ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/35 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮ
2016/HC-A/35
بسم الله الرحمن ایم
IM
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
404
4.x
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރު: 35/HC
-
A/2016
އިސްތިއުނާފުކުރި ފަރާތް:
ނަން: ޗަބޭލީމާ ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް:
ސިސިލްފަރު/ މާލެ
*
4 *
ރެޖިސްޓްރޭޝަން ނަންބަރު: 0070
/
2012-C
މިހާރުގެ އެޑްރެސް: މއ. ސިސިލްފަރު މާލެ
*
މއ.|
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހީމް ޒަކީ
، ދާއިމީ އެޑްރެސް: މަގުބެއްދިގެ/ ނ.ވެލިދޫ
އައިޑީކާޑު ނަންބަރު: A007415
މިހާރުގެ އެޑްރެސް: މއ.ގުދަނުގެ/ މާލެ
*
*
* ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ޖެނުއަރީ 2016
* ނިމުނު ތާރީޚް: 03 އޮކްޓޯބަރު 2017
0
OU OO
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު.
* ނަންބަރު: 2015/H
-
12
-
C/88
* ކޯޓު: މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް:މުދާނެރެދިނުމަށް އެދި
ނިންމެވި ތާރީޚް: 28 އޮކްޓޯބަރު 2015
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސް
އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
ވެބް ސައިޓް: [email protected]އީމެއިލް:
*
www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ
2016/HC-A/35
•ދަޢުވާގެ ޚުލާޞާ
މިއީ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H
-
12
-
C/88 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ނ.ވެލިދޫ މަގުބެއްދިގެ، އިބްރާހީމް ޒަކީއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
-1
02 20
ނެވުމެއް ޗަބޭލީމާ
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H
-
12
-
C/88 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއާއި،
ވެލިދޫ މަގުބެއްދިގެ، އިބްރާހީމް ޒަކީއާ ދެމެދު 28 ޖެނުއަރީ 2012 ގައި ވެފައިވާ އެއްބަސްވުމެއް
ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ފަރާތުން ނިމުމަކަށް ގެނެސް އެތާގައި ހުރިހާ މުދާ އެކުންފުންޏަށް އެކުގައި
ލިބިދިނުމަށް އެދި ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކުރުމުން ބެލުނު ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ ހަމަތަކުގެ މަތީން ދެފަރާތެއް ޙިއްސާވެގެން
ކުރާ ކޮންމެ ކަމެއްގައި ދެފަރާތް ވަކިވެގެން ދާއިރު ހޯދާފައިވާ ތަކެއްޗާއި މުދާ ބަހަންޖެހޭނީ ދެފަރާތް
ހަމަހަމައަށް ކަމަށް ފެންނާތީ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއާއި، ނ.ވެލިދޫ މަގުބެއްދިގޭ އިބްރާހީމް
ޒަކީއާ ދެފަރާތުގެ މެދުގައި ގެސްޓްހައުސް ތަރައްޤީކުރަން ހޯދާފައިވާ ތަކެތި ދެފަރާތް ހަމަހަމަވާގޮތަށާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
ވެބް ސައިޓް: [email protected]އީމެއިލް:
www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނަ
2016/HC-A35
ދެލި
(މިދެފަރާތުގެ އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ ގޮތަށް) ބެހުމަށާއި، މިދެފަރާތުން މިހާތަނަށް މި
ގެސްޓްހައުސްއަށް ޢާއިޝަތު އަޙްމަދަށް ދައްކަންޖެހޭ ކުލި -/360000 (ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާ
ދައްކަންޖެހޭނެކަމަށް ކަނޑައަޅާ މިކުލީވެސް ދެފަރާތަށްބަހާ އިބްރާހީމް ޒަކީ -/180000 (އެއްލައްކަ
އަށްޑިހަހާސް) ރުފިޔާ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން (28.10.2015) 01 (އެކެއް) މަސް ދުވަހުގެ
ތެރޭގައި ދީ ޚަލާސް ކުރުމަށާއި، މިދެބައި މީހުންނަށް ލިބުނު ފައިދާ ދެފަރާތުގެ އެގްރީމެންޓްގައި ވާގޮތަށް
ދެފަރާތަށް ހަމަހަމައަށް އެއްވަރަށް ބެހުމަށާއި، ޢިމާރާތުގައި ހަރުކޮށްފައިހުރި (ހޮޅިބުރި ފަންކާ އެއަރކޯން ފަދަ)
އެކައްޗެއްވެސް ނައްޓައިގެން ނުވާނެކަމަށާއި، ޗަބޭލީމާ ޓްރެވަލްއާއި، އިބްރާހީމް ޒަކީ މިދެފަރާތުން 2012
ޖެނުއަރީ 28 ގައި ވެފައިވާ އެއްބަސްވުން ބާޠިލްވެއްޖެކަމަށް ޙުކުމްކުރައްވަ
އްވައިކަން އެނގެން އޮންނަކަމެވެ.
ou oo
02- މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H-12-C/88 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން 05 (ފަހެއް) ނުކުތާ ހުށަހަޅާ އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: މައްސަލާގައި ޙުކުމް ކުރެއްވުމުގައި މައްސަލައިގެ ޙަޤީޤަތް
އޮޅުވާލާފައިވުމާއި، މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 1 ވަނަ ނަންބަރުގައި ގެސްޓްހައުސްގައި ހުރި ހުރިހާ
މުދާ ލިބިދިނުމަށް ކުންފުންޏަށް އެދިފައިވާނެކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ޙަޤީޤަތާ ޚިލާފު ވާހަކައެއް
ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލް:
k
www.highcourt.gov.mv
ވާ
4
ޤަޟިއްޔާ ނިމުނު ގޮތުގެ
2016/HC-A/35
06 27
heނކށ
(ނ) ދެވަނަ ނުކުތާއަކީ، މައްސަލައާގުޅޭ ވަގުތީ އަމުރުގައި "(ހުށަހަޅާފައިވާ ލިސްޓުގައި)
ހަރުމުދަލުގެ މިލްކުވެރި ފަރާތަށް ދަޢުވާކުރާ ފަރާތްކަމަށްވީ ހިނދު" މިގޮތަށް މިލްކުވެރިކަން
ސާބިތުކުރުމަށްފަހު އެ ތަކެތިން ދަޢުވާލިބޭ ފަރާތަށް މިލްކުވާކަމުގައި
ޙުކުމްކުރުން ކަމަށް ބުނެ
ހުށަހެޅިފައިވާ ނުކުތާ.
ބައެއް
OCOCOO >
4 22
(ނ) ތިންވަނަ ނުކުތާއަކީ މައްސަލަ ހުށަހަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު
ނަންބަރު 4/91) ގެ 25 ވަނަ މާއްދާއިން ކަމުގައިވާއިރު، އަދި އެމާއްދާގައިވަނީ "(ހ) ކޮންޓްރެކްޓެއްގައި
ބައިވެރިވާ ފަރާތަކުން ކޮންޓްރެކްޓްގައިވާ ގޮތާ ޚިލާފަށް ޢަމަލުކުރުމުން ލިބޭ ގެއްލުމަކަށްދެވޭ ބަދަލެއް ހަމައެކަނި
ދިނުމުން އެއީ ފުދޭވަރުގެ އެއްޗަކަށް ނުވާކަމަށް އެ ގެއްލުން ލިބޭ ފަރާތަށް ފެނިއްޖެނަމަ ވަކިގޮތަކަށް
ޢަމަލުކުރުމުގެ އަމުރަކަށް އެދި ދަޢުވާކުރުމުގެ ޙައްޤު އެ ގެއްލުން ލިބޭ ފަރާތަށް ލިބިގެންވެއެވެ. (ށ) މި
މާއްދާގެ (ހ) ގައިވާފަދަ ދަޢުވާއެއް ގެއްލުންލިބޭ ފަރާތުން ކޯޓަށް ހުށަހަޅައިފި ނަމަ، ކޯޓުން އެކަން ބަލައި،
އެ ބަދަލުދޭންޖެހޭ ފަރާތުން، ވަކި ގޮތަކަށް ޢަމަލުކުރުމުގެ އަމުރު ކޯޓުން އެފަރާތަށް ކުރެވިދާނެ" ކަމުގައެވެ.
4 22
ނަމަވެސް މި މާއްދާއަށް ކޯޓުން ރިޢާޔަތްކޮށްފައި ނުވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ދެފަރާތުން ވެފައިވާ ކޮންޓްރެކްޓުގެ 8 ވަނަ މާއްދާގެ މާނަ
ހުޅުވާލާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
•) ފަސްވަނަ ނުކުތާއަކީ: ޕްރިވިޓީ އޮފް ކޮންޓްރެކްޓްގެ މަފްހޫމްގެ ދަށުން ކޮންޓްރެކްޓުގައި
ހިމެނޭ ފަރާތްތައް ނޫން އެހެން ފަރާތަކަށް ފައިސާ ދޭން ޖެހޭނެކަމަށް ޙުކުމް ކޮށްފައިވާއިރު، ހައިކޯޓުގެ
ޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
ވެބް ސައިޓް: [email protected]އީމެއިލް:
www.highcourt.gov.mv
k
މާލެ،
5
އެވެ
މުނު ގޮތުގެ
2016/HC-A/35
ޤަޟިއްޔާ ނަންބަރު 144/HC
-
A/2010 އާއި 224/HC
-
A/2011 ގެ ޙުކުމުގައި އަންގަވައި، ހައިކޯޓުން
ކަނޑައަޅުއްވާފައިވާ ފަދައިން އަމަލު ނެތި ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ކިރއވމިއ
.3
މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H
-
12
-
C/88 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވެއެވެ.
0
0/22
OCOOX
2 0
(ހ) ފުރަތަމަ ކަމަކީ: އިސްތިއުނާފުކުރެވިފައިމިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނ. ވެލިދޫ މަގުބެއްދިގެ، އިބްރާހީމް
ޒަކީގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ، އެދެފަރާތުގެ ދެމެދު 28 ޖެނުއަރީ 2012 ގައި ވެފައިވާ
"ގެސްޓް ހައުސް ވިޔަފާރީގެ އެއްބަސްވުން" ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނިމުމަކަށް
ގެނެސް، އެކުންފުނީގެ ފަރާތުން ގެސްޓް ހައުސް ތަރައްޤީކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓުގައި ގެސްޓް
ހައުސްގެ ހޯދާފައިހުރި ހުރިހާ ފަރުނީޗަރއާއި އުފުލޭމުދާ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ 25 ވަނަ
މާއްދާގެ ދަށުން ކޯޓުން ނެރެދޭ ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރެއްގެ ދަށުން އިސްވެ ބަޔާންކުރެވުނު ހަރުމުދާ
އެއްފަހަރާ އެކުންފުންޏަށް ލިބިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ނިންމަވާފައިވަނީ، ޝަރުޢީ ހަމަތަކުގެ މަތީން ދެފަރާތެއް ޙިއްސާވެގެން ކުރާ
ކޮންމެ ކަމެއްގައި ދެފަރާތް ވަކިވެގެން ދާއިރު ހޯދާފައިވާ ތަކެއްޗާއި މުދާ ބަހަންޖެހޭނީ ދެފަރާތް ހަމަހަމައަށް
ފެންނާތީ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑްއާއި، ނ.ވެލިދޫ މަގުބެއްދިގޭ އިބްރާހީމް ޒަކީއާ ދެފަރާތުގެ
ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
www.highcourt.gov.mv ވެބް ސައިޓް: [email protected]އީމެއިލް:
s
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/35
ޢާއިޝަތު
މެދުގައި ގެސްޓްހައުސް ތަރައްޤީކުރަން ހޯދާފައިވާ ތަކެތި ދެފަރާތް ހަމަހަމަވާގޮތަށް (މިދެފަރާތުގެ
އެއްބަސްވުމުގެ 8 ވަނަ މާއްދާގައިވާ ގޮތަށް) ބެހުމަށާއި، މިދެފަރާތުން މިހާތަނަށް މި
ގެސްޓްހައުސްއަށް
އަޙްމަދަށް ދައްކަންޖެހޭ ކުލި -/360000 (ތިންލައްކަ ފަސްދޮޅަސްހާސް) ރުފިޔާ
ދައްކަންޖެހޭނެކަމަށް ކަނޑައަޅާ މިކުލީވެސް ދެފަރާތަށް ބަހާ އިބްރާހީމް ޒަކީ -/180000 (އެއްލައްކަ
އަށްޑިހަހާސް) ރުފިޔާ ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން (28.10.2015) 1 (އެކެއް) މަސް ދުވަހުގެ
ތެރޭގައި ދީ ޚަލާސް ކުރުމަށާއި، މިދެބައި މީހުންނަށް ލިބުނު ފައިދާ ދެފަރާތުގެ އެގްރީމެންޓްގައި ވާގޮތަށް
ދެފަރާތަށް ހަމަހަމައަށް އެއްވަރަށް ބެހުމަށާއި، ޢިމާރާތުގައި ހަރުކޮށްފައިހުރި (ހޮޅިބުރި ފަންކާ އެއަރކޯން ފަދަ
އެކައްޗެއްވެސް ނައްޓައިގެން ނުވާނެކަމަށާއި، ޗަބޭލީމާ ޓްރެވަލްއާއި، އިބްރާހީމް ޒަކީ މިދެފަރާތުން 2012
ޖެނުއަރީ 28 ގައި ވެފައިވާ އެއްބަސްވުން ބާޠިލްވެއްޖެކަމަށް ޙުކުމްކުރައްވައިކަން އެނގެން އޮންނަކަމެވެ.
8
(ށ) ދެވަނަ ކަމަކީ: ގެސްޓް ހައުސް ވިޔަފާރި ހިންގުމަށް މި މައްސަލައިގައި ހިމެނޭ
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މިވިޔަފާރިއަކީ އެދެފަރާތުން ހިއްސާވެގެން
އުފައްދާފައިވާ ވިޔަފާރިއެއްކަމާއި، އެވިޔަފާރީގެ ފައިދާއާއި ގެއްލުން ދެފަރާތުން ހިއްސާކުރަނީ ކޮންމެ ފަރާތަކުން
50
% (ފަންސާސް ޕަސެންޓް) ކަން އެއެއްބަސްވުމުގެ 8 ވަނަމާއްދާއިން އެނގޭކަމާއި، މި މައްސަލައަކީ
މިވިޔަފާރީގައި ފައިދާނުވާކަމަށް ބުނެ މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލްކޮށް، ޗަބޭލީމާ
ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އެވިޔަފާރިއަށް ހޯދާފައިވާ މުދާ ލިބިގަތުމަށް އެދި އެފަރާތުން ހުށަހަޅާފައިވާ
މައްސަލައެއްކަން އެނގޭއިރު، މިވިޔަފާރީގައި ހިމެނޭ ދެފަރާތުން ކުރެ ފަރާތަކުން މިވިޔަފާރިން ވަކިވާނަމަ،
އެވިޔަފާރީގައިވާ އެފަރާތުގެ ހިއްސާއާމެދު ޢަމަލުކުރަންޖެހޭ ގޮތް އެއެއްބަސްވުމުގެ 9 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކަމާއި، އެގޮތުން، ދެފަރާތުން ކުރެ ފަރާތަކުން ވިޔަފާރިން ވަކިވުމަށް ބޭނުންވެއްޖެނަމަ އަނެއް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: z3316471އްޖޭގެ
www.highcourt.gov.mv ވެބް ސައިޓް: [email protected]އީމެއިލް:
2
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/I IC-A/35
ފަރާތަށް އެކަން އަންގަންވާނެ ކަމާއި އަދި ވިޔަފާރިން ވަކިވާން ބޭނުންވާ ދުވަހާ ހަމައަށް، ވިޔަފާރިން ވަކިވާން
ބޭނުންވާ ފަރާތުގެ ހިއްސާގެ ނިސްބަތް ހިސާބު ކުރުމަށް ފަހު، ދެފަރާތުން އެއްބަސްވާ މުއްދަތެއްގެ ތެރޭގައި
ވަކިވާން ބޭނުންވާ ފަރާތުގެ ހިއްސާގެ ނިސްބަތުން ޖެހޭ ޢަދަދު އެފަރާތުން، ނުވަތަ އޭނާގެ ހިއްސާއާއި
ޙައްޤުތައް އެހެން ފަރާތަކަށް ބަދަލުކުރާނަމަ އެފަދަ ފަރާތަކުން އަދާކުރަންވާނެ ކަމަށާއި، ވިޔަފާރިން
ވަކިނުވެހުރި ފަރާތަށް ގެސްޓްހައުސްއިން ކުރަމުން އައި ވިޔަފާރިއާއި އަދި އެވިޔަފާރިއާ ގުޅިގެން ލިބިފައިވާ
އެންމެހައި ޙައްޤުތަކާއި އެޙައްޤުތަކުގެ މަންފާ ދަމަހައްޓައި، ވިޔަފާރި ކުރިއަށް ގެންދިއުމުގެ ފުރިހަމަ އިޚްތިޔާރު
ލިބިގެންވާކަން އެނގެން އޮތުމުން، މިވިޔަފާރީގައި ބައިވެރިވެފައިވާ ފަރާތަކުން ވަކިވާން ބޭނުންވެއްޖެ
ހިނދެއްގައި އެފަރާތުން އެއިންވެސްޓްމަންޓުގައި ހޯދާފައިވާ ނުވަތަ ޚަރަދުކޮށްފައިވާ ތަކެތި އޭގެ ޒާތުން
ލިބިދިނުން ލާޒިމް ނުކުރެވޭނެ ކަމާއި އެއާ ޚިލާފަށް ވަކިވާން ބޭނުންވާ ފަރާތުގެ ހިއްސާގެ ނިސްބަތުން އެފަރާތް
ވަކިވާން ބޭނުންވާ ދުވަހަކަށް ޖެހޭ ޢަދަދެއް ލިބިދެވޭނެކަން އިސްވެ ބަޔާންކޮށްފައިވާ މާއްދާއިން ސާފުކޮށް
އެނގެން އޮންނާތީ، މި މައްސަލައިގެ ދަޢުވާގައި ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވަނީ
ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި މިޙާލަތުގައި ޢަމަލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ގޮތާ
ޚިލާފަށްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދަށު ކޯޓުން މައްސަލަތައް ބެލުމުގައި ޢަމަލުކުރާ ޢާންމު އުޞޫލަކީ
އެމައްސަލައެއްގައި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫޢަށް ބެލުންކަމާއި، ދަޢުވާގައި ހިމެނިފައިނުވާ ކަމެއްގެ
މައްޗަށް ބަލައި ގޮތް ކަނޑައެޅުމަކީ ޢަދުލުއިންސާފުގެ ހަމަތަކާ ޚިލާފުކަމެއްކަން އެނގެން އޮތްހިނދު، ޗަބޭލީމާ
ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި މައްސަލައިގައި ކޮށްފައިވާ ދަޢުވާގައި ގެސްޓްހައުސް ހިންގަމުންދާ
ތަނުގެ ކުއްޔާމެދު ގޮތެއް ކަނޑައަޅައި ދިނުމަށް އެދިފައިނުވާއިރު، މި މައްސަލަ ދަށު ކޯޓުން ނިންމެވުމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އމެއިލް:
www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/I IC-A/35
އެކަމަށް ގޮތެއް ކަނޑައަޅުއްވާފައިވުމަކީ، އިސްވެ މިބަޔާންކުރި އުސޫލާ ޚިލާފުކަމެއްކަމަށް މި ޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
4ހނުކަމުޏެ
މުން މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ މާލެއަތޮޅު
މާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H-12-C/88 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ކަމަށެވެ.
• ޙުކުމް.
02x4
ou oO
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މާލެއަތޮޅު މާފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2015/H-12-C/88 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މިމައްސަލައިގައި
ހިމެނޭ ފަރާތަކުން ވިޔަފާރިން ވަކިވުމަށް ބޭނުންވާ ޙާލަތުގައި އެވިޔަފާރިން އެފަރާތް ވަކިކުރުމުގައި އެފަރާތުގެ
ޙިއްސާ އެފަރާތަށް ދެވޭނެ ކަމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތާއި
ޚިލާފަށްކަމަށްވާތީއާއި، އަދި މި މައްސަލައިގައި ޗަބޭލީމާ ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި
ދަޢުވާގެ މައުޟޫޢުގައި ނުހިމެނޭ ކަމެއްގެ މައްޗަށް މި މައްސަލަ ދަށު ކޯޓުން ނިންމެވުމުގައި ގޮތް
ކަނޑައަޅާފައިވުމަކީ، މިބާވަތުގެ މަދަނީ މައްސަލަތައް ބެލުމުގައި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އަންނަ
އިޖްރާއާތާ ޚިލާފުކަމެއްކަމުގައިވާތީ އިސްތިއުނާފުކުރެވިފައި މިވާ މާލެއަތޮޅު މާފުށީ މެޖިސްޓްރޭޓް ކޯޓުގެ
OU OO
އެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް: [email protected]އީމެއިލް:
www.highcourt.gov.mv
9
ޟިއްޔާ ނިމުނު
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/35
ce o C
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާޠިލްކޮށް އެގޮތުގެމަތީން ޙުކުމް ކޮށްފީމެވެ.
2 + 2x :