީޤުކުރާ ފަރާތުން މީނާ ގޭގައި
2016/HC-A/162
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/397
I
ބަންދުކުރަން ބޭނުންވެއްޖެނަމަ ގޭގައި ބަންދުގައި ބެހެއްޓުމަކަށް މިކޯޓް އަމުރު ހުރަހެއް ނާޅައެވެ" މިފަދައިން
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭއިރު، ޝަމްއޫން ޖަލީލުގެ މައްޗަށް ތުހުމަތުކުރެވުނު މިމައްސަލައާ ގުޅިގެން
ޝަމްއޫން ޖަލީލުގެ ބަޔާންނަގާ ނިމިފައިވާކަމަށާއި، އަދި އޭގެ އިތުރުން ޝަމްއޫން ޖަލީލުގެ ފޯނު
ފޮރެންސިކްއަށް ފޮނުވައިގެން ތަޙުލީލުކޮށް ނިމިފައިވާކަމަށާއި، މިވަގުތަށް އެމައްސަލާގައި ކުރަންހުރި
ހުރިހާކަމެއް ނިމިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބުނެފައިވާތީ މިކަންކަމުގެ މައްޗަށް
ބެލުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ޝަމްއޫން ޖަލީލަށް ކުރި ޝަރުޠުތަކާ
ޢަމަލުކުރުމަށް އޭނާ އެއްބަސްވެފައިވާތީ، އެ ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި
އެއްގޮތަށް
ޝަމްއޫން ޖަލީލު ބަންދުން ދޫކޮށްލުމަށް ފެންނަކަމެވެ.
هމެޖިން
8
6
4
2 ހއ
هހޮއeކޮށް
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޖަލީލް މިނިސްޓްރީ އޮފް
ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި އަމުރުކުރައްވައި ނެރުއްވާފައިވާ ކްރިމިނަލް
ކޯޓުގެ ނަންބަރު 2016
/
6067/J
/
MD-145 ކޯޓު އަމުރަށް ބަދަލުގެންނަން ޖެހޭކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
CCC
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
6067/J
/
MD-145 ކޯޓު އަމުރުގައި ގ. އަރިސް ޝަމްއޫން ޖަލީލު މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ނިންމަވާފައިވާ ނިންމެވުން މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް، މިޤަޟިއްޔާގެ ދަށުން ޝަމްއޫން ޖަލީލަށް ކުރެވުނު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2016/HC-A/3g7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޝަރުތުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގައި މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv